މަގުމަށްޗަށް ނުކުމެ ފަޔަށް ލެވުނު ބާރެއްލާފައި ދުއްވައިގަތީމެވެ. ވަރަށް ފަހުން މާލޭގައި އެފެއްދުނު ބީޗެއް ކަމަށްވާ ރަސްފަންނާ ހަމައަށް ދެވުމުން ވަރުބަލިވެގެން ވެލިގަނޑު މައްޗަށް ވެއްޓުނެވެ. ލޮލުން ކަރުނަ ހުއްޓާނުލާ ފައިބަ ފައިބާ ހުއްޓެވެ. ބޮލަށް އެނބުރުން އެރިއެވެ. މޭނުބައި ކޮށް ހޮޑުލެވެން ފެށުނެވެ. އެންމެފަހުން ޙަބަރު ހުސްވެގެން ވެއްޓުނީއެވެ. “އޭ.. ހެލޯ؟.. ގާރލް؟”، އަހަންނަށް ހޭވެރިކަން ވީ މީހަކު އަހަރެންގެ މޫނުގައި ދެތިން ފަހަރަކު ޖަހާލުމުންނެވެ. އަހަރެން ލޯ ހުޅުވާލީމެވެ. ކުރިމަތިން ފެނުނީ ފިރިހެނެކެވެ. އޭނާގެ […]
ވަރުބަލި ކަމާއެކު ގޮސް ގެއަށް ވަތް ޔައީޝްއަށް ހުރިތާ ހުއްޓިލެވުނީ ގޭތެރެއިން ފެނުނު މަންޒަރަކުންނެވެ. މީހަކު ގެއަށް ގެންނަންޏާ އާންމުކޮށް ޒިވާ އޭނާ ގާތު އަބަދުވެސް ބުނާނެއެވެ. ނަމަވެސް މިއަދު ހެނދުނު އޭނާ އޮފީހަށް ދިޔުމުގެ ކުރިންވެސް ޒިވާ އެކަހަލަ ވާހަކައެއް ދައްކައިފައެއް ނުވެއެވެ. ދެން މިއީ ކާކުބާވައެވެ؟ ޔައީޝް ދެބުމަ ގާތްކޮށްލައިގެން ހުރެ ގޭތެރެއަށް ވަދެގެން ދިޔައެވެ. އެއިރު ޒިވާ ކައިރީ ސޯފާގައި އަރޫފާ ޓީވީ ބަލަން އިން އިރު ޒިވާގެ އަނެއް ފަރާތުގައި ސުމައްޔާ […]
އަހަރެންގެ ހިތުގައި އަތްއަޅާ ބާރުކޮއްލެވުނީ ހިތަށްވި ތަދެއްގެ ބޮޑުކަމުންނެވެ. ޤަބޫލް ނުކުރެވިފައި އެތައް އިރަކު ހުރެވުނެވެ.އަޝްފާން ހަމަ އަހަރެންނާ ވަކިވީބާއޭ ހިތަށް އަރަމުންދިޔައެވެ. އެންމެފަހުން އަހަރެން އެތާ އިތް ކުއްޖާއަށް އެހީމެވެ.”ސަމާސަ ކުރަނީ ދޯ، ކާކު ދެެއްކި ވާހަކައެއްތީ” އެކުއްޖާ ވަރަށް ހައިރާންވެފައި ބުންޏެވެ. “ކޮންކަމަކާ އަހަރެން ސަމާސަ ކުރަންވީ، އަހަރެންނަކަށް ނޭނގޭ ތީ ކާކު ކަމެއްވެސް، އަހަރެންކައިރީ އެހީތީ އަހަރެން މި ބުނީ އަހަރެންނަށް އެނގޭ މިންވަރަކަށް،” މިހެން ބުނެ އެކުއްޖާ ކުރަން އިން މަސައްކަތަށް […]
އާދާގެ މަތިން މިއަދުވެސް ނަވްޔާއާ އިސްރާ ބެންޗުގަ މަޑުކޮށްގެން ތިބީ މާނީއާ އިޝްމާ އަންނަންދެނެވެ. އިސްރާ ކޮންމެސް ކަމަކާ ވިސްނާހެން ނަވްޔާއަށް ހީވިއެވެ. އެއީ އެހެންނާ ހުއްޓާނުލާ އަނގަތަޅާ ކުއްޖާ މިއަދު އަނގައިން އެންމެ ބަހެއްވެސް ނުބުނެެއެވެ. ނަވްޔާ އެއްޗެކޭ ނުބުނެ އިނީ މާނީމެން އަންނަންދެނެވެ. ސްކޫލްގޭޓުން އެތެރެއަށް ވަދެގެން އައި އިޝްމާއާ މާނީ ނަވްޔާގެ ލޮލުގައި އަޅާގަތުމުން އިސްރާ ގައިގަ ކޮށްޓާލިއެވެ. ޚިޔާލަށް ގެއްލިފައި އިން އިސްރާ ނަވްޔާ ކޮށްޓާލުމުން ގޭޓާ ދިމާއަށް ބަލާލިއެވެ. އޭރު […]
“ދޮންބެ މިއުޅެނީ އުމްމްމް…މާޔާ އަށް ޕްރޮޕޯޒް ކުރަން”ވިޝާލް ބުނަން ނުބުނަން ހުރެފައި ވެސް އެހެން ބުނެލިއެވެ.އެވަގުތު ޔޫހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.އަނގަ ހުޅުވި ގޮތަށް ލައްޕަން ނޭންގިފައި ހުރެ ވުނެވެ. “ތިހެން ހުއްޓާ އަނގައަށް މެއްސެއް ވަދެދާނެ…”ވިޝާލް ޔޫހާގެ ދަތްދޮޅީގައި ކުޑަކޮން ޖަހައިލިއެވެ.އެއާއެކު ހީވީ ބޮމެއް ގޮވިހެން ނެވެ.ޔޫހާ ހަޅޭލަވައި ގަތެވެ.އެއަޑާއި އެކުވެގެން އެހެން މީހެއް ގެ އަޑު އައިހެން ވިޝާލް އަށް ހީވިއެވެ.ވަގުތުން ފަހަތަށް އެބުރި ބަލާލިއެވެ.އެއާއެކު ވިޝާލް ގެ ދެލޯދިޔައީ ބޮޑުވެގެންނެވެ. “ކައި…..”ވިޝާލް އަށް […]
“އައިލީ ވީ އާރ މެރީޑް… ދިޒް އިޒް މައި ވައިފް” ދާނިޝް އިއްވާލިއެވެ. ދާނިޝް އިއްވާލުމާއެކު އައިލީޝް އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. އޭނާ ގާތު އެ ފަދަ އެއްވެސް ވާހަކައެއް މިހާ ދުވަސްވިއިރު ނުދެއްކީ ކީއްވެތޯ އަހަން ބޭޏުންވިޔަސް ލިބިފައި ހުރި ޝޮކްގެ ސަބަބުން އެވަގުތު އެއްވެސް ވާހަކައެއް އެހޭ ގޮތެއްނުވިއެވެ. “އަސްލު އިނގޭ އައިލީ ދެރަވާނެކަންވެސް… އެނގޭ އައިލީ ގެ ހިތުގެ ބައިވަރު ސުވާލް އުފެދޭނެކަނެކަންވެސް… އެކަމަކުވެސް… އެކަމަކުވެސް އިތުރު ގޮތެއްނެތީ އައިލީ… ޒީ […]
ކޮމެންޓޭޓަރު އަހުސަމްގެ ނަން ކިޔާލުމާއެކު ބޭއިޚްތިޔާރުގައި އޭނާއަަށް ހިނިތުންވެވުނެވެ. އޭނާގެ އުމުރުން ސޯޅައަހަރުވީއިރުވެސް ފުޓްބޯޅަ މެޗެއް ފުރިހަމައަށް ބަލާނުލައެވެ. ނަމަވެސް އަހުސަމް ކުޅެންފެށުމާއެކު ފުޓްބޯޅަ އޭނާގެ ހަޔާތުގެ އެއްބަޔަށް ވެއްޖެއެވެ. ” އިސްރާ ތި ބެލުން ނޫންކަމެއް ނުކުރޭ މިހާރަކު މޮޅުވިިނަމަވެސް އެންމެ ރަނގަޅޭ ރިކޯރޑްކޮށްގެން ބަލަން. މަގުމަތީގަ ލާޗާރު ބިޗާރަށް އުޅޭ ކުދިން ކުޅޭ އެއްޗެއް ބަލަން ވަގުތު ބޭކާރު ކުރާނީ ކީއްކުރަން. ދެން ދޭ ފޮތް ކިޔަން އަންނަ މަހުގަ ޓެސްޓްވެސް ފެށެއެއްނު.” އިސްރާ […]
ދުވަސްތައް ހަފުތާތަކަށް, ހަފުތާތައް މަސްތަކަށް ބަދަލުވަމުން އައިސް ހަނާގެ ބަނޑަށް ވެސް ނުވަމަސް ފުރެން ކައިރި ވަނީއެވެ. އެތައް ދުވަހެއްގެ ކެތްތެރި ކަމާއި އުއްމީދުތަކެއްގެ ފޮނިކަން ހާސިލު ވާނެ ވަގުތު އައިސް ކައިރިވާތީ ހަނާއާއި ދާނިޝް ހުންނަނީ ވަރަށް އުފަލުންނެވެ. ޚާއްޞަކޮށް ދާނިޝްގެ އުފާވެރިކަމާއި ވަމުން އައި ތައްޔާރީތައް ފާހަގަ ކުރެވެއެވެ. މުޅި ގޭތެރޭގެ ކުލަވަރާާއި ވައްޓަފާޅި ބަދަލުކޮށްލާފައި ވާގޮތުން ތުއްތު ކުއްޖަކަށް މަރުޙަބާ ކިޔައިފައިި ވާކަން ނަޒަރު ހިންގާލި ކޮންމެ ދިމާއަކުން ހާމަވާން ހުއްޓެވެ. ދާނިޝްމެންގެ […]
“ޔޫ އަގެއިން”ދޮރު މަތީގައި ހުރި ޒުވާން ފިރިހެން ކުއްޖާ ފެނުމާއި އެކު މާޔާ ދެ ބުމަ ގޮށް ޖަހައިލަމުން އެހެން ބުނެލިއެވެ.އަޅި ކުލައިގެ ދެލޮލެވެ.ކަޅުކަން ގަދަ އެ ރީތި އިސްތަށިގަނޑު ވަނީ މައްޗަށްނަގައިފައެވެ.ހަމުގެ ކުލަ އަލި ޒުވާނެކެވެ.ލާފައިވާ ހުދު ކުލައިގެ އަތް ކުރު ޓީޝާޓް އާއި ލާފައި ހުރި ކަނޑު ނޫކުލައިގެ ސޯޓް އެ ކަސްރަތީ ހަށިގަނޑާ ނުހަނު ގުޅެއެވެ.އެވަގުތު ޒުވާނާ އަނގަ ހުޅުވާލާފައި ވެސް އަނގަ ލެއްޕިއެވެ.އަދި ޒުވާނާ ފޯނު ނެގުމަށްފަހު ކޮން މެސް މީހަކަށް […]