ދުވަމުން ކަހަލަ ގޮތަކަށް އައިސް ކުލާހަށް ވަނީ ޒާއިފް އަބަދުވެސް ދެކެން ބޭނުންވާ ސޫރައިގެ ވެރިޔާއެވެ. މި ގޮތަށް އޭނާއާއި ބައްދަލު ވެދާނެކަމަށް ޒާއިފް ފަހަރެއްގައިވެސް ހިޔެއް ނުކުރެއެވެ. ޒިވާ މަޑުމަޑުން ގޮސް އެތާ ތިބި ދެ އަންހެންކުދިން ކައިރީގައި އިށީނެވެ. ޒާއިފްއަށް ސިއްސައިގެން ގޮސް ޒިވާ މޫނުން ނަޒަރު ވަކިކޮށްލެވުނީ ކުއްޖަކު އައިސް އޭނާ ކައިިރި އިށީންދެ ވާހަކަ ދައްކަން ފެށުމުންނެވެ. ” ހޭ ބްރޯ…. ކީއްވެ އެހާ މަޑުމަަޑުން ތި އިންނަނީ؟….. ތި ނިކަން […]
ސާރާ ވާރޭ ތެރޭގައި އުޅެމުންދާ ގޮތް އަރުޝްގެ ފޯނުގައި ދިޔައީ ރައްކާކުރަމުންނެވެ. ކޮންފަދަ ހިތްގައިމު ކަމެއް ބާއޭ ހިތާ ހިތުން ބުނެވުނެވެ. ކުޑަކުއްޖަކާ އެއްވެސް ތަފާތެއް ނެތެވެ. އަމިއްލަ ހިޔާލުގަ ސަކަރާތްޖަހަމުންދާއިރު ވަށައިގެންވާ އެއްވެސް ކަމެއް ނޭނގޭ ކަހަލައެވެ. އަރުޝްގެ ހިތް ނޭނގޭ ވަސްވާސްތަކުން ފުރެމުންދިޔައެވެ. ކުއްލިއަކަށް އަރުޝްގެ ދެލޯ ބޮޑުވީ މީހަކު އައިސް ސާރާގެ އަތުގައި ހިފާ ދަމާފަ ގެންދަން ފެށުމުންނެވެ. އޭރު ސާރާ ދަނީ ނުދާންވެގެން ގަދަ ހަދަމުންނެވެ. އަރުޝްގެ ލޭ ދިޔައީ ކެކިއަރައިގެންނެވެ. […]
އެ މަސް އެކަލޭގެފާނާއިގެން ދަތުރުކުރުމުގެ ތެރޭގައި އެކަލޭގެފާނަށް ކަނޑުގެ އަޑިގައިވާ ދިރޭތަކެތި މާތް ﷲ ގެ ޙަޟްރަތަށް ތަޤްދީސުކޮށް ތަސްބީޙަ ދަންނަވައި އަޑުއެއްސެވިއެވެ. ކަނޑުގައިވާ މަސްމަހާއި މެއްސާއި، ބޮޑެތި ގާތަށްވެސް މާތް ﷲ ގެ ނަންފުޅު މަތިވެރިކޮށް ތަސްބީޙަ ދަންނަވާ އަޑު އިވިވަޑައިގެން އެކަލޭގެފާނުސް މާތް ﷲ އަށް ތަސްބީޙަ ވިދާޅުވާން ފެއްޓެވިއެވެ. އެކަމަށް އިޝާރާތްކުރައްވާ ކީރިތި ޤުރުޢާނުގެ އަންބިޔާއު ސޫރަތުގެ 87 ވަނަ އާޔަތާއި 88 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَذَا النُّونِ […]
ނިދާފައި އޮތް ރިޝްފާ ފެނުމުން ޒޭންގެ މޫނުމަތި ބަނަވެގެން ދިޔައީ ކަޅުފޮއި ރެއެއް ފަދައިންނެވެ. މިވަގުތު އެ މޫނު ފެނިއްޖެނަމަ ރިޝްފާ ދުނިޔެއިންވެސް މޮޔަ ވެދާނެއެވެ. ބިރުވެރި ސިފައެއްގައިވާ އެ މަޚްލޫޤު އައިސް ރިޝްފާގެ ގާތަށް ހުއްޓުނެވެ. އޭތީގެ އަނގުރު އަލިފާން ކޮޅެއް ކަހަލަ ދެލޮލުން ރިޝްފާގެ ހަށިގަނޑަަށް ބަލަމުން ދިޔައީ މިނިކާ ޖަނަވާރަކު ފަދައިންނެވެ. އޭތީގެ ހުޅުނބު ފަޅާފައިވާ ދެއަތުން ރިޝްފާގެ މުޅި ހަށިގަނޑުގައި ބީއްސަމުން ދިޔައިރު އޭތީގެ އަނގައިން ކުރަކި އަޑެއް ލައްވަމުން ދިޔައެވެ. […]
ކުރީގެ އަދަދާއި ގުޅޭ: “ވިލްދާން.. އެެެެެެެެކަމަކު އެއްވެސް ކުއްޖެއް ބޭނުމެއް ނުވާނެ އަހަންނާ ފްރެންޑްވާކަށް..” ވިިިިިިިލްދާން ހީކުރީ ސިިިިިތާރާ ސަމާސާކުރީކަަަަަަަމަށެވެ. “ވައި ނޮޓް؟ ސިތާ ސީރިޔަސްކޮށް ފްރެންޑްވާން ބޭނުމޭ.. މާ އެކަނި އިންނާތީ ފެނިގެން މިއައީވެސް..” ސިތާރާ ހީލަމުން ދެފައިދެފަރާތަށް ހަލުވަންފެށިއެވެ. “އެއީ ކްލާހުގައިވެސް އަހަންނާއި ވާހަކަ ދައްކާނެ ކުއްޖަކު ނުވާތީ.. އަހަރެންގެ ނުހުންނާނެ އެއްވެސް ފްރެންޑެއް..” ފުންނޭވައެއް ދޫކޮށްލަމުން ސިތާރާއާ ދިމާއަށް ބަލާލުމަށްފަހު ވިލްދާން ބުނެލިއެވެ. “އެހެންތަ؟. އެކަމަކު ސިތާ މީ އެހެންކުދިން ކަހަލަ މީހެއްނޫނޭ.. […]
ކުއްލިއަކަށެވެ. ކޮޓަރީގެ ފާހާނާ ހުޅުވުނެވެ. ފާހާނާއިން ނިކުތް ފިރިހެން މީހާ ފެނުމުން އަވްލީންގެ ބޮލަށް އެނބުރުން ނޭރީ ކިރިޔާއެވެ. ކަޅު ކުލައިގެ ސޯޓުބުރިއެއްގައި ހުސްގަޔާ އެހެރީ ހަމަ އޭނާއޭ އަވްލީންގެ ހިތް ބުނަމުން ދިޔައެވެ. ދިހަ އަހަރު ފަހުންވެސް އެ ސޫރާއެއް އޭނާއަކަށް ނޯޅޭނެއެވެ. އަވްލީންގެ ލޮލަށް ބޮނޑިވި ކަރުނަތަށް އެއްވެސް އިޙްތިޔާރަކާ ނުލާ ކޯތާފަތްމަތީގައި ބޮސްދޭން ފެށިއެވެ. ދޮރުމަތީގައި ހުރި ފިރިހެން މީހާއާ ދިމާލަށް އޭނާ ދުއްވައިގަތެވެ. އެ ޒުވާނާގެ ތަނަވަސް މޭމަތީގައި އަވްލީން އޭނާގެ […]
“އައިމް ސޯ ސޮރީ އެރޭ ނުދެވުނީމަ. ވަރަށް ބޮޑު ކަންތައްގަނޑެއް ހިނގައިގެން… އެކަމު މިހާރު ހުރިހާ ކަމެއް ހަމައަކަށް އެޅިއްޖެ. އޭތް، އެއެއް ނޫނޭ… ކީއްވެތަ ފޯނު ނުނެގީ؟ ހާދަ ވަރަކަށް ގުޅީމޭ. ފޯނު އޮތީ ނިވާ…ލާފަ…” ޔަޝަލްގެ ފަތިވަރު މެދުކަނޑައިލީ ޖީލާން އޭނާއަށް ބަލަން ހުރި ގޮތް ފެނިފައެވެ. “އައިމް ސޮރީ… ތީ ކާކު؟…” ************************** ކަންފަތް ފަޅައިގެންދާހާ ބާރަށް ޖެހި ގުގުރިއާއި، ފަހަތުން އައި ވިދުމާއެކު ބޯކޮށް ވާރޭ ވެހިގަތެވެ. ތެމި ފޯވިއިރުވެސް ޔަޝަލް […]
އިރު އަރާ ގަޑިކަމަށް ވުމުން އުދަރެސް ވަރަށް ރީތިކޮށް ފެންނަމުންދެއެވެ. އެއްކޮޅުން އަނެއްކޮޅަށް ފަތަމުން ދިޔަ އަރުޝް އަޑިއަށް ފީނާލުމަށްފަހު ބޯ ފެންގަނޑުން މައްޗަށް ނެގިވަގުތު ގޮނޑު ދޮށުގައި ތެލި ދޮންނަމުންދިޔަ ކުއްޖާއަށް ހާއްސަ ސަމާލުކަމެއް ދެވުނެވެ. ކައިރިން ބަލާލުމަށްޓަކައި ފަތަމުން ދިހަވަރަކަށް ފޫޓް ދުރުގައި ހުރެ ބަލައިލިއެވެ. އަރުޝްގެ ހިތް ތެޅެންފެށީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ. އެ ރީތި ދޮންމޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. އެކުއްޖާގެ ސަމާލުކަން އޭނާ ކުރަން އިތް މަސައްކަތަށް ހުއްޓިފައި ވާއިރު މީހަކު […]
ހަނާ ދިޔުމުން ރިޝްފާވެސް ކޮޓަރިއަށް ދިޔައީ ކޮންމެވެސް ވަރަކަށް ނިދިއައިސްފައި ހުރީތީއެވެ. އެތެރެއަށް ވަދެ ދޮރު ލައްޕާލުމަށްފަހު ގޮސް އެނދަށް އެރި ރިޝްފާގެ ކަންފަތުގައި މަޑު މިޔުޒިކެއްގެ އަޑު ޖެހުނެވެ. ނޭނގޭ ހިތް ލަންބުވާފަދަ މިއުޒިކްގެ އެ އަޑު އަންނަނީ ކޮޓަރި ބެލްކަންޏާއި ދިމާލުންނެވެ. ރިޝްފާއަށް އެނދުން ތެދުވެގެން ގޮސް ބެލްކަނީގެ ދޮރު ކަހާލުމަށްފަހު ބޭރަަށް ނިކުމެ ވަށައިގެން ނަޒަރު ހިންގާލެވުނެވެ. އެވަގުތު ޖެހިގެން ހުރި ގޭގެ ބެލްކަނީގައި ގިޓައެއް ހިފައިގެން ހުރި ރީތި ޒުވާނާ ރިޝްފާގެ […]