Skip to content
އެސްފިޔަ

ނަވާ

އަހަންނަކީ އުމުރުން 21 އަހަރުގެ ޒުވާން ފިރިހެން ކުއްޖަކީމެވެ. އަހަންނަކީ ވެސް ﷲ އެންމެ ފުރިހަމަ ސިފައިގައި ހެއްދެވި އިންސާނަކީމެވެ. އެހެން މީހުން ފަދައިން އަހަންނަށް ވެސް އިޚުސާސް ކުރެވެއެވެ. ލޮލަށް ފެނެއެވެ. އަޑު އިވެއެވެ. މިހެންގޮސް ހަމައެކަނި މައްސަލައަކީ އަހަރެން އިސްކޮޅުން ކުރުކަމެވެ. އެއްފައިތިލަ ކުޑަކޮށް އެނބުރިފައި ކަހަލަ ގޮތަކަށް އިންނަ ކަމެވެ. ހިނގުމުގައި ކުޑަ ނަމަވެސް ދަތިކަމެއް ހުންނަ ކަމެވެ. އެކަމަކު އެއީ އަހަންނަށް ބާރުފޯރުވޭނެ ކަންކަމެއް ނޫނެެވެ.

އަހަންނަކީ ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. މަންމައާއި ބައްޕަގެ ލޮލުގެ ނޫރެވެ. ހިތުގެ ހަމަޖެހުމެވެ. އާއިލާ އެންމެންވެސް އަހަރެން ދެކެ ވަރަށް ލޯބިވެއެވެ. އަހަރެންގެ މަންޒިލަށް ވާސިލްވާން ގަދައަޅައި މަސައްކަތް ކުރުމަށް ހިއްވަރުދެއެވެ. އަހަރެންގެ އުނި ސިފަތަކަކީ އަހަރެންގެ ހުވަފެންތަކާއި ދުރުކުރެވޭނެ ކަމެއް ކަމުގައި އަހަރެން ނުދެކެމެވެ. އެއްވެެސް މީހަކީ ފުރިހަމަ މީހެއް ނޫންވިއްޔާއެވެ.

ނަވާއަކީ އަހަންނާއިއެކު ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. މިސް މޯލްޑިވްސް ގެ ނަމުން ހުރިހާ ކުދިން މުޚާތަބުކުރާ ނަވާއަކީ ސިފައިގެ ގޮތުން އެންމެ ރީތި އަޚްލާޤު އެންމެ ރަނގަޅު ދަރިވަރެވެ. އެތައް ފިރިހެން ކުދިންނެއްގެ ހިތްތައް ކަތިލާ ފަދަ އާދަޔާޚިލާފު ރީތި ސިފަތަކެއް ލިބިފައިވާ ހޫރު ޕަރީއެކެވެ. ނަވާ އުޅޭ ތަނެއްގައި އަބަދުވެސް ފިރިހެން ކުދިންތައް މަށަށް މަށަށް ގޮވާލަ ގޮވާލާ ތިބެއެވެ. ބައެއް އަންހެން ކުދިން ހަސަދަވެރިކަމާއެކު ނަވާއަށް ބަލާލާއިރު ހީވަނީ އެހަސަދައިން އޭނާވެސް ރޯފިލުވާލާފާނެހެންނެވެ. ނަމަވެސް މިއިން ކަމަކަށް އެއްވެސް ސަމާލުކަމެއް ނުދީ ނަވާ އޭނާގެ ހުވަފެންތަކުގައި ކުލަޖެއްސޭތޯ ބަލައެވެ. ތަޢުލީމީ ރޮނގުން މުޅި ޔުނިވަރސިޓީއަށް މަޝްހޫރު ރަންތަރިއެއް ކަމަށްވާ ނަވާއަކީ އެހެނިހެން މުބާރާތްތަކުގައި ވެސް ބައިވެރިވެ ފާހަގަކޮށްލެވޭ ފަދަ މޮޅެތި ކާމިޔާބީތަކެއް ހޯދާ ކުއްޖެކެވެ. އޭގެތެރެއިން ވެސް އޭނާ ބައިވެރިވެ ވަނައެއް ނުހޯދާ ކުރެހުމުގެ މުބާރާތެއް މަދުވާނެއެވެ.

ކަންތައްތައް މިހެން ހުންނައިރު އަހަންނަކީ ނަވާއަށް ވުރެ މާބޮޑަށް ވެސް ދަށު ފެންވަރުގެ ކުއްޖަކީމެވެ. އަހަންނަށް ވުރެ ސިފައިގެ ގޮތުން ނަވާ އެތައް ގުނައެއް ރީއްޗެވެ. ކިޔެވުމުގެ ރޮނގުން ވެސް ނަވާ ހުންނަނީ އަހަންނަށް ވުރެ ހަތް ދަރަޖަ މަތީގައެވެ. އަހަންނަކީ ވެސް ނަވާ ފަދައިން ކުރެހުމުގެ ހުނަރު ލިބިފައިވާ ކުއްޖަކަށް ވީނަމަވެސް މިވީހާތަނަށް އަހަންނަށް ނަވާ ފަށްކޮއްލާފައި އެއްވަނަ ނެގުނީ ހަމަ އެންމެ ފަހަރަކުއެވެ.

އަހަންނާއި ނަވާ އިރާއި ހަނދުހާ ތަފާތުވީ ނަމަވެސް އަހަރެންގެ ހިތުގައި ވަނީ އޭނާއަށް ޚާއްސަ މަޤާމެއް ދެވިފައެވެ. އެއީ އަބަދަށް އަހަރެންގެ ހިތުގައި ރަނިކަން ކުރާނެ ރާނީއެވެ. އެންމެ ފުރަތަމަ ފެނިލުމާއެކުވެސް އަހަރެންގެ ހިތުގައި އެ ފުރިހަމަ ސޫރަ ކުރެހި ބިންވަޅު ނެގުނީ ދެން ދުވަހަކުވެސް އެހެން މީހަކަށް މިހިތުން ޖާގައެއް ނުދެވޭނެކަން ކަށަވަރުކޮށްދެމުންނެވެ. ނަން އެނގުމުން ހުރިހާ ވަގުތެއްގައި ވެސް އެ ނަން އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެހެން ކަމަކާމެދު އަހަންނަށް ނުވިސްނޭ ވަރަށެވެ. އާނއެކެވެ. އަހަންނަށް ނަވާދެކެ ލޯބިވެވުނީ ދުވަހަކުވެސް ނަވާއާ ވަކިވެގެން ދުރަށް ނުދެވޭނެހާ ބޮޑަށެވެ.

އެކަމަކު ނަވާގެ ކުރިމަތީގައި ޙަޤީގަތް ހާމަކުރަން އަހަރެން ޖެހިލުންވަނީ އަދި މާ ބޮޑަށެވެ. ހާލަކުން އޭނާއާއެކު ޤާއިމް ކުރެވުނު އެކުވެރިކަން ހަތުރުވެރިކަމަށް ބަދަލުވެދާނެތީއެވެ. ލޯބި ހުށައަޅައިފިއްޔާ ނަވާ އަހަންނާމެދު ދެކޭ ގޮތް ބަދަލުވެ ހަމައެކަނި އެކުވެރިއެއްގެ ހައިސިއްޔަތުން ވެސް އޭނާގެ ޙަޔާތުގައި ދެމިހުރުމުގެ ފުރުސަތު ގެއްލިދާނެތީއެވެ. ނަވާއާ ވަކިން އަހަރެން އުޅޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟ އަހަރެން ތެދަށް ބުނެފިއްޔާ ނަވާ ބުނާނެ އެއްޗެއްގެ ގޮތެއްވެސް އެނގެނީކީ ނޫނެވެ. އަހަންނަށްވުރެ މާ މޮޅު މާ ފުރިހަމަ ކުދިންގެ ހުށައެޅުންތަކަށް އޭނާ ވަނީ ފާޅުގައި ދެކޮޅު ހަދާފައެވެ. ދެން އަހަރެން ކަހަލަ އެއްވެސް މީހަކަށް ނުވާ ކަހަލަ ކުއްޖެއްގެ ހުށައެޅުމަށް އޭނާ އާބަސް ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ ހަމަހިލާ އަހަންނަށް ނަވާއާ ކުރިމަތިލާކަށް ނުކެރޭނެއެވެ. އެކަމަކު ހަމައެކަނި އެކުވެރިއެއްގެ ގޮތުގައި ހުރުމަކީވެސް ކިހާ ވޭންދެނިވި ކަމެއްކަން އެނގޭނީ ހަމަ އަހަންނަށް ދޯއެވެ. ނަވާގެ ދުލުން އަހަންނަށް ” ބަޑީ ” ކިޔާފައި ގޮވާލާ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް ތަދުވެއެވެ. އެންމެ ފަހުން ވަރަށް ވިސްނުމަށްފަހު އަހަރެން ނިންމީ ނަވާއަށް ލޯބި ހުށައަޅާށެވެ. ލަދަކާ ހުރެ ތަދެއް ނުފިލާނެ ވިއްޔާއެވެ.

ވަރަށް ތައްޔާރުވުމަށް ފަހު އަހަރެން ނަވާއަށް ލޯބި ހުށައެޅީ މޭރީ ބްރައުން އަށް ޑިނަރ އަކަށް ގެންގޮސްފައެވެ. އަހަރެން ދިޔައީ ލޯގަނޑު ކުރިމަތީ ހުރެ ދައްކާނެ ވާހަކަތައް ޕްރެކްޓިސް ކޮށްގެން ނަމަވެސް ރީތީގެރާނީއެއް ފަދަ ނަވާ ފެނުމުން ބުނަން އައި ވާހަކަވެސް އަހަރެން ހަނދާން ނެތުނެވެ. އަތްފައި ފިނިވެ މީހާ ދާހިއްލަން ފެށީ ވެފައި އިން ހާހެއްގެ ބޮޑުކަމުންނެވެ. ކުރަން މިއުޅެވެނީ އަހަރެންގެ މުސްތަޤުބަލުގެ ބާއްޖަވެރިކަން ނުވަތަ ނޫންކަން ނިންމާނެ އެންމެ މުހިންމު ކަމެވެ. ތުރުތުރުއަޅައަޅާ އޮތް އަޑަކުން އަހަރެން ނަވާދެކެ ލޯބިވާ ވާހަކަ ބުނީ އިސްޖަހައިގެން އިނދެއެވެ. އަދި ހާސްވެފައި އިންވަރުން ރައްޓެހި ވާނަންތޯ އެހުނީ ވެސް އަވަސް އަރުވާލާފައި އެއްނޭވާއިންނެވެ. އެވަގުތު ކުރެވުނު އިޚުސާސްތައް ޚުދު އަހަންނަށް ވެސް ނޭނގުނެވެ. ނަވާވެސް އިނީ އަހަރެންގެ ކެރުންތެރިކަން ފެނި އަންތަރީސްވެފައެވެ. އުފާވީ އެތައް ދުވަހަކު ބުނަން އުޅެ ބުނަން ނުކެރުނު ވާހަކައެއް ބުނެވުމުންނެވެ. ނަމަވެސް ނަވާގެ ޖަވާބެއްގެ އިންތިޒާރުގައި އިންއިރު ހިތް ދިޔައީ ރޯމަހެއްހެން ތެޅެމުންނެވެ.

އިރުކޮޅަކަށް ފަހު ނަވާ ދިން ޖަވާބު އަހާފައި އަހަރެންގެ ހިތް ހީވީ މޭފަޅާފައި ނިކުތް ހެންނެވެ. ނަވާއަށް ޖަވާބު ފުރިހަމަ ނުކުރެވެނީސް އަހަންނަށް ފުންމައިގެން ތެދުވެ ހަޅޭއްލަވައިގަނެވުނުއިރު މި އިނދެވުނީ ނުދަންނަ އެތައް ބަޔެއް ތިބި ތާކު ކަން ހަނދާންވެސް ނެތެވެ. ނަވާގެ ދުލުން އަހަރެން ދެކެ ލޯބިވާ ވާހަކައާއި ރައްޓެހިވާން އެއްބަސް ކަމަށް ބުނުމުން އަހަންނަށް ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް މިލްކު ވީހެންނެވެ. އަހަންނަށް ފުރަތަމަ ވެސް އަހާލެވުނީ އަހަރެން ފަދަ ހުތުރު ކުއްޖެއް ދެކެ އޭނާ ލޯބިވި ސަބަބެވެ. އެ ސުވާލަށް ނަވާ ދިން ޖަވާބު އިވިފައި އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. މީހެއް ރީތިވާނީ އެމީހެއްގެ ސިފައިން ނޫންކަމަށާއި އަޚްލާގުން ކަމަށް ނަވާ ބުނުމުން އަހަންނަށް މި ލިބުނީ އަގުބޮޑު ޖަވާހިރެއް ކަން ވިސްނުނެވެ.

ނަމަވެސް ކަންތައްވީ އަހަރެން އުންމީދު ކުރި ގޮތަކަށް ނޫނެވެ. އަަރެން ހީކުރީ ނަވާގެ ލޯބި ޙާސިލް ވުމުން އަހަރެންގެ ދިރިއުޅުން ފުރިހަމަވީ ކަމަށެވެ. މައްސަލަތަކުގެ ނިމުން އައި ކަމަށެވެ. އެކަމަކު ނަވާއާ ރައްޓެހިވުންވީ އަހަރެންގެ ޙަޔާތަށް މުޅިން އާ މައްސަލަތަކެއްގެ ދިރުން ގެނުވި ކަމަކަށެވެ. އަހަންނާ ނަވާ ފެންވަރުގެ ގޮތުން ނުގުޅޭތީ އެކުވެރިންގެ މަލާމަތް އަހަރުމެނަށް ރައްދުވިއެވެ. އެއްބަޔަކު އަހަރެން ނަވާއާ ރައްޓެހިވީ ގަދަކަމުން ބިރުދައްކައިގެން ކަމަށް ބުނާއިރު އަނެއް ބަޔަކު ބުނަނީ ނަވާ ފަދަ ވިސްނޭ ކުއްޖަކު އަހަންނާ ގުޅިގެން ގިނަ ދުވަހު ނޫޅޭނެ ކަމަށެވެ.

މިވާހަކަ ތަކުން އަހަންނަށް ކިތަންމެ އުނދަގޫވި ނަމަވެސް ނަވާއާ ދުރުވާކަށް އަހަރެން ނޭދެމެވެ. އެހެން ނަމަވެސް އެންމެ ގާތް އެކުވެރިންގެ ފުރައްސާރައަށް އަހަންނަށް ކެތްކުރެވުނީ ދުވަސްކޮޅަކަށެވެ. އަހަރެން ޑްރަގް ނަގަން ފެށީ ނަވާ އަހަންނާ ރުޅިވާން ބޭނުންކަމަށް ބުނެފައި އިން ނޯޓެއް ލިބުމުން އެ ހިތާމައަށް ކެތްނުވެގެންނެވެ.

އަހަރެން ޑްރަގް ނަގަން ފެށިތާ މާ ގިނަ ދުވަހެއް ނުވެ އެއީ ނަވާ ލިޔުނު ނޯޓެއް ނޫން ކަމާއި އެކުވެރިއަކު ކޮށްލި ޖެއްސުމެއްކަން އެނގުނެވެ. އޭރު ނަވާ ވީ ރާއްޖޭން ބޭރަށް ކިޔަވަން ގޮހެވެ. ނަވާ ނެތުމުގެ ފަޅުކަން އަހަރެން ދިޔައީ ކިތަންމެހާވެސް ބޮޑަކަށް އިޚުސާސް ކުރަމުންނެވެ. ޑްރަގާ ދުރަށް ދާން ކިތަންމެ ދާން ބޭނުންވި ނަމަވެސް އަހަންނަކަށް އެހާ ހިއްވަރެއް ނުލިބުނެވެ. އަހަރެން އެޔަށް ދެވިހިފީއެވެ. މިވަގުތު ނަވާ އަހަރެންގެ ކައިރީގައި ވީނަމަ އެ ވަބާއިން ދުރަށް ދާން އެހީތެރިވީސްކަން ގައިމެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އަހަރެން ހަމަ ރަނގަޅަށް ވެސް ޑްރަގްގެ ޝިކާރައަކަށް ވީއެވެ.

ނަވާއަށް ޙަޤީގަތް ފަޅާއެރީ އޭގެ 2 އަހަރު ފަހުންނެވެ. އޭރު އަހަރެންވީ ރަނގަޅަށް ވެސް ޑްރަގާ ވަކިނުވެވޭވަރު ވެފައެވެ. ވަގަކަށް ހާސް ދުވަހޭ ވެރިއަކަށް އެއް ދުވަހޭ ބުނާ ބަހުގެ މާނަ އަހަންނަށް ވިސްނުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. ނަވާ އަހަރެން ދޫކޮށްލާފައި ދިޔައީ އަހަންނަށްޓަކައި މުޅި އުމުރަށް މަޑުކުރާނެކަމަށް ބުނެފައެވެ.

އަހަންނަށް ވިސްނުނީ ދެނެވެ. ނަވާއަށްޓަކައި ރަނގަޅުވާން
އަހަރެން ގަދައަޅައި މަސައްކަތް ކުރީމެވެ. އަދިވެސް އަހަރެންގެ މި ޢަޒުމަކަށް ލޮޅުމެއް ނާދެއެވެ. ވަރަށް އަވަހަށް އަހަރެން ރަނގަޅު ވާނަމެވެ. އަދި ނަވާ އަހަރެންގެ ޙައްގަކަށް ހަދާނަމެވެ. މީ އަހަރެންގެ ނަފްސަށް ކުރާ ވަޢުދެކެވެ.

Comments (24)

  1. Amee

    Vrhvrh reethi…
    yeyy..me first

    1. Roxana
      Amee

      Hehe yhh even b4 me ?? cngra amee ?? thnkew buddy vvvv ufr vhje vaahaka kamudhiaiima ???

  2. Nanni

    wowowowowo buddy. the idea was terrific…….. it wwas just splendid.. go girl…… show what u can do. keep the gud work Roxana

    1. Roxana
      Nanni

      Hehe awwn thnkew buddy ??? jst lve the lvely cmmnt vvvvvvv hpy vaahaka kamudhiaiima ??

  3. eekko

    vvv nice

    1. Roxana
      eekko

      Thnkeww eeekko ?? real hpy vaahaka kamudhiaiima ????

  4. Roxana

    Salaaam readers ?? eid mubarak hurihaa kudhinn ?? miothy roxy ge ehn vaahaka ehvx up kollrfa hpe u all like it ?? as always mifaharu vx cmmnt khlrfa mistkes buneladhehchey nge ?? kbr khnh hurhr kudhn dhekeny mi vaahaka aa medhu rythi thr?? ??

  5. Nunnu

    Eid mubarak
    Vv reethi story eh mee

    1. Roxana
      Nunnu

      Eid mubarak to u too nunnoo ?? vv ufr vhje stry kamudhiaiima ??

  6. lotus

    V habeys???

    1. Roxana
      lotus

      Thnkew lotus buddy ????? real glad vaahaka kamudhiaiima ???

  7. Z

    So cute. True story?

    1. Roxana
      Z

      Hehe dnt knw ?? thnkew vv ufr vhje vaahaka kamudhiaiima ??

  8. No one

    Alheyy this story is awesome dear… Hama speechless♥️♥️… Keep it up

    1. Roxana
      No one

      Awwn thnkew my dear buddy ?? vvvvv hpy vrhaka kamudhiaiima ??

  9. rish

    vrh salhi igy

    1. Roxana
      rish

      Awn thnkew rish sissy vvv hpy vaahaka kamudhiaiima ???

  10. Livee

    Nice story masha allah

    1. Roxana
      Livee

      Thnkew livee buddy ?? vv ufr vhje vaahaka kamudhiaiima ?????

  11. unique

    vvv reethi …. just luv it mihaar ge haalaih dhw ahahaha

    1. Roxana
      unique

      Hehe yhh ?? thnkew unique dear vvvv ufr vhje vaahaka kamudhiaiima ??

  12. ?✨

    Salhi konmeyakas…?❤

    1. Roxana
      ?✨

      Hehe thnkew buddy vvvv ufaa vhje vaahaka kamudhiaiima ???

  13. Zidhan Mohamed

    The best thing exists in the world is you. Btw story vess hama v best. Ly.. missvey. ??

Comments are closed.