Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވީީމޭ ސިއްރު ސިއްރުން (8

hattey Level 410 Stories100 Login100 Comments500 Login
June 22, 2018 6 Mins Read
17 Comments

ފާއިތުވެެގެން ދިޔައީ ދާނިޝްއާއި ވަސީމާގެ އިތުރުން ރީޝާއަށް ވެސް ހިތްދަތިކަން ގެނުވި ވަގުތު ތަކެކެވެ. އެންމެންގެ ހިތްތައް ރޮއްވާލާފައި ހަނާ ވަކިވެގެން އެ ދިޔައީ އެ ހިތްތަކަށް އެކަނިވެރިކަން ގެނުވާފައެވެ. ހަނާގެ ކަށުކަމާކެމި ނިމި ވިންދު ޖެހުމެއްނެތް އެ ހަށިގަނޑު ފަސްދަށަށްލައި ފޮރުވާލެވިއްޖެއެވެ. ހަނާގެ މޫނު ދެކިލަން ރީޝާގެ މަންމަމެންގެ އިތުރުން ހަނާމެންގެ އޮފީހުގެ ހުރިހާ އެންމެން ވެސް އައެވެ. ނަމަވެސް ހަނާގެ ޢާއިލާގެ އެކަކުވެސް އޭނާގެ މޫނު ފެންނަ ހިސާބަކު ނެތެވެ. ހަނާގެ އުމުރުން ތިން އަހަރުގައި އޭނާގެ ބައްޕަ ވަނީ ކަނޑުގެ ބިޔަ ރާޅު ތަކުގެ ޝިކާރައަކަށްވެ މިދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ. ހަނާގެ މަންމަ ނިޔާވީ ގްރޭޑް ދިހައެއްގައި ހަނާ ކިޔަވަމުން ދަނިކޮށެވެ. އެ ދުވަހަށްފަހު ހަނާ އުޅުނީ އޭނާގެ ބޮޑުބޭބެ ފަޔާޒުގެ ގާތުގައެވެ. ފަޔާޒުގެ އެހީތެރިކަން ހަނާއަށް ވަރަށް ބޮޑަށް ލިބުނެވެ. ކިޔެވުމުގަޔާއި ވަޒީފާ ހޯދުމުގައި ފަޔާޒްގެ އެހީތެރިކަން ފުރިހަމައަށް ހަނާއަށް ލިބުނެވެ. ހަމަ އެގޮތަށް ފަޔާޒުގެ އަންހެނުން ސަލީމާގެ އެހީތެރިކަން ވެސް ހަނާއަށް ފުރިހަމައަށް ލިބުނެވެ. ހަނާއަށް ލިބުނު ހިތްދަތި ކަމާއި އެކަނިވެރިކަމުން އަރައިގަނެެވުނީ އެ ދެމަފިރިންގެ އޯގާތެރިކަމާއި އަޅާލުމުގެ ސަބަބުންނެވެ. އެހެނަސް މިއަދު ހަނާގެ އެންމެ ފަހު ވަގުތުގައި އެ ދެމަފިރިން ވެސް ތިބީ ހަނާއާއި މާދުރުގައެވެ. ފަޔާޒުއަކީ އަތްމަތި ތިޔާގި ނަންހިނގާ މުއްސަނދި ވިޔަފާރިވެރިއެކެވެ. އެހެންކަމުން މަހަކު އެއްފަހަަރު ކަހަލަ ގޮތަކަށްް ރާއްޖޭން ބޭރަށް ދަތުރު ކުރުމަކީ އޭނާގެެ އާދައެކެވެ. ބައެއްފަހަރު މުދާ ގަންނާށެވެ. އަނެއްބައިފަހަރު ޗުއްޓީ ހޭދަކޮށްލާށެވެ. މިއަދު ވެސް އޭނާ އެހުރީ ރާއްޖޭން ބޭރުގައެެެވެ. ޗުއްޓީ ހޭދަކޮށްލާށެވެ. އޭނާގެ އަންހެނުންނާއި ދަރިފުޅު ނިޝާއާއި ވެސް އެކުގައެވެ. ކުރާނީ ކީއްހެއްޔެވެ.؟ އެ ލޯތަކަށް ވެސް ހަނާ ގެއްލުނީއެވެ.

ހަނާގެ ނިމިދިއުން ވިއާޒްްއަށް ވެސް ޤަބޫލު ކުރަން ދަތި ހަދިޘާއަކަށް ވިއެވެެ. އޭނާގެ ލޮލުގައި ކަރުނަ ވީއިރު ހިތުގައި ރިހުން އެކުލެވިފައިވިިއެވެ. ހަނާގެ ތަޤުދީރުގައި އެހާ އަވަސް ނިމުމެއް ލެއްވީ ކީއްވެބާއޭ އޭނާގެ ހިތަށް އަރަނީ މަދެއްކޮށެއް ނޫނެވެ. ވިއާޒްްގެ ނަސީބުގައި ހަނާ ލިބުން ނުވިޔަސް އޭރުވެސް މިހާރުވެސް ހަނާދެކެ ވިއާޒްް ލޯބިވެއެވެ. ވިއާޒްގެ ލޯބި ހަނާ ބަލައިގަނެފައި ނުވިޔަސް ހަނާއަކަށް ދުވަހަކުވެސް އޭނާ ހިތްބަރެއް ނުކުރެއެވެ. ނުރުހުމާއި ނަފުރަތުގެ ބަދަލުގައި ހިނިތުންވުމާއިއެކު ވިއާޒްް އިސްކުރީ އެކުވެރިކަމެވެ. އެެކަން ދަންނަ އެތައް ބަޔަކު އެބަތިއްބެވެ.

ޖެހިގެންއައި ދުވަހުވެސް ދާނިޝްގެ ހާލަތު ހުރީ ނިކަމެތި ގޮތަކަށެވެ. ކޮޓަރިީީގެ ކުޑަދޮރު ކައިރީގައި ލެގިލައިގެން ހުރިއިރު އަދިވެސް އެނާގެ ލޮލުން ހަނާގެ ނެތިދިއުމުގެ ނިޝާންތައް ހާމަވާން ހުއްޓެވެ. ހަނާއާއިއެކު އޭނާގެ އުފާތަކާއި ހިތްހަމަޖެހުން ވެސް ފަސްދަށަށް ލެވިފައިވާކަން ކަރުނުން ތެމި ފޯވެފައިވާ އޭނާގެ މޫނުމަތިން ދޭހަވާން ހުއްޓެވެ. އޭނާގެ ދިރިއުޅުން ވިއްސިވިހާލި ވެފައިވާ ކަހަލައެވެ. ދިރިއުޅުމުގެ މަޤްޞަދު ހަނދާނުން ކައްސާލައިފައިވާ ކަހަލައެވެ. ކުރު މުއްދަތެއްގެ ތެރޭގައި ދާނިޝްއަށްް ހަނާދެކެ އިންތިހާއަށް ލޯބި ވެވުނެވެ. ހަނާގެ ލޯތްބާއި އޯގާތެރިކަމުގެ ސަބަބުން ދާނިޝްގެ ހިތް ހިބަކޮށް ހަނާއަށް ދިނެވެ. އެއްވެސް އޮޅުވާލުމެެއް މަކަރު ހެދުމެއް ނެތި ހިތުން ރުހުމުން ހަނާއަށް ދާނިޝް ވަފާތެރި ވީއިރު ހަނާގެ ފަރާތުން ވެސް ދާނިޝްއަށް އޯގާތެރިކަމާއި ވަފާތެރިކަން ލިބުނެވެ. ރަޙުމާއި ހަމްދަރުދީ ލިބުނެވެ. ކަން މިހެން އޮތްއިރު ހަނާއާއި ނުލައި ދިރިއުޅޭނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އަރަމުންދިއެވެ.

ދާނިޝް ފަދައިން ވަސީމާއަކަށް ވެސް ހަނާގެ ޚިޔާލު ތަކަކުން އަރައެއް ނުގަނެވުނެވެ. އެނދުގައި އޮށޯވެލައިގެން އޮތްއިރު ވަސީމާގެ ލޯ ވެސް ވަނީ ކަރުނައިން ފުރިފައެވެ. އިރުއިރުކޮޅާ ވަސީމާއަށް ގިސްލެވެއެވެ. ހަނާ އެނބުރި އަންނާނެ ނަމައޭ އޭނާގެ ހިތަށް އަރަމުންދިއެވެ. އެ މަޑުމައިތިރި ހިތްހެޔޮ އިންސާނާ ކުރިމަތީީގައި ހުންނާނެ ނަމައޭ އޭނާގެ ހިތަށް އަރަމުންދިއެވެ. ނަމަވެސް ހަމަ ހިލާ އެހެނެއް ނުވާނެތާއެވެ. ފާއިތުވި ވަގުތު އަނބުރައި ނާންނާނެ ފަދައިން ފުރާނައެއްވެސް ނާންނާނެތާއެވެ.

އޭގެ ހަފުތާއެއް ފަހެވެ. ރީޝާ އިނީ ދާނިޝްއާއި ހަނާގެ ތުއްތު ތުއްތު ފިރިހެން ދަރިފުޅު ހަނާޝް އުރައިލައިގެންނެވެ. ރީޝާގެ އުނގުތެރޭގައި އެ މަޢުޞޫމު ކުއްޖާާ އޮތީ ފޮނި ނިންޖެއްގައެވެ. ދުނިޔެމަތީީގެ އެއްވެސް ކަމެއްގެ ފިކުރެއް ނެތް އިރު އެ ތުއްތު ތުއްތު ކުއްޖާއަަށް ރަނގަޅަށް ލޯ ވެސް ހުޅުވާ ނުލެވެއެވެ. ހަނާޝްގެ ފުރަތަމަ ނޭވާއާއި އެކު ހަނާޝްގެ ޒިންމާ ރީޝާ ނެގިއެެވެ. ހަނާ ނެތުމާއިއެކު އެދުވަހުން ފެށިގެން ހަނާޝްގެ ހުރިހާ ކަމަކާއި ވެސް ރީޝާ ހަވާލުވިއެވެ. ރީޝާ ދެކެނީ ހަނާޝްއަކީ އޭނާއާއި ހަނާ ހަވާލުކުރި އަމާނާތެއް ކަމަަށެވެ. އެ އަމާނާތަށް ކޮންމެފަދަ ހާލެއްގައި ނަމަވެސް ރައްކާތެރިވާން އެދުވަހު ރީޝާ އަޒުމް ކަނޑައެޅިއެވެ. އޮފީހުން ވެސް ކެނޑިގެން ރީޝާގެ ހުރިހާ ވަގުތެއް ހަނާޝްއަށް ހުސްކޮށްލައިގެން އެ ހުރީ އެ ސަބަބަށްޓަކައެވެ. ހަނާގެ ހަނދާންތައް ރީޝާގެ ހިތް ރޮއްވަމުން ގެންދިއެވެ. އެހެނަސް އެކަމަށް އޭނާ ކެތްތެރިކަން އިސްކުރިއެވެ. ލޮލުން ވެއްޓޭ ކޮންމެ ކަރުނަ ތިއްކެއް ހަލުއި ކަމާއި އެކު ފޮހެލަައެވެ. ހަނާގެ މަޢުޞޫމު ދަރިފުޅަަށްޓަކައިި ކޮންމެ ކަމެއް ވެސް ޤުރުބާން ކުރަން ރީޝާ ހުރީ ތައްޔާރަށެވެ.

ހަވީރުގެ ވަގުތެކެވެ. ހަލަބޮލި މާލޭގެ މަގުމަތިން މަޑު ދުވެއްޔެއްގައި ދުއްވަމުން އައިސް އަޒީލް އޭނާގެ ސައިކަލް ދާނިޝްމެންގެ ގެއާއި ދާދި ކައިރީގައި މަޑުޖައްސާލިިއެވެ. އެއަށްފަހު ދެފަރާތަކަށް ނަޒަރު ހިންގާލަަމުން ޖީބުގައި އޮތް އޭނާގެ ފޯނު ނަގައި ދާނިޝްއަށް ގުޅާލިއެވެ. މާލަސްތަކެއް ނުވެ ދާނިޝްގެ ކުރަކި ވެފައިވާ އަޑު އަޒީލްގެ ކަންފަތުގައި ޖެހުނެވެ. “ދޮރު ހުޅުވަބަލަ..މަ މިހުރީ ތިގޭ ދޮރުމަތީީގައޭ..” ދާނިޝްގެ އަޑު ޖެހުމާއި އެކު އަޒީލް ބުންޏެވެ. އަޒީލް ވާހަކަ ދެއްކިގޮތުން ކޮންމެެސް ވަރަކަށް ހިތްހަމަނުޖެހިފައި ހުރިކަން އެނގިގެންދިއެވެ. އިތުރު ވާހަކަތަކެއް ދެއްކުމެއް ނެތި އަޒީލް ފޯނު ޖީބަށް ޖެހުމަށްފަހު ރަނގަޅަަށް ސައިކަލްގެ ހަރު ޖައްސާލަައި ސައިކަލްގައި ތަޅުލުމަށްފަހު ތަޅުދަނޑި ދަމައިގަންނަމުން ސައިކަލުން ފައިބައި ދާނިޝްމެންގެ ގޭތެރޭއަށް ވަންނަން ހިނގައިގަތެވެ.

“ޚަބަރެއް ނުވާތީ މިއައީ…ގުޅީމަ ފޯނުވެސް ނެގޭކަމަކަށް ނުހަދަމެއްނު…ރޭގަވެސް ކިހާވަރަކަށް ގުޅިން…އެކަމަކު ވެސް ޖަވާބެއްް ނުދެމެއްނު..” ގޭތެރޭގަައި ހުރި ސޯފާގައި ދާނިޝްއާއިއެކު އިށީންނަމުން އަޒީލް ޝަކުވާ ކުރިއެވެ. ހަނާ ވަކިވެގެން ދިއަ ދުވަހުން ފެށިގެން ދާނިޝް ކަންތައް ކުރާ ގޮތުން އަޒީލް ހުންނަނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އޮފީހުން ޗުއްޓީ ނަގައިގެން ގޭތެރޭގަައި ހައްޔަރު ވެގެން ދާނިޝް ހުރުުމުން އަޒީލް އެކަމާއި ޝަކުވާ ކުރިއެވެ. “ދެންމެ ވެސް މި ނެގީއެއްނު” ދާނިޝް އޭނާގެ އަމިއްލަ ނަފުސު ދިފާޢު ކުރިއެވެ. “މަށަށް ހީވެއްޖެއޭ ތިހެން ބުނާނެހެންވެސްް….އަހަންނަށް ވެސް އެނގޭ ހަނާ ނެތީމަ ދާނިޝްއަށް ކުރާނެ އަސަރު….އަހަންނަށް ވެސް ވިސްނޭ…އެކަމަކު….ތިގޮތަށް އަބަދު އުޅޭކަށް ނުވާނެއެއްނު…ތިގޮތަށް އުޅެ ދާނިޝް ވީރާނާ ވަމުން ދާއިރު ދާނިޝްގެ މަންމައާއި ދޭތެރޭ ވިސްނާލިންތަ..؟ ދާނިޝްއަށް ކަމެއް ވެއްޖެނަމަ ދާނިޝްގެ މަންމަ ދުނިޔެއިން މޮޔަވާނެ…ދެން ހުރީ ދާނިޝްގެ ދަރިފުޅު…އެންމެ ފަހަރަކު ވެސް އެ ދަރިފުޅު އުރާލައިފިންތަ…؟ ހެޔޮ ހިތުން އެ ދަރިފުޅަށް ބަލާލިންތަ…؟” އަޒީލްގެ އަޑު ބާރު ވަމުންއައެވެ. ޝަކުވާތައް ގިނަވަމުންއައެވެ. އަޒީލްގެ އެ ސުވާލުތަކާއި ޝަކުވާތަކަށް ދޭނެ ޖަވާބެއް ދާނިޝްއަކަށް ނުވިސްނުނެވެ. އަޒީލް އެބުނީ ދޮގެއް ނޫނެވެ. ދިރިއުޅުން މަތިން ދާނިޝް ފޫހިވީއިރު އޭނާގެ ވަށައިގެންވާ މީހުންގެ މަތިން ވެސް އޭނާ ހަނދާން ނެތުނެވެ. އޭނާގެ އުފަން ދަރިފުޅު ވެސް އެއްފަރާތް ކޮށްލައިގެން ހުރެ ހަނާގެ ހަނދާނުގައި ދުވަސްތައް ހޭދަ ކުރަަމުން އެ ދަނީ ދާނިޝްގެ ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންނެވެ. “ތީ ހިތެއް އޮތް އިންސާނެއްތަ..؟ ހަފުތާއެއް ވެގެން ދިޔައިރު ވެސް ދާނިޝްއަށް ދާނިޝްގެ ދަރިފުޅާާއި އެކު ފަޅި ސިކުންތެއްވެސް ހޭޭދަ ނުކޮށްލެވުުނު… އަހަރެންް ހަމަ އަޖައިބު ވެއްޖެ…ދާނިޝްއަށް ތިހެން ކަންތައް ކުރަން ކެރުނީތީ ހަމަ ހައިރާންވެއްޖެ..” ދާނިޝްގެެ ފަރާތުން ވަކި ޖަވާބެއް ނުލިބުމުން އަޒީލް ކުރި ތުހުމަތުތަކުގެ އަސްލު ހާމަވާން ހުރުމުން އިތުރަށް އަޒީލް ބުނެލިއެވެ. އަޒީލްގެ ވާހަކަތައް އަޑުއިވިފައި ދާނިޝްއަކަށް ކެތެއް ނުކުރެވުނެވެ. ސޯފާއިން ތެދުވެ ކޮޓަރިއާއި ދިމާއަށް ދާނިޝް ހިނގައިގަތެވެ.

ކޮޓަރީީގެ ދޮރު ހުޅުވާލުމަށްފަހު ދާނިޝް އެތެރެއަށް ވަންއިރު އެނދުގައި އިށީނދެލައިގެން ރީޝާ އިނެވެ. ރީޝާގެ އަތްމަތީީގައި ދާނިޝްގެ ލޯބި ލޯބި ދަރިފުޅު ނިދައިފައި އޮތެވެ. ދާނިޝް ފެނުމާއި އެކު ހައިރާންވެފައި ރީޝާ ދާނިޝްއަށް ބަލާލިއެވެ. މަޑުމަޑުން އައިސް ދާނިޝް އޭނާގެ ހަތް ދުވަސްވީ ދަރިފުޅު އުރާލިއެވެ. އެއީ ފުރަތަމަ ފަހަރެެވެ. ދާނިޝްއަށް ހުރެވުނީ ބުނާނެ އެއްޗެއް ވެސް ނޭގިފައެވެ. އަތްފައި ފިނިވެގެންދިއަ ކަހަަލަ އިހްސާސެެއް އެވަގުތު އޭނާއަށް ކުރެވުނެވެ. އެއާއިއެކު އޭނާގެ ލޮލަށް ޖަމާވި ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި ކޯތާފަތް މައްޗަށް ފާއްދައިލިިއެވެ.

“ހީވަނީ ހަމަ ދާނިޝްހެން…އަޅާނެ ކަންފުޅެއް ވެސް ނެތް..” ދާނިޝްގެ ފަހަތުން ކޮޓަރިއަށް ވަން އަޒީލް ކުޑަކުޑަ ހަނާޝްގެ މޫނަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އަޒީލްގެ އެ ޖުމްލަތަކުން ދާނިޝްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެ ހިނިތުން ވުމުގައި ހުރެ ދާނިޝް އޭނާގެ ދަރިފުޅުގެ ނިއްކުރީީގައި ތުންފަތް ޖައްސާލިއެވެ. ލޯބިން ފުރިގެންވީ ހާލުގައެވެ. އޭނާގެ ހިތް އުފަލުން ގޮސް ބަންޑުންވާން އުޅޭ ކަހަލައެވެ. ފާއިތުވެެގެންދިއަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދާނިޝްގެ މޫނުމަތިން ހިނިތުންވުމުގެ އެއްވެސް އަސަރެއް ނުފެނުނުތާ ބަހެއް ވެސް ބުނެލި އަޑު މީހަކު އަހާނީ މަދު ފަހަރަކުއެވެ. އެހެނަސް އެކަން ވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މާޒީގެ ޞަފުޙާ ތަކާއި އެކުވެގެން ހިނގައްޖެއެވެ. މަންޒަރު ބަލަންހުރި ރީޝާގެ މޫނުމައްޗަށް ވެސް ހިނިތުން ވުމެއް އެ ވަގުތު ވެރިވެގެންދިއެވެ.

ދުވަސްތައް ހަލުއި ކަމާއިއެކުު ފާއިތުވަަމުންއައިިސް ހަނާޝްއަށް ވެސް ދެ މަސް ފުރި ތިން މަހަށް ވަނީ އަޅައިގަނެފައެވެ. ހަނާޝް ބޮޑުވަމުން އައި ވަރަކަށް ދާނިޝްގެ ހިނިތުންވުން އިތުރުވާންފެށިއެވެ. ހަނާޝްއާއި އެކު ހޭދަކުރެވޭ ވަގުތު ގިނަ ކުރުން ދާނިޝްގެ އުފަލަކަށް ވިއެވެ. މޮޅީގެ ސާލު ބަނދެގެން އެކަނި މާއެކަނި މާޔޫސްކަމުގެ ދުނިޔޭގައި ފީނުމުގެ ބަދަލުގައި ހަނާޝްްއާއި އެކު ގިނަ ވަގުތު ހޭދަކޮށް ހިތްހަމަޖެހިިގެން ދިރިއުޅުން ކުރިއަށް ގެންދަން ދާނިޝް ބޭނުންވިއެވެ. ހަނާޝްގެ ދިރިއުޅުން އާބާދު ކުރެވޭނީ އޭރުންކަން އޭނާއަށް ވިސްނުނެވެ.

އާދައިގެ މަތިން މިއަދު ވެސް ހެނދުނު ހެނދުނާ ހަނާޝް ގޮވައިގެން ގޭތެރޭގައި ހުރި ސޯފާގައި އިށީނދެލައިގެންް ދާނިޝް އިނެވެ. އެހެން އިންއިރު އިރުއިރުކޮޅާ ހަނާޝްގެ ކޮލުުގައި ބޮސްދީ ހެދިއެވެ. “ދަރިފުޅުު ތިގޮތަށް އުފާވެފަ ހުރީމަ މަންމަގެ ހިތަށް ހާދަ ފިނިކަމެއް ލިބެއޭ..” ހެނދުނުގެ ނާސްތާ ތައްޔާރު ކުރަން އުޅެފައި ހަނާޝް ގޮވައިގެން ދާނިޝް ހުރިތަން ފެނުމުން ވަސީމާ އައިސް ދާނިޝްގެ އެއްފަރާތުގައި އިށީންނަމުން ބުނެލިއެވެ. ދާނިޝް ފަދައިން ވަސީމާއަށް ވެސް ހަނާގެ ހަނދާންތައް އެއްފަރާތް ކޮށްލަން ވަގުތު ނެގިއެވެ. އެކަމުގައި ރީޝާގެ އެހީތެރިކަން ވަސީމާއަށް ލިބުނެވެ. “މިސޮރު ބޮޑުވަަމުން އައި ވަރަކަށް މިގޭތެރޭގެ ފަޅުކަން ވެސް ނެތިގެން ހިނގައިދާނެ…މިސޮރުގެ ހުނުމުގެ އަޑު މާ ގިނަ ދުވަހެއް ނުވެ އަހަރެމެންގެ ކަންފަތުގައި ޖެހިދާނެ” ހަނާޝްގެ ބޮލުގައި ފިރުމާލަމުން ވަސީމާ ބުނެލިއެވެ. ދާނިޝް ވެސް އެކަމާއި އެއްބަސް ވިިއެވެ. ހަނާާޝްގެ ހުނުމުގެ އަޑު ގޭޭތެރޭގައި ގުގުމައިލާާނެ ދުވަހެެއްގެ ފޮނި އިންތިޒާރު ވަސީމާ ފަދައިން އޭނާ ވެސް ކުރެއެވެ.

“ދަރިފުޅާ..! މަންމަ ބޭނުން ދަރިފުޅު ގާތު ވަރަށް ބޮޑު ވާހަކައެއް ދައްކަން….ހީކުރަން ދަރިފުޅު މިކަމާާ ދެކޮޅު ނުހަދާނެ ކަމަށް..” ދާނިޝްގެ މޫނަށް ބަލަން ހުރެފައި ވަސީމާ ބުނެލިއެވެ. ވަސީމާ އެ ވާހަކަ ދާނިޝް ގާތު ބުނަން ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް ރަނގަޅު ވަގުތެއްގެ އިންތިޒާރުގައި އޭނާ އެ ވާހަކަ ނުބުނެ މަޑުކޮށްލީީއެވެ. “އެއީ ކޮން ވާހަކައެއް..؟” ހައިރާންވެފައި ވަސީމާއަށް ބަލާލަމުން ދާނިޝް އަހާލިއެވެ. ވަސީމާ އެ ބުނަން އުޅޭ ވާހަކައިގެ ކުޑަވެސް މިންވަރެއް ދާނިޝްއަށް އެނގިފައި ނުވާތީ އޭނާގެ ހިތް ތެޅެންފެށިއެވެ. “ދަރިފުޅާ..! ހަަނާ މިއަދު ވަނީ އަހަރެމެންނާއި މާދުރަށް ގޮސްފަ…ކިތަންމެ ބޭނުން ވިއަސް އަހަރެމެންނަކަށް ދެން ހަނާއެއް ނުފެންނާނެ…ހަނާގެ ލޯތްބާއި އޯގާތެރިކަން އިތުރަކަށް އަހަރެމެންގެ ނަސީބުގައެއް ނެތް..” ވަސީމާ އޭނާގެ ވާހަކަ ހަނާއިން ފެށިއެވެ. ހަނާގެ ނަން ކަންފަތުގައި ޖެހުމާއިއެކު ދާނިޝްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިއެވެ. އޭގެ ދެމަސް ދުވަސް ކުރިއަށް އޭނާގެ ސިކުނޑި ދަތުރުކޮށްލިި ހިނދު ލަސްތަކެއްނުވެ އޭނާގެ ލޯ ތެމިގެންދިއެވެ. “މި ދަރިފުޅަަކަށް ވެސް އޭޭގެ ނަސީބެއް ނެތް…” ހަނާޝްއަށް ނަޒަރު ހިންގާލަމުން ވަސީމާ އިތުރު ކޮށްލިއެވެ. “މިއަދު ރީޝާ ނެތްނަމަ އަހަރެމެންގެ ހާލަތު ހުންނާނީ ކިހިނެއްބާއޭ އަހަރެންގެެ ހިތަށް އަރާ…އެ ދުވަހުން ފެށިގެން މި ދަރިފުޅުގެ ހުރިހާ ކަމަކާއި ރީޝާ ހަވާލުވި…އެ ހިތާމަވެރި ވަގުތުގައި ކެތްތެރި ވާން ރީޝާ މަންމައަށް ހިތްވަރު ލައިދިން…އެހެން ނޫންނަމަ އަހަރެން ވެސް ދުވަސްތައް ހޭދަ ކުރަންޖެހޭނީ ރުއިމުގަ…ހިތާމައިގަ…މިއޮތް ހުރިހާ ދުވަހު އަދާކުރި ވަޒީފާ ވެސް ދޫކޮށްލާފައި ހަނާޝް ބަލަން ރީޝާ އެހުންނަނީ މިގޭގަ…އެކަމަކު…މަންމަގެ ހިތަށް އަރާ ރީޝާ އެހެން އުޅޭނީ ކިހާދުވަހަކުބާއޭ…އެގޮތަށް މިގޭގަ ރީޝާ އުޅެން އަބަދަކު ރީޝާގެ މައިންބަފައިންނެއް ވެސް ނުރުހޭނެ…” އެ ގޭތެރޭގެ ޙަޤީޤަތް ދާނިޝްއަށް ވަސީމާ ހަނދާން ކޮށްދިނެވެ. ދާނިޝްއަކަށް ވެސް އެކަން އޮޅިފައެއް ނެތެވެ. އެހެނަސް ވަސީމާ ބުނަން އެ މަސައްކަތް ކުރާ އެއްޗެއް ދާނިޝްއަކަށް ނުވިސްނުނެވެ. “މަންމަ ބޭނުންވަނީ ރީޝާ އަބަދުވެސް މިގޭގަ އުޅެން…މިގޭ މީހެއްގެ ގޮތުގަ އުޅެން…މިކަމުގަ ދަރިފުޅުގެ އެހީ ބޭނުން” އުއްމީދު ކުޑަވެފައިވާ ރާގެއްގައި ވަސީމާ ބުނެލިއެވެ. “މަންމަ ކީކޭތަ ބުނަން ތި އުޅެނީ…؟ އަހަރެންް ކިހިނެއް ތިކަމުގަ އެހީވާނީ..؟” ވާނުވާ ނޭގި ހުރެ ވަސީމާއާއި ދާނިޝް ސުވާލު ކޮށްލިއެވެ. “މަންމަ ބުނަން މިއުޅެނީ ދަރިފުޅު ރީޝާއާއި ކައިވެނި ކުރާށޭ…އޭރުން ހުރިހާ ކަމެއް ވެސް ހައްލުވެގެންދާނެ…މަންމަގެ ފިކުރު ތަކަަށް ނިމުމެއް އަންނާނެ..” އެންމެފަހުން ވަސީމާ އޭނާ ބުނަން އުޅުނު ވާހަކައިގެ މައިގަނޑު ހާމަކޮށްލިއެވެ. ވަސީމާގެ ފުރަތަމަ ޖުމްލައިން ވެސް ދާނިޝްގެ ކަންފަތް ތޮރުފާލި ކަހަލައެވެ. “މަންމާ..! ކީކޭތަ ތި ކިޔަނީ..؟ އަހަރެން ދެވަނަ ކައިވެންޏެއް ކުރާކަށް ބޭނުމެއް ނޫން…އަމުދުން ރީޝާއަކާއި އަހަރެން ދުވަހަކުވެސް ނީންނާނަންް…މަންމައަށް ވެސް އެނގޭނެ އޭނަ މަށަށް ޖެއްސި ހާލު…މަށަށް ދިން ހިތްދަތިކަން…އެ ކެހިވެރި އަންހެނާ ދުވަހަކުވެސް އަހަރެންގެެ އަންބަކަށް ނުވާނެ…އަހަރެންް އޭނައަށް ނަފުރަތު ކުރަން” ދެވަނަ ކައިވެންޏެެއް ކުރުމަށް ވަސީމާ އެދުމުން ދާނިޝް ނުރުހުން ފާޅުކުރިއެވެެ. ހާއްސަކޮށް ރީޝާގެ ނަންގަތުމުން ދާނިޝް ވަކިން ރުޅި ގަދަވިއެވެ. ރީޝާގެ ބޭވަފާތެރި ކަމުގެ ހިތިރަހަ އަދިވެސް ދާނިޝްގެ ކަރުބުޑުގައި ހަރުލައި ހުރިކަން އެ ވަގުތުކޮޅުން ވެސް ދޭހަވެގެންދިއެވެ. އެއިރު ރީޝާއަށް ނަފުރަތު ކުރަންފެށި ގޮތަށް އަދިވެސް ދާނިޝްގެ ހިތުގައި ރީޝާއަށްޓަކައި ވަނީ ނަފުރަތުކަން އޭނާގެ ޖަވާބުން ވަސީމާއަށް ވެސް ރަނގަޅަށް އެނގުނެވެ. އެހެނަސް ވަސީމާ އުއްމީދު ކަނޑައެއް ނުލައެވެ. ދާނިޝްއަށް ވިސްނައިދޭން އޭނާ މަސައްކަތް ކުރިއެވެ. ހަނާޝްއަށްޓަކައި ނަމަވެސް ރީޝާއާއި ކައިވެނި ކުރަން ވަސީމާ އާދޭސް ކުރިއެވެ. ދާނިޝް ހުރީ ހަދާނެގޮތް ހުސްވެފައެވެ. މަންމަގެ އާދޭހަށް ފުރަގަސް ދޭކަށް އޭނާގެ ހިތެއް ނޭދެއެވެ. ނަމަވެސް ރީޝާއާއި ކައިވެނި ކުރަން އޭނާގެ ޒަމީރު އެއްބަހެއް ނުވިއެވެ. އިތުރަށް އެ މަޢުޟޫއަށް ވާހަކަ ދައްކާކަށް ދާނިޝް ބޭނުމެއް ނުވިއެވެ. ހަނާޝް ވަސީމާގެ އުނގުތެރޭގައި ބާއްވާލުމަށްފަހު ދާނިޝް މިސްރާބު ޖެހީ ގެއިން ބޭރަށެވެ.

އެދުވަހު ރީޝާ ގާތުގައި ވެސް ދާނިޝްއާއި ރީޝާގެ ކައިވެނީގެ ވާހަކަ ވަސީމާ ދެއްކިއެވެ. ވަސީމާގެ އެ ވާހަކަ ތަކުން ރީޝާގެ ހިތަށް ވެސް ލޮޅުމެއް އައެވެ. ޖަވާބެއް ނުދެވިފައި އިރުގަނޑެއް ވަންދެން ރީޝާ ހުރުމުން ހަނާޝްގެ ޙައްޤުގައި އެ ކައިވެންޏާާއި ރުހުމަށް ވަސީމާ ރީޝާ ގާތު އާދޭސްކުރިއެވެ. ރީޝާއާއި ދާނިޝްގެ މާޒީ އެއްފަރާތް ކޮށްފައި ހަނާޝްގެ މުސްތަޤުބަލާާއިމެދު ވިސްނުމަށް ވަސީމާ ތަކުރާރުކޮށް ބުނަމުން ގެންދިއެވެ. ވަސީމާގެ އާދޭސްތަކުގައި ކޮޅުފައިން ޖަހާކަށް ރީޝާއަކަށް ނުކެރުނެވެ. އެހާ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. އެންމެފަހުން އެކަމަށް ރީޝާ އެއްބަސްވިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hattey

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ދަޢުވަތު

Next

އެ ވަޢުދު (8)

Next
June 22, 2018

އެ ވަޢުދު (8)

Previews
June 21, 2018

ދަޢުވަތު

17 Comments!

  1. Yunaal says:
    June 22, 2018 at 10:50 am

    Nice waiting for next part.

    1. hattey says:
      June 22, 2018 at 11:13 am

      shukran..

  2. Nunnu says:
    June 22, 2018 at 10:54 am

    Masha Allah
    Vv reethi
    Alhey dhen dhaanisg ves eh as vebala dho
    Keehvebaa rewsha dhaanisg dheke loabi baaru ves dho kollee
    Kommes saba eh vaane dho
    Eyrun dhaanisg ves rewsha ah maaf kuraanee ennu
    When next part
    And i am first dho

    1. hattey says:
      June 22, 2018 at 11:15 am

      شكرا جدا ehen..konmeves sirreh vaane dho..next part ves v avahah upload kohleveytho balaanan..

    2. Lotus says:
      June 22, 2018 at 11:30 am

      I think reesha found out that hana likes dhaanish so she sacrificed her love for her bestfriend

  3. Nunnu says:
    June 22, 2018 at 10:55 am

    Oops second

  4. 3348 says:
    June 22, 2018 at 11:21 am

    I third

  5. No one says:
    June 22, 2018 at 12:07 pm

    Wowww…. Vr vr nice mi partvxxx..
    ♥️♥️♥️

    1. Anonymous says:
      June 22, 2018 at 5:35 pm

      thank you

    2. Jazlee says:
      June 26, 2018 at 5:35 pm

      (This for No one )
      Are you from naifaru. Cuxx Saturday ga thi rashah school kamaku dhaathy ahaaly ngey ??plxx don’t mind and tell ngey. No one, dear☺plxx ,avx reply eh dhehche. Nd don’t mind I’m a strangr….nd also tell your name ngey. ??
      (This is for hattey )
      Wowwwwww vrh vrh vrh vrh vrh vrh vrh salhi ngey mi partvxxxx.Hama evvexx mistake eh neiy. I appreciate your wrk…☺☺☺????

  6. unique says:
    June 22, 2018 at 2:05 pm

    Maasha Allah vvv reethi……… waiting for next part

  7. Livee says:
    June 22, 2018 at 2:12 pm

    Wow varah salhi when next part???

  8. hattey says:
    June 22, 2018 at 5:37 pm

    thanx to all…

  9. Shamla says:
    June 22, 2018 at 5:39 pm

    Nice story keep it up ??

    1. hattey says:
      June 22, 2018 at 5:40 pm

      hehe thanx

  10. Naushin says:
    June 22, 2018 at 11:23 pm

    V reethi mi vaahaka…v interesting wen next part..

  11. Mal says:
    June 24, 2018 at 2:15 pm

    Story varah reethi… Masha alllah… Waiting for next part…

Comments are closed.

Next Episodeލޯބި ވީމޭ ސިއްރު ސިއްރުން (9←


All Right Reserved!