މަގުމަށްޗަށް ނުކުމެ ފަޔަށް ލެވުނު ބާރެއްލާފައި ދުއްވައިގަތީމެވެ. ވަރަށް ފަހުން މާލޭގައި އެފެއްދުނު ބީޗެއް ކަމަށްވާ ރަސްފަންނާ ހަމައަށް ދެވުމުން ވަރުބަލިވެގެން ވެލިގަނޑު މައްޗަށް ވެއްޓުނެވެ. ލޮލުން ކަރުނަ ހުއްޓާނުލާ ފައިބަ ފައިބާ ހުއްޓެވެ. ބޮލަށް އެނބުރުން އެރިއެވެ. މޭނުބައި ކޮށް ހޮޑުލެވެން ފެށުނެވެ. އެންމެފަހުން ޙަބަރު ހުސްވެގެން ވެއްޓުނީއެވެ. “އޭ.. ހެލޯ؟.. ގާރލް؟”، އަހަންނަށް ހޭވެރިކަން ވީ މީހަކު އަހަރެންގެ މޫނުގައި ދެތިން ފަހަރަކު ޖަހާލުމުންނެވެ. އަހަރެން ލޯ ހުޅުވާލީމެވެ. ކުރިމަތިން ފެނުނީ ފިރިހެނެކެވެ. އޭނާގެ […]
ކޮޓަރީގެ ދޮރު ހުޅުވާލީ ބޭރުން އެއްވެސް މީހެއްގެ ހިލަމެއް ނުވާތީއެވެ. ބަނޑުހައިވެގެން ހާންތި ވަނީއެވެ. ނިދަން އުޅެއުޅެ ނުނިދުނެވެ. އެންމެ ފަހުން ލެވުނު ހިއްވަރެއް ލާފައި ކޮޓަރިން ބޭރަށް ނުކުތީމެވެ. ފިޔަވަޅުގެ އަޑު ނީވޭނެހެން މަޑު މަޑުން ބަދިގެއާ ދިމާލަށް މިސްރާބް ޖެހީމެވެ. ސިޓިންގްރޫމްގައި ހުރި ކުޑަ އޮރެންޖް ބޮކީގެ އަލިން ގޭތެރެއަށް ފަނޑު އަލިކަމެއް ވެރިވެފައި ވިއެވެ. ބަދިގޭގެ ބޮކި ދިއްލާކަށް ނުކެރުނެވެ. ޙަރީރާ ހޭލަފާނެތީއެވެ. ދޮންމަންމައަށް ވިޔަސް “މަންމަ” މިނަން ހިމެނޭގޮތަށް އޭނައާ މުޙާތަބް ކުރާކަށް […]