އާލިކް ގެ މަތިން ހަނދާން ކުރި ވަރަކަށް ނިއުޝާއަށް އޭނާގެ މާޒީ ލޯމަތީގައި ސިފަ ވަމުން ދިޔައެވެ. ބައެއްގެ ރޭވުމުގެ ސަބަބުން އޭނާ އެންމެ ލޯބިވީ މީހާ އަތުން ބީވެގެން ދިޔަގޮތް ހިތައް އަރާ ރޮވޭގޮތް ވިއެވެ. މާޒީ ހަނދާން ނައްތާލަން ކިތަންމެ ބޭނުން ވިޔަސް އެ ލޯބިވެތި ދުވަސް ތަކަކީ ދުވަހަކުވެސް އޭނާގެ ހިތުން ފޮހެވިގެން ދާނޭ ދުވަސް ތަކެއްނޫނެވެ. އަދި އަމުދުން އޭނާއަށް އާލިކް ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި ފޮރުވި ނިވިފައިވާ ލޯބީގެ ހުޅުކޮޅު ރޯވެއެވެ. އާލިކް ގެ ނަން އިވުނަސް ނިއުޝާގެ ހިތަށް ނޭނގޭ ގޮތް ތަކެއް ވެއެވެ. އާލިކްއާ އޭނާގެ މާޒީއާ ގުޅުމެއް ހުރީ ކަމަށް ވެސް ވެދާނެއެވެ.
ގަޑީގެ ކަށި ހަތަކާ އަރާހަމަވުމާއެކު ކުއްލިއަކަށް ސޯނާވާން ފަށައިފިއެވެ. ގަދަ ނިދީގައި އޮތް އާލިކްއަށް ހޭލެވުމާއެކު އޮތްގޮތަށް އޮވެފައި ހެޑްބޯޑް މައްޗަށް އަތްފޯރުވާލަމުން ގަޑި ނަގާ ސޯނާ އޮފްކޮއްލިއެވެ. ނިދި ނައިސްގެން އެތަކެއް އިރަކު އޮތުމަށް ފަހު އާލިކް އަށް ނިދުން އިރެއްވެސް ނޭނގެއެވެ. އެނދުން ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ މާގަނޑުން ދޫކޮއްލި ފިނިފިނި ފެންތިކި ތަކުން އެފިރިހެންވަންތަ ހަށިގަނޑު ތެންމާލިއެވެ. ލޯ މަރާލި އިރަށް އޭނާއަށް ސިފަވީ ނިއުޝާގެ ރީތި ސޫރައެވެ. ދެވަނަ ސިކުންތުގައި ހިތައް ވެރި ކުރުވި އެއްޗަކުން ލޯ ހުޅުވާލާ ރަނގަޅަށް ވިސްނާލިއެވެ. ނޫނެކެވެ. އެއީ އޭނާއެއް ނޫނެވެ. އޭނާއަށް ކިޔަނީ އެ ނަމެއް ނޫނެވެ. ސިފަ ކުޑަކޮށް ވައްތަރު ވިޔަސް އޭނާ އެހާ ހިއްކެއް ނުވާނެއެވެ. ކިތަންމެ ދުވަހެއް ފަހުން ފެނުން ކަމުގައި ވިޔަސް އެ ލޯބި އާލިކް އަށް ފާހަގަ ކުރަން އެނގޭނެއެވެ.
އެދުވަހު ނިއުޝާއައް ހޭލެވުނީ 7:45 ވާން އުޅެނިކޮށްށެވެ. އަވަސް އަވަހަށް ތައްޔާރު ވެލައިގެން އޮފީހަށް ދާން އޭނާ ނުކުތީ ސައި ވެސް ނުބޮއެ އެވެ. އޮފިސް ތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު އޭނާގެ ލޮލުގައި އަޅައިގަތީ މަޑު ނޫކުލައިގެ އަތް ދިގު ގަމީހަކާއި ކަޅު ފަޓްލޫން ސްކިނީ އެއްގައި ނުހަނު ފިރިހެން ވަންތަ ގޮތަކަށް ހިނގާފައި ދޮރާ ދިމާލަށް އައި އާލިކް އެވެ. އާލިކްގެ ކަޅި ނިއުޝާ އައް އަމާޒު ވެފައި ހުރިތަން ފެނުމުން އޭނާ އިސްޖަހާލިއެވެ. ކިތަންމެ ވަރަކަށް އާލިކްގެ މޫނަށް ނުބަލަން އުޅުން ކަމުގައި ވިޔަސް އެ ވަޒީފާގައި އޭނާ ހުންނަހާ ހިނދަކު އެ މޫނު ފެންނާނެއެވެ. އޭނާ އަކީ މިއަދުން ފެށިގެއް އާލިކްގެ ސެކްރެޓަރީ އެވެ.
ނިއުޝާގެ މަޑުމައިތިރިކަން އާލިކް އަށް ވަރަށް ކަމުދިޔައެވެ. އެހެން ނަމަވެސް އެ ހިތަކުން އޭނާ އެންމެ ލޯބިވީ މީހާ ފިޔަވާ އެހެން މީހަކަށް ދުވަހަކުވެސް ޖާގައެއް ނުދޭނެ އެވެ. އެ ކުއްޖާ ވަނީ އާލިކްގެ މުޅި ހިތް ފަތަހަ ކޮށްފައެވެ. ނިއުޝާ ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތަށް އެ ވާގޮތްތަކުން އެ ހިތުގައި މިހާރު ވަނީ ބިރުވެރިކަން އުފެދިފައެވެ.
ޗެކްކޮށް ނިމުން ފައިލްތައް ހިފައިގެން ނިއުޝާ އާލިކްގެ ކެބިންއަށް ވަނީ ތެޅި ތެޅި އޮތް ހިތަކާ އެއްކޮއްނެވެ. ދޮރަށް ފުރަގަސް ދީގެން ގޮނޑީގައި ލެނގިލައިގެން އިން އާލިކް ދޮރާ ދިމާލަށް ގޮނދި އަނބުރާލީ މީހަކު އެތެރެއަށް ވަތްކަން އެނގިގެންނެވެ. ދަރުމަތީގައި ހުރި ނިއުޝާ ފެނި އާލިކްގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެން ފެށިއެވެ. ފައިލްތައް މޭޒު މަތީގައި ބެހެއްޓުމަށް ފަހު ނުކުންނަން ހިނގައިގަތެވެ. “ނިއުޝާ” ނިއުޝާގެ ފިޔަވަޅު ތަކަށް ހުއްޓުމެއް އައީ އާލިކް އޭނާއާ މުޚާތަބުކޮށް ގޮވާލުމުންނެވެ. “ސެޝަން ނިންމާލާފަ މިކޮޅަށް އަނަނައްޗެ. ކުޑަ ވާހަކައެއް ދައްކާލަންވެގެން.” ނިއުޝާގެ ޖަވާބަކަށްވީ ބޯ ޖަހާލުމެވެ. އާލިކްގެ ޕްލޭން ފެއިލްވީ ނިއުޝާ އަނގައިންވެސް ނުބުނެ ނިކުމެގެން ދިއުމުންނެވެ. ކުޑަމިނުން ހަތަރުކަޅި ހަމަކޮށް ބަލާވެސް ނުލިއެވެ.
1:58 ވީ ތަނާ އާލިކްއަށް ވަރަށް މުހިންމު ކޯލެއް އައިސްގެން ބޭރަށް ނުކުތެވެ. ނިއުޝާ އޭނާގެ ކެބިނގައި މަޑުކޮށްލައިގެން ހުރީ 2 ޖަހާނެ އިރެއްގެ އިންތިޒާރުގައެވެ. އާލިކް ދައްކަން އެއުޅޭ ވާހަކައެއް ނޭގޭތީ ހިތް ބިރުގަނެފައެވެ. ފޯން ކޯލް ނިންމާލުމަށްފަހު އެތެރެއަށް ވަދެގެން އައި އާލިކް ޖެހުނީ ކުއްލިއަކަށް ކެބިންގެ ދޮރު ހުޅުވާލާފާ ނުކުތް ނިއުޝާގެ ގައިގައެވެ. ފައި ހަރުނުލުމުގެ ސަބަބުން ނިއުޝާ އަރިއަޅާލިއެވެ. އާލިކްގެ ބާރުގަދަ މުލައްދަނޑީގެ ހިމާޔަތް ނުލިބުނުނަމަ ނިއުޝާ ވެއްޓޭނެއެވެ.
ނުނިމޭ
5815 Comments
Comments are closed.
Amee
June 15, 2018 at 1:16 amVrh vrh reethi????…ekam thankolheh kury..
serrrjiii
June 15, 2018 at 9:01 amthnkx… will try to make it long next time 🙂
Sana
June 15, 2018 at 2:25 amMasha Allah❤❤❤❤❤❤
Varah reethi mi part❤❤❤❤
Mi part maabodah kuree?
Next part dhigukohlahcheyy ❤❤❤
Waiting for the next part❤
serrrjiii
June 15, 2018 at 9:05 amyup
serrrjiii
June 15, 2018 at 9:06 amBTW thnkx a lot for the support from all of youu
Kudu
June 15, 2018 at 6:30 amMaasha Allah ??? Kyp going. ?
serrrjiii
June 15, 2018 at 9:07 amthnku kudu :-^
Livee
June 15, 2018 at 1:06 pmNice but thankolheh kuree
serrrjiii
June 15, 2018 at 3:05 pmthnk you.. will make next part long 🙂
unique
June 15, 2018 at 9:54 pmvvv loabi story
serrrjiii
June 16, 2018 at 8:36 pmthank you
Heyo edhey faraatheh
June 16, 2018 at 9:58 pmMasha allah you can do it
Vv nice
serrrjiii
June 17, 2018 at 1:25 pmthank you dear
ZZZZ
June 17, 2018 at 1:19 pmVvv cute.. u can do it serrrjiii ⚘⚘
serrrjiii
June 17, 2018 at 1:26 pmthankx ZZZZ