“ހާއި. ލާނާ މުހައްމަދު ހަސީން”. ލާނާ ސަލާމަށް އަތްދިއްކޮށްލިއެވެ. ކަންދިމާކުރިގޮތުން އެވަގުތު ވީ އަލަންވެސް ސަލާމަށް އަތްދިއްކޮށްލި ވަގުތަށެވެ. ކުރިމަތީ ހުރި އަންހެންކުއްޖާއަށް ބަލައިލި ވަގުތު އަލަން އަށް ހީވީ އޭނާގެ މޫނުމަތީ މީހަކު ބާރަށް ޖެހިހެންނެވެ. ކަޅިޖަހާލަންވެސް ނޭނގިފައި އަލަން ހުރީ ކުރިމަތިންފެންނަން ހުރި މަންޒަރު ގަބޫލުނުކުރެވިފައެވެ. އެއީ ހަމަ އެ މޫނެވެ. އެ އަޑެވެ. އަލަން އަކަށް އެއަޑެއް ނޯޅޭނެއެވެ. އަލަންގެ ލޭ ކެކިގަތެވެ. ސަލާމަށް ދިއްކުރި އަތްވެސް ތިރިކޮށްލެވުނީ އިހްތިޔާރުންބޭރުގައެވެ. ލާނާއަށްވެސް ވީ […]
އާ ދުވަހަކަށް އިރުއެރީ އާ ހަބަރަކާއިގެންނެވެ. އަލަށްވެސް މާލެ ނުދާ ޝައިރާއަށް މާލެ ބަލާލަން ދާން ޝައިރާގެ ތުއްތު ދިން ފުރުސަތުން ޝައިރާއަށް އުފަލުން ނަޝާލެވުނެވެ. އުމުރުން 18އަހަރު ފުރުން އިރުވެސް ޝައިރާއަށް މާލެ ފެނިފަަވަނީ ޓީވީން އެކަންޏެވެ. މިރޭ މާލެފުރުމަށް ޝައިރާ ދިޔައީ ވަަރަށްވެސް ފުރިހަމައަށް ތައްޔާރުވަމުންނެވެ. ޝައިރާގެ ތުއްތު ހުޒާމް މާލެއަށް އުފަން އައިނީއާއި ކައިވެނި ކުރުމަށްފަހު މާލެ ބަދަލްވިތާ މިހާރު ފަސްއަހަރު ވެއްޖެއެވެ. މާލެއާދެވުމުން އައިނީގެ އާއިލާއިން ޝައިރާއަށް ވަރަށްވެސް ފުރިހަމަ މަރުހަބާއެއް […]
ދެމީހުންނަށް ގޮސް ޖަޒްލީމެންގޭ ވަށާފާރުން އެތެރެއަށް ވަދެވުނު ކަމެއް ނޭނގެ ކައިލާން ޖަޒްލީގެ އަތުގައި ހިފާފައި ޖެހި ލުއްކަކާއިއެކު ޖަޒްލީގެ މޫނު އައިސް ޖެހުނީ ކައިލާންގެ މޭގައެވެ. ވާރޭ ތިކިތަކުން ބަރުވެފައިވާ ޖަޒްލީގެ ލޮލުގެ އެސްފިޔަ ތަކުން ފިޔަ ޖަހާލުމަށްފަހު ކައިލާންއަށް ބަލާލި ގޮތުން ކައިލާންގެ ހަށިގަނޑުގެ އެންމެ ހިމަ ނާރަށްވެސް ދިޔައީ އަސަރު ކުރުވައިގެންނެވެ. ******** “ހަނާ…… ތިހެން އަނގަމަތީގަ އަތް އަޅައިގެން ނީނދެ ވާހަކަ ދައްކަބަލަ…… މިހާރު އަހަރެން ބިރުގަންނަން ފަށައިފި….. ދެން ކިހިނެތްތަ […]
ލޮލަށް ފެނިގެން ދިޔަ މެސެޖުތަކުން ޔޫހާންގެ ދެ ބުމަ ގޮށްޖެހިގެން ދިޔައިރު އަތް ވެސް ވަނީ މުއްކެވިފައެވެ. އައިލީން އެހެން ފިރިހެނަކާއެކު އެހާ ގާތުގައި ވުމުން ޔޫހާންގެ ހިތަށް ތަދުވިއެވެ. ފުރަތަމަ އެ ފޮޓޯތައް ފެނުމާއެކުވެސް އޭނައަށް އާދެވުނީ ރުޅިއެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ލޯބިވާ ފަރާތް އެހެން މީހަކާއެކު އެފަދަ ގޮތެއްގައި ފެނުމުން ވާނީވެސް އެހެންތާއެވެ. އެކި ކަހަލަ ވަސްވާސްތަކުން ޔޫހާންގެ ސިކުނޑި ދިޔައީ ފުނިޖެހެމުންނެވެ. ތިން ހަތަރު ފަހަރު އޭނަ އެ ފޮޓޯތައް އެގޮތުގައި […]
ގ.ވިނައަށް ހީވަނީ ކުޑަވަރެއްގެ ޢީދެއް އައިސްގެން އުޅޭހެންނެވެ. ގޭތެރެ ކުރެވުނުހައި ރީއްޗެއްކޮށް މީރުހެންހީވާ ކާއްއެއްޗެހި ތައްޔާރުކުރުމުގައި ނޯކަރުން އަވަދިނެތި އުޅެއެވެ. ގެއަކީ ތަނަވަސް ބޮޑުގެއެކެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. ޝާކިރުއަކީ މުޅިމާލެއަށް ނަންމަޝްހޫރު ވިޔަފާރިވެރިއެކެވެ. އެންމެ ކުރީސަފުން ގުނާލެވޭނެ އެކަކެވެ. ގްރީންލީފް ކޮމްޕެނީ އެންޑް ޕްރައިވެޓް ލިމިޓެޑްގެ ބާނީއެވެ. އޭނާގެ އަންހެނުން އާސިމާއަކީ އެންމެންގެ މެދުގައި މަގްބޫލު ކުޅަދާނަ ފެހުންތެރިއެކެވެ. އެހެންކަމުން އެމީހުންގެ ތަނަވަސްކަން އިންތިހާއެވެ. 10 ބުރީގެ ބޮޑު ޢިމާރާތްވެސް މިކަމުގެ ހެއްކަކަށް ފުދެއެވެ. […]
އަޅުގަނޑު ލިޔަން މި ފަށާ ވާހަކައިގެ ކެރެކްޓާރސް ތަކަށް ނަން ދިނުމުގެ ގޮތުން ކިޔުންތެރިންނަށް އެންމެ ރީތި ނަންތަކެއް ކޮމެންޓްގެ ޒަރީީއާއިން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ
ގިސްލަ ގިސްލާފައި ރޮމުން ގެންދިއަ ހަނާޝްގެ ރުއިން މައިތިރި ކުރެވޭޭތޯ ވަސީމާއަށް ކުރެވުނުހާ ކަމެއް ކުރަމުން ގެންދިއެވެ. އެއްފަހަރު ކުޅޭ އެއްޗެއް ދީގެން އަނެއް ފަހަރު ޓީވީއިން އަންނަ ކޮންމެެސް ޕްރޮގްރާމެއް ދައްކައިގެން ހަނާޝްގެ ރުއިމަށް ބަދަލެއް ގެނެވޭތޯ ވަސީމާ މަސައްކަތް ކުރިއެވެ. ނަމަވެސް ވަސީމާއަކަށް އެކަން ވާގޮތެއް ނުވިއެވެ. ކުޑަ ހިނދުކޮޅަަކަށް ވެސް އެއަޑު ކެނޑިިގެެނެއް ނުދެއެވެ. ހަނާޝްއަށް ކާއެއްޗެއް ދޭން އުޅެއުޅެ އެކަމެއް ވެސް ވަސީމާއަކަށް ނުވިއެވެ. ކުރާނީ ކީއްބާއޭ އޭނާގެ ހިތަށް އެރީ […]
ފިނިފިނި ވިއިރޯޅިތަކަށް ކިޔަމަންވެގެން ގަސްތަށް ދިޔައީ އެއް ރާގަކަށް ފަދައިން ނަށަމުންނެވެ. ވައިގަދަ ދުވަހެއް ނަމަވެސް މޫސުން ފުދޭވަރަކަށް އައްޔެވެ. އިރުގެ ރަން ދޯދިތަށް މޫދަށް އެޅިފައިވާލެއް ބަޔާން ކޮށްދެވޭ ވަރަށްވުރެ ފުރިހަމައެވެ. ” ކައެ މީ ވޯޓާ ޕްރޫފްއެއްތަ.” އެކުވެރިޔާގެ އައިފޯން އެކްސް ހާވަމުން ނިބާލް ބުނެލިއެވެ. އޭނާގެ އެކުވެރިޔާ ރިހާން ފޮނިވެލަމުން ބޯ ޖަހާލިއެވެ.” ހިނގާ ބަލާލަން މީގަ ހުރި ވޯޓާރ ޕްރޫފްކަމެއް” ލޯ ކުޑަކޮށްލަމުން ނިބާލް ދިމާކޮށްލިއެވެ. “އޭ ނޫން ކައެ އިއްޔަ […]
“ޔަޝަލް!…” ޔަޝަލް ބަލައިލީ ހައިޝަމް ތަންކޮޅޭއް ބާރަށް ގޮވައިލުމުންނެވެ. ހައިޝަމް ތެދުވާތަން ފެނުމުން ޔަޝަލް އަވަސް އަވަހަށް އޭނާ ގައިގައި ހިފަހައްޓަން އުޅުނެވެ. ނަމަވެސް ހައިޝަމް ފަސޭހަކަމާއެކު ތެދުވިއެވެ. ޔަޝަލްވެސް ތެދުވެއްޖެއެވެ. “ޔަޝަލް އައިމް ފައިން.” ހައިޝަމް ބަނޑުމަތީ އަޅާފައި އޮތް އަތް ނަގައި އަނެއް އަތުން ޓީޝާޓު ހިއްލައިލިއެވެ. ޔަޝަލްއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ************************* “ކިހިނެތް… ކޮބާ…” ޔަޝަލްއަށް ޖުމުލަ ފުރިހަމަ ކުރެވޭގޮތެއް ނުވިއެވެ. ދެ ފިޔަވަޅު އެޅުނީ ފަހަތަށެވެ. އޭގެ މިނެޓެއް ކުރިން […]