” ޔާން….ޕްލީސް…” އަލާނިޔާގެ ގައިމަތީގައި އޮތް ރަޔާންގެ މޭމަތީގައި އަޅާ ކުޑަކޮށް ކޮށްޕާލަމުން އަލާނިޔާ ވައިއަޑުން ބުނެލިއެވެ. ” ބޭބީ ދެން ޔާންވެސް މިބުނީ ހަމަ ޕްލީސްއޭ..އޯކޭ ވާނެޔޭ އެންމެ ރެއެއްނު…ކާކަށް އެނގޭނީ ގޭގަ ނެތޭ އެކަކުވެސް ” ހަށިގަނޑު ބެލެންސް ކޮށް ރަޔާން ރައްދުދިނީ މަސްތީ ބެލުމަކާވެސްއެކުގައެވެ. އަދި އަލާނިޔާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ގަދަ ފިޔަ ތޮށި ކުލައިގެ ތުންފަތުގައި ބޮސްދޭންފެށިއެވެ. ރަޔާންގެ އެ ކުޑަ ހަރަކާތަކީ ބޮޑު ކަމެއްގެ ފެށުން ކަމުގައި […]
“ނާއިޝް…” ކޮޓަރީގައި ފޯނާއި ކުޅެން އެނދުގައި އޮށޯވެ އޮތް ނާއިޝްއަށް ވައި އަޑަކުން އޭނާއަށް އަންހެން ކުއްޖަކު ގޮވާލި އަޑު އިވުނުހެން ހީވިއެވެ. އެއީ ހަމަ އެ އަޑެވެ. އޭނާ ސިއްސައިގެން ގޮސް އެނދުން ތެދުވެލީ ހިތަށް ވަންނަމުން ދިޔަ ވަސްވާސްތަކެއްގެ ސަބަބުންނެވެ. އަނެއްކާ އެއީ ކާކުބާވައެވެ؟ އެއީ ކޮން ބޭނުމެއް ނުފުދިގެން އުޅޭ ކާކުބާވައެވެ؟ އަންހެން ކުއްޖެއްގެ އަޑު އެގޮތަށް އޭނާއަށް އިވެންވީ ކީއްވެ ބާވައެވެ؟ ކުއްލިޔަކަށް ނާއިޝްގެ ދެލޯ ބޮޑުވިގޮތުން ހީވީ އެއްޗެއް ވިސްނުނު […]
އިސްރާ ރޯންފެށުމާއެކު ދެންތިބި ތިން ކުދިން އެކި ވާހަކަ ދައްކާގެން އިސްރާ ހަމަޖެއްސޭތޯ އުޅުނެވެ. ނަސީބަކުން ދިހަ ވަރަކަށް މިނެޓް ތެރޭ އިސްރާ ހަމައަކަށް އެޅުނެވެ. “ތޭންކްސް ގާއިޒް ތީ ހަމަ އެންމެ ބެސްޓް ތިން މީހުން. ވަރަށް އުފާވޭ ތިކަހަލަ ލޯބި ލޯބި ރަށްޓިހިން މަށަށް ލިބުނީމަ.” އިސްރާ ތިން ކުދިން ގައިގަ އެކީ ބައްދާލިއެވެ. އިސްރާ އެކުދިންނަށް ބޭނުންވާ ކޮންމެ ފަހަރަކު އެކުދިން ދެގޮތެއްނުވެ އިސްރާއާ އެއްކޮށް ތިބެއެވެ. ކުރީގެ ލޯބިވެރިޔާ އޭނާ ދޫކޮށްފަ […]
ކުއްލިއަކަށް އަހަރެންގެ ދެލޯ ބޮޑުވެގެންދިޔައީ އެތަނަށް ވަތް މީހާ ފެނިފައެވެ. އަހަރެން ހާސްވެ, ހިތުގެ ވިންދު އަވަސްވާންފެށީ ބައްޕަމެން އަޝްފާން ފެނި ސުވާލެއް ކޮއްފާނެތީއެވެ. އެހެންވެއްޖެނަމަ އަހަރެން ކިޔާނީ ކީކޭ ކަމެއް ހުދު އަހަރެންނަކަށް ވެސް ނޭނގުނެވެ. ކުއްލިއަކަށް އަޝްފާން ފުރަތަމަ ފެނުނު ދުވަހުންސުރެ މިއަދާ ހަމައަށް ހިނގި ހުރިހާކަމެއް އަހަރެންގެ ލޮލުގެ ކުރިމަތީ ސިފަވަމުންދިޔައެވެ. އަހަރެން ވެއްޓެން އުޅެނިކޮއް އެ ބާރުގަދަ ދެ އަތުން އަހަރެންނަށް ހިމާޔަތް ދިން ގޮތެވެ. އަޝްފާން ހޯދުމަށް އަަހަރެން އެފިހާރަ […]
ދުންގަނޑު ފިލުމާއި އެކު އާދަންބެ ކޮތަޅުން ފަންވަތްތަކަކާއި ރޮދިކޮޅެއް ނެގުމަށްފަހު ތުންތަޅުވަމުން އެފަންވަތުން އިލޮށި ނެގުމަށްފަހު ގޮތްތަކެއް ހަދާނިމުން އިރު އިނީ 5 ފިޔަ ލީ ތަރި އެއް ހެނެވެ. އަދި އިރުކޮޅަކު ކިޔެވުމަށްފަހު ކޮތަޅުން ތެޔޮފުޅިއެއް ނަގައި އަލިފާންގަނޑު ތެރެއަށް އަޅާލިއެވެ. އަދި ވާހަކަތަކެއް ދެއްކުމަށްފަހު ތެދވިއެވެ. އެއާއި އެކު އަމްނާއާއި ދާދި ކައިރިން ފެނިގެން ދިޔައީ ހާތިބު ނޫން ދެވަނަ މީހެއް ނޫނެވެ. އާދަންބެ ތުންތަޅުވަމުން އެ ތަރިއެއްގެ ޒާތަށް އިން އެތީގެ އެއް […]
ފާއިތުވެެގެން ދިޔައީ ދާނިޝްއާއި ވަސީމާގެ އިތުރުން ރީޝާއަށް ވެސް ހިތްދަތިކަން ގެނުވި ވަގުތު ތަކެކެވެ. އެންމެންގެ ހިތްތައް ރޮއްވާލާފައި ހަނާ ވަކިވެގެން އެ ދިޔައީ އެ ހިތްތަކަށް އެކަނިވެރިކަން ގެނުވާފައެވެ. ހަނާގެ ކަށުކަމާކެމި ނިމި ވިންދު ޖެހުމެއްނެތް އެ ހަށިގަނޑު ފަސްދަށަށްލައި ފޮރުވާލެވިއްޖެއެވެ. ހަނާގެ މޫނު ދެކިލަން ރީޝާގެ މަންމަމެންގެ އިތުރުން ހަނާމެންގެ އޮފީހުގެ ހުރިހާ އެންމެން ވެސް އައެވެ. ނަމަވެސް ހަނާގެ ޢާއިލާގެ އެކަކުވެސް އޭނާގެ މޫނު ފެންނަ ހިސާބަކު ނެތެވެ. ހަނާގެ އުމުރުން ތިން […]
“މިޔޮށް އައީނު..” ސައިކަލު ޕާކު ކޮށްލުމަށްފަހު ކަފި ހުރަސް މަތިން ހިނގާފައި އެމީހުން ތިބި ދިމާލަށް އަންނަމުން ދިޔަ ޒަޔާން ފެނި ޔައީޝް ހިނިތުން ވެލައިފައި ބުނެލިއެވެ. އެވަގުތު އެންމެންގެ މޫނުވެސް އުޖާލާވެގެން ދިޔައެވެ. އެންމެން އެކުގައި އަދްޔަން މެން ގެ އެޕާޓްމެންޓް އިންނަ ފްލޯއަށް ދިޔައީ ލިފްޓުގައެވެ. އެއަށްފަހު ބެލް އަޅާލީ ހިނިތުން ވެލައިގެން ތިބެއެވެ. ނަމަވެސް ދޮރު ހުޅުވާލި ވަގުތު ދޮރު ކުރިމަތީ ހުރި ސޫރަ ފެނި އެ އެންމެންގެ މޫނުގެ އުޖާލާކަން ކެނޑިގެން […]
އަސްލަމް ނަމާދުކޮށް ނިމިގެން އަރާ އޮށޯތީ ނިދަންށެވެ. މާ ގިނަ އިރު ތަކެއް ނުވެ އެސްފިޔަތައް ބަރުވެ ނިދީގެ ފޮނި މީރުކަމެގެ ތެރެއަށް ފީނައިގަތެވެ. ***************** ޖެހިގެން އައި ދުވަހު އަފްރީންއަށް ހޭލެވުނީ ލަހުންނެވެ. އަދި ހުރީ ކޮންމެވެސް ވަރަކަށް ހުން ވައްތަރުވެފައެވެ. ނަމަވެސް އަފްރީން މިވާހަކަ އެއްވެސް މީހަކު ކައިރީގައި ބުނެ ނުލާ ހެނދުނު ސައި ބޯލައިގެން ބޭސް ކާލީ އެހެން މީހުން ހާސް ކުރަން ނޭދޭތީއެވެ. އެދުވަހު އައިރީންއަށް ވެސްހޭލެވުނީ […]
ރާސިލް މެން ނިމިގެން ގެއަށް އައި މަގުމަތީގައި ޒީޝާ ދާނިޝް އާއި ރާސިލް އާ ވާހަކަ ދެއްކިއެވެ. “ދާން… ރާސިލް…” ކާރުގެ ތެރެއަށްވެރިވެފައި އޮތް ހަމަހިމޭންކަން ފޫ ދުއްވާލަމުން ޒީޝާ ގޮވާލިއެވެ. ދެމީހުންވެސް ސަމާލް ކަން ދިންކަން ޔަގީން ކޮށްދެމުން ހޫމް އެއް އަޅުވާލިއެވެ. ދިގުކޮށް ދަމާލާފައި ކީ ގޮތުން ޒީޝާ ގާތަށް ހިނި އައި ކަމަށް ވިޔަސް ނިކަން އަވަހަށް ސީރިއަސް ކަން ވެރިކޮށްލިއެވެ. “މަންމަ ބޭނުން ވަނީ ވަރިވާން…” ކާރުގެ ބުރަކި ހިފާލުމާއެކު ދާނިޝް […]