ދުންގަނޑު ފިލުމާއި އެކު އާދަންބެ ކޮތަޅުން ފަންވަތްތަކަކާއި ރޮދިކޮޅެއް ނެގުމަށްފަހު ތުންތަޅުވަމުން އެފަންވަތުން އިލޮށި ނެގުމަށްފަހު ގޮތްތަކެއް ހަދާނިމުން އިރު އިނީ 5 ފިޔަ ލީ ތަރި އެއް ހެނެވެ. އަދި އިރުކޮޅަކު ކިޔެވުމަށްފަހު ކޮތަޅުން ތެޔޮފުޅިއެއް ނަގައި އަލިފާންގަނޑު ތެރެއަށް އަޅާލިއެވެ. އަދި ވާހަކަތަކެއް ދެއްކުމަށްފަހު ތެދވިއެވެ. އެއާއި އެކު އަމްނާއާއި ދާދި ކައިރިން ފެނިގެން ދިޔައީ ހާތިބު ނޫން ދެވަނަ މީހެއް ނޫނެވެ. އާދަންބެ ތުންތަޅުވަމުން އެ ތަރިއެއްގެ ޒާތަށް އިން އެތީގެ އެއް ފަތުގައި ހިފައި އަނބުރާލުމާއި އެކު ހާތިބުގެ ވައަތު އަތް އެނބުރިގަތެވެ. އެއާއި އެކު އެޅި ވޭނުން ހާތިބު ހަޅޭލަވައިގަތެވެ. ދުރުގައި މަންޒަރު ބަލަން އިން އައްބާހަށް ކެތެއް ނުކުރެވުނެވެ. އެދުހިފައި ގޮސް އާދަންބެ އަށް ހަމަލާ ދިނުމަށް ކައިރިވުމާއި އެކުހެން ވިއްސައިގެން ދުރަށް ދިޔައެވެ. ތެދުވެ އާދަންބެ އާއި ދިމާއަށް ބަލާލުމާއި އެކު އާދަންބެގެ އަތުގައި އޮތް ތަވީދުތައް ފެނި އިތުރަށް ރުޅި ގަދަ ވިއެވެ. މިރޭ އެތަވީދުތައް ހުރިކަމީ އާދަންބެގެ ނަސީބެވެ. ބިރުވެރި ޒާތެއްގެ އަޑެއް ލައްވާފައި ގައިގައި ހުރި ބާރެއް ލާފައި ގޮސް އާދަންބެ ގެންގުޅޭ އަލިފާންގަނޑަށް ލޮނުފެން އެޅިއެވެ. އާދަންބެއަށް މި މަންޒަރުތައް ފެނުނެއް ކަމަކު އެތަނުގައި ތިބި އިތުރު އެކަކަށްވެސް އެތަނެއް ނުފެނެއެވެ.
ހާތިބު ދިޔައީ ވޭނަށް ކެތްކުރަމުންނެވެ. އައްބާސް އަލިފާންގަނޑު ނިވާލުމާއި އެކު އާދަންބެ ހާތިބަށް ކުރަމުން ދިޔަ އަނިޔާތައްވެސް ހުއްޓުނެވެ. ވަގުތުގެ ބޭނުން ހިފުމަށް ހާތިބާއި އައްބާހަށް އެއްފަހަރާ ކަހަލަ ގޮތަކަށް ދުއްވައިގަނެވުނީ ނާދިރާއާއި ކާސިމާ ދިމާއަށެވެ. އައްބާސް ކާސިމުގެ ބަނޑަށް އޭނާގެ ތޫނު ވަކިތައް ހަރާލީ އާދަންބެ ހުއްޓުވުމަށެވެ. ހާތިބަށް އަނިޔާއެއް ލިބޭ ތަން ބަލާކަށް އޭނާއަކަށް ކެތެއް ނުވާނެއެވެ. އައްބާސް ނިކަމެތި ގޮތަކަށް ކާސިމުގެ ހަށިގަނޑާއި ކުޅެމުން ދިޔަ މަންޒަރު ބަލަން އަމްނާ ހުރީ ގަނޑުވެފައެވެ. ލޮލުން ކަރުނަ ހުއްޓުމެއްނެތި އޮހޮރެމުން ދިޔައެވެ.
އާދަންބެ ރުޅިވެރި ކަމާއި އެކު ” ޕްލޭން ބީ” ފެށީ މިރޭ ދުލެއް ނުކުރާނަމޭ ބުނާ ޒާތަކަށެވެ. ދެވަނަ ފަހަރަށް މަސައްކަތް ކުރިއަށް ގެންދިޔައެވެ. ތުން ތަޅުވަމުން ޒާތެއްގެ އެއްޗެއް ވެލިގަނޑުގައި ކުރުހަމުން ދިޔައެވެ. އަދި އެއަށްފަހު ކާސިމަށް އަނިޔާ ދެމުން ދިޔަ ޖިންނިއާއި ދިމާއަށް ރުޅިވެރި ކަމަާއި އެކު ބަލަމުން ކައިރީ ހުރި ކޮތަޅުން ވަޅިއެއް ނަގާ އެ ކުރެހުމަށް ވަޅި ހަރާލިއެވެ. އަދި ވަޅި ދަމައިގަތުމަށްފަހު އިތުރު ދެތިން ފަހަރަކު ވަޅިން އެ ކުރެހުމަށް ހަމަލާ ދިނެވެ.
އައްބާސް ކާސިމުގެ ފުރާނަނެތް މަސްގަނޑު ދޫކޮށްލީ އޭނާގެ ބަނޑު ފަޅާފައި ލޭތައް އޮހޮރެން ފެށުމުންނެވެ. ދެލޯ ބޮޑުކޮށްގެން ހުރެ ބަނޑާއި ދިމާއަށް ބަލައިލި ވަގުތު ދެވަނަ ފަހަރަށްވެސް ތޫނު އެއްޗެއް ހަރާލި ކަމުގެ އިހުސާސް ކުރެވުނެވެ. ތިން ވަނަ ފަހަރަށް އެހަމަލާ އައުމާއި އެކު އައްބާސް ބިމާއި ހަމަ ވެއްޖެއެވެ.
ނާދިރާ ރޮއެ ހޭރުނީ ކާސިމުގެ ފުރާނަނެތް މަސްގަނޑު ލެއާއި ތަތްތެޅިފައި އޮތްތަން ފެނުމުންނެވެ. އަމްނާ ހުރީ ކުށްވެރި އެއް ފަދައިންނެވެ. އޭނާގެ މަޖުބޫރީ ހާލަތާއި މެދު ވިސްނެނީއެވެ. ހާތިބު އަމްނާ ކައިރީ ހުރެ އާދަންބެ ހުއްޓުވުމަށް އެދެމުން ދިޔައެވެ. ނަމަވެސް ހާތިބު އޭނާގެ އެންމެ ފަހުގެ ނޭވާ ދޫކޮށްލި މަންޒަރު ފެނިފައި ހުއްޓުން އެރިއެވެ. ހަދާނެގޮތް ހުސްވެފައި ވާ މީހެއްފަދައިން ބޮލުގެ ދެފަރާތުގައި އަތް އެޅިއެވެ. މަދަދަށް އެދޭނީވެސް ވަކި ކާކު ކައިރީގަ ތޯއެވެ. މިއަދު އޭނާގެ އެންމެ ގާތް އެކުވެރިޔާވެސް މަރުވެގެން އެދިޔައީ އޭނާއަށްޓަކައި ޤުރުބާންވާ ޙާލުގައެވެ. ދުވެފައި ގޮސް އައްބާސްގެ ފުރާނަނެތް މަސްގަނޑު ނަގައި އޮޅުލަމުން ދިޔައެވެ. ރޮއެ ރޮއެފައި ހަޅޭލަވަމުން ދިޔައެވެ. އެގޮތަށް ވަގުުތު ދެމިގެން ދިޔައީ ހިނދުކޮޅަކަށެވެ. އެއްޗެއް ހަނދާންވާ ފަދައިން ހާތިބު ތެދުވެ މިސްރާބު ޖެހީ ނާދިރާއާއި ދިމާއަށެވެ. ނާދިރާއަށް އެތަން ފެނި ފަސްފަހަތަށް ޖެހެމުން ދިޔައީ ބިރުން ހުރި ވަރުންނެވެ. ހާތިބު ނާދިރާއާއި ދިމާއަށް ފުންމައިގަތީ ނާދިރާ ފަހަތަށް ޖެހެން ފެށުމުންނެވެ. އަދި ބަލާކަށް ނުހުރެ ނާދިރާގެ ބޮލުގެ ދެފަރާތުގައި ދެއަތް އަޅާއި ފިއްތާލީ ބިރުވެރި ޒާތަކަށް ރޮއެ ހޭރެމުންނެވެ. ނާދިރާގެ ލޮލާއި ނޭފަތާއި ކަންފަތް އަދި އަނގައިން ލޭތައް ނިކުމެގެން ދިޔަ މަންޒަރު ފެނި އަމްނާ ރޮއެ ގިސްލެވޭ ހާލު އެދިމާއަށް ދުއްވައިގަތެވެ. ހާތިބު ނާދިރާގެ ހަށިގަނޑުން ދޫކޮށްލީ ހިތް ފުރުމުންނެވެ. ހަމަ އެވަގުތެވެ. އަމްނާ ނާދިރާގެ ގައިގައި އޮޅުލައިގަތެވެ.
ހާތިބު އެކަމަށް ސަމާލުކަމެއް ނުދީ އާދަންބެ އާއި ދިމާއަށް މިސްރާބު ޖެހިއެވެ. އާދަންބެ ރޯކުރަމުން ދިޔަ އަލިފާންގަނޑަށް އުނިމާ އެޅިއެވެ.އެއާ އެކު އާދަންބެ ވޭނީ ޒާތަކަށް ހަޅޭލަވަމުން ދިޔައެވެ. ނޭފަތާއި ކަންފަތުން ދުން އަރަމުން ދިޔުމުން ކަންފަތުގައި އަތް އަޅައި ފަސްގަނޑުގައި ފުރޮޅެން ފެށީ ހަށިގަނޑުގައި ރޯވަމުންދާ އަލިފާންގަނޑުން ކެތް ނުވުމުންނެވެ. މީކީ އެއްގޮތަކަަށްވެސް ހާތިބު އުއްމީދުކުރި ގޮތެއް ނޫނެވެ. ނަމަވެސް މިވީގޮތުން އޭނާގެ މަސައްކަތަށް އިތުރު ލުއި ކަމެއް އައެވެ. އާދަންބެގެ ހަށިގަނޑު ރޯވެ އަނދައި އަޅިއަށް ވީއިރުވެސް އަމްނާއާއި ހާތިބު އަނގައިން ބަހެއް ނުބުނެ އެދިމާއަށް ބަލަަން ތިއްބެވެ. ދުނިޔެ މައްޗަށް އަލިވާން ފެށުމުން ހާތިބު އަވަސްވީ މީހަކަށް ފެނުމުގެ ކުރިން އަމްނާއާއި އެކު އެތަނުން ދާށެވެ. ނަމަވެސް ދިޔުމުގެ ކުރިން ކުަރަން ޖެހޭ މަސައްކަތެއް އޮތުމުން އަވަސްވީ ނާދިރާއާއި ކާސިމު އެތަނުން ގެންދިއުމަށެވެ.
އަމްނާއާއި ހާތިބު ކޮޓަރިއަށް އައި އިރުވެސް އަމްނާ ހުރީ ގަނޑުވެފައި ކަހަލަ ގޮތަކަށެވެ. ހާތިބު ދެކެ ގަތް ބިރު ކެނޑިފައި އަނެއްކާވެސް ހާތިބު ދެކެ އެހިތުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. ” މަ ބުނީމެންނު މި ދެމެދަށް ވަންނަ ކޮންމެ މީހަކު މަރާލާކަށްވެސް ފަހެއް ނުޖެހޭނަމޭ. އެއީ އަހަރެން ކުރާ ވަޢުދެކޭ.” ހާތިބު އޭނާގެ ހިތުގައި ވީ ބަސްތައް އަމްނާއަށް ހާމަ ކުރިއެވެ.
ދުވަސްތައް އެފަދަ ގޮތަކަށް ވޭތުވަމުން ދިޔައެވެ. އަމްނާވެސް އޭނާގެ އުފަން ރަށް ދޫކޮށް މާލެ އައީ މީހުންގެ މަލާމާތުގެ ސަބަބުންނެވެ. މީހަކަށް ފެނުނަސް އެއީ ކާކުކަން ނޭންގުމަށް އޭނާވަނީ މޫނު ބުރުގާ އަޅާފައެވެ.
އަމީމް އޮތީ ހިޔާލު ތަކަކަށް ގެއްލިފައެވެ. އަމްނާގެ މަޢުލޫމާތުން އިނގުނު ގޮތުގައި އަމްނާއަކީ މީހަކާ ނީނދެ ހުރި އަންހެނެކެވެ. ނަމަވެސް މިއަދު ހެދި ޓެސްޓުތަކުން އަމްނާ އިނީ ބަލިވެކަން އިނގުނެވެ. އެހެންވީމާ ނަހަލާލަށް ބަލިވެ އިނީތާއޭ އަމީމްގެ ހިތަށް އެރިއެވެ. އެހެންވީއިރު މާ ދީންވެރި މީހެއްކަމަށް މޫނު ބުރުގާ އަޅައިގެން މިއުޅެނީ ކީއްކުރަން ހެއްޔެވެ؟ މީހުންގެ މަލާމާތުން ސަލާމާތް ވާންތާއެވެ. ކޮންމެ އަކަސް އެކަމާއި ވިސްނި ވަރަކަށް އޭނާގެ ބޮލުގައި ރިހެމުން ދިޔައެވެ.
ވޭތުވެދިޔަ ފަނަރަ އަހަރަށްފަހު ލޯބި ލޯބި ދަރިއެއް ލިބެން އުޅޭކަން ހާތިބަށް އިނގުމުން އޭނާ ވަރަށް އުފާވި ނަމަވެސް އަމްނާ ނުތަނަވަސް ވިއެވެ. އޭނާ ދަރިއަކު ބޭނުން ނުވަނީކީ ނޫނެވެ. ހާތިބަކީ ޖިންނިއަކަށްވެފައި ހާތިބާއި އެކު ހޯދާ ދަރިއަކަށްވެސް އެފަދަ ބިރުވެރި ސިފަތަކާއި އާދަޔާ ޚިލާފު ބާރުތަކެއް ލިބޭނެތީ އޭނާ ބިރުގަންނަނީއެވެ. ހާތިބު ދެކެ ގަންނަ ބިރު އެދަރިފުޅު ދެކެވެސް ގަނެފާނެތީ އޭނާގެ ހިތް ނުތަނަވަސް ވަނީއެވެ. ނަމަވެސް އޭނާ ވަކި ކުރާނީ ކީއްހެއްޔެވެ؟ މިއީ އޭނާގެ މަޖުބޫރީ ޙާލަތެވެ. ހާތިބު ކުރި ވަޢުދުގެ ބާރެވެ. ދުވަހަކުވެސް އޭނާ މި މުސީބާތުން ސަލާމަތްވާނެ ކަމެއް ނޭނގެއެވެ.
24 Comments
Comments are closed.
finally !!varah reethi nimuneetha???
No. nimuneema “nimunee” jahaalaanan… thn Q vrh bodah……
Yay mee first.v reethi .ekm kury
Heheheh. u r second… try again next tym… ufaavejje vhk kamudhiyaeema……
Vv reethi mi part ves
Dhen vaanee kihineh baa
E vaudheh ehen oi haa hindhaku amna ah ufaaveri dhiriulhu me nei dho
I hate Haathib
When next part
E nimuneetha story
No gotheh huheh nuvaannu.. dhn hingaa balamaaa haathibah vaane gotheh…….. next part 23/6/2018 ga.. heheh…….Thn Q alot nunnu dear…..
Varugadha vaudhehnu dw e haathib hrdha gwhey dw he doesnt lve the grl he jst lvs his promis dw ?? anyways vrhaka hma vvvvvvvvvvvvvvv reethi hma speechles this one ws grt buddy kyp rckin like this always ???
yh haathib vrh goas…. hingaa dhw dhn vaane gotheh balamaa… m super excited cx u really really really luved this story….. Thn Q alot Roxy…
Vvv reethi..dhigu Inthi nimun
Thn Q Kitty….. vrh ufaavejje vhk reethi vma.
Varah salhi when next next next part??
Next part maadhan….. m glad to knw tht u liked my story.. thn Q vrh bodah……..
vvv reethi my friend the story is osm as always
Thn Q unique.. koba adhivs habareh nuvamennu….. btw ufaavejje unique ah vhk kamudhiyaeema…….
Vrh vrh reethi…SPeech less….
Thn Q Amee… vrh vrh vrh vs ufaavejje amee ah vhk kamudhiyaeema…….
arrn mail kurymey but nudhiya i forgot to tell….. iraadha kurevviyaaa vv avahah habareh vaanan
issowkeii unique dear….
V Salhi Mi story
Maa kuri Ekam
But I love this sooo much
Awwwn… Thn Q Chimpu dear… vrh ufaavejje vhk kamudhiyaeema…….
Wowww…. Vr nice… When next part?❤❤❤
Thn Q Thn Q alot No one dear……… ufaavejje vrh bodah vs dear ah vhk kamudhiyaeema……… next part miadhu up kollaaaanan insha allah..
V rythi mi partvx bt maakury..
Thn Q Naju… ufaavejje vhk reethi vma Naju ah………