Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 29

hygge Level 510 Stories100 Comments100 Login500 Comments
June 21, 2018 11 Mins Read
68 Comments

“މިޔޮށް އައީނު..” ސައިކަލު ޕާކު ކޮށްލުމަށްފަހު ކަފި ހުރަސް މަތިން ހިނގާފައި އެމީހުން ތިބި ދިމާލަށް އަންނަމުން ދިޔަ ޒަޔާން ފެނި ޔައީޝް ހިނިތުން ވެލައިފައި ބުނެލިއެވެ. އެވަގުތު އެންމެންގެ މޫނުވެސް އުޖާލާވެގެން ދިޔައެވެ. އެންމެން އެކުގައި އަދްޔަން މެން ގެ އެޕާޓްމެންޓް އިންނަ ފްލޯއަށް ދިޔައީ ލިފްޓުގައެވެ. އެއަށްފަހު ބެލް އަޅާލީ ހިނިތުން ވެލައިގެން ތިބެއެވެ. ނަމަވެސް ދޮރު ހުޅުވާލި ވަގުތު ދޮރު ކުރިމަތީ ހުރި ސޫރަ ފެނި އެ އެންމެންގެ މޫނުގެ އުޖާލާކަން ކެނޑިގެން ދިޔައެވެ. ކުރިމަތީގައި ހުރި އަދްޔަން ހާސްވެގެން ގޮސް މޫނުގައި ދާތިކިތައްވެސް ވިދަން ފަށައިފައިވެއެވެ. “އަލްޙަމްދުލިއްލާހް.. ނަސީބެއް ތިމީހުންނަށް އާދެވުނުކަން.. ހިނގާބަލަ ހޮސްޕިޓަލަށް ދާން.. އަވަސް..” އަދްޔަން އެހެން ބުނެ އެތެރެއަށް ދުއްވައިގަތެވެ. އެންމެންނަށްވެސް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ.

އަދްޔަން އެތެރެއަށް ވަނުމަށްފަހު ނިކުތީ އަޔާނީ ގޮވައިގެންނެވެ. އޭނާގެ މޫނުމަތިންވެސް ފެންނަނީ ވޭނެވެ. މި ވީގޮތް އެންމެންނަށްވެސް ނަގައިގަނެވުމުން އަވަސް އަވަހަށް ޒިވާ އާއި މައިހާ ވެސް އަޔާނީ ގާތަށް ދިޔައެވެ. ކާރަށް އެރުމަށްފަހު ޒިވާ އާއި މައިހާ އަޔާނީގެ ގާތުގައި އޭނާއަށް ހިތްވަރު ލައިދޭން ތިއްބެވެ. ޔައީޝް ކާރު ދުއްވަން އިން އިރު އަދްޔަން ދެން އިން ސީޓުގައި އިނެވެ. ޒަޔާން ދިޔައީ އޭނާގެ ސައިކަލުގައެވެ.

ހޮސްޕިޓަލް ކުރިމައްޗަށް ހުއްޓުމަށްފަހު އަވަސް އަވަހަށް އަޔާނީ ގޮވައިގެން ޒިވާ އާއި މައިހާ ކާރުން ފޭބިއެވެ. އޭނާ އަވަސް ފަރުވާދޭ ރޫމަށް ބައެއް ޑޮކްޓަރުންގެ އެހީގައި ވަރަށް ފަސޭހައިން ގެންދެވުނެވެ. ހިތާހިތުން އެންމެންނަށްވެސް ޙަމްދު ކޮށްލެވުނީ އެހެންވެއެވެ.

އަދްޔަން ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އޭނާގެ ހިތް ތެޅެމުން ދިޔައީ ބޭރަށްވެސް ނިކުމެދާނެހާ ބާރަށެވެ. އެތަށް އިރަކަށްފަހު އެންމެނަށްވެސް ފުން ނޭވާއެއް ދޫކޮށްލެވުނީ އެތެރެއިން ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އިވުމުންނެވެ. އަދްޔަން ދުވެފައި އެދިމާލަށް ދިޔަ އިރު އޭނާގެ ކަންފަތުގައި އެ ތުއްތު ދަރިފުޅުގެ ރުއިމުގެ އަޑު ގުގުމަމުން ދިޔައެވެ. އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ވީއިރު ލޮލުގައި ވިދަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ.

އެންމެންގެ މޫނުމަތިންވެސް އުފާވެރިކަން ފެނިގެން ދިޔައެވެ. އިރުކޮޅެއް ފަހުން ނަރުހަކު ފޮތިގަނޑަކަށް ކުއްޖަކު ލައިގެން ނެރުނެވެ. “މަންމަވެސް އަދި ދަރިފުޅުގެ ހާލުވެސް ރަނގަޅު..” އެހެން ބުނުމަށްފަހު އެ ތުއްތު ދަރިފުޅު އަދްޔަންގެ އަތަށް އެ ނަރުސް ކުއްޖާ އަރުވައިދިނެވެ. އޭނާގެ ހިތަށް ކުރުވީ ބަޔާން ކުރަންވެސް ދަތި އިޙުސާސެކެވެ. އޭނާގެ ފުރަތަމަ ދަރިފުޅު ލިބުމުން އުފާ ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ހިތާހިތުން ހެއްދެވި ފަރާތަށް އޭނާ ޙަމްދުކޮށްލިއެވެ.

ވަގުތުކޮޅެއް އަޔާނީއާއި އަދި އެމީހުންގެ ދަރިފުޅާއެކު ހޭދަކޮށްލުމަށްފަހު ޒިވާމެން ހޮސްޕިޓަލުން ނިކުންނަން ދިޔައީ އަޔާނީމެންގެ މަންމަމެންވެސް ތިބުމާ އެކީއެވެ. ވަރަށް ހަމަޖެހިލައިގެން އެންމެން ދިޔަ ނަމަވެސް ޒިވާ އަށް އުނދަގޫ ތަކެއް ވަމުން ދިޔައީ ކީއްވެ ކަމާމެދު އޭނާވެސް ހުރީ ހިތާހިތުން ސުވާލު ކޮށްލަ ކޮށްލާއެވެ. ކޮންމެޔަކަސް އެކަމާމެދު ނުވިސްނާ އަމާން ކަމާއެކު ޔައީޝް އާއެކު ގޮސް ގެއަށް ވަނެވެ.

***

ގަދަ ނިދީގައި އޮތް ނާއިޝްއަށް ހޭލެވުނީ ބަންގީގެ އަޑަށެވެ. އޭނާއަށް އިރުކޮޅެއް ވާންދެން އެ އަޑުއަހަން އިނދެވުނު ކަމާމެދު ޚުދު އޭނާވެސް ހައިރާން ވިއެވެ. މިހާރު އެ ކަންފަތަށް ބަންގީގެ އަޑު ނީވޭތާވެސް އެތަކެއް އަހަރުތަކެއް ވޭތުވެ ހިނގައްޖެއެވެ. ކުއްލިޔަކަށް އެ ހިތުގެ ކަނެއްގައި ފޮރުވިފައިވާ ބައެއް މަސައްކަތް ކުރަން ފެށި ކަހަލަ އިޙުސާސެއް ނާއިޝްއަށް ކުރެވުނެވެ. ދެފަރާތަކަށް ބޯ ހޫރުވާލުމަށްފަހު އޭނާ ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ ފެންވަރާލިއެވެ.

ނާއިޝް ފާޚާނާއިން ކޮޓަރިތެރެއަށް ނިކުތް އިރު މިސްކިތުން ނަމާދު ކުރާ އަޑު އިވެއެވެ. އިވެނީ ދުނިޔޭގެ މަޝްހޫރު ޤާރީ މިޝަރީ ރާޝިދް އަލް ޢަފާސީގެ ރާގަށް ކިޔަވާ އަޑެވެ. ހުރި ފިޔަވަޅު މަތީ އޭނައަށް ހުއްޓި ހުރެވުނީއެވެ. އެ ކޮންމެ އާޔަތެއް އައިސް އޭނާގެ ހިތުގެ އެންމެ ހިމަ ނާރާ ހަމަޔަށް ކުޅެލައެވެ. ކުރެވެމުން ދިޔައީ މުޅިން ތަފާތު އިޙުސާސެކެވެ. ކީއްވެބާވައެވެ؟ ނާއިޝްއަށް އެ ކަންކަމާ މެދު ވިސްނެމުން ދިޔައެވެ. ނަމަވެސް އިރުކޮޅަކުން އޭނާ ބޮލުގައި އަތުން ޖަހާލި ގޮތުން ހީވީ އެ ޚިޔާލުތައް ކުރަން ބޭނުން ނުވެގެން ސިކުނޑީން ފޮޅުވާލަން އުޅުނު ހެންނެވެ.

“ހެލޯ ސްވީޓްހާޓް..” ބެލްކަނީގައި ހުރެ ނާއިޝް ފޯނުން ވާހަކަ ދައްކަމުން ދިޔައީ ރައިފާ އަށެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް މިއަދު ރައިފާގެ ވާހަކަ ދެއްކުން ހުރި ގޮތް އޭނާއަކަށް ކަމަކު ނުދިޔައެވެ. ކީއްވެކަމެއް އޭނައަކަށް ވެސް ނޭނގެއެވެ. މީހަކަށް ގެއްލުންދޭ ވާހަކަ ދައްކަން ފެށުމުން އޭނާގެ ހިތަށް އުނދަގޫ ވާން ފެށީއެވެ. ފޯނު ކަނޑާލުމަށްފަހު އޭނާ ގެއިން ނިކުތީ ހިތްހަމަ ޖައްސާލަން ރަސްފަންނަށް ދިޔުމުގެ ބޭނުމުގައެވެ.

މަގުމަތިން ލައިފައި ދިޔަ ނާއިޝްގެ ލޯ އެކި ދިމަ ދިމާލަށް ހުއްޓެމުން ދިޔައެވެ. މިވީ ހަ އަހަރު ދުވަހުގެ ތެރޭގައި މުޅި މި މާލެއަށް އެތަކެއް ގިނަ ބަދަލުތަކެއް އައިސްފައި އެބަ ވެއެވެ. ބައެއް އިމާރާތްތައް ހުރިތަން ބަދަލު ކޮށްފައި ވާއިރު އާ މައިޒާންތައްވެސް ބައިވަރެވެ.

ރަސްފަންނުގެ ހިތްގައިމު މާހައުލުގައި ނާއިޝް ދެޖީބަށް އަތް ޖަހާލައިގެން މޫދުގެ ރާޅުޖަހާ ފަށާއި ފުދޭވަރެއް ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. އެއަށްފަހު އިސް އުފުލާލައި މުޅި ފަޒާއަށް ނަޒަރު ހުއްޓާލިއެވެ. އަދި ފުން ނޭވާއެއް އެތެރެއަށް ދަމާލުމަށްފަހު ބޭރަށް ދޫކޮށްލިއެވެ. ހީވަނީ ސިކުނޑި ހަމަޔަކަށް އަޅުވާލަން އުޅޭ ހެންނެވެ. ކުއްލިޔަކަށް އޭނާއަށް ވައިގެ ތެރެއިން އަންހެން ކުއްޖެއްގެ އަޑި އިވުނުހެން ހީވިއެވެ. އޭނާގެ ނަމުން ވޭނާއި އެކު އާދޭސް ކުރާ ރާގަކަށް ގޮވާހެން ހީވިއެވެ. ހިނިތުން ވެފައި ހުރި ނާއީޝްގެ މޫނަށް ވަގުތުން ނުތަނަވަސްކަން ވެރިވި ހީވެސް ނުކުރާހާ އަވަހަށެވެ. އޭނާ ވަށައިގެން ހޯދަން ފެށީ ބިރެއް ފެނުނު ފަދައިންނެވެ.

އަލުން އެ އަޑު ނީވުމުން އެއީ ހީވި ހީވުމެއް ކަމަށް ނިންމައިފަ އޭނާ އެހެން ދިމާލަކަށް ހިނގައިގަތެވެ. ކިތަންމެ ހަމަ ޖެހެން މަސައްކަތް ކުރި ނަމަވެސް އޭނާއަކަށް އެ ހަމަޖެހުމެއް ނުލިބެއެވެ. ހަމަޖެހުން ފެންނަނީ ބޭރުފުށުންނެވެ. އެތެރެއިން އޭނާ ދިޔައީ ކޮންމެވެސް ބޮޑު ފިކުރެއް ކުރަމުންނެވެ.

***

ނަމާދު ކޮށް ނިންމައިގެން ސޯފާގައި އިށީންދެ އިން ޒިވާ ކުއްލިއަކަށް ތެދުވީ ކަމެއް ހަނދާންވީ ފަދަޔަކުންނެވެ. އެއަށްފަހު ފޮތް ހަރުގަނޑު ކައިރި ހުއްޓިލުމަށްފަހު އޭނާއަށް ކުރިންވެސް ފެނުނު އާދަޔާ ޚިލާފު ފޮތް ނެގީ އެޔަށް ޖެހުނު ޝައުގެއްގެ ބޮޑު ކަމުންނެވެ. ކުރިން އެ ފޮތް ނެގި އިރު އޭނާގެ ހިތުގައި އެ ފޮތުގެ ކޮންމެ ސިފައެއް ވަނީ ބިންވަޅު ނެގިފައެވެ. އެހެން ކަމުން އެ ފޮތް ހޯދާކަށް ޒިވާއަކަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ.

ދެތިން ސިކުންތު ފޮތް ހަރުގަނޑު ކައިރީ ހުރުމަށްފަހު ފޮތް ހިފައިގެން އައިސް އޭނާ ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ. އެއަށްފަހު ނިކަން ފަރުވާތެރިވެ އިނދެ އޭނާގެ ހުރިހާ ސަމާލުކަމެއް ފޮތަށް ދިނެވެ. މަޑުމަޑުން އޭނާ ފޮތް ހުޅުވާލިއެވެ. ފުރަތަމަ ގަނޑުގައިވެސް ލިޔެފައި ވަނީ ބޮޑު އަކުރުން އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ޒިވާއެވެ. ރީތިގޮތަކަށް ފަވާލައިފައި ވާއިރު އަދިވެސް އިތުރަށް ރީތިކުރުމުގެ ގޮތުން ވެޔޮ ގަނޑެއް ކަހަލަ އެއްޗެއް ކުރަހާލައިފައި ވެއެވެ. ޒިވާއަށް ލިބުނީ ޝޮކެކެވެ. އޭނާއަށް ޔައީޝް ކިޔަނީ މި ނަމެވެ. ވީއިރު އަނެއްކާ މިއީ ކޮން ކަމެއް ބާވައެވެ؟

ޒިވާގެ ހިތް ކުއްލިޔަކަށް ނުތަނަވަސްވާން ފެށިއެވެ. ނަމަވެސް ހިތްވަރު ކޮށްލައިފައި ދެން އޮތް ގަނޑު އެއްލިއެވެ. އޭގައި ވަނީ ލިޔުންގަނޑެކެވެ. އެއީ ހަމަ އޭނާގެ ލިޔުމެވެ. ނަމަވެސް މިއީ ކޮން އިރަކު އޭނާ ލިޔުނު އެއްޗެއް ބާވައެވެ؟ ޒިވާ ވިސްނާލިއެވެ. ނަމަވެސް އެކަން ބޮލުން ފޮޅާލުމަށްފަހު ފޮތުގައި ހުރި އެއްޗެއް ކިޔޭތޯ އަވަހަށް އެޔަށް ނަޒަރު ހުއްޓާލިއެވެ.

ޒިވާ އެ ކިޔަމުން ދިޔަ ވަރަކަށް ލިބެމުން ދިޔަ ހައިރާންކަން އިތުރުވަމުން ދިޔައެވެ. ބައެއް ފަހަރު ފަހަރަށް އޭނާގެ ލޮލަށް އެ މަންޒަރުތައް ސިފަވާންވެސް ވެއެވެ. “ރައިފާ..” ކުއްލިޔަކަށް ޒިވާއަށް ބުނެލެވުނެވެ. އޭނާގެ ހަނދާނަށް ރައިފާ އަންނަން ފެށިއެވެ. އެ ސޫރައެވެ. އެ ނޫ ކުލައިގެ ދެލޮލެވެ. އެ އަންހެން ކުއްޖާ އޭނާއަށް ޖެއްސި ހާލެވެ. އޭނާގެ ސަބަބުން ޔައީޝް އުޅެން ޖެހުނު ގޮތެވެ.

“ޔަ. ޔައީޝް..” ޒިވާގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާގެ ހަނދާނަށް ޔައީޝްގެ ކޮންމެ ޙަރަކާތެއް ކަހަލަ ގޮތަކަށް އަންނަން ފެށިއެވެ. އެ ދެމީހުން ޖެހިހާ ސަކަރާތެވެ. ލޮލުން ކަރުނަ ފުހެލުމަށްފަހު އަނެއްކާވެސް ހިތްވަރު ކޮށްލައިފައި އޭނާ އެ ފޮތް ކިޔުމައިގެން ކުރިޔަށް ދިޔައެވެ.

އިތުރަށް އޭގައި ވާ އެއްޗެއް ކީކީހެން ޒިވާގެ ހިތަށް ކުރަމުން ދިޔަ އަސަރު ބޮޑުވަމުން ދިޔައެވެ. ބޮލުގައި ކުޑަ ރިހުމެއް އުފެދުނެއް ކަމަކު އޭނާގެ ހިތަށް ކުރަމުން ދިޔަ އަސަރު އެއަށްވުރެ މާ ބޮޑެވެ. އޭނާގެ ހަނދާނުގައި އެކަން ނުވެސް ނެތް ފަދައެވެ. ޒިވާގެ ހަނދާނަށް އަންނަން ފެށީ އޭނާގެ ކުރީގެ ގޭގައި ކޮޓަރީގައި އިނދެގެން ލޮލުން ކަރުނަ ބާލުވާ ޙާލު އެ އަމިއްލަ ދެއަތުން އެ ފޮތުގައި އެކި ވާހަކަތައް ލިޔަމުން ދިޔަ ހަނދާނެވެ. ޒިވާއަށް މަޑުމަޑުން ގިސްލެވެމުން ދިޔައެވެ. އޭނާގެ ހަނދާނަށް ކުރީގެ ހުރިހާކަމެއް އަންނަމުން ދިޔައެވެ.

“މަންމަ..” ޒިވާއަށް ނުރީން މަތިން ހަނދާންވެފައި ބުނެލެވުނެވެ. އޭނައަށް ނަވާރް އާއި ނައިޝަމް އަދި ޔަންހާގެ އިތުރުން ޒައިފް މަތިންވެސް ހަނދާން ވިއެވެ. ފޮތް ލައްޕާލީ އެއްކޮށް ކިޔާ ނިމުމުންނެވެ. އެއިރު އޭނާގެ ހަނދާނަށް ހުރިހާ ކަމެއް އައިސް ނިމިއްޖެއެވެ. އޭނާއަށް ކައިވެނި ކުރެވިގެން މިއުޅެނީ ތުއްތު އިރުއްސުރެ އެ ހިތުގައި ރަސްކަން ކުރަމުން އައި ރާޖާ އާ ބާވައެވެ؟ ހިނދުކޮޅަކަށް ޒިވާގެ ސިކުނޑީގައި އެނބުރެމުން ދިޔަ ހައިޖާން ގަނޑުވެސް މަޑުވީފަދައެވެ. ޒިވާއަށް ހިނިތުން ވެލެވުނީ ބޭއިޚްތިޔާރުގައެވެ.

ނަވާރްގެ ޅަ އަޑުން ތިއްތޫ އޭ ބުނާ އަޑޫ އިވުނު ތަނާ އޭނާއަށް ހެވުނެވެ. އެއަށްފަހު އަޔާނީ އަދި މައިހާގެ ހަނދާން އާވުމުން އޭނައަށް ކަރުނައިގެ ތެރެއިންވެސް އެ ދެނަން ބުނެލެވުނެވެ.

ޒިވާގެ ބޮލު ރިހުންވެސް ކުއްލިޔަކަށް ކެނޑުނު ފަދައެވެ.  އޭނާއަށް މުޅި ތަނަށް ނަޒަރު ހިންގާލެވުނެވެ. އެވަގުތު އޭނާ އާއި ޔައީޝްގެ ދެމެދުގައި ހިނގި އުފާވެރި ކަންތައްތައް ހަނދާނަށް އަންނަން ފެށިއެވެ. އެ ދެމީހުންގެ ކައިވެނި ހަނދާން ވިއެވެ. ހަމަ އެހިނދު އޭނާއަށް ނޫރީންގެ މަތިންވެސް ހަނދާން ވިއެވެ. ނޫރީން މިހާރު ހުންނަ ގޮތް ލޯމައްޗަށް ސިފަވުމުން އޭނާގެ ދެލޯ ފުރުނެވެ. އެ މަންމަ އޭނާއާއި ބައްދަލުވެފަ އަނބުރާ އެ ދިޔައީ އެއީ އޭނާކަން ނުވެސް އެނގިހުރެއެވެ. އެމަންމަ އޭނާއާމެދު ކުރާނެ ހިތާމަ ހިތަށް އަރުވާލިޔަސް ޒިވާއަކަށް ނެތެއް ނުވެއެވެ.

ނަވާރް އާއި ނައިޝަމް މެން ލޯމައްޗަށް ސިފަވުމުން ޒިވާއަށް ހެވުނެވެ. އެ އެންމެންނަށްވެސް މިހާރު އެތަކެއް ބަދަލު ތަކެއް އައިސްފިއެވެ. ނަވާރް ލޯމައްޗަށް ސިފަކޮށްލެވުމުން އޭނާއަށް އިތުރަށް ހިނި އާދެވުނެވެ. ނަވާފް ސިފަވުމުން އެ ހިތް ލޯބިން ފުރިގެން އައެވެ. ޒިވާގެ ޚިޔާލީ ދުނިޔެއިން ބޭރުވެ އޭނާއަށް ސިހުން ލިބުނީ ކޮޓަރީގެ ދޮރު ހުޅުވާފައި އެތެރެއަށް ވަތް ޔައީޝް ފެނިފައެވެ. ކަރުނަ ވީ ދެލޮލުން އޭނާ ޔައީޝް އާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ.

ހިނިތުން ވެލައިގެން ކޮޓަރިއަށް ވަތް ޔައީޝްގެ ހިނިތުންވުން އިސާހިތަކު ފިލައިގެން ދިޔައީ ކަރުނުން ބަރާވެފައިވާ ދެލޮލާއެކު އޭނާއާއި ދިމާލަށް ބަލަހައްޓައިގެން އިން ޒިވާ ފެނިފައެވެ. ޒިވާ އިރުކޮޅެއް ވާންދެން އޭނާއާއި ދިމާލަށް ބަލަހައްޓައިގެން އިނުމަށްފަހު ތެދުވިއެވެ. އެވަގުތު އޭނަގެ އަތުން ފޮތެއް ވެއްޓުނެވެ. ޔައީޝް އަށް އެދިމާލަށް ބަލައިލެވުނެވެ. އެ ވަގުތު އޭނާއަށް ދެބުމަ ގާތްކޮށްލެވުނީ ޒިވާ އެފޮތް ކީތޯ އޭނާގެ ހިތް ބުނަން ފެށުމުންނެވެ. ޔައީޝްގެ ހިތް ނުތަނަވަސްވާން ފެށިއެވެ. ޒިވާ އަނެއްކާ ހިތަށް އަރުވާނީ ކީކޭކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އޭނާ އެފޮތް ކިޔައިގެން ރުޅި އައި ކަމުގައި ވަނީނަމަ ޔައީޝް އޭނާއަށް ދޭނީވެސް ވަކި ކޮން ޖަވާބެއް ހެއްޔެވެ؟ ޔައީޝްގެ ސިކުނޑީގައި ހައިޖާނުގަނޑެއް އުފެދިގެން ދިޔައެވެ.

“ޒިވް..” ޔައީޝް ޒިވާއަށް ގޮވާލީ ނުތަނަވަސްވެފަ ހުރެއެވެ. ނަމަވެސް އޭނާއަށް އިތުރު އެއްޗެއް ނުބުނެވެނީސް ޒިވާ ކުޑަކޮށް ދުވެލައިފައި އައިސް ޔައީޝްގެ ގައިގައި ބައްދާލިއެވެ. ދެން އިވެން ފެށީ ޒިވާގެ ވޭނީ ރުއިމުގެ އަޑެވެ. އޭނާގެ ހޫނު ކަރުނަތަކުން ޔައީޝް ލައިގެން ހުރި ގަމީސް ތެންމަމުން ދިޔަ އިރު ޔައީޝްއަށް ވެސް އޭގެ އިޙުސާސް ކުރަމުން ދިޔައެވެ. އޭނާ އަށް ހުރީ ވާނުވާ ނޭނގިފައެވެ. “ޒިވް ކިހިނެއްތަ ވީ.. މަގޭ ޒިއްޕުޑިންނަށް ކޯންޗެއް ފެނުނީތަ އަނެއްކާ..” ޔައީޝް ކުޑަކޮށް ހެވިލަމުން ޒިވާގެ އުނަގަނޑުގައި އަތް އަލުވާލައިފައި ބުނެލިއެވެ. އެވަގުތު ޒިވާ އޭނާގެ ރުއިން މަޑު ނުކުރި ތާންގާ އަނގައިންވެސް ބުނާކަށް ނޫޅުނެވެ. ނަމަވެސް އިހުނަށްވުރެވެސް ބާރަށް އޭނާ ޔައީޝްގެ ގައިގައި ބައްދައިގަތެވެ.

“ޔައީޝް..” ޒިވާ އަނެއްކާވެސް ޔައީޝްގެ ނަމުން ގޮވާލިއެވެ. އޭނައަށް ގިސްލެވޭ ވަރުން ވާހަކަ ދައްކަން ވެސް ޒިވާއަށް ވީ ދަތި ކަމަކަށެވެ. ޔައީޝް ޒިވާ ދުރުކުރަން ނޫޅުނީ ޒިވާ އެހެން ކަންތައް ކުރާނީ ވަރަށް ބޮޑުކަމެއް ވެގެން ނޫނީ ނޫންކަން އެ ތޫނު ސިކުނޑިއަށް ދެނެގަނެވުމުންނެވެ. އޭނާ ހޫމް ލައްވާލިއެވެ.

“ޔައި ޒިވް ދެކެ ލޯބިވޭތަ؟” ޒިވާ ކޮށްލި ސުވާލުން ޔައީޝް އަށް ހުއްޓުމެއް އައެވެ. އޭނާ އަށް އެހާ ބޮޑު ހައިރާން ކަމެއް ލިބުނީ ޒިޥާ އަމިއްލައަށް ‘ޒިވް’ އޭ ބުނުމުންނެވެ. ނަމަވެސް އޭނާ އެ ހައިރާންކަން ކަނޑުވާލުމަށްފަހު ޒިވާ އޭނާއާއި ދުރުކޮށްލިއެވެ. އެއިރު ޒިވާގެ ދެލޯ ހީވަނީ ދުޅަވެފަ ވާހެންނެވެ. ދެލޯ ރަތްކަމުން ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. އެ ދެލޯ ފެނި ޔައީޝްގެ ހިތަށްވެސް ނުހަނު އަސަރު ކުރިއެވެ.

“ތިއީ އަހާކަހަލަ ސުވާލުތަ؟ ޔެސް.. ޔެސް އައި ލަވް ޔޫ..” ޔައީޝް ސީދާ އެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. ޒިވާ މަޑުމަޑުން އޭނާގެ ކަނާއަތުން އޭނާގެ މޫނުގައި ހިފަހައްޓާލައިފައިވި ޔައީޝްގެ އަތުގައި ހިފާލިއެވެ. “ޔައި.. ޔައި ގެ ޒިވް އިޒް ބެކް..” ކަރުނަތަކާއެކުވެސް ހިނި އަންނަމުން ޒިވާ ބުނެލިއެވެ. ޔައިޝްއަށް ލިބުނީ ސިހުމެކެވެ. އަނެއްކާ މިއީ ހުވަފެނެއް ނޫން ބާވައެވެ؟ ޔައީޝްއަށް ހުރެވުނީ ޤަބޫލުކުރަންވެސް ދަތިވެފައެވެ. އޭނާއަށް ޒިވާ އެބުނި އެއްޗެއް ރަނގަޅަށް ފަހުމްވެސް ނުވިއެވެ. ޔައީޝް އެހުރިގޮތަށް ހުއްޓާ ޒިވާ އަނެއްކާވެސް ބޯ ޖަހާލީ މިއީ ތެދެކޭ ބުނާ ފަދައިންނެވެ. “ޔައީޝް.. ޒިވް ހުރިހާ ހަނދާނެއް އާވެއްޖެ.. މަންމަ އާއި އެންމެން.. އާމިރު ބައްޕަ އާއި ސުމައްޔާ މަންމަގެ ހަނދާންވެސް.. ތުއްތު އާއި ދޮންތަ އާއި ނަވޫވެސް.. ޒިވްގެ ކިއުޓީ ޕައި.. ޔައިގެ ޒިވް މި އައީ އޭ.. އަލް ޙަމްދުލިއްލާހް.. ޔާނީ އާއި މައި އާ އެންމެންވެސް ހަނދާން ވެއްޖެ..” ޒިވާ އަނެއްކާވެސް ބުނެލިއެވެ.

ޔައީޝްއަށް އަދިވެސް ހުރެވުނީއެވެ. އޭނާގެ ލޮލުން ރޮނގެއްހެން ކަރުނަ ފައިބައިގެން އައެވެ. އެހާ ދުވަހު އޭނާ ކުރި އިންތިޒާރުގެ ނިމުން މިހާ ފޮނިވެދާނެޔެކޭ އޭނާ ކުރިޔަކުން ޚިޔާލަށްވެސް ނުގެނެއެވެ. ނަމަވެސް ﷲގެ ޙަޟްރަތުން އުންމީދު ކަނޑާނުލައި އޭނާ ކުރި މަސައްކަތުގެ ނަތީއްޖާ ކިހާ ފޮނިހެއްޔެވެ؟ އޭނާއަށް ޒިވާގެ ގައިގައި ބައްދާލެވުނީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. އެ ކޮނޑުގައި ބޯ އަޅާލައިގެން އޮތް އިރުވެސް ހުއްޓުމެއް ނެތި އެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ނަމަވެސް އުފާވެރިކަމުގެ ކަރުނައެވެ.

“ހޫން.. ބޭބީ ބޯއި ދެން ނުރޮއެބަލަ.. ޒިވް އަށް ވުރެ ބޭބިޝް..” ޒިވާ ހިނިގަނޑެއް ޖަހާލަމުން ޔައީޝް ކައިރި ބުނެލިއެވެ. ޔައީޝްވެސް ކުޑަކޮށް ހެވިލައިފައި ޒިވާއާއި ދުރުވެލިއެވެ. އެއަށްފަހު ދެލޮލުން ކަރުނަ ފުހެލުމަށްފަހު ޒިވާ އާއި ކުރިމަތިލިއެވެ.

“ޒިވް އަށް އިނގޭތަ ޒިވް ދިޔަ ފަހުން ޔައި އާއި އެންމެން އުޅުނު ގޮތް.. ހާދަ މިސް ވިޔޭ ޒިވް މަތިން.. އެކަމް އިނގޭތަ؟ އަނެއްކާ އިއްތިފާގުން އައިޝާއަށް ވެގެންވެސް ޔައި ގެ ވައިފްއަށް ވީ ހަމަ ޒިވް… ﷲގެ ކުޅަދުންވަންތަކަން ބަލާބަލަ.. އެހެންވެޔޭ ބުނަނީ ގުޅެން އޮތް ދެމީހަކު ކިތަންމެ ވަރަށް ދުރުކުރަން އުޅުނަސް ދުރެއް ނުކުރެވޭނޭ.. ﷲ މެދުވެރި ކުރެއްވި ގޮތެއް ދޯ އޭގަ އޮންނާނީ..” ޔައީޝް ޒިވާ އެނދުގައި ބައިންދާލުމަށްފަހު ކާޕެޓް މަތީ ދެކަކޫ ޖަހާލައިގެން އިނދެ ޒިވާގެ ދެ އަތްތިލައިގައި ހިފާލައިފައި ބުނެލިއެވެ. އެ މަދު ސިކުންތުކޮޅުގެ ސަބަބުން އެހެން ހުރިހާ ހިތާމަތަކުންވެސް އެމީހުން ހަނދާން ނެތުނު ފަދައެވެ. ޔައީޝް ޒިވާގެ އަތް ތިލައިގައި އޭނާގެ ތުންފަތް ޖައްސާލުމަށްފަހު ބޮސް ދިނެވެ. “އައި ލަވް ޔޫ..” އަދި ހިނިތުންވެލަމުން ޔައީޝް އެހެން ބުނެލުމުން ޒިވާވެސް ބަދަލުގައި އެހެން ބުނެލިއެވެ. ނަމަވެސް އެ ދެކޮލަށް އެއިރު ޖަންބުކުލަ ވެރިވެފައި ހުއްޓެވެ.

“ރައިފާ..” ޒިވާގެ ދެލޯ ބޮޑުވީ ކުއްލިޔަކަށް ރައިފާގެ ނަން ހިތަށް އައުމުންނެވެ. ޔައީޝްވެސް ކުއްލިޔަކަށް ޒިވާގެ މޫނަށް ބަލައިލިއެވެ. “ޔަ.. ޔައި.. ޒިވް އެތަނުން ވައްޓާލީ ރައިފާ.. ލިމްޔާވެސް ހުރި.. ލަ.. ލަމާން ވެސް.. އޭނަ.. އޭނާ އަންނާނެ ޒިވް މަރުނުވާކަން އިނގިއްޖެއްޔާ.. އޭނަ އަންނާނެ..” ޒިވާގެ އެ އުފާވެރި މޫނުގެ ކުލަވަރު ބަދަލުވާން ނެގީ މަދު ސިކުންތު ކޮޅެކެވެ. “ތި ހުރިހާ އެއްޗެއްވެސް މިހާރު އިނގެޔޭ ޔައި އަށް.. އިން ޝާ ﷲ ދެން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް… އެހާ ބިރު ނުގަނޭ.. އަހަރެމެން ހަމައެކަނި ބިރުގަންނަން ޖެހޭ ފަރާތަކީ ﷲ.. އެހެންނު؟ ދެން އެހާ ބޮޑަށް ނުވިސްނާ.. އިނގޭ..” ކުޑަކުއްޖަކަށް ވިސްނައިދޭ ފަދައަކުން ޔައިޝް ޒިވާއަށް ވިސްނައިދިނެވެ. އެހިނދު ޒިވާ ވެސް ބޯ ޖަހާލީ އެކަމާ އެއްބަސް ވުމުގެ ގޮތުންނެވެ.

“ޔައިޝް.. ޒިވް ބޭނުން މަންމަ އާއި ވާހަކަ ދައްކާލަން.. ޕްލީޒް..” ޒިވާ ޔައީޝް ގާތު އާދޭހުގެ ރާގަކަށް ބުނެލިއެވެ. “މިގަޑީގަ؟ ތަންކޮޅެއް ފަހުން ގުޅާލާނީ ދޯ.. އިޝާނަމާދު ކޮށްލައިގެ ފަހުން ގުޅާލާނީ..” ޔައީޝް ޒިވާގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. ޒިވާވެސް ހިނިތުން ވުމަކުން ފުއްދާލީއެވެ.

“އެބަ އަންނަން ބޭރަށް ޖެހިލައިފަ..” ޒިވާ އެހެން ބުނުމަށްފަހު އެނދުން ތެދުވެލައިގެން ގޮސް ކޮޓަރިން ނިކުތެވެ. ޔައީޝް އަށް އިނދެވުނީ ޒިވާ ދިޔަ ދިމާލަށް ހިނިތުން ވެލައިގެން ބަލާށެވެ. އެއަށްފަހު ކޮޓަރިން ނިކުތީ ޒިވާ ވެސް ނިކުތުމުންނެވެ.

“މަންމާ.. ނަމާދު ކޮށްފިން ތަ؟” ޒިވާއަށް އޭނާގެ ހަނދާންތައް އަނބުރާ އައެއްކަމަކު ސުމައްޔާ އަށް ހަމަ އެ އިޙްތިރާމް އަދާ ކުރިއެވެ. އެމީހުން އޭނާ ގެންދިޔަ ސަބަބެއް އެކަމަކު އޭނާގެ ސިކުނޑިއަކަށް ހިލާ ނައެވެ. ޔައީޝް ގާތު ފަހުން އަހާލާނީއޭ ހިތާ ޒިވާ އިހަށް އަޅާނުލީއެވެ. ސުމައްޔާގާތުވެސް އަހައިފި ނަމަ އެކަމުގެ ސަބަބާމެދު މާބޮޑަށް ވިސްނަން ހަދައިގެން ސުމައްޔާ އިތުރަށް ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ.

ސުމައްޔާ ޒިވާގެ ސުވާލަށް ޖަވާބުދިނީ ބޯ ޖަހާލުމަކުންނެވެ. އޭނާގެ ޙާލު ދުވަހެއް ދުވަހަކަށް އަންނަނީ މިހާރު ރަނގަޅު ވަމުންނެވެ. ޒިވާ ސުމައްޔާ ގޮވައިގެން ނިކުތީ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރާށެވެ. “އަރޫފާ..” ޒިވާ ރައިފާގެ ކޮޓަރީގައި ޓަކި ޖަހާލުމަށްފަހު އެތެރެއަށް ވަނެވެ. އެއިރު ރައިފާ އަވަސް އަވަހަށް މޫނުފޮތިކޮޅު އަޅާލަނީއެވެ. ކުޑަވެސް ޝައްކެއް އޭނާއާއިމެދު ޒިވާއަށް ވެގެން އެއްގޮތަކަށްވެސް ކަމަކު ނުދާނެއެވެ. ޒިވާ ގޮވާލި ހިތްހެޔޮ ރާގުގެ ސަބަބުންވެސް ރައިފާގެ ހިތަށް ގޮތެއް ވެލިއެވެ. ނަމަވެސް އަޅާނުލައި އޭނާ ޒިވާއާއި ވީ ފަރާތަށް އެނބުރިލިއެވެ. އެއިރު ޒިވާ އެ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލައިގެން ހުއްޓެވެ. “ހިނގާ ކާން..” ޒިވާ ހިނިތުން ވުމެއް ދެމުން ބުނެލިއެވެ. “އައިޝާމެން ކާލާ.. ފަހުން އަހަރެން ކާނީ.. މިގަޑީގަ ތި އެންމެން ދެން ކާލާ.. މިރޭ ބޭރަށް ގޮސްލަން ކަމަށް މިއުޅެނީ.. އެހެން ވީމަ ގޮސް އައިސް އަހަރެން ކާނީ..” ރައިފާ ވާހަކައެއް ހަދާލިއެވެ. ނަމަވެސް މިރޭ އޭނާ ޙަޤީގަތުގައިވެސް ހުރީ ނާއިޝް އާއެކު ބޭރަށް ދާން ބޭނުންވެފައެވެ.

ޒިވާވެސް ބޯ ޖަހާލުމަށްފަހު ބަލައިގެން އުޅުމަށްބުނެ އެ ކޮޓަރިން ނިކުތެވެ. އެވަގުތު ރައިފާ ނުލަފާ ހިނިތުން ވުމެއް ވެރިކޮށްލުމަށްފަހު ޒިވާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރީ ނުރައްކާތެރި ގޮތަކަށެވެ.

ރައިފާ ގެއިން ނިކުމެގެން ދިޔައީ ޒިވާމެން ކާން ތިއްބައެވެ. “ކޮންތާކަށް އޭނާ އެ ދިޔައީ؟” ޒިވާ ގާތު ޔައީޝް ސުވާލު ކޮށްލިއެވެ. އެވަގުތު ޒިވާ ބޭރަށޭ ބުނުމުން ޔައީޝް އެހެންހޭ ބުނެލުމަށްފަހު ކެއުމައިގެން ކުރިޔަށް ދިޔައެވެ.

“ޔައީޝް.. މަންމަ..” ކައި ނިންމާލުމަށްފަހު ބޭރުގައި ތިބެ ޔައީޝް ގާތު މަޑުމަޑުން ޒިވާ ބުނެލީ ނޫރީން މެންނަށް ގުޅާލާށެވެ. އެވަގުތު ޔައީޝް ވައިބަރ އިން އެމީހުންނަށް ގުޅާލުމަށްފަހު ޒިވާ އަތަށް ފޯނު ދިނެވެ. “މަންމާ އެބަ އަންނަން އިނގޭ..” ސުމައްޔާ އެއިރު އިނީ ޚަބަރު ބަލަން ކަމުން ޒިވާ ސުމައްޔާ ގާތު ބުނެލުމަށްފަހު ކޮޓަރިއާއި ދިމާލަށް ހިނގައި ގަތެވެ. ސުމައްޔާވެސް ޒިވާއަށް ބަލައިލުމަށްފަހު ހިނިތުންވެލައިފައި ބޯ ޖަހާލިއެވެ.

ޒިވާ ކޮޓަރިއަށް ދަނީ ކަމަށް ބުނުމުން ޔައީޝްވެސް ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ. “ހެލޯ މަންމާ..” ޒިވާ ނޫރީންއަށް ގޮވާލި އިރުވެސް އެ ދެލޮލުން ކަރުނަ އާދެއެވެ. “މަންމާ.. ޒިވް މަތިން ހަނދާން ވޭތަ؟ މީ މަންމަގެ ޒިވް އޭ..” ޒިވާ އެހެން ބުނުމަށްފަހު ރޯން ފެށިއެވެ. އަދި ހުރިތަނަށް ތިރިވީ ގައިގައި ކޮޅަށް ހުރެވޭހާ ވެސް ހިތްވަރު ނެތުމުން ކަންނޭނގެއެވެ. ޔައިޝްވެސް ތިރިވެލުމަށްފަހު ޒިވާގެ ކޮނޑުގައި ހިފަހައްޓާލައިގެން އިނެވެ. އެ ދެމައިން ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ދެލޯވެސް ކަރުނުން ފުރިފައިވެއެވެ. ޒިވާއެކޭ އެއްފަދައިން ނޫރީންއަށް ކުރާނެ އަސަރު އޭނާއަށް އިނގެއެވެ. އެ އަހަރުތަކުގައި ނޫރީން އުޅުނު ޙާލު އެންމެ ރަނގަޅަށް އިނގޭނެ އެކަކު ކަމުގައި ގައިމުވެސް އޭނާ ވާނެއެވެ.

ފޯނު ބޭއްވުމަށްފަހުވެސް ޒިވާ ރޮވުނެވެ. ނަމަވެސް އެއީ އުފާވެރިކަމުގެ ކަރުނަވެސް މެއެވެ. އިރުކޮޅެއް ވުމުން އޭނާ ހަމަޔަކަށް އެޅިލިއެވެ. އޭނާއަށް އެތަކެއް އުފާ އެއްފަހަރާ ލިބުނު ފަދައެވެ. ޒިވާ ދެލޮލުން ކަރުނަ ފުހެލުމަށްފަހު ޔައީޝް އާއި ދުރުވެލިއެވެ.

***

“ހެލޯ.. ހޫމް.. އޯކޭ..” ރައިފާ ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކާލުމަށްފަހު ކުރިމަތީގައި ހުރި އިމާރާތުގެ ތެރެއަށް ވަދެގެން ދިޔައެވެ. އެއަށްފަހު ލިފްޓަށް އަރައި އޭނާ ދާންބޭނުންވި ފްލޯގެ ނަންބަރަށް ފިއްތާލިއެވެ. އިސާހިތަކު އެ ގޮސް އެ ފަންގިފިލާއަށް ހުއްޓުނެވެ. ކުރިމަތިން ފެންނަށް ހުރި ދޮރުތަކަށް ބަލާލައިފައި ކަނާތް ފަރާތަށް ހުރި ދޮރު ކުރިމަތީ ރައިފާ ހުއްޓުނެވެ. އެއަށްފަހު އެ ދެރޮގައި ޓަކި ޖަހާލިއެވެ.

މަދު ސިކުންތުކޮޅެއްގެ ތެރޭގައި ދޮރު ހުޅުވިގެން ދިޔައިރު ކުރިމަތީ ހުރީ ނާއިޝް އެވެ. ރައިފާ އެތެރެއަށް ވަދެގެން ދިޔައެވެ. އެއަށްފަހު އެ ބޮޑު އެޕާޓްމެންޓްގެ ސިޓިންގް ރޫމުގައި ބަހައްޓާފައި ހުރި އަޅިކުލައިގެ ސޯފާތަކުން ސޯފާއަކަށް ޖެހިގަތެވެ. އަދި އޭނާ އަޅާފައި ހުރި މޫނު ބުރުގައި ނެގިއެވެ.

“ހާދަ ހޫނެއް އަރައޭ މީތިގަނޑު އަޅައިގެން.. ހުވާ.. މަ ހިތަށް އަރާ އެ ޒިވާ ކެތްވެސް ގަދައޭ..” ރައިފާ ސިކުންތުކޮޅެއް ވެސް ލަސްނުކޮށް ކުދި ކިޔަން ފެށިއެވެ. ނާއިޝް އެއިރު ދިޔައީ އެދިމާލަށް އަންނަމުންނެވެ. ނަމަވެސް ރައިފާގެ އެ އަޑު އޭނައަށްވެސް އިވުނެވެ. އެހިނދު ދެފަރާތަކަށް ކުޑަކޮށް އޭނާ ބޯ ހޫރުވާލިއެވެ. އަޖައިބެއް ފަހެ ނުވާނެ ހެއްޔެވެ؟ އެ ހުރިހާ ކަމެއްވެސް އެ ކުރަނީ ޚުދު ރައިފާ ވިއްޔާއެވެ. އެ ހުރިހާ ކަމަކީ އޭނާ ބޯން ފެށި ބޮނޑިއެވެ. ވީއިރު ދެން އެއްޗެހި ކިޔުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ ނާއިޝްއަށް މި ރައިފާ އުޅޭ ގޮތަކުން ކުޑަކޮށް ބޮލަށްވެސް އުނދަގޫ ވެއްޖެއެވެ.

“ދެން ރައި ކެތްކޮށްލަބަލަ.. ރައި އަމިއްލަޔަކަށްނު ތިހެން އުޅެން ނިންމީ…” ނާއިޝް އައިސް ރައިފާއާއި ނުހަނު ގާތުގައި ސޯފާގައި އިށީނދެލިއެވެ. “ދެން މިނޫން ގޮތެއް އެބައޮތްތަ؟ މަ އެބަޖެހެޔޭ އެ ޒިވާ އަށް ގޮތެއް ހަދަން.. ނޫނީ މި ދެލޮލަކަށް ދެން ހަމަ ނިދިވެސް ނުލިބޭނެ..” ނޭނގޭ ސަބަބަކާ ހުރެ ރައިފާއަށް ބުނެވުނު އެއްޗާމެދު ހިތް ކުޑަކޮށް ނުތަނަވަސް ވިއެވެ. އޭނާ ބިރުގަންނަންވީ ކޮން ކަމަކާ ހެއްޔެވެ؟ އޭނާ މިއުޅެނީ ފެށުނީއްސުރެ އޭނާއަށް އުނދަގޫ ކުރަމުން އަންނަ ކުއްޖަކާމެދު ބަދަލު ހިފާށެވެ. އެއީ އޭނާއަށް ޙައްޤު އަދަބެއް ވިއްޔާއެވެ. ރައިފާގެ ހިތުގެ ގޮވުމަކީ އެއީއެވެ. އަމިއްލައަށް ބަހަނާ ތަކެއް ދެއްކުމަށްފަހު އޭނާގެ ނަފްސު ހަމަޔަކަށް އަލުވާލިއެވެ. ނަމަވެސް އޭނާއަށް ނޭނގުނު ކަމަކީ އެކަކަށް ދެރައެއް ދީފަ އަނެކާއަށް އުފަލުގައި ނޫޅެވޭނެ ކަމެވެ.

އެތަށް އިރަކު ދެމީހުން އެކުގައި ވަގުތު ހޭދަކުރުމަށްފަހު ރައިފާ ނާއިޝްމެން ގެއިން ނިކުތެވެ. އޭނަ މިރޭ ޒިވާމެން ގެއަށް އެދަނީ ވަރުގަދަ ޢަޒުމެއް ކަނޑަ އަޅާއިގެންނެވެ.

ދުވަސްތައް އާދައިގެ މަތިން ފާއިތުވަމުން ދެއެވެ. ނާއިޝްއަށް އޭނާގެ ޢަމަލުތަކާމެދު ވިސްނެމުން ދިޔައީ ވަރަށްވެސް ބޮޑަށެވެ. ހަމަ އެފަދައިން އެއްކަލަ އަންހެން ކުއްޖާގެ އަޑުވެސް ދޭތެރެ ދޭތެރެއިން އޭނާއަށް އިވެއެވެ. އޭނާގެ ހިތް ނުތަނަވަސްވެއެވެ. ނަމަވެސް ޙައްލަކީ ކޮބައިކަމެއް އޭނާއަކަށް ނޭނގެއެވެ.

ރައިފާގެ ހިތަށް މި ކުރެވެނީ ނުބައި ކަމެކޭ ހީވާ އިރަށް އެހިތަށް ބަހަނާ ތައް ދެއްކުމަށްފަހު އެކަމުން ރެކެ ގަނެއެވެ. ނަމަވެސް ނާއިޝް އެކޭ އެއްފަދައިން އެ ހިތަށްވެސް ހަމަޖެހުމެއް ނުލިބެއެވެ.

ފާއިތުވަމުން ދިޔަ ދުވަސްތަކާ އެއްކޮށް އަޔާނީމެންގެ ދަރިފުޅަށްވެސް ނަން ކިއިގެން ދިޔައެވެ. ލިބުނީ އަންހެން ކުއްޖެއް ކަމުން އެމީހުން އެ ކުޑަ ދަރިފުޅަށް ދިން ނަމަކީ އަލީނާއެވެ. ޒިވާ އާއި މައިހާ އިހުނަށްވުރެ ގިނަ ވަގުތު އަޔާނީމެންނާ އެކީ ހޭދަކުރެއެވެ.

ހަމަ އެއާއެކު ސުމައްޔާވެސް މިހާރު ފުދޭވަރެއްގެ ބޮޑުތަން ރަނގަޅު ވެފައި ވުމުން ނޫރީންމެން ކައިރިއަށް ކެނެޑާއަށް ވަނީ ބަދަލުވެފައެވެ. އެއީ މާޙައުލު ބަދަލުކޮށްލާ މާ ބޮޑަށް ކަން ކަމާ ނުވިސްނުމުގެ ގޮތުން އެންމެން ވެގެން މަޝްވަރާ ކުރުމަށްފަހު އެޅި ފިޔަވަޅެކެވެ. އެންމެންގެ އެ ހިތްހަމަ ޖެހުންތަކާއެކު ޒަޔާން އާއި މައިހާގެ ކައިވެނި ކުރެވިގެން ދިޔައީ ގިނަ ހިތްތަކަށް އިހުނަށްވުރެ އުފާވެރިކަން ގެނުވާފައެވެ. ނަމަވެސް އެކަމުގެ ސަބަބުންނޭ ކިޔައިފަ ޒަޔާން އޭނާގެ މަސައްކަތަށް ހުރަސް އެޅިޔަކަ ނުދެއެވެ. ޒިވާގެ ހަނދާންތައް އަނބުރާ އައުމުން އެންމެންގެ ދިރިއުޅުމަށްވެސް ހީވަނީ ބަހާރު މޫސުން އައިސްފައި ވާހެންނެވެ. ނަމަވެސް ކުރިމަތީގައި ބޯ ވިލާގަނޑެއް ނަގަމުންދާކަމުގެ ކުޑަވެސް ހިލަމެއް އެމީހުންނަށް ނުވާ ފަދައެވެ.

“ޒަޔާން.. އަކުރަމް ކައިރި ބުނެބަލަ ތި ހޯދާ ބައެއްގެ ފޮޓޯ ގެނެސްދޭށޭ..” ޒަޔާންމެންގެ ޑިޕާޓްމެންޓްގެ އިސްވެރިއެއް ކަމުގައިވާ ފައިސަލް އަކުރަމް އާއި ބައްދަލުކޮށްފަ އޭނާ ގާތު އެދުނެވެ. އެހެން ކަމުން އަކުރަމްވެސް ލަސްތަކެއް ނުކޮށް ޒަޔާންއަށް އެ ޚަބަރު ދިނެވެ.  “ސަރ..” ޒަޔާން އެތެރެއަށް ވަނުމަށްފަހު ފައިސަލް އަތަށް ދެ ގަނޑު ފޮޓޯ ދިނެވެ. އެއީ ރައިފާ އަދި ނާއިޝްގެ ދެ ފޮޓޮއެވެ. އެވަގުތު ފައިސަލް ހުއްދަ ދިނުމުން ޒަޔާން އެތަނުން ނިކުމެގެން ދިޔައެވެ.

އަތުގައި އޮތް ފޮޓޮއަށް ނަޒަރެއް ހިންގާލަން އުޅުނު ފައިސަލް އަށް ފޯނު ކޯލެއް އައުމުން އެ ފޮޓޯ ބެލޭ ގޮތެއް ނުވިއެވެ. “ހެލޯ.. އާނ އޯކޭ.. މި ދަނީ.. ދެ މިނިޓު..” އެކޮޅުން ވާހަކަ ދެއްކި މީހާ ގާތު ބުނެލުމަށްފަހު އަތުގައި އޮތް ދެ ފޮޓޯ ކަބަޑުތެރެއަށް ލައިފައި އޭނާ ގޮނޑިން ތެދުވެލިއެވެ.

“ނާއިޝް…” ކޮޓަރީގައި ފޯނާއި ކުޅެން އެނދުގައި އޮށޯވެ އޮތް ނާއިޝްއަށް ވައި އަޑަކުން އޭނާއަށް އަންހެން ކުއްޖަކު ގޮވާލި އަޑު އިވުނުހެން ހީވިއެވެ. އެއީ ހަމަ އެ އަޑެވެ. އޭނާ ސިއްސައިގެން ގޮސް އެނދުން ތެދުވެލީ ހިތަށް ވަންނަމުން ދިޔަ ވަސްވާސްތަކެއްގެ ސަބަބުންނެވެ. އަނެއްކާ އެއީ ކާކުބާވައެވެ؟ އެއީ ކޮން ބޭނުމެއް ނުފުދިގެން އުޅޭ ކާކުބާވައެވެ؟ އަންހެން ކުއްޖެއްގެ އަޑު އެގޮތަށް އޭނާއަށް އިވެންވީ ކީއްވެ ބާވައެވެ؟ ކުއްލިޔަކަށް ނާއިޝްގެ ދެލޯ ބޮޑުވިގޮތުން ހީވީ އެއްޗެއް ވިސްނުނު ހެންނެވެ. “ނޫން.. އޭނާ އެއް ނޫން އެއީ.. އޭނާ މަރުވެއްޖެ.. އެކަމަކު.. ކީއްވެ އެއ އަޑު؟” ނާއިޝްގެ މޫނުމަތިން ދާތިކިތައް ވިދަން ފެށީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ލޯބި އަހަރެންވާނަމޭ (15)

Next

ދަޢުވަތު

Next
June 21, 2018

ދަޢުވަތު

Previews
June 20, 2018

ލޯބި އަހަރެންވާނަމޭ (15)

68 Comments!

  1. Aki says:
    June 21, 2018 at 11:45 am

    dhen faharakun mihaa dhigu inthizaare nukuruvaathi pls pls

    1. noor says:
      June 21, 2018 at 1:14 pm

      in sha allah, balaanan ingey dear.. 🙂

  2. Jinn says:
    June 21, 2018 at 11:53 am

    ME 2nd tha

    1. noor says:
      June 25, 2018 at 7:50 pm

      yess dear.. 🙂

  3. Reem says:
    June 21, 2018 at 11:55 am

    V v v v v v reethi
    Masha Allah
    ?????

    1. noor says:
      June 21, 2018 at 1:14 pm

      jazakillah khairan dear.. 🙂

  4. Blue? says:
    June 21, 2018 at 11:58 am

    Yayy I’m third dho??❤️

    1. Blue ? says:
      June 21, 2018 at 12:11 pm

      Masha Allah???. Vvvv furihama.. ???????❤️❤️When is the next part? Pls pls vvvv avahah up kohdhechey????????❤️❤️??.

    2. noor says:
      June 21, 2018 at 1:15 pm

      yess dear.. 🙂 congrats Blue dear.. 🙂 jazakillah khairan.. 🙂 v emme avahakah noor balaanan up kolladheveytho.. ingey.. 🙂 in sha allah.. 🙂

  5. Kokee says:
    June 21, 2018 at 11:59 am

    maasha allah…..vrh vrh reethi mi part ves……when next part

    1. noor says:
      June 21, 2018 at 1:17 pm

      jazakillah khairan dear.. 🙂 mi try kurany maadhan ves uo kolladheveytho.. hehe.. in sha allah, v haaves avahakah up kolla dheveytho noor balaanan ingey.. 🙂

  6. Reen says:
    June 21, 2018 at 12:06 pm

    Masha allah…mi part ves vvvv salhi..abadhuves v dhigu inthizaareh kuraa vaahaka eh mee…up kohfi thw bala bala hurevenyyy..noor you r my favourite writer..ly noor sis..?

    1. noor says:
      June 21, 2018 at 1:20 pm

      jazakillah khairan dear.. 🙂 asluvestha? vrh bodah sorry ingey ehaa gina iru inthizaaruga dear mn baithibban jehunyma.. hehe.. 🙂 aww, asluvestha? vrh ufaavehje dear thihen bunelyma.. 🙂 dear mn ves thy hama noor ge favourite readers ingey.. 🙂 LY dear… <3<3<3<3<3

  7. cuty says:
    June 21, 2018 at 12:11 pm

    wow. just awesome igey story.v v v reethi mi story nd mi part vx. kn irakun next part.? waiting igey

    1. noor says:
      June 21, 2018 at 1:21 pm

      jazakillah khairan dear.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂 v emme avahakah up kohdheveytho try kurany mee.. 🙂

  8. lotus says:
    June 21, 2018 at 12:18 pm

    Hama speechles v furihama.. hama ragalha vx rovijje ziv ge bai kee iru.. soooooo hapy that our ziv has finaly returnd…??? naaish ah e ivenee kaakuge adehbaa.. ziv? Hawwaatha ge kujja? waitin fr the nxt prt.. salam dear???

    1. noor says:
      June 21, 2018 at 1:23 pm

      wslm dear.. 🙂 jazakillah khairan dear.. 🙂 alhey.. ehaa bodah nurohchey ingey.. noor vrh dhera vaane dear mn maa ginain ronyaa.. ingey.. 🙂 hehe.. balamaa dhw aee kon adeh tho.. dear ge thi suvaalu thakuge javaabu v varakun kuriyah huri part thakun libeyne in sha allah.. 🙂

  9. ?? says:
    June 21, 2018 at 12:26 pm

    Haadha reethi vrhakaekeyy.. luved thisss???❤❤❤???

    1. noor says:
      June 22, 2018 at 4:45 pm

      Jazakillah khairan dear.. 🙂 aww.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂

  10. Like says:
    June 21, 2018 at 12:30 pm

    Alhee anekaa ves ziv ah dheragotheh nuhadhachey ingeyy
    Waiting for next part

    1. noor says:
      June 21, 2018 at 1:24 pm

      in sha allah.. 🙂 hehe.. 🙂

  11. Mishy says:
    June 21, 2018 at 1:00 pm

    Alheyy.. masha allah..???.. mi prt s vrh vrh reethi… ????????ham obi.. ?????nd yayy… ??ziv is back…???mai nd xayaan dhwh.. ?????.. alhey raifaa mn anhkr xiv mnnh khnh hadhan e ulheny??????xiv ah dhera gothh uhadhahcheyy.. plxx.. whn nxt? Curiously waitin.. ❤❤❤???⚘⚘?

    1. noor says:
      June 21, 2018 at 1:26 pm

      jazakillah khairan dear.. 🙂 asluvestha? vrh vrh vrh ufaavehje dear ah mi part ves kamudhiyaeema.. 🙂 hehehe.. hingaabala dhw dhn vaa gotheh balailan.. eyrah ingeynee dear ge thi suvaal thakuge javaab.. hehe.. 🙂 in sha allah.. 🙂 noor mi try kurany maadhamaa ah e bai up kohdheveytho.. 🙂

  12. yamee kokko says:
    June 21, 2018 at 1:05 pm

    noor dear…story hama owsm….maasha allah….dear thee hama best…yoi are the best…ly

    1. yamee kokko says:
      June 21, 2018 at 1:06 pm

      You*

    2. noor says:
      June 21, 2018 at 1:27 pm

      asluvestha? vrh vrh vrh ufaavehje dear ah mi part kamudhiyaeema.. 🙂 jazakillah khairan dear.. 🙂 awww.. dear ves thy hama best ingey.. LY 2 dear.. 🙂 <3<3<3<3<3

  13. unique says:
    June 21, 2018 at 1:12 pm

    Maasha Allah……. noor ah egeyha dhuvahakuves unique story kiyaafa dhera nuvaavarah dhera vegen rovuny… ekm eii sad tears eh noon eii ufaaverikamuge karuna im soooo happy noor that ziv is back…. but aslu feeling bad that noor mivaahaka nimman ulheythy…. i really want u to write another story meege after finishing this one…… misses noor…. ly a lot…

    1. noor says:
      June 21, 2018 at 1:30 pm

      jazakillah khairan dear.. 🙂 awww… alhey dear.. asluvestha? alhe noor keekey bunaany ves.. vrh vrh vrh happy vehje dear ah mi part plus mi whole story kamudhaathyve.. 🙂 alhey.. dhera nuvahchey.. in sha allah, vrh avahah dear mennah happy news eh dheveytho noor try kurany mii.. but it’s a surprise.. 🙂 hehe.. aww.. LY 2 dear… 🙂 <3<3<3<3<3

  14. Alhey says:
    June 21, 2018 at 1:23 pm

    Hawwahtha ge kujjaa ah vee kihinehtha?? Mihaar handhaan nethujje kudakoh kiyaala dheeba.. n yaish ah kihineh rooya aky raeefa kan enguny? Rooya ey kiyaigennehnu laman vs evaahaka buny.. alsu name neyge ennu? N zeev ge family keevve zeev aikan engunyma zeev gaathah naee? Emeehun ehaa gina dhuvas koffa zeev fenunyma v goii balaakahvs noolheytha?

    1. noor says:
      June 21, 2018 at 1:36 pm

      ok.. as u wish, dear.. 🙂 hawwahtha ge dharifulhu ulhuny havvahtha aa sirrun BF akaa eky… i mean kuhjakaa rattehi vegen ulhuny.. dhn e kuhja eynage BF aa ehkoh eh dhuvahu beyrah dhiyaee.. gossa ai iru eyna gaiga hury thalhaafa.. vrh bodah.. dhn hospital ah gengossa irukolheh fahun maru v.. 🙂 mihaaru olhun filaifi tha dear? khulaasaa kohlaafa aee ingey.. 🙂 zayaan mn ge investigation thakunnehnu inguny aee raifa mn kan.. dhw? ziv ge handhaan thah anburaa aee seedha e reyehnu.. e vaguthun vaguthah naadheveynehnu dhw mamma mennakah.. dhn kuriyah huri part thah kiyaalyma ithurah ingeyne ingey.. in sha allah.. 🙂

  15. noor says:
    June 21, 2018 at 1:38 pm

    assalaamu a’laikum my dear readers.. 🙂 vrh dhigu inthizaareh kohfin dhw hurihaa kudhin.. hehe.. vrh bodah sorry ingey las v ma.. kuriyah oiyy thaanga noor vrh masahkaiyy kuraanan avas avahah up kohdheveytho.. ingey? 🙂 dhn e vaahaka ihah baavvamaa dhw.. hurihaa kudhinge haalu kihinehtha? 🙂 mi part hurihaa kudhinnah ves kamudhaane kamah ummeedhu kuran ingey.. 🙂 LY my dear readers.. 🙂 <3<3<3<3<3

  16. pikku says:
    June 21, 2018 at 1:47 pm

    varah salhi mihaaru haadha lahey up vaaleh

    1. noor says:
      June 24, 2018 at 10:11 pm

      jazakillah khairan dear.. 🙂 vvvvv bodah sorry ingey las vaathy.. noor ah midhuvaskolhu kuda kh bxy vegen ulheythyve las vanee.. 🙁 ekam ves v vareh kureveytho mi balany.. 🙂

  17. Jinn says:
    June 21, 2018 at 2:03 pm

    މިބައި ވސް ވަރަށް ފުރިހަމަ

    1. noor says:
      June 24, 2018 at 10:13 pm

      jazakillah khairan dear.. 🙂

  18. Nunnu says:
    June 21, 2018 at 3:08 pm

    Wow vvvvvvvvvv reethi mi part ves
    Alhey haadha ufaleh vejjeyey ziv ge Handhaan aa veema
    Naisham mennashaa emmennah ingehje tha ey zivaa kan
    Alhey aneh kaa ziv mennah kameh vaan ulhenytha Ekam haadha dherakoshey
    Pls ziv ah dhen kameh nukuraathi
    Naaish ah e ivenee kaaku ge adehbaa
    When next part

    1. noor says:
      June 24, 2018 at 10:16 pm

      jazakillah khairan dear.. 🙂 aww… adhi neyngeyehnu dear.. 🙂 hingaabala dhw dhn vaagotheh balailan.. 🙂

  19. Twinkle? says:
    June 21, 2018 at 3:26 pm

    Noor haadha molhey stry liyan… masha allah… 16 vana part kiyaafa nukiyun… iyye in feshign kiyan mi feshuny… hiyeh nukuran mivaruge chnge thakeh annaane kamakah… stry hama vvv salhi… dhn vs avahah nxt part nereba… eyrah dhn vaane gotheh vs ngeny… mihaaru vs v hih thelhey eba…??????

    1. noor says:
      June 25, 2018 at 7:21 pm

      Al’hamdhulillaah! vrh ufaavehje dear thihen bunelyma.. 🙂 ehn tha? hehe.. jazakillah khairan dear.. 🙂

  20. unique says:
    June 21, 2018 at 3:50 pm

    noor i love u a lot ur like a cool, good aviser to me… n love u a lot i’ll call u sis now onwards ur the best my sis the best idw u to go keep up writing my sis i will miss u vvvvvvvvvvvv badly… love u sis…… sis umm u ves use kurany mail dhw saaaaaad life

    1. unique says:
      June 21, 2018 at 6:36 pm

      adviser***

    2. noor says:
      June 25, 2018 at 7:45 pm

      awww.. <3<3<3<3<3 alhey.. vrh ufaavehje dear.. 🙂 dear ge thikahala loabi loabi comment konme episode akah ves libeythee vrh ufaavey.. 🙂 alhey… <3 yess dear..

  21. Areen says:
    June 21, 2018 at 4:22 pm

    nice ?waiting for the next part❤…dhen vaany kihinehbaa…

    1. noor says:
      June 25, 2018 at 7:46 pm

      jazakillah khairan dear.. 🙂 balamaa dw.. hehe.. 🙂

  22. Livee says:
    June 21, 2018 at 4:48 pm

    Woww varah salhi

    1. noor says:
      June 25, 2018 at 7:47 pm

      jazakillah khairan Livee dear.. 🙂

  23. kitty says:
    June 21, 2018 at 5:41 pm

    wowooo.. enmme furathama comment kuran hutta enmme fhun dhw mi kurevuny.. sory is fab. 🙂

    1. noor says:
      June 25, 2018 at 7:51 pm

      jazakillah khairan dear.. 🙂

  24. kitty says:
    June 21, 2018 at 5:42 pm

    story is vvvvvv nyc

    1. noor says:
      June 25, 2018 at 7:52 pm

      jazakillah khairan dear.. 🙂

  25. ?penguin says:
    June 21, 2018 at 5:54 pm

    Wow ma sha allah….noorr alhey…hama rovijje vaahaka kiyamun dhiya iru….vv emotional mibai….n pls pls mivaahaka nimmaafa ehen stry eh genes dhechay…thee hama mi maldives ga huri emme best author ey bunegen dhogakah nuvaanekan noor miadhu saabithu kodheefi….hope u will shine like this in the future too….ly soo much darlin❤❤❤❤❤

    1. noor says:
      June 25, 2018 at 7:54 pm

      alhey dear.. 🙁 jazakillah khairan dear.. 🙂 in sha allah.. hehe.. 🙂 asluvestha? alhey haadha ufaavehjeyey dear thihen bunelyma.. 🙂 jazakillah khairan dear.. 🙂 maaiyy allah thibaa ah heyo rahmaiyy lavvaashi.. 🙂 <3<3<3<3<3

  26. Yaanee says:
    June 21, 2018 at 8:43 pm

    Super story

  27. Mal says:
    June 21, 2018 at 9:23 pm

    Alhamdhulihllah❤… ziv ge memory is back dhw finaly????????……. ziv ah ves baby eh liben ulheniitha?…. dhn vaahaka varah varah reethi…. masha allah?????????…. next part avahah up kurahchey???….

  28. Amee says:
    June 22, 2018 at 1:18 am

    Vrh vrh vrh reethi …
    Speech less….. hehe… when next part dear ??

  29. harun says:
    June 22, 2018 at 6:03 am

    xiv ge handhaanthah ai iru xiv ah keevve neynguny xiv men geyga ulheny raifaa kameh.xiv ah eynage moonu fenunennu….

  30. its me says:
    June 22, 2018 at 6:10 am

    mi story varah reethi. ekamu Aisha (ziwa)&yaish ge kaiveni rangalhuvaanebaaa. valee dhinee kaaku . ziwaage bappa gaboolu kuraagothuga zivaa dhuniyeaku neiy. mi story akee dheenee kankan varah bodah himanaafaivaa storyeh v ma hama ahaalaahiy v.

    1. Fathimath says:
      June 22, 2018 at 10:25 am

      zivaa kaiveni kuri iru zivaa akah neygeyenun aamir eiy zivaa ge aslu bappa noonkameh. Adhi zivaa ge aslu bappa akah neygeyey nun eiy zivaa kameh ves. Ehen v ma zivaa ge bappage magaamuga eyru hury aamir eynun. Aslu bappa kaiveni partyga baiveri v yaish ge faraathun neynun. Ehenv ma zivaa eyru kaiveni ekury aamir bappa valee dhinyma eynun☺☺

    2. Fathimath says:
      June 22, 2018 at 10:27 am

      Noor anehka rangalha tha mi bunevuny??

  31. Manha says:
    June 22, 2018 at 9:08 am

    kobaa? next part up vaani kon irakun……

  32. ? says:
    June 22, 2018 at 11:12 am

    Masha Allah v reethi vaahakaeh mee❤. Please next part miadhu up kolladhy… ?

  33. Aishath says:
    June 22, 2018 at 1:04 pm

    Masha Allah vvv reethi mibaives❤️❤️❤️?. Hawwatha ge kujjaage adu dho Naaish ah iveny. Or zivaa ge adu?? so many question dho???????.. Hehehe this is what I think..???. Tbh noor you are the best writer inge. Asluves mihaaru mind ga innany abadhu mi story???. When next part?Please upload the next part vvvv avahah.

  34. Plx reply says:
    June 22, 2018 at 2:00 pm

    Keevve aamir men ekan sirru kury? Aamir ah ingeytha aee eyna ge frndehge dharikan.? He is a docter n frnd ge child ah ehn vee iru keevve neygen v?

    Yaish ge mom n dad koba? Ebunaahen edhe myhunge kaiveni rangalhu vaanetha??

  35. Alhey says:
    June 22, 2018 at 2:06 pm

    Ekam eothy sumayyaa vs nooreen men kairi ah dhiya vaahaka.. dhn keevve nooreen mennah naadhevenvy.. zeev dheke nulaahiku lwbivaa baennu aee that whole family??? Im so confused.. i love this story very very much but v dheravey confused vaathy.. noor dear plx explain.. emeehun ge kaiveni vaahaka vs.. ?? jaxakallaah khairan for explaining abt hawwahthage dhari? gudluk dear..

  36. kokee says:
    June 22, 2018 at 2:37 pm

    when next part…. noor dear kon irakun up kohdhey ny….waiting waiting….ly noor sis

  37. Reen says:
    June 22, 2018 at 2:53 pm

    Noor sis….when next part????….curiously waiting waiting….

  38. Blue? says:
    June 22, 2018 at 3:17 pm

    Alheyy noor dear…. avas kohdheeba.. mihaaru haadhaa lahey…. ekamaku vx ingey noor buxy vaane kan vx.. hama vaahaka reethi veema kiyenee ey…

    1. Blue ? says:
      June 22, 2018 at 10:12 pm

      Why do people use the exact same name as others I’m so confused ??. Actually the comment I’m replying to is not from me?.

Comments are closed.

Next Episodeހުޅުކޮޅު 30←


All Right Reserved!