Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އާދޭސް ކުރާ ހިތްވޭ ރޮމުން (41) (ޕާރޓް 2)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
June 12, 2018 8 Mins Read
27 Comments

ޓްރާންސް ޕޭރެންޓް ފައިލް އެއްތެރޭގައި އޮތް ގަނޑުގައި އިން ލިޔުން ކޮޅު ފެނިފައި އޭނާގެ ފައި ދަށުން ބިންގަނޑު ދެމިގަތް ހެން ހީވިއެވެ. ވަރީގެ ފޯމެއް އޭނާ ނިދާ އެނދުގެ އެއްފަރާތުގައި އޮންނަން ވީ ސަބަބަކީ ކޮބާތޯ އަމިއްލަ ނަފްސާ ސުވާލުކޮށްކޮށް ރާސިލް އަށް ހުރެވުނީއެވެ.

އަތުގައި އޮތް ޑިވޯސް ޕޭޕަރުތަކަށް ބަލަހައްޓައިގެން އެތަށް އިރަކު އިން ރާސިލް ގެ ލޮލުގެ ތެރެއަށް ޖަމާވި ކަރުނަތަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ކަރުދާސްތަކުގެ މައްޗަށް ފައިބައިގެން ދިޔައެވެ. އެއާއެކު އޭނާ އަށް ދެލޯ މަރާ ބާރުކޮށްލެވުނީ އެ ކަރުދާސްތަކަށް ބަލަން ކެތް ނުކުރެވުނު ފަދައަކުންނެވެ.

“އައިލީ ވައި؟” ރާސިލް ގެ ހިތުގައި އެތަށް ޝަކުވާ އެއްވިއެވެ. ދުލުން ބަޔާން ނުކޮށްދެވޭނޭ ފަދަ އިހްސާސްތަކެއްވިއެވެ.

އެތަކެތް އިހްސާސް ތަކެއް އެތް ވެގެން ދިޔަ ވަގުތު ކޮޅަކަށް އެވަގުތު ކޮޅު ވެގެން ދިޔައެވެ. ހިތަށް ވިސްނައިދޭން މަސައްކަތް ކުރިނަމަވެސް ހިތް ވިސްނައިދޭ ގޮތާ އެއްބަހެއް ނުވެއެވެ. ރާސިލް ގެ ހިތަށް ތަފާތު އެއްޗެހި އަރާ ފައިބަމުން ދިޔައެވެ. ހަމަގައިމުވެސް އެ ހިތަށް ވަރަށް ތަދުވެއްޖެއެވެ. އޭނާ ކުރިން އައިލީ ގާތު ބޭނުމިއްޔާ ދޫކޮށްލާނަމޭ އަންޖުމް އާއި އައިލީ އާ ދުރަށް ގޮސްދާނަމޭ ބުނި ކަމުގައި ވިނަމަވެސް އެ ހިޔާލާ މިހާރު ކުރިމަތީގައި އެ އޮތް ގަނޑު ފެނި އޭނާ އަށް ވަމުން ދިޔަ ގޮތް އިހްސާސް ވެސް ބަޔާން ކޮށެއް ނުދެވުނެވެ. ދުލުން ބުނެލި ކަމުގައި ވިނަމަވެސް ކުރަން އެއީ ކިހާ އުނދަގޫ ކަމެއްކަން ރާސިލް އަށް އިހްސާސް ވީ އަދި ކިރިޔާއެވެ.

އެވަގުތު އައިލީޝް ހޭލައްވާފައި އޭނާ ދޫކޮށްފައި ނުދިޔުމަށް އެދި އާދޭސް ކުރަން ބޭނުންވިއެވެ. މާފަށް އެދި ރޯ ހިތްވިއެވެ. އެހެންނަމަވެސް އެ ފަދަ އެއްވެސް ކަމެއް ކުރާނެ ހާ ހިތްވަރެއް ރާސިލް އަކަށް ނުލިބުނެވެ. ދެލޯ މަރާ ބާރުކޮށްލާފައި އޭނާ އަށް ޖެހުނީ ރޮއި ރޮއި އިންނާށެވެ. އައިލީޝް ގެ މޫނަށް ބަލާލާ ކޮންމެ ފަހަރަކު އަރާމް ކޮށް މިދާފައި އޮތް ތަން ފެނި އޭނާ އަށް ލިބެމުން ދިޔަ ހިތާމަޔާ ހިތުގައި ރިހެމުން ދިޔަ ރިހުން އިތުރުވެގެން ދިޔައެވެ. އެއިން ކޮންމެ ފަހަރަކު އޭނާގެ ހިތަށް އެތައް ހާސް ހަންޖަރެއް ހަރާލެވިފައިވިފައިވާ އިހްސާސް އެއްކުރެވިގެން ދިޔައެވެ. ވަމުން ދިޔަ ތަދާ ކުރެވެމުން ދިޔަ އިހްސާސް ތަށް އެފަރާތް ކޮށްފައި ރާސިލް އައިލީޝް ގެ އެއްފަރާތުގައި އޮށޯވެލިއެވެ. ނިދޭތޯ މަސައްކަތް ކުރި ނަމަވެސް ނިދި ވަނީ އޭނާ އާ މާ ދުރުގައެވެ.

އޭގެ އަނެއްދުވަހެވެ. ހެނދުނު ހޭލައިގެން ރާސިލް ގެ ފުރަތަމަ މަސައްކަތަކަށް ވީ އައިލީޝް ގޮވައިގެން ހޮސްޕިޓަލަށް ދިޔުމެވެ. ފިޒިއޮތެރަޕީގެ ފުރަތަމަ ޝެޝަންގެ މަސައްކަތް ފަށަން ހަމަޖެހިފައިވުމާއެކު ރާސިލް ވަނީ އައިލީޝް އަށް ވެސް އެކަމުގެ ކުޑަ ތައާރަފް އެއް ދީފައެވެ. އައިލީޝް ގޮވައިގެން ކޮޓަރީގައި އުޅުނު އިރުވެސް ރާސިލް ގެ ނަޒަރު އައިލީޝް އަށް ހުއްޓެނީ މަދު ފަހަރަކުއެވެ. އެކަން އައިލީޝް އަށް ވެސް ފާހަގަ ކުރެވެއެވެ.

އެކަމާ އޭނަ ކުޑަކޮށް ހައިރާން ވެސް ވިއެވެ. އެހެންނަމަވެސް ހިތަށް ވަންނަމުން ދިޔަ ވަސްވާސްތަކުން ސަލާމަތް ވާން ހަދާނޭ އިތުރު ގޮތެއް އައިލީޝް އަކަށް ނޭނގުނެވެ. އެހެންނަމަވެސް މޫނުމަތިން އިހްސާސް ތަށް އައިލީޝް ފޮރުވާލީ ނުލާހިކު އަވަހަށެވެ. އެކަމަށް އޭނާ ނުލާހިކު ކުޅަދާނައެވެ.

އައިލީޝް އެނދުމަތީގައި އިންދާ ރާސިލް އެ ދިމާލަށް އައިސް އައިލީޝް ގެ ގާތުގައި ޓައިލްސް ތަކު މަތީގައި އިށީނެވެ. އޭނާ އައިލީޝް ގާތު އެ ކަރުދާސްތަކާ ބެހޭ ގޮތުން ސުވާލު ކުރަން ބޭނުންވިނަމަވެސް އެވަގުތު އެކަމާ ވާހަކަ ދައްކަން ރާސިލް ބޭނުމެއްނުވިއެވެ.

އޭނާ އެއްވެސް ކަމެއް ނުވާކަމަށް ހެދިގެން އެހުރިހާ ވަގުތެއްވެސް ހޭދަކުރިއެވެ. ފުރޮޅު ލީ ގޮނޑީގައި އައިލީޝް ބައިންދަމުން ރާސިލް ހިނިތުންވެލިއެވެ. އެހެންނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވަނީ ހިތާމައެވެ. ވޭނެވެ. ހިތްދަތިކަމެވެ.


ކުޑަ ގޮޅިއެއްގެ ތެރޭގައި ހުރި މޭޒު ދޮށުގައި އިން ރާއިދާގެ މޫނުމަތީގައި ވަނީ ރުޅިވެރިކަމެވެ. އޭނާ އާ ސުވާލުކުރުމަށްފަހު އެކަށީގެންވާ ޖަވާބެއް ނުދިނުމާއެކު ޕޮލިސް މީހާ ފަނަރަ މިނިޓް އަށް ބޭރަށް ދިޔުމާއެކު އޭނާ އަށް ކުޑަ ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. އެހެންނަމަވެސް ދެން އެއްވެސް ކޮޅަކުން ސަލާމަތެއް ނެތް ކަން އޭނާ އަށް އެނގެއެވެ. އެހެންނަމަވެސް ހަމައެކަނި އޮތް ގޮތަކީ ހަނު ހުރުން ކަން ވެސް ރާއިދާ އަށް ވިސްނުނީއެވެ.

ދުލުން ބޭރުކުރާ އެންމެ ބަހަކުން އޭނާ އަށް ލިބޭ ސަޒާ އިތުރު ވާނެކަން އެ ސިކުނޑިއަށް ވެސް ނަގައިގަނެވުނީއެވެ.

އެހެން އިން އިރު މާޒީގެ ހަނދާނެއް އެ ސިކުނޑިއަށް ވެރިވެގެން ދިޔައެވެ.

*****

މާނިއު އާއި ރާއިދާ ގެ ގައިގައި އަޅައިގަނެފައި ދިޔަ ފިރިހެން މީހާ އަށް އެ ދދެމީހުންގެ ނަޒަރުވެސް ހުއްޓިފައިވެއެވެ. އެއާއެކު ދެމީހުންގެ ހިތުގައިވެސް ވަނީ އެއްސުވާލެކެވެ. އެދެމީހުން ދެއްކި ވާހަކަ އެ މީހާ އަށް އަޑު އިވުނު ބާއެވެ. އެމީހަކު ވެސް އަޅާނުލާ ދިޔުމުން އެމީހުންދިޔީއެވެ. އަނެއްދުވަހު އެދެމީހުން އެތަނުގައި ވާހަކަ ދައްކަން ތިބީ ގަސްތަކުގެ ތެރެ ބަލާފައި ވިކަމަށް ވިޔަސް ކުއްލިއަކަށް މީހަކު ނުކުތުމުން ސިހިފައި ބަލާލެވުނެވެ. އެމީހަކީ ޒާހިދު އަށް ވުމާއެކު ދެމީހުނަށް ވެސް އެކަކު އަނެކަކު ގެ މޫނަށް ބަލާލެވުނެވެ.

ބިރުވެރިކަމުން އެދެމީހުންގެ ހިތްވެސް ވަނީ ފުރިފައެވެ. އެހެންނަމަވެސް ސިހުން ލިބުނީ އެ ފިރިހެން މީހާ ސަލާމަތް އަތް ދިށްކޮށްލުމުންނެވެ. ދެމީހުންގެ މޫނަށް ބަލާލާފައި ޒާހިދު ވެރިކޮށްލައިގެން ހުރި ވިހަ ހިނިތުންވުން މާނަ ކުރަންވީ ގޮތް ރާއިދާ އަށާއި މާނިއު އަށް ވަރަށް ފުރިހަމަ އަށް އެނގުނެވެ. އެ ދެމީހުންގެ ތުންފަތް މަތީގައި ވިހަ ހިނިތުންވުމެއް ދައުރު ކޮށްލިއިރު ޒާހިދު ވެސް ހުރީ ވިހަ ހިނިތުންވުމެއް ހަދިޔާ ކޮށްލައިގެންނެވެ. ދުލުން ވާހަކަ ނުދެއްކި ކަމުގައި ވިނަމަވެސް އެތަކެއް ވާހަކައެއް ލޮލުން އެ ދެމީހުން ދެމީހުންނަށް ދައްކައިފިއެވެ. ރާއިދާވެސް އެކަމުގައި ބައިވެރިވިއެވެ.

ޒާހިދު ބުނި ގޮތުގައި އޭނާ ވެސް ބޭނުންވަނީ އިފްޝާ އަށް ވަރުގަދަ ލަނޑެއް ދޭށެވެ. އަދި އޭނާ އެކަންތަށް ކުރަން ރާއިދާ އަށާއި މާނިއު އަށް އެހީތެރިވެދޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ދިނެވެ. އަދި ކުރަން ޖެހޭ ހުރިހާ ހަރަދެއްގައި އޭނާ ހިފާނޭ ކަމާއި އޭގެން އެއްވެސް ކަމަކާ ހާސްނުވުމަށް ވެސް ޒާހިދު ބުނެލިއެވެ. ހައްޔަރު ކޮށްފިނަމަ ކިތަންމެ ބައިވަރު ލާރިގަނޑެއް ހަރަދު ކޮށްގެންވެސް މިނިވަން ކުރާނޭ ކަމުގައި ބުނެލިއެވެ. ރާއިދާވެސް ވެސް ހީވީ ދުނިޔެ ރަންވިހެންނެވެ. އޭނާ ކުރިންފަހަރުވެސް މަސްތުވާ ތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރުމުން ސަލާމަތް ކުރީ މާނިއުއެވެ. އެއީވެސް ވަރަށް ވަރުންނެވެ. އެހެންކަމަށް ވާނަމަ އެފަދަ ހަރަދުތަށް ކުރާނޭ މީހަކު ހުރުމަކީ ނުހަނު ފަސޭހަވެސް ވާނޭ ކަމެކެވެ.

އެދުވަހަށް ފަހު ތިން މީހުންވެސް އެ ކުޅިވަރު ކުލެމުން ދިޔައީ ފަރުދާގެ ފުރަގަހުގައި ކުރަމުން ދިޔަ އެއްވެސް ކަމެއް އެއްވެސް މީހަކަށް އެންގުމަކާ ނުލައެވެ. އިފްޝާ އަށް ލަޑު ދިނުމަށް އެމީހުން ތައްޔާރުވަމުން ދިޔައިރު ދާނިޝް އަށް ވެސް އެކަމުގެ ކުޑަވެސް ހިލަމެއްނުވެއެވެ. އެރޭ ދާނިޝް ގެ ކާރުގައި އިންނަ ހެޑް ފޯން ވެސް ނެގީ ރާއިދާއެވެ. އޭނާ އަށް އެނގެއެވެ. ދާނިޝް އަކީ އަބަދުވެސް ކާރުގައި ދާއިރު ހެޑްފޯން ނެތިއްޔާ ކާރު ހުއްޓާފައި ފޯނަށް ޖަވާބުދޭމީހެކެވެ. އެ ދުވަހު ދާނިޝް ގެ ކާރުގެ ގެ ތަޅުދަނޑު ނޭނގި ނަގައިގެންގޮސް ދޮރު ހުޅުވާ އެ ހެޑް ފޯން ނެގީވެސް އޭނާ އެވެ. އަދި ހަމަ ނުވާކަމަކަށް އަލުން އަނބުރާ ކާރުގެ ތަޅުދަނޑި އެ އިން ތަނުގައި ބޭންދީވެސް ރާއިދާއެވެ. ހުރިހާ ކަމެއް ވަނީ ރާވާ ނިމިފައެވެ. ދެން އޮތީ ހަމައެކަނި އަމަލީ މަސައްކަތެވެ.

*****

ސިއްސައިގެން ގޮސް ރާއިދާ އަށް މޭޒުމަތިން ބޯ ހިއްލާލާ ހިޔާލް ތަކުން ނުކުމެވުނީ ފުލުސް މީހާ އައިސް ބާރަށް މޭޒުގައި ޖެހުމުންނެވެ. “ކޮބާ ތައްޔާރުވެއްޖެ؟” ފުލުސް މީހާ ރުޅިވެރިކަމާއެކު ސުވާލުކުރިއެވެ. އެއާއެކު ރާއިދާ އެއްވެސް އެއްޗެއް ބުނާ ހިޔާލެއް މިފަހަރުވެސް ނުކުރިއެވެ. އޭނާ ހަނު އިނީއެވެ. އެއީ އޭނާ އަށް ލިބިގެންވާ ހައްގެކޭ ހިތަށް އަރާ ވަރުންނެވެ.


އައިލީޝް ގެ ފުރަތަމަ ފިޒިއޮތެރަޕީ ޝެޝަންގައި ރާސިލް ވެސ ކައިރީގައި ހުއްޓެވެ. އެންމެ ފުރަތަމަ ކުރެވުނީ ފައިގެ ކަސްރަތުތަކެކެވެ.

އައިލީޝް އަށް ފައި ހަލުވާލަން ވެސް ވީ ދަތިކަމަކަށެވެ. ހަމަ އެއާއެކު ޑޮކްޓަރުގެ އެހީއާއެކުވެސް ހަރަކާތް ތަށް މަޑުމަޑުން ކުރަމުން ދިޔައިރު ކޮންމެވެސް ވަރަކަށް އައިލީޝް އަށް ތަދުވަމުން ދިޔައެވެ. އަނގައިން އަޑެއް ލައްވާ ނުލިޔަސް މޫނުމައްޗަށް ވެރިވަމުން ދިޔަ އަސަރުތަކުން އެކަން ރަނގަޅަށް ދޭހަވެއެވެ.

މިއަދުގެ ޝެޝަން ނިންމާލުމަށްފަހު ގޭގައިވެސް ކުރެވިދާނޭ ކަސްރަތުތަކެއް ޑޮކްޓަރު ދެއްކިއެވެ. އެކަންތަށް ބަރާބަރަށް ކުރަމުން ދިޔުމަށް އިރުޝާދު ދިނުމަށްފަހު އައިލީޝް ގެއަށް ދޫކޮށްލެވުނެވެ. އެ ދިޔަ މަގުމަތީގައި ހޮސްޕިޓަލް ބޭރުން ޑޮކްޓަރު އިޝާން އާ ދިމާވިއެވެ.

“ކިހިނެތްތަ އައިލީ” އިޝާން ހިތްހެޔޮ ހިނތުންވުމަކާ އެކީ އަހާލިއެވެ. ބަދަލްގައި އައިލީޝް ވެސް ރަނގަޅޭ ބުނަން ހިނިތުންވެލިއެވެ. އެ ޖަވާބުގެ މާނަ ނަގައިގަންނަން އިޝާން އަށް އެނގުމާއެކު އިތުރު ސުވާލެއް އޭނާ ނުކުރިއެވެ. އައިލީޝް ގާތު ރަނގަޅިއްޔާ އަދިވެސް ބަލައިގެން އުޅެއްޗޭ ބުނެލިއެވެ.

“ލޯބި ލޯބި ހަޒްބެންޑެއް އެބަ ހުރި އެއްނު ދޯ… ހަތަރު އަހަރު ވީ ވިއްޔަ ކައިރިން ދުރަށް ނުދާތާ… ދެން އެހެންވީމަ ޑޮކްޓަރަކަށް ވެ ހުރެވެސް ހާސް ވާން ޖެހޭ ސަބަބެއް ނެތްތާދޯ” އިޝާން ގާތް ގޮތަކަށް ރާސިލް ގެ ކޮނޑުގައި ޖަހާލާފައި ބުނެލިއެވެ. އެއާއެކު ރާސިލް ވެސް ހިނިތުންވެލިއެވެ. އެ ދެމީހުންގެ ދެމެދުގައި ވެސް ވަނީ ހީނުކުރާހާ ގާތް ގުޅުމެއް އުފެދިފައެވެ.

އިޝާން ގެ ޖުމްލައިން އައިލީޝް ގެ ތުންފަތް މައްޗަށް ވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ އަށ ްބޯ މައްޗަށް އުފުލާލާ ރާސިލް އާ ދިމާލަށް ބަލާލެވުނެވެ.

އިޝާން ދިޔުމާއެކު ރާސިލް ވެސް އައިލީޝް އިން ފުރޮޅުލީ ގޮނޑު ދުއްވާލިއެވެ. އަދި ކާރު ގާތަށް ގޮސް ކާރަށް އެރުވުމުގައި އައިލީޝް އަށް އެހީތެރިވެދިނެވެ. ރާސިލް ގެ ކޮންމެ އަމަލެއްގައި ވަނީ އޯގާތެރިކަމެވެ. އަޅާލުމެވެ. އެހީތެރިކަމެވެ. ލޯތްބެވެ.


ކާރަށް އަރާ ރާސިލް ދުއްވާލުމާއެކު އައިލީޝް ގެ ނަޒަރު ލޯގަނޑުން ބޭރަށް ހުއްޓެމުން ދިޔައެވެ. ތަންތަނަށް ފަރުވާތެރިކަމާއެކު ބަލަމުން ދިޔައީ މި ހަތަރު އަހަރު ތެރޭގައި މާލޭގެ މަގުތަކަށާއި އިމާރާތް ތަކަށް އައިސް ފައި ހުރި ބަދަލް ދެނެގަންނަން ބޭނުންވެފައި ހުރި ފަދަ ގޮތަކަށެވެ.

“އައިލީ… ޑޫ ޔޫ ރިއަލީ ހޭވް ޓް ޑޫ ދެޓް” ރާސިލް އަށް އެންމެ ފަހުން ނީނދެވިގެން އަހާލެވުނެވެ. އެއާއެކު އައިލީޝް ދެ ބުމަ ހިއްލާލަމުން ރާސިލް އާ ދިމާލަށް ބަލާލަމުން ކިހިނެތްވީހޭ އަހާލިއެވެ. ރާސިލް އެ ކަރުދާސް ތަކުގެ ވާހަކަ ބުނަން އަނގަ ހުޅުވާލި ނަމަވެސް މިފަހަރުވެސް އެ ވާހަކަ ބުނާނެހާ ހިތްވަރެއްނުލިބުނެވެ. އޭނާ އިސްޖަހާލިއެވެ. އަދި މަގުމަށްޗަށް ސަމާލުކަން ދިނެވެ. އައިލީޝް ވެސް އެނބުރި ބޭރުބަލަން ފެށީއެވެ.

ގެއާ ހިސާބަށް ދެވެން ދެންވެސް ދެމީހުންގެ ދެމެދުގައި އެއްވެސް ވާހަކަ އެއް ނުދެކެވެއެވެ. ކާރުތެރެއަށް ވެރުވެފައި އޮތީ ހިމޭންކަމެވެ.

ގެއަށް ގޮސް ފުރަތަމަވެސް ރާސިލް ބޭނުންވީ ފެންވަރާ ލާށެވެ. އޭރު ސިޓިން ރޫމްގައި ޒީޝާ ކޮންމެވެސް ކަމަކާ ހާސްވެގެން އުޅޭތަން ފެނެއެވެ. އައިލީޝް ގޮވައިގެން ކޮޓަރިއަސް ވަދެފައި ރާސިލް ފެންވަރައިގެން ނުކުތީ ކޯޓަށް ދާން ވެގެންނެވެ. އޭރު ހެނދުނު ގަޑިން ދިހައެއް ޖަހަނީއެވެ. އައިލީޝް ގާތު އެ ވާހަކަތަށް މިހާރު ބުނަންވީ ބާއޭ ނޫނީ އަދިވެސް މަޑުކުރަންވީ ބާއޭ ރާސިލް ގެ ހިތަށް އަރަނީއެވެ.

ހިޝްމާގާތު ބުނެފައި ރާސިލް ގޭން ދިޔުމާއެކު ހިޝްމާއާއި އަންޖުމް ވެސް އައިސް އައިލީޝް ގާތު އިށީނެވެ. ހިޝްމާ އައުމުން މިފަހަރު އައިލީޝް ލުއި ހިނިތުންވުމެއްހަދިޔާ ކޮށްލިއެވެ. އެކަމުން ހިޝްމާގެ ހިތަށް ފިނިކަން ލިބިގެން ދިޔައެވެ. އައިލީޝް ގެ ރުހުން ލިބޭތީ ވިހި އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ހޭދަކުރިއެވެ. އައިލީޝް އެ އަތަށް އޭނާ ލީ އެންމެ އަށް މަހުގައެވެ. އެހެންކަމުން އޭނާގެ ހިތުގައި މައިވަންތަ ކަމުގެ ކުލުނު ހުރީޖެހިފައެވެ. އައިލީޝް ވެސް ހިޝްމާ އަކީ އަމިއްލަ މަންމަ ކަމަށް ދެކިގެން ބޮޑުވަމުން އައެވެ. އެހެންނަމަވެސް ހުރިހާ ކަމެއް ވެސް ބަދަލް ވީ ކުޑަ ހިދުކޮޅެއްގެ ތެރޭގައެވެ. އައިލީޝް ގެ އުމުރުން ވީއިރު ހިޝްމާ އަކީ އޭނާގެ މަންމަ ނޫން ކަން އެނގުމާއެކު އައިލީޝް ހިޝްމާ އަށް ނަފްރަތު ކުރަން ފެށީއެވެ. އެކަމާ ހެދި ދިހަވަރަކަށް އަހަރު އޭނާ އަށް އައިލީޝް ގެ ނުރުހުން އަމާޒް ވީއެވެ. އެހެންނަމަވެސް މިހާރު ކަންތަށް ތަށް ފެންނަމުން ދާ ގޮތަށް ބަލާއިރު އައިލީޝް އާއި އޭނާ އާދެމެދު ވާ ނަފްރަތުގެ ފާރު ވެސް ފުނޑާލެވިދާނެހެން އޭނާއަށް އެބަ ހީވެއެވެ. ދާނިޝް ބުނާހެން އައިލީޝް އާއި އޭނާ އާ ދެމެދު ގައި ވީ ނަފްރަތުގެ އަލިފާން ގަނޑު ނިވެން އުޅެނީ ކަންނޭގެއެވެ.

އައިލީޝް އަށް ދެން ބަލާލެވުނީ އަންޖުމް އަށެވެ. ހަމަގައިމުވެސް އަންޖުމް އެ ވަރު ކޮށްފައި އެހުރީ ހިޝްމާގެ ވެސް ބޮޑު އެހީތެރިކަމާއެކުކަން އޭނާ އަށް އެނގެއެވެ. އެކަމަށް އޭނާ އުމުރު ދުވަހު ހިޝްމާ އަށް ޝުކުރު އަދާކުރާނެއެވެ. އަދިވެސް އައިލީޝް ގެ ހިތުގައިވާ ސުވާލެއްވިއެވެ. ޒާހިދު ގެ ހަބަރެއް ނުވާތާ ގޭ މީހަކުވެސް ޒާހިދު އޭ ބުޏާ އަޑުވެސް އޭނާ ނާހައެވެ.

އަންޖުމް އަށް ވެސް ޒާހިދު ނަފްރަތު ކުރާކަށް އައިލީޝް އަށް ވަނީ އެނގިފައެވެ. ވާނީވެސް އެހެންތާއެވެ. އަންޖުމް ބައެއްފަހަރު ވާހަކަ ތަށް ކިޔާދޭއިރު ޒާހިދު ގެ ވާހަކަވެސް ކިޔާދެއެވެ. އެއިން ކޮންމެ ފަހަރަކު ޒާހިދު ގެ ގޮސް ވާހަކަ އަންޖުމް ވާނީ އައިލީޝް އަށް ކިޔައިދީފައެވެ.

“އައިލީޝް އިޝާރާތުން ފުރަތަމަ ފަހަރަށް މަންމާ އޭ ބުނެލި ގޮތުން ހިޝްމާގެ ހިތްވެސް ކުޑަ ވަގުތު ކޮޅަކަށް މަޑު ޖެހިލިހެން ހީވިއެވެ. އޭނާ އިނީވެސް ސޯފާގައި ދުރުގައެވެ. އަންޖުމް އައިލީޝް ގާތަށް ދިޔުމުން އެ ދެމައިންނަށް ބަލަން އިން އިރު އެ ހިތުގައިވެސް އުފާވެރިކަން ވިއެވެ. އެހެންނަމަވެސް ދެންމެ އައިލީޝް އޭނާ އަށް ގޮވާލުމާއެކު ހައިރާން ކަމާއެކު ދެލޯ ބޮޑު ކޮށްލެވުމާއެކު އިންތަނުން ވެސް ތެދުވެވިއްޖެއެވެ. އައިލީޝް ގާތަށް އައުމަށް އިޝާރާތް ކޮށްލުމާއެކު ހިޝްމާ މަޑުމަޑު ފިޔަވަޅުތަކެއް އަޅަމުން އެދިމާލށް މިސްރާބުޖެހިއެވެ.

ހިޝްމާ އައިސް އިށީނުމާއެކު އައިލީޝް ހިޝްމާ ގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. އަދި އެ އަތަށް ފިތާލިއެވެ. އެނާ ދެން އެ އަތުން ދޫކޮށްލުމަށް ފަހު އިޝާރާތުން މާފުކުރާށޭ ބުނެލިއެވެ. ހިޝްމާގެ ލޮލަށް ވަގުތުން ކަރުނަތަށް ޖަމަވެގެން ދިޔައެވެ. އެއްވެސް ހުރަހެތްނެތި ކަރުނަތަށް އޭގެ މަގާމް ދޫކޮށް ކޯތާފަތަށް ފައިބައިގެން ދިޔައެވެ.

މާފަށް އެދުމުގައި މާފު ދިނުމުގައި ދެމީހުން އެތަކެއް ވަގުތެއް ހޭދަކުރިއެވެ. އެހެން އިން އިރު މީގެ އަހަރުތަކެއް ކުރީގެ ހަނދާނެއް ހިޝްމާ ވިއެވެ.

*****

“އައިލީ މަންމަ ގަސްތަކު ނޫނޭ…. ބޮޑާ ވެވުނީއޭ… އައި އެމް ސޮރީ އޭ… މަންމަ އަށް މާފުކުރޭ… އޭރު މަންމަ އަށް ވެސް ނުވިސްނުނީއޭ… ދާން…މަންމަ އަށް މާފުކޮށްދީ… މަންމަ އަށް އޭރު ނުވިސްނުނީ… މި މަންމަގެ ބަނޑުން ނުވިހި ކަމުގައިވިނަމަވެސް މަންމަ ތި ދެކުދިން ދެކެ ލޯބިވަނީ އަމިއްލަ ދަރިން ފަދައިން…. އައިލީ އަށް މީ ދޮން މަންމަ ކަން ސިއްރކުރެވުނީތީ މާފަށް އެދެން… ދާން އަށް ވެސް އެނގޭނެ… އެކަމަކު މި މަންމަ ގެ އެދުމަށް ދޮންބެ ސިއްރުކުރީ… އެކަމަކު މިހަގީގަތެއް ދާން އަކަށް ވެސް ނޭނގޭނެ… ދާނިޝް އަށް ވެސް އެނޣޭނީ މީ ދޮން މަންމަ ކަން… އަސްލު މަންމަ ނޫންކަން…. ސަބަބު މިއަދު މި އެނގުނީ އަދި… މަންމަ އަކީ ވަރަށް ގޮސް މީހެއް” ހަގީގަތް ފާޅުވި ދުވަހު އައިލީޝް އާއި ދާނިޝް ގާތު ރޮއިރޮއިފައި ދެއްކި ވާހަކަތަށް ހިޝްމާ އަދިވެސް ހަނދާން އެބަހުއްޓެވެ. އެ ހަގީގަތް ވެސް އައިލީ ގަތު ހާމަކުރީ ޒާހިދުއެވެ. އެ ދުވަހު ކުޑަ ކަމަކާ އައިލީ އާ ދެބަސްވެ ޒުވާބުކޮށްފައި އައިލީޝް އަށް ދެރަ ދެވެން އޮތް އެންމެ ބޮޑު ގޮތް އޭނާ ހިޔާރް ކުރިއެވެ. ޒުވާބު ހޫނުވެ ކޮންޓްރޯލް ދޫވާހިސާބަށް ދިޔުމުން ހިޝްމާ ވެސް އެންމެންގެ ކުރިމަތީގައި އަމިއްލަ ކުށަށް އިއުތިރާފް ވީއެވެ.

އެދުވަހަށް ފަހު އަދި އަދަށް ދާންދެންވެސް އައިލީޝް ގެ ރުހުން އޭނާ އަށް އޮތީ ނުލިބިއެވެ.

*****

ހިޝްމާ އައިލީޝް ގާތަށް އައިސް ހުއްޓިލުމާއި އެކުއެކީހެން އައިލިޝް ގެ އިޝާރާތާއެކު ހިޝްމާ އައިލީޝް ގެ ގައިގައި ބައްދާލިއެވެ. އެވަގުތު ދެ ހިތަވެސް ވެސް ތަފާތު ހިންހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. މާފު ކޮށް މާފް ދިނުމުން ލިބޭފަދަ ފިނިކަމެއް ލިބިގެން ދިޔައެވެ.

މަންމަ އާ އި ދަރިއެއްގެ ދެމެދުގައި އޮންނަ ފަދަ ވަރުގަދަ ލޯތްބެއް ހޭލުއްވާލައިފިއެވެ.


ކޯޓް ގައި އޮތް އަޑު އެހުމުގައި މާނިއުމެންމެ މައްޗަށް ކުށް ސާބިތުވެގެން މައްސަލަ އެދުވަހަށް ނިންމާލެވުނެވެ. އެއާއެކު އަނެއްކާވެސް އެމީހުންގެ މައްޗަށް އިތުރު ކިށްތަކެއްގެ ދައުވާވެސް އުފުލިގެން ދިޔައެވެ. އެ ކޭސް ގެ އަޑި ކޮންނަމުން ދޔަވަރަކަށް ފުލުހުންނަށް ތަފާތު ގިނަ ހެކިތަށް ފެންނަމުން ދިޔައެވެ.

ކޯޓް ނިންމާލާފައި އެންމެން ދިޔައީ އިޒިކް މެން ގެއަށެވެ. އެ ގެއަށް ގޮސް އެއްޗަކަށް އޯޑަރ ކޮށްގެން ކާން ގެންނަ ހިޔާލް ޝިފާ ދިންކަމުގައިވިނަމަވެސް ރާސިލް ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. އެހެންކްމުން އެހެން އެންމެނަށް އެ ހިޔާލް ކަމުދިޔުމާއެކު މަޑުކުރީއެވެ. ރާސިލް ދިޔައީ އައިލީޝް ގާތަށެވެ.

އޭރު މެން ދުރުން އަނބުރާ ދެއެއް ޖަހަނީއެވެ.

އޭނާ ގޮސް ކޮޓަރިއަށް ވަތް އިރު އައިލީޝް ހޭލާ އޮތެވެ. އޭރު ހިޝްމާ ކޮޓަރިން ނުކުންނަނީއެވެ. އޭރު އެއަތުގައި ތަބަކެތް ހުރުމުން އެދަނި އައިލީޝް އަށް ކާން ދީފައިކަން އެނގެއެވެ. އޭރު ބޭސް ނަގާ ހުސްވެފައި އޮތް ކާޑެއްވެސް އޮތެވެ. އެހެންކަމުން ހިޝްމާ ބޭސް ވެސް ދީފިކަން ރާސިލް އަށް ޔަގީންވިއެވެ. އަންޖުމް ފެންނާކށް ނެތެވެ.

“ކޮބާ އަންޖު” ރާސިލް ސުވާލުށްލިއެވެ.

“ޒީ ކައިރީ” އައިލީޝް ޖަވާބުދިނެވެ.

“ރާސިލް… ލީއްވެ ޒީ މިގޭގަ އުޅެނީ… އެއްކަލަ ދުވަހުވެސް ދޮންބެ މެން ވަރަށް ކްލޯޒް ކޮން އުޅުނީ ދޯ އެކަމް ޒީ މިގޭގަ” އައިލީޗް ފުރަތަމަ ފަހަރަށް ރާސިލް އާ އެ ގޮތަށް ސުވާލުކޮށްލިއެވެ. ހަރަކާތް ތަކުގައި ލަސްކަމެއް ހުއްޓަސް އައިލީޝް މަޑުމަޑުން އެ ހަރަކާތް ތަށް ވެސް ކޮށްލިއެވެ. ފަރިތަނޫނަސް އަތަށް ބާރުލާފައިވެސް އޭނާ އެހެން އެހިއެވެ.

“އައިލީ… ދޮންބެ ގާތު އެހުން ކަންނޭގެ ދޯ ރަނގަޅީ…. ” ރާސިލް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އައިލީޝް ގާތު ހަގީގަތް ހާމަ ނުކުރީ ދާނިޝް އާއި ޒީޝާ ވެސް ހަގީގަތް ސިއްރުކުރާނީ ސަބަބަކަށް ޓަކާ ކަން އެ ހިތަށް ވިސްނުނީމައެވެ.

އޭނާ ދެން ގޮސް އައިލީޝް ގާތަށް ގޮނޑި ދަމާލާ އޭގައި އިށީނެވެ. އެއަށްފަހު އައިލީޝް ގެ އަތުގައި ހިފާލިއެވެ. އަދި ވާހަކަ ދައްކަން އަނގަ ހުޅުވާލިއެވެ. އެހެންނަމަވެސް ދައްކާނޭ ވާހަކައެއް އަހާނޭ ވާހަކަ އެއް އޭނާއަކަށް ނޭގުނެވެ. އެހެން އައިލީޝް ގެ އަތަށް ފިތާލަ ފިތާލާ މޮޑެލަ މޮޑެލާ ރާސިލް އަށް އިނދެވުނީއެވެ. އެންމެ ފަހުން އައިލީޝް އެ އަތުގެ ތެރެއިން އަތް ދަމާގަނެފައި ރާސިލް ގާތު މިހިނެތް ވީހޭ ވެސް އިޝާރާތުން އަހައިފިއެވެ.

ދެވަނަ ފަހަރަށް ވެސް ރާސިލް އޭނާގެ އަތުގެ ތެރެއަށް ވެސް އައިލީޝް ގެ އަތް ގެނައެވެ. އަދި އެތަށް ފިތާލިއެވެ. މިފަހަރުވެސް އެ އަތް މޮޑެލަ މޮޑެލާ ރަސިލް އަށް އިނދެވުނީއެވެ. ފަސްވަރަކަށް މިނިޓް ވަންދެނެވެ.

“އައިލީ ބޭނުންވަނީ އަހަރެން އައިލީ ވަރިކުރަންތަ؟” ރާސިލް އެންމެ ފަހުން ގައިގައި ހުރި ހިތްވަރެއްލާފައި އަހާލިއެވެ. އައިލީޝް ގެ މުޅި ދުނިޔެ އެނބުރި ގަތް ފަދައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ބޭނުންވަނީ ޔާރާ… 15 (ފަހުބައި ޕަރޓް 1)

Next

ހައިރާ? (ފަހުބައި)

Next
June 13, 2018

ހައިރާ? (ފަހުބައި)

Previews
June 12, 2018

ބޭނުންވަނީ ޔާރާ… 15 (ފަހުބައި ޕަރޓް 1)

27 Comments!

  1. Hi Mi says:
    June 12, 2018 at 9:44 pm

    salaam. all. mi part inaane kuree partt ah vure digu kohaalafa. hpe u will like this. hama time nuvegen reply nukurevigen miulheny. otherwise i dnt like to keep u guys waiting… ekam In Sha Allah. ramazan ves mi oh nimeni. ehen vma kuri ah oi thaa rangalhu vaanekamah balamaa. himi ah kameh dhinaa nuvaanama. dhen ekamakuves himi comment thah barabarah kiyan ingey. much loves from me.
    jazakallah. 🙂

  2. Nonni says:
    June 12, 2018 at 9:45 pm

    Me 41 ge part 2 eh noontha?

  3. someone says:
    June 12, 2018 at 10:00 pm

    im here yayyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy

  4. annoying reader says:
    June 12, 2018 at 10:05 pm

    alhey himi aili divorce paper nubahattan ya kaaku divorce paper behetti? please aili and rasil vaki viya nudhechey himi. eyrun anju he family incomplete vaane. love this part too. so excited to see how the criminals get punished. I’m so happy finally aili forgave her step mom too. waiting for the next part

  5. unique says:
    June 12, 2018 at 10:15 pm

    am i second

    1. unique says:
      June 13, 2018 at 2:06 pm

      no dhw

  6. Pinky shifoo says:
    June 12, 2018 at 10:18 pm

    Hi Mi ❤️❤️❤️❤️❤️… Mi part vx hama awesome ❤️❤️❤️?????????????????????… V v v reethi ❤️❤️❤️?????????… Finally ailee step mother ah maafu kury dhw ???… So happy for that ???… Ailee divorce paper nubaahvanyaa dhen kaaku baa divorce paper beyhvee??? ???… Anehkaa zeesha baa??? Maybe zee ah adhivx baby eh nulibeythy she wants divorce… Dhaanish ufaluga bahahtan… Zee ailee ge kotariah gengohsa gennan hadhaan nuvy kanneynge
    ???… Heheh… So curious to know about that… Keep going Hi Mi ??????❤️❤️❤️… Story hama superb ???.. V interesting ?????????… Curiously waiting for the next part… Lots of love and take care of yourself ❤️❤️❤️??????????????????…

  7. Shann says:
    June 12, 2018 at 10:20 pm

    Ehenvyma eyee ailee ge ehcheh nun dhw… Dhen kaakuge baa???… V rythi mibaives… Haadha inthixaareh kurevihjey mi story ah… Alhe ailee n raasil ge bai thankolheh bodah genesdhybaa dhoonyaa… Hama e dhekudhinge bai kiyaahithun mihen mi bunevuny… Ailee mom ah ves maafukury dhw… Mifaharu raaidhaa men dhoonukuraathi igey… Rangalhu adhabeh dheynvaane emeehynnah… Lahkka dhuvahu egothah ulhevihje ehnu… Mifaharu nuvaane dhookohgen igey loabivaa hi mi… Mi story hama ehvanaey buneveyny… Sifakurunves hama habeys… Luv n Miss u…??❤???❤???❤???❤??

  8. riyer says:
    June 12, 2018 at 10:21 pm

    am i 3 rd

    1. Ary says:
      June 13, 2018 at 12:52 am

      Nope ur 4 th riyer..

  9. Any says:
    June 12, 2018 at 10:22 pm

    Wow mi baives v furihama thanks ?❤??

  10. lotus says:
    June 12, 2018 at 10:25 pm

    Arrrrg!??? Sahaadhai mi bunee.. i cant hold this anymore.. hitha araa story thereah vadhefa ragalha adu ivey varah bunefaanamey.. u both people love each other like crazy so dont even dream about breakin up!!! Alhey pls pls dont separate them.. keep up the gud wrk himi ???

    1. Ary says:
      June 13, 2018 at 12:57 am

      Just the word which came to my mind…. and I really want to give a big punishment to raaidha..maaniu and zaahidh.. huvaa mibuny.. mee aslu kameh nama haadha rangalhey …. e myhun naai dimalah ethi govaalan. Keh vany ky vs noon… vaahakaeh v ma keh kohlaagen hurun gotheh neih…

  11. Naxy says:
    June 12, 2018 at 10:27 pm

    Heekuri varah vureh reethi story eh mee…
    V molhu….

  12. Rish says:
    June 12, 2018 at 10:30 pm

    Wow i love it

  13. Xaaaan says:
    June 12, 2018 at 10:46 pm

    Masha Allah mi partves vvvvvv reethi????????????himi dhooni eh e aily kurikameh nun dhw edhen kaaku kuri kameh zaahidh ves netheh nun himi dhooni roadha mas veema maa bodag bxy vee dhw vvvv bodukoh mis vey himi mathin??????story up veema v ufalun miothy????????????waiting next part………luv u❤❤❤❤?????❤❤❤❤gud nit?????????

  14. Naadhee says:
    June 12, 2018 at 11:06 pm

    Wow v v v reethi. V furihama

  15. maya says:
    June 12, 2018 at 11:12 pm

    kaaku dhen divorce paper beyhvy???????not aili dhw???????? alhey himi aili and raasil dhurunukuracheyyy…..pulyxxxx/…….eyrun anjuge family incomplete vaane ehnu dhwww…luv this part>3> 3>3>3>3 vv bodukoh miss vi himi mathim..roadha mas vy ma vvv bxy dhww…anyway vv habeys ..raidha adhives amilla ah iuthiraafu vaakah noolhey dhww..pis pis ..nuvaane rangalheh……

  16. unique says:
    June 12, 2018 at 11:38 pm

    vv reethi hama hi mi maasha allah ur the best hama vv reethi just luv it dear

  17. Nunnu says:
    June 13, 2018 at 1:38 am

    Masha Allah vv reethi
    Aily aa raasil aa dhuruvejjiyyaa Nunnu vv dheravaane
    Hehe
    Hope for the best
    When next part

  18. harun says:
    June 13, 2018 at 2:05 am

    2 faharah maraifi.

  19. Alshee says:
    June 13, 2018 at 4:32 am

    Ma Sha Allah vaahaka vv reethi.. hama speechless.. hishma zahidh kairin divorce vaanvegen gengulhu divorce paper dho aee.. hadhaan nethi Ailyge endhuga behettifa huree

  20. xeybooo says:
    June 13, 2018 at 11:14 am

    zee kameh baa??????

  21. Xaaaan says:
    June 14, 2018 at 2:27 pm

    EID MUBAARAK HIMI DHOONI???⚘⚘⚘???????????⚘⚘⚘⚘????????⚘⚘⚘⚘⚘?????❤❤

    1. Xaaaan says:
      June 14, 2018 at 9:22 pm

      Hishma handhaan nethigen aily kaireega baahvaafa dhevuny hishma beynunvany xaahidh kaireen varivaan dhw himi??????????

  22. Anonymous says:
    June 14, 2018 at 6:05 pm

    Mirey story ge aneh part kiyaalan libeynetha?

    1. Hi Mi says:
      June 14, 2018 at 9:59 pm

      Yh. In Sha Allah. Libeyne.

Comments are closed.

Next Episodeއާދޭސް ކުރާ ހިތްވޭ ރޮމުން (42)←


All Right Reserved!