ކޮޓަރީގެ ދޮރު ހުޅުވާލީ ބޭރުން އެއްވެސް މީހެއްގެ ހިލަމެއް ނުވާތީއެވެ. ބަނޑުހައިވެގެން ހާންތި ވަނީއެވެ. ނިދަން އުޅެއުޅެ ނުނިދުނެވެ. އެންމެ ފަހުން ލެވުނު ހިއްވަރެއް ލާފައި ކޮޓަރިން ބޭރަށް ނުކުތީމެވެ. ފިޔަވަޅުގެ އަޑު ނީވޭނެހެން މަޑު މަޑުން ބަދިގެއާ ދިމާލަށް މިސްރާބް ޖެހީމެވެ. ސިޓިންގްރޫމްގައި ހުރި ކުޑަ އޮރެންޖް ބޮކީގެ އަލިން ގޭތެރެއަށް ފަނޑު އަލިކަމެއް ވެރިވެފައި ވިއެވެ. ބަދިގޭގެ ބޮކި ދިއްލާކަށް ނުކެރުނެވެ. ޙަރީރާ ހޭލަފާނެތީއެވެ. ދޮންމަންމައަށް ވިޔަސް “މަންމަ” މިނަން ހިމެނޭގޮތަށް އޭނައާ މުޙާތަބް ކުރާކަށް އަހަރެންގެ ހިތެއް ނޭދެއެވެ. މުޅި ދިރިއުޅުން އަނގުރު އަލިފާނަށް ވައްޓާލި މީހާއަށް މަންމަ ކިޔާނީ ކާކުހެއްޔެވެ؟

ކާމޭޒުމަތީގައި ހުރި ގޮށި ހިއްލާލާފައި ބެލި އިރު މަތިޖަހާފައި ދެތިން ތަށްޓެއް ހުއްޓެވެ. ބަތާ، ގަރުދިޔަ އެވެ. ކުޅުދިޔާވާހާ މީރުކޮށް ޕާސްތާ ވެސް ހަދާފައި ހުއްޓެވެ. ނަމަވެސް އެހުރިހާ ސާމާނެއް މޭޒުމަށްޗަށް ނަގާފައި އެހުރީ އަހަރެން ކާކަށެއް ނޫނެވެ. ޙަރީރާ ގެ ލޯބިވެރިޔާއަށެވެ. މިއަދު އަހަރެން ލައްވާ ދެގުނަ އިތުރު މަސައްކަތް ކުރުވި ސަބަބު އިނގުނީއެވެ. ގޭތެރޭގެ ހުރިހާ ކަނެއް އޮފް އަރާ ވަރަށް ސާފުކުރުވީ އޭނާގެ ލޯބިވެރިޔާ އަންދާރު ގެއަށް ގެންނަން ވެގެންނެވެ. ކޮންމެ މަހަކު ޙަރީރާ މި ކުޅި ކުޅޭނެއެވެ. އޭނާގެ ސިއްރު ލޯބިވެރިޔާ އަންދާރު ގެއައް ގެނެސް، ކާންދީފައި، އޭނާގެ ޙަރާމް އެދުންތަށް ފުއްދަދޭނެއެވެ. ބައްޕަ ކަންނެއްޔަށް ދިޔުމުން ޙަރީރާ ކުރާކަމަކީ މިއީއެވެ. މިވަގުތު އޭނާވީ ބޭރުގައެވެ. އަންދާރު ގޮވައިގެން މިހާރު އަންނަން އުޅޭނެއެވެ.

މޭޒުމަތީގައި ހުރި އެއްޗިހިސް އެހުރި ގޮތަކަށް ބަހައްޓާފައި އަހަރެން އަވަސް ވެގަތީ ޙަރީރާ ގެއަށް އަމުގެ ކުރިން ބަނޑުހައިކަން ފިލުވޭވަރުގެ އެއްޗެއް ހޯދައިގެން ކޮޓަރިއަށް ދިޔުމަށެވެ. ކަބަޑެއް ތެރޭގައި ހުރި ޕާން ބޮނޑިއާއި ޖޭމް ފުޅި ހިފައިގެން ބަދިގެއިން ނުކުުތީމެވެ. ކޮޓަރިއާހަމައަށް އެރިވަގުތު ގޭދޮރާށި ހުޅުވުނު އަޑު އިވުނެވެ. އަހަރެން ހުރިތަނަށް ގަނޑުވިއެވެ. ޙަރީރާ އާއި އަންދާރުގެ ހުނުމުގެ އަޑު އިވުމުން އެމީހުން އެ އައީ ކަން އެނގުނެވެ. އަހަރެންގެ ނަސީބު ދެރައީއެވެ. ޙަރީރާ އަށް އަހަރެން ފެނިއްޖެއެވެ.

“ދީނާ! ކަލޭ ގާތު ކިތައްފަހަރު ބުނިން އަހަރެން ނުގޮވަނީސް ކޮޓަރިން ނުނިކުންނާށޭ؟! އަހަރެން ގޭގަ ނެތިއްޔާ ހީވާނީ ކަލެއަށް އީދެއް އައިހެން” ޙަރީރާ ގެ އަޑު ގޭތެރޭގައި ގުގުމާލިއެވެ. އެ އަޑު ދުވަހަކުވެސް މަޑަކުން ނީވޭނެއެވެ. އަހަންނަށް ބިރުން އެއްޗެކޭވެސް ބުނަން ނުކެރުނެވެ. ޙަރީރާ ގާތު އަންދާރު ހުއްޓެވެ. އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުރީ ޖަނަވާރަކު އޭތީގެ ޝިކާރައަކާ ދިމާލަށް ބަލާ ފާޑަށެވެ. އަހަންނާ ހަތަރު ކަޅި ހަމަ ވުމުން ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ.

“ޙަރީ. އެ މަންޖެ ބަހައްޓަބަލަ. ޙަރީގެ ބަދިގެއިން ވައްކަން ކޮށްގެން އޭނަ ހުރެދާނެއެންނު. ޙަރީ އެމަންޖެއަށް ކާން ނުދޭތީއޭ މައްސަލައަކީ. ދުވާލަކު އެއްފަހަރު ރޮއްޓެއް ދޭނަމަވެސް އޭނަ ނުޖެހޭނެ ވައްކަން ކޮށްގެން ކާއެއްޗެހި ހޯދާކަށް. ދެން މިރޭ މޫޑު ނުކަޓުވަބަލަ. އިޓްސް އަވާ އެނިވާރސަރީއޭ ޑާރލިންގް” އަހަރެންގެ ބޮލުގައި ވަގު ތުހުމަތު އަޅުވާފައި އަންދާރު ޙަރީރާގެ ގައިގައި ފުރަގަހުން ބައްދާލިއެވެ. މީ އަހަރެންގެ ބައްޕަގެ ގެއެވެ. ބައްޕަގެ މުދަލެވެ. އަހަރެންގެ ބައްޕަގެ މުދަލުން ހޯދާ ކާއެއްޗެހި ކެއުމުގެ ހައްގު އަހަންނަށް އޮންނާނެއެވެ. ބައްޕަގެ އަނބިމީހާގެ  އެދުގައި ނިދާފައި ބައްޕަގެ މުދާ ކައިގެން ހުރެ އަހަންނާ ދިމާލަށް އިނގިލި ދިއްކުރަން އެއީ ކާކުހެއްޔެވެ؟ މި ހުރިހާ އެއްޗެއް އެމީހާއާ ދިމާލަށް ކިޔާ، އަތުގަ ހުރި ޖޭމު ފުޅިން އެމީހާގެ ބޮލުގައި ޖަހަން ހިތައްއެރިއެވެ. ނަމަވެސް އެންމެ ލަފްސެއްވެސް މި ދުލުން ބޭރު ކޮއްފިނަމަ މިރޭ އަހަރެން ނިދަން ޖެހޭނީ މިގޭގައި ހުންނަ ގުދަން ކޮޓަރީގައިކަން އެނގޭތީ އަހަންނަށް ކުރެވެން އޮތްހާވެސް ކަމަކީ ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމެވެ.

ލައިގެން ހުރި ހެދުން ބަދަލް ކުރުމަށްފަހު ޕާނާ ޖޭމު ހިފައިގެން ކުޑަދޮރު ކައިރިއަށް ގޮސް ކާން ފެށީމެވެ. ކޮޓަރީގައި ހުރި ކުޑަ ޓީވީ އިން 8 ގެ ޙަަބަރު ދައްކަމުން ދިޔައެވެ. އަހަންނަށް ދުނިޔޭގައި ހިނގާ ކަންތައް އިނގޭ ހަމައެކަނި ވަސީލަތަކީ އެއީ އެވެ. ކުޑަދޮރުން ހަނދުވަރު ވަރަށް ރީއްޗަށް ފެނެއެވެ. މި ކޮޓަރި ހުންނަނީ މި ބިލްޑިންގްގެ ހަތް ވަނަ ފްލޯގައެވެ. އައި.ޖީ.އެމް.އެޗް. ހަސްފަތާލް ފުރަގަހުން ކަނޑުވެސް ފެނެއެވެ. ހަނދުވަރުގެ ފުރިހަމަ ކަމަށް ގެއްލި ހުރެ އަހަރެންގެ މި ހިތާމަވެރި ޙަޔާތާމެދު ވިސްނެން ފެށުނެވެ.

އަހަރެން އެންމެ 9 އަހަރުގައި ލޯބިވާ މަންމަ ކުއްލި މަރަކުން މަރުވިއެވެ. އަހަންނަށް މަންމައެއްގެ ހިމާޔަތާއި ލޯބި ދިނުމަށްޓަކައި ބައްޕަ ދެވަނަ ކައިވެންޏެއް ކުރިއެވެ. މަންމަގެ އެންމެ ގާތް އެކުވެރިޔާ އާއެވެ. ޙަރީރާ ތައުފީގްއާއެވެ. މަންމަ ދުނިޔޭގައި ހުރި ދުވަސްވަރު ޙަރީރާ މި ގެއަށް ވަރަށް ގިނައިން އާދެއެވެ. މަންމަ އާއި ބައްޕަ އާއެކު ވަރަށް ގިނަ ވަގުތު ހޭދަ ކުރެއެވެ. އަހަންނާއެކު ސަކަރާތްޖަހާ މަޖާ ކުރެއެވެ. ނަމަވެސް ބައްޕައާ ކައިވެނި ކުރުމަށްފަހު ޙަރީރާގެ މިޒާޖް އެއްކޮށްހެން ބަަދަލް ވިއެވެ. ބައްޕަ ކުރިމަތީގައި ހިތްހެޔޮ، ހީވާގި، ދޮންދަރިދެކެ ލޯބިވާ އަންބަކަށް ހެދިގެން އުޅެފައި ބައްޕަގެ ނަޒަރު ޙަރީރާ އަށް ނުހުންނަ ވަގުތު އޭނާގެ ހަޤީޤީ ކުލަވަރު ދައްކާލައެވެ. ބައްޕަ ކަންެނެއްޔަށް ދާ ހަފްތާތަކުގައި އަހަންނަށް އަނިޔާކޮށް ހަދައެވެ. މި ގޭތެރޭގައި ބަންދުވެގެން އިންނަތާ ހަ އަހަރު ވަނީއެވެ. ބައްޕަ ގާތު އަހަރެން ސްކޫލަކަށް ނުދެއޭ، ނުކިޔަވައޭ ބުނެ ދޮގުތަކެއް ހަދައި އަހަރެން ސްކޫލުން ކަނޑާލީ ގްރޭޑް 7 ވެސް ނުނިމެނީސްއެެވެ.

އެންމެ ދެރައީ ބައްޕަ އަހަރެން ދައްކާވާހަކަ ގަބޫލު ނުކުރާތީއެވެ. ބައްޕަގެ ލޮލުގައި އަނދުން އަޅުވައިގެން އަހަރެންގެ ހަޔާތް ބަރުބާދު ކުރަމުން ދާ ޙަރީރާގެ ބަސް އަހަރެންގެ އާދޭސްތަކަށް ވުރެ ގަބޫލު ކުރަން ފަސޭހަވާތީއެވެ. އަހަރެން ބައްޕަ ގާތު ކުރި ޝަކުވާއާއި ރުއި ރުއިން ބައްޕައަށް ނުފެންނާތީއެވެ. އަހަރެން ކޮންމެ އެއްޗެކޭކިޔަސް އަހަރެންގެ ބަސް ދޮގުކޮށް ކޯމަތީ އެތިފަހަރެއް ޖަހާތީއެވެ. 5 އަހަރު ދުވަހު ކުރި އާދޭހަށް ބީރު ކަންފަތެއް ދިނީތީ ބައްޕަ ގާތު ޙަރީރާގެ ވާހަކަ ތައް ބުނުން ހުއްޓާލީމެވެ.

ޙަރީރާ ބައްޕަ ގާތު އަހަންނޭ ކިޔައިގެން ދޮގުތައްހަދައިގެން، ރީތި ހުވަފެންތަކެއް ދައްކައިގެން އޭނާ ހިތުހުރި ކަމެއް ކޮށގެން އުޅެއެވެ. ބައްޕަ އާއި ކައިވެނި ކުރީވެސް ޙަރީރާގެ ފަގީރު ދިރިއުޅުމުން ސަލާމަތްވެ މުއްސަނދި ކަމުގެ ތެރޭގައި ފީނާނެ ފުރުސަތެއް ލިބުމުންނެވެ. ބައްޕަ މާލެ އަޔަސް އަހަންނާ ވާހަކަ އެއް ނުދައްކައެވެ. ލޮލަށް ފެންނާނީވެސް ފުރަން ދާދުވަހު އާއި މާލެ އަންނަ ދުވަހު އެކަންޔެވެ.

އަހަރެންގެ މުޅި ހަޔާތް މި ކޮޓަރީގެ ހަތަރު ފާރުން އެތެރޭގައި ހޭދަކުރީމެވެ. ވޭތުވެދިޔަ 6 އަހަރު ދުވަހުންކުރެ އެންމެ ދުވަހަކުވެސް މި ގެއިން ބޭރަކަށް ނުނިކުންނަމެވެ. އަޅެއްހެން ގޭތެރޭގެ މަސައްކަތްތައް ކޮށް ޙަރީރާގެ ގޯނާތަކަށް ކެއްކޮށްގެން ދުވަސްތައް ގުނަމުން ދިޔައީމެވެ. ފިލައިގެން ދާނެ ފުރުސަތެއް ނުލިބެއެވެ. ޙަރީރާ މާ ކުޅަދާނައެވެ. ގޭގެ ދޮރާށި ހުންނާނީ އަބަދު ތަޅުލާފައެވެ. ތަޅުދަނޑި އޭނާ އަތުގައި ރައްކާކުރެއެވެ. މި ގެއަށް ވަންނާނީ ހަމައެކަނި ބައްޕަ އާއި ޙަރީރާ އާއި އަންދާރު އެވެ. އެހެންކަމުން ގެއިން ނުކުމެގެން ދާނެ ފުރުސަތެއް އަހަންނަކަށް ނުލިބެއެވެ.

ފަސް ވަރަކަށް ޕާން ފޮތި ކައި ނިންމާފައި ފާހަަނައަށް ވަދެ އަތް ދޮވެލައި ހަދައިގެން އެދައް އަރާ އޮށޯތީމެވެ. މިއަދު ހަތަރުދަމު ހުސްބަނޑާ ހުރެ ގޭތެރޭގެ މަސައްކަތްތައް ކުރުމުން ގައިގައި ވަރެއެނެތެވެ. ދެންމެ ކެއި އެއްޗިއްސަކީ މިއަދު އަނގައަށްލީ ހަމައެކަނި ކާނާއެވެ. އަދި މާދަމާ ފެންފޮދެއްވެސް ބޮއެލެވޭނެކަމެއް ނޭނގެއެވެ. ވެފައި ހުރި ވަރުބަލި ކަމެއްގެ ސަބަބުން މާގިނައިރުތަކެއްނުވެ އަހަންނަށް ނިދިއްޖެއެވެ.

ނޭވާލާން އުދަނގޫވިއެވެ. ގަޔައް ބަރުވިއެެވެ. ހޫނު ވާން ފެށިއެވެ. މީހަކު ގައިގައި ބީހޭހެން ހީވެގެން ލޯ ހުޅުވާލީމެވެ. އަހަރެންގެ ގައިމަތީގައި އަންދާރު އޮވެ ކޭއްތެނީއެވެ. އަހަރެން ނިދާފައި އޮއްވާ އޭނާ ވަނީ އަހަރެން ލައިގެން ހުރި ޓީޝާޓާއި ހަރުވާޅު ބާލުވާފައެވެ.

“ތެދުވޭ! ދޫކުރޭ! ކިހިނެއް ކޮޓަރިއަށް ވަނީ؟ ކަލޭގެ ހުރި ހަޔާތް ކުޑަކަން ދޯ! ޙަރީރާ ގާތުން ނުފުދުނީތަ މިރޭވެސް މިތަނަށް ތިއައީ؟!” ގައިހުރި ބާރެއްލާފައި އަންދާރު އަހަންނާ ދުރަށް ކޮށްޕާލީމެވެ. އެ 45 އަހަރު ވެފައިވާ މުޑުދާރު މީހާ އެދުން ވެއްޓި އޭނާގެ ބޯ އެދުކައިރީ ހުރި މޭޒުގެ ކަނުގައި ޖެހުނެވެ. އަހަރެން ތެދުވެގެން ގޮސް ނިވާވާން ވެގެން ހެދުން ނެގި ތަނާހެން އަނދާރު އައިސް އަނެއްކާ އަހަރެން ގަޔައް ވެރިވެގަތެވެ.

“ނުތޮޅިބަލަ ދޯ. އެޓްލީސްޓް މިރޭ މަޑުން އޮވެބަލަ. ޙަރީ އަށް ވުރެ ދީނާ މަށަށް މާ ކަމުދެއޭ. ޔަންގް ވެފަ ރީތި. އަދި ތިޔަ އޮތް ބައްޓަމެއްދޯ. އޯހް..” އަހަރެން އެދުމަށްޗަށް ވައްޓާލުމަށްފަހު އޭނާ ލައިގެން ހުރި އަންނައުނު ބޭލިއެވެ. އަހަރެން ގަތް ބިރުން ބައްޕަ އަށް ގޮވަން ފެށުނެވެ. ގަތް ފަކުރަކުން ހޮޑުލަވައިގަތެވެ. ހަޅޭއްލަވައި ގަދަހެދީމެވެ. އަނދާރު މިގެއަށް އަންނަ ރޭތަކުގެ ތެރެއިން އޭނާގެ ލޮލަށް އަހަރެން ފެންނަ ދުވަހެއްނަމަ މި އަމަލު އޭނާ ހިންގައެވެ. ނަމަވެސް މިއަދު އަހަރެން މިހުރީ އޭނާގެ އެ އަމަލުތަކަށް ކެއްކޮށްގެން އޮވެވޭ ވަރުގެ ޙާލަތެއްގައެއް ނޫނެވެ. އެކަން އޭނާ އަށް އިގުމުން ވެސް ހުއްޓާލަން ނޫޅުމުން އޭނާ އެހުރީ ހަމައިގަ ނޫންކަން އަހަންނަށް ޔަގީންވިއެވެ.

ގަތް ބިރުން ތެޅި ފޮޅިގަނެގެން އަންދާރު އަށް ހަމަލާ ދެވެން ފެށުނެވެ. ކައިރީގައި ހުރި މޭޒުމަތީގައި ހުރި ޖޭމުފުޅި ނަގާ އަންދާރު ބޮލުގައި ޖެހީމެވެ. ޖޭމުފުޅި ދިޔައީ ތަޅައިގެންނެވެ. އަނދާރު ހަޅޭއްލަވައިގަތެވެ. ބޮލުގައި ދެ އަތުން ހިފަމުން ބިންމައްޗަށް ވެއްޓި ގަތެވެ. އަހަރެން ބަލާކަށް ނުހުރެ ހެދުން ލައިގެން ކޮޓަރީން ނުކުތީމެވެ. ދުވެފައި ގޭދޮރާއްޓާއި ހަމައަށް އަރާ ތަޅުގައި ހިފާލީ އެއްވެސް ފިކުރެއް ކޮއްލުމެއް ނެތިއެވެ. ގަތްފައި ހުރި ބިރަކާހެދީ ދޮރު ހުޅުވާފައި ތިރިއަށް ފޭބުނު އިރުވެސް މާބޮޑު އެއްޗެއް ހިތަކަށް ނާރައެވެ. މަގުމަށްޗަށް ނުކުމެ ފަޔައް ލެވުނު ބާރެއްލާފައި ދުއްވައިގަތީމެވެ. ވަރަށް ފަހުން މާލޭގައި އުފެއްދުނު ބީޗެއް ކަމައްވާ ރަސްފަންނާ ހަމައަށް ދެވުމުން ވަރުބަލިވެގެން ވެލިގަނޑު މައްޗަށް ވެއްޓުނެވެ. ލޮލުން ކަރުނަ ހުއްޓާނުލާ ފައިބަ ފައިބާ ހުއްޓެވެ. ބޮލަށް އެނބުރުން އެރިއެވެ. މޭނުބައި ކޮށް ހޮޑުލެވެން ފެށުނެވެ. އެންމެފަހުން ޚަބަރު ހުސްވެގެން ވެއްޓުނީއެވެ.

57

29 Comments

  1. Kiyaan

    June 14, 2018 at 3:37 am

    Vrh reethi story..wen nxt part??

    • xNishx

      June 14, 2018 at 7:23 pm

      Thank you :))
      will upload soon <3

  2. unknown girl

    June 14, 2018 at 4:34 am

    mi story varah reethi when next part?????
    ummeedhu kuran huhtaanulaa mi story kuriah dhaane kamah:)

    • xNishx

      June 14, 2018 at 7:24 pm

      Thank you :))
      vaahaka ekkoh nimmeytho varah masakkai kuraanan.. insha allah ekkoh nimmaanan.
      will update soon <3

  3. Amee

    June 14, 2018 at 5:08 am

    Mi story vrh reethi
    .. when next part

    • xNishx

      June 14, 2018 at 7:25 pm

      Thank you :))
      next part will be uploaded soon <3

  4. eekko

    June 14, 2018 at 9:21 am

    owsm…waiting 4 the nxt part

    • xNishx

      June 14, 2018 at 7:26 pm

      Thank you :))
      I won’t make you wait long <3

  5. Queen?

    June 14, 2018 at 12:29 pm

    Vv reethi

    • xNishx

      June 14, 2018 at 7:27 pm

      Thank you :))

  6. Mate

    June 14, 2018 at 12:50 pm

    Maasha Allah ……keep it up…….

    • xNishx

      June 14, 2018 at 7:28 pm

      Thank you :))
      I hope I can write this story up to all of you reader’s expectations <3

  7. Nunnu

    June 14, 2018 at 2:46 pm

    Masha Allah vv reethi feshumeh
    Mi story vv reethi vaanehen heevanee
    Story nimendhen up kolladhechey
    Keep it up
    You can do it
    When next part

    • xNishx

      June 14, 2018 at 7:29 pm

      Thank you :))
      Mi story varah reethi koh liyeveytho varah masakkai kuraanan
      Story nimmaanan insha allah
      Will upload soon <3

  8. Livee

    June 14, 2018 at 9:56 pm

    Nice story masha allah when next part???

    • xNishx

      June 15, 2018 at 1:08 am

      Thank you :))
      will update soon <3

  9. unique

    June 14, 2018 at 11:00 pm

    Maasha Allah vv reethi….. vv hihdhathi life eh….. feel sad but story nice n EID MUBARAK to u

    • xNishx

      June 15, 2018 at 1:09 am

      Thank you :))
      EID MUBARAK to you too <3

  10. Juu

    June 14, 2018 at 11:57 pm

    Alheyy haadha reethivaanehenheeve ey mi vaahaka ….maasha allah v reethi ….when next part

    • xNishx

      June 15, 2018 at 1:10 am

      Thank you :))
      varah reethi koh story gendheveytho balaanan
      will update soon <3

  11. Reesh;)

    June 15, 2018 at 1:01 am

    Nice feshumeh….Story reethi vaanehen hyvany….story ninman handhan kurahchey igey?…gudluk?

    • xNishx

      June 15, 2018 at 1:11 am

      Thank you :))
      Story nimmaanan insha allah 😀
      <3 <3

  12. Ÿ@@ÿ@@

    June 15, 2018 at 1:27 am

    Varah reethi vaahaka eh.. vaahaka nimen Dhen kuriah gendhachey.. Gud luck ?

    • xNishx

      June 18, 2018 at 12:00 am

      Thank You :))
      ekkoh nimmaanan insha allah <3

  13. @thyyy

    June 15, 2018 at 9:42 pm

    Is this the first part

    • xNishx

      June 16, 2018 at 1:09 am

      Yes this is the first part..
      Will upload the second part soon <3
      Thank you for reading :))

  14. Shinaaz

    June 19, 2018 at 12:41 am

    Varah hiyygaamu
    Kiyaalaa hithun ovva nimunee ?

  15. xNishx

    June 19, 2018 at 2:07 am

    Haha Thankz :))

  16. xNishx

    June 19, 2018 at 2:08 am

    Note to all readers: Part Two Will Be Uploaded Tomorrow
    😀 <3

Comments are closed.