Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހައިރާ? (ފަހުބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
June 13, 2018 4 Mins Read
18 Comments

މާލެ ގެނެވުމާއެކު މިރްޒާލް ވަގުތުން ހައްޔަރު ކުރެވުނެވެ. ތަފާތު އެތަކެއް ކުށުގެ ރިކޯޑު އޮންނަ މިރްޒާލް ހައްޔަރު ކުރަން ހުއްދަ ހޯދާކަށް މާބޮޑު ކަމެއް ކުރާކަށްވެސް ނުޖެހުނެވެ. ޒަކްޔަންމެންވެސް ދަބަސްތަކާއެކު އޮފީހަށް ދިޔައެވެ. ލިޝާންއާ ދަތުރު ރިޕޯޓުހަވާލު ކުރަމަށްފަހު ޒަކްޔަން ވަނީ މިރްޒާލްއާ ސުވާލުކުރާށެވެ.

“އޯކޭ އޯކޭ..އަހަންނަށް ތަގުރީރު ތަކެއް ނުދިނަސް. ތިވެސް ދެން ކޮންމެސް ޕޮލިހެކޯ އެންޑް ބްލާބްލާބްލާ..ކޮބާ ސުވާލަކީ؟ އަހަރެން ފަހަތުން ތިއުޅެނީ ކީއްވެ؟” ޒަކްޔަން އަނގަ ހުޅުވާލުމާއެކު މިރްޒާލް ބުނެލިއެވެ. އޭނާއަށް އެތަނަކީ ބާތަނެކެވެ. މިހާރު އެއްވެސްވަރަކަށް ބިރެއްވެސް ނުގަނެއެވެ. “އާހް..އިނގާ ދޯ މާކުރިން. ހައިރާ…ކީއްވެ ހައިރާއަށް އެހެން ހެދީ..ކޮބާ މަގްސަދަކީ؟ ކާކުގެ އެހީ ހޯދީ؟ ހަމަ ތެދަށް މިބުނަނީ އަހަރެން ކަލޭގެ އަދަބު ލުއި ކޮށްދޭނަން ހަގީގަތަށް ބުނެފިއްޔާ.” ޒަކްޔަން ދޫކުރާކަށް ބޭނުމެއް ނުވިއެވެ. “ފައިން. އަހަރެން އެތަނަށް ފޮނުވީ ޔައިޝް. އޭނަ ބުނީ ހައިރާ އުޅޭނުޅޭގޮތް ބަލަން. އެކަމު ދޯ.އޭނަ ހާދަ ހޮޓޭ..ރެޒިސްޓް ނުކުރެވުނީ..އިނގޭނު. އެރަށުން ހޯދި ބިޓުވެސް ކިހާ ހޮޓު.” މިރްޒާލް ހީލިއެވެ.ޒަކްޔަންގެ ރުޅިގަނޑު ހީވީ ފަޅައިގެން ގޮސްފާނެހެންނެވެ. އެކަމުވެސް ޒަކްޔަން ކެތްކޮށްލިއެވެ. “ޔޫ އާ ސިކް. އަހަންނަށް ކިޔައިދީ ތެދަށް. އޭނަ މަރާލި ގޮތްވެސް…އެގެޔަށް ވަތް ގޮތްވެސް.” ޒަކްޔަން ބުނެލިއެވެ. “އޭނަ މަރާލި ގޮތޭ..ބަލަ މަށެއްނޫނޭ..” މިރްޒާލް ވާހަކަ ދައްކަން އިނދާ ޒަކްޔަންއަށް ކޯލެއް އައެވެ. “ޒަކްޔަން މަންމަ.”

މިރްޒާލްގެ ވާހަކަތައް ހުއްޓުވަމުން ޒަކްޔަން އެތަނުން ނިކުތެވެ. އަދި ދުވަމުން ގޮސް ސައިކަލަށް އަރާ ސައިކަލު ބާރަކަށް ދުއްވާލިއެވެ. އޭ.ޑީ.ކޭ ހޮސްޕިޓަލު ތެރެއަށް ވަދެވުމާއެކު ޒަކްޔަން ވަށައިގެން ހޯދާލިއެވެ. އޭރު ޒަކްޔަންގެ މަންމަގެ ގޭގައި ގެންގުޅޭ މީހާ އެމަރޖެންސީ ކޮޓަރީގެ ބޭރުގައި ހުއްޓެވެ. ޒަކްޔަން ބަލާކަށް ނުހުރެ އެތެރެއަށް ވަނެވެ. އޭނާގެ ބެޖު ދައްކާލުމުން އެކަން ފަސޭހަވެގެން ދިޔައެވެ.

“މަންމާ..މާންމާ..ކިހިނެއްވީ..ޑޮކްޓަރ..މަންމައަށް ކިހިނެއްވީ؟” ޒަކްޔަން ހީވީ މޮޔަވެގެން އުޅޭ މީހެއްހެނެވެ. “ޒަކްޔަން. ހަމަޖެހިބަލަ. މަންމަ ގެނައި މީހާ ބުނީ ކޮންމެސް އެއްޗެއް ނަގަން ހަރުގަނޑަކަށް އަރާ ހުއްޓާ ވެއްޓި ބޯޖެހުނީއޯ..ލެޓް އަސް ޑޫ އަވަރ ވާރކް. އިންޓާރނަލް ބްލީޑިންގް ގެ ސަބަބުން ވަރަށް ގެއްލުންވަމުން ދަނީ..މިވަގުތު އޮޕަރޭޓް ކުރަން ޖެހޭނީ.” އެ ޑޮކްޓަރަކީވެސް ޒަކްޔަންގެ ރަހުމަތްތެރިއެކެވެ. އެވަގުތު ލިޝާންވެސް އެތަނަށް ވަނެވެ. ޑރ. މީކާއިލް ލިޝާން ގާތު ޒަކްޔަން ދުރަށް ގެންދިއުމަށް އެދުނެވެ. ލިޝާންވެސް ގަދަކަމުން ކަހަލަގޮތަކަށް ޒަކްޔަން އެތަނުން ނެރުނެވެ. އޭރު ޒަކްޔަން ހުރީ ގަބުވެފައެވެ. ލިޝާން ގޮސް ޒަކްޔަން އޮޕަރޭޝަން ތިއޭޓަރުގެ ކައިރީ ހުރި ގޮނޑިއެއްގައި ބޭންދިއެވެ.

“ހޭއި..ހަމަ ޖެހިބަލަ. އިން ޝާ ﷲ މަންމައަށް އެއްވެސްކަމެއްނުވާނެ. އިނގޭތަ އެއްދުވަހު ތިގެޔަށް ދިޔައިމަ މަންމަ ބުނި އެއްޗެއް. ޒެކް އަކީ ވަރަށް ހިތްވަރު ގަދަ ކުއްޖެކޯ.އެކަމު މަންމަގެ ކަންކަމުގަ ވަރަށް ހިތްބަލިވާނެޔޯ. ކުޑައިރު މަންމަ ބަލާލާ ގޮތަކުންވެސް ޒެކް ރޯނެޔޯ. އެކަމް މަންމަ ބޭނުމީ ޒެކް މަންމަގެ ކަންކަމުގަ ހިތްވަރު ކުރާށޯ. އެޔޯ ހަގީގީ ހިތްވަރުގަދަ މީހުންނަކީ. އަހަރެން ވަރަށް ދުވަސްވެއްޖެ އެއްކޮށް މަސައްކަތް ކުރާތާ. އަހަރެން ދެކުނީ އެކުވެރި އެހެނަސް ބޭބޭއެއްގޮތަށް. ޒެކް. މިވަގުތު މީ މަންމަގެ އުއްމީދު ފުރިހަމަ ކުރަން އެންމެ ރަނގަޅު ވަގުތު.” ލިޝާންގެ ބަސްތަކުން ޒަކްޔަންގެ ލޮލުން ކަރުނަ ނީރާލިއެވެ. އަދި އޭނާގެ ގައިގައި ބައްދާލަމުން ހީލިއެވެ.

“ޒެކް..ޝާން..ކިހިނެއްވީ؟” ދުވަމުންކަހަލަ ގޮތަކަށް އިރިން އައެވެ. އޭނާގެ ޑިއުޓީ ގަޑިކަމުން އޭނާ ހުރީ ޔުނީފޯމުގައެވެ.”މަންމަ ވެއްޓި ވަރަށް ބޮޑަށް އަނިޔާވީ. އަހަރެން އެންމެ ބޭނުންވި ވަގުތު އަހަރެން ބްރޯ ބުނި ބަސްތަކަކުން ކުޑަކޮށް ހިތްގުޑާލީ.” ޒަކްޔަން ހީލިއެވެ. އެވަގުތު އިރިން ދާން ޖެހުމުން ހިތްވަރު ކުރަން ބުނުމަށްފަހު އެތަނުންދިޔައެވެ. ދުރުގައި މަންޒަރު ބަލަން ހުރި ހައިލިޔާގެ ހިތްދިޔައީ ހަލާކުވަމުންނެވެ. “އަހަރެން ދެން ކޮންދެރައެއްވާކަށް. އަމިއްލަޔަކަށް ޔަންއަށް އެހެން ހަދާފަ.މިއަދު އެއްވެސް ހައްގެއް އަހަންނަކަށް ނޯންނާނެ.” ހައިލިޔާއަށް ޒަކްޔަން ދެރަވާނެވަރު އިނގެއެވެ. އަބަދުވެސް ޒަކްޔަން ދައްކާނީ މަންމަގެ ވާހަކައެވެ. ޒަކްޔަންގެ މަންމަވެސް އެއީ ހެޔޮމީހެކެވެ. ހައިލިޔާ ރޮމުން އެތަނުން ނިކުތީ އަމިއްލަ ނަފްސު ކުށްވެރި ކުރަމުންނެވެ.

ދެގަޑިއިރު ފަހުން ޑރ. މީކާއިލް ނިކުމެގެން އައެވެ. “ބްލީޑީން ހުއްޓުވިއްޖެ. ޕޭޝަންޓްގެ ހާލު އެކަމު ވަރަށް ކްރިޓިކަލް. ބެލުމުގެ ދަށުގައި މާދަމާ ބާއްވާލަން ޖެހޭނެ. އޭގެފަހުން ބޭރަށް ގެންދިޔުން އެންމެ ރަނގަޅީ.” ޑޮކްޓަރ އެތަނުން ދިޔުމުން ޒަކްޔަން ﷲ އަށް ހަމްދުކޮށްލަމުން ލިޝާން ގާތުއެތާ މަޑުކުރަން ބުނުމަށްފަހު އޮފީހަށް ދިޔައެވެ. އަދި މިރްޒާލްއާ ވާހަކަދައްކާލިއެވެ. އެތަނުން ނިކުމެގެން އައި އިރު ޒަކްޔަންގެ މޫނުމަތިވަނީ މިލާފައެވެ. އަދި މިހާތަނަށް ތަހުގީހު ކުރަވުނު އެންމެންގެ އިތުރުން ލިޝާންވެސް އެތަނަށް ހާޒިރު ކުރިއެވެ. އެތަނުގައި މިރްޒާލްވެސް އިނެވެ.

“މީގެ އަހަރުތަކެއް ކުރިން ހައިރާ ޔައިޝްއާ ރައްޓިހިވީ. މިބުނީ ރަހުމަތްތެރިކަން. އެކަން ބަދަލުވީ ލޮއެއްބަށް. އެކަމަކު ޔައިޝް އަކީ އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅާފައިވާ މީހެއް. ޔައިޝްގެ އަނިޔާތަކަށް ކެތްނުވެގެން ހައިރާ ޔައިޝްއާ ވަކިވީ. ހައިރާ ދިޔައީ ސަންޔާއަށް މިހުރިހާވާހައެއް ކިޔައިދެމުން. ހައިރާ ޔައިޝްއާ ވަކިވުމަށްފަހުވެސް ޔައިޝްގެ އުނދަގޫޖެހެމުންދިޔަ. ދެންމިވީ ގޮތަކީ ޔައިޝް އެތަނަށް މިރްޒާލް ފޮނުވީ. ސެކެޓްރީއެއްގޮތަށް. އޭރަށް ބެލޭނެތާދޯ ހައިރާ އުޅޭ ނުޅޭގޮތް. ”

އެންމެންވެސް ދިޔައީ ޒަކްޔަންގެ އަޑުއަހަމުންނެވެ. ބުނާނެ އެއްޗެއްނެތި ގަބުވެފައި ތިބި މީހުންތަކެއްފަދައިންނެވެ.” އެކަމު މިރްޒާލްމީ ރީތިކުއްޖެއް ފެންނައިރަށް ހަމައިންނައްޓާ ސޮރެއް. ހައިރާގެ ރީތިކަމުން މިރްޒާލްގެ މަގްސަދު ބަދަލުވީ. އޭރު އިރިންވެސް ރާއްޖެ އައިއްސި. ސަންޔާ އަދި ހައިރާގެ މައްސަލަތައް ގިނަވަމުން ދިޔަ. ދެން ތަންކޮޅެއް ލަހުން ފައިލުތަކެއް ބަލަން ތިބި ރެއަކު މިރްޒާލް އައީ ވަރަށް މީރުކޮށް ކޮފީ ގިރައިގެން. މިރްޒާލްގެ ކެބިންގަ ސީ.ސީ.ޓީ.ވީ އެއް ނުހުރޭ. ރެއަކީ ވިއްސާރަ ރެއެއްކަމުން މީހުންވެސް ވަރަށްމަދު. ނިދާބޭސްހުރި އެކޮފީތަށި ބޯލުމާއެކު ހައިރާގެ ހޭވެރިކަން ނެތުނު. މިރްޒާލް ހައިރާ ރޭޕްކޮށްލި.”

އެވަގުތު ހަޝީމް އެތަނުން ތެދުވީ މިރްޒާލްއާ ދިމާއަށް ދާށެވެ. ނަމަވެސް ޒަކްޔަން އަތުގެ އިށާރާތުން ހަރުކަށިކަމާއެކު އިށިނުމަށް އެންގިއެވެ. “އެކަކުވެސް ތެދުވެގެން ނުވާނެ. އެއްމަސް ފަހުން ހައިރާއަށް ތަފާތު ގޮތްގޮތް ވާންފެށީ. އެހެންވެ އެކަން އިރިންއާ ހިއްސާކުރީ. ޓެސްޓުތަކުން ދެއްކީ ހައިރާ ބަނޑުބޮޑުކަމަށް. އެކަން ސަންޔާއަށް އިނގުމުން ހައިރާ ދެއްކި އެއްވެސް ވާހަކައެއް ގަބޫލެއްނުކުރި.” އެވަގުތު ސަންޔާ އިސްޖަހާލިއެވެ.

“ހައިރާ ބޭނުންވީ ކުށެއްނެތް ދަރިފުޅު ބަލަން. އެކަމަކު އެކަން އިތުރު މީހަކަށް އިނގުނީ. އެހިސާބުން އެކުއްޖާ ވައްޓާލަން އެމީހަކު އަންގަމުން ދިޔަ. އެއީ އޭނާގެ ނަން ހަޑިވާނެތީ. މިރްޒާލް އޭރު ފިލައިގެން ގޮއްސި. ހައިރާ މަރުވި ރޭ ހައިލިޔާއާ ދެމީހުން އެކަކު އަނެކަކަށް މައާފުކުރި. ހައިލިޔާ ދިޔުމުން ހައިރާއަށް ދެ ކޯލެއް އައި. ސަންޔާގެ ކޯލަކާ ޔައިޝްގެ. އެވަގުތު އެމީހަކު އެގެޔަށް ވަނީ. އޭރު ބާރަގަޑީ ސާޅިސްދޯ ހަޝީމް.” ޒަކްޔަންގެ ސުވާލަމުން އެންމެންގެ އަނގަތައް ހުޅުވިގެން ދިޔައެވެ.

“އަމިއްލަ ދަރިފުޅަކީ ވާތްތެރިއެއްކަންވެސް ނޭންގުނު ދޯ. ހަޝީމްދިޔަތާ ގިނައިރުތަކެއް ނުވެ ޔައިޝް އައީ..ފެނުނު މަންޒަރު ބިރުވެރިކަމުން ޔައިޝް ފިލީ. ހަމަ އެވަގުތު ޒަރީން އައީ ހަޝީމްއާ ބައްދަލު ކުރަން. ހަޝީމް ދިނީ ތިރީސްހާސް..ގަނޑުކޮށްދީ..ގަދަ އިނގޭ. ޒަރީން ފަހަތުން އުޅުނު ހުސޭނަށް މަގު ގެއްލުނީ. ހެނދުނު ހައިލިޔާއަށް ވެސް ހައިރާ ފެނުން. އެކަމުން ގަތް ބިރުން އެތަނުން ދިޔައީ. ބިރުގަތްނަމަވެސް ނީރާއަށް ފެނުމުން އަހަރެމެންނަށް ގުޅީ. ފަހުން ހައިރާ ބަނޑުބޮޑުކަން ފޮރުވަން ހަޝީމް ޑޮކްޓަރަށް ބިރުދެއްކީ..ހަޝީމް..ކީއްވެ؟ އަހަރެން މިއަހަނި ކީއްވެހޭ؟!!! ކަލޭ ހީކުރީތަ އަހަރެން ކައިރީގަ ތިކުޅި ކުޅެވޭނެކަމަށް.ނޫން..އިނގޭތަ އެފަކީރު ތިމީހުންގެ ނަން ހަޑިނުކުރަން ރިހެބްގަ އުޅުނު ހާލު؟؟!!!! އޭނ؟!!!..ކަލެއަށް އިނގޭހޭ….ޑޭމިޓް!!!” ޒަކްޔަންގެ އަޑު ބާރުވިއެވެ. ބިރުވެރި ފާޑެއްޖަހައެވެ. އެންމެންވެސް ތިބީ ދެންވާނެގޮތެއް ނޭންގިފައެވެ.

ފުލުހުން އައިސް އެވަގުތު ހަޝީމް ގެންދިޔައެވެ. އެހެން އެންމެންވެސް ފޮނުވާލެވުނެވެ. މިރްޒާލް ވެސް އަލުން ގޮޅުއަށްލެވުނެވެ. އެންމެން ދިއުމުން ލިޝާން ހީލިއެވެ. “ހައު؟” ރައްދުގައި ޒަކްޔަންވެސް ހީލިއެވެ. “މިރްޒާލް.ހެހެ. ޖަލުން ނިކުންނަން ޑެސްޕޯ. ޒަރީންވެސް ބުނި ހަޝީމްގެ ވާހަކަ. އަނެއްކާ މިރްޒާލަށް އިނގޭ ހަޝީމް އިންޒާރުދެމުން ދިޔަކަން. ދެން އަހަރެންގެ ޖިގްޗޯ ޕަޒްލް ފުރިހަމަވީ.” ޒަކްޔަންއަކީ ވިސްނުން ތޫނު ކުއްޖެކެވެ. ލިޝާންއާ ދެމީހުން މިހާތަނަށް ހިންގި އެއްވެސް އޮޕަރޭޝަނެއް ނާކާމިޔާބެއްނުވެއެވެ. ޒަކްޔަން ލިޝާންގެ ގައިގައި ބައްދާލަމުން ނިދާލަން ދިއުމަށް އެދުނެވެ. ލިޝާންވެސް މާބޮޑަށް ފިކުރުނުކުރަން ބުނުމަށްފަހު އެތަނުން ދިޔައެވެ.

އާދުވަހަކަށް އިރުއަރައިގެން ދިޔައީ ހަޝީމްގެ ވާހަކަ މުޅި ރާއްޖެއަށް އަންގަމުންނެވެ. ޒަކްޔަން ހުރީ އޭނާގެ މަންމައާއެކު ރާއްޖެއިން ބޭރަށް ފުރަންދާން އެއާޕޯޓުގައެވެ. އެވަގުތު ޒަކްޔަންއަށް މެސެޖެއް އައެވެ. ހައިލިޔާގެ މެސެޖެކެވެ. “އިންތިޒާރުގައި….” ޒަކްޔަން ފޯނު ނިއްވާލަމުން ބޯޓަށްއެރިއެވެ.

ހަމަސްފަސް..

ލޮލުގައި މަސްކަރާ އަޅާލުމަށްފަހު ބުރުގަލަށް ޕިންޖަހާލަމުން އޭނާ ނިކުތީ ލަސްވެގެންނެވެ. އޭރު ކާރު އޮތީ އޭނާ ބަލާ އައިހެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މީހުންގިނަކަމުން ޒަކްޔަން ހުރީ އޭނާގެ މަންމަ ގެއްލިދާނެތީ ބިރުންނެވެ. މަންމަގެ ހަނދާންނެތުމަށްފަހު އެ ހަނދާންތައް އަނބުރާއައީ މީގެ ދެމަސްކުރިންނެވެ. ފާއިތުވި ދުވަސްތަކުގެ ތެރޭގައި ޒަކްޔަންއަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. މީހާ ބިޔަވެ ވަނީ ރީތިވެފައެވެ. ރީތިވަރަކަށް ތުނބުޅި ވަނީ ދިގުކުރެވިފައެވެ. ދުރުން ލިޝާން ފެނުމާއެކު ޒަކްޔަން ހަނާއަޅާލިއެވެ. ދެމީހުން ބައްދާލުމަށްފަހު ލިޝާން ޒަކްޔަންގެ މަންމަގެ ގައިގާވެސް ބައްދާލިއެވެ.”މަންމާ!!!! ވަރަށް މިސްވިއޭ.” އެވަގުތު ތިން މީހުންވެސް ހީލިއެވެ. ޒަކްޔަން ސިހުނީ މީހަކު ގޮވާލުމުންނެވެ.

“ޔަން…”ޒަކްޔަންއަކަށް އެއަޑެއް ނޯޅެއެވެ. އެއީ ހައިލިޔާގެ އަޑެވެ. ޒަކްޔަން މަޑުމަޑުން އެދިމާއަށް ދިޔައެވެ. ޒަކްޔަންގެ ދެލޯ ބޮޑުވެގެންދިޔައެވެ. ކަކުލާހަމައަށް އަރާ އަޅިކުލައިގެ ހެދުމަކާއެކު ހައިލިޔާވަނީ ރަތްކުލައިގެ ޝޯލެއް އަޅާފައެވެ. ކޮށްފައިވަނީ ލުއި މޭކަޕެކެވެ. ކުރިއަށްވުރެ މާރީއްޗެވެ. ހައިލިޔާ ދުވެލާފައި އައިސް ރަތް ފިނިފެންމަލެއް ދިއްކޮށްލަމުން ތިރިވެލިއެވެ.”ޔަން…ވިލް ޔޫ މެރީ މި؟” ޒަކްޔަން އިރުކޮޅަށް ހުރުމަށްފަހު ހީލިއެވެ. އަދި އެ މާއަތުލަމުން ހައިލިޔާއާ އެއްހަމައެއްގައި އިށީނެވެ. “ހޭ..މައި ހެއިލް..ވިލް ޔޫ އޯލްސޯ މެރީ މީ؟” އެވަގުތު އެތަނުގައި ތިބި އެންމެންތަށް އަތްޖަހާލިއެވެ. ހައިލިޔާ ލަދުން ޒަކްޔަންގެ މޭގައި މޫނު ފޮރުވާލިއެވެ. “އަހަރެން ވަރަށް މިސްވި..އައި އެމް ސޮރީ ހެއިލް…” ތެދުވަމުން ޒަކްޔަން ބުނެލިއެވެ. ހައިލިޔާވެސް މައާފަށް އެދުނެވެ.

ކުރު ދަތުރަކަށްފަހު މާލެ އާދެވުނެވެ. ޒަކްޔަންމެން ގެއަށް ވަތް އިރު އިރިން ހުރީ ކާން ހަދާފައެވެ. ލިޝާން ފެނުމުން އިރިން ހީލިއެވެ. އަދި ޒަކްޔަންއާ އޭނާގެ މަންމައާ ސަލާމްކޮށްލިއެވެ. މިހާރު ފެންނަނީ އުފާވެރިކަމެވެ. ބަޔަކު ވަކިވެދިޔަސް ހައިލިޔާވެސް ހިތްވަރު ކުރީއެވެ. ދައްތަގެ ނަސޭހަތް އަޑުއެހީއެވެ. ނީރާވެސް ފަހުން ލަންކާ ބަދަލުވުމުން ހައިލިޔާ އެކަނި އުޅެންވެސް ދަސްކުރީއެވެ. ޒަކްޔަން ހީލިއެވެ. ހައިރާ މަތިން ހަނދާންކޮށްލަމުން ހައިރާގެ ފުރާނައަށް ސުވަރުގެ ދެއްވުމަށް އެދި ދުޢާކޮށްލިއެވެ. އަދި އަބަދުވެސް އެ އާއިލާ އެގޮތަށް އުފާވެރިކަމާއެކު ލެއްވުމަށްވެސް ދުޢާކޮށްލިއެވެ.

ނިމުނީ?

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން (41) (ޕާރޓް 2)

Next

ރާސްތާ 2

Next
June 13, 2018

ރާސްތާ 2

Previews
June 12, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (41) (ޕާރޓް 2)

18 Comments!

  1. imagination ?? says:
    June 13, 2018 at 1:11 am

    sooo….this ends from here. in sha allah i’ll be back soon. love you guyss..kurige bayah reply ves nukurevey dho..sorry ingey. in sha allah mibaiga kohlaanan. mi vaahaka yaamedhu dhekey goi bunelah chey…love you everyone. thanks for always supporting me. tho m a little kid with little experience ❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Nunnu says:
    June 13, 2018 at 1:51 am

    Vaahaka nimuneedho
    Mi story ge varehnei
    Masha Allah
    Haadha reechey
    Dhen kon dhuvahakun tha imagination ge vaahaka ehkiyaalan libeynee
    Thanks a lot vaahaka nimendhen Zimmaadhaaru kamaaeku vaahaka up kolla dhinee thee
    Vaahaka nukiyegen nunidhifa ovva thi up kollee
    I am first dho

  3. Nunnu says:
    June 13, 2018 at 1:54 am

    I also wanted to know your name
    Whats your real name

  4. kweeny says:
    June 13, 2018 at 1:56 am

    me 1st dhw???
    mivaahaka varah reethi ???

  5. Ree? says:
    June 13, 2018 at 2:36 am

    Oh nimuneetha? but stry is so beautiful i love it mi stry feshigen nihmaali goiy ree ah varah kamudhey im speechless really you are very talented writer keep it up dear appriciated your work waiting for your new story ?????????

  6. eekko says:
    June 13, 2018 at 3:02 am

    vvvv reethi….kyp it up

  7. Amee says:
    June 13, 2018 at 4:25 am

    Vvvvv reethi…??
    Masha allah imagination vaane varah kaamiyaabu writer akah?… nd this story is speach less….??
    Dhen kwn irakun imagination ge ehen vaahaka eh kiyaalan libeynee…

  8. Mate says:
    June 13, 2018 at 4:41 am

    Vvvrh reethi…….keep it up……..

  9. lotus says:
    June 13, 2018 at 7:06 am

    Fabulous story dear.. great wrk.. hope to read another story from u soon.. TC.. salaam???

  10. unique says:
    June 13, 2018 at 10:56 am

    vvv reethi vv dhera vejje imgination dhaathy………. i seriously wanna see a new story from u sooooon… will miss u a looot dear…. aslu bunan tha ur not that small cox im also 16 heheheh… will miss u dear

    1. Shock says:
      June 13, 2018 at 1:21 pm

      Wow unique dear i jst lv u ??

    2. unique says:
      June 13, 2018 at 6:53 pm

      y so

  11. Stry kiyaa man says:
    June 13, 2018 at 11:52 am

    Perfect work.masha allah.vvvv furihama mi stry vex seyma.hama ekani mahshala aky kuru vun.ehen noony v nice stry.haashim dhw mi hai maraaly.haadha nulafa dad ekey dhw.
    Next time than kolheh dhigu stry eh genass dhehchey igey.waiting 4 nw part.-salaam-???

  12. Roxy says:
    June 13, 2018 at 1:24 pm

    Little writer wth little experience ?? vvvvvvv reethi stry eh vvvv ufr vhje mi type stry eh kyrln lbunyma i jst lve this kind u knw n this stry ws jst awesme ??? kyo it up buddy n vvv avahah anhkkr vx fhnan beynun i wil mis u a lot sis dhiaiima dhn investigate kuraakh kujjh vx nuhunnrne ?☹ n btw im smaller than u im 15 hehe ??

    1. unique says:
      June 13, 2018 at 6:55 pm

      hahahah…….. cool

  13. noor says:
    June 13, 2018 at 10:25 pm

    maa sha allah.. vrh vrh vrh furihama mi vaahaka.. feshunyssure baraabarah kiyamun aee.. ekam comment eh nukolleveny hama.. 🙁 ekam hithaa hithun story ah abadhuves thaureef kuran ingey.. hehe.. neynge hama bunaane ehcheh ves.. vrh furihama.. 🙂 good job dear sister and keep it up the good work.. 🙂 avas mustaqbalegga dear ge ithuru vaahakaeh kiyaalan libeyne kamah ummeedhu kuran.. 🙂 hiyyvaraaeku abadhuves thigothuga hunnaathi ingey.. in sha allah kaamiyaab libeynee eyrun.. 🙂

    1. noor says:
      June 13, 2018 at 10:27 pm

      plus, ehchekey heenukurahchey mi comment maa dhiguvyma.. ingey.. hehehe.. 🙂 noor ah abadhuves hunnaany dhakkan vaa vaahaka ginavefa.. hehe.. ummeedhu kuran dear ehchekey hee nukuraane kamah.. 🙂 btw good luck ingey kuriyah oiyy thanah.. 🙂

  14. Nunnu says:
    June 13, 2018 at 11:44 pm

    Imagination heevanee hama police ge mifadha kanthah balaa bodu meeheh hen
    Haadha molhey
    How.did you know.all this

Comments are closed.



All Right Reserved!