ލޯބި ވީމޭ ސިއްރު ސިއްރުން (12
އިރު ހަނދު އެއް ޤަވާއިދެއްގެ މަތިން ދައުރުވަމުން ދިއެވެ. ޤުދުރަތުގެ އެ ޤާނޫނަކަށް ބަދަލެއް ނާދެއެވެ. އާދައިގެ މަތިން އިރުވެސް ނާރެހުގައި ބުރު ޖަހަމުން އައިސް ކޮންމެ ދުވަހެއްގެ ހެނދުނަަކަށް އޭގެ އަލި ވިލުވާލައެވެ. ހަމަ އެގޮތަށް އޭގެ ވަގުތު ހަމަވުމުން ކާއިނާތު އަލިކޮޮށްދިނުމަށް ހަނދުގެ ބޮލުގައި އެ ޒިންމާ އަޅުވައެވެ. އިރު ހަނދު ދައުރުވާއިރު ބަދަލުވެގެންދާ ދުވަހާއިއެކު އިންސާނުންގެ ހަޔާތަށް އެކިކަހަލަ ބަދަލުުތައް އަންނަކަމީ ޝައްކެއްވެސް އޮތްކަމެއް ނޫންތާއެވެ.
ކުޑަކުޑަ ހަނާޝްއަށް ވެސް އަހަރެއް ފުރެން ބާކީ އޮތީ ދެދުވަހެވެ. މާރަނގަޅަށް ނޫނަސް ކޮންމެެސް ކަހަލަ ގޮތަކަށް ހިނގަން ފަށައިފިއެވެ. ތުއްތު ތުއްތު ބަހުރުވައިން ވާހަަކަ ދައްކައި ހަދައެވެ. އެ ޅަހިތަަށް އަރާފައިބާ އުދާސްތައް ކޮންމެވެސް ކަހަލަ ގޮތަކަށް ބޭރު ކޮށްލައެވެ. ހަނާޝްއާއި ސަމާސާކޮށްލާ ވަގުތު ގޭތެރޭގައި ހަނާޝްގެ ހުނުމުގެ އަޑު ގުގުމައިލައެވެ. ހަނާޝްއާއިއެކު ހޭދަކުރާ ވަގުތު ތަކުގައި ދާނިޝްގެ މޫނުމަތިން ވެސް ހިނިތުންވުން ފެންނަން ހުރެއެވެ. ފަހަކަށްއައިސް އެއީ މަދުން ފެންނަ މަންޒަރެކެވެ. ހަނާޝްއާއިއެކު ހޭދަކުރާާ ވަގުތު ތަކުގައި ދާނިޝްގެ ސިކުނޑިއަށް ހަމަޖެހުން ލިބި ހިތަށް ފިނިކަން ލިބިގެން ދެއެވެ. ދިރިއުޅުމާއިމެދު އުފެދިފައިވާ ޝިކާޔަތުތައް ހަނދާނުން ކައްސާލަައެވެ.
ނިކަމެތި އިންސާނާއަށް ބާރުފޯރުވުމެއް ނުވާހާލު މޫސުމަށް ބަދަލު އަތުވެއްޖެއެވެ. ބަލަބަލާ ތިއްބާ ހާވިލާތައް ގިނަވެ އުޑުމަތި ބަނަކޮށް ވިއްސާރައިގެ އަސަރު ދައްކައިލިއެވެ. ބަރުވެފައިވާ ވިލާތަކުން ފުރަތަމަ ފެންތިއްކެއް ވެއްޓުނީ އޮފީހުން ނިކުމެގެން ގެއަށް އަންނަން ދާނިޝް އޭނާގެ ސައިކަލަަށް އަރާ ހަމަޖެހިލި ވަގުތުގައެވެ. ނަމަވެސް… އޮހިގަންނަން ތައްޔާރަށް ތިބި ވާރޭގެ ތިކިތަކަކަށް ކެތްތެރިއެއް ނުވެވުނެވެ. ބާރު އަޑާއިއެކު ވާރޭގެ ތިކިތަކުން ދުނިޔެ ނާމާންކޮށްލީީ އައި ގަދަ ވައިގެ ބާނި ތަކަކާއި އެކުގައެވެ. އެމީހަކާ އެމީހެއް ކޮޅުކޮޅަށް ބުރެން ފެށިއެެވެ. ދުއްވާ އެއްޗެހީީގެ ދުވެލި ބާރުވާން ފެށިއެވެ. ވާރެއަށް ފިލަން އެމީހަކަަށް ހޯދުނު ރައްކަލެއް ހޯދަމުން ގެންދިއެވެ. އެހެނަސް ދާނިޝްއަކަށް ބޯކޮށް ވެހެމުންދިއަ ވާރޭއަކަށް ނުފިލުނެވެ. ދާނިޝްއަށް ގެއަށް އާދެވުނުއިރު މުޅި މީހާ ތެމިފޯވެެ ހަށިގަނޑުގައި ތުރުތުރު އަޅައަޅާ ހުއްޓެވެ.
އެ ހާލަތުގައި ހުރެ ކޮޓަރިއަށް ވަދެ ދާނިޝް ހިނގައިގަތީ ފާޚާނާއާއި ދިމާއަށެވެ. ނަމަވެސް ދާނިޝްއަކަށް ފާޚާނާއަށް ވަދެވޭ ގޮތެއް ނުވިއެވެ. އެވަގުތު ފާޚާނާގައި ރީޝާ އުޅޭޭތީ ދާނިޝްއަށް ޖެހުނީ ބޭރުގައި މަޑުކޮށްލާާށެވެ. ދާނިޝްއަށް ހީވީ ހީކެރުވުން އިތުރުވިހެންނެވެ. ހަށަން ބަނދެލައިގެން އިރުކޮޅަކު ހުރުުމަށްފަހު ކެތްނުކުރެވިގެން ވާރެއާއިއެކު ގައިގައި ތަތްލައިފައިވާ ހުދުކުލައިގެ ގަމީސް ބާލައި މުށިތައް މައްޗަށް އެއްލާލިއެވެ. އެއިރުވެސް އޭނާގެ ވަރުހެސަ ހަށިގަނޑުގައި ތުރުތުރު އަޅަމުންދިއެވެ. ލަސްތަކެއްނުވެ ފާޚާނަައިން ރީޝާ ނިކުތެވެ. މަޑު ފެހިކުލައިގެ ތުވާއްޔަކުން މޫނުގައި ހުރި ފެންތައް ފުހަމުން ދެތިން ފިޔަވަޅެއް ކުރިއަށް އަޅާލިތަނާ މުށިތައް މަތީގައި ހުރި ފެންތައް މައްޗަށް އެރުވި ކައްސާލަައިގެންގޮސް މުށިތައް މައްޗަށް ރީޝާ ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އޭގެ ކުރިން ދާނިޝް ރީޝާ ހިފެހެއްޓިިއެވެ. ނަސީބެކެވެ. އެހެންނޫންނަމަ ރީޝާއަށް ކޮންމެެސް ކަހަލަ އަނިޔާއެއް ލިބުން ގާތެވެ.
ލޮލާއި ލޯ ބައްދަލު ވެފައި ވިއެވެ. ހަތަރު ކަޅި ސީދާ ވެފައި ވިއެވެ. ހައިރާން ކުރުވަނިވި މަންޒަރެކެވެ. ދާނިޝްގެ ހަށިގަނޑުގެ ތެތްފިނިކަން ރީޝާއަށް އިޙްސާސް ކުރެވެން ހުއްޓެވެ. ދާނިޝްގެ ފިނި ހަށިގަނޑުގައިވާ ހިތް ބާރުބާރަށް ތެޅެމުންދިއަކަން އޭނާއަށް ރަނގަޅަށް ދެނެގަނެވުނެވެ. ރީޝާ ވެއްޓޭންދިއަ ވަގުތު ބޭއިޚުތިޔާރުގައި ދާނިޝްއަށް ރީޝާގެ ގައިގައި ހިފާލެވުނީ އެ ހަށިގަނޑަަށް އެއްވެސް ގެއްލުމެއް ލިބޭން ނޭދޭ ހާލުގައެވެ. ކޮންފަދަ އަޖައިބެއް ހެއްޔެވެ. ރީޝާއަށްޓަކައި ނަފުރަތުން ފުރިގެންވީ ދާނިޝްގެ ނާޒުކު ހިތަށް އެވީ ކީއްބާއެެވެ. މިހާރު އެ ލޮލުގައި ނުރުހުމުގެ އެއްވެސް އަސަރެއް ފެންނާކަށްނެތެވެ. ހިތުގައި އެއްވެސް ކިލަނބުކަމެއް ނެތެވެ. ކަޅިޖަހައި ނުލައި ރީޝާއަށް ބަލަހައްޓައިގެން ހުރިއިރު ހީވަނީ އެއީ ދާނިޝްއަށް ރީޝާ ފެނުނު ފުރަތަމަ ފަހަރު ހެންނެވެ. ރީޝާގެ ހާލަކީވެސް އެއީއެވެ. ނަޒަރު ބަދަލުކޮށްލުމެެއްނެތި ދާނިޝްއަށް ބަލަހައްޓައިގެން ހުރިއިރު ރީޝާގެ ހަނދާނުގައި މީގެ ދެއަހަރު ކުރީގެ މަންޒަރުތައް ދައުރުވާންފެށިއެވެ. ލޯބިން ފުރިގެންވީ އެދުވަސްތައް ތާޒާވާާން ފެށިއެވެ.
ރޭގަނޑާާއި ދުވާލު ފިތުރީ އުޞޫލުން ބަދަލުވެގެން ދިޔައިރު ރީޝާއާއި ދާނިޝްގެ ބައްދަލުވުންތައް ކުރިއަށްދިިއެވެ. އެކި ރޭރޭ އެކި ތަންތާނގައި ތިބެ ވަކިނުވާން ވަޢުދުތަކެއްވެ އަޙުދުތަކާއި ހުވާތަކެެއް ކުރިއެވެ. ފިނިފިނި ވައިރޯޅިތައް ޖެހެމުންދިއަ ރޭތަކާއި ފުރިހަމަ ހަނދެއްގެ އަލިން އަލިކަން ލިބި ތަރިތައް އުފަލުން ފިޔަޖަހަމުންދިއަ ރޭތަކުގައި އެ ލޯތްބަށް ފޮނިކަމާއި މީރުކަން ގެންނަމުން ދިއައީ ވަކިވުމެއް ނުވާނެ ހާލެއްގައެެވެ. ހިނިތުންވެެލައިގެން ތިބެއެވެ. އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާކަމަށް ދަޢުވާ ކުރީ އެ ލޯތްބަށް ކަޅިއަޅައިފާނެ މީހަކަށް ފަރުވާއެއް ބެހެއްޓުުމެއް ނެތިއެވެ.
ދީވާނާ ވެފައިވާ ދެހިތެއްގެ ގުޅުން ހެޔޮވަރަކަށް ބަދަހިވެލި ވަގުތު އެ ލޯތްބަށް ނިމުން ގެނުވީ ސިއްރިޔާތުގެ ތަރާދުންނެވެ. ކަޅު ފާހަގައެއް ދާނިޝްގެ ނިތުގައި ޖެހުނުއިރު އަތްފައި ބިތުގައި ޖެހުނުފަދައެވެ. ހިތުގައި ޖެހުނު އެ ހިތިރަހަ ދުވަހަކުވެސް ހިތުން ނުފިލާނެ ކަހަލަ ގޮތަކަށް ދާނިޝްއަށް އެ ދެހިތުގެ ވަކިވުން އަސަރު ކުރުވިއެވެ.
ދެ ހަށިގަނޑު ޖެހި ދުލުގައި ތަޅުލެވިފައިވީ އެ ހިމޭން ވަގުތުކޮޅު ކުއްލިއަކަށް ހަލަބޮލި ވެގެންދިއެވެ. ނިދީގައި އޮވެފައި ހޭލެވުނު ވަގުތު ހަނާޝް ރޮއެގަތެވެ. އެހިނދު ދާނިޝްއާއި ރީޝާ އަވަސް އަވަހަށް އެކަކު އަނެކަަކާއި ދުރަށްޖެހި ނަޒަރު ބަދަލުކޮށްލިއެވެ. އެއަށްފަހު ދެމީހުން ދެފަރާތައް ކެހިލިއެވެ. ހަނާޝްގެ ގާތަށް ރީޝާ ހިނގައިގަތްއިރު އަލަމާރި ތެރެއިން ޓީޝާޓަކާއި ސޯޓެއް ނަގައިގެން ދާނިޝް ހިނގައިގަތީ ފާޚާނާއަށް ވަންނާންށެވެ.
ދަންވަރުގެ ވަގުތެވެ. ގަދަ ނިދީގައި އޮއްވައި ރީޝާއަށް ހޭލެވުނީީ ކުކުރުމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ޝައްކެއްމަތީ ކުޑައިރުކޮޅަކު ލޯހުޅުވައިލަައިގެން ހިމޭނުން އޮވެފައި ރީޝާ ތެދުވީ އެއީ ދާނިޝްގެ އަޑުކަން ޔަޤީން ވުމުންނެވެ. ގައިމަތީީ އޮތް ރަޖާ އެއްފަރާތް ކޮށްލައިފައި އެނދުން ތެދުވެ ކޮޓަރިތެރެ ރަނގަޅަށް އަލިކޮށްލުމަށްފަހު ދާނިޝްގެ ގާތަށް ރީޝާ ޖެހިލިއެވެ. އެހެން ރޭތަކާއި ޚިލާފަށް ގައިމަތީީ އަޅަން ގެންގުޅުނު ރަޖާގަނޑުން ދާނިޝް ވަނީ އޭނާގެ ހަށިގަނޑު މުޅިންހެން ފޮރުވާލައިފައެވެ. ހަމައެކަނި ފެންނަން ހުރީ އޭނާގެ މޫނު އެކަންޏެވެ. ރީޝާއަށް ދާނިޝްގެ އެ ހާލަތު ދެނެގަންނާކަށް އުނދަގުލެެއް ނުވިއެވެ. އެކަން ޔަޤީން ކުރެވޭ ހާލުގައި ދާނިޝްގެ ނިއްކުރީީގައި ރީޝާ އަތް ޖައްސާލިއެވެ. ވަހުމެއްވެސް ނެތެވެ. ދާނިޝް އޮތީ ގަދައަށް ހުންއައިސްފައެވެ. ރީޝާގެ ހިތްވެސް އެ ހޫނުން ފިހުނު ކަހަލައެވެ. ހިތަށް ފުން އަސަރެއް ކުރުވީ ވިދުވަރެެއްގެ އަސަރު ދުނިޔެއަށް ކުރާހާ އަވަހަށެވެ. ވާރޭގެ ޝިކާރައަކަށް ވެވޭ ދުވަސްތަކުގައި ދާނިޝް ހުންއަންނަކަން ރީޝާގެ ހަނދާނަށް އައީ އެވަގުތުއެވެ. އެނދާއި މާދުރުނޫން ހިސާބެއްގައި ހުރި ކަބަޑަަށް ރީޝާގެ ނަޒަރު ގޮސް ހުއްޓުނެވެ. ބަލާކަށް ނުހުރެ ކަބަޑުގެ ވަތްގަނޑު ދަމާލައި ހާވަން ފެށިއެވެ. ބޭސްގުޅައެއް އަތުގައި ޖެހޭތޯއެވެ. ނަމަވެސް….ރީޝާއަށް ލިބުނީ މާޔޫސްކަމެވެ. ބޭއިޚުތިޔާރުގައި އޭނާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އެހެނަސް…ރީޝާ އުއްމީދު ގެއްލުވައެއް ނުލައެވެ. ދާނިޝްގެ ހަށިގަނޑުން ހުން ފިލުވަން ކުރެވެންހުރި ހުރިހާ ކަމެއް އޭނާ ކުރަަމުންގެންދިއެވެ. ތެތް ފޮތިގަނޑަަކުން ދާނިޝްގެ ހޫނު ހަށިގަނޑުގައި ކާއްތާލުުމާއިއެކު އިތުރަށް ދާނިޝް ކުކުރައިގަތެވެ. އެކަމާއި ދެކޮޅު ހަދަން އޭނާގެ ހިތް އެދުނެވެ. ނަމަވެސް…އެހާ ހިތްވަރެއް އެވަގުތަކު އޭނާގެ ގަޔަކު ނެތެވެ.
ނިދިފައި އޮތް ހަނާޝްގެ އަތް މޫނުގައި ޖެހުމާއިއެކު ދާނިޝްއަށް ހޭލެވުނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ލޯ ހުޅުވާލުމަށްފަހު ހަނާޝްގެ އަތް މަޑުމަޑުން އެއްފަރާތް ކޮށްލަައިފައި އަނެއްކާވެސް ލޯމަަރާލިއެވެ. އަދިވެސް އެ ލޮލުގައި ފުންޏަކަށް ނިދި ޖަމާވެފައި ހުރުމުން ތެދުވާ ޚިޔާލެއް ދާނިޝް ނުކުރިއެވެ. ފާއިތުވީީ މަދު ސިކުންތު ކޮޅެކެވެ. ހިތަށްއެރި އެއްޗެއް ޔަޤީންކޮށްލަން ރަނގަޅަށް ލޯ ހުޅުވައި ބަލާލިއެވެ. އެެ ލޮލުގެ އަމާޒަކަށް މިހާރު ވެފައިވަނީ ރީޝާއެވެ. ދާނިޝްގެ މޭމަތީީގައި ބޯ އަޅައިލައިގެން ނިދައިފައި ރީޝާ އޮތެވެ. އެވަގުތު އެރޭގެ މެންދަމުގެ ހަނދާންތައް ދާނިޝްގެ ސިކުނޑިިއާއި ކުޅެލިއެވެ. އެތައް އިރަކު ދާނިޝްގެ ޚިދުމަތުުގައި ރީޝާ ނުނިދައިހުރިި މަންޒަރު ސިފަވާންފެށިއެވެ. ކަން އެގޮތަށް އޮތްއިރު ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދާނިޝްގެ ހިތުގައިއޮތް ރުޅިވެރިކަން މައިތިރި ވެފައިވިއެވެ. ރީޝާގެ މޫނުމައްޗަށް ވިހުރިފައި ހުރި އިސްތަށިތައް ދާނިޝްގެ ހިތަށް އުނދަގޫ ކުރަމުން ގެންދިއެވެ. އެހެންކަމުން ތަރުތީބެެއްނެތި ވިހުރިފައިހުރި އިސްތަށިތައް އެއްފަރާތް ކޮށްލި ތަނާ ރީޝާގެ އަތް ހަރަކާތް ކޮށްލިއެވެ. ލޯމަރައިލަައިގެން އޮވެ ދާނިޝްގެ އަތުގައި ރީޝާ ހިފާލިއެވެ. އެހިނދު އޭނާގެ ހިތުގެ ވިންދު އަވަސްވެގަތެވެ. ބިރުވެރިކަން ހިތަށް ވަންގޮތުން ލޯ ހުޅުވާލާފައި ކުއްލިއަކަށް ތެދުވިއެވެ. ރީޝާއަށްް ހިންދިރުވާާލެވުނީ ގަދަކަމުންނެވެ. ނޭވާ ހިިފަހައްޓަން މަޖުބޫރުވި ކަހަލައެވެ. ދާނިޝްގެ ހަމަލާއެއް އަތުވެދާނެތީ ތުރުތުރު އަޅައަޅާ ހުރި އަޑަކުން ރީޝާ މަޢާފަށް އެދުނެވެ. ކަންވީ ރީޝާ ހީކުރި ގޮތާއި މުޅިން ޚިލާފަށެެވެ. ކައިރީގައި އޮތް ބާލިސް ނަގައި މޭގައި ލައްކޮއްލުމަށްފަހު އަރިއަކަށް ޖެހިލަމުން ދާނިޝް ލޯމަރާލީ ނިދިހަމަ ނުވާތީއެވެ. ދާނިޝްގެ ލޮލުން ނިދި ނުފިލައި ހުއްޓަސް އޭނާގެ ހަށިގަނޑުން އެކީއެކަށް ހުން ވަނީ ފިިލައިގެން ގޮސްފައެެވެ. ހުމުގެ ކަންފުޅެއްވެސް ނެތެވެ. ޤަބޫލުކުރަންދަތި އެމަންޒަރާއިމެދު ވިސްނާލަން ހައިރާންވެފައި ހުއްޓައި ހަނާޝް ހޭލުމުން ރީޝާ އަވަސް އަވަހަށް އެނދުގެެ އަނެއްފަރާތަަށް ގޮސް ހަނާޝް އުރައިލިއެވެ. އެއަށްފަހު ހައިވެފައި ހުރި ހަނާޝްގެ ހައިހޫނުކަން ފިލުވައިދިނުމަށް ރީޝާ ލަހެއް ނުކުރިއެވެ.
އަޒީލްއަށް ހޭލެވުނީ އޭނާގެ ދައްތަ ނަހުލާ ކޮޓަރީީގެ ދޮރުގައި ޓަކިދޭ އަޑު އިވިގެންނެވެ. ނަހުލާއަކީ އަޒީލްގެ މަންމައާއި ބައްޕަގެ އެންމެ ދޮށީީ ދަރިއެވެ. އަޒީލްއަށް ވުރެ ދެއަހަރު ދޮށި ނަހުލާއަކީ ސިޔާސީ ދާއިރާއެއްގަައި އިސްކޮށް އުޅޭ ހިތްވަރު ގަދަ ޒުވާން ޝަހުސިއްޔަތެކެވެ. ނަހުލާގެ އަޑަށް ކިޔަމަން ނުވަން ކައިރީގައި އޮތް ބާލިސް ނަގައި އަޒީލް އޭނާގެ ކަންފަތް ނިވާކޮށްލިއެެވެ. “އަޒީލް…! އަޒީލް….!” އަޒީލްގެ ފަރާތުން ޖަވާބެއް ނުލިބުމުން އަނެއްކާވެސް ނަހުލާ ގޮވަންފެށިއެވެ. މިފަހަރު އަޒީލްއަށް ޖެހުނީ ތެދުވާށެވެ. ހިތާއި ދެކޮޅަށް ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. “ހޭލެވިއްޖެ ދޯ….ކިހާވަރަކަށް ގޮވައިފިން….އަދިކިރިޔާ ތި ހޭލީ” ނުރުހިފައި ހުރެ ނަހުލާ އަނގަތަޅުވާލިއެވެ. “ސޮރީ….!” ނަހުލާ ހަމަޖެހިލާތޯ އަޒީލް މަޢާފަށް އެދުނެވެ. “ފޯނުވެސް ނިވާލައިގެން ދޯ ނިދަން ތި އޮންނަނީ….ޝިފްނާ އެބައުޅޭ އަޒީލްއަށްް ނުގުޅިގެން…ވަރަށް ރުޅިއައިސްފަ ހުރީ….ދެންވެސް އަވަހަށް ފޯނު ހުޅުވަންއުޅޭ..” ނަހުލާ ބުނެލިއެވެ. އަޒީލްއާއި ޝިފްނާގެ ގުޅުން ނަހުލާއަށް ސިއްރުވެފައެއްނެތެވެ. ހުރިހާ ވާހަކައެއްވެސް އަޒީލް ވަނީ އޭނާގެ ދައްތައާއި ހިއްސާކޮށްފައެވެ. އޭގެ އިތުރުން އަޒީލްް ވަނީ ނަހުލާއާއި ޝިފްނާ ބައްދަލުކޮށްދީ އެކަކު އަނެކަކަަށް ތަޢާރަފުކޮށްދީީފައެވެ. އޭގެ ދުވަސްކޮޅެއް ފަހުން ނަހުލާއާއި ޝިފްނާ ވަނީ ދެ ރަހުމަތްތެރިންނަށް ވެފައެވެ. މިކަމާއި އަޒީީލް ހުންނަނީ ނިކަން ހިތްހަމަޖެހިފައެވެ. އަތުގައި އޮތް މެގަޒިން އިން އަޒީލްގެ ގައިގައި ޖަހާލައިފައި ނަހުލާ އެތަނުން ހިނގައިގަތެވެ. ނަހުލާ ދިއުމުން އަޒީލް އޭނާގެ ފޯނު ހުޅުވާލިއެވެ. ކަމަކުދާކަށްނެތެެވެ. ޝިފްނާގެ ކޯލުތައް ފުލުފުލުން އައިސްފައި ހުއްޓެވެ. ވީކީއްތޯ ބަލާލަން ޝިފްނާއަށް ގުޅަން އަޒީލް މަސައްކަތް ކޮށްލި ވަގުތު އަޒީލްގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަމުން އެދަނީ ޝިފްނާކަން ޔަޤީންވާހާލު ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ކިހާވަރަކަށް މި ގުޅަނީ….؟ ކީއްވެތަ ފޯނު ނިވާލައިގެން ނިދީ….؟ ތިހާ ގިނައިރު ނިދަން އޮންނަން ޖެހޭތަ….؟” އަޒީލްގެ ކަންފަތުގައި ފުރަތަމަވެސް ޖެހުނީ ޝިފްނާގެ ދުލުން ބޭރުކުރި ޝަކުވާތަކެކެވެ. މީގެ އިރުކޮޅެއް ކުރިން ޝިފްނާ ގުޅިއިރު ފޯނު ނިވާލައިގެން އަޒީލް ނިދަން އޮތުމުން ޝިފްނާ ގާތަށް ރުޅިއައިސްފައި ހުރީ ވަކިވަރަކަށް ނޫނެވެ. އަޒީލްއަށް ފުރަތަމަވެސް ޖެހުނީ ޝިފްނާގެ ރުޅި މައިތިިރި ކުރާށެވެ. ކުރެވުނު އެ ކުށަށް އެތައް ފަހަރަކު މަޢާފަށް އެދި އާދޭސް ކުރިއެވެ. ދެން އެގޮތަށް ކަންތަކެއް ނުކުރާނަމޭ ބުނެ ހުވާކުރިއެވެ. ޝިފްނާގެ ރުޅިގަނޑު ހުލިވެގެންދިއައީ އެވަރުންނެވެ. އެނދުގެ ބޯލާކޮޅުގައި ލެގިލައިގެންް ހުރެ ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު އަޒީލް އޭނާގެ ހިތާއި ފުރާނައިން ލޯބިވާ ޝިފްނާއާއި ހިނިތުންވުމަކާއިއެކު ވާހަކަ ދައްކަންފެށިއެވެ. ޝިފްނާވެސް ކުޑަ އިރުކޮޅަކަަށްފަހު ހިތް ޚަލާސް ކޮށްލައިގެން އަޒީލްއާއި ވާހަކަ ދައްކަންފެށިއެވެ.
11 Comments!
Comments are closed.
Alhey mi faharu first dhw
Yeah
yey second dhww…vv reethi dhen dhaanish n reesha gulhuvaba…
Yes…thank you…
Reethi
Masha allah
Shukran
Stry vrh vrh reethi… when is the next part??????
????
V reethi story
Shukran
adhi kiriyaa mi story mi kiyaalyy ehkoh……vvvvvvvvv nice story eh….dhaanish aa reesha aa gulhuvaba plxxxx…..varugadha aazil eh mii ulheny….hehe…BTW best of luck for the next time….