Skip to content
އެސްފިޔަ

ހުޅުކޮޅު 30

“ނާއިޝް…” ކޮޓަރީގައި ފޯނާއި ކުޅެން އެނދުގައި އޮށޯވެ އޮތް ނާއިޝްއަށް ވައި އަޑަކުން އޭނާއަށް އަންހެން ކުއްޖަކު ގޮވާލި އަޑު އިވުނުހެން ހީވިއެވެ. އެއީ ހަމަ އެ އަޑެވެ. އޭނާ ސިއްސައިގެން ގޮސް އެނދުން ތެދުވެލީ ހިތަށް ވަންނަމުން ދިޔަ ވަސްވާސްތަކެއްގެ ސަބަބުންނެވެ. އަނެއްކާ އެއީ ކާކުބާވައެވެ؟ އެއީ ކޮން ބޭނުމެއް ނުފުދިގެން އުޅޭ ކާކުބާވައެވެ؟ އަންހެން ކުއްޖެއްގެ އަޑު އެގޮތަށް އޭނާއަށް އިވެންވީ ކީއްވެ ބާވައެވެ؟ ކުއްލިޔަކަށް ނާއިޝްގެ ދެލޯ ބޮޑުވިގޮތުން ހީވީ އެއްޗެއް ވިސްނުނު ހެންނެވެ. “ނޫން.. އޭނާ އެއް ނޫން އެއީ.. އޭނާ މަރުވެއްޖެ.. އެކަމަކު.. ކީއްވެ އެއ އަޑު؟” ނާއިޝްގެ މޫނުމަތިން ދާތިކިތައް ވިދަން ފެށީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ.

ނާއިޝްއަށް ސިހުން ގެނުވީ ބަންގީގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ގެއާއި ނުހަނު ގާތުގައި މިސްކިތް ހުރުމުން އަޑުވެސް ފުދޭވަރަކަށް ބާރަށް އަދި ސާފުކޮށް އިވެއެވެ. މިސްކިތަށް ދާން އޭނާގެ ސިކުނޑި ލަފާ ދިން ކަމާމެދު ވެސް ނާއިޝް ހައިރާން ވިއެވެ. ފާޚާނާއަށް ވަދެ އޭނާ ވުޟޫ ކޮށްލައިގެން ގެއިން ނިކުމެގެން ދިޔަ އިރުވެސް އެ ހަށިގަނޑުގައި ހިނގަނީ އެހެން ބާރެއް ހެން ހީވާ ފަހަރު މަދެއް ނޫނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އަމިއްލައަށް ފެނިގެން މި ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި އޭނާ މިސްކިތަކާއި ދިމާލަށް ބަލައިވެސް ނުލައެވެ.

ނާއިޝް ލައިގެން ހުރި މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ގަދަ ނޫކުލައިގެ ޖީންސް ފަޓުލޫނެކެވެ. އަތްދިގު ގަމީސް އޭނާ ޚިޔާރުކުރީ އަތުގައި އިން ޓެޓޫ އެހެން މީހުންނަށް ފޮރުވާށެވެ. މިސްކިތު ދޮރުމަތީ ނާއިޝް މަޑުކޮށްލިއެވެ. އޭނާއަށް ކުރެވެމުން ދިޔައީ މުޅިން ތަފާތު އިޙުސާސެކެވެ. ބަޔާން ކުރަން ދަތި އިޙުސާސެކެވެ. ނާއިޝް އިރުކޮޅެއް ވާންދެން އެހެން ހުރުމަށްފަހު މިސްކިތުގެ އެތެރެއަށް ވަދެގެން ދިޔައެވެ. އަޅާލި ފުރަތަމަ ފިޔަވަޅާއެކުވެސް ނާއިޝްއަށް އެތަކެއް އިޙުސާސް ތަކެއް އެއްފަހަރާ ކުރެވިގެން ދިޔައެވެ. އަމިއްލަ ޙަޔާތާމެދު ފުރަތަމަ ފަހަރަށް ވިސްނާލަން މަޖުބޫރުވިއެވެ. އޭނާއަކީ ކިހާ ނިކަމެތި އިންސާނެއްކަން އެ ސިކުނޑި އޭނާއަށް ބުނެދިނެވެ.

މިއޮށް ހުރިހާ ދުވަހަށްފަހުވެސް އޭނާ ﷲ މަތިން އެ ހަނދުމަ ކުރީ އޭނާއަށް އުނދަގޫ ތަކާ ކުރިމަތިވާން ފެށުމުންނެވެ.

ޖަމާޢަތުގައި ނަމާދުކުރަން ހުރި އިރު ނާއިޝްގެ ހިތަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް ވެރިވެފައި ހުއްޓެވެ. ކޮންމެ އާޔަތެއް ކިޔާ އިރު ހީވަނީ ޚުދު އޭނާއަށް ނިސްބަތްކޮށް ކިޔާހެންނެވެ. މާނަ ނޭނގުނެއް ކަމަކު ނާއިޝްގެ ހިތަށް ފުން އަސަރެއް ކުރުވިއެވެ. ދެލޮލުން ކަރުނަ ހިލުނީ އިޚްތިޔާރުން ބޭރުގައެވެ. މަޑުމަޑުން ރޮވެން ފެށުނީ އޭނާއަށް ނޭނގި ހުއްޓައެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ އޭނާއަށް އަމިއްލަ ނަފްސާ މެދު މާ ބޮޑަށް ވިސްނެނީއެވެ. އޭނާއަކީ ކިހާ ނުބައި އިންސާނެއް ހެއްޔެވެ؟ އެތަކެއް އެއްޗިއްސެއް އޭނަގެ ހިތަށް އަރަމުން ދިޔައެވެ ނަމަވެސް އޭނާ ކުރެވެމުން ދިޔަ ނަމާދުގެ ތެރެއަށް ވިހާވެސް ބޮޑަކަށް ވަދެވޭތޯ ބެލިއެވެ. ކައިރީގައި ހުރި ކުޑަ ކުއްޖެއް އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރީ ނާއިޝްގެ ލޮލުން ކަރުނައަކަށް ފަހު ކަރުނައެއް އަންނާތީއެވެ.

ނަމާދުކޮށް ސަލާމް ދިނުމަށްފަހު ތެދުވެ ތެދުވެހުރި ނާއިޝްގެ ފިޔަވަޅުތައް ހުއްޓުނީ ދަރުހެއް ދޭން އުޅޭ ޚަބަރު އޭނާގެ ކަންފަތާއި ހަމަޔަށް ފޯރުމުންނެވެ. މަޑުކޮށްލާ ހިތްވީ އާދަޔާ ޚިލާފަށް ބޮޑަށެވެ. އޭނާ އެއީ މީގެ ކުރިން ދުވަހަކުވެސް އަހާ ހިތުން ދަރުހެއް ކީއްކުރަން ދީނީ ކުޑަ ކުޑަ ދެތިން ލަފްޒެއްވެސް އަހާ މީހެއް ނޫނެވެ. ނަމަވެސް މިއަދު އެއާއި ޚިލާފެވެ.

ނާއިޝް މިސްކިތުގައި މަޑުކޮށްގެން ތިބި މީހުން ކައިރީ ރީއްޗަށް އިށީންދެލާ ހަމަޖެހިލިއެވެ. ޝެއިޚް ދަރުސް ފަށައިގެން ކުރިޔަށް ދިޔައެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ވެސް ހިތް ހެޔޮ ކޮށެވެ. އެކުވެރި ރާގަކަށެވެ. ނާއިޝްވެސް އެ އަޑުގެ ޖާދޫގައި ޖެހި ޝައުޤުވެރިކަން މުޅިން ދަރުހަށް ހުސްވާން ނެގީ މަދު ސިކުންތު ކޮޅެކެވެ.

ޝެއިޚް ވަކި ހިސާބަކުން ނަރަކައިގެ ޢަޛާބުގެ ވާހަކަ ދައްކަން ފެށިއެވެ. ނާއިޝްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ޝެއިޚްގެ ދެލޮލުންވެސް ކަރުނަ ހިލިފައި ހުއްޓެވެ. ގަތް ބިރެއްގެ ބޮޑުކަމުންނެވެ. ނާއިޝްއަށް އޭނާގެ ޢަމަލުތައް ދެލޯ ކުރިމަތިން ސިފަވަމުން ދިޔަ ކަހަލައެވެ. ބިރެއް ނެތި ދުނިޔޭގެ އުފަލާއި މަޖަލުގައި އޭނާގެ ވަގުތުތައް ނަގާލި ގޮތެވެ. ހިތު ހުރި ގޮތަކަށް މާތް ﷲ ނަހީ ކުރެއްވި ކަންތައްތައް ކުރަމުން ދިޔަ ގޮތެވެ. ހުޅަނގުގެ މީހުންގެ ސްޓައިލް އަށް ހަނާ އެޅި ގޮތެވެ. ރަލުގެ މަސްތުގައި ޖެހި އޭނާ އުޅެމުން ދިޔަ ވިޔާނުދާ ދިރިއުޅުމެވެ. އަދިވެސް އެކި އެކި ފާފަ ތަކެވެ. ނާއިޝްގެ ދެލޮލުން ކަރުނަ ނީރާލީ އިސާހިތަކުއެވެ. އޭނާ ބިރުގަންނަން ފެށިއެވެ. ކަށްވަޅުގެ ޢަޛާބު ހިތަށް އަރާއިރަށް ބިރުން ގޮސް ފިއްކަނޑައިގެން ދާ ވަރުވެއެވެ. އޭނާ އެއްގޮތަކަށްވެސް ނަރަކައަށް ދާކަށް ބޭނުމެއް ނޫނެވެ. ވީއިރު އޭނާ ފުރިހަމަ ތައުބާ އަކުން ތައުބާ ވާން އެބަޖެހެއެވެ. ކޮންމެ ގޮތެއް ވިޔަސް ވަރިހަމައެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް އޭނާއަށް މިއަދު ވަރިހަމައެވެ.

ދުނިޔޭގެ އުފަލަށްވުރެ އާޚިރަތް އިސްކުރަން ޖެހޭކަން މިއަދު އޭނާއަށް ދެނެގަނެވިއްޖެއެވެ. ދުނިޔޭގެ އުފަލާ މަޖަލަކީ އާޚިރަތުގެ ހިތާމަކަން އޭނާއަށް އެނގިއްޖެއެވެ. ދަރުސް އަޑުއަހަމުން ދިޔަ ވަރަކަށް އޭނާއަށް އެ ވާހަކަތަކުގެ ތެރެއަށް އިތުރަށް ފީނެމުން ދިޔައެވެ. އަދި ރޮވެމުން ވެސް ދިޔައެވެ. އެންމެން ދަރުސް ނިމުމުން ގެޔަށް ދިޔަ އިރުވެސް ނާއިޝް އިންތަނުން ގުޑިވެސް ނުލައެވެ. އޭނާގެ ލޮލުން ކަރުނަތައް ހުއްޓުމެއް ނެތި ފައިބަމުން ދިޔައެވެ. އެންމެން ދިޔަ ކަންވެސް އޭނާއަށް ފަހަރުގައި ރޭކާ ނުލީއެވެ.

ނާއިޝް ސިހުނީ އޭނާގެ ކޮނޑުގައި މީހަކު ޖަހާލުމުންނެވެ. އިސް އުފުލާލައި ބަލައިލި އިރު ކުރިމަތީގައި އޭނާ ކައިރީގައި ކުޑަކޮށް އިށީންދެލައިގެން އިނީ ދެންމެ ދަރުސް ދިން ޝެއިޚެވެ. ނާއިޝްއަށް އަދިވެސް އިނދެވުނީއެވެ. “ކިހިނެއް ވެފަ ތި އިނީ؟” ޝެއިޚް ނާއިޝް އާއި ސުވާލު ކޮށްލީ ހިތްހެޔޮ ރާގަކަށެވެ. ނާއިޝްގެ ހިތް ތެޅެން ފެށީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އަނެއްކާ އޭނާގެ ޙަޤީގަތް އިނގުމުން ޝެއިޚް ހަދާނީ ކިހިނެއް ބާވައެވެ؟ އަނެއްކާ އޭނާ އާ ދިމާލަށް އެއްޗެހި ކިޔާނީ ބާވައެވެ؟ މިތަނުން ނެރެ އެންމެންގެ ތެރޭގައި އޭނާ ފަލީޙަތް ކޮށްލާނީ ބާވައެވެ؟ ނާއިޝްގެ ސިކުނޑި އެކި ސުވާލުތަކުން ފުނިޖެހެމުން ދިޔައެވެ.

“ކިހިނެއް ވީތަ؟ ވީ ގޮތް ބުނެލަފާނަންތަ؟” ޝެއިޚް އަނެއްކާވެސް ނާއިޝް އާއި ސުވާލު ކޮށްލިއެވެ. ވީ ކަމެއް ވީ އޭ ހިތާ ނާއިޝް ޝެއިޚް އަށް އޭނާގެ ވާހަކަ ކިޔައިދޭން ނިންމިއެވެ. “ޝެއިޚް.. އަޅުގަނޑަކީ ވަރަށް ގޯސް މީހެއް.. ވަރަށް ވަރަށް ގޯސް މީހެއް.. އަޅުގަނޑަކީ ހިތު ހުރި ގޮތަކަށް މި ދުނިޔޭގެ އުޅެމުން އަންނަ މީހެއް.. ހަވާ ނަފްސަށް އަޅުގަނޑު އަބަދުވެސް ތަބާވަމުން އައީ.. މީގެ ހަ އަހަރުން ކުރިން ސުރެ ދިރިއުޅެމުން އައީ ހިލޭ އަންހެން ކުއްޖަކާ އެކު.. ދެ ކޮޓަރީގަ ނިދިއެއް ކަމަކު ގިނަ ވަގުތު ދެމީހުން އުޅެނީ އެއްކޮށް.. ބޮޑު ގެއެއްގަ އެކަނި.. ދެމމީހުން އެއްކޮށް އެތަށް ބަޔަކަށް އަނިޔާ ދެވުނު.. އޭނާ މިހާރުވެސް އުޅެނީ އެކަމައިގެން..

ދެމީހުން އެއްކޮށް އެކި ކްލަބް ތަކަށް ގޮސް ރާބޮއެ ހަދާ އުޅުނިން.. އަޅުގަނޑުގެ އަތް ވެސް.. އަތަށް ވެސް ޓެޓޫ އެރުވީ ހުޅަނގުގެ އެމީހުންގެ އުޅުން ކޮޕީ ކުރުމަށް.. ހިތަކަށް ނާރާ އެއިރަކު އެއްވެސް ވަރަކަށް މިއީ ކިހާ ގޯސް ކަމެއް ކަމެއް.. އެތަށް ފައިސާ އެއް ހުއްޓަސް އެއިން އެންމެ ލޯލާރިއެއްވެސް ޙަލާލެއް ނުވާނެ.. ރުފިޔާ ހޯދީ ޙަރާމް ގޮތްގޮތުން.. އެތަށް ދުވަހަކަށްފަހު މިސްކިތަށް އެރި ފުރަތަމަ ދުވަސް މިއީ.. ނަމާދުވެސް ނުކުރަން.. ރޯދަ.. ރޯދަވެސް ނުހިފަން…

އެތަކެއް ފާފައެއް ކުރިން.. ޝެއިޚް.. އަޅުގަނޑަކީ ވަރަށް ގޯސް މީހެއް.. ކުރީ މުޅިންވެސް ﷲ މަނާ ކުރެއްވި ކަންކަން.. އެވަރުން ނުވެގެން އަޅުގަނޑުގެ މަންމަވެސް ދޫކޮށްލާފަ އަންހެން ކުއްޖަކާއެކު މި ހުރިހާ ދުވަހު އުޅުނީ.. އެ މަންމަގެ ޙާލަކީ ކޮބައި ކަމެއްވެސް އަޅުގަނޑަކަށް ނޭނގެ.. ކިހާ ގޯސް… އާ އެހެންނު ވާނީ.. ރުފިޔާ އަކީ ހުރިހާވެސް އެއްޗެހި ކަމަށް ވިއްޔަ އަޅުގަނޑަށް ދެކެވުނީ..

އެވަރުން ނުވެގެން.. އެވަރުން ނުވެގެން އެތަށް ބައެއްގެ ދިރިއުޅުންވެސް އެފުށް މިފުށަށް ޖަހާލިން.. ސަކަރާތް ޖެހުމުގެ ބޭނުމުގަ ކުއްޖެއްގެ ހިތް ހަލާކު ކޮށްލިން.. އެތަށް ބަޔަކަށް އަޅުގަނޑުގެ ފަރާތުން ގެއްލުން ލިބިފަ ހުންނާނެ.. ހިތާމަ ލިބިފަ ހުންނާނެ.. އެތަށް ބަޔަކަށް.. މުޅި އާއިލާއެއް އެއްކޮށް ހިތާމައިގެ ތެރެއަށް ވައްޓާލުމުގަ އެހީވި މީހެއް އަޅުގަނޑަކީ..

ފޫހިވޭ އަމިއްލަ ނަފްސު ދެކެ.. ލަދު ގަނޭ.. މިވަރުގެ މީހަކާ ވައި އެޅެން ވެސް ނުވާނެ ކަންނޭނގެ ޞާލިޙް ރަނގަޅު މީހުން.. ޝެއިޚް.. ދެން ކިހިނެއް އަޅުގަނޑު ހަދާނީވެސް؟ އަޅުގަނޑުގެ ފާފަތައް ނުފުއްސެވޭނެ ދޯ.. އަޅުގަނޑަށް ޢަޛާބު ލިބޭނެ ދޯ.. ދެން ދުވަހަކުވެސް އަޅުގަނޑަށް ރަނގަޅު ދިރިއުޅުމެއް ނޫޅެވޭނެ ދޯ..” ނާއިޝް އަކުރުން އަކުރަށް އޭނާގެ ދިރިއުޅުމުގެ ކަންކަން ޝެއިޚް އަފްރާޒް އާއި ޙިއްސާ ކުރިއެވެ. ނާއިޝްގެ ވާހަކަ އަޑު އިވި އަފްރާޒްއަށް ވެސް ލިބުނީ ޙައިރާން ކަމެކެވެ. ސިހުން ލިބުނެވެ.

ޒުވާން ފުރައިގެ ފިރިހެން ކުއްޖަކު އެގޮތަށް ކުރިމަތީގައި އިނދެ އަޑުން އަޑުނަގާ ރޯތީ އޭނާގެ ހިތަށްވެސް ނުހަނު އަސަރު ކުރިއެވެ. “ނޫނޭ.. އެއްގޮތަކަށްވެސް ތިހެން ނުވިސްނާ.. އެހާ ނެގަޓިވް ކޮށް ވިސްނާކަށް ނުވާނެ.. ވިސްނާލަބަލަ.. މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އަކީ އެންމެ އޯގާވަންތަ ރަސްކަލާނގެ.. އެކަލާނގެ އަޅުން ދެކެ އެކަލާންގެ ވަރަށް ބޮޑަށް ލޯބިވެ ވޮޑިގަންނަވާ.. ނާއިޝް އަށް އިނގޭތަ؟ ތިއަށްވުރެ މާ ބޮޑެތި ފާފަތައް ކުރާ މީހުންގެ ފާފަވެސް އެކަލާންގެ ފުއްސަވާ.. ނާއިޝް އެހެން ވީމަ އަވަހަށް ތައުބާ ވާންވި.. އެއިރުން ހަމަ ބަރާބަރު ވާނެ..” ޝެއިޚް ނާއިޝްއަށް އެތަކެއް ހިތްވަރު ލައިދެމުން ދިޔައެވެ. އެންމެ ފަހުން ޝެއިޚް ނާއިޝް ކައިރީ ރީތިކޮށް އިށީނދެލިއެވެ. އެއަށްފަހު އޭނައަށް ނަސޭޙަތް ދެމުން ދިޔައެވެ. ކުރީގަ ހިނގާފައިވާ އެކި ޙާދިސާތައް ކިޔައިދެމުން ދިޔައެވެ. އަދި ހަމަ އެއާއެކު އެތަކެއް ހިތްވަރެއް އެ ޒުވާނާއަށް ލައިދެމުން ދިޔައެވެ.

ނާއިޝް އޭނާގެ ދެލޮލުން އައިސްފައިވާ ކަރުނަތައް ފުހެލިއެވެ. އަދި އިން ތަނުން ތެދުވެލައި މިސްކިތުން ނިކުންނަން މިސްރާބު ޖެހިއެވެ. އަފްރާޒްވެސް އޭނާގެ ކޮނޑުފައި ކުޑަކޮށް ޖަހާލީ ނާއިޝްއަށް ހިތްވަރު ލައިދިނުމުގެ ގޮތުންނެވެ.

މިހާރު މިސްކިތުން ފައިބައިގެން އެ އަންނަނީ ކުރީގެ ނާއިޝް އެއް ނޫނެވެ. އެތަކެއް ދުވަހަށް ފަހު ހެޔޮ މަގު އޮޅުން ފިލައިފައިވާ ނާއިޝް އެކެވެ. އިސްލާމީ މަތިވެރި ހިދާޔަތް ލިބިފައިވާ ނާއިޝް އެކެވެ. އޭނާއަށް އެވަގުތުކޮޅު ކުރެވުނު އިޙުސާސް ދުލުން ބަޔާން ވެސް ނުކުރެވޭނެއެވެ. އެހާވެސް އެ ހިތް ވަނީ ހަމަޖެހިފައެވެ. އުފާވެފައެވެ. ނޭނގޭ ހިތް ހަމަ ޖެހުމެއް އޭނާއަށް ލިބެމުން ދިޔައެވެ. އެތަށް ދުވަހަކަށްފަހު އެ މޫނުމަތިން އުޖާލާކަން ފެނިގެން ދިޔައެވެ. ނާއިޝް މިސްކިތުން ނިކުތް އިރުވެސް ޝެއިޚް ދެއްކި ވާހަކަތައް ހިތުގައި ބިންވަޅު ނަގާފައި ވެއެވެ. އޭނާގެ ހިތުގައި ވަރުގަދަ ޢަޒުމެއް ކަނޑައެޅީ މީގެ ފަހުން އޭނާގެ އުޅުން އެއްކޮށް ރަނގަޅު ކުރުމަށެވެ.

ކުރިން ރައިފާ މާލެ އަންނަ ވާހަކަ ދެއްކުމުން އޭނާގެ ހިތުގައިވީ ބިރުވެރިކަން މިހާރު ވަނީ އުފާވެރިކަމަށް ބަދަލުވެފައެވެ. އެކަން އެގޮތަށް ވީތީ އޭނާ ހިތާހިތުން ﷲއަށް ޙަމްދު ކޮށްލިއެވެ.

ގެއަށް އައިސް ވަތް ނާއިޝް ފުރަތަމަވެސް ކޮޓަރިއަށް ވަނެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ކޮޓަރީގެ ކަނެއްގައި ރީތިކޮށް ބައިންދާލައިފައިވީ ގިޓާއެވެ. އޭނާގެ އަގުބޮޑު ގިޓާއެވެ. ނަމަވެސް އޭނާގެ ހިތަށް ފޫހިކަން ވެރިވެގެން ދިޔައެވެ. ހަމަ އެވަގުތު އޭނާގެ ސިކުނޑި އެއީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަން ބުނެދިނެވެ. ނާއިޝް ހިނގާލައިފައި ގޮސް އެ ގިޓާ ހިފައިގެން ބޭރަށް ނިކުތެވެ. އެއަށްފަހު ކުނިތައް ކައިރީ އެ ބާއްވާލީ އެއްލާލަން ބޭނުން ވުމުންނެވެ.

****

“ނައިޝަމް.. ޒައިފް.. ޔަންހާ..” ނޫރީން އެންމެންނަށް ބާރަށް ގޮވަން ފެށިއެވެ އެ އަޑުގައި ވަނީ އުފާވެރިކަމެވެ. ބޭރުގައި ނަވާފް ގޮވައިގެން ކުޅެން ހުރި ނަވާރްގެ ކަންފަތާ ހަމަޔަށްވެސް އެ އަޑު ފޯރިއެވެ. އެ ކުޑަ ހިތަށްވެސް މާމަގެ އުފާވެރިކަން ނަގައިގަނެވުނެވެ. ނަމަވެސް ކޮއްކޮ ހުރުމުން އޭނާއަށް އެތެރެއަށް ވަދެވޭ ގޮތެއް ނުވިއެވެ. އަނެއްކާ އެއީ ބޮޑެތި މީހުން ދައްކާ ވާހަކައަކަށް ވެދާނެ ކަމަށްވެސް އޭނާގެ ހިތް އޭނައަށް ވިސްނައިދިނެވެ.

ކުޑަކޮށް ދުވަމުން ކަހަލަ ގޮތަށް ޔަންހާ އާއި ނައިޝަމް ސިޑިން ފައިބައިގެން އައެވެ. ހަމަ އެއާއެކު ޒައިފް އާއި ޔާސީން އަދި ހައިފާވެސް ބާރުބާރަށް ސިޑިން ފައިބައިގެން އައިސް އެ ބޮޑު ސިޓިންގް ރޫމުގައި ނޫރީން ގާތުގައި މަޑުކޮށްލިއެވެ. “ކިހިނެއް ވީތަ؟ ހާދަ ބާރަކަށް ތި ގޮވަނި އަނެއްކާ ބޮޑު ކަމެއް ވީތަ؟ ފެންވަރަން ވަންނަންވެގެން ތުވާލި ހަމަ ނެގިތަނާ ތި ގޮވާލީ.. އަޑު ބާރުކަމުން ބިރުން އަވަހަށް އެވެސް އެއްލާލައިފަ މިއައީ ނޫރީން އަށް އަނެއްކާ ކަމެއް ވީ ބާވައޭ ހިތާ..” ޒައިފް ބުނެލުމުން އެންމެންގެ ގާތަށް ހިނި އައެވެ.

“ދޮގެއްވެސް ނޫން ބޭބެ އެ ހެދީ.. މަ ވެސް ބޭރަށް ދާން ގަމީސް ލައިލައި ހުއްޓާ ދޮންތަ ހަޅޭތް ލަވައިގަތް އަޑޫ އިވުނީ.. އަވަސް އަވަހަށް ގޮށް އަޅުވަމުން ދުއްވައިގަތީވެސް.. ބަލާ.. އެއްގޮށް ދޫކޮށްލާފަ ނުބައިގޮށް ގޮށްވެސް އެޅުވިފަ މިހުރީ.. އަނެއްކާ.. ފުށްވެސް ނުޖެހުނު..” ނައިޝަމް އެއްލޯ މަރާލަމުން ސަމާސާ ރާގެއްގައި ބުނެލިއެވެ. އެންމެންގެ ގާތަށް އައީކީ އަމަށަކު ހިންޏެއް ނޫނެވެ.

ނަމަވެސް ހީހީ ހުރި ޔަންހާއަށް ނޫރިންގެ ލޮލުގައި ވީ ކަރުނަތަކެއް ނުފޮރުވުނެވެ. އެހެންކަމުން އޭނާ އެ ސުވާލު ކޮށްލިއެވެ. އެންމެންވެސް އެވަގުތު ހިމޭން ވިއެވެ.

“ހެހެ.. އެހާ އުފާވެރި ޚަބަރެކޭ.. ޤަބޫލުވެސް ނުރެވޭ.. ﷲއަށް ޙަމްދު ކުރެވުނު ވަރެއްވެސް ނޭނގެ.. އަހަރެމެންގެ ޒިވް.. ނައިޝަމް.. ނައިޝަމްގެ ޒިވްކޮ.. އަހަރެމެންގެ ޒިވް އެބައުޅޭ..” ނޫރީން ހީލަމުން ލޮލުގައި ހުރި ކަރުނަތައް ބާލުވަމުން ބުނެލިއެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ. އެންމެންގެ ދެލޯ ބޮޑުވީ ލިބުނު ކުއްލި ސިހުމުންނެވެ. ޒައިފްގެ ހިތަށް އެހެން ގޮތެއް ވެލައިގެން ދިޔައެވެ. އަނެއްކާ އޭނާގެ ލޯބިވާ އަންހެނުން ޒިވާ އާ ދޭތެރޭ ހިތާމަ ކޮށްކޮށް ސަކަރާތް ވީކީ ނޫން ބާވައެވެ. އޭނާ ނޫރީން އާއި ގާތަށް ފިޔަވަޅު އަޅަމުން ދިޔައެވެ.

“ކި.. ކީކޭ..؟” ޒައިފް ސުވާލު ކޮށްލިއެވެ. “އާން.. އަހަރެމެންގެ ޒިވް.. އަހަރެން އަހަރެންގެ ދަރިފުޅާ ވާހަކަވެސް ދައްކައިފިން.. އަލްޙަމްދުލިއްލާހް.. އެއީ ހަމަ އަހަރެމެންގެ ޒިވް އޭ..” ނޫރިން އަނެއްކާވެސް ބުނެލިއެވެ. އެންމެންގެ މޫނުމަތީގައި ވީ އުފާވެރިކަން ފިލައިފިއެވެ. އެމީހުން ހީކުރީ ނޫރީން މޮޔަގޮވަނީ ކަމަށެވެ. “ދޮންތާ.. ޒިވްކޮ އެއް ނެތެއްނު.. ދޮންތަ އަށް އޮޅިގެންނޭ ތިއުޅެނީ.. ޒިވްކޮ.. ޒިވްކޮ އެއް ދެން ނާންނާނޭ ދޮންތާ..” ނައިޝަމް ނުރީން ކައިރީ ހުއްޓިލަމުން ނޫރީންގެ ކޮނޑުގައި ހިފާލައިފައި ބުނެލި އިރު އެ އަޑުންވެސް ނައިޝަމްގެ ހިތަށް ކޮށްފައިވާ އަސަރު ހާމަވެއެވެ.

ޔަންހާވެސް ނޫރީންއާއި ގާތަށް މިސްރާބު ޖެހިއެވެ. “ދޮންތާ.. އަނެއްކާ ރޭގަ ދޮންތަ އަށް ހުވަފެނެއް ފެނުނީތަ؟ ކުރިންވެސް އެގޮތަށް ހުވަފެން ފެނުނެއްނު..” ޔަންހާވެސް ދެރަވެލައިފައި ސުވާލު ކޮށްލިއެވެ. ނޫރީން ދެބުމަ ގޮށްޖަހާލިއެވެ. މި މީހުން އޭނާ ދައްކާ ވާހަކަ ޤަބޫލު ނުކުރަނީ ކީއްވެ ހެއްޔެވެ؟ “އެކަކުވެސް އަހަރެން ދައްކާ ވާހަކަ ޤަބޫލު ނުކުރަނީ ކީއްވެތަ؟ އަހަރެން ބަނޑުއަޅާ ވިހޭ ދަރފުޅުގެ އަޑު މި މައިމީހާއަށް އޮޅޭނެތަ؟ ކަލޭމެން ހީކުރަނީ އަހަންނަށް ހީވާ ހީވުމެއް ކަމަށްތަ މީ؟ ނޫނީ އަހަރެން މޮޔަވީ ކަމަށްތަ؟” ނޫރީން ރުޅި ގަދަވިއެވެ. އޭނާގެ ކޮނޑުގައި ހިފާލަލައިފައިވި ނައިޝަމްގެ އަތް ވެސް ފޮޅުވާލިއެވެ.

އެވަގުތު އެތާ ސުމައްޔާ ނެތް ކަމީ ނޫރީންގެ ބަދުނަސީބު ކަންނޭނގެއެވެ. އެހެން ނަމަ ގައިމު މިރޭ އެންމެންނަށް އެ ޙަޤީގަތް އިނގުނީހެއް ނޫންހެއްޔެވެ؟ ސުމައްޔާ އެވަގުތު އުޅުނީ ޔަންހާ ބުނެފައި ވުމުން އޭނާއާއެކު ތާކަށް ދާން ތައްޔާރުވާށެވެ. ނަމަވެސް ނޫރީންގެ އަޑު އިވުމުން ތިރިއަށް ދާން ބޭނުން ވި ނަމަވެސް ވަގުތު ކުޑަތަން ވެފައި ވުމުން އޭނާ އަވަހަށް ތައްޔާރުވާން އުޅުނެވެ. ފަހުން ސުވާލު ކޮށްލާނީ އޭ ހިތާއެވެ.

“ހުރޭ.. އަހަރެން ބުނީމަ ޤަބޫލެއް ނުކުރާނަމެއްނު ދޯ.. އެހެން ވިއްޔާ އެންމެން ތިބޭ.. މިއުޅެނީ އެކަން ދައްކަން.. ޔަގީން ކޮށްދޭނަން ތި އެންމެންނަށް އަހަރެން މި ހަދަނީ ތެދުކަން..” އޭނާ ދައްކާ ވާހަކަ ޤަބޫލު ނުކުރަންޏާ ނޫރީންއަށްވެސް ރުޅި އާދެވޭނެ ނޫންހެއްޔެވެ؟ އޭނާގެ ރުޅިގަނޑު ފެނި އެންމެންވެސް ތިބީ ހައިރާންވެފައެވެ. ނަމަވެސް އެކަކުވެސް އަދިވެސް އޭނާ ދައްކާ ވާހަކަ ޤަބޫލު ކުރާކަށް ނޫޅެއެވެ.

ނޫރީން ލޮލުން އައިސްފައި ހުރި ކަރުނަތައް އަތުން ފުހެލުމަށްފަހު ފޯނު ނަގައި ނަންބަރުތަކައް ފިއްތަން ފެށިއެވެ. އެއަށްފަހު އެއަށް ބަލަހައްޓައިގެން އިރުކޮޅެއް ވާންދެން ހުރުމަށްފަހު ފޯނު ކަންފަތުގައި ޖައްސާލިއެވެ. އޭނާ ޕިސް ޕިސް ލައްވާލުމަށްފަހު އަނެއްކާވެސް އެ މީހަކަށް ގުޅަން ފެށިއެވެ. މިފަހަރުވެސް އޭނާ ވީ ނާކާމިޔާބެވެ.

“ހެހެ.. ކަލޭމެންގެ ނަސީބު ހަމަ ދެރައީ.. ޔައީޝް ނުނެގި ފޯނެއް ވެސް.. ޤަބޫލު ނުކުރަންޏާ އެންމެން ތިބޭ.. އަދި އެއް ދުވަހަކުން ތި އެންމެންވެސް އެކަން ޤަބޫލު ކުރާނެ..” ނޫރީން އެހެން ބުނުމަށްފަހު އެކަކަށް އެކެއްޗެކޭވެސް ބުނާނެ ފުރުސަތެއް ނުދީ ބޮޑު ސިޑިން އަރައިގެން އޭނާގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. އެންމެންވެސް ތިބީ ހުއްޓުން އަރައިފައެވެ.

“ދޮންތަ ކީކޭތަ އެ ކިޔަނީ؟” ނައިޝަމް އަކަށް އަދިވެސް ނޫރީން އެ ދައްކަނީ ތެދު ވާހަކައެއް ކަމަކަށް ޤަބޫލެއް ނުކުރެވުނެވެ. އެންމެންވެސް ތިބީ ގަބު އަރައިފައެވެ. “ކީއްވެ ދޮންތަ ޔައީޝްގެ ވާހަކަ ބުނީ؟” ޔައީޝްގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި ޔަންހާ އޭނާގެވެސް ހިތުގައި އޮތް ސުވާލު ބޭރު ކޮށްލިއެވެ. ނަމަވެސް އޭނާ ބުނިލެއް މަޑުކަމުން އެކަކަށްވެސް އެ އަޑު އިވުނުހެނެއް ހިއެއް ނުވެއެވެ. ނައިޝަމް އޭނާގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އެއަށްފަހު ކޮޓަރިއަށް ދިޔުމަށްޓަކައި ސިޑިއާއި ދިމާލަށް ދިޔައެވެ. އެންމެން އެމީހުންގެ ކޮޓަރިތަކަށް ދިޔައިރު އެމީހުންނަށް ނޭނގުނު ކަމަކީ އެހެން ފަރާތަކަށް އެ އަޑު އިވުނު ކަމެވެ.

“ދޮންތީ..” ދޮރު ކައިރީ ހުރި ނަވާރް ސިހުނީ ނަވާފް އޭނާއަށް ގޮވާލި އަޑަށެވެ. އޭނާއަކީ އުމުރުން އަށް އަހަރުގެ ކުއްޖެއް ނަމަވެސް އެ އުމުރުގެ އެހެން ކުދިންނާ ބަލައިފަ އޭނާއަކީ އާދަޔާ ޚިލާފަށް ވިސްނުން ތޫނު ކުއްޖެކެވެ. ދެންމެ ނޫރީންމެން ދެއްކި ހުރިހާ ވާހަކައެއްވެސް އޭނާގެ ތޫނު ކަންފަތަށް އަޑުއިވުނެވެ. އެހެން ކަމުން އެވަގުތުން ވަގުތަށްވެސް އޭނާގެ ސިކުނޑީގައި މޮޅު ޚިޔާލެއް ރާވާލިއެވެ. “ޔެސް.. ހިނގާ ދޯ ދެން އެތެރެއަށް.. ކޮކީ ވަރުބަލިވެސް ވެފައެއްނު މިހާރު ތިހުރީ..” ނަވާރް ވާހަކައެއް ދައްކާލުމަށްފަހު ނަވާފް ގޮވައިގެން އެތެރެއަށް ވަދެގެން ދިޔައެވެ.

***

“ޒިވް.. ހިނގާ ޑޮކްޓަރަށް ދައްކަން.. ދެނެއް އެންމެ ވަގުތުކޮޅަކަށްވެސް މަޑެއް ނުކުރެވޭނެ.. އަވަސް.. ހަމަ މިހާރު ރެޑީ ވޭ..” ޔައީޝް ޒިވާ ގާތު އެހެން ބުނެލީ ޒިވާ ހޮޑުލާ ވަރުންނެވެ. ނަމަވެސް މި ދެތިން ދުވަހުވެސް ހަމަ ކޮންމެ ފަހަރަކު ޒިވާ އެކަމަށް ދެކޮޅު ހަދަނީއެވެ. މިފަހަރު އެކަމަކު އޭނާއަށްވެސް އުނދަގޫ ވާވަރުން ޔައީޝް ދެއްކި ވާހަކަ އޭނާ ޤަބޫލު ކުރިއެވެ.

ހަވީރު ވެގެން އައި އިރު ޒިވާ އާއި ޔައީޝް ތިބީ ހޮސްޕިތަލުގައެވެ. ޑޮކްޓަރަށް ދައްކާ ނިންމުމަށްފަހު ޓެސްޓް ހަދަން ވެގެންނެވެ. “މިކޮޅުން ގުޅާލާނަން ރިޕޯޓް ބަލައި އަންނަންވީމަ.. ދެން އެންމެ ރަނގަޅު ދިޔަޔަސް..” ހޮސްޕިޓަލުން ގެޔަށް ދިޔުމުގެ ހުއްދަ ލިބުމުން ޒިވާ އާއި ޔައީޝް ހިތްހަމަ ޖައްސާލަމުން ގެޔަށް ދިޔައެވެ. ނަމަވެސް ގެޔަށް ވަދެފައި ސޯފާގައި އިށީންތަނާހެން ޔައީޝްއަށް ފޯނެއް އައެވެ.

“އަނހަ.. ދޮންތަ ކީއްކުރަންބާ؟” ޒިވާއަށް ފޯނު ދައްކާލުމަށްފަހު ޔައީޝް ބުނެލިއެވެ. ޒިވާވެސް ގާތުގައި މަޑުކޮށްލިއެވެ. “ކުވޭ…” ޔައީޝް ވާހަކަ ދައްކަން ފެށި ވަގުތު އެކޮޅުން ނަވާރްގެ އަޑު އައެވެ. އޭނާވެސް އުފާވެފައި ނަވާރް އާއި ވާހަކަ ދައްކަން ފެށިއެވެ. ނަވާރްވެސް އެ ވާހަކަ ތަކުގެ އަވައިގައި ޖެހުނީ އިސާހިތަކުއެވެ. އޭނާ ދައްކަން އުޅުނު ވާހަކަވެސް ހަނދާނުން ފިލައިގެން ދިޔަ ކަހަލައެވެ. ޔައިޝް ތިއްތު އަތަށް ފޯނު ދެން ހެއްޔޭ ބުނުމުން ނަވާރްއަށް އޭނަގެ މަގްސަދުގެ މަތިން ހަނދާން ވިއެވެ. އެހެން ކަމުން ލަސްތަކެއް ނުކޮށް މިއަދު ގޭގައި ވީ ކަންތައް އޭނަ ޔައީޝްއަށް ކިޔައިދިނެވެ. އެ ޅަ ސިކުނޑިއަށް އެ ކަންތައް އެހެން ވާންޖެހުނު ސަބަބެއް ދެނެ ނުގަނެވުނެއްކަމަކު ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގެއެވެ.

ނަވާރްގެ ކޮންމެ ބަހަކުން ޔައީޝްއާއި ޒިވާ ހައިރާން ކުރުވަމުން ދިޔައެވެ. “ޒިވް.. އަވަހަށް އެންމެންނަށް އަހަރެމެންވެގެން އެވާހަކަ ބުނެދޭންވީ ކަންނޭނގެ.. ނޫނީ މުޅި ގޭގެ މަސްލަހަތު ގޯސްވެދާނެ.. މިހާރުވެސް އަސްލު އެ އޮތީ ގޯސްވެފަ..” ފޯނު ކޯލު ކުރުކޮށްލުމަށްފަހު ޔައީޝް ޒިވާ ގާތު ބުނެލިއެވެ. އެހެން ކަމުން ޒިވާވެސް ބޯ ޖަހާލީ އެއްބަސް ވަމުންނެވެ.

“ސަޕްރައިޒް އެއް ދިނުން ކިހިނެއް ވާނީ؟ މަންމަ ހުރީ ވަރަށް ޒިވް ގާތަށް އަންނަން ބޭނުންވެފައެއްނު.. އަހަރެމެން އެކޮޅަށް ދާންވީނު.. ޔައި އަށް ޗުއްޓީ ލިބޭނެ މި މަހު ފަހުކޮޅު.. އަހަރުވެސް ދެން މި ނިމުނީނު..” ޔައީޝް ވިސްނާލަމުން ބުނެލިއެވެ. “މަންމަ ދައްކާ ވާހަކަ ތުއްތުވެސް ޤަބޫލެއް ނުކުރޭ.. ދެން ހަމަ ލޮލުން ފެނުނީމަ ގައިމު ޤަބޫލު ކުރަންތާ ދޯ ޖެހޭނީ..” ޒިވާ ޔައީޝްގެ ވާހަކައަށް އިތުރުކޮށްލިއެވެ.

ދެމީހުން ވާހަކައިގައި ޖެހިފައި ތިބުމުން ވަގުތު ހޭދަވެގެން ދިޔަ ގޮތްވެސް ނޭނގުނެވެ. “އައިޝާ.. ކީކޯ ޑޮކްޓަރ ބުނުއްވީ؟” އެވަގުތު ދެމީހުންގެ ވާހަކަ މެދުކަނޑާލީ ކޮޓަރިން ނިކުމެގެން އައި ރައިފާއެވެ. އޭނާ އެ އުޅެނީ ވަރަށް ވިސްނައިގެންނެވެ. ކިރިޔާވެސް އޭނާގެ ދުލުން ޒިވާގެ ނަން ބޭރު ނުކުރެވޭތޯ ވަރަށް މަސައްކަތް ކުރެއެވެ. އޭނާގެ މޫނު ފޮރުވައިފައި ހުންނަ ކަން ނަސީބެކޭ ރައިފާގެ ހިތަށް އަރައެވެ. ނޫން ނަމަ އޭނާގެ މޫނުގައިވާ ރުޅިވެރި ނަޒަރު ނުހަނު ފަސޭހައިން ޒިވާ ނޫނީ ޔައީޝްއަށް ދެނެގަނެވޭނެއެވެ. އެޔަށްވުރެވެސް ބޮޑަށް އޭނާކަން އެމީހުންނަށް އެނގިއްޖެއްޔާ އޭނާގެ ހުރިހާ ޕްލޭން އެއް ނާކާމިޔާބު ވާނެއެވެ.

ޒިވާވެސް ނުހަނު ފޯރީގައި އޭނާގެ އެކުވެރި ‘އަރޫފާ’ އާއި ވާހަކަ ދައްކަމުން ދިޔައެވެ. އެމީހުން ހިތުން ‘އަރޫފާ’އަކަށްވެސް އެއީ ޒިވާކަމެއް ނޭނގެއެވެ. އެމީހުން އެވަރުން އެވާހަކަ ބުނަން ނޫޅުނީ ‘އަރޫފާ’އަށް އެކަންތައް އިގުން މާ މުހިންމު ނޫން ކަމުގައި ފެނުނީތީއެވެ.

ސޯފާގައި އޮލަ ވާހަކައިގައި ތިބި ތިން މީހުންގެ ސަމާލުކަމަށް ގެނައީ ގޭގެ ދޮރުގައި ޓަކި ޖަހާލި އަޑެވެ. ޒިވާ ދާން ސޯފާއިން ތެދުވަން އުޅުމުން ރައިފާ އެކަން މަނާ ކުރިއެވެ. އޭނާގެ އެކްޓް ކިތަންމެހާވެސް މޮޅެވެ. އޭނާ އެ އުޅޭ ގޮތުން އެކަކަށްވެސް އެއީ ރައިފާ ކަމެއް ޝައްކެއް ނުވާނެއެވެ. ނުވިތާކަށް އެއީ އޭނަކަން އެމީހުންނަށް ފޮރުވަން އޭނާ ބޭނުންކުރި އެންމެ މޮޅު އުކުޅަކީ ލޮލަށް ލެއްވި ލެންސެވެ. އޭނާގެ ލޮލަށް ލެންސް ނުލެއްވި ނަމަ ޒިވާމެންނަށް ނުހަނު ފަސޭހައިން އޭނާއަށް ޝައްކު ކުރެވުނީހެވެ.

“އައްސަލާމް ޢަލައިކުމް..” އެތެރެއަށް ވަދެގެން އައީ މައިހާ އާއި އާއި ޒަޔާން އެވެ. ޒިވާގެ އިތުރުން ޔައީޝްއަށްވެސް އުފާވެރިކަން ވެރިވިއެވެ. “މައި..” ޒިވް ކޮޅަށް ތެދުވެލިއެވެ. މައިހާ އައިސް ޒިވާ ގައިގައި ކުޑަކޮށް ބައްދާލިއެވެ. ދެމީހުންގެ ވާހަކަ ފެށިގެން ދިޔައީ އެ ހިސާބުންނެވެ. ޔައީޝް އާއި ޒަޔާންވެސް އެމީހުންނާއި ދިމާލަށް ބަލައިލައިފަ އެކަކު އަނެކަކާއި ދިމާލަށް ބަލައިލަމުން ހިނިގަނޑެއް ޖަހާލިއެވެ. “ބަލަ ތި ދެމީހުން ނޫނަކަސް މިތާ އެހެން ބަޔަކު ވެސް އެބަތިއްބޭ..” ޔައީޝް ދެއަތް އުރާލަމުން ބުނެލިއެވެ. އެވަގުތު  ޒިވާ އާއި މައިހާ އަށް ހަމަ ހޭވެރިކަން ލިބުނެވެ.

އެ ދެމީހުންގެ ސަމާލުކަން އެންމެންނަށް ދިނެވެ. “ކޮބާ އަރޫފާ ކިހިނެއް؟” މައިހާ ރައިފާ އާއި ސުވާލު ކޮށްލިއެވެ. މައިހާ ފެންނައިރަށް ރައިފާ ވަނީ އަމަށަކު ފޫއްސެއް ނޫނެވެ. ނަމަވެސް އޭނާގެ މަގްސަދަށްޓަކައި މި ހުރިހާ ކަމަކަށް އޭނައަށް ވަނީ ކެތްކުރަން ޖެހިފައެވެ. އޭނާ މައިހާ މެންނާއި ވާހަކަ ދައްކަން ފެށީ ރައިފާގެ މޮޅު އެކްޓިން އާއި އެކުއެވެ. އެމީހުންނަށް ކުޑަވެސް ޝައްކެއް ނުވާނޭ ފަދަޔަކުންނެވެ. “ބަލާބަ.. މިއަދު ޔާނީ ފޮނުވި ވީޑިއޯ އެއް މިއޮތީ.. އަލީނާގެ ވީޑިއޯއެއް.. ވަރަށް ލޯބި ދޯ.. ބުންޏޭ މިއަދު ދާއިރަށް ޒިވް އަށް ދައްކާލައްޗޭ..” މައިހާ ފޯރިޔާއެކު ޒިވާ އަށް ކިޔައިދެމުން ދިޔައެވެ.

ރައިފާގެ ކަންފަތުގައި ކުޑަކުޑަ އަލީނާ ލައްވަމުން ދިޔަ އަޑުތައް އިވި ހިނި އާދެވުނީ އިޚްތިޔާރުން ބޭރުގައެވެ. އޭނާވެސް ގައިމު ރަނގަޅު ދިރިއުޅުމެއް ފައްޓައިގެން އެމީހުން އެ އުޅޭ ގޮތަށް އުޅުނީމަ އެ ވީ ނޫން ހެއްޔެވެ؟ ބަދަލު ނުހިފާ ސުލްޙަވެރިކަމާއެކު ހުރިހާ ކަމެއް ނިންމާލިއްޔާ ވާނީ ކީއްހެއްޔެވެ؟ ރައިފާ އޭނާގެ ބޮލުގައި ކުޑަކޮށް ޖަހާލިއެވެ. އެއްގޮތަކަށްވެސް ޒިވާ ގާތުން ބަދަލު ނުހިފައި ކަމަކު ނުދާނެވެ. އޭނާގެ ބަސްނާހާ ހިތަށް އަނެއްކާވެސް އިތުރަށް ބަހަނާތައް ދައްކަމުން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (44)

  1. Kitty

    Yey me first dhw

  2. Kitty

    Story is vv nyc

  3. Reen

    Masha allah..vvvvvv salhi mi part ves…curiously waiting for next part..ly noor sis❤

  4. Amee

    Veh veh reethi mi part vess…masha allah varah furihama vaahaka…keep it up dear…when next part…

    1. Amee
      Amee

      Vrh vrh**

  5. Haira

    Mai ebuny nun ziv ah video dhakkaalahchey yaany bunyey dhw..so nw raifa ah ingeyne dhw eiy ziv kan.or else noor sis ah olhign tha ehn liyevifa eyny? Btw story v salhi masha allah

    1. Reader
      Haira

      raifaa ah ziv kan ingeythy eh noontha badhalu hifan gos e ulheny?

    2. Guess
      Haira

      Raifa ah inge ey aee ziv kan n yaish men ziv kiyaakan. Ekam handhaanthah aikan neyge..

  6. eekko

    Noor is there anyway I can meet u ….the story us owsm btw

  7. Blue ?

    Masha Allah ???? loved this part. Can I ask you a favor dear ? Miah vure thankolheh dhigu koh genes dhevidhaanetha next part ????☺❤. Anyway when is the next part? Vvvvv avahah up kodhechey… can’t even wait to see what happens next!????❤?.

  8. unique

    oh sis…… ur the best……. Maasha Allah… the story is fantastic……………. just love it…… misses

  9. Kokee

    maasha allah…story vrh vrh vrh reethi…and dear kon irakun next part

  10. Mal

    Wow… Vaahakaa Ge mi part ves varah reethi :* . masha allah…. Waiting for next part…

  11. Jinn

    Nice story! When is next part?

  12. Nunnu

    Masha Allah vv reethi mi part ves
    Speach less hama
    When next part

  13. Livee

    Story hama best! Mi raid a ah visneyny known irakun baaey hithah araa

  14. Areen

    Masha Allah…Vrh reethi….❤

  15. kitty

    whn is nxt part????

  16. zaha

    vvv reethi. konirakun next part

  17. ?penguin

    Wow ma sha allah v reethi❤❤

  18. ranaa

    masha allah….sis ge vaahaka ige hurihaa baehves hama vrh reethi……..
    mi part adhi vakin haassa koh…keep it up sis…..whn is nxt prt…..avahah up kolla dhechey ingey sis…….

  19. Twinkle?

    Wow… stry hama vvvv salhi…❤❤❤????? naaish ah eiveny kaakuge adeh baa?????? curiously waiting for the nxt part…

  20. Maya

    Wow alhe haadha reychey…. Masha Allah. ??????????

  21. Blue?

    Alhey noor dear…kobr tha dear buni surprise☺☺☺☺☺????maashaa allah…?

  22. Rash

    Mi part ves v reethi ❤️ waiting for next part

  23. schama

    mi part ves varah reethi . keep it up . koba next part avahah up kohdhyba . waiting for next part .

  24. friends

    Vvvvvvvvv reethi mi part ves
    Kon irakun next part

  25. friends

    Vvvvvvvvv reethi mi part ves
    Kon irakun next part❤❤❤❤

  26. kohki

    noor dear kobaa next part

  27. Hh

    Hey noor sis.. kury part ga huri comments ah rply kollecidhaanetha free v ma? Btw story is just flawless.. masha allah

  28. Afy

    Noor ge mi story kiyairu feel vanee two writer ehge liyun hn.mi bunee sifa kuruma vahaka genes dheefa hunna gothun dhe parteh kiyairu baeh faharu egothah feel va vahaka varakah reethi n v thafaathu idea eh v ma v Kiya hithun kiyalevey mi story.????. When next part noor? Waiting..?

  29. Just saying

    Haadha lahey up vaaleh… Writer please up kodhyba avahah.. Mihaaru komme part eh ves up vany vvvv lahun. Ehenveema kiyaa hiy ves kendidhaane. Ekam story hama vvvvvvvvvvvv reeethi?

  30. Fathimath

    Maasha Allah mi part ves varah reethi … next part kn irakun…..

  31. Yoosh

    Koba next part v vkiyaahithun meenee

  32. Aish

    Hello dear kobathr next part waitting waitting

  33. shaana

    noorr dear koba nextpart avahahah up kohdhbala mihaaru kiyaahithun maruvany

  34. Black Beauty

    vvv reethi. konirakun nxt prt. courosity is killing me

  35. Nikko

    Kobr thr next part? Haadha lahey

  36. Mixuhan

    Alhe avahah upkhdheeba.plz.plz..kiyaa hithun keii nukurevey mihaaru ..plz upkh dheeba ..

  37. Girl ?

    Mi vaahaka dhen kuriah nugendhany tha? Writer please reply??

  38. yamee kokko

    heyo nuvaane noor dear up koh dhee…aadheyss kuran

  39. Twinkle?

    Alhe avahah up khdhyba nxt part… kiyaa hithun hurevenyky nun mihaaru… knme faharaku vs on vefa enme furathama balany mi stry ge ehn part eh up vefa in thw… ekm nuhunnaathy vrh dhera vey… plz avahah nxt part nereba…

  40. Reader

    Mee haadha busy writer ekey dhw… Aslu vv dhera dhen mihaa reethi vaahaka eh up nuvaathy… writer bunaane vaahaka mihaaru innaany submit koffa ey ekam v vv gina iru veydho up vaan ebbai faharu.. ???. Please please atleast reply to the reader’s comments… Mihen aslu mi bunelan jehunyves mi vaahaka kiyaa hivvaaleh bodukamun inge. Please don’t feel bad inge???

  41. harun

    raifaa ge adu ves badhalukureetho

Comments are closed.