ލޯބިކަން 12
“ފިހާރަ ހުންނަ ތަން އިނގޭ ދޯ ޒެލް އަށް”ޔޫހާ ގެއިން ނުކުން ނަމުން އެހެން އެހުމުން ޒެލް ބޯޖަހާލިއެވެ.ފިހާރައަށް ވަދެ ބޭނުންވާ ސާމާނު ގަނެލައިގެން ތިން މީހުން ފިހާރައިން ނުކުންނަން ދިޔައެވެ.އެންމެ ފަހަތުގައި ހުރީ މާޔާއެވެ.އިސްޖަހައިގެން ހިނގާފައި އައި މާޔާ މީހެއްގެ ގައިގައި އަޅައިގަނެފައި ވެއްޓެން ދިޔައެވެ.އެވަގުތު އަތުގައި ހުރި ކޮތަޅުތަށް ތިރިއަށް ވެއްޓުނެވެ.ނަމަވެސް އެމީހަކު މާޔާ ހުޝިޔާރުކަމާއި އެކު ހިފެހެއްޓިއެވެ.އެވަގުތު ދެޒުވާނުންގެ ހަތަރުކަޅި ހަމަވިއެވެ.ދެޒުވާނުންގެ ހިތަށް ވެސް ވެގެން ދިޔައީ ބުނެދޭން ނޭންގޭ ގޮތެކެވެ.
“އުހޫމް…”މީހަކު މާބާރަށް ކަރު ކެހެލި އަޑަށް ދެ މީހުންނަށް ސިއްސައިގެން ގޮސް ތެދުވެވުނެވެ.އެ ވަގުތު އެ ފިހާރައިގައި ތިބި އެންމެންގެ ނަޒަރު އެދެމީހުންނަށް ހުއްޓިފައި ވާކަން އެނގުމުން މާޔާގެ މޫނު ރަތް ވެގެން ދިޔައެވެ.މާޔާ އަށް އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ފިހާރައިގެ ބޭރުގައި ބަނޑުގައި އަތް އަޅައިގެން ބިނދި ބިނދިފައި ހޭން ހުރި ޒެލްއެވެ.އެވަގުތު މާޔާ ދެބުމަ ގޮށް ޖަހައިލިއެވެ.ދެން އޭނަ ހޯދާލީ ޔޫހާއެވެ.ޔޫހާ ހުރީ މާޔާ އަށް ފުރަގަސް ދީގެން ކަމުން މާޔާ އަށް ޔޫހާގެ މޫނެއް ނުފެނުއެވެ.ނަމަވެސް ޔޫހާގެ ހަރަކާތް ތަކުން އޭނަ ވެސް ހޭކަން އިނގުނެވެ.
“ސޮރީ”މާޔާ ތިރީއަށް ވެއްޓިފައި އޮތް ކޮތަޅު ނަގައިގެން ދޮރުން ބޭރަށް ނުކުމެ ޔޫހާގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ.އޭރު ވެސް އެ ޒުވާނާ ހުރީ މާޔާ އާއި ދިމާ އަށް ބަލަހައްޓައިގެންނެވެ.އެވަގުތު ޒެލް ވެސް ފާޑަކަށް ބޯކަހައިލަމުން އެދެ މީހުން ގެ ފަހަތުން ހިނގައިގަތެވެ.
އެތިން މީހުން ގެޔަށް ގޮސް ވަންއިރު ޝާމް ސޯފާގައި އިށީން ދެގެންއިނެވެ.
“ހައީ……..ޑޭޑް ހާދަ އަރާމު ގަ..”ޔޫހާ ޝާމް ފެނުމާއި އެކު އަހައިލިއެވެ.އެވަގުތު މާޔާ ޔޫހާ އަތަށް މާޔާ އަތުގައި އޮތް ކޮތަޅު ދިނުމަށް ފަހު އެތަނުން ދާން ހިނގައިގަތެވެ.
“ދަރިފުޅުމެން މާޔާ އަށް ކީއްކުރީތަ…ހާދަ ދެރަވެފަ ހުރި ހެން ހީވެޔޭ”ޝާމް އަށް ސިޑިން އަރައިގެން ދިޔަ ޔޫހާ ފެނުމާއި އެކު ސުވާލު ކޮއްލިއެވެ.
“އުމްމްމް…ނޭނގެ…”ޔޫހާ ޒެލް އާއި ދިމާ ބަލާލަމުން އެހެން ބުނެލުމުން ޒެލް އަނެއްކާ ވެސް ހޭންފެށިއެވެ.އޭރު ހުރިހައި އެންމެން ސިޓިން ރޫމަށް އައިސް ހަމަވިއެވެ.އެވަގުތު ޝާމް އަށް ފޯނެއްއައެވެ.ފޯނުގައި ވާނަން ފެނުމުން އޭނަގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
“ކޮބާތަ މާޔާ……. ޔޫހާ ދޭބަލަ މާޔާ ގާތު ބުނަން އަވަސް ކޮއްލަ ބަލާށޭ”ޝާމް ސޯފާއިން ތެދުވެ ޔޫހާ ގާތު އެހެން ބުނުމުން ހުރިހައި އެންމެންގެ މޫނުމަތި ސުވާލުން ފުރުުނެވެ.އެވަގުތު ޔޫހާ ވެސް އިތުރު ސުވާލަކާ ނުލާ ސިޑިން އަރައިގެން ދިޔައެވެ.އިރު ކޮޅެއް ފަހުން އައީ މާޔާ ގޮވައިގެންނެވެ.
“މާޔާ ހިނގާ ބަލަ ދާން ބޭބެ އާއި އެކު ތަނަކަށް”މާޔާ އައިސް އޭނަ އާއި އަރާ ހަމަވުމުން ޝާމް އެހެން ބުނެލިއެވެ.ވަގުތުން މާޔާ ބަލައިލީ ރޯޒީ ގެ މޫނަށެވެ.ހުއްދަ ހޯދާ ފަދަ ގޮތަކަށެވެ.ވަގުތުން ރޯޒީ ބޯޖަހައިލިއެވެ.
“ޑޭޑް….ނޮޓް ފެއަރް…ދޯ ތީ މިއޮށް ހުރިހައި އެންމެން ތިއްބާ އޮންލީ މާޔާ….ދެން ޔޫހާ ވެސް ބޭނުން ދާން..”ޔޫހާ ބޮޑައި ހާކާލަމުން އެހެން ބުނުމުން ހުރިހައި އެންމުންގެ ގާތަށް ހިނިއައެވެ.އެހެން ކިޔައި ޔޫހާ ސިޑި އާއި ދިމާއަށް ދިޔައީ ފެންވަރާލުމަށެވެ.ޔޫހާ އެހެން ބުނުމާއި އެކު ޝާމް ދެން ފަހަރަކުން ޔޫހާ ގެން ދާނެ ކަމުގައި ބުނަމުން ގެއިން ނިކުންނަން ހިނގައިގަތެވެ.
“މަންމާ ބައްޕަ ކޮންތާކަށްތަ އެދި ޔައީ..”ވިޝާލް އެހެން އަހައިލީ އޭނާގެ ބައްޕަ މާޔާ އެކަނި ގޮވައިގެން ދިއުމުންނެވެ.އާއެކެވެ.މިތާ މިއޮށް ހުރިހާ އެންމެން ތިބި އިރު ހަމައެކަނި މާޔާ ގެން ދިއުމުން އެންމެން ވެސް ތިބީ ސުވާލު އުފެދިފައެވެ.ވިޝާލް އެހެން އެހުމާއި އެކު ހަފީޒާ ދެ ކޮނޑު އަރުވާލާފައި ކައިރީގައި ތިބި ިދެމީހުންނަށް ބަލައިލިއެވެ.އަދި ތިން މީހުން އެކުގައި ތެދުވެ ކާކޮޓަރި އާއި ދިމާއަށް ހިނގައިގަތީ ބަނޑު ހައި ހޫނުކަން އިހުސާސް ވާތީ ބަނޑަށް ލާނެ އެތްޗެއް ހަދާލުމުގެ ބޭނުމުގައެވެ.
“ބޭބޭ…ކޮންތާކަށްތޯ ތިދަނީ”ޝާމް ކާރު ދުއްވާލުމާއި އެކު މާޔާ ސުވާލު ކޮއްލިއެވެ.
“އަޅޭ…މާޔާ ދޫންޏާ…ތިހާ މާތް ކޮން ޓޯކް ނުކޮއްބަލަދޯ…ބޭބެ ލަދު ގަނޭ…މިދަނީދޯ….އެއީ ސަޕްރައިޒް އެތް…މާޔާ މިގެނައީ އެހެންވެ….އެ އެންމެން ވެސް ވަރަށް ސަޕްރްއިޒް ވާނެ….ޒެލް މެންގެ ދޮންތަ މިކޮޅަށް އަންނަނީ މިއަދު އެމީހުން އެއަންނަނީ ފައިވް އިއާރ އަށްފަހު…ދެން މިހާރު ހުންނާނެ އެމީހުންގެ ކުޑަ ކުޑަ ބޭބީ އެތް…މާޔާ ވަރަށް ލޯބި ވެއެތްނު ކުޑަ ކުދިން ދެކެދޯ…..ދެން މާޔާގެ އަށް ގޮސް ކަންތަށް ކުރަން ވާނީ ބޭބެ ބުނާ ގޮތަށް އިނގޭ..އިންނާނެ މާޔާ އަށް ވެސް ސަޕްރައިޒެއް….”ޝާމް އެހެން ބުނުމުން މާޔާ ދެލޯ ބޮޑުވިއެވެ.ޝާމް ކަންތަށް ކުރަންވީ ގޮތް މާޔާ އަށް ވަރަށް ސާފު ކޮން ކިޔާދިނެވެ.
ކާރު ވަކި ހިސާބަކަށް ދެވުމާއި އެކު ޝާމް ކާރު ޕާކް ކޮއްލައިފައި އައިސް ކާރުން ފޭބިއެވެ.އެ އާއި އެކު މާޔާ ވެސް ފަހަތުން ފޭބިއެވެ.މާޔާ އަށް އަތުން އައުމަށް އިޝާރާތް ކޮއްލަމުން ޝާމް ކުރިއަށް ހިނގާގަތެވެ.
“ޝާމް”އެވަގުތު ފަހަތުން މީހަކު ގޮވައިލިއެވެ.އެއާއި އެކު ދެ މީހުން އެތް ފަހަރާ އެދިމާ އަށް ބަލައިލިއެވެ.
“ބައްޕާ…..”މާޔާ އަށް އާމިރު ފެނުމާއި އެކު ދުވެފަ ގޮސް ކުޑަ ކޮން ބައްދާލިއެވެ.
“ކޮބާ ކިހިނެތް ސަޕްރައިޒް..”ޝާމް ވެސް އައިސް ހެވިލާފައި އާމިރު އާއި ސަލާމް ކޮއްލިއެވެ.އަދި ކޮބާހޭ އަހައިލިއެވެ.
“އޯއެމްޖީ….ވާވް…މާޝާﷲ….ވަރަށް ލޯބި…..”މާޔާ ދެލޯ ބޮޑުކޮއް ގެން ބަލަން ހުރި ދިމާއަށް ޝާމް އަށާއި އާމިރާށް ވެސް ބަލާވެވުނެވެ.އެ އާއި އެކު ދެ މީހުން ގެ ތުންފަތުގައި ވެސް ހިނިތުންވުމެއް ކުޅެލިއެވެ.
“މާޔާ…މީ ބޭބެ ބުނި ކުއްޖާ…. ޝިޔާ ކޮބާ ކިހިނެތް…އީޝަލް….ކިހިނެތްތަ ދޫނިގަނޑާ…”ޝާމް އަށް މާޔާ ބަލަން ހުރި ދިމާ އަށް ބަލާލުމަށް ފަހު އެދިމާ އަށް ގޮސް އެތާ މަޑުކޮއްލިއެވެ.އަދި އެތާ ހުރި އަންހެން މީހާއަށް ހިނިތުންވުމެއް ހަދިޔާ ކޮއްލުމަށް ފަހު އެމީހާ ގެ އުރުގައި އިން އެއް އަހަރަށް އަޅާފައިވާ އީޝަލް ނަގައިގެން ގޮސް މާޔާ އަށް ދައްކައިލިއެވެ.އެ އާއި އެކު މާޔާ އެ ތުއްތު ކުއްޖާ އުރާލިއެވެ.އަދި މާޔާ އެ ތުއްތު ކުއްޖާ ގެ ކޮލަށް ލޯބިން ބޮސްދިނެވެ.އެމީހުންނަށް ނޭނގުނީ އެ ހުރިހާ އިރު އެމީހުންނާއި ދިމާއަށް ބަލަން މީހަކު ފަހަތުގައި ހުރިކަމެވެ.
“އޭ….ދެން ދާން ހިނގާ އަވަހަށް އެ މީހުން ސަޕްރައިޒް ވާވަރު ބަލާލަން މަވެސް މިހުރީ ކެތް މަދުވެފަ”އެވަގުތު އެމީހުންގެ ފަހަތުގައި ހުރި މީހާ އެހެން ބުނުމާއި އެކު ހަތަރު މީހުންނަށް އެތް ފަހަރާ އެދިމާއަށް ބަލައިލެވުނެވެ.
“ޝާހީން ކޮބާތޯ އަހަން އުޅެނި ކޮންތިއައީ…ހިނގާ ދާން”ޝާމް ގޮސް ޝާހީން އާއި ސަލާމް ކޮއްލަމުން ކާރާއި ދިމާއަށް މިސްރާބް ޖެހިއެވެ.
*********
“ޒެލް….ކިޔާ ދީބަ ހުރިހާ އެންމެންނަށް މިއަދު ވީގޮތް ފިހާރާގައި…”ޔޫހާ ފެންވަރައިގެން އައިސް ސިޑިން ތިރިއަށް ފައިބަން ދިޔަ ވަގުތު އެންމެން ވާހަކަ ދައްކާ އަޑު ސޯފާ ކައިރިން އިވުމުން ޔޫހާ ބާރަކަށް އެހެން ގޮވައިލިއެވެ.އެއާ އެކު އެންމެން ކިހިނެތްވީހޭ ސުވާލު ކުރަމުން ދިޔަ އަޑު އިވުނެވެ..އެންމެން ކައިރިއަށް ސަކަރާތް ޖަހާލަން ދާން އުޅެފައި ވެސް ޔޫހާއަށް ހުއްޓެން މަޖުބޫރުވީ ދުވި މީރުވަހެއްގެ ސަބަބުންނެވެ.އެއާއި އެކު ޔޫހާގެ ތުންފަތްމަތީ ގައި ހިނިތުންވުމެއް ކުޅެލިއެވެ.
ކުއްލިއަކަށް ދޮރު ހުޅުވިގެން ދިޔަ އަޑަށް ސޯފާގައި ތިބި އެންމެންގެ ނަޒަރު ދޮރާއި ދިމާއަށް ހުއްޓުނެވެ.އެވަގުތު އެތެރެއަށް ވަދެގެން އައި މާޔާގެ އަތުގައި ލޯބި ލޯބި ފުއްގުޅައެތް ކަހަލަ ކުއްޖަކު އޮތެވެ.އެންމެން ވެސް ސުވާލުގެ ނަޒަރަކުން މާޔާ އާއި ދިމާއަށް ބަލަން ތިބުމުން މާޔާ ހަމަޖެހިލާފައި ގޮސް ސޯފާގައި އިށީނެވެ.އެއާއި އެކު އަނެއްކާ ވެސް ދޮރެއް ހުޅުވިގެން ދިޔަ އަޑު އިވުނެވެ.އަނެއްކާ ވެސް އެންމެންގެ ނަޒަރު އެދިމާ އަށް ހުއްޓުނެވެ.ދެން ވަދެގެން އައި އަންހެން މީހާ ފެނުމުން ހުރިހާ އެންމެން އަށް ޝޮކެއް ލިބުނެވެ.އަބާޔާ ހެދުމެއްގައި ހުރި އެއަންހެން މީހާ އަޅާފައި ވަނީ މަޑު ފިޔާތޮށި ކުލައިގެ ސޯލްއެކެވެ.ދޮން ދޮންމޫނެކެވެ.
“ދޮންތާ”އެންމެ ފުރަތަމަ އެއަންހެން މީހާ ފާހަގަވީ ކައިލާން އަށެވެ.ކައިލާން ދުވެލާފައި ގޮސް އެއަންހެން މީހާގައި ގައި ކުޑަ ކޮންބައްދައިލިއެވެ.އެއާ އެކު ފަހަރަކު މީހަކު އައިސް އޭނަ ގައިގައި ބައްދާލަމުން ދިޔައެވެ.
“ވާވް….ސޯ މެނީ ހަގްސް…”ޝިޔާ އެހެން ބުނެނު ނިމެނީސް ކުޑަ ކުއްޖަކު ރޯން ފެށި އަޑު އިވުނެވެ.އެއާއި އެކު އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ.އެވަގުތު ކާކޮޓަރީގައި ކައްކަން އުޅުނު ހަތަރު މީހުން ވެސް ދުން ޖަހައިފާ ނުކުތެވެ.
“ދަރިފުޅާ….ކޮން..ކޮންއިރަކު އައީ މަން…މަންމަ ކައިރީގައި ނުވެސް ބުނެ”ހަސްނާ އަށް ޝިޔާ ފެނުމުން ވީގޮތް ވެސް ނޭންގުނެވެ.
“ހަހަ…މަންމަމެންނަށް ސަޕްރައިޒް އެތް ދޭން ވެގެން…… ބައްޕަމެން ވެސް އައި…ކޮބާތަ…އާން..ކޮފީ އަށް ގޮސްވީ….”އެހެން ބުނެލި ވަގުތު މާޔާ އައިސް އީޝަލް ޝިޔާ އަތަށް ދެމުން ހުއްޓާ ނުލިކަމުގައި ބުންޏެވެ.އެއާއި އެކު ޝިޔާ އީޝަލް އުރާލުމާއި އެކު ހުއްޓައިލިއެވެ.
“ކޮބާ ހިނގާ ހުރިހާ ކުދިން ކާންދޯ…”ރޯޒީ އައިސް އެހެން ބުނުމާއި އެކު ހުރިހާ އެންމެން ކާކޮޓަރި އާއި ދިމާއަށް ހިނގާގަތެވެ.މާޔާ ދިޔައީ ޝިޔާއަށް ކޮޓަރި ދެއްކުމައް ޓަކާ ސިޑި އާއި ދިމާއަށެވެ.ކޮޓަރި ދެއްކުމަށް ފަހު މާޔާ ކާކޮޓަރި އާއި ދިމާއަށް ހިނގައި ގަތީ ބަނޑުހައިވެފަ ހުރިލަތް ބޮޑު ކަމުންނެވެ.ނަމަވެސް އެކަމަށް ހުރަސް އެޅީ ޑޯރްބެލް ޖަހާލިއަޑަށެވެ.އެހެން ކަމުން މާޔާ އަވަސްވެގަތީ ދޮރުހުޅުވުމަށެވެ.
ދޮރު ހުޅުވާލުމާއި އެކު މާޔާ ދިޔައީ ދެލޯ ބޮޑު ވެގެންނެވެ.”ޔޫ އަގެއިން”މާޔާ އަށް ބުނެވުނީ އެ ހިސާބަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.




oh nice
thanks unique
salaam all…miothyy mi stry ge 12th vana part up kohlaafa..hope u guys will like it… plx let me knw if there is any mistake…and hurihaa kudin nah ves EID MUBAARAK advance kon…ly
hahah. story vv cool vvv reethi n thanks maikaa……… n eid mubaarak in advance to u to
thank u so much unique..
owsm….whn nxt
thanks eekko..inshaa allah Saturday or sunday ga up kohlaanan…
Nice…….keep it up……
thank you Mate
wow…nice..whn next…n eid mubaaram Maikaa ah ves..advance kon
thank you aaan….next inshaa allah Saturday or sunday ga up kohlaanan
Nice part koba kehkurin kuran adhi ves kuraanan???