އާދޭސް ކުރާ ހިތްވޭ ރޮމުން (42)
“އައިލީ ބޭނުންވަނީ އަހަރެން އައިލީ ވަރިކުރަންތަ؟” ރާސިލް އެންމެ ފަހުން ގައިގައި ހުރި ހިތްވަރެއްލާފައި އަހާލިއެވެ. އައިލީޝް ގެ މުޅި ދުނިޔެ އެނބުރި ގަތް ފަދައެވެ.
ރާސިލް ބޭނުންވަނީ އެ ގޮތް ކަމުގައިވާނަމަ އޭނާ ވަކި ކުރާނީ ކީއް ހެއްޔެވެ؟ ހެދޭނެ ވަކި ގޮތެއް އޮވެދާނެ ހެއްޔެވެ؟. ވަރީގެ ވާހަކަ އެ ދެއްކީ ކީއްވެބާއޭ އައިލީޝް ގެ ހިތަށް އެރިއެވެ. ރާސިލް މިހާރު އޭނާ އާ އެކީ އުޅެން ބޭނުން ނުވަނީ ހެއްޔެވެ؟. އޭނާ ދެކެ ފޫހި ވީހެއްޔެވެ؟. ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. ރާސިލް ގެ އަމަލް ތަކަކުން އޭނާ އަށް އެހެން އިހްސާސް އެއްނުވެއެވެ. އެ އަމަލް ތަކުގައި ވަނީ ލޯތްބެވެ. ހަމްދަރުދީއެވެ. ހިތްހެޔޮކަމެވެ. އޯގާތެރިކަމާއި ކުލުނެވެ.
ރާސިލް ބުނި އެ ތި ގަބޫލް ނުކުރެވިފައި އެތަށް އިރަކު ޖެހި ބުދެއްހެން އައިލީޝް އިނެވެ. ރާސިލް ދެންވެސް އައިލިޝް ގެ އަތުގައި ހިފާލާފައި އެއަތަށް ފިތާލިއެވެ.
“އައިލީ… ޕްލީޒް… ކޮންމެވެސް އެއްޗެއް ބުނެބަލަ” އޭރުވެސް ރާސިލް ގެ ހިތް ބާރަށް ތެލެމުން ދިޔައީ އައިލީޝް ދޭނޭ ޖަވާބެއް ނޭނގޭނެތީއެވެ.
އައިލީޝް ލޯ މަރާލާފައި ބޯ ޖަހާލިއެވެ. އެވަގުތު ރާސިލް ގެ ހިތް ހުއްޓުވުހެން ހީވިއެވެ. ދެލޯ ބޮޑު ކޮށްލެވުމާއެކު އޭނާ އަށް ވަގުތުން އައިލީޝް ގެ އަތުން ދޫކޮށްލެވުނެވެ. ރާސިލް ގެ އަތުތެރޭގައި އޮތް އައިލީޝް ގެ އަތް ނެއްޓުނުހެން ހީވުމާއެކު އައިލީޝް ލޯ ހުޅުވާލާފައި ބަލާލިއެވެ.
އޭރު ސީދާ އޭނާގެ ލޮލަށް ބަލަން އިން ރާސިލް ފެނި އޭނާ އަށް ވެސް ރާސިލް އިން ނަޒަރު ވަކި ކޮށްލެވޭ ގޮތެއް ނުވިއެވެ.
“އަސްލުވެސް ތަ އައިލީ ބޭނުންވަނީ ތި ގޮގޮތްތަ؟” ފުރަތަމަ ފަހަރު ރާސިލް ގެ އަޑު އައީ ކިތަންމެ މަޑުން ކަމުގައި ވިނަމަވެސް އެ އަޑުގައި ވި ރިހުމާއި ހިންހަމަ ނުޖެހުން އައިލީޝް އަށް ވެސް ފާހަގަ ކުރެވުނެވެ.
“އައިލީ ބޭނުންވަނ ތި ގޮތްހޭ؟” ރާސިލް އެންމެ ފަހުން ގޮނޑިން ތެދުވެ އައިލީޝް އާ ފުރަގަސްދީ ދެވަނަ ފަހަރު ސުވާލު ކުރިއިރު އެ އަޑުބާރުވެފައި ވިއެވެ. ހިސާބެއްގެ ރުޅިވެރިކަމެއް ވެސް އެ އަޑުގައި އެކުލެވިގެން ވިއެވެ. މިކަމުންވެސް އައިލީޝް އަށް އިތުރު ހައިރާން ކަމެއް ލިބިގެން ދިޔައެވެ.
“އައިލީ އަށް ހީވަނީ އައިލީ އެކަނިޔޭ ދެރަވަނީ… އަހަރެން ނުވެޔޭ… ހަތަރު އަހަރު އައިލީ ގެ އިންތިޒާރުގަ އަހަރެން ހޭދަ ކުރިއިރު އައިލީ އަށް އެކަން އިހްސާސް ނުވިތަ؟ އެކަން އިހްސާސް ނުކުރެވޭތަ؟. އަހަރެން ލޯބިވާވަރު އިހްސާސް ނުކުރެވޭތަ؟. އައިލީ… އެހެންވެތަ ޑިވޯސް ޕޭޕަރުތަށް ނެގީ… ވަރީގެ ފޯމް ނެގީ… އައިލީ އަމިއްލައަށް އަހަރެން ގާތުން ވަރިވާން ބޭނުންވަނީ… އަހަރެން ނަށް ކުރިން ކުށް ކުރެވުނު ކަން އެނގެޔޭ އައިލީ… އެކަމަކު އެކަމާ ދެރަވެ މާފަށް އެދެން ވީ ކިތަށް ފަހަރުތަ؟ އަންޖުމް އާ އަހަރެން ވަކި ނުކުރޭ އައިލީ… އަހަރެން ނަކަށް އެ ދަރިފުޅާ ނުލާ ނޫޅެވޭނެ. އެ ދަރިފުޅު އަހަރެންނާ ދުރު ނުކުރޭ… އައިލީ ނެތް އިރު ހަމައެކަނި އަހަރެންގެ އުންމީދު ތަށް އާ ކޮށްދިން ފަރާތް އެއީ… ދިރިއުޅެން އިތުރު މަގްސަދެއް ހޯދައިދިން ފަރާތް އެއީ… އައިލީ ނެތުމުން ލިބުނު ފަޅުކަން ފޫބައްދައިދިނީ ހަމައެކަނި އެ ދަރިފުޅު އައިލީ… ދެން ކީއްވެ… ތިހެން ނަހަދާ އައިލީ… އައި ނޯ… އައިލީ ދެރަވާނެކަން ހާރޓް ވާނެކަން ވެސް… އައި ނޯ… އަހަރެންނަށް ބުނެވުނު ކަންވެސް އައިލީ ބޭނުންނަމަ އަހަރެންނަށް އެ ގޮތަށް ކަންތަށް ކުރެވޭނެޔޭވެސް އެކަމަކު ވެސް… އެކަމަކުވެސް މިހާރު އެހެން ހިތަށް އެރީމަ ހަމަ ކެތެއްނުކުރެވޭއައިލީ… ނޭނގެ ވާ ގޮތެއް… ހާދަ ދެރަވެޔޭ… ޕްލީޒް އައިލީ” ރާސިލް އެނބުރިފައި ވާހަކަ ދެއްކަމުން ދިޔައިރު އައިލީޝް އަށް އަންނަމުން ދިޔަ ބަދަލް ތަށް ވެސް ފާހަގަ ކުރަން އޭނާ ނުކުޅެދުނެވެ. ފުން ނޭވާއެއްލަމުން ބޮލުގެ އިސްތަށިގަނޑު ގެ ތެރެއަށް އަތް މަހާލިއެވެ. އޭރު ލޮލުގެ ތެރެއަށް ކަރުނަތަށް ޖަމާވެފައި ވިއެވެ.
އައިލީޝް އަށް އަންނަމުން ދިޔަ ބަދަލް ތަށް ފުރިހަމައަށް ދެނެ ނުގަނެވެ އުޅެނިކޮށް އޭނާ އަށް ފެނުނީ އައިލީޝް މޭގައި އަތް އެޅިތަނެވެ. ތެދިން ފަހަރު ފުން ނޭވާއެއް ލުމާއެކު އޭނާ އަށް ވީ ގޮތް އެނގުނު ކަހަލައެވެ. އެދިމާލަށް ދެވުނީ ދުވެފައި ކަހަލަ ގޮތަކަށެވެ.
“އައިލީ ވަޓް ހެޕެންޑް” ރާސިލް ބުނެލިއެވެ. އޭރު އެއަޑުގައި ހާސްކަމެއް ވިއެވެ. ވެވުނު ޖަޒުބާތުގައި އައިލީޝް އާއި ދިމާލަށް މާ ބޮޑަށް އެއްޗެހި ކިޔުނީ ބާއޭ ރާސިލް ގެ ހިތަށް އެރިއެވެ. ޑޮކްޓަރު އިރުޝާދު ދީފައި އޮތީ އައިލީޝް އަށް އެހާ ބޮޑަށް ވިސްނަން ކަންތަށް ތަށް ނުދިނުމަށެވެ. މީހާވެސް ގިނައިން ހިންހަމަ ޖައްސައިގެން ގެންގުޅުމަށެވެ. އެކަމުން އައިލީޝް ގެ ރިކަވަރީ އަށް ހުރަސް އެޅޭނޭ ކަމަށް ޑޮކްޓަރު ވަނީ އިރުޝާދު ދީފައެވެ.
އެވަގުތު ރާސިލް އށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ. އޭނާގެ ސަބަބުން އައިލީޝް އަށް ކަމެއް ވެއްޖެނަމަ ދުވަހަކުވެސް އަމިއްލަ ނަފްސަށް މާފެއްނުކުރެވޭނެއެވެ. މިހާރުވެސް އޭނާ އަމިއްލަ ނަފްސު ދެކެ ރުޅި އަންނަނީ ކުރިން އައިލީޝް އާ މެދު ކަންތަށް ކުރެވުނު ގޮތުންނެވެ.
ނިކަންއަވަހަށް ނަރުހަށް ގޮވާލުމަށްފަހު ރާސިލް އައިލީޝް ގާތަށް އައެވެ. ނަރުސް ކުއްޖާ އައިސް އައިލީޝް އަށް އޮކްސިޖަން ގުޅާލާފައި އިންޖެކްޝަނެއް ޖަހާލުމާއެކު ނިދިއްޖެއެވެ. އެ ހުރިހާއިރު ރާސިލް އައިލީޥް ގާތު އިނެވެ. އެންމެ ހިނދު ކޮޅަކަށް ވެސް އޭނާ އައިލީޝް އާ ދުރަށް ނުދެއެވެ. އައިލީޝް އަކީ މިހާރު އޭނާ އެންމެ ލޯބިވާ އެއް ފަރާތް ކަމުގައިވަނީ ވެފައެވެ. ހަމަގައިމުވެސް އައިލީޝް އާއި އޭނާ އާއި ދުރުވާކަށް އޭނާ ނޭދެއެވެ. އެއަށް ވުރެ ބޮޑަށް އެ ހިތުގައި ލޯބި ވެއެވެ.
ރާސިލް އަށް ވެސް އެނދުގެ ކައިރީގައި އިނދެގެން ނިދުނީއެވެ. އުޅުނު ލެތް ބުރަކަމުންނާއި ކުރަން ޖެހުނު ކަންތަށް ތަށް ވެސް ގިނަވީމައެވެ.
އިޒިކް އާއި މުސްކާން އާއި ދެމީހުން ވެސް އެކަނިވެލާނޭ ފުރުސަތެއް ލިބުނީ އެރޭ ޝިފާއާއި ދާނިޝް އާއި ދެމީހުން ދިޔުމުންނެވެ. އިޒިކް މުސްކާން އަށް ބަލަހައްޓައިގެން އިން އިރު އޭނާގެ ހިތުގައިވެސް ތަފާތު ޝުއުރުތަށް ދައުރުވަމުން ދިޔައެވެ. ކައިވެނީގެ ވާހަކަ މުސްކާން ގެ ގާތުގައި ދައްކަން އިޒިކް ކިތަންމެ ހާވެސް ބޭނުމެވެ. ގިނަ ދުވަހު ކައިވެނި ނުކޮށް އުޅޭކަށް އިޒިކް ބޭނުމެއް ނުވެއެވެ.
“މުސްކާން… އަހަރެން ބޭނުން މެރީ ކުރަން…. އެނގޭ ވަރަށް އަވަސް ކަން… އެނގޭ މުސްކާން އަށް ތައިމް ވެސް ބޭނުންވާނޭކަން އެކަމަކުވެސް… އަހަރެން ބޭނުންވަނީ އަވަހަށް ކައިވެނި ކުރަން މުސްކާން… ގިނަދުވަހު މިހެން އުޅޭކަށް ބޭނުމެއްނޫން… މުސްކާންގެ ދޮންތަ ހުއްޓާ މުސްކާން އަށް ދެން އެ ގެއަށް ފިޔަވަޅެއް ވެސް އެޅޭނެހެނެތް ހިޔެއްނުވޭ… އަހަރެން ހިތަށް ބއެއްފަހަރު އަރާ އަޅެ މުސްކާން ދޮންތަ އާއި އެކީ ދޮންތަބޭ އާ އެގޭ ކޮއްކޮ އެ އުޅެނީ ކިހިނެތްބާއޭ… ހެހެ ހާދަ ކެތް ގަދައޭ ދޯ… މުސްކާން… މެރީ ކުރުމަށް ފަހުވެސް އަހަރެން މުސްކާން ބޭނުން ވާ ގޮތަށް ކަންތަށް ކޮށްދޭނަން… މުސްކާން ބޭނުންވާ ގޮތަށް އަހަރެން މުސްކާން އަށް ޓައިމް ދޭނަން… ބޭނުވާ ފުރުސަތުތަށް ފަހިކޮށްލަދޭނަން… މުސްކާން އަށް އެހީވާނަން… އެއްވެސް ކަމަކަށް އަވަސް އަރުވާ ލައިގެން އަހަރެން ނޫޅޭނަން… މުސްކާން ބޭނުން ވަރަކަށް ޓައިމް ދޭނަން… އެޖަސްޓް ވާން… މި މާހައުލަށް ހޭނެން… ދިރިއުޅުމަށް ހޭނެން… އައި ނޯ މުސްކާން އަށް އުނދަގޫ ވާނެކަން މީހަކަށް އިތުބާރުކުރަން… އެނގޭ އެއީ ކީއްވެގެން ކަން ވެސް… އެގޮތަށް ކަންތަށް ދިމާވެފަ ހުންނަ ކުދިންނަށް އާއްމުކޮށް ވާ ގޮތެއް އެއީ އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރު ނުހުންނާނެ… އެކަމަކު އައި އެމް ޝުއާރ މުސްކާން އެކަމުން ފުރިހަމަ އަށް އަރައިގަންނާނޭކަން…” އިޒިކް ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އެ ހުރިހާ ވާހަކައަކީވެސް އޭނާ މުސްކާން ދެކެ ވާ ލޯތެއްބެއް ގެ ބޮޑުކަމުން އެ ހިތް ހިންމަހަޖައްސުވައިދޭން ދެއްކި ވާހަކަތަކެވެ.
“އަހަރެން… ނަކީ ބްރޭވް ގާރލް އެއް އިޒިކް…” މުސްކާން އަހާލީ ބޮޑަށް ވާހަކަ އަކަށް ވުރެ ބޮޑަށް ސުވާލެއް ގޮތަށެވެ.
“ޔާ… މުސްކާން އަށް ކުރިން މާނިއު އާ ކުރިމަތިލާން ނެރޭތަ؟ އޭނާ ފެންނަ އިރަށް ނޭވާ ކުރުވެ މީހާ ހާސްވެ ކަންބޮޑުވެ އަތް ފައި ފިނިވެ ކުރާނެ ކަމެއް ނޭނގި ހުންނަނީ… އެކަމަކު މިހާރު ބަލާބަލަ… އޭނާ އާ ކޮންމެ ދުވަހަކު ތި ކުރިމަތިލަނީ… ކިހާ ބްރޭވް ވީމަ އެއީ” އިޒިކް ކުޑަކޮށް މުސްކާން އާއި ސަމާސާ ކޮށްލަމުން ބުނެލިއެވެ.
އެކަމުން މުސްކާން ގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.
އިޒިކް ވެސް ހިނިތުންވެލިއެވެ.
“އެއީ ހަމ އިޒިކް ގެ ސަބަބުން ވީ ކަމެކޭ” މުސްކާން ގެ ޖުމްލައިން އިޒިކް ގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ.
“އެހެންތަ؟ އެހެންވީމާ… ދެން… މުސްކާން ކުރަންވީ ކަމަކީ…. މެރީ މީ މުސްކާން” އިޒިކް އެންމެ ފަހުން ބުނެލިއެވެ.
ސާބަހޭ އިޒިކް” ފަހަތުން އިވުނު އަޑާއެކި ދެމީހުންނަށް ވެސް ސިހިފައި ފަހަތް ބަލާލެވުނެވެ. އެވަގުތު ބައްތިރީސް ދަތް ދައްކައިގެން ހެވިފައި ޝިފާ ހުއްޓެވެ.
“މި އިޒިކް އަކަށް ނޭނގޭނެ ރޮމޭންޓިކް ކޮށް ކަމެއް ކުރާކަށް ހުއް… އަދި ތަޅުލައިގެން ތިބި ނަމަ ތިހާ ލޯބި އިޝްގީ ވާހަކަދައްކަން ހެހެ” ޝިފާ ހީގަތެވެ. އިޒިކް އަށް ބޯ ކަހާލެވުނީއެވެ.
“ހޫމް ހެވޭ ކީއްކުރަން ތި އައީ…” އިޒިކް އަހާލިއެވެ.
“ފޯން ބާއްވާފަ ދެވުނީނަ” ޝިފާ ހިނގައިގަންނަމުން އިޝާރާތް ކުރީ ސޯފާމަތީގައި އޮތް ފޯނަށެވެ. އޭނާ އައިސް އެ ނަގައިގެން ދަމުން ވެސް ދިޔައީ އިޒިކް އާ ދިމާލަށް އެއްލޯ މަރާލައިގެންނެވެ.
“ޔެސް އިޒިކް” މުސްކާން ޖަވާބު ދިނެވެ.
“ކީކޭ” އިޒިކް އަށް އަހާލެވުނެވެ.
“މިބުނީ އަހަރެންގެ ޖަވާބަކީ ޔެސް އޭ” މުސްކާން އެހެން ބުނެލިއިއު އެ ދެކޯތާފަތަށް ޖަންބުކުލަ އަރާފައި ވެއެވެ.
ރޭގަޑު އަތަށް އެޅެމުން ދިޔއިރު އައިލީޝް ގެ ހާލުވެސް ރަނގަޅުވެގެން ދިޔައެވެ. އޮކްސިޖަން ނައްޓާލާ ކުރިން އިތް ހާލަށް އައެވެ.
އޭނާ ގެ ސަމާލް ކަން ހުއްޓުނީ ދޮރުހުޅުވާލާފައި ވަތް ދާނިޝް އާއި ޒީޝާ ފެނިފައެވެ. ރާސިލް ވެސް އައިލީޝް ގެ ބޮލުގައި ފިރުމަ ފިރުމަން އިނދެފައި އެ ދިމާލަށް ބަލާލީއެވެ.
ދާނިޝް އާއި ޒީޝާ އާއި ދެމީހުން އެކަކު އަނެކަކު ގެ އަތާ އަތް ގުޅާލައިގެން ތިބިއިރު ދެމީހުންގެ ލޮލުގައިވެސް ތަފާތު ވިދުމެތް ވިއެވެ.
“އައިލީ ކިހިނެތްތަ؟” ޒީޝާ އަހާލިއެވެ. ވާހަކަ ދެއްކިއިރު އޭނާ ހަރަކާތް ވެސް ކުރިއެވެ. “ރަނގަޅުތަ؟” ޒީޝާ ދެވަނަ ފަރުވެސް އިޝާރާތާއެކީ ވާހަކަ ދައްކަމުން އަހާލީ އައިލީޝް ޖަވާބެއް ނުދިނުމުންނެވެ. އޭނާ އަށް ދެން ނަޒަޒު ހުއްޓާލެވުނީ އައިލީޝް ގެ ކަޅި ހުއްޓިފައި ވާ ދިމާލަށެވެ. ދާނިޝް ގެ އަތު ތެރޭގައި އޮތް ޒީޝާގެ އަތަށް ނަޒަރު ހިއްޓައި ލައިގެން އޮތް އައިލީޝް އޮންނާނީ މިހާރު ސުވާލު ފޮއްޓެއްގެ ތެރޭގައި ބަންދުވެފައި ކަން ވެސް އޭނާ އަށް އެނގެއެވެ.
އެހެންކަމުން ހިސާބެއްގެ ޖެހިލުން ވުމަކާއެކު އޭނާ އެ އަތް ދަމައިގަންނަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ދާނިޝް އެ އަތުގައި ހިފައްޓާފައި ހުރި ލެތް ބާރުކަމުން އޭނާ އަށް އެކަން ކާމިޔާބެއް ނުވިއެވެ.
“އައިލީ…. ކިހިނެތްތަ؟” ދާނިޝް އެ ހުރި ގޮތަށް ހުރެ ކުރިއަށް ފިޔަވަޅު އަޅަމުން ބުނެލިއެވެ.
“ޑޮންބޭ ތީ ކޮންކަމެއް؟” އައިލީޝް ދާނިޝް ގެ ލޮލަށް ބަލާލަމުން އަހާލިއެވެ. އިޝާރާތުންނެވެ.
“އައިލީ ވީ އާރ މެރީޑް… ދިޒް އިޒް މައި ވައިފް” ދާނިޝް އިއްވާލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
34 Comments!
Comments are closed.








am i first
EID MUBARAK Hi Mi n all
Yey me first tha? Eid mubarak hi mi doonee. .??????.
Assalaam Alaikum. kobaa kihinetha hurihaa kudhin. EID MUBARAK… barakaai theri fithr eid ge heyo edhumaa thahuniyaa enmehaa lobuvethi ahunaai ukhthunnah aris kuran. nimigen midhiya ramalaan mahaki varah amaan omaan kamaaeku kuriah dhiya maheh kamah ummeedhu kuramun adhi e massaraki thiya enmehaa lobivethi ahunaani ukhthunnah ves baajjaveri massareh kamugai v kamah unmmeedhukuran. e massaruge enme furhimana savaabaai dharuma libey bayaku kamugai alhamen lavvaashi. aameen.
Eid Mubaarak.
Jazakillah Khairan. :):):)
aameen……..
Woah
vvvvvvvvvvvvvvvv reethi hama osm i luv it…. hi mi ur the best writer just luv it… ly
Himi haadha kurey mi part 🙁 anekkaa story ah vadhevifa huri varun hervi goihbaa ?? varah reethi ?
Aameen eid mubarak v reethi mibaives love you ❤ ❤ ?,
Wooooow….eid mubarik ???❤❤
Woww ???… Mi part vx v v v reethi ???❤️❤️❤️??????… Alhey Hi Mi ailee n raasil dhurunukurahchey please please ?????… Kaakubaa dhw divorce paper ethanuga beyvee??? ???… Maybe zee… ???… Ailee ge reactions kihineh baa hunnaanee dhaanish ehen bunyma??? So curious to know that… Hehe ???… Haadha kiyaahithun indhaey e nimuny… Izik n muskaan ge baivx v v v reethi ❤️❤️❤️?????????… Muskaan yes bunyma v ufaavehje ???… Story hama v v v interesting n ehaame reethi ❤️❤️❤️????????????… Keep up the good work Hi Mi ???????????????❤️❤️❤️… U are the best ??????????????????❤️❤️❤️… Lots of love Hi Mi n Eid Mubaarak ❤️❤️❤️❤️…
Woooooooooow mi partves Masha Allah vvvvv reethi?????❤???????⚘himi dhooni eid mubarak???????????hellow himi darlin vvvv dheravey abadhu rasil roathy dhen aily aa rasil ufaavaane kameh koh dheeber himi mi part ves vvvv furihama??????????????waiting next part dben oi part vvvvv reethivaane❤❤❤❤❤❤❤❤❤❤mis u?
Eid ,mubarak himi
Adhi mi vaahakaige kiyuntherinnah ves eid mubarak
Ufaaveri fitr eid aka edhen
Vv reethi mi part
Ekam Thankolheh kuree
Aily v ufaavaane dho
Kihineh baa vanee Aily and raasil ah
I hope e dhemeehun vaikkeh nuvaane
When next part
haadha kurey.. but varah reethi mi baives <3..ly
maa kiyaahithun kiyaaleema heevi goii kamavvees vedhaane… umm, whn are u gonna upload the next episode?? cant wait..hehe… eid mubaaric nd luv u a lott…<3
Eid Mubarak story varah habeys
Mi part haadha kurey so sad. But story v nice. Hi mi adhi ves baleetha? Eid mubaarak
Eid mubaarik hi mi.hey hi mi koba 42
Varah reethi mipart ves……dhen konirakun up vaanee…. ??? hi mi dhooni Eid Mubarak
Masha allah v v reethi story… EID MuBAARAK himi
Varah salhi story.. And Eid Mubarak all… May Allah bless all of u…
Eid mubarik hi mi. story varah reethi. divorce paper ge hageegatheh neyngunu dhw miharu. waiting for the next part. love it
Eid Mubarak HiMi ??vv habeys mi part..?❤️❤️?????:-P??? Divorce parts paper ge hageegatheh nengunu. Dhw.. ???????waiting for the next part…. ❤️❤️????????❤️❤️?
i guess divorce paper eii hishmaa ge kameh hen ….. she want to get divorce with zaahidh
Miadhy kon time aku story kiyaalan libeyny?
Koba himi next part
Unique is first
Try next time anonymous
Hi mi where are you.
you are not even rplying to our comments. Is everything ok? Please update a new episode tonight
vaahaka update vaan jehey dhuvas thaku nuveema dhn varah foohi
Hi mi kureega gavaaaidhun vaahaka update kuramun cmnt thakah rply kuramun dhany ekm mihaaru kihinehbaa mi vany so sad
Dear Hi Mi story update kuranee Sunday Tuesday and Thursday ga
Today is Saturday so please expect her to upload the story on these days.
Salaam. Story up vamun dhaani sunday tuesday and thursday ga. Himi kurin ves bunelin. Ramalaan mas ves nimumaa eku dhen inna ep in fashaigen comment thakah reply kuran ves himi fashaanan. In Sha Allah. Aslu ramazan month v ma time eh nuvi kurin v haa ginain. Plus himi ge baivatu kanthah thah ves change vumaa gulhigen. Adjust velan v ma mihen mi dhimaa v. Comment thakah reply nukureveythy vvv dheravefa mihunnaani ves. Ekm next ep in feshigen. In Sha Allah. Reply thah fenigen dhaane. Thats sunday ge part. Tomorw. Hope u will all forgive me. Thankyou. ❤?
its ok hi mi we knw u n believe on what u said so no worries heheh…….. n aslu wat ur doing is a big thing so thanks a lot… n dont be sad dear
its ok hi mi we knw u n believe on what u said so no worries heheh…….. n aslu wat ur doing is a big thing so thanks a lot… n dont be sad dear
haadha kurey