ހަނާމެންގެ ކައިވެނީގެ އުފާވެރި ޚަފްލާ ނިމުމުން ރީޝާ ގެއަށް އައިިއިރު ގަޑިން އެގާރަ ޖަހައި ބޮޑުވެއްޖެއެވެ. ގޭތެރެއިން ފާޅުވާން ހުރި ފަނޑު އަލީގެ އެހީގައި ސިޑިން އަރައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ޖަހާލުމަށްފަހު މަޑުމަޑުން ދޮރުގައި ލެގިލިއެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން އުޖާލާވެ ހެވި ދިލިފައިވީ މޫނުމަތިން މިހާރު ފެންނަން އެހުރީ މޮޅިވެތިކަމެވެ. މާޔޫސްކަމެވެ. އޭރު ހުރި ހިނިތުންވުން ޣައިބު ވެއްޖެއެވެ. ރީޝާ ލޯ މަރައިލިއެވެ. އެެއާއިއެކު އޭނާގެ ކުށެއް ނެތް ލޮލުން […]
އަހަންނަކީ އުމުރުން 21 އަހަރުގެ ޒުވާން ފިރިހެން ކުއްޖަކީމެވެ. އަހަންނަކީ ވެސް ﷲ އެންމެ ފުރިހަމަ ސިފައިގައި ހެއްދެވި އިންސާނަކީމެވެ. އެހެން މީހުން ފަދައިން އަހަންނަށް ވެސް އިޚުސާސް ކުރެވެއެވެ. ލޮލަށް ފެނެއެވެ. އަޑު އިވެއެވެ. މިހެންގޮސް ހަމައެކަނި މައްސަލައަކީ އަހަރެން އިސްކޮޅުން ކުރުކަމެވެ. އެއްފައިތިލަ ކުޑަކޮށް އެނބުރިފައި ކަހަލަ ގޮތަކަށް އިންނަ ކަމެވެ. ހިނގުމުގައި ކުޑަ ނަމަވެސް ދަތިކަމެއް ހުންނަ ކަމެވެ. އެކަމަކު އެއީ އަހަންނަށް ބާރުފޯރުވޭނެ ކަންކަމެއް ނޫނެެވެ. އަހަންނަކީ ދެމަފިރިއެއްގެ ހުރި ހަމައެކަނި […]
“އައިލީ ބޭނުންވަނީ އަހަރެން އައިލީ ވަރިކުރަންތަ؟” ރާސިލް އެންމެ ފަހުން ގައިގައި ހުރި ހިތްވަރެއްލާފައި އަހާލިއެވެ. އައިލީޝް ގެ މުޅި ދުނިޔެ އެނބުރި ގަތް ފަދައެވެ. ރާސިލް ބޭނުންވަނީ އެ ގޮތް ކަމުގައިވާނަމަ އޭނާ ވަކި ކުރާނީ ކީއް ހެއްޔެވެ؟ ހެދޭނެ ވަކި ގޮތެއް އޮވެދާނެ ހެއްޔެވެ؟. ވަރީގެ ވާހަކަ އެ ދެއްކީ ކީއްވެބާއޭ އައިލީޝް ގެ ހިތަށް އެރިއެވެ. ރާސިލް މިހާރު އޭނާ އާ އެކީ އުޅެން ބޭނުން ނުވަނީ ހެއްޔެވެ؟. އޭނާ ދެކެ ފޫހި […]
އާލިކް ގެ މަތިން ހަނދާން ކުރި ވަރަކަށް ނިއުޝާއަށް އޭނާގެ މާޒީ ލޯމަތީގައި ސިފަ ވަމުން ދިޔައެވެ. ބައެއްގެ ރޭވުމުގެ ސަބަބުން އޭނާ އެންމެ ލޯބިވީ މީހާ އަތުން ބީވެގެން ދިޔަގޮތް ހިތައް އަރާ ރޮވޭގޮތް ވިއެވެ. މާޒީ ހަނދާން ނައްތާލަން ކިތަންމެ ބޭނުން ވިޔަސް އެ ލޯބިވެތި ދުވަސް ތަކަކީ ދުވަހަކުވެސް އޭނާގެ ހިތުން ފޮހެވިގެން ދާނޭ ދުވަސް ތަކެއްނޫނެވެ. އަދި އަމުދުން އޭނާއަށް އާލިކް ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި ފޮރުވި ނިވިފައިވާ […]
#ކުރީ އަދަދާއި ގުޅޭ….. ************** އެ ހުވަފެންތަށް މިއަދު ބިލާހަކަށް ވެެއްޖެއެވެ. ހިތްވަނީ ކުދި ކުދިވެފައެވެ. މި ހިތް ރަނގަޅު ކުރެވޭނެ ޑޮކްޓަރެއް ކަލާ ނޫނީ ވާނެ ހެއްޔެވެ؟ ޝޫރާއެވެ. އުޑުގައި ހުރިއްޔާއިި ހުރި ތަރިއެއް ބަލާފައި ކުރި ވައުދުތަށް އުވާލީ ކީއްވެ ހެއްޔެވެ؟ އެ ހިތްވަރު ކަލާއަށް ލިބުނު ކަމަށްޓަކައި އަޅު އަޖައިބުވެ އަންތަރީސް ވެއްޖެއެވެ. އެކުގައި ހޭދަ ކުރި ވަޤުތުތަށް އެއްރެއިން ހަނދާން ނައްތާލީތޯއެވެ؟ އެކުގައި ރަސްރަނި ބަގީޗާގައި މާފޮޅުވި ރޭތަށް، އެކީގައި ގޮސް […]
ކޮޓަރީގެ ދޮރު ހުޅުވާލީ ބޭރުން އެއްވެސް މީހެއްގެ ހިލަމެއް ނުވާތީއެވެ. ބަނޑުހައިވެގެން ހާންތި ވަނީއެވެ. ނިދަން އުޅެއުޅެ ނުނިދުނެވެ. އެންމެ ފަހުން ލެވުނު ހިއްވަރެއް ލާފައި ކޮޓަރިން ބޭރަށް ނުކުތީމެވެ. ފިޔަވަޅުގެ އަޑު ނީވޭނެހެން މަޑު މަޑުން ބަދިގެއާ ދިމާލަށް މިސްރާބް ޖެހީމެވެ. ސިޓިންގްރޫމްގައި ހުރި ކުޑަ އޮރެންޖް ބޮކީގެ އަލިން ގޭތެރެއަށް ފަނޑު އަލިކަމެއް ވެރިވެފައި ވިއެވެ. ބަދިގޭގެ ބޮކި ދިއްލާކަށް ނުކެރުނެވެ. ޙަރީރާ ހޭލަފާނެތީއެވެ. ދޮންމަންމައަށް ވިޔަސް “މަންމަ” މިނަން ހިމެނޭގޮތަށް އޭނައާ މުޙާތަބް ކުރާކަށް […]
މުޅި ކޮޓަރި ތެރެއަށް ވެރި ވެފައި ވަނީ މަރުގެ ހިމޭން ކަމެވެ. އޭސީގެ މަޑުމަޑު ފިނިން މުޅި ކޮޓަރި ފިނި ވެފައި ވާއިރު މުޅި ކޮޓަރި ތެރެއަށް ފެތުތިފައި ވަނީ ‘ޓްވިންކްލް’ ސެންޓް ގެ ޖާދުވީ މިރު ވަހެވެ. ހުދާއި މަޑު ފިޔާތޮށި ކުލައިން ޒީނަތް ތެރި ކުރެވިފައިވާ ކޮޓަރީގައި ހުރި ކިންގް ސައިޒް އެނދު މަތީގައި ކަޅު ކުލައިގެ ސްކިނީ އަކާއި ހުދު ކުލައިގެ އަތްދިގު ޓީޝާޓެއް ލައިގެން ބަންޑުން އޮށޯވެލައިގެން އެއޮތީ މި ވީރާނާ […]
ހިތް އަދު ރޮނީއޭ ނުދާށޭ ، ހިތް މަރުވަނީއޭ ނުދާށޭ ދަންވަރުތަކާ ދުށް އެތާޒާ ، މަންޒަރު ފެށީ އާވާށޭ ކަރުނުން ލޭ ހެދޭ ކޯރުގާ ، ފީނާ ދާންވީ ފަތާ ގެނބެނީއޭ ހިތާ ފިތް މަގޭ ، ފުންކަނޑުގެ ބާނީތެރޭ ރޮއެ ރޮއެ ކުރާހާ މިއާދޭސް ހާހުން ގުނާ މިނާށޭ ހެކިވާނޭ ހަނދާ ތަރިތަކާ ، މޫދާ އައްސޭރިއާ ނުބަލަންހޭ އެކީގާ މަށާ ، ލޯބިން އެ މަސްތުންފުރާ ދާނޭހޭ ޔާދުން ހިތާއޭ ، ސީދާ […]
“ކާރުގަ ދޯ ދާނީ މިއަދު.. ސައިކަލު ބުނީ ވަރުބައްޔޯ… ޔައި ކޮންމެދުވަހަކު އޭ މައްޗަށް އަރައިގެން އެތަށް އިރެއް ވާންދެން ދުއްވާތީ މިއަދު ހަވީރު ދުއްވާކަށް އޭގެ ސިއްޙަތެއް ތަނެއް ނުދެޔޯ.. އެހެން ވީމަ ކާރުގަ ދޯ ދާނީ.. ޕްލީޒް ޕްލީޒް ޕްލީޒް..” ޒިވާ ކުޑަކުއްޖެއްހެން ވާހަކަ ހަދައިގެން ޔައީޝް ގާތު އާދޭސް ކުރަން ފެށުމުން ޔައީޝްގާތަށް އައީ އަމަޝަކު ހިންޏެއް ނޫނެވެ. “އޯކޭ ކޮއްކޯ..” ޔައީޝް ޖަވާބުގައި ހެމުން ހެމުން އެހެން ބުނެލީ ޒިވާ މާ […]