މިދުވަސްކޮޅަކީ އަޅުގަނޑުގެ ޓެސްޓްތައް ފުލުފުލުގައި ނެގެމުން ދާ ދުވަސްކޮޅަކަށް ވެފައި އޯލެވެލް އިމްތިހާނުވެސް ބޯމަތިވެފައި ވާތީ މިދުވަސްކޮޅު އަޅުގަނޑަށް ވާހަކަ ނުލިޔެވޭނެ ކަމުގައި ދަންނަވަމެވެ. ނަމަވެސް އޯލެވެލް ނިމުމުން އަޅުގަނޑުގެ ވާހަކަތައް އަނެއްކާވެސް ފެނިގެންދާނެއެވެ. މިދިޔަ ދުވަސްތަކުގައި ވާހަކަ ނުލިޔެވުމުން އެކަމަށް ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. ްައަދި އަބަދުވެސް ކިޔުންތެރިންގެ ފަރާތުން އަޅުގަނޑަށް ލިބުނު ސަޕޯރޓް ކުރިއަށް އޮތް ތާނގައި ވެސް ލިބޭނެ ކަމަށް އުއްމީދު ކުރަމެވެ.
މިދުވަސްކޮޅަކީ އަޅުގަނޑުގެ ޓެސްޓްތައް ފުލުފުލުގައި ނެގެމުން ދާ ދުވަސްކޮޅަކަށް ވެފައި އޯލެވެލް އިމްތިހާނުވެސް ބޯމަތިވެފައި ވާތީ މިދުވަސްކޮޅު އަޅުގަނޑަށް ވާހަކަ ނުލިޔެވޭނެ ކަމުގައި ދަންނަވަމެވެ. ނަމަވެސް އޯލެވެލް ނިމުމުން އަޅުގަނޑުގެ ވާހަކަތައް އަނެއްކާވެސް ފެނިގެންދާނެއެވެ. މިދިޔަ ދުވަސްތަކުގައި ވާހަކަ ނުލިޔެވުމުން އެކަމަށް ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. ްައަދި އަބަދުވެސް ކިޔުންތެރިންގެ ފަރާތުން އަޅުގަނޑަށް ލިބުނު ސަޕޯރޓް ކުރިއަށް އޮތް ތާނގައި ވެސް ލިބޭނެ ކަމަށް އުއްމީދު ކުރަމެވެ.
މެރޭ ލޯ ދެކޭ ހޫނާ ވޭނީ ހަނދާނާ އެދޭ ލޯބި ޔާރާ ދަނީއޭ ފުރާނާ ވޭތުވީއެ މާޒީ ދީފާ އަރާމާ ބަދަލުވީތި ޔާރާ ދަނީއޭ ފުރާނާ މެރޭ ލޯ ދެކޭ.. ސްޓޭޖް މައްޗަށް އެޅުވިފައިވާ ސްޕޮޓްލައިޓްގެ އަލިކޮޅުގެ ތެރެއިން ފެންނަމުންދިޔަ ރީތީގެރާނީއެއް ފަދަ ރީފާގެ ލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުންދިޔައެވެ. ސްޓޭޖްގެ މެދުގައި ގޮނޑިއެއް ބަހައްޓައިގެން ގިޓާ ހިފައިގެން އިންއިރު އެ މޫނުމަތިން ފެންނަމުން ދިޔަ ހިތާމައިގެ ކުލަވަރުން ޝޯވ ބަލަންތިބި މީހުންގެ ހިތްތައްވެސް ވަނީ ކަތިލެވިފައެވެ. […]
އަހަންނަކީ އުމުރުން 18 އަހަރުވާން ކައިރިވެފައިވާ ޙަޔާތުގެ ދުވަސްތައް އުފަލާއި މަޖަލުގައި ގުނަމުންއައި ކުއްޖަކީމެވެ. އަހަންނަކީ މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އާއިލާގައި ހުރި ހަމައެކަނި އަންހެން ކުއްޖާއަށް ވުމީ އަހަންނަށް ލިބިފައިވާ އެންމެ ބޮޑު ނަސީބޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރާއްޖެތެރޭގެ ރަށެއްގައި ދިރިއުޅެމުން އައި ކަމަކު އަހަރެން ބޭނުންވާ އެއްޗެއް އަހަންނަށް ނުލިބޭ ފަހަރެއް މަދެވެ. މާލެއެއް ނޫން ސިލޯނަށް ގޮސްގެން ވެސް އަހަންނަށް ރީތި އަންނައުނާއި ފެންވަރު ރަނގަޅު ސާމާނު […]
އަހަންނަކީ އުމުރުން 21 އަހަރުގެ ޒުވާން ފިރިހެން ކުއްޖަކީމެވެ. އަހަންނަކީ ވެސް ﷲ އެންމެ ފުރިހަމަ ސިފައިގައި ހެއްދެވި އިންސާނަކީމެވެ. އެހެން މީހުން ފަދައިން އަހަންނަށް ވެސް އިޚުސާސް ކުރެވެއެވެ. ލޮލަށް ފެނެއެވެ. އަޑު އިވެއެވެ. މިހެންގޮސް ހަމައެކަނި މައްސަލައަކީ އަހަރެން އިސްކޮޅުން ކުރުކަމެވެ. އެއްފައިތިލަ ކުޑަކޮށް އެނބުރިފައި ކަހަލަ ގޮތަކަށް އިންނަ ކަމެވެ. ހިނގުމުގައި ކުޑަ ނަމަވެސް ދަތިކަމެއް ހުންނަ ކަމެވެ. އެކަމަކު އެއީ އަހަންނަށް ބާރުފޯރުވޭނެ ކަންކަމެއް ނޫނެެވެ. އަހަންނަކީ ދެމަފިރިއެއްގެ ހުރި ހަމައެކަނި […]
” މަންމާ.. ހޭލަބަލަ.. އަޅެ އެންމެ ފަހަރަކުވެސް ތި ދެ ލޯ ހޮޅުވާލާފަ ރައިހާއާ ދިމާއަށް ބަލާލަބަލަ.. ރައިހާ މިއައީއޭ.. ދެން ދުވަހަކުވެސް މަންމަ ދޫކޮށްލާފަ ނުދާނަމޭ.. ދެން މަންމާ ޕްލީޒް ރަައިހާ އާ ދުރަށް ނުދޭ.. ރައިހާ އެކަނިކޮށްލާފަ ނުދޭ.. މަންމާ.. ” ރައިހާ އޭނާގެ މަންމަގެ ގައިގައި ބައްދާލައިގެން އޮވެ ގިސްލާ ރޮނީއެވެ. އޭރު އެތާނގައި ހުރި ނަރުސް ކުއްޖާ އޭނާގެ ކޮނޑުގައި އަތް ބާއްވާލުމުން މަންމައާ ދުރަށް ޖެހިލާފައި އަސަރުން ފުރިގެންވާ ނަޒަރަކުން […]
ވިއްސާރަ ވިލާތައް އުޑުމަތީގައި ދަތުރުކުރަމުން ދިޔައެވެ. ގަދަ ވަޔާއެކު ގަސްގަހުގެ ފަތްތަތް އުދުހޭ މަންޒަރު ބަލަން ޒާޝާ ހުރީ އާޝޯޚުވެފައެވެ. ވައިގެ ފިނިކަން ކުރިން އިޚްސާސް ވެފައިވީ ނަމަވެސް މި މަންޒަރުތައް ލޮލަށް ފެނޭ މިއީ ފުރަތަމަ ފަހަރެވެ. ލޯފަން ކުއްޖެއްގެ ގޮތުގައި ހުރިއިރު ދެކެން ބޭނުންވި ހުރިހާ މަންޒަރެއް ފެނުމުގެ ނަސީބު މިއަދު އޭނާއަށް ވަނީ ލިބިފައެވެ. ނަމަވެސް ޒާޝާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އޭނާއަށް ވިސްނެމުންދިޔައީ މީގެ ތިންވަރަކަށް ކުރިން ހޮސްޕިޓަލް ތެރެއިން އޭނާއަށް […]