އާލިކްގެ ދެލޮލުން ނިއުޝާއަށް ފެނުނީ ލޯތްބާއި އޯގާތެރިކަމެވެ. އާލިކްއަށްވެސް އެ ދެލޮލެއް ނޯޅޭނެއެވެ. އެއީ ހަމަ އެދެލޮލެވެ. އެ ޖާދުވީ ބެލުމެވެ. ނިއުޝާ ދުރުވާން މަސައްކަތް ކުރަން ފެށުމުން އާލިކް ނިއުޝާގެ ގައިން އަތް ދޫކޮއްލިއެވެ. ކެބިންގެ ދޮރު ހުޅުވާލާފާ އާލިކް އެތެރެއަށް ވަތްއިރު ނިއުޝާހުރީ ހުއްޓުން އަރާފައެވެ. ” ނިއުޝާ. އާދޭ އެތެރެއަށް” ހުއްޓުން އަރާފައި ހުރި ނިއުޝާއަށް ސިހުމެއް ލިބުނީ އޭނާ ލަސްވެގެން އާލިކް ނުކުމެ އޭނާއަށް ގޮވާލުމުންނެވެ. “އަހަރެން މި ވާހަކަ ނިއުޝާއާ […]
އާލިކް ގެ މަތިން ހަނދާން ކުރި ވަރަކަށް ނިއުޝާއަށް އޭނާގެ މާޒީ ލޯމަތީގައި ސިފަ ވަމުން ދިޔައެވެ. ބައެއްގެ ރޭވުމުގެ ސަބަބުން އޭނާ އެންމެ ލޯބިވީ މީހާ އަތުން ބީވެގެން ދިޔަގޮތް ހިތައް އަރާ ރޮވޭގޮތް ވިއެވެ. މާޒީ ހަނދާން ނައްތާލަން ކިތަންމެ ބޭނުން ވިޔަސް އެ ލޯބިވެތި ދުވަސް ތަކަކީ ދުވަހަކުވެސް އޭނާގެ ހިތުން ފޮހެވިގެން ދާނޭ ދުވަސް ތަކެއްނޫނެވެ. އަދި އަމުދުން އޭނާއަށް އާލިކް ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި ފޮރުވި ނިވިފައިވާ […]
މުޅި ކޮޓަރި ތެރެއަށް ވެރި ވެފައި ވަނީ މަރުގެ ހިމޭން ކަމެވެ. އޭސީގެ މަޑުމަޑު ފިނިން މުޅި ކޮޓަރި ފިނި ވެފައި ވާއިރު މުޅި ކޮޓަރި ތެރެއަށް ފެތުތިފައި ވަނީ ‘ޓްވިންކްލް’ ސެންޓް ގެ ޖާދުވީ މިރު ވަހެވެ. ހުދާއި މަޑު ފިޔާތޮށި ކުލައިން ޒީނަތް ތެރި ކުރެވިފައިވާ ކޮޓަރީގައި ހުރި ކިންގް ސައިޒް އެނދު މަތީގައި ކަޅު ކުލައިގެ ސްކިނީ އަކާއި ހުދު ކުލައިގެ އަތްދިގު ޓީޝާޓެއް ލައިގެން ބަންޑުން އޮށޯވެލައިގެން އެއޮތީ މި ވީރާނާ […]