ލޯބި އަހަރެންވާނަމޭ (15)
އަސްލަމް ނަމާދުކޮށް ނިމިގެން އަރާ އޮށޯތީ ނިދަންށެވެ.
މާ ގިނަ އިރު ތަކެއް ނުވެ އެސްފިޔަތައް ބަރުވެ ނިދީގެ ފޮނި މީރުކަމެގެ ތެރެއަށް ފީނައިގަތެވެ.
*****************
ޖެހިގެން އައި ދުވަހު އަފްރީންއަށް ހޭލެވުނީ ލަހުންނެވެ. އަދި ހުރީ ކޮންމެވެސް ވަރަކަށް ހުން ވައްތަރުވެފައެވެ. ނަމަވެސް އަފްރީން މިވާހަކަ އެއްވެސް މީހަކު ކައިރީގައި ބުނެ ނުލާ ހެނދުނު ސައި ބޯލައިގެން ބޭސް ކާލީ އެހެން މީހުން ހާސް ކުރަން ނޭދޭތީއެވެ.
އެދުވަހު އައިރީންއަށް ވެސްހޭލެވުނީ ލަހުންނެވެ. ލޯބިވާ ފަރާތުގެ އަތުތެރޭގައި އޮވެގެން ނިދާލެވުމުން އިހްސާސްވި ރައްކާތެރިކަމާއި ހިތްހަމަ ޖެހުމުގެ ސަބަބުން އައިރީންގެ ނިދި ގަދަވީއެވެ.
އަރްމާންގެ ގޭގައި ފުރަތަމަ ދުވަހު ލަހުން ހޭލެވުމުގެ ސަބަބުން އައިރީން ހުރީ އާސިމާ ހިތަށް އަރައި ދާނެ އެއްޗަކާމެދު ހިތް ނުތަނަވަސް ވެފައެވެ.
އައިރީން އަވަސް އަވަހަށް ފެންވަރާ ތާޒާ ވެލައިގެން ބަދިގެއަށް ވަންނަށް ދިޔައެވެ. އައިރީން ދިޔައިރު އާސިމާވެސް އަދި ނެތެވެ. އާސިމާ ނުވަތަ އެހެން މީހަކުވެސް އެތަނަށް ވަދެފައިވާ ކަމުގެ އެއްވެސް ނިޝާނެއްވެސް ނެތެވެ.
އައިރީން އަވަހަށް ކޮފީއެއް ތައްޔާރު ކޮށްލައިގެން އައިސް ކާ މޭޒު ކައިރީގައި އިށީނީ އެ ބޯލައިގެން ސައި ތައްޔާރު ކުރަން ފަށަން ހިތުލައިގެންނެވެ.
މަޑުމަޑުން އިނދެގެން ކޮފީ ބޮމުން ދިޔަ އައިރީންގެ ހިޔާލުގައި ވަނީ ރޭގައި އަރްމާންއާއިއެކު ހޭދަވި ވަގުތުކޮޅުގެ ފޮނި ފޮނި ހަނދާންތަކެވެ.
އައިރީން މިފަދަ ހިޔާލެއްގައި އިނދެގެން ކޮފީތަށި ބޮއެ ހުސްކޮށްލިއެވެ.
އައިރީން ތަށި ދޮންނަން ހުއްޓައި ފަހަތުން މީހެއްގެ ހިލަމެއްވިހެން ހީވެގެން ފަހަތް ބަލާލިއިރު ފަހަތުގައި ހުރީ އާސިމާއެވެ.
“އަނހަ. ދަރިފުޅާ. ހާދަ އަވަހަށް ތި ތެދުވީ. މަންމައަށްވެސް މި ހޭލެވުނީ އަދި ރޭގަ މާ ލަހުން ނިދުނީމަ.” އާސިމާ އައިރީންއާއި ގާތްގޮތަކަށް ވާހަކަ ދެއްކުމުން މި އާދެވުނީ ދުރު ބައެއްގެ ގާތަށް ހެން އިހްސާސްވެސް ނުވެއެވެ. އަދި އާސިމާގެ ހެޔޮކަން ފެނިފައި އަމިއްލަ މަންމަ މަތިން ހަނދާން ވާންފެށިއެވެ.
ދެމައިން ވާހަކަ ދައްކަމުން ބަދިގޭގޭ މަސައްކަތް ވަރަށް އަވަހަށް ނިންމާލައިފިއެވެ.
އާސިމާގެ އެދުމުގެ މަތިން އައިރީން ގޮސް އަރްމާންއަށް ގޮވިއެވެ. އަދި އަރްމާން ތެދުވުމުން އަފްރީން ކޮބައިތޯ ބަލާލަން އެކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ. ޖަވާބެއް ނައުމުން ތަޅުގައި ހިފާލީ ކޮންމެހެން ހުޅުވޭނެކަމަކަށް ނޫނެވެ.
މަޑުމަޑުން ދޮރު ހުޅުވާލާފައި ބަލާލިއިރު އަފްރީން އޮތީ ރަޖާލައިގެން ނިދާފައެވެ. އައިރީން މަޑުމަޑުން ގޮސް އަފްރީން ގައިގައި އަތް ޖައްސާލީ ސައިބޮއެގެން އައިސް ނިދަން ބުނަންށެވެ.
ނަމަވެސް އެއްޗެއް ނުބުނެވެނިސް އަފްރީންގެ ހަށިގަނޑުގެ ހޫނުން އައިރީންގެ އަތަށް އެނގުން ވެލައިގެން ދިޔައެވެ. އަތް ޖައްސާލި ބާރު މިނުގައި އަތް ދަމައިގަތެވެ.
“އަފޫ. އަފޫ” އައިރީން އަފްރީންއަށް ގޮވީ އެހާ ހުން ގަދަވެފަ އޮއްވާ ބޭސް ނުދީ ނުބާއްވަން ވެގެންނެވެ.
“ދޮންބެ ދައްތާ” އަފްރީންގެ އަޑުނިކުންނަނީވެސް ކިރިޔާއެވެ. އަފްރީން އޮތް ހާލު ހިތަށް އަރާފައި އައިރީންގެ ހިތުގައި ޖެހުނެވެ. ލޭގެ ގުޅުމެއް ނެތަސް އައިރީންގެ ހިތުގައި އަފްރީންއަށްކައި އެއްބަނޑު އެއްބަފާކަމުގެ ކުލުނުވަނީ ޖެހިފައެވެ.
އަފްރީންއަށް ނުތެދުވެވޭނެކަން ޔަގީންވުމުން އައިރީން ދުއްވައިގަތީ އާސިމާ އާއި އަރްމާންއަށް ގޮވަންށެވެ.
“މާން. މާ…ން” އައިރީން މާ ބާރަށް ގޮވާތީ އަރްމާން ސައިބޯން އިނދެފައި ކާގެއިން ނިކުމެގެން ސިޓިން ރޫމްއަށް ދިޔައެވެ.
“ކަމަނާފާނު ކޮން ކަމެއް ވެގެން މާ ބާރަށް ތި ގޮވަނީ؟” ވެގެން އުޅޭގޮތް ނޭނގޭ ހާލު އަރްމާން ބެލީ އައިރީންއަށް ޖެއްސުމެއްކޮށްލެވޭތޯއެވެ.
“މާން، އަފޫ .. ވަރަށް.. ހުން.. އައިސްފަ.” ދުވެފައި އައުމުން މާނޭވާލެވޭވަރުން އައިރީން ކީ އެއްޗެއް އަރްމާންއަށް ފަހުމްވީވެސް ކިރިޔާއެވެ.
އައިރީން ބުނި އެއްޗެއް އެނގުމުން އަރްމާން އަވަސް ހިނގުމެއްގައި އަފްރީންގެ ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ.
އަރްމާން ގޮސް ވައިން އިރު އަފްރީން އޮތީ އެނދު ކައިރީގައި އަޅާފައި އޮންނަ މަޑު ކާރޕެޓް މައްޗަށް ވެއްޓިފައެވެ.
އަރްމާންއަށް ވީ ގޮތްވެސް ނޭނގުނެވެ. އެދިޔަ ގޮތަށް ގޮސް އަފްރީން ނަގައި އެނދުގައި ބޭއްވިއެވެ. ދެފަހަރަކު ގޮވާލުމުންވެސް އަފްރީން ލޯ ހުޅުވާ ނުލުމުން އަރްމާން ވަށައިގެން ބަލާލީ ހާސްވީ ވަރުން ދެން ކަންތައް ކުރާނެ ގޮތް ހިޔާލަށް އައުމުންނެވެ.
އަރްމާން ފަހަތަށް އެނބުރެލި އިރު ފަހަތުގައި އައިރީން ފާޑަކަށް ރޮވިފައި ހުއްޓެވެ.
“ރީން، އަފޫގެ އެއްޗެހި ބަދަލު ކޮށްލަބަލަ. ހޮސްޕިޓަލަށް ދާން.” އަރްމާން އައިރީން ގާތު ކަންތައް ކުރަންވީ ގޮތް ބުނެފައި ބޭރަށް ނިކުތީ އައިރީންއަށް ވަގުތު ދެމުންނެވެ.
އަރްމާން ނިކުތުމުން އައިރީން ފަސްވަރަކަށް މިނެޓްތެރޭގައި އަރްމާންއަށް ގޮވައިފިއެވެ. އަރްމާން އޭރު އަންނަނީ ކާރު ތަޅުދަނޑި ހިފައިގެންނެވެ.
އަފްރީން އަތްދަނޑި މައްޗަށް ލައިގެން އަރްމާން ގޮސް ކާރު ފަހަތު ސީޓުގައި ބާއްވާފައި އައިރީން އެރުމުން ދޮރު ޖަހާލާފައި ކުރީ ސީޓަށް އަރާ ދުއްވާލިއެވެ.
“ރީން. މަންމައަށް ގުޅާލާފަ ބުނޭ އަފޫ ގޮވައިގެން ހޮސްޕިޓަލަށް ދާ ވާހަކަ. މަންމަ ދިޔައީ ފިހާރައަކަށޭ ކިޔާފަ އަހަރެން ސައި ބޯން ބައިންދާފަ.” އަރްމާން ކުއްލިއަކަށް ހަނދާންވާ ފަދަ ގޮތަކަށް ބުނެލިއެވެ.
އައިރީން އަވަހަށް އާސިމާއަށް ގުޅާފައި ވެގެން އުޅޭ ގޮތް ސާފު ކޮށްދީފައި ކަން ބޮޑު ނުވުމަށް އެދުނެވެ. އަދި އަފްރީން ހަމައަކަށް އެޅުމުން ބަލައިދާނެ ވާހަކަވެސް ބުނެލިއެވެ.
9 Comments!
Comments are closed.



I know hurihaa readers thibeyny vrh rulhi aahsakan. critisize vx kuraane kan. feel free. vaguthu nuwegn nuliywuny. coursefeshunyma vrh bodah busy vi. ingey mi part vx kuda kan. ekm liyewun varrakah liyelaafa v emme awahkah up kohly mi.
sorry.
kamunudhaa thankolheh othas bunelahche everyone. 🙂
Mihaaru mivaahakaige kureebai handhaanves neh. Ethah zamaanakah fahu vaahaka continue kuree keehvebaa ey hithah eree.
Yeyy me first
Vv salhi ingey busy v ma kan up nukureveny it’s OK dear kuruviyas kiyaalan libunyma varah ufaa vehjje thank you sunshine
Vv salhi ingey busy v ma kan up nukureveny it’s OK dear thank yplou sunshine kuruviyas kiyaalan libuneema varah ufaa vehjje
Good luck!
Yey me second.. Reethi story nimendhen genesdhehchey… Waiting for Next part..
Vv reethi,mi part ves
Next part Thankolheh Avahah up kolladhechey
Mi prt up khlym mi kiyrly.. vrh vrh reethi.. plx nxt prt avahah gnsdhechey..
When is next part? More than 2 week mihaaru? Sunshine ☀️