ބޭނުންވަނީ ޔާރާ… 15 (ފަހުބައި ޕަރޓް 1)
އާޔާގެ މަރުގެ ހަބަރު ލިބުމާއެކު ސީމާގެ ހާލަތުކުއްލިއަކަށް ދަށަށް ދިޔަނަމަވެސް މިހާރުވަނީ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިފައެވެ. ވުމާއެކު މިއަދު ސީމާއެދަނީ ޖައިލަމްގެ މަންމަ ނައީމާއާއި ބައްދަލުކޮށްލަން ދިއުމަށް ތައްޔާރު ވަމުންނެވެ. ނައީމާގެވެސް އެދުމުގެމަތީންނެވެ. ކުރިމަތިވަމުން އަންނަ ހަގީގަތް ނޭންގޭހާލު އައިރާ އާއި އައިކާ އާއި އެކުގައި ޓެކްސީއެއްގައި ސީމާ ދަތުރުކުރަމުންދިޔައިރު އަދިވެސް އާޔާގެ ހަނދާންތަށް ހިތުގައި އާލާވަމުން ދެއެވެ. އެކުއްޖާއަށް ޖެއްސުނު ނިކަމެތިހާލާއިއެކު އުޅުން ބަދަލުވެގެން ދިޔަގޮތް ކުލަތަސްވީރެއްގޮތެއްގައި ސީމާގެ ލޯކުރިމަތީން ފެންނަމުން ދިޔަފަދައެވެ. ބޭރަށް ނަޒަރު ހުއްޓާލައިގެން ވިސްނުމަކަށް ގެއްލިފައި އިން ސިމާ ސިހުނީ އައިރާ އޭނާގެ ގައިގަ ކޮށްޓާލާފައި ފައިބާން ބުނުމުންނެވެ.
ކާރުން ފައިބައި ފުންނޭވައެއް ދޫކޮށްލަމުން ސީމާ ކުރިމަތީގައި ހުރިގެއަށް ބަލާލިއެވެ. އެއީ މީގެކުރިން އޭނާ ދެކެފައިވާ ގެއެއްހެން ހީވުމާއެކު އެކަމާ ވިސްނާލަން މަޖުބޫރުވިއެވެ.
އެއީ އާޔާ ގެއްލުނުރޭ އެކޮޓަރީން ފެނުނު ފޮޓޯގަނޑުގައިވާ ގެއެވެ. ޔަގީނެވެ. ހަމަ އެއީ މިކުރިމަތީގައިވާ ގެއެވެ. އެކަމަކު މިގޭގެ ފޮޓޯ އާޔާ ގެންގުޅޭންވީ ފަހެ ކީއްވެހެއްޔެވެ. ހިތުގައި އުފެދުނު ސުވާލާއެކު އައިރާ ބަލާނިކުތް ޖައިލަމް ފެނުމާއެކު ހިތުގައިވި ސުވާލު ބާއްވާފައި އަވަހަށް އެތެރެއަށް ދިޔައީ ހިތުގައި އެހުރިހާ ކަމެއްފޮރުވާލަމުންނެވެ.
ސީމާ އުންމީދުކުރިވަރަށްވުރެ ނައީމާގެ ހިތްހެޔޮކަމާއި ގާތްކަމުން އެދެމެދުގައި ގާތްގުޅުމެއް އުފެދޭން މާގިނަ ވަގުތެއްނުނަގައެވެ. އަދި ރަޝްފާގެ ފަރާތުންފެނުން ހިތްހެޔޮކަމާއި އޯގާތެރިކަމުން ވޭތުވެގެންދިޔަ ބައިގަޑިއެއްހާއިރު ތެރޭގައި ތިންމީހުން ވެގެންދިޔައީ ގާތްއެކުވެރީންތަކެއް ފަދައިންނެވެ.
އެކިއެކި ވާހަކައިގައިތިބެފައި އެއްލިކަޅިއަކުން ސީމާގެ ލޮލުގައި ޓީވީކައިރީގައި ހުރި ފޮޓޯފްރޭމް ފެނުމާއެކު ކުއްލިއަކަށް ތެދުވެލުމާއެކު އެދިމާއަށް ދިޔައެވެ. ހައިރާންވެފައި ރަޝްފާއާއި ނައީމާ ބަލަން ތިއްބައި ސީމާގެ އަނގައިން “ޝުއައިބު.. ” އޭ ކިޔާލިއެވެ. އަދި އެނބުރި ރަޝްފާގެ މޫނަށް ބަލާލިއެވެ. އޭރު ސީމާގެދެލޮލަށްވަނީ ކަރުނަ ޖަމާވެފައެވެ.
*****
“ފާގިޔާ..” މުސްތޮފާއަށް ދެފަހަރަކަށް ކިޔާލެވުނެވެ. އެއާއެކު މަލާކް ކައިރީގައިހުރި މީހާގެ ހޫނު ހަމަލާއެއް މުސްތޮފާގެ ކަންކަށިމައްޗަށް އަމާޒްވެގެން ދިޔައެވެ.
“މުސްތޮފާ.. އަހަރެންހީވެސް ނުކުރަން ކަލޭކަހަލަ މީހަކު މިތަނުންފެނިދާނެކަމަށް.. އަހަންނާއި ދޭތެރޭކަންތަށް ކޮއްލިގޮތަށް ކަންތަށްކުރާނެ ނިކަމެއްޗަކު އަނެއްކާވެސް ހޯދަންތަ މިތަނަށްތިއައީ.. އޭން.. ” ރުޅިއައިސް ރަތްވެފައިހުރި ފާގިޔާ ގަޔަކު މާގިނަ ހަކަތައެއް ނެތުމާއެކު ވާހަކަ ދެއްކުނީ އުނދަގުލުންނެވެ. އެވަގުތު މުސްތޮފާ އިސްޖަހާލުމާއެކު ޒިޔާދު އޭނާގެ ކަނާތް ގެނެސް މިސްތޮފާގެ ކޮންޑުމަތީގައި ބާއްވާލިއިރު ހުއްޓާލުމަށް އިޝާރާތްކޮއްލިއެވެ.
“ފާގިޔާ.. އިރެއްގަ ކަމެއްހިނގާފައި އޮވެދާނެ.. އިންސާނުންނަށް ގޯސްހެދެނީވެސް ހަަަމަ އެބީދައިން އިންސާނުން މައާފްކުރާނީވެސް.. ފާގިޔާ ތިޔަހީކުރާކަހަލަ ނުބައިމީހެއްނޫން މިއަދު މުސްތޮފާއަކީ .. އަހަރެންގެ ގާތް އަހެއްމީ.. އިނގޭތަ ތިޔަ ދެމީހުންގެ ދަރިފުޅު މަލީހް އޭނާގެ ބައްޕަގެ މުދަލުގެ ވެރިއަކަށް ވެއްޖެ.. މޮޅު ޑޮކްޓަރަކަށްވެއްޖެ.. ހަރުދަނާ ފިރިއަކަށްވެއްޖެ.. ކީއްވެކަން އިނގޭތަ.. ހިތްތިރިކަމާއެކު ހަގީގަތް ބަލައި އޭނާގެ ބައްޕަ އަށް މައާފްދިނުމުން.. މިއަދު މަލީހްއެއުޅެނީ ބައްޕައާއި އެކުގަ..” ޒިޔާދުގެ ވާހަކަތަކުން ކުއްލިއަކަށް ފާގިޔާގެ ދެލޯކަރުނުން ތެންމާލިއެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. ބަނޑުއަޅާވިހެއި ދަރިފުޅުގެ ހަނދާންކޮށް އެމައިމީހާ ކަރުނަނާޅާ އެންމެ ދުވަހެއްނުދެއެވެ. ނަމަވެސް ޖެހިފައިވާ ހާލާއެކު އެދަރިފުޅުގެ ހާލުބެލޭނެ ގޮތެއްނެތީއެވެ.
ފާގިޔާއަށް ރޮވެންފެށުމާއެކު މަލާކް ހިތްވަރުދީ ކެތްތެރިވުމަށް ފާގިޔާކުރެން އެދުނެވެ. އަދި މައާފަށް އެދުމާއި މައާފްދިނުމުގެ މާތްކަމުގެ ވާހަކަތަށް ދެއްކިއެވެ. އެތަށްއިރަކު ރޮވިފައި ފާގިޔާ އޭނަ ކަނޑަށްވެއްޓުންރޭގެ ހިތި ހަނދާން އާކޮށްލިއެވެ. އެރޭ އެކޮޅިގަނޑުގައި އޮޔާވަޔާއެކު ބެހިގެން މާކަނޑުތެރޭގައި ދެރެއާއި ދެދުވާ ވަންދެން އޮއްވައި ނެގީ މިފަގީރުހިސާބު މަސްވެރިއެއްކަމާއި މިހާރު އެމީހާދުނިޔޭގައި ނެތްކަމެވެ. އަދި އެމީހާގެ ދަރިފުޅު ގުލްޝަން ބަލައިދިނުމަށް ކުރި ވަސިއްޔަތެވެ.
އެހުރިހާ ވާހަކައެއް އަޑުއަހަންއިން މުސްތޮފާ އިސް އުފުލާލުމާއެކު އެދުނީ މައާފަށެވެ. އެތަށްއިރަކު ރުއިމަށްފަހު ފާގިޔާ މުސްތޮފާއަށް މައާފްދިނީ ޝަރުތެއްކުރުމާއެކުގައެވެ. އެއީ އޭނާގެ ދަރިފުޅުކައިރިއަށް ދާއިރު ގުލްޝަންވެސް ގެންދާށެވެ. މުސްތޮފާ އިރެއްގައި ދަރިން ބޭނުން ނޫންނަމަވެސް މިހާރު ދަރިން ހުރުމުން ލިބޭ ހިތްހަމަޖެހުމާއެކު އެކަމަށް މަރުހަބާކީ އުފަލާއެކުގައެވެ. ގިނަވަގުތު އެތާންގައި ނުތިބޭން އެމީހުންތިބި ހޮޓަލަށް ފާގިޔާ އާއި ގުލްޝަންގޮވައިގެން މަލާކްދިޔައިރު އެތާންގައި އެހިސާބުގެ މީހުން އެއްވެފައި ތިއްބެވެ.
****
“ކިހިނެއްވީ.. ތީ އަހަރެންގެ މަރުހޫމް ފިރިމީހާ.. ޝުއައިބު ދަންނަންތަ.. ” ސީމާ ކައިރިއަށް އައިސް ހުއްޓިލަމުން ރަޝްފާ އަހާލިއެވެ. “އާން އަހަރެން ޝުއައިބު ދަންނަން.. އިއްޔައަކު މިއަދަކުނޫން.. އެންމެ ކުޑަދުވަހުއްސުރެ.. އެކީގައި އުޅެ ބޮޑުވީ.. އެއީ އަހަރެންގެ އެންމެގާތް ރަހުމަތްތެރިޔާ.. އަހަރެމެން ވަކިވީ އޭނާގެ އާއިލާއިން އޭނާ މާލޭ ކިޔަވަން ބަދަލުކުރުމުން.. އެމީހުން ބޭނުންވި އަހަރެންވެސް އޭނައާއެކުގަ ގެންދަން.. އެކަމަކު އަހަރެންގެ ހާލަތު އެކަމަށް ތަންނުދިނީ.. ގޭގަ ހުރި އެންމެ ދޮށީކުއްޖާއަށްވެފަ ހަގަށް ތިންކުދިންތިބުމުން އަނެއްކާ އަހަރެންގެ މަންމަ ވަރަށްބަލި އެހެންވެ.. ކިޔަވަންދިޔަފަހުން ޝުއައިބު ރަށަށް އައީ ދެފަހަރު އެއީ އޭނާގެ މަންމައާއި ބައްޕަ ބޭރުގަ ހިނގި ހިތާމަވެރި ހާދިސާއެއްގައި ނިޔާވުމުން ގޭގެ ކަންތަށް ހަމަޖައްސާ ގެސްޓްހައުސް ވިޔަފާރިއަށް ގޯތިދޭން.. އޭރު އޭނާ މީހަކާއިނދެގެން ކަމަށްބުނި.. އަދި މިފަހަރު ނުގެނެވުނީ ބަނޑުބޮޑުވުމުން ކަމަށްބުނ.. އެކަމަކު އޭރު އަހަރެންގެ ދިރިއުޅުން ވަނީ އެފުއްމިފުށަށްޖެހިފަ.. ފުރަތަމަ ދަރިފުޅަށް އަހަރެން ބަނޑުބޮޑު.. އޭނަ އަހަންނަށް ވަރަށް އެހީތެރިވެދިން.. އޭގެއަހަރެން މީހަކާއިނީ..” ސީމާ ވާހަކަ މެދުކަނޑާލުމާއެކު ދެލޯފުހެލިއެވެ. އަދި ހިތްވަރުކޮއްލާފައި ފެށިއެވެ.
“ދެން ޝުއައިބު ރަށަށް އައީ އޭގެ ނުވައަހަރުފަހުން.. އެފަހަރުއައީ ވިޔަފާރީގެ ކަމެއްގައިކަމުން އަދި ސްކޫލްދުވަސްވަރުގައި ވީމަ އަންހެނުން ނުގެނުވުނީކަމުގައި ދިމާވުމާއެކު ބުނި.. އެފަހަރުވެސް އައިސްފަދިޔައީ އަހަރެންނަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދީފަ.. އެކަމަކު އެއީ އޭނާގެ ފަހުދުވަސްކޮޅުކަމެއް ނޭންގެ.. އޭރު އެއަރޕޯޓް ހދާފައިވީނަމަވެސް ނުހުޅުވާހުރުމުން އޭނަ މާލެދާންދިޔައީ ގަންއެއަރޕޯޓަށް އެކަމަކު.. ” އެހާހިސާބަށް ބުނެވުނުއިރު ސީމާގެ އަރުތެރެބެދި އަޑުތާށިވިއެވެ. އޭރު ކައިރީގައި ހުރި ރަޝްފާގެ އިތުރުން ނައީމާހުރީ ފެންކަޅިވެފައެވެ. ކަމުގެ ހަގީގަތް ނޭންގުނު ނަމަވެސް ކަންކުރިމީހުން މިހާރު އެމީހުނަށް އެނގެއެވެ.
“އެކަމަކު ދަތުރުކުރި ލާންޗްގަ ބަޔަކު އެއްޗެއްހަރުކޮށް ގޮއްވާލީ.. އެވެސް ލަޔަކްގެ ބައްޕަ މަރާލަން ގަސްތުގަ.. ބޭނުމަކަށް ވީ ރަޝްތަ ހާސިލްކުރުން.. އެކަންކުރީ ޖައިލަމްގެ އެނުލަފާ ޖައްބާރު ބައްޕަގެ ގްރޫޕުން.. ލަޔަކްގެ ބައްޕަ އާއެކުގަ ކިޔަވަން އެ ގާސިމް އުޅުނީ އޭރު… ރަޝްތަފެނި ފަހަތުން ދުވަނިކޮށް ރަޝްތަކާމިޔާބުވީ ލަޔަކްގެ ބައްޕައަަށް.. އޭރުންފެށިގެން އެ ގާސިމްދިޔައީ ކޮންމެ ގޮތެއްހަދާފައިވެސް ރަޝްތަ ހޯދަން.. އެކަމަކު ލަޔަކްގެ މައިންބަފައިންނަށްވުރެ ކުރިން ގާސިމް ކައިވެނިވެސްކުރި ދަރިއަކުވެސް ހޯދި އެކަމަކުވެސް ގާސިމްގެ ހިޔާލު ބަދަލުނުވުމުން އެފަކީރުގެ ފުރާނައިން އަތްދޮވެލީ.. ދެން އޭގެ ފަހުން ލަޔަކް ކިޔަވާ ނިންމާ ލާފައި ޗުއްޓީއަށް އެންމެ ފަހުން ދިޔަފަހަރު ފެނުމުން އަނެއްކާ ނަފްރަތުގެ ހުޅުގަނޑުބޮޑުވެ އެމީހުންގެ އައްޑަނައަކަށް އާޔާ ހަދާ މިގޭގެ ތަސްވީރަކާއެކު މިކޮޅަށް އާޔާ ފޮނުވަންއުޅުނީ ރަޝްތަކައިރިއަށް އަންނަ ކުއްޖެއްގޮތަށް އެކަމަކު ތަޤްދީރުގަ އެކަން ވާންނެތީ.. އޭރު އާޔާ އަށްވެސް ނޭންގެ އޭނާގެ ހިތުގެބައިވެރިޔާ ލަޔަކްގެ ގެ ކަމެއް އެއީ.. ކީއްކުރާނީ.. ”
ކޮޓަރިން ނިކުމެގެން އައި ޒޯހާ ސިފައިހުރި އާޔާ އެއްފަށްޗަކަށް އެހުރިހާ ވާހަކައެއް އަމުނާލިއެވެ. އަދި އަވަސް އަވަހަށް ފޯނަށް ބަލާކަމަށް ހެދިފައި ބޭރަށް ނިކުތީ އަސްލު ޒޯހާ އޭރު ގެއަށް އަންނަ މަގުމަތީގައި ވުމުންނެވެ. އައިކާއާއި އައިރާ އާއެކުގައި ހޮސްޕިޓަލަށްދިޔަ ޒޯހާ އަދި ނާންނަކަން ގޭތެރޭގައި ތިބި މީހުނަށް ރޭކާނުލީ ވަގުތާއި ހާލަތުގެ ގޮތުންނެވެ.
ގެއަށް އައިމަގުމަތީގައި ޖައިލަމްވެސް އެމީހުނާއެކު އައެވެ. އައިކާ އިރު އިރުކޮޅާ ޖައިލަމްއަށް ބަލަމުންދިޔައިރު ޖައިލަމްއަށް އެކަން ފާހަގަވިއެވެ. ބޭއިހްތިޔާރުގަ ޖައިލަމްއަށްވެސް އައިކާއަށް ބެވެނީ އާޔާގެ ސޫރަޔާއި ތަފާތެއް ނުވުމުންނެވެ. ހަތަރުކުދިން އެކީގައި ގެއަށް އައިސްވަންއިރު ތިންމަންމަވެސް ވާހަކައިގަ ތިބުމުން އަވަހަށް ސައިތައްޔާރުކޮށްލުމަށް ޒޯހާއަށް އައިރާގެ އެހީތެރިކަން ލިބުނުއިރު އައިކާ ދިޔައީ ޖައިލަމް ގޮވާލުމުން އޭނައާއި އެކުގައެވެ. އެހެންވެ އައިރާވެސް އަތްމަތި އަވަސްކޮށްލީ އެތަނަށް ދާންވެގެން ނެވެ.
“އިކާ.. ކީއްވެތަ އެހާ ސިއްރުން ތިބަލަނީ.. ” ޖައިލަމްމެން ނިކުތީ ޓެރަހުގައިވާ ހިތްގައިމު އުނދޯއްޔަށެވެ. އަދި ދެވުމާއެކު ކޮށްލި ސުވާލުން އައިކާގެ މޫނަށް ޖަންބުކުލައަރައިގެން ދިއުމުން ޖައިލަމްއަށް އިނދެވުނީ ކަޅިޖަހާޖުލާ ބަލާށެވެ. ރަކިހިނިތުން ވުމަކާއެކު އައިކާ އިސްޖަހާލުމުން ޖައިލަމް އޭނާގެ ކަނާތުން އައިކާގެ ދަތްދޮޅީގައިހިފާ ސީދާކޮށްލިއިރު ވައަތުން އައިކާގެ ހިމަހޯލިތަކެއްފަދަ އަތުގެ އިނގިތަކާކުޅެލިއެވެ. “އަސްލު އިކާ އަހަންނާ ލައިކްވާކަން އިނގޭ.. އިރާގެ ފަރާތުން ހުރިހާކަމެއްއޮތީ އެނގިިފަ.. އަހަރެން މިއަދު ބޭނުން ވަރަށްބޮޑު ވާހަކައެއް އިކާ ކައިރީގަ އަހަން.. އަޑުއަހާނަންތަ.. ” އެހުރިގޮތަށް އިނދެ ޖައިލަމް އައިކާއައި ހަތަރުކަޅި ހަމަކޮށްލަމުން ވާހަކަދެއްކިއިރު އައިކާގެ ދެލޮލުން ލޯބިނޫން އެއްޗެއް ޖައިލަމްއަކަށް ނުފެނެއެވެ. ލަދުންހުރެ ބޯޖަހާލުންފިޔަވާ އެހެންކަމެއް ކުރަން އައިކާއަކަށް ނޭންގުނެވެ.
އެވަގުތު ޖައިލަމް ޖީބުންނެގީ ކަނޑުނޫކުލައިގެ މަހުމަލުގެ ފޮއްޓެކެވެ. އަދި އައިކާގެ ކުރިމައްޗަށް އައިސް ކުޑަކަކޫމައްޗަށް ތިރިވެލާފައި “ވިލް ޔޫ ބީ މައި ގާރލް.. ” އޭ އަހާލުމާއެކު އައިކާއަށް ހީވީ މުޅި ދުނިޔެ އޭނާއަށް ހާސިލް ވީހެންނެވެ.
ޖައިލަމް އަށް އައިކާގެ ގޮތް އެނގުމާއެކު މިގޮތަށްނިންމީ ވަރަށްވިސްނުމަށްފަހު އޭނާ އެންމެލޯބިވި އާޔާގެ ހައްގުގައެވެ. އައިކާ އަކީ އެކީގައިއުޅުމުން ކޮންމެ މީހެއްގެވެސް ހިތްފަތަހަކުރެވޭނޭ ވަރުގެ އަހުލާގުރަނގަޅު ހިތްތިރި މަޑުމައިތިރި ކުއްޖަކަށްވުމުންނެވެ.
އައިކާގެ ޖަވާބު ލަސްވާފެށުމުން މަންޒަރު ވީޑިއޯކުރަންތިބި އައިރާ އާއި ޒޯހާގެ އިތުރުން ރަޝްފާ އާއި ނައީމާގެ އިތުރުން ސީމާވެސް އެކީގައިހެން އައިސް އާއިކޭބުނުމަށް އެދުނެވެ. ޖައިލަމް އާއި ޒޯހާއެކީގައިހެން ސިހުނުއިރު އެންމެން ހެވިފައިތިބުމުން ޒޯހާ ރަކިވެ އިސްޖެހުނެވެ. ޖައިލަމްއަށް ލިބުނު އިތުރުހިތްވަރަކަށްވީ އެވަގުތު އެތާންގައި އަޑުގަދަވެގެން އައިސް ވަން ލަޔަކްއާއި ނާލްފެނުމުންނެވެ. ދެވަނަފަހަރަށް އައިކާކުރެއް އަހާލުމާއެކު ރަކިހިިނިތުން ވުމަކާއެކު ބޯޖަހާލުމާއެކު ވައަތްދިއްކޮއްލީ އަނގޮޓިއަޅާށޭ ބުނާފަދައަކުންނެވެ. ޖައިލަމް އައިކާގެ އަތުގައި އަނގޮޓި އަޅުވާލުމާއެކު ލަދުމަލެއްފަދައިން އައިކާ ދުވެލާފައި އައިސް ސީމާގެ ގައިގަަބައްދާލީ ލިބުނުއުފަލާއެކު ރޮވޭންފެށުމުން އެކަން މީހަކަށް ނުދައްކާށެވެ.
ތިންދުވަސް ފަސް…
މަލާކްމެން ދަތުރުކުރުކޮށްލުމާއެކު އެނބުރި މާލެއައީ އެއްވެސްމީހަކަށް ނާންގާ ފާގިޔާއާއި ގުލްޝަންވެސް ގޮވައިގެންނެވެ. އިދާރީގޮތުން ނިންމަންޖެހޭ ހުރިހާކަމެއް ނިންމުމަށްފަހު ގުލްޝަންއަކީ ދިވެހި ރައްވެއްސަކަށް ބަދަލުކުރުމަށް ފަހުގައެވެ. އަދި އެކޮޅުން ފާގިޔާއާއި ކައިވެނިކޮށް ނިންމަންޖެހޭ ހުރިހާކަމެއް ނިންމައިގެންނެވެ. ފައިސާ އަތުގައި ހުރުމުން މުސްތޮފާއަށް އެކަންވީ ކައިގެން ފެންބުއިންފަދަ ފަސޭހަކަމަކަށެވެ.
ނާލް އޮފީހުގެ މަަސައްކަތް ނިންމާލުމަށްފަހު އޭނާގެ ބައްޕައަށްގުޅާލީ އެއްވެސްވަރަކަށް ބޭރަށްދިޔަ ހަނދާންނެތުމާއެކުގައި ކަމުން ވަރަށް ފަސޭހައިންގުޅިއްޖެއެވެ. އެވަގުތަކީ ޒިޔާދުވެސް އެއަރޕޯޓްއިން ނިކުމެ އެއްޗެއްކާލަން ރެސްޓައުރަންޓްއަށް ވަތް ވަގުތެވެ. ޔަގީނުންވެސް މިފަޅާއެރީއޭހިތާހުރެ ފޯނުނެގި ޒާހިދުއާއި ނާލްދެއްކީ މުޅީން އެހެން ވާހަކައެކެވެ. މިހުރިހާދުވަހު ޒާހިދު ވިސްނަމުން އައިކަންތަކަށް ނިމުމެއްއައީއެވެ. ނާލްވެސް ހަޔާތުގެ ބައިވެރިޔާ އިހްތިޔާރުކުރީއެވެ. ހިތްހަމަޖެހިފައި އިން ޒާހިދުއަށް ދެންއިވުނު ވާހަކަ ތަކާއެކު މޫނުމަތި ބަނަވެގެންދިއުމާއެކު ރުންކުރުގޮތަކަށް އެކުއްޖާ އާއި އެކުގައި ބައްޕައާއި މިރޭ ބައްދަލުކުރުމަށް ބުނެފައި ފޯނުކަނޑާލީ އެވަގުތު އެތަނަށް ދެންތިބި އެހެން މީހުންވެސް އައުމުންނެވެ. ޒާހިދު އެވާހަކަ އެވަގުތު ކައިރީގައިތިމީހުނާއި ހިއްސާކުރިއެވެ. ކަންބޮޑުވެފައިހުރެ ނަމަވެސް ނާލް އެވާހަކަ ޒޯހާއަށްގުޅާފައި ބުނެލިއެވެ. އަދިި ހިިިިިިިތްއަވަސް ވެފައިިިިހުރުމާއެކު ކޮންތާކުތޯވެސް އޭނާާާާގެ ބަަަައްޕަކައިރީގައިވެސް އަަހާނުލެވުނެވެ.
އާއިލާގެ ފުރިހަމަ ރުހުމާއެކު އައިކާ މިހާރު އޮފީހަށް އައިސްގޮސް ހަދަނީ ޖައިލަމްއާއި އެކީގައެވެ. އެފަދަ ވަގުތު ތަކުގައިވެސް ޖައިލަމްގެ ފަރާތުން ލިބޭ ކުދިކުދި ގޯނާތަކުން އަބަދުހެން އައިކާ އިންނަނީ ރަކިވެ އިސްޖިފައެވެ. އައިރާގެ ހާލަކީތޯއެވެ. ކޮންމެދުވަހެއްގެވެސް އިރުދުނިޔެއަށް ދައްކާލަނީ ރަސްފަންނުގައި ލަޔަކް ކަސްރަތުކުރާން އުޅޭމަންޒަރު ބަލަމުންނެވެ. ލަޔަކް އަށް މިކަންފާހަގަވީނަމަވެސް އަދިވެސް އެހުންނަނީ ރަނގަޅު ދަޑިވަޅަކަށް ބަލަބަލައެވެ. ލަޔަކް ދެކޭގޮތުގަ މާގިނަދުވަހު ރައްޓެހިވެގެންއުޅުމަކީ ކަމުދާކަމެއްނޫނެވެ. ވުމާއެކު ފުރިހަމައަށް ދިރިއުޅުމެއް ފޭށުމަށް ތައްޔާރުވުމަކާއިނުލައި އޭނާ އަންހެންކުއްޖެއްގެ ކުރިމައްޗަކަށް ނާރާނެއެވެ. ހަގީގަތުގައި އާޔާގެ އެދުމުގެ މަތީން ނަމަވެސް މިހާރު ލަޔަކްއަށް އައިރާފެނިފެނިވެސް އައިރާ އާއިމެދުގައި ދެކެވޭގޮތްދަނީ ބަދަލުވަމުންނެވެ.
******
މުސްތޮފާ އެންމެފުރަތަމަ ފާގިޔާގޮވައިގެން ދިޔައީ މިހާރު އޭނާ ހުޅުމާލޭގައި އުޅެން ގަނެފައިވާ ބިމުގައި ހަދާފައިވާ ގެއަށެވެ. އަދި އެތަނަށް ވީ އެންމެ އަވަހަކަށް އައިސްދިނުމަށް އެދުނެވެ.
މަލީހް އާއި ނަވާރު ޑިއުޓީގައިތިބެފައި ނަމަވެސް އެވަގުތު ޕޭޝަންޓް ބެލުން ވަގުތީގޮތުން ދެންތިބި ޑޮކްޓަރުންނާއި ހަވާލުކުރުމަށްފަހުގައި ކާރުގައި ބްރިޖްހުރަސްކޮށް ހުޅުމާލެއަށް ދެވުނީ ބައިގަޑިއިރެއްހާ ފަހުންނެވެ. އަވަހަށް އައިސްދިނުމަށް އެދުމާއި އެހާއަވަހަށް ރާއްޖެ އައުމުން މަލީހްގެ ހިތް ނޭންގޭބާރުމިނެއްގައި ތެޅެމުންދިޔައީ އޭނާގެ ބައްޕައަށް ކަމެއްވީކަމަށް ހީކޮށް ބިރުންނެވެ.
ބެލްޖަހާލުމާއެކު ޝަބީންގޮސް ދޮރުހުޅުވާލިއިރު މަލީހުމެން ފެނުމާއެކު އަވަހަށް އެތެރެއަށް ވުނުމަށް ދައުވަތުދިނެވެ. އޭރު ހައިބަބޮޑު އެގޭގެ ސިޓިންގް ރޫމްގެ ޗާންދަލީޔާދަށުގައި ބެހެއްޓިފައިވާ މަލްމަލްސޯފާތަކުގައި މުސްތޮފާއާއި ޒާހިދު އެމީހުންގެ އިންތިޒާރުގައި ތިއްބެެވެ. ދުރުގައި މަލާކްވެސް ހިނިތުންވެލައިގެން އިނެވެ.
“ބައްޕާ ކިހިނެއްތޯވީ ކުއްލިއަކަށް އަންނަން ބުނުއްވީ.. ކުރަންދިޔަ ކަންތަށް ނިންމާލާފަތޯ އެހާއަވަހަށް ތިދުރުވީ.. ” މަލީހް އޭނާގެ ބައްޕައާއި ބަފައިބެއާއި ސަލާމް ކޮށްލުމާއެކު އަހާލިއެވެ. އެވަގުތު ގޭގެބެލް އަނެއްކާވެސް ޖަހާލިއަޑުއިވިގެން ދިޔައެވެ. މިފަހަރުވެސް ދޮރުހުޅުވަންދިޔައީ ޝަބީންއެވެ.
ނިމާލް އާއި ޖުމާގެ އިތުރުން ޖުމްނާއާއި ޝިވަންގެ ކުޑައާއިލާއެތެރެއަށް ވަނުމާއެކު ފަހަތުން އާލިމާ އާއި ރަޝީދުގެ އިތުރުން ޖާވިދުއާއި ސާދިޔާ އަދި ނަވާރުގެ މަންމަ ހަފީޒާވެސް އެކުއެކީހެން އެތެރެއަށް ވަދެގެން އައީ މުސްތޮފާގެ އެދުމުގެމަތީން ގުޅާފައިބުނުމުންނެވެ. އެތެރެއަށް ވަދެގެން އައިސް އެންމެންވެސް އިށީދެލީހިނިތުންވުމާއެކުގައި ނަމަވެސް ކޮންމެ މީހެއްގެ މޫނުމަތީން ނުތަނަވަސްކަން ސިއްރުނުވެ ހުއްޓެވެ. ގޭގެ ހާދިމުން ކޮންމެ މީހަކަށްވެސް ލުއިބުއިން ގެނެސްދީ ހެދުމާއެކު މުސްތޮފާ ތެދުވެލާފައި އޭނާގެ ވާހަކަ ފެށިއެވެ. ހިނިތުންވެފައި ޝަބީން އާއި ޒާހިދު އިން އިރު ކޮންމެމީހަކުވެސް އެކެއް އަނެކެއްގެ މޫނަށް ބެލެެނީއެވެ.
“މިފަހަރުގެ މިދަތުރުގަ އަހަރެން މިއައީ ވަރަށްމުހިއްމު އަދި އެހާމެ ހާއްސަނިންމުމެއް ނިންމައިގެން.. އެކަމުގަ މިކޮޅުން އެއްވެސްމީހެއްގެ ހިޔާލެއްނުހޯދީ ތިހުރިހާމީހުންވެސް އެކަމަށް އެދިއެދިހުންނާނެކަން ޔަގީންވާތީ.. އަހަރެންމިއައީ ބޭރުން ކައިވެނިކޮށްގެން.. ” މުސްތޮފާ ހީލާފައި ވާހަކަދެއްކިނަމަވެސް އެންމެފަހުން ބުނެލި ޖުމްލަޔާއި އެކުގައި މުޅިގޭތެރޭގައި ހީވީ ބޮމެއްގޮއްވާލިހެންނެވެ. އެއާއެކު މަލީހުއަށް ގޮވާލާފައި މުސްތޮފާ އެދުނީ ކައިރިއަށް އައުމަށެވެ. ހިތްހަމަ ނުޖެހުނު ނަމަވެސް މަލީހް އެކަން ނުދައްކާ ކިޔަމަންތެރިކަމާއެކު އައިސް މުސްތޮފާކައިރީ ހުއްޓިލުމާއެކު ދެން މުސްތޮފާ އޭނާގެ އަންހެނުންނަށް ގޮވާލިއެވެ. ކޮންމެމީހަކުވެސް އެއީ ކާކުތޯ ބަލާލަން ކެތްމަދުވެފައި ހުރިއިރު މަލީހް އިނީ އިސްޖަހާލައިގެންނެވެ. އެއީ ބޭރުމީހެއްގެ ނަމުން އޭނާގެ ބައްޕަ ގޮވާލުމުން ނެވެ. މުސްތޮފާ ގަސްތުގައި އެތާންގެމީހުން ފާގިޔާއަށް ކިޔާނަމުން ގޮވާލީ އެންމެނަށްވެސް ދޭން ބޭނުންވާ ސަޕްރައިޒް އިތުރަށް ފުރިހަމަ ކޮށްލުމަށެވެ.
މުސްތޮފާގެ ފަހަތުން ފެނުނު ސޫރަޔާއެކުގައި ނިމާލް އާއި އާލިމާއަށް އެކުއެކީހެން ތެދުވެ “ފާގިޔާއޭ ބުނެވުނުއިރު މަލީހްވެސް އިސްނަގާ ބަލާލިއެވެ. ދާދިކައިރީގައި ހިނިތުންވެލާފައި އެހުރީ އޭނާގެ ލޯބިވާ މަންމަނޫން ދެންފަހެ ކާކުހެއްޔެވެ. “ދެން ބައްޕަ ކޮންޕަރޫޒާއަކަށް އެގޮވީ..” ހިތާހިތާ މަލީހް އަށް ކިޔާލެވުނެވެ. މައިލަގޮނޑިއަށް ކެތްނުވުމުން އެންމެފަހުން ފާގިޔާ “ދަރިފުޅާ” އޭކިޔާ މަލީހްގައިގަ ބައްދާލިއެވެ.
ހުރިހާ މީހުންގެ ހިތުގައިވިކިލަންބުކަން ފިލާގޮސް މުސްތޮފާއަށް މަރުހަބާކިއުމުން މުސްތޮފާ ބުނީ މިއީ މަލާކްގެ ސަބަބުން ލިބުނު ނަސީބެއްކަމަށެވެ. އަދި ފާގިޔާއަށް ދިމާވިގޮތް އެންމެނާއި ހިއްސާކޮށް ގުލްޝަންވެސް އެމީހުނަށް ތައާރަފްކޮށްދިނެވެ. މަލީހް އުފަލާއެކު ގުލްޝަން ކޮއްކޮއެއް ގޮތުގައި ބަލައިގަތެވެ. އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމާއެކު ހުރިހާމީހުން ވަކިވެގެންދިޔައީ އެކީގައި މެންދުރުގެ ކެއުމަށް އިންސާފުކުރުމަށްފަހުގައެވެ.
އިރު އިއްސުމާއެކު ނާލްގެހިތް ނެގިނެގިފައި ޖެހެމުންދިޔައީ ވަކިމިނެއްބަލާފައެއް ނޫނެވެ. ޒާހިދު ގެއަށް އައިސްފައިވެސް ނުނިކުންނާތީ ނާލްއާއި ދިމާވެސް ނުވެއެވެ. ވުމާއެކު ނާލްހައްތަހާވެސް ވީ ހާސްކަންބޮޑެވެ. ބައްޕަފެނިގެން ނޫނީ އޭނާއަށް އެބައްޕަގެ މޫޑެއްނޭންގޭނެތީއެވެ.
ޒޯހާ އަށެއްޖަހަން ފަނަރަ މިނެޓް ހުއްޓާއި ތައްޔާރުވެގެންގޮސް ރަޝްފާއާއި ނައީމާކައިރީ ބުނެލާފައި ނިކުތީ ގެއިން ނިކުންނަމުން ކިޔާ ދުއާވެސް ކިޔާލުމަށްފަހުގައެވެ. އޭރު ނާލް ބޭރުގައި ޒޯހާގެ އިންތިޒާރުގައި ހުއްޓެވެ. ހިތްނުތަނަވަސް ވެފައިވާލެއް ބޮޑުކަމުން ނާލް ބޭނުންވީ ބުރެއްޖަހާލާފައި ދާށެވެ.
******
އަށެއްޖެހުމާއެކު ނާލް އައިސް ގޭގެ މައިދޮރު ހުޅުވާލާފައި ވަންއިރު މަންމައާއި ބައްގެ އިތުރުން ދޮންތަގެ ދެމަފިރިންވެސް ތިބުމުން މީހާއެއްކޮށް ފިނިވާގޮތް ވިއެވެ. ހުރިހާމީހުންވެސް ތިބީ ދޮރާއި ދިމާއަށް ބަލަކަމުން މަޑުމަޑުން ނާލް އެތެރެއަށް ވަންއިރު ޒޯހާވެސް އިސްޖަހާލައިގެ އޭނާގެ ފަހަތުން އައެވެ. ޒޯހާފެނުމާއެކު ހަފީޒާ ހިނިތުންވެލިއިރު ޒާހިދުއިނީއެވެ.
ނަވާރުތެދުވެލާފައިގޮސް ޒޯހާގެނެސް ސޯފާގައި ބޭންދުމުން ރަކިވީވަރުން ޒޯހާގެ މުޅިމޫން ޖަންބުކުލަ އަރައިގެން ދިޔައެވެ. އެމަންޒަރުފެނުމާއެކު ހުރިހާއިރު ހިފަހައްޓައިގެން އިން ހިނިތުންވުން ޒިޔާދުއަށް އިތުރަށް ފަރުދާކޮށްނުލެވުނެވެ. “ދަރިފުޅާ ދެކުދިން ކައިވެނިކުރަން ވިސްނަނީ ކިހާދުވަހަކު އެކީއުޅެފަތަ..” އިސްޖަލާލައިގެން އިން ނާލް އިވުނުވާހަކައާއެކު ބަލާލިއިރު މަންމައާއި ބައްވެސް ތިބީ ހިނިތުންވުމާއެކު ބަލާށެވެ. ވީއުފަލާއެކު ނާލް ތެދުވެލާފައިގޮސް ޒާހިދުގައިގަ ބައްދާލީ ހިތަށްލިބުނު އުފާވެރިކަން އެއަށްވުރެ ރަނގަޅަށް ބުނެނުދެވޭނެތީއެވެ. ޒޯހާގެ ހާލަކީތޯއެވެ. އިވުނު ވާހަކައާއިއެކުގައި އެފަކީރު އިތުރަށް ލަދުގަތުމުން ތިރީތުންފަތަށް ފިއްތާ ބާރުކޮށްލެވުނެވެ.
އެއްމަސްފަސް..
“އެކޯޔާ ފުޝަން” ގެ ހިތްގައިމު މާހަލުވަނީ ހުދާއި ކަޅުން ޖަރީކުރެވިފައެވެ. މިރެއަށް ހާއްސަކޮށް ބޭއްވޭ ދެކައިވެނި ހަފްލާއަކީ އެތަށްބައެއްގެ ލޯ އެކަމަކަށް އަމާޒުވެފައިވާ ދެކައިވެންޏެވެ. ޒިޔާދުގެ އެދުމިގެމަތީން ޖައިލަމްވެސް ނާލްއާއި އެކުގައި ކައިވެނިކުރަން ނިންމީ މިހާރު އެދެ އާއިލާއަކީވެސް ގާތްބަޔަކަށްވެފައި ވުމުންނެވެ.
ބިއޓީޝަނުން އަތްމަތިއަވަސްކުރަމުން ދިޔައީ މިރެއަށް ކައިވނިކުރެވޭ ދެއަންހެންކުދިން ތައްޔާރުކޮށް ވަގުތަށް ފޮނުވައިދެވޭތޯއެވެ. ދެކުދިންވެސް ބޭނުންވީ ވީހާވެސް ސިމްޕަލްކޮށް ތިބޭށެވެ. އެގޮތުން ހުދުކުލައިގެ ބޮޑު ކައިވެނީގެ ހެދުމުގައި ދެކުދިންވެސް ތިބިއިރު ތަފާތަކަށް ދެކުދިްނގެ ދެމެދުގައިވަނީ ކަންފަތުގައި ހަތުކުރެވިފައިވާ ގަހަނާގެ ތަފާތެވެ. ޒޯހާ ދިގޮށް އިން އެއްޗެއް ބޭނުންކުރިއިރު އައިކާ ބޭނުންކުރީ މަލެކެވެ. ދެކުދިންގެ ބޮލުގައިވެސް ހުދުއެހުން ޖަރީކުރެވިފައިވާ ކްރައުންބޭންޑެއް އަޅުވާލެވިފައިވާއިރު ފެންނަނީ ވަރަށ ހިތްގައިމުކޮށެވެ. ހަަމައެގޮތަށް ފިރިހެން ދެކުދީންވެސް ތައްޔާރުވީ ރޭގެ ހާއްސަކަން ފާޅުވާނޭފަދައިން ނެވެ.
ބަރާބަރު އަށެއްޖެހުމާއެކު ކައިވެނީގެ ރަސްމިއްޔާތު ފެށިގެންދިޔައިރު މޭޒުގެ އެއްފަރާތެއްގައި ޒޯހާއާއި ނާލްގެ އިތުރުން ޖައިލަމްއާއި އައިކާ އިނެވެ. ކޮންމެކުއްޖަކުވެސް އެއްކުއްޖަކުގެ އަތް އަނެއްކުއްޖެ އަތާއި ގުޅިލާމެހިގެންތިބީ ކުރެވެމުންދާ ކައިވެނީގެ ބިރުވެރިކަމާއި ނުތަނަވަސްކަން ފިލުވާލުމަށެވެ. “އަނބި ގަބޫލުކޮށްފިން.. ” މިބަސް އިވުމާއެކު ދެއަންހެންކުދިންވެސް އިސްޖަހާލީ ދެކުދިންގެ ފިރިންނަށް ވެގެންދިޔަ ބައިރިންނަށް ޝުކުރުކުރާހާލުގައެވެ.
ކައިވެނީކަންކަން ނިމުމާއެކު އަވަހަށް ބްރައިޑް ތިބެން ހަމަޖެހިފައިވާ ތަނުގައި ހަތަރުކުދިން މަޑުކޮށްލެވުނީ ހަމަކިރިޔާއެވެ. ދައުވަތު އެރުވިގެން އަންނަ މެހެމާނުންތަށް އަންނަން ފެށިއެވެ. ކޮންމެ މީހަކުވެސް ދެޖޯޑަށްވެސް އެތަކެއް ތައުރީފަކާއި އެކު ހެޔިދުއާކުރަމުން ދިޔައެވެ. ކޮޅަށްހުރެ ހުރެ ވަރުބަލިވުމާއެކު އާޔާ އާއި ޒޯހާ އެޝަކުވާކޮށްލުމުން ދެކުދިންވެސް އިށީންދެލަން ދިއުމަށް ހަފީޒާއާއި ރަޝްފާގެ އިތުރުން ނައީމާވެސް އައިސް ބުނެލިއެވ. އެއީ މެހެމާނުންވެސް އައުން މަދުވެފައިވާ ވަގުތެއްކަމުން އައިކާއާއި ޒޯހާ އެކުއެކީހެން އިށީންދެލަން ދިޔަވަގުތު ދޮރުމަތީގައި ހެވިފައިހުރި މީހާފެނުމުން ހުއްޓުން އެރިއެވެ.
11 Comments
Comments are closed.
Salaam. Layaa beynunvaa gothah ninmaalanfahun hiyaalu badhaluvumaaeku fahubaige dhe part!genesssheyn mininnee .. unmeedhukuran kiuntherin hiyhamajehyfadha bayakah mipart ve vaanekamah.. ?
And mistakes thah huredhaane faahagakoLA dhehcha ingey..
Jazaka allah khaira
E pic ga ethiby kon baehkkan buneladheebala I meant real names!!!
Jailam and aikaa, naal and zoha dhen aira and Layak..?
Ey real names eh noonehnu?
sad last part
Masha allah .v salhi. Ekam v gina thantha e bahuri nan thah chang vefa.ehen noony hama v furihama.kon irakun part 2 up vaany.
Waiting waiting.
-Salaam-????
Aww konthan thanehkan faahaga kohladhinnama dhoonya. Btw thank you so much my dear man??
vvv reethi sry adhi kiriyaa kiyaa milevuny hama vvv reethi so that means adhi ekkoh nunimeyey dhw…. thanks layaaa
Kon iraku next part??? Btw story v rythi
Nice story. Waiting for next upload. Plz upload soon
Dhen umuru dhuvahu next part up nukuraa gothah dho? Thihen vaahaka nuliunas rangalhu vaane kamanaa. Vee gotheh ves buneli nama dho ingeynee ves. mi site ge gina liyuntherin ah jeheyy bahyeh eyy vaahaka fashaafa medhu kandaa lun.