އާދޭސް ކުރާ ހިތްވޭ ރޮމުން (44)
ރާސިލް މެން ނިމިގެން ގެއަށް އައި މަގުމަތީގައި ޒީޝާ ދާނިޝް އާއި ރާސިލް އާ ވާހަކަ ދެއްކިއެވެ.
“ދާން… ރާސިލް…” ކާރުގެ ތެރެއަށްވެރިވެފައި އޮތް ހަމަހިމޭންކަން ފޫ ދުއްވާލަމުން ޒީޝާ ގޮވާލިއެވެ. ދެމީހުންވެސް ސަމާލް ކަން ދިންކަން ޔަގީން ކޮށްދެމުން ހޫމް އެއް އަޅުވާލިއެވެ. ދިގުކޮށް ދަމާލާފައި ކީ ގޮތުން ޒީޝާ ގާތަށް ހިނި އައި ކަމަށް ވިޔަސް ނިކަން އަވަހަށް ސީރިއަސް ކަން ވެރިކޮށްލިއެވެ.
“މަންމަ ބޭނުން ވަނީ ވަރިވާން…”
ކާރުގެ ބުރަކި ހިފާލުމާއެކު ދާނިޝް އަށް ފަހަތަށް ބަލާލެވުނެވެ. ނުވިސްނާ އިން ރާސިލް ވެސް ކުރިއަށް ދިޔައެވެ. ޒީޝާ އިތުރަށް ހިޝްމާ ކަންތަށް ކުރަން ބޭނުންވާ ގޮތް ކިޔައިދިނުމާއެކު ދެމީހުންވެސް އެއްބަސް ވިއެވެ. ދާނިޝް ކާރު ދުއްވާލުމާއެކު ދެން އަނެއްކާ ކާރުގެ ތެރެއަށް ވެރިވީ ހަމަހިމޭންކަމެވެ.
އެ ހުރިހާ އިރު ކާރު ތެރޭގައި އިން ދާނިޝް ގެ ހިތުތެރޭގައި އަދިވެސް ސުވާލުތަކެތް ވިއެވެ. އެހެންނަމަވެސް ދެން އެ ސުވާލް ތަކަށް ޖަވާބް ހޯދާނީ ކިހިނެތްބާއޭ އޭނާގެ ހިތަށް އެރިއެވެ. އެ ހުރިހާ ކަމަކާ ހެދި އޭނާގެ ބޯ ހާސްވާކަހަލަ ގޮތެއްވެގެން ދިޔައެވެ.
ޒީޝާ ދެއްކި ވާހަކައަށް ރާސިލް އާއި ދާނިޝް އާއި ދެމީހުން ވެސް ވަކި އެއްޗެއް ނުބުނެއެވެ. މަންމަ އަށް ފެންނަ ގޮތެއް އެންމެ ރަނގަޅު ކަމުގައި ދެމީހުންވެސް ބުނުމާއެކު ޒީޝާ އަށް ވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ދެން އެ ވާހަކަ ހިއްސާ ކުރަން ޖެހޭނީ އައިލީޝް އާއި އެވެ.
ގެއަށް ގޮސް ރާސިލް އައިލީޝް ގާތަށް ދިޔައެވެ. ޒީޝާ އާއި ދާނިޝް ހިޝްމާ އާއި ވާހަކަ ދައްކަން ދިޔައިރު ކުޑަ ކުޑަ އަންޖުމް ހުރީ ހިޝްމާގެ ގާތުގައެވެ. ޖަމިއްޔާގެ ކަމަކު ޒީޝާ އޮފީހަށް ދާން ޖެހުމުން އޭނާ ދާނިޝް ގާތު ބުނެލާފައި ދިޔައީ ދެމީހުންވެސް ފަހުން ހިޝްމާ އާއި ވާހަކަ ދައްކަން ނިންމާފައެވެ.
ދާނިޝް ވެސް ކޮޓަރިއަށް ވަނީ ފެންވަރާ ތާޒާ ވެލުމަށެވެ. އޭނާ ފެންވަރައިގެން ނުކުމެ އެނދުގައި ޖައްސާލީ ވެފައި ހުރި ވަރުބަލި ފިލުވާލުމަށެވެ. އެއާއެކު އޭނާ އަށް ހިޔާލް ތަށް އަންނަން ފެށިއެވެ. އިފްޝާ އަށް މަޖުބޫރީ ކަމެއް ދިމާވީ އޭ ހިތަށް އަރަ އަރާ ހުރިކަމުގައި ވިނަމަވެސް އެކަން ޔަގީން ކުރެވޭނޭ ގޮތެއް ނެތެވެ. އެހެންކަމުން އޭނާ ވަނީ ހިސާބަކަށް ހާސްވެފައެވެ. ހަގީގަތް އެނގޭނީ ޒާހިދު އާއި ނޫނީ މާނިއު ނުވަތަ ރާއިދާ އާ ބައްދަލުކޮށްގްނެވެ. އެހެންކަމުން އޭނާ ނިންމީ ރާއިދާ އާއި ނުވަތަ ޒާހިދު އާއި ބައްދަލު ކުރަން ދާށެވެ.
މާދަމާގެ ވަގުތެއްގައި ބައްދަލުކުރަން ދާން ނިންމާފައި އޭނާ ދެލޯ މަރާލީ ނިދާލެވޭތޯއެވެ.
ރާސިލް އައިލީޝް ގާތު އެނދުގައި ޖައްސާލީ އުނަގަނޑުގައި ރިއްސަމުން ދިޔައީތީ އަރާމް ކޮށްލާށެވެ. ދެމީހުންގެ ދެމެދު އެއްވެސް ވާހަކައެއް ނުދެކެވުނު ކަމުގައި ވިނަމަވެސް އިރު އިރުކޮޅަކާ އެކަކު އަނެކަކަށް ބަލާލިއެވެ. ރާސިލް ވަނީ އައިލީޝް އަށް ބާކީ ހުރި ވާހަކަތަށް ވެސް ކިޔައިދޭން ބޭނުންވެފައެވެ. އެހެންނަމަވެސް އައިލީޝް ގެ އެ ހާލަތުގެ ސަބަބުން އޭނާގެ ސިކުނޑި އެކަމަށް ތަން ނުދެނީއެވެ.
އެހެންނަމަވެސް ހިޝްމާ އާއި ޒާހިދު ގެ ވަރީގެ ވާހަކަ އޭނާ އައިލީޝް ގާތު ބުނަން ޖެހޭނެއެވެ. އެއީ ދާނިޝް އާއި ޒީޝާ އޭނާގެ ބޮލުގައި އަޅުވާފައިވާ ޒިންމާއެކެވެ. ރާސިލް ވާހަކަ ދައްކަން ޖެހޭނީ ނުހަނު ވިސްނައިގެން ކަމުން އޭނާ ވާހަކފެށީ ނުލާހިކު ދުރު ދުރުންނެވެ. މަޑުމަޑުން މައުޟޫ ތެރެއަށް ވަންނަމުން ރާސިލް އޭނާ ގެ ވާހަކައިގެ މިސްރާބު ބަދަލް ކޮށް އެ ވާހަކަ ބުނެލިއެވެ.
“އައިލީ މަންމަ ބޭނުންވަނީ ވަރިވާން” ރާސިލް ގެ ވާހަކައިން އައިލީޝް އަށް ކުއްލި ޝޮކެއް ލިބިގެން ދިޔައެވެ. އޭނާ އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. “އާނ އައިލީ މަންމަ ބޭނުންވަނީ ވަރިވާން” ރާސިލް އެ ވާހަކަތަށް އައިލީޝް އަށް ޔަގީން ކޮށްލަދިނެވެ. އައިލީޝް ކީއްވެހޭ ވެސް ނާހާލިއެވެ. ވާނީވެސް އެހެންނެވެ. ބައްޕަގެ ހުރި ނުބައިކަން އެނގުމަށްފަހު އެހެން އެހުމަކީވެސް ބޭކާރު ކަމެކެވެ. އެހެންކަމުން އައިލީޝް ވެސް އެކަމާ އަޅާ ނުލީއެވެ.
އިޒިކް އާއި މުސްކާން އާއި ދެމީހުން ސައިކަލުގައި މިސްރާބުޖެހީ ޝިފާމެން ގެއަށެވެ. އެ ދިޔަ މަގުމަތީގައި އިޒިކް ގެ ލޮލުގައި ޒީޝާ އޅައިގަތެވެ. ދާނިޝް އާއި އެހާ ގާތް ކޮށް އުޅުނު ކަމުގައި ވިނަމަވެސް ޒީޝާ އާއި އެހާ ގާތް ގުޅުމެއް އިޒިކް ގެ ނޯވެއެވެ.
“އެއީ ދާން ގެ ވައިފް… ހިލޭ ސާބަހަށް ޖަމިއްޔާ އެއް ހިންގާނީ… އަނިޔާ ލިބޭ މީހުންނަށް އެހީތެރިކަން ފޯރު ކޮށްދީ ކައުން ސެލީން ދޭނެ… މާނިއު ގެ ކުރީގެ ވައިފް އެއީ…” އިޒިކް ބުނެލިއެވެ.
“މާނިއު ގެ ކުރީގެ ވައިފް އޭ…” މުސްކާން އަށް އަހާލެވުނެވެ.
“ޔާ… އަސްލު އެ ދެމީހުން ކައިވެނި ކުރީ މާނިއު ގެ ބައްޕަ ފާޑަކަށް މަޖުބޫރު ކުރީމަ… ޒީޝާ ދާނެ ކުރީގަ މާނިއު މެން ގެއަށް ކުއްޖަކަށް ޓިއުޝަން ދޭން… އެދިޔަ މަގުމަތީގައި މާނިއު ޒީޝާ އަށް ތަފާތު ޖެއްސުން ކުރަން ފެށީ… އެކަމުގެ ސަބަބުން ޒީޝާ އޭނާ ދެކެ ލައިކް ވީ ކަމަށް ވަނީ… އޭރު ވެސް އެގޭ މީހުންނަށް އެނގޭ މާނިއު އަކީ ގޮސް ކޮށް އުޅޭ މީހެއްކަން… އެކަން ޒީޝާ އަށް ނާންނާ އެމީހުން ވެސް ބޭނުންވީ އެ ދެމީހުން ގެ ކައިވެނި ކުރުވަން… އެމީހުން ދެކުނު ގޮތުގައި ޒީޝާ ފަދަ މާތް ކުއްޖަކު މާނިއު އާ ގުޅިއްޖެނަމަ މާނިއު ގެ ގުޅުން ވެސް އިސްލާހުވާނެ… ޒީ އަށް ވެސް ނޭނގެ އެމީހުން ދިޔައީ ކައިވެންޏަށް އެދި އެގޭ ދައްތައެއް ކައިރިއަށޯ… މިބުނާ މާނިއުމެން ފެމެލީ މީހުން ތިބީ ބޭނުން ވަރަކަށް ވެސް ލާރި ދީގެން އެކަން ތަށް ކުރުވަން… ދެން ވާނީ ވެސް އެކަހަލަ ކަމެއްތާ ދޯ… އެ މީހުން ޒީ ވިއްކާލީ އޭ ދޯ ބުނެވެނީ… އެކަމެއް ޒީ އަކަށް ނޭނގެ… އިނގުނީވެސް އޭނާ ބޮޑުދައިތަމެން ގެއަށް ދިޔަ ދުވަހަކު ކަމަށް ވަނީ” ދާނިޝް ޒީޝާގެ މާޒީއާއި ބެހޭ ގޮތުން ކިޔައިދީފައިވި އެއްޗެހި އިޒިކް މުސްކާން އަށް ކިޔައިދިނެވެ.
މުސްކާން ވެސް ބޯ ޖަހާލިއެވެ.
“ޔަގީން އެ އަންނަނީ އޮފީހަށް ކަމަށް ވާނީ” އިޒިކް އެ މަގުގެ ތަންކޮޅެއް ދުރުގައި ހުރި އޮފީހެއް ދައްކާލާފައި ބުނެލިއެވެ.
“ޒީ އަސްލު ހިތްވަރު ގަދަ… އަނިޔާ ލިބުނަސް ހާދަ ހިތްވަރު ގަދައޭ… އެއީ އަންހެނުން… ހެހެ. ހިތްވަރުގަދަ އަންހެން ކަނބަލުން” އިޒިކް އެހެން ބުނި އިރު އެ އަޑުގައި ސަމާސާ ގޮތެއް އެކުލެވިފައި ވެއެވެ.
“އަހަރެންވެސް ބޭނުން ޒީ އާ އެކު މަސައްކަތް ކުރަން… ފުރުސަތެއް ހޯދަދޭން ވީނު” މުސްކާން އަހާލިއެވެ. “ހެހެ އެއްވެސް މައްސަލައެތް ނޯންނާނެ… ތީ ދެން އެއްވެސް ކަމެއް ނޫނެއްނު…” އިޒިކް ބުނެލިއެވެ.
އެއާއެކު މުސްކާންއާއި އިޒިކް އާއި ދެމީހުން ގެ ހުނުމުގެ އަޑު އިވިލިއެވެ.
ޒީޝާ އެ ދިޔަ މަގުމަތީގައި އޭނާ ގެ ގައިގައި މީހަކު ޖެހިފައި ވެއްޓެން ދިޔައެވެ. ނަސީބަކުން ޒީޝާ އަށް ހަދާލެވުނު ގޮތަކުން އެމީހާގެ އަތުގައި ހިފެއްޓުނެވެ. “ބޮޑުދައިތަ؟” އެމީހާ ނަގާ ބަހައްޓަމުން ޒީޝާ ރަނގަޅަށް އެމީހާ އަށް ބަލާލިއެވެ. މޫނުމަތިން ބަލި ފާޑު ޖަހައެވެ. މޫނުމަތި ހުދުވެފައި ވީ ގޮތުން މީހާގެ ގައިން ލޭ މަދުކަން ފުރަތަމަ ފެނިލުމުންވެސް ޒީޝާ އަށް ފާހަގަ ކުރެވުނެވެ.
“ޒީޝާ” އާބިދާ އަށް ވެސް ބުނެވުނެވެ. އޭނާ ޒީޝާ އާ ދިމާލަށް ބަލާލީ ނުހަނު ދެރަވެފައެވެ.
“ޒީ… ބޮޑުދައިތަ ވަރަށް ބަލިކޮށް މިއުޅެނީ… ޑޮކްޓަރު ބުނަނީ ޖެހިފައިވާ ބައްޔަށް ބޭސް ކުރެވޭނީ ރާއްޖޭން ބޭރުންނޭ އެހީ އެތް ވެދީ… ޒީޝާ އާއި ދޭތެރޭ ކަންތަށް ކުރެވުނު ގޮތުން ދާން ވެސް ނުކެރިފަ މިހުންނަނީ” ޒީޝާ އޭނާ ގޮވައިގެން އޮފީހަށް ވަދެ ގޮނޑީގައި ބެއިން ދުމާއެކު އާބިދާ ބުނެލިއެވެ. ޒީޝާ އާއި އާބިދާ ތިބީ އެމީހުންގެ ކެބިންގައެވެ. އިތުރު ވިސްނުމަކާ ނުލާ ޒީޝާ ދާނިޝް އާއި ގުޅުމަށްފަހު އާބިދާ އަށް އެހީވިއެވެ.
ދާނިޝް ވެސް އެކަމާ އެއްޗެއް ނުބުނެ ޒީޝާ ގެ ބަހަށް އާބަސް ދިނެވެ.
ރާސިލް އާއި އައިލީޝް އާއި ދެމީހުން އެކަކު އަނެކަކާ ވާހަކަތަށް ހިއްސާކުރުމުގައި އެތަކެތް ވަގުތެއް ހޭދަކުރިއެވެ. ދެމީހުން ސިހުނީ ކޮޓަރިއަށް ވަތް އަންޖުމް ފެނިފައެވެ. އަންޖުމް ގެ ފަހަތުން ހިޝްމާ ވެސް ވަނެވެ.
“މަންމާ ވަރިވަނީތަ؟. އަހަރެން މަންމަ އާއި އެކު އުޅެން ބޭނުންވީމަ ދޫކޮށްލާފަ ދަނީތަ؟” އައިލީޝް އަށް އަސަރާ އެކު އަހާލެވުނެވެ.
“ނޫނޭ އައިލީ… މަންމަ އަބަދުވެސް ހުންނާނީ އައިލީ އާ އެކީގަ.. އަންޖު އާއި އެކީ… ދާން އާއި ރާސިލް އާވެސް އެކުގަ… މިގޭގަ ވެސް މަންމަ އަށް ހުރެވިދާނެ… އެކަމަކު ވަރިވުމަށްފަހު އެއީ އެހާ ރީތި ގޮތަކަށް ނުވާނެއެއްނޫންތަ އައިލީ… މަންމަ އަބަދުވެސް އައިލީ ގާތަށް އަންނާނަމޭ…” ހިޝްމާ އައިލީޝް ގާތަށް ދަމުން އެ ބޮލުގައި ފިރުމާލާފައި އައިލީޝް ގައިގައި ބައްދާލަމުން ވާހަކަ ދެއްކިއެވެ. އައިލީޝް ގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެއް ކަމަކު އެއީ ހިތި ހިނިތުންވުމެކެވެ.
“މަންމާ ކާކުތަ ބުނީ މަންމަ މިގެ ދޫކޮށްފަ ދާނެޔޭ… މަންމައެތް މި ގެ ދޫކޮށްފަކާ ނުދާނެ މަންމަ ހުންނާނީ މިގޭގަ… މިހާރުވެސް މިގޭގެ ބައެއް ޑޮކިޔުމެންތަށް މިހުރީ ޒާހިދު ގެ ނަންމަތިން ނަގާފަ… ދާދި އަވަހަށް ކޮންޕެނީވެސް ނަގާނަން… އޭގެ ފަހުން އައިލީ އަށް ވެސް އެތާ މަސައްކަތް ކުރެވޭނެ… އެހައްގު އައިލީއަށް ވެސް އޮންނާނެ…” ކުއްލިއަކަށް އެ ކޮޓަރިތެރެއަށް ވަތް ދާނިޝް ވާހަކަ ދެއްކިއެވެ. އަދި އޭނާ އެ ގޮތަށް ނިންމީ ކިހާ ބޮޑު ވިސްނުމެތް ވިސްނާފައި ކަން ހާމަކުރިއެވެ.
“އަހަރެމް މިއުޅެނީ މާދަން ބައްޕަ އޭ އެކިޔާ ޒާހިދު އާ ބައްދަލުކުރަން ދާން” ދާނިޝް ގެ ދުލުން ބައްޕައޭ ކިޔަން ބޭނުން ނުވާވަރު އެ އަޑުގައި ވި ނަފްރަތުން ސާފުވެގެން ދިޔައެވެ. އޭނާ ގެ އަޑުގައި ވަނީ ނުރުހުމެވެ. ނަފްރަތެވެ. ލަދު ވެތިކަމެވެ.
“އެ ކީއްކުރަން؟” ހިޝްމާ އަށް އަހާލެވުނެވެ. ހިޝްމާ ގެ އެ ސުވާލާއެކު އައިލީޝް ވެސް ދާނިޝް ގެ ޖަވާބަކަށް ކެތް ތެރިކަމެއް ނެތި އިންތިޒާރުކުރިއެވެ.
“އެއީ ވަރަށް ބޮޑު އެއްޗެއް އޮޅުން ފިލުވާލަން ވެގެން… އިފްޝާ އަހަރެންގެ ބޮލުގައި އެ ތުހުމަތު އެޅުވީ ކީއްވެގެން ކަން އެގެން ބޭނުން… އަހަރެން އެ ރޭގެ ފަހުން އިފްޝާ މެން ގެއަށް ދިޔަ ދުވަހުވެސް އެންމެ ފުރަތަމަ އަހަރެންގެ ގައިގަ ބައްދަ ބައްދާފަ އުޅުނު ގޮތް ހަދާންވަނީ… އެރޭވެސް ކުއްލިއަކަށް ޒާހިދު ދިޔަ ފަހުން އިފްޝާ އަހަރެންގެ ބޮލުގަ އެ ތުހުމަތު އެޅުވީ ނުސްވެރިންގެ ވެސް ކުރިމަތީ… އަނެއްކާ ވެސް އަނެއްކަންތަށް… އަހަރެން ހަމަ އެ ގެއަށް ދިޔުމާއެކު ނޫސްވެރިންނަށް ކިހިނެތް އެނގެނީ އަހަރެން އެގޭގަ ހުރިކަން… އަނެއްކޮޅުން ޒާހިދު ދިޔުމާ އިފްޝާ އެ ތުހުމަތު އަހަރެންގް ބޮލުގަ އެޅުވުމާ… މިހުރިހާ ކަމެއް ވެސް މިހުރީ ވަރަށް ބޮޑަށް ގުޅުފައޭ…” ދާނިޝް ވިސްނި ވަރަކަށް ޕަޒުލް ގެ އެތި ކޮޅުތަށް އައިސް ގުޅެމުން މަންޒަރު ސާފުވަމުން ދިޔައެވެ. ދާނިޝް އެކޭ އެތް ގޮތަށް ދެން ތިބި މީހުން ވެސް ތިބީ އެކަމުގެ އަޑީގައިވި ސިއްރު ދެނެގަންނަން ހިތް އަވަސް ވެފައެވެ.
އެރޭގެ ވަގުތުގައި އަންޖުމް އާއި އައިލީޝް އަދި ރާސިލް އެތަކެއް ވަގުތެއް އެކުގައި ހޭދަކުރިއެވެ. އެ ހުރިހާ އިރު ވީއިރުވެސް އަންޖުމް ގެ ޝަކުވާއަކަށް ވީ އައިލީޝް ވާހަކަ ނުދެއްކުމެވެ. އައިލީޝް އަށް ވާހަކަ ދެއްކޭނީ ކޮން އިރަކުންހޭ އަހާލާ ކޮންމެ ފަހަރަކު ދެމީހުން ބަސް ހުއްޓެއެވެ. ބުނާނެ އެއްޗެއް ނޭނގި އާގަމަ ވެއެވެ. އެއިން ކޮންމެ ފަހަރަކު އައިލީޝް އަށް ލިބޭ ހިތާމަ ނުހަނު ބޮޑެވެ. އަމިއްލަ ދަރިފުޅުގެ ކުރިމަތީގައި ދަރިފުޅާއޭ ކިޔާފައި ނުގޮވާލެވުމުން ކުރެވޭ އިހްސާސް އަށް ދޭނެ ނަމެއް އައިލީޝް އަކަށް ނޭނގުނެވެ.
އެރޭ އަންޖުމް ނިންދަވާފައި އައިލީޝް ގާތު ރާސިލް ވަގުތު ހޭދަކުރިއެވެ.
“އިންޝާ ﷲ އަހަރެމެން އަދި ވަރަށް އުފާވެރި ދިރިއުޅުމެއް އުޅޭނީ އައިލީ… އައިލީ އަށް ބޭސް ކުރަން އަހަރެމެން ވަރަށް ދުރު ގައުމަކަށް ދާނީ… އޭރުން އަންޖު ވެސް ކިހާ ހެޕީވާނެ” އައިލީޝް ގެނެސް އެ އަތުގެ ތެރެއަށްލާ ނިތަށް ބޮސްދެމުން ރާސިލް ބުނެލިއެވެ.
އޭނާ ތަފާތު ވާހަކަތައް ދައްކަމުން ގޮސް އައިލީޝް އަށް ބަލާލިއިރު އައިލީޝް އަށް އޮތީ ނިދިފައެވެ. އެހެންކަމުން އައިލިޝް ރީއްޗަށް އެނދުގައި ބާއްވާލަދީ ރަޖާ އަޅާލަދިނުމަށްފަހު އޭނާ ވެސް ގޮސް ސޯފާގައި އިށީނދެލީ މިހާރަކަށް އައިސް ދަންވަރު ގަޑީގައި އޭނާ ކުރާ މަސައްކަތް ކުރުމަށެވެ. ލެޕްޓޮޕް ގެ ސްކްރީނަށް ނޮޓިފިކޭޝަން އެއް އައުމުން އޭނާ އެ ހުޅުވާލާ ބަލާލިއެވެ. އެއާއެކު އޭނާ ގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މާނަފުން ސިއްރުވެރި ހިނިތުންވުމެއް އައިލީޝް އާ ދިމާލަށް ބަލާލަމުން ރާސިލް ހަދިޔާ ކޮށްލިއެވެ.
އޭނާ ދެންވެސް އެތަށް އިރަކު ލެޕްޓޮޕް ދޮށުގައި އިނެވެ.
ހެނދުނު ގެ އިރު ދުނިޔެ މައްޗަށް އަތްގަދަކުރަމުން ދިޔަ ވަގުތު މާލޭގެ މަގުމަތިވެސް ހަލަބޮލިވެގެން ދިޔައެވެ. އޮފިސްތަކަށް ދާ މީހުންނާ ސްކޫލް ކުދިން ތަކުން މަގުމަތި ތޮށްޖެހިފައި ވީއިރު ކޮންމެ މީހަކުވެސް ބަލަނީ އެމީހެއްގެ މަންޒިލަކަށް ގަޑި ނުޖެހި ދެވޭތޯއެވެ.
އަރާމް ކޮށް ނިދާފައިއޮތް އައިލީޝް އަށް ސިހިފައި ހޭލެވުނީ ފޯން ގެ އެލާރމް ގެ އަޑަށެވެ. ފިޒިއޮތެރެޕީ ހަދަން ދާން ޖެހޭ ދުވަހަށް ވުމާއެކު އޭނާ ނިދީވެސް ފޯން އެލާރމް ކޮށްފައެވެ. އޭނާ ތެދުވިއިރު ރާސިލް އަދިވެސް ސޯފާގައ ނިދާފައި އޮތެވެ. އެއްލިކަޅިއަކުން ރާސިލް އަޅައިގަތުމާއެކު އޭނާ އަށް ހައިރާން ކަމެއް ލިބިގެން ދިޔައެވެ. ރާސިލް އަށް ގޮވަން ކިތަންމެ ބޭނުންވިޔަސް އަދި ތެދުވެވޭނޭ ހިތްވަރެއް އޭނާގެ ނެތެވެ. އެހެން އޮއްވާ އަންޖުމް އައިސް ކޮޓަރިއަށް ވަނެވެ. އަންޖުމް ޔުނީފޯމެއްލާފައި ހުރުމުން އެ އުޅެނީ ކޮންމެވެސް ތަނަކަށް ދާން ކަން އައިލީޝް އަށް އެނގެއެވެ. ރަނގަޅަށް ޔުނީފޯމަށް ބަލާލުމާއެކު އެއީ ސްކޫލް ޔުނީފޯމެއްކަން ވެސް އެނގުނެވެ.
އެ ހިނދު ދަރިފުޅުގެ އަތުގައި ހިފާލައިގެން އެހެން މަންމަމެންނެކޭ އެތް ގޮތަށް ދެވޭނޭ ނަމައޭ އޭނާގެ ހިތަށް އެރިއެވެ. ދެންވެސް އައިލީޝް އަށް ބަލާލެވުނީ ރާސިލް އަށެވެ. އައިލީޝް ބޭނުންވެގެން އުޅޭކަންތަށް އަންޖުމް އަށް އެނގުނީ ކަންނޭގެއެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް އޭނާ ރާސިލް ގެ ގައިގައި ކޮއްޓާލަމުން “ޑެޑީ” އޭ ކިޔާފައި ގޮވާލިއެވެ.
ދެފަހަރަކު ޑެޑީ އޭ ކިޔާފައި ގޮވާލުމުން ރާސިލް ދެލޯ މަޑުމަޑުން ހުޅުވާލިއެވެ. އަދި އަނެއްކާވެސް ލޯ މަރާލިއެވެ. އެއާއެކު އަންޖުމް ކުޑަ ދޮރުތަކާ ދިމާލަށް ދިޔައެވެ. އަދި ދޮރުފޮތިތަށް ކަހާލިއެވެ. އެއާއެކު އިރުގެ އަލި ސޯފާއަށް އެޅިގެން ދިޔައެވެ. ރާސިލް އަށް ދެލޮލާ ދިމާލުން އަތް ހުރަސް ކޮށްލެވުނެވެ. “އަންޖޫ… ޑެޑީ އަށް އަދި ފައިވް މިނިޓްސް” ރާސިލް އަށް ބުނެވުނެވެ.
“ޑެޑީ އަށް ފައިވް މިނިޓް އެއް ވެސް ނުދޭނަން… ފައިވް ސެކަންޑް ވެސް ނުދޭނަން” އަތުގެ ފަސް އިނގިލި ދައްކާލަމުން ހުރިހާ ދަތެއް ފެންނަ ވަރަށް ހީލަމުން އަންޖުމް ބުނެލިއެވެ. މިހުރިހާއިރު އެ ދެމީހުން ގެ ހަރަކާތް ތަކަށް ބަލަން އައިލީޝް ހިނިތުން ވެލައިގެން އޮތެވެ.
“އޯކޭ ޕްރިންސެސް… ޑެޑީ ތެދުވީ…. އެކަމަކު ކާކު ކޮކީ ރީތިކުރީ” ތެދުވަމުން ރާސިލް ބުނެލިއެވެ. އަދި ގޮސް އަންޖުމް ގެ ކޮލަށް ބޮސް ދިނުމަށްފަހު އައިލީޝް އަށް ބަލާލިއެވެ. އައިލީޝް ގެ ތުންފަތުގައިވި ހިނިތުންވުމުން އޭނާގެ ހިތަށް ވެސް ފިނިކަން ގެނެސްދިނެވެ.
“މާމަ ރީތިކުރީ” އަންޖުމް ޖަވާބު ދިން އިރުވެސް ހުރީ ހެވިލާފައެވެ. އަންޖުމް ރާސިލް ފާހާނާއަށް ވަނުމުން ދިޔައީ އައިލީޝް ގާތަށެވެ. “މަންމި އަށް އެނގޭތަ؟ އަންޖު އިއްޔެ ސްކޫލް ގަވެސް ބުނިން ކުދިން ގާތު އަންޖު ގެ މަންމި ވެސް އައިސްސިޔޭ” އަންޖުމް އުފަލުން ސްކޫލް ގައި ވިއްޔާ ވީ ކަމެއް އައިލީޝް އަށް ކިޔައިދިނެވެ. އައިލީޝް ވެސް އެއްވެސް ފޫހިކަމެއް ނެތި އަންޖުމް ގެ ވާހަކަ އަޑުއަހަން އިނެވެ.
“ޑެޑީ އާ ނުލާ ކޮން ވާހަކައެއްތަ ދައްކަނީ ދެކުދިން” ރާސިލް ފާހާނާއިން ނުކުމެފައި އަހާލިއެވެ.
“އެއީ ގާލްސް ގެ ސީކްރެޓްއެކޭ ދޯ މަންމީ…. އެހެން ވީމަ ޑެޑީ ބޯއީ އަކަށް ވީމަ ނުބުނެވޭނެއެއްނު” އަންޖުމް ރާސިލް އާ ދިމާލަށް ބަލާލާފައި ލޯބިގޮތަކަށް އެއްލޯ މަރާލަމުން ބުނެލި ގޮތުން ރާސިލް ގާތަށް ވެސް ހިނިއައެވެ.
“ޑެޑީ ހެނީ މަންމީ… ޑެޑީ ހެންޏާ މަންމި ދިޔަހެން ކޮއްކޮވެސް ދާނީ…” އަންޖުމް ގެ ބަސް އަނގައިގައި އޮއްވާ ރާސިލް އަންޖުމް އަށް ބާރަށް ގޮވާލިއެވެ.
“އަންޖުމް… ތި ކަހަލަ ވާހަކަ ނުދައްކާތި އިނގޭ މީގެފަހުން” ރާސިގެ ގެ އަޑުގައި ނޭނގޭ ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރު ކޮށްލިއެވެ. އޭނާ ގޮސް އަންޖުމް ގެ ކޮލުގައި ބޮސްދިނެވެ.
ދާނިޝް ޒީޝާ ގާތު ބުނެލާފައި ޖަލަށް ޒާހިދު އާ ބައްދަލުކުރަން ދިޔައެވެ. މިއަދަކީ އެ އެންމެން މާފުށީ ޖަލަށް ވެސް ބަދަލް ކުރާ ދުވަހެވެ. ހިޝްމާ ވެސް ޒާހިދު އާ ބައްދަލު ކުރަން ދާކަށް ގަސްދެއް ނުކުރިއެވެ. އޭނާ ބުނި ގޮތުގައި އޭނާ ދެން ޒާހިދު އާއި ބައްދަލު ކުރާނީ ވަރި ސާބިތުކުރަން ކޯޓުންނެވެ.
“އަހަރެން މިއައީ ޖަވާބެއް ހޯދަން ވެގެން…” ކުޑަ ކޮޓަރިގަނޑެއްކަހަލަ ތަނަކަށް ޒާހިދު ގެނެވުމާއެކު ދާނިޝް ބުނެލިއެވެ. “ކޮންކަމެއް” ނުލަފާ ހިނިތުންވުމަކާއެކު ޒާހިދު އަހާލިއެވެ. “އަހަރެން އެނގެން ބޭނުންވަނީ އަހަރެންނާ މެދު އިފޫ އެގޮތަށް ކަންތައް ކުރީ ކީއްވެކަން… އިފޫ އަހަރެން ގެ މަތި އެ ފަދަ ބޮޑު ތުހުމަތެއް އެޅުވީ ކީއްވެކަން؟” ދާނިޝް ސުވާލުކޮށްލިއެވެ. އޭރު އޭނާގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ.
“ތި ސުވާލް ކަލޭ އަހަރެންނާ ތި ކުރަނީ މީގެ ކިތަށް އަހަރު ފަހުން… އޭގެ ފަހުން މިހާރު ހަތް އަހަރު ވީ… މި ހަތް އަހަރުވެސް ތި ތެތް ކަމެއް ނެތް ސިކުނޑިން އވަރު ނުވިސްނުނު ދޯ” ޒާހިދު ކުއްލިއަކަށް މޭޒުމަތީގައި ބާރަށް ޖަހާލިއެވެ. ބިޑި އަޅުވާފައި އިން ނަމަވެސް އޭނާ ގެ ހަރަކާތް ތަކުގައި ހަރުކަށިކަމެއް ވިއެވެ. ބަސްބުނުމުގައި ރުޅިވެރިކަމެއް ވިއެވެ.
“އަހަރެން ކުރާ ސުވާލަށް ޖަވާބު ދީ” ދާނިޝް އަހާލިއެވެ. “ކަލޭ ކުރާ ސުވާލަށް ޖަވާބުދޭން މަމީ ކާކު” ޒާހިދު ނުލަފާ ވައްތަރަކަށް ދާނިޝް އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.
“ސުވާލުގެ ޖަވާބު” ދާނިޝް އަތުގެ ޝަހާދަތް އިނގިލި ދައްކާލާ ހަލުވާލަމުން ޒާހިދު އަށް ބުނެލިއެވެ. ބޭކާކު ވާހަކަ އަޑު އަހާކަށް ވަގުތެއް ނެތޭ ބުނާކަހަލައެވެ.
“ކަލޭ ހާދަ ފެންވަރު އޮޅިފައޭ ތިހުރީ… ދޯ… މަގޭ މުދާތަކުގެ ބޭނުމުގަ ކަލޭ އުޅުނަސް އެވެސް ނުދޭނަން” ޒާހިދު ހަޅޭއްލަވައިގަތެވެ.
“އަހާ… ވާހަކަ އޮޅުވާލަން ނޫޅޭ… އަހަރެން ކަލޭގެ މުދާތަށް ވެސް އަތުލާނަން… މިހާރު އެކަންތަށް ވެސް އެބަ ކުރިއަށް ދޭ… ދެން އިފޫ އަހަރެންގެ ބޮލުގަ އެ ތުހުމަތު އެޅުވީ ކީއްވެކަން ނޭނގުނަސް ބައްޕަ އަކަށް ސަލާމަތެއް ނުވެވޭނެ” ދާނިޝް ބުނެލިއެވެ. ބައްޕަ އޭ ބުނެލއިރު އެ އަޑަށް ބާރުވެރިކަމެއް ވެރިވެގެން ދިޔައެވެ.
“އަހަރެންނަށް ޔަގީން އެކަންވެސް ކުރީ ތި އެންމެންކަން… ޔަގީން އެކަން އެ ގޮތަށް ވީ އިފޫ އަށް މަޖުބޫރު ކޮށްގެންކަން… އެކަން ޔަގީން ވެއްޖެ… އިތުރަށް ނުކިޔާ ދިނަސް ހެޔޮ… އަހަރެން ގެ ކިބައިގައި ވަގުތެއް ނެތް… ތި ކަހަލަ ބޭ.ކާ.ރު މީ.ހު.ން ދައްކާ ވާހަކަ އަޑު އަހާ ހިތެއްވެސް ނެތް ވަގުތެތް ވެސް ނެތް…” ދާނިޝް ބޭކާރުމީހންނޭ ބުނެލަމުން އަޑަށް ބާރުލުމާއެކު މިފަހަރުވެސް ޒާހިދު ގާތަށް ރުޅިއެވެ.
“ހެހެ… ކަލޭ ގެ އިފްޝާ ދުނިޔޭގައި އެބަ ހުރިތަ؟ އޭނާ މަރުވީ އަހަރެން ބޭނުންވި ގޮތަށް ކަލޭ އޭނާ އަށް ނަފްރަތު ކޮށްގެން ހުއްޓަ… ކަލޭ އަށް އޭނާގެ މޫނު ފެނުނުތަ؟ ނުފެނޭ ހަހަހަ”ދާނިޝް ދާން ވެގެން ހިނގައިގަތް ތަނާ ޒާހިދު ދައްކަން ފެށި ވާހަކައަކުން ދާނިޝް ގެ ރުޅިގަނޑުވެސް ފަޅައިގެން ދާން އުޅޭހެން ހީވިއެވެ.
“ދެން ކަލޭ އަށް ކީއް” ދާނިޝް ގާތަށް އައި ރުޅީގައި އެއައި ގޮތަށް އައިސް ޒާހިދު ގެ ގަމީހުގެ ގިރުވާނުގައި ހިފައިގަތެވެ.
ދުވަހަކު ޒާހިދު އާ ދިމާލަށް އޭނާ ބޭނުންނުކުރާ ބަހެއްކަމަށް ވާ ކަލޭ ވެސް ބޭނުން ކުރެއްވިއްޖެއެވެ. އެވެސް އެހާ އަޑު ހަރުކޮށް ބާރުކޮށެވެ.
ކަލޭ ވިސްނާލާ… އެރޭ ކަލޭ އެގެއަށް ދިޔުމުން ނޫސްވެރިން ދިޔުމާ ދެން ހިނގި ކަންތަށް ތަށް އެއީ ހަމަ އަހަރެންގެ ރޭވުން.. ކަލޭގެ ކަމެއް އެއީ ނުވިސްނުން” ޒާހިދު ބުނެލިއެވެ.
ދާނިޝް އަށް ޒާހިދު ގެ ގަމީހުން ދޫކޮށްލާފައި ފަހަތަށް ޖެހިވުނެވެ. އިތުރަށް މަޑު ކޮށްފިނަމަ އޭނާ އަށް އަތުން ފައިން ގޯހެއް ހެދިދާނެކަމުގައި ސިކުނޑި ވިސްނައިދިނެވެ.
(ނުނިމޭ)
49 Comments
Comments are closed.
inthizaaru ga mihuree
Assalaam alaikum. Miothy 44th vana part. Vvv ufaavehjje ingey thiya dhin support ah. Jazakallah Khairan. ❤?
Wow v v reethi. Thanks hi mi story up koh dhineema
maasha allah…..vrh vrh vrh reethi……..inthixaaruga hutta up koh dhiny…..thankx alot HiMi dhoonyya…..lysm
me 3rd dhw…..hehe
Hehehe ya v nice first me
Alheyy me 2 and dho
Varah nice story
????
Dhn inee last part tha…by the way….varah reethi…ailee vaahaka Dhah kaane nama alhe…Whn next…?????I m second tha
Wowww …varah reethi … Waiting for next episode
Masha Allah ❤️❤️❤️❤️❤️
Mi part ves v reethi??
i got late dhw but thanks hi mi
is zaahid, dhaanish’s real dad???
vvvvvv reethi i just luv it…………… thanks hi mi n much more misses lovessss more than that
Waiting Waiting <3
V reethi vaahakaeh.. ❤❤❤ vahaka kiyan comment nukuriyas.. v inthizaaru kurevey vaahakaeh.. Hi Mi loyaa strythah v nice.. waiting..
varah reethi. rasil ulheni aili ah tlk kureveyne goiy hadhan dhw himi. zahid adhives kanthah bodu kohlla ey varah foohi vey. so i was right dhw. he did all that. such a shame. waiting for the nxt part. loveit
mi part vx varah furihama, varah reethi.. next part kiyaalanves keii madhuvefa mihuree…. hi mi, ur jus the best writer ey bunyas dhogakah nuvaane.. MASHA ALLAH.. and dhn othee kithah part vaahaka nimen??
lov u <3
Nice mipart ves…keep it up ???????
Varah salhi…????
nice..<3
Wow story hama habeys
Masha Allah mi partves vvvvvvvvvvvv reethi???adhi ehaame furihama??? alhe eh zaahidh haadhs goahey dhw eyna gaiga neh insaanihyathuge kanfulhehves vvvv foohi meeheh????? himi dhooni v biru ganehje anjoo buni ehchakun anjuah dhera gotheh nahadhahchey ingey vvvvv reethi mi part???????waiting next part dear❤❤❤❤❤❤????
OMG haadha reehchey.. <3
Eagerly waiting for the next part..
Woww ???❤️❤️❤️… Mi part vx v v v reethi ingey Hi Mi ❤️❤️❤️??????????????????… Hama superb ???… Anju haadha cute ey ???❤️❤️❤️… Anju ge bai abadhuvx Hi Mi v v v furihama ah genesdhyfa hunnakan faahagakohlevey ???❤️❤️❤️???… Story hama v v v reethi ❤️❤️❤️???… Keep up the good work ????????????… Curiously waiting for the next part ???… Lots of love and take care pinky ge favourite Hi Mi ❤️❤️❤️???????????????…
Vv reethi mi part ves
When next part
Dhen aily ah vaaahaka dhekkey goi hadhaaaa ba
Eyrun v habeys vaaane
Gavaidhun mi vaahaka kiyan
Varah reethi ❤️
Mirey up vaane tha next part? Hi Mi lysm??
Mirey kiyaalah libeynetha himi
Awsome ?waiting for the next part❤
Hi mi. I think mihaaru dhn vaahakaige foto badhal kohlanvejje hn. Haadha rulhi aissa inna foto ekey mee. Mihaaru dhn varah loabi veyyennu raasil ailee dheke.dhn hama hihaaleh ingey mee.as usual story hama fabulous inge???
When next part, up vaalen lasvyma vrh foohi, wait koh koh foohivaa iruves vaahaka upp nuvey, vaahaka kithamme reehchas mihen vaathy foohi
Salaam. All. Mirey ge part himi up kohlaani maadhamaa reyge vagutheh ga. Miadhu kanthah thah dhiya gothun himi ah type kuraane vagutheh nuvi. Vvv bodah maafah edhen. Ekamaa hedhi reply kohlaane time eh ves nulibunu. Mi furusathugai himi ge hurihaa sipportarunah readers ah vvv bodah shukuriyya.
Jazakallah Khairan.
himi, maadhamaa reyga kihaairaku up kolleveynii??
last part veema kei madhu vefa mihuree.. varah furihama mi vhk vx… aileee ah talk kureynebaa.. this is one of the best story i have ever read… love you <3
abadhuves meena ah onnany konmeves kameh vefa dhw..fathah baru kuarn konhaa dhogeh hadhaakah tha??varah foohivey..huhh..
Anonymous… Hi Mi akee abadhuvx bxy noonihyaa or kameh dhimaa nuvanyaa hama baraabarah story up kohdhey writer eh ???… so Hi Mi story up kuran dhen kehtherikamaaeku inthizaaru kohlaa… N bas bunumuge kurin visnaalun ragalhu… Cause something u said might hurt others… So think about it…
Hi Mi akee abadhuvx bxy noonihyaa or kameh dhimaa nuvanyaa hama baraabarah story up kohdhey writer eh ???… So Hi Mi story up kuran dhen kehtherikamaaeku inthizaaru kohlaa anonymous… N bas bunumuge kurin visnaalun ragalhu… Cause something u said might hurt others…
Writer aky vase insaanunkan gaboolhu konba.. Read kuraaeeru kuda vaguthu kolakun kiunase liyaaeru vaguthu beynunvaane… Akahala kanthan aminlayan vishnaaliuash egayne… Hi mi aky dhuvahan up kuraa writer an… Kamen dhimaa vanche yaa bunba…. Dhen foohi vanaa vaahaka nukiya ba????
alhey hi mi its ok ……. but i feel so bad that understand nuvaa readers ulheythee they are so bad… emmeehun vaahaka liyaa nama egeyny dhw bxy vaane varu emeehunnah neyge mikan vaane kameves beykaaru aga thalhan……… aslu im sorry for saying that but its the truth n hi mi abadhuves up kurey if she isnt bxy so bas bunumuge kurin dhekolhu belumakee ragalhu kameh,,,,,,, n hi mi vvvv bodah misses…………… i feel soooooooooooooooooo bad that ur going plx come back fast with a better story then this………. i luv this story a lot…. vv miss vaane hi mi mathin …..lyssssm
I completely agree with unique ???… It’s really sad that some of the readers doesn’t understand…
Waiting…..
Keiymadhu vefa vaahaka kiyaalaahiythun….
?koba story
whn are u going to upload???
keii madhu vefa mihuree kiyaalaa hithun emme fahu ep veema…
cant wait…….
Alhe koba tha mirey upkuran buni bai?????????
ސަލާމް…. ސްޓޯރީ ލިޔަމުން މިދަނީ… އިންޝާ ﷲ…. މިރޭގެ ވަގުތެއްގަ އަޕްވާނެ… ވަރަށް ބޮޑަށް މާފަށް އެދެން ލަސްވަމުން ދާތީ… އަޕްވީމަ ހުރިހާ ކުދިންނަށް ވެސް އިނގޭނެ ކީއްވެކަން…. ތޭންކްސް ގާއިޒް
Kobaatha vaahaka?? Haadha lahey??