ދުވަސްތައް މާޒީވަމުން ދިޔައެވެ. މޫސުން ދިޔައީ ބަދަލުވަމުންނެވެ. އެކި މީހުންގެ ހަޔާތުގައި އެކި ކުލަތަށް ޖައްސަމުންނެވެ. މާޒީވެ ގޮސްފައިވާ ދުވަސްތަކުން ގިނަ ބަޔަކު އިބުރަތް ހާސިލްކޮށް ދިރިއުޅުމައިގެ ކުރިއަށް ދިޔައެވެ. އެއާ ޙިލާފަށް އަނެއްބަޔަކު އުޅެމުން ދިޔައީ މާޒީއާމެދު ކަރުނަ އަޅާ މާޒީގައި ހިނގި ކަންތައް ތަކުން އަރައިނުގަނެވޭ ހާލު ހިތާމަ ކުރަމުންނެވެ. ކޮންމެ ދުވަހެއްވެސް ފާއިތުވަމުން ދިޔައީ އެތަށް ސަތޭކަ ބަޔަކު މި ދުނިޔެއިން ޢަލްވަދާޢު ކިޔާ އަދި އެތަށް ބަޔަކު މިދުނިޔެއަށް މަރުހަބާ ކިޔާމުންނެވެ. […]
ލިފްޓު މަޑުކުރުމާއެކު ލިފްޓުން ނިކުމެ ރަޔާންގެ އެޕާރޓުމެންޓުގެ ދޮރު ހުޅުވާލިއެވެ. އަލާނިޔާ ހައިރާންވީ ވަރުން އަނގަމަތީގައި އަތް އަޅާލިއެވެ. އުފާވީވަރުން އޭނާގެ ލޮލުން ކަރުނަވެސް ހިލުނެވެ. އޭނާއަށް ނޭފަތް ދަމާލެވުނީ ކޭންޑަލްސް ތަކުން ދުވި މަސްތީ މީރުވަހުންނެވެ. މަޑު އޮރެންޖުކުލައިގެ ފަނޑު އަލީގެ ތެރޭގައި އެ ކޮޓަރީގެ ޑެކެރޭޝަން ފެންނަލެއް ވަރަށް ފުރިހަމައެވެ. ހީވަނީ ކައިވެނީގެ ފުރަތަމަ ރެއަށް ތައްޔާރު ކޮށްފައިވާ ކޮޓަރިއެއްހެންނެވެ. ކޮޓަރި ހުޅުވާލާ އިރު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަންނަ ހުދު ކުލައިގެ ކިންގް […]
ކުރިމަތީގައި ހުރި މީހާ އަލާނިޔާއާ ގާތްވެލިއެވެ. އެކަކު އަނެކަކުގެ ނޭވާ އިޙްސާސްކުރެވޭ ހާ ކައިރިންނެވެ. ” ބޭބްވެސް ހީކަރުވާ ދޯ..މަވެސް ” ތުރުތުރު އަޅަމުން ދިޔަ އަލާނިޔާ ގައިގައި ބައްދާލަމުން އޭނާ ބުނެލިއެވެ. ” ނޫން..” ދެން ފެނުނު މަންޒަރު ސަލާމަތްވާން އަލާނިޔާ ގަދަ ހަދަން ފެށިއެވެ. ނަމަވެސް ދާނިޝްގެ އަތު މުލައްދަނޑީގެ ބާރު އަލާނިޔާގެ ނިޔަނެތި ހަޑިގަނޑަށްވުރެ ގަދައެވެ. ބިރުން ގޮސް އޭނާއަށް ރޯންވެސް ފެށުނެވެ. ނަމަވެސް ދާނިޝްގެ ހަރު ހިތަކަށް އެ މައުސޫމް ކުއްޖާގެ ރުއިމުން […]
ރާއްޖެ ގަޑިން ހެނދުނު ދިހައެއްޖަހާ ތިރީސް މިނެޓު ހިނގައިފިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ވެއިޓިން އޭރިއާރގައި ނަޒްމާއާއި އޭނާގެ ފިރިމީހާ އާޒިމް މަޑުކޮށްލައިގެން ތިބީ އެ ދެމީހުންގެ ހަގު ފިރިހެން ދަރިފުޅުގެ އިންތިޒާރުގައެވެ. އެސްތަކަކުން ފަރުމާ ކޮށްފައިވާ ކަޅު ކުލައިގެ އަބާޔާއަކާ ހަމަ އެކުލައިގެ މޭމަތި ފޮރުވޭ ވަަރަށް އަޅާފައިވާ ޝޯލްގައި ނަޒްމާ ފެންނަނީ އުމުރަށްވުރެ ޒުވާންކޮށެވެ. ބަލާމެލުމަށް ހަތަރު ދަރިންގެ މަންމައޭ ބުނަން ދަތި ވާނެއެވެ. އުމުރުން ފަންސާހުގެ އަހަރުތަށް ގުނަމުން އަންނަ އާޒިމްވެސްމެއެވެ. ކޯޓޯ […]
” ޔާން….ޕްލީސް…” އަލާނިޔާގެ ގައިމަތީގައި އޮތް ރަޔާންގެ މޭމަތީގައި އަޅާ ކުޑަކޮށް ކޮށްޕާލަމުން އަލާނިޔާ ވައިއަޑުން ބުނެލިއެވެ. ” ބޭބީ ދެން ޔާންވެސް މިބުނީ ހަމަ ޕްލީސްއޭ..އޯކޭ ވާނެޔޭ އެންމެ ރެއެއްނު…ކާކަށް އެނގޭނީ ގޭގަ ނެތޭ އެކަކުވެސް ” ހަށިގަނޑު ބެލެންސް ކޮށް ރަޔާން ރައްދުދިނީ މަސްތީ ބެލުމަކާވެސްއެކުގައެވެ. އަދި އަލާނިޔާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ގަދަ ފިޔަ ތޮށި ކުލައިގެ ތުންފަތުގައި ބޮސްދޭންފެށިއެވެ. ރަޔާންގެ އެ ކުޑަ ހަރަކާތަކީ ބޮޑު ކަމެއްގެ ފެށުން ކަމުގައި […]