Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 6

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
June 22, 2018 5 Mins Read
28 Comments

އިސްރާ ރޯންފެށުމާއެކު ދެންތިބި ތިން ކުދިން އެކި ވާހަކަ ދައްކާގެން އިސްރާ ހަމަޖެއްސޭތޯ އުޅުނެވެ. ނަސީބަކުން ދިހަ ވަރަކަށް މިނެޓް ތެރޭ އިސްރާ ހަމައަކަށް އެޅުނެވެ.

“ތޭންކްސް ގާއިޒް ތީ ހަމަ އެންމެ ބެސްޓް ތިން މީހުން. ވަރަށް އުފާވޭ ތިކަހަލަ ލޯބި ލޯބި ރަށްޓިހިން މަށަށް ލިބުނީމަ.” އިސްރާ ތިން ކުދިން ގައިގަ އެކީ ބައްދާލިއެވެ. އިސްރާ އެކުދިންނަށް ބޭނުންވާ ކޮންމެ ފަހަރަކު އެކުދިން ދެގޮތެއްނުވެ އިސްރާއާ އެއްކޮށް ތިބެއެވެ. ކުރީގެ ލޯބިވެރިޔާ އޭނާ ދޫކޮށްފަ ދިއުމުން އެކަމުން އަރައިގަތުމަށް އެންމެ އެހީވެދިނީ އެކުދިންނެވެ. “އިސްރާ ބެސްޓްފްރެންޑްސްއޭ ކިޔަނީ ކޮންމެވެސް ކަމެއްވީމައެއްނު. ދެން ހިނގާ މި ބޮއެގެން އަވަހަށް ކިޔަވަން އޭރުން މެޗުފެށެން ވާއިރަށް ނިމޭނީ.” ހަތަރު ކުދިން އަވަހަށް ކޮފީބޮ ނިންމާލުމަށްފަހު ކިޔަވަންފެށިއެވެ.

*********************

އަކްމަލްގެ ހިތް އަވަސްވަމުން ދިޔައެވެ. އޭނާ ގައުމީޓީމަށް ކުޅެދޭ ފުރަތަމެ މެޗު ފަށަަން ބައިގަޑިއިރުވެސް ނެތެވެ. މެޗު ފެށުމުގެ ކުރިން ކުރާ ޕްރެކްޓިސްގަވެސް އޭނާ ދިޔައީ ފަރުވާތެރިކަަމާއެކު ކުޅެމުންނެވެ. މެޗަށް އެރުމަށް ތައްޔާރުވުމަށްޓަކައި ހުރިހާ ކުޅުންތެރިން ޗޭންޖިން ރޫމަށް ދިޔައެވެ. ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިން ޒުވާންކުޅުންތެރިންނަށް އެމީހުންގެ ތަޖުރިބާގެ އަލީގައި އެކިކަހަލަ އުކުޅުތައް ކިޔާދެމުން ދިޔައެވެ. ޓީމް ތެރޭގައު އޮތް އެކުވެރި މާހައުލު ފެނުމުން ކޯޗުގެ ހިތްހަމަ ޖެހުނެވެ.

ހުރިހާ ކުޅުންތެރިންވެސް މެޗަށް އެެރުމަށްޓަކައި ތައްޔާރުވިއެވެ. އޭރު ލަންކާ ކުޅުންތެރިންވެސް ނުކުމެ ތިއްބެވެ. ބެންޗުގައި ތިބޭ އޮފިޝަލުންނާއި ކުޅުންތެރިން ބެންޗަށް ދިޔައެވެ. ރެފްރީ އެންގުމާއެކު ކުޅުންތެރިން ދަނޑަށް ނުކުތެވެ.

ދިވެހިރާއްޖޭގެ ގައުމީ ސަލާން ކިޔަންފެށުމާއެކު ހުރިހާ ޖުޅުންތެރިންވެސް ވަރަށް ޖޯޝުގައި ލަވަ ކިޔަމުންދިޔައެވެ. ހުރިހާ ކުޅުންތެރިންވެސް ބޭނުންވީ ގަައުމަށްޓަކައި މިއަދުގެ މެޗުން މޮޅުވާށެެވެ. އާރާޝްގެ ހިތުގައިވެސް ތަފާތު ޝުޢޫރުތަކެއް ހިނގަމުން ދިޔައެވެ.

*******************

“މިއަދުގެ މެޗުގެ ފުރަތަމަ އެގާރައަށް ބަލާލާއިރު ކޯޗު ވަރަށް ބޮޑު ބަދަލެއް ގެނައްސައެބަހުރި. ތަޖުރިބާކާރު ގޯލް ކީޕަރު ސިމާހު ބެންޗުގައި ބޭންދުމަށްފަހު އުމުރުން އެންމެ އަށާރަ އަހަރުގެ ޒުވާން ގޯލް ކީޕަރު މުހައްމަދު އަކްމަލްއަށް މިވަނީ ފުރަތަމަ އެގާރައިން ޖާގަ ދީފަ. މީ ކޯޗު ކިހިނެއްވެގެން ނެގި ޑިސިޝަންއެއްކަމަށްތޯ ލަފާ ކުރެވެނީ؟” ކިޔަވާނިންމާލުމަށްފަހު ޓީވީ ހުޅުވާލިތަނުން އެންމެ ފުރަތަމަވެސް އަޑު އިވުނީ ސިމާހުގެ ބަދަލުގައި އަކްމަލް ކުޅޭ ވާހަކައެވެ. ނަވްޔާއަށް އުފަލުންގޮސް ހުރެވުނު ތަންވެސް ނޭންގުނެވެ. ވަގުތުން ރައުފާއަަށް ގުޅާފައި އެވާހަކަ ބުންޏެވެ.

“އޭ އަސްލުވެސް އާރާޝް ވަރަށް ހޮޓުދޯ ބަލާބަ” ޓީވީން އާރާޝް ދެއްކުމާއެކު އިސްރާ ބުނެލިއެވެ. “އަނެއްކާ އިސްރާވެސް އާރާޝްގެ ސިހުރުގަ ޖެހުނީތަ؟ ގައިމު އަދި ގަޑިއެއްގެއިރުވެސް ނުވާނެ އަހުސަމްދެކެ ލޯބިވެއޭ ކިޔާފަ ރޮއެފަހުން” ދިމާ ކުރާ ރާގަކަށް މާނީ ބުނެލިއެވެ. “މީހަކު ހޮޓްވުމާ ލޯބިވުމާ އެއީ ތަފާތު ދެކަމެކޭ. އަހޫދެކެ ލޯބިވިއަސް ހަމަ އާރާޝް ހޮޓްވެދާނު. އަކްމަލްއާ މާއިޒްވެސް ހަމަ އެހާ ހޮޓް” އިސްރާ އެއްލޯ މަރާލަމުން ބުނެލިއެވެ. “އޯކޭ އޯކޭ ދެން އެއޮތް މެޗު ފެށެނީ ދެން އަނގަނުތަޅާ މަޑުން ހުރެ.” މެޗުފަށެން އުޅުމުން މާނީ ބުނެލިއެވެ.

**********************

ބޯޅަ ކޮށްޓުމަށްޓަކައި އާރާޝްއާ އަހުސަމް ތިއްބެވެ. ރެފްރީ ކަށިގަނޑު ފުމެލުމާއެކު އާރާޝް އަހުސަމްއަށް ބޯޅަ ޕާސްކުރިއެވެ. އަހުސަމް މަޑުމަޑުން ބޯޅަ މާއިޒަށް ދިނުމަށްފަހު ކުރިއަށް ދިޔައެވެ. މާއިޒް މަޑުމަޑުން އަކްމަލްއަށް ބެކްޕާހެއް ދިނެވެ. އަކްމަލް ބޯޅަ ހިފައިގެން އޭރިއާ ބޭރަށް ނުކުތުމަށްފަހު ކުރިއަށް ބޯޅަ ފޮނުވާލިއެވެ. އަންމަލް ފޮނުވާލި ބޯޅަ ލިބުނީ އާރާޝްއަށެވެ. އާރާޝް ހަލުވިކަމާއެކު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަންނަން ދިޔައެވެ. އާރާޝްގެ ދުވެލި ހަލުވި ވާހަކަ ކޮމެންޓޭޓަރުވެސް ފާހަގަ ކުރިއެވެ. ނަމަވެސް އާރާޝްއަށް ޕެނަލްޓީ އޭރިއާ ތެރެެއަށް ނުވަދެވެނީސް ލަންކާގެ ޑިފެންޑަރު ދަތިއަޅުވައި އާރާޝް ވައްޓާލިއެވެ. އާރާޝް ވެއްޓިގޮސް ޖެހުނު ގޮތުން އަނގަމަތި ފަޅާގެންގޮސް ލޭއޮހޮރިގަތެވެ.

ޓީވީން މެޗުބަލަން އިން އަފްރާއަށް އެ މަންޒަރު ފެނުމާއެކު ވީ ގޮތްވެސް އޭނާއަކަށް ނޭންގުނެވެ. މަގޭ ދަރިއޭކިޔާ ރޮއެ ގަނެވުނެވެ. ދެން ދުވަހަކުވެސް އާރާާޝް ކުޅޭކަށް ނުފޮނުވާނަމޭ އޭނާގެ ހިތަށް އެރިއެވެ. އަދި އާރާޝް ވައްޓާލި ކުޅުންތެރިޔާއާ ދިމާއަށް ކުދިކިޔާލިއެވެ. އެވަގުތު އެދަރިފުޅަށް ހިމާޔަށް ދެވޭނެނަމައޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް ބަލަން އިނުން ނޫންކަމެއް ނުކުރެވޭނެކަން އަފްރާއަށް އެނގެއެވެ.

“ޔޫ ސްޓުޕިޑް މޭން ކީކޭ ހިތަށް އަރާގެން އާރާޝް ތި ވައްޓާލީ. ޑޭމް އިޓް ބަލާބަ އާރާޝްގެ އަނގަ ފަޅާގެން އެދިޔާ ޕިސް..” ކައިރީގައި އިން ނަވްޔާ އަތުގަ ބޮނޑިއެއް އަޅާލުމަށްފަހު މާނީ ކިޔާގަތެވެ. ރުޅި އައިސްގެން ގޮސް މީހާ ތުރުތުރު އަޅައެވެ. “ސީރިއަސްކޮށް މި ބުނީ އެ މީހާ…” އަދިވެސް މާނީ އަނގަހުއްޓައެއް ނުލައެވެ. އެމީހާއާ ދިމާއަށް އެއްޗިހި ކިޔަމުން ދިޔައެވެ. އޭރު އޭނާގެ ލޮލުން ކަރުންވެސް ފައިބަމުން ދިޔައެވެ. މާނީއަށް ވީގޮތްފެނި އަނެއް ތިން ކުދިންގަތާަށް ހިނިއައެވެ. ފުޓްބޯޅަ ކުޅޭ މީހަކަށް އަނިޔާއެއް ވެއްޖެޔާމުން މާނީ އުޅޭނީ އެހެންނެވެ. “އަދިވެސް ތި މީހުން ހޭންތަ ވީ ބަލާބަ އާރާޝްއަށް ވީ ގޮތް. އަޅޭ ދޮންތަވެސް ހެނީއޭ.” އިޝްމާމެން ހޭތީވެ މާނީގާތަށް ރުޅިއައެވެ. އެވަގުތު ޓީވީން އާރާޝް ދައްކާލިއެވެ. އޭރުވެސް ލޭތަށް ފައިބަމުން ދިޔައެވެ. އިޝްމާއަށް ދެ ލޯ ބޮޑުކޮށްގެން ބަލަހައްޓާގެން އިނދެވުނެވެ. އަދި ބޭއިޚްތިޔާރުގައި އައުޗެއޭ ބުނެވުނެވެ. ނަވްޔާ އަދި އިސްރާއަކަށްވެސް އިތުރަށް ހޭކަށް ނުކެރުނެވެ. ނަވްޔާގެ ހިތަށް އައީ އާރާޝްގެ ބަދަލަށް މާއިޒް ނޫނީ އަކްމަލްއަށް އެހެންވިނަމަ ދެން ވާނެގޮތެވެ. އިސްރާގެ ހިތަށް ބިރުވެރިކަން ވެރިވީ އަހުސަމްއަށް ގޮތެއް ވެދާނެތީއެވެ. ހިތާ ހިތުން ދުޢާ ކުރެވުނީ އަހުސަމްއަށް އަނިޔާ ނުވޭތޯއެވެ.

“އާރާޝް ކުޅެވޭނެތަ؟” ޓީމްގެ މެޑިކަލް އޮފިޝަލް އާރާޝްގާތު އެހާލިއެވެ. އާރާޝް ބޯ ޖަހާލަމުން އާއެކޭ ބުނެލީ ކުޅޭހިތްވެފައި ހުރިލެއް ބޮޑުކަމުންނެވެ. ލޭ މަނާ ކުރުމަށްޓަކައި އާރާޝް ދަނޑުން ފައިބަން ޖެހުނެވެ.

ރަނގަޅު ހިސާބަކުން ރާއްޖޭގެ ޓީމަށް ހިލޭ ޖެހުންވަނީ ލިބިފައެވެ. ޕެނަލްޓީ އޭރިއާގެ ރޮނގަށްވުރެ ތަންކޮޅެއް ބޭރުން ހިލޭ ޖެހުން ފޮނުވާލުމަށްޓަކައި ޓީމްގެ ކެޕްޓަން ނަވީން ބޯޅަކައިރީ މަޑުކޮށްލާގެން ހުއްޓެވެ. ނަވީންއަކީ ޑިފެންޑަރެއްކަމަކު އެހިސާބުން ހިލޭޖެހުމަށް ރާއްޖޭގައިހުރި އެންމެ ކުޅަދާނަ ކުޅުންތެރިޔާއެވެ. އޭނާގެ ކެރިއަރުގައި ހިލޭޖެހުމުން  ދިހަ ލަނޑު ވަނީ ޖަހާފައެވެ. އުމުރުން ތިރީސް އަހަރުވެފައި ހުރިއެއްކަމަކު އޭނާ އަދިވެސް އެންމެ ޒުވާން ކުޅުންތެރިއެކޭ އެއްވަރަށް ކުޅެއެވެ.

ލޭމަނާ ވުމުން އާރާޝް ކުޅުމުގެ ތެރެއަށް އަނބުރާއައެވެ.

ރެފްރީ ކަށިގަނޑު ފުމެލުމާއެކު ގޯލާ ދިމާއަށް ބޯޅަ ފޮނުވާލުމުގެ ބަދަލުގަ އޭނާގެ ފަހަތުގައި ހުރި އާރާޝްއަށް ބޯޅަ ޖައްސާލިއެވެ. އޭނާ އެ ގޮތަށް ކަންތައް ކުރުމުން ލަންކާ ޓީމްގެ ކުޅުންތެރިން ތިބީ ވާނުވާ ނޭންގިފައެވެ. ދަނޑިވަޅު ބަލާފައި އާރާޝް ބޯޅަ ފޮނުވާލީ ގޯލްގެ މަތީކަނަށެވެ. އެއާކު ދަނޑުގައި ތިބި ދިވެހި ސަޕޯޓަރުންގެ އަޑު ގުގުމައިގެން ދިޔައެވެ.

“ޔޭޭސް އޯއެމްޖީ އާރާޝް ލަނޑުޖެހީ ޔޭ” ރޮވިފައި އިން މާނީއަށް ލަނޑުޖެހުމުން ވީ ގޮތްވެސް ނޭންގުނެވެ. ފުންމާގެން ތެދުވެ ނަށަންފެށިއެވެ. ލަނޑުޖެހުމުންވެސް މާނީގެ ލޮލުން ކަރުނަ އައެވެ.

ލަނޑުޖެމަށްފަހު އާރާޝް ދުވެފައި ގޮސް ކެމެރާއެއް ކުރިމަތީ ހުއްޓިލިއެވެ. އެއަށްފަހު ޖަރުމަންގެ ފުޓްބޯޅަ ތަރި އޮޒިލްގެ “އެމް” ސެލެބްރޭޝަން ހެދިއެވެ.

މެޗުގެ ކުރީ ކޮޅުގައި ރާއްޖެއިން ލީޑް ނެގުމުން ލަންކާ ކުޅުންތެރިން މާޔޫސްވާ ގޮތްވިއެވެ. ނަމަވެސް އެ މީހުން ހިތްވަރު ދެރަ ނުކޮށް ލަނޑުޖެހޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ރާއްޖޭގެ ޓީމުން ބެލީ ފަހަތުގައި ބޯޅަ ހިފަހައްޓައިގެން ކުޅެވޭތޯއެވެ. މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް ލަންކާގެ އެންމެ ކުރިއަށް ކުޅެމުންދިޔަ ކުޅުންތެރިޔާ ހުރިހާ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ގޯލްގެ މެދަށް ބޯޅަ ފޮނުވާލިއެވެ. ނަމަވެސް ގޯލްގެ އެތެރަށް ބޯޅަ ވަނުމުގެ ކުރިން ހުށިޔާރު ކަމާއެކު އަކްމަލް ކޯނަރަކަށް ބޯޅަ ބޭރުކޮށްލިއެވެ. އަކްމަލްގެ މޮޅު ސޭވަށް ހުރިހާ ކުޅުންތެރިންވެސް ތައުރީފު ކުރިއެވެެ.

ލަންކާ ކުޅުންތެރިޔާ ހުރިހާ ޑިފެންޑަރުން ބީޓް ކުރުމާއެކު މާނީ ހީކުރީ ލަންކާއިން މެޗު އެއްވަރު ކުރާނެކަމަށެވެ. މީހާ މާޔޫސްވާގޮތްވިއެވެ. ނަމަވެސް އަކްމަލް ބޯޅަ ދިފާއުކުރުމާއެކު ބައްތިރީސް ދަތްފެންނަވަރަށް ހީލިއެވެ. ނަވްޔާވެސް ވާވާ ކިޔާލިއެވެ. އިޝްމާއާ އިސްރާވެސް އަކްމަލްއަަށް ތައުރީފްކުރިއެވެ.

ހާފް ނިމުމާއެކު ހުރިހާ ކުޅުންތެރިންވެސް ޗޭންޖިން ރޫމްއަށް ދިޔައެވެ. އެންމެ ލަނޑަކުންވިއަސް ލީޑްގައި އޮތުމުން ކުޅުންތެރިންނާއި ކޯޗުވެސް ހުރީ ހިތްހަމަ ޖެހިފައެވެ. ކޯޗު ހުރިހާ ކުޅުންތެރިންނަށްވެސް ތައުރީފްކޮށް ހިތްވަރުލާދިނެވެ. ވަކިން ޚާއްސަކޮށް އާރާޝްއަަށާ އަކްމަލްއަށެވެ. ދެވަނަ ހާފަށް ނުކުތުމުގެ ކުރިން ސިމާހު އަކްމަލްއަށް ބައެއް އުކުޅުތައް ކިޔާދިނެވެ. އަދި އަކްމަލް ދެއްކި ކުޅުމަށް ތައުރީފް ކުރިއެވެ.

ދެވަނަ ހާފު ފެށީ ލަންކާއިންނެވެ. އެންމެ ފުރަތަމެވެސް އެމީހުން ހަމާލާއެއް އުފެއްދިއެވެ. ކަނާއަތު އަރިމަތިން ނަގައިދިން ބޯޅަ ހުށިޔާރުކަމާއެކު އަކްމަލް އަތަށް ނެގިއެވެ.

“ފަހަތުން ކީޕަރު ކީޕަރު މާއިޒްއަށް މާއިޒް ވަރަށް ރީއްޗަށް ބޯޅަ ކޮންޓްރޯލް ކޮށްފަ ނަވީންއަށް ނަވީން އަރިމަތިން ޒުވާން ކުޅުންތެރިޔާ އަހުސަމްއަށް އަހުސަމް ވަރަށް ރީތިކޮށް ލަންކާގެ އެންމެ ތަޖުރިބާކާރު ޑިފެންޑަރު ޗަންދިމާލް ކާރިން ނައްޓާލުމަށްފަހު ޕެނަލްޓީއޭރިއާ ތެރެއަށް ވަންނަން މިދަނީ. ޕެނަލްޓީ އޭރިއާ ތެރޭގަ އާރާޝްގެ އިތުރުން ހާޝިމް ވެސް އެބަހުރި އަހުސަމް ވަރަށް ރީތިކޮށް ބޯޅަ ނަގާދީފި އާރާޝް.. އާދެ އާރާޝް ބޮލުން ބޯޅަ ގޯލް ތެރެއަށް ވައްދާލާގެން ރާއްޖެ ދެ ލަނޑުގެ ލީޑެއް މިނެގީ ދެ ލަނޑުވެސް ކާމިޔާބު މިކޮށްދިނީ ޒުވާން ކުޅުންތެރިޔާ ހަސަން އާރާޝް…” ކޮމެންޓޭޓަރު ވަރަށް ފޯރީގައި ކޮމެންޓްރީ ދެމުން ދިޔައެވެ. އާރާޝް ދެވަނަ ލަނޑުޖެހުމާއެކު އަޑު ބާރުވެގެން ދިޔައެވެ. އެއަށްވުރެ ބާރަށް މާނީ ހަޅޭއްލެވިއެވެ. ސޯފާއިން ތެދުވެ ކުޑަކުއްޖެއް ފަދައިން އަތްތިލަބަޑި ޖަހަންފެށިއެވެ. އަނެއް ތިން ކުދިންވެސް ވަރަށް ފޯރީގަ އުފާ ފާޅުކުރަމުން ދިޔައެވެ.

ދެވަނަ ލަނޑު ޖެހުމަށްފަހު ވެސް އާރާޝް “އެމް” ސެލެބްރޭޝަން ހެދިއެވެ. އަދި އެއަށްފަހު ހިތާ ދިމާލުގައި އަތް ޖައްސާލުމަށްފަހު ތީރުޖަހާގޮތް ހަދާލިއެވެ.

ރާއްޖެއިން ދެވަނަ ލަނޑުޖެހުމާއެކު ލަންކާ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެންފެށިއެވެ. ފުދޭވަރަކަށް ނުރައްކާތެރި ހަމަލާތައް އުފައްދަމުން ދިޔައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ޒުވާން ޑިފެންސްލައިން ފޫއަޅުވާލުމަށްފަަަހު ގޯލްއަށް ޖެހޭގޮތެއްނުވިއެވެ. ގޯލްއާ ދިމާއަށްދާ ބޯޅަތައްވެސް ހުށިޔާރުކަމާއެކު އަކްމަލް ދިފާއުކުރަމުންދިޔައެވެ.

ރާއްޖޭގެ ހާފަށް ބޯޅަދާ ކޮންނެ ވަގުތަކު މާނީގެ އަޑުގަދަވަމުން ދިޔައެވެ. އާރާޝްއަށް ބޯޅަ ލިބޭފަހަރު އިތުރަށް ގަދަވެއެވެ. އަހުސަމް ބޯޅަގެންދާ ފަހަރު އިސްރާގެ އަޑުގަދަވެގެންދެއެވެ. އޭގެ ބަދަލަށް މާއިޒްއަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކު ނަވްޔާ ލަދުން އިސްޖަހާލައެވެ. ދުލުން ނުބުނި ކަމުގައި ވިޔަސް އާރާާޝްގެ މޮޅު ކުޅުމަށް ހިތާހިތުން އިޝްމާ ތައުރީފް ކުރަމުން ދިޔައެވެ. އާރާޝްއަށް އިތުރު އަނިޔާއެއް ވެދާނެތީ އިޝްމާ ބިރުގަތެވެ.

ލަންކާ ކުޅުންތެރިން ހަމަލާ ވަރުގަދަކުރަން ފެށުމާއެކު ރާއްޖޭ ހުރިހާ ކުޅުންތެރިން ފަހަރަަް ފައިބައިގެން ކުޅެމުން ދިޔައެެވެ. ޑިފެންސްލައިން ވަރުގަދަކުރުމަށްޓަކައި އެންމެ ކުރިއަަށް ކުޅެމުން ދިޔަ ޒަޔާންގެ ބަދަލުގައި ތަޖުރިބާކާރު ޑިފެންޑަރު ޒައީމް ކުޅެން އެރުވިއެވެ. މެޗުގެ އަށްޑިހަ ފަސްވަނަ މިނެޓުގައި ރާއްޖޭގެ އޭރިއާ ތެރެއިން އާރާާޝްއަށް ބޯޅަ ލިބުމާއެކު އެކަނިމާ އެކަނި ބޯޅަ ހިފައިގެން ގޮސް ކީޕަރު ކަޓުވާލުމަށްފަހު ވަރަށް ރީތި ގޯލެއް ކާމިޔާބު ކުރިއެވެ. ގައުމީޓީމާ އެއްކޮށް ފުރަތަމަ ހެޓްރިކް ހެދިއެވެ.

މާނީ ހަޅޭއްލަވައިގަތްގަތޫނުން ހީވީ އިޝްމާއާ ނަވްޔާގެ ކަންފަތުގެ ތޫރި ފަޅާލާފާނެހެއްނެވެ. އިޝްމާއާ ނަވްޔާ ކަންފަތްމަތީ އަތް އަޅާލިއެވެ.އިސްރާވެސް ފާޑަކަށް ހިނިއައިސަށް ހުއްޓެވެ. “އޯމައި ގޯޑް އާރާޝް ހެޓްރިކް ހެދީ އޯ މައި ގޯޑް ހީ ޑިޓް އިޓް” މާނީއަށް ކިޔޭ ނުކިޔޭ އެއްޗެށްވެސް ނޭންގުނެވެ. އެހާވެސް އޭނަ ހުރީ އުފާވެފައެވެ.

އާރާޝްއަށް ހުރީ ގަބޫލުކުރަށްވެސް ދަތިވެފައެވެ. އޭނާ މި މެޗުގައި ހެޓްރިކްހެދީއެވެ. މިފަހަރު އުފާ ފާޅުކުރަންވެސް އޭނަ ހަނދާންނެތުނެވެ. މާއިޒް ދުވަމުން އައިސް އާރާާޝްގައިގަ ބައްދާލިއެވެ. ބެންޗުގައި ތިބި ކުޅުންތެރިންވެސް އައިސް އާރާޝްގައިގަ ބައްދާލިއެވެ. އާރާާޝްއަށް ލިބިފައިހުރި އަނިޔާ މަތިންވެސް އެމީހުން ހަނދާނެއްނެތެވެ. ޚުދު އާރާޝްވެސް ހަނދާނެއްނެތެވެ.

ރެފްރީ ކަށިގަނޑު ފުމުމާއެކު ދިވެހި ކުޅުންތެރިން އުފާ ފާޅުކުރަންފެށިއެވެ. މާޔޫސްވެގެން ލަންކާ ކުޅުންތެރިން ދަނޑުމަތީގައި އިށީންދެލައިގެން ތިއްބެވެ. ހުރިހާ އެންމެންވެސް ދައްކަމުން އައީ އާރާޝްގެ ވާހަކައެވެ. އޭނާގެ ހުނަރުވެރިކަމުގެ ވާހަކަ ލަންކާގެ ކޯޗުވެސް ބުންޏެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބުނީ އާރާޝްއަށެވެ. އާރާޝްއަށް ވުރެއް ބޮޑަށް މާނީ އެކާމާ އުފާވިހެން ހީވިއެވެ.

“މިހާ ހިސާބުން އަޅުގަނޑުމެން މިގެނަސްދެނީ މިއަދުގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާޅުގަނޑުމެންގެ ޒުވާން އަރަމުން އަންނަ އުންމީދީ ތަރި ހަސަން އާރާޝްގެ އިންޓަވިއު” އާރާޝްގެ އިންޓަވިއު ގެންނަ ވާހަކަ ބުނުމުން މާނީ ޓީވީގެ އަޑު އިތުރަށް ބާރު ކޮށްލިއެވެ.

އާރާޝްގެ އަނގަމަތި ބެންޑޭޖްކޮށްފައިހުރި އިރު ވެސް އޭނާގެ ރީތިކަން ފަނޑެއްނުވެއެވެ. ފަން އިސްތާށިގަނޑު ނިއްކުރިމައްޗަށް ވެއްޓިފައި އޮތްއިރު ވަރަށް ހިތްގައިމެވެ. ޖޯޒީ މަތިން ދިވެހިދިދަ ކޮނޑުގައި އައްސާފައި އޮތް އިރު “ސުޕަމޭން” ވައްތަރު ޖަހައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ނުހައްގުލޯބި ( 5 )

Next

ހުޅުކޮޅު 30

Next
June 23, 2018

ހުޅުކޮޅު 30

Previews
June 22, 2018

ނުހައްގުލޯބި ( 5 )

28 Comments!

  1. Kiyara says:
    June 22, 2018 at 9:00 pm

    Slm hurihaa kudhin. Miothy mi vaahakaige 6vana part. Mi baiga miothy bodah football matchehge bai. Baeh kudhinnah mi bai ehaa kamu nugisdhaane ekam ummedhakee hurihaa kudhinnah ves mi bai kamudhiyun??

  2. Stry kiyaa man says:
    June 22, 2018 at 9:12 pm

    First dhw

    1. Stry kiyaa man says:
      June 22, 2018 at 9:26 pm

      Masha allah vv furihama .ebain kulhun therin jahah jehey thaneh gai julhun therin jehifa.ehen noony hama v ragalhu.next time ragalhu kohlahchey igey dear.aarash and maany eii kon gulhumen oihna baeh thr.keep it up dear.hama shaabass dhen.
      Kon irakun next part vaany. Waiting.
      -salaam-???

    2. Kiyara says:
      June 22, 2018 at 10:04 pm

      Wslm thanks stry kiyaa man. Varah bodah thanks mistake faahaga kohladhinyma dhen huri part thakuga rangalhukohleveytho balaanan. Maany aa Aarash ge othy kon gulhumeh kan vx varah avahah engigen dhaane. Next part Mondayga kamah balamaa?

    3. Kiyara says:
      June 22, 2018 at 10:01 pm

      Congrats dear ure first

  3. Kiyaan says:
    June 22, 2018 at 9:25 pm

    Wow v reethi mi part..whn nxt part??

    1. Kiyara says:
      June 22, 2018 at 10:01 pm

      Thanks Kiyaan next part mondayaga kamah balamaa

  4. Eemyaa says:
    June 22, 2018 at 9:41 pm

    V reethi mi part ves ?
    Heevee match balaaleveyhen
    Grt job dear ?
    Waiting for next ❤❤❤

    1. Kiyara says:
      June 22, 2018 at 10:05 pm

      Thanks Eemyaa❤️❤️❤️

  5. unique says:
    June 22, 2018 at 9:49 pm

    vvvvv reethi just luv it cant wait for next part

    1. Kiyara says:
      June 22, 2018 at 10:06 pm

      Thanks unique ❤️❤️

  6. Pinky shifoo says:
    June 22, 2018 at 10:07 pm

    Hii kiyaa ???❤️❤️❤️???… This is my first comment kiyarage story akah ???… Mi Story hama v v reethi ❤️❤️❤️???????????????… Hurihaa parteh vx kiyan n hurihaa parteh vx hama v v v reethi ❤️❤️❤️???????????????… Mi part ga adhi heevy hama match balan indhevunn henn ???… Ehaa vx furihama ??????… Keep up the good work dear ????????????… N mi story v interesting gothakah kuriah dhany ?????????❤️❤️❤️… I really like it ❤️❤️❤️????????????… Curiously waiting for the next part… Lots of love kiyaa ??????❤️❤️❤️?????????…

    1. Kiyara says:
      June 22, 2018 at 10:25 pm

      Hi pinky shifoo varah loabi commenteh varah ufaavehjje mihaa loabi loabi comment eh kohllyma adhi stry kamudhiyama vx varah ufaavehjje LY2❤️❤️❤️❤️❤️❤️❤️❤️

  7. ... says:
    June 22, 2018 at 10:18 pm

    Hurihaa couples vs gulhugentha ulheny?? I mean emmen vs rattehi vegenhey?

    1. Kiyara says:
      June 22, 2018 at 10:19 pm

      Nop dear adhi rahtehi vegen ulheny maaiz navya and ahusam israa

  8. Twinkle? says:
    June 22, 2018 at 10:58 pm

    World cup oih dhuvas varu mikahala stry kiyanya vrh fakkaa… rngalhu dhuvasvarehga mikahala stry eh thi neruny… vrh baraabaru… ??????hama hyvy match ah support kuran stadium ga ndhevun hn… ???❤❤⚽⚽⚽❤❤ stry vrh salhi… curiously waiting for the nxt part…

    1. Kiyara says:
      June 23, 2018 at 11:05 am

      Thank u Twinkle❤️❤️❤️

  9. Reader says:
    June 22, 2018 at 11:03 pm

    Aslu kada mikahala vaahakaeh ga match ge details maa bodah genaima… Still nice, keep it up

    1. Kiyara says:
      June 23, 2018 at 11:05 am

      Thank u reader❤️

  10. Unknown girlll.. says:
    June 22, 2018 at 11:21 pm

    Mi..part ves v awwwsum…..aslu ingeytha…i only read my favourit writers stories.ehunoony then hunna vaahakathah reethitho balaalan kiyaalan …writer eh ge vaahaka ehfaharu kiyaafa ingeyne e writer vaahaka liyaagoi…baeh faharu cover photo inves attract vedhaane ..mivaahakaiga alhugandah vy egothah..i love football…my favourit football players messi and neymar…my ga akmal aky neymar….and handsome arash aky morata..he is a v.handsome football player….ehenve aslu mivaahaka kiyanfeshy…reerhi vaanekamakah noon …furathama kolhu understand nuvyma kudakoh foohivi but vaanuvaa engunyma v.salhi mihaaru v.reethi…….??? u ve now become one of my favourit writer……actually i also love to read andwrite stories ..10 nimmafa vaahaliyan kamah….dream eh eiy..kommeves ehdhuvahakun vaahakaeh liyun..sitehga noony ehenkomeves ehchehga…schoolga ulheiruves vaahaka liyan…ekamaku eiy kuruvaahaka dhoa…….by the way u re 1 year elder than me sis……… keep up the good work…..love ya alot❤❤❤❤?????

    1. Kiyara says:
      June 23, 2018 at 11:13 am

      Awwwwn unkown girlll. Vvvvv.ufaavehjje unkown girlll ah mi story kamudhiyaama????? varah hope kuran grade 10 nimunyma unkown girlll ge story eh fenigendhaane kamah. Adhi varah happyvvehjje kiyara gothah football like vaa girl akaa dhimaavyma. Unkown girll thy messi fan eh dho. Kiyara my ronaldo fanneh. Neymar aky vx faveh ???????❤️❤️❤️luv u2 sis and thank u fr the lovely and beautiful comment

  11. $@t#!! says:
    June 23, 2018 at 2:07 am

    Mivaahaka aky hama my favourite ey Bunyan dhogakah nuvaane???vvv salhi ???I didn’t read a story like this☺☺☺this story is awesome ???I really like the cover photo ???I like this story cause of the cover photo❤❤❤N mikahla dhuvas varakaa dhimaakoh mikahla story eh mi v salhi⚽⚽⚽???

    1. Kiyara says:
      June 23, 2018 at 11:16 am

      Thank u $@t#!! Varah ufaavehjje dear ah mi story kamu dhiyaeema adhi thihaa loabi loabi comment eh kohllyma❤️❤️❤️❤️?????????❤️❤️❤️❤️❤️??

  12. T#@@t#!! says:
    June 23, 2018 at 2:08 am

    Mivaahaka aky hama my favourite ey Bunyan dhogakah nuvaane???vvv salhi ???I didn’t read a story like this☺☺☺this story is awesome ???I really like the cover photo ???I like this story cause of the cover photo❤❤❤N mikahla dhuvas varakaa dhimaakoh mikahla story eh mi v salhi⚽⚽⚽???

  13. Aini says:
    June 23, 2018 at 9:49 am

    Wow kiyaa this story is awsome. May b this will be ur best story i love it.hama speachless

    1. Kiyara says:
      June 23, 2018 at 11:17 am

      Thanks Aini varah ufaavehjje Aini ah story kamudhiyaama ❤️❤️??❤️

  14. Livee says:
    June 23, 2018 at 1:08 pm

    Woww varah salhi hama bunaane ehcheh ves neyngunu

    1. Kiyara says:
      June 23, 2018 at 1:26 pm

      Thanks livee??❤️❤️❤️

Comments are closed.

Next Episodeރާސްތާ 7←


All Right Reserved!