Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 29

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
August 4, 2018 7 Mins Read
18 Comments

ލޮލަށް ފެނިގެން ދިޔަ މެސެޖުތަކުން ޔޫހާންގެ ދެ ބުމަ ގޮށްޖެހިގެން ދިޔައިރު އަތް ވެސް ވަނީ މުއްކެވިފައެވެ. އައިލީން އެހެން ފިރިހެނަކާއެކު އެހާ ގާތުގައި ވުމުން ޔޫހާންގެ ހިތަށް ތަދުވިއެވެ. ފުރަތަމަ އެ ފޮޓޯތައް ފެނުމާއެކުވެސް އޭނައަށް އާދެވުނީ ރުޅިއެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ލޯބިވާ ފަރާތް އެހެން މީހަކާއެކު އެފަދަ ގޮތެއްގައި ފެނުމުން ވާނީވެސް އެހެންތާއެވެ. އެކި ކަހަލަ ވަސްވާސްތަކުން ޔޫހާންގެ ސިކުނޑި ދިޔައީ ފުނިޖެހެމުންނެވެ. ތިން ހަތަރު ފަހަރު އޭނަ އެ ފޮޓޯތައް އެގޮތުގައި އިނދެ ބެލިއެވެ. ހިތުގެ ކަނަކުން އެއީ ހަގީގަތް ނޫން ކަމުގައި ބުނަމުން ދިޔައިރު ސިކުނޑި ދިޔައީ އެކަން ދޮގު ކުރަމުންނެވެ. ޔޫހާން ހަމަޖެހިލުމުގެ ގޮތުން ފުން ނޭވައެއް ދޫކޮށްލިއެވެ. އައިލީން އޭނަ ދެކެ ހަގީގީ ލޯބިވެއެެވެ. ވީއިރު އެފަދަ ކަމެއް އައިލީން ކޯށްފާނެ ހެއްޔެވެ؟ އޭނައަށް ބޭވަފާތެރިވެދާނެ ހެއްޔެވެ؟ މިފަދަ ޚިޔާލުތަކުގައި އިނދެ ދެން އައިސްފައި ހުރި މެސެޖުތައް ބަލާލިއެވެ. މިއަދު އާޓިފިޝަލް ބީޗްގައި ނެގި ދެ ފޮޓޮއެއް އައިލީން ފޮނުވާފައިވީއިރު އެ ހަ އެކުވެރިން ހަދާފައިވާ ވައިބާރ ގުރޫޕަށް އިފާން އެ ފަސް މީހުން ގުރޫޕްކޮށް ނަގާފައިވި ހަތަރު ފޮޓޯ ފޮނުވާފައިވެއެވެ. ޔޫހާންއަށް އެ ފޮޓޯތަކުން އެއް ކަމެއް އަޅައިގަތެވެ. އެ ނުދަންނަ ނަމްބަރުން ފޮނުވި ފޮޓޯތަކުގައިވެސް އައިލީން ލައިފައި ހުރީ ހަމަ އެ ހެދުމެވެ. އެ ފޮޓޯ ތަކަކީ ހަމަ އަސްލަށްވެސް ހަގީގަތެއްބާއެވެ. ފޮޓޯތައް ބަލާލައިފާ އެއީ އެޑިޓްކޮށްފައިވި ފޮޓޯ ތަކެކޭ މީހަކު ނުބުނާނެއެވެ. ޔޫހާންގެ ސިކުނޑިއަށް މިފަހަރުވެސް ތަފާތު އެކި ޚިޔާލުތައް ވެރިވަމުން ދިޔައެވެ. ޔޫހާން އެ ފޮޓޯތައް ފޮނުވާފައިވި ނުދަންނަ ނަމްބަރަށް ފަސްވަރަކަށް ފަހަރު ގުޅިއެވެ. އެހެނަސް ފޯނަކަށް ޖަވާބެއް ނުދިނެވެ. އެންމެ ފަހުން އޭނާ އައިލީންގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. ދެ ފަހަރު ގުޅި އިރުވެސް އައިލީން ހުރީ ކޯލް ވެއިޓިންގައެވެ. ޔޫހާން އިތުރަށް ހިތްހަމަނުޖެހޭ ގޮތް ވިއެވެ. އައި ރުޅީގައި ފޯނުވެސް އެނދު މައްޗަށް އެއްލާލިއެވެ. އިޝާ ނަމާދުގެ ބަންގީގެ އަޑު އިވުމާއެކު ޔޫހާން މިސްކިތަށް ދިއުމަށް އަވަސްވެގަތެވެ.

” ހެލޯ ލީން… ” އައިލީން ފޯނު ނެގުމާއެކު އެކޮޅުން ބުނެލިއެވެ. އެއާއެކު އައިލީންއަށް އެއީ ކާކުކަން އެނގުނެވެ. ދިނާޖު ފިޔަވައި އިތުރު އެހެން މީހަކު އޭނައަކަށް ލީން އެއް ނުކިޔާނެއެވެ. އައިލީންއަށް ކޮޅަށް ތެދުވި ގޮތަށް ހުރެވުނީއެވެ. ”އައިލީ ކާކު؟ ” ޝައުނާ އައިލީންގެ ކޮނޑު މަތީގައި އަތް ބާއްވާލަމުން އަހާލިއެވެ. ” އޯ ލީން… ޓެލް ދެމް… މީ ލީންގެ ލޯބިވާ ދިނާޖު އޭ… ” މަލާމާތް އެލުލެވިގެންވީ ރާގެއްގައި ދިނާޖު ބުނެލިއެވެ. ” ވަޓް ނޯންސެންސް… ކިހިނެއްް ވެގެންތަ ތި އުޅެނީ… ކީއްވެތަ އަހަންނަށް ޖެއްސުންތި ކުރަނީ… ” އައިލީން ރުޅި އައިސްފައި ހުރެ ބުނެލިއެވެ. ” އައިލީ ކާކުތަ؟ ” ރިފްޝާ އައިސް އައިލީންގެ ކުރިމަތީގައި ހުއްޓިލަމުން ބުނެލިއެވެ. ” ދިނާޖު… ” އައިލީން ޖަވާބުގައި ބުނެލިއެވެ. ” ވަޓް… ހައު ޑެއަރ އީޒް ހީ ޓު ކޯލް ޔޫ… ” ރިފްޝާއަށް އައި ރުޅިން އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ރިފްޝާ އެހެން ބުނި އަޑުއިވުމުން ދިނާޖު ނުލަފާ ވައްތަރަކަށް ހީނގަތެވެ. ” އައިލީ… ފޯނު ކަނޑާލާފަ ބްލޮކް ކޮށްބަލަ އޭނަ ނަމްބަރު… ” ރިފްޝާ އެހެން ބުނުމާއެކު އައިލީން ފޯނު ކަނޑާލަން އުޅުނެވެ. ފޯނު ކަނޑާލަން އުޅުނު އައިލީން ހުއްޓުނީ ދިނާޖު ވާހަކަ ދެއްކުމުންނެވެ. ” ލީން… ފޯނު ކަނޑާލާފަ ބްލޮކް ކޮށްފިއްޔާ އެރޭގެ ވާހަކަ އަހަރެން ޔޫހާންއަށް ކިޔައިދޭނަން… މިއަދު އާޓިފިޝަލް ބީޗްގަ ކަންތައްވީ ގޮތްވެސް ބުނާނަން… ލީންއަށްވެސް އެނގޭނެ ދެން އަހަރެން ކިޔައިދޭ އިރު ކޮންމެވެސް ވަރެއްގެ ބަދަލެއްވެސް އަންނާނެކަން… އައި ނޯ ހީ އިޒް ޔުއާ ބޯއިފްރެންޑް… އެން އޭނަ މިހާރު ހުރީ ރ އުނގޫފަހަރުގަ ކަންވެސް އިނގޭ… ޔޫހާންގެ ފޯނު ނަމްބަރުވެސް އަހަރެންގެ އަތުގަ އެބެއް… ސޯ މިހާރުވެސް އޭނައަށް ގުޅާލަފާނަން… ހަހަހަ… ” މަލާތުގެ ރާގަކަށް ހިނގަނޑެއް ޖަހާލަމުން ދިނާޖު ބުނެލިއެވެ. ”ނޫން… ދިނާޖު ނުބުނާތި ޕްލީޒް… ” އަވަސްވެފައިވި ހިތަކާއެކު އައިލީން ބުނެލިއެވެ. ރިފްޝާ އާއި ޝައުނާ ހުރީ ވާނުވާގައެވެ. ”ތިހެންވީރު އަހަރެން ބުނާ ކަމެއް ލީން އެބަޖެހޭ ކުރަން… އޯކޭ… އޭރުން އަހަރެން ޔޫހާން ގާތު އެކައްޗެއްވެސް ނުބުނާނަން… ” ވިސްނުންތެރިކަމާއެކު ދިނާޖު ވާހަކަ ދައްކަމުން ދިޔައެވެ. ” ކޮން… ކޮންކަމެއް… ” އައިލީން ހާސްވެފައިހުރެ އަހާލިއެވެ. ދިނާޖު ކޮންމެ ފަދަ ކަމަކުވެސް ބުނެފާނެއެވެ. ދިނާޖު އަކީ ކިހާވަރެއްގެ މީހެއްކަން އޭނައަށް ވުރެ ރަނގަޅަށް އިނގޭނީވެސް ފަހެ ކާކަށް ހެއްޔެވެ؟ ” ވެން އެވާ އައި ކޯލް ޔޫ ޔޫ ހޭވް ޓު އާންސާ… މެސެޖު ކުރީމަ ރިޕްލައި ކުރަންވާނެ… އޯކޭތަ… ހަހަހަ… ” މިފަހަރުވެސް ދިނާޖު ވާހަކަ ނިންމާލީ މަލާމާތުގެ ހިނިގަނޑަކާ އެކުއެވެ. އައިލީންއަށް އޭނަގެ އަތް މުއްކަވާލެވުނެވެ. ދިނާޖުގެ ސޫރަވެސް އޭނަ ދެކެން ބޭނުންނުވާއިރު ގުޅާ ކޮންމެ ފަހަރަކު ވާހަކަ ދައްކާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ދިނާޖުގެ އަޑު އޭނަގެ ކަންފަތަށް އިވުނަސް ހަނދާންވެގެން ދަނީ ދުވަހަކުވެސް ހަނދާންކުރަން ބޭނުންނުވާ ހަނދާންތަކެކެވެ. ” އޯކޭ… ” އިތުރު ގޮތެއް ނެތުމާއެކު އައިލީން އެއްބަސްވިއެވެ. ” ގުޑް ގާލް… ބާއި ފޯ ނައު… އައި ވިލް ކޯލް ޔޫ ލޭޓާރ… އަހަރެންގެ ލޯބިވާ ލީން… ހެހެހެ… ” ދިނާޖުގެ ވާހަކަ ދެއްކުން ހުރި ގޮތުން އައިލީން ހުރީ ރުޅިގަދަވެފައެވެ. ދިނާޖު ފޯނު ބޭއްވުމާއެކު އައިލީން ފުން ނޭވައެއް ދޫކޮށްލިއެވެ. ހީވަނީ މިއޮއް ހުރިހާއިރު ނޭވާާ ނުލައި ހުރިހެންނެވެ. ”އައިލީ ކީއްވެތަ ބްލޮކް ނުކުރީ… ބްލޮކް ކޮށްލީމަ އޭނައަކަށް އުނދަގުލެއް ނުކުރެވޭނެ އެއްނު… ” ނުރުހުންތެރިކަން އެކުލެވިގެންވީ ރާގެއްގައި ރިފްޝާ ބުނެލިއެވެ. ” ކިހިނެއްތަ އަހަރެން އޭނަގެ ނަމްބަރު ބްލޮކް ކުރާނީ… ބްލޮކް ކޮށްފިއްޔާ އެރޭގެ ވާހަކަ އަދި މިއަދު އާޓިފިޝަލް ބީޗްގަ ހިނގި ކަންތައްވެސް އޭނަ ޔޫހާންއަށް ކިޔައިދޭނެ…” އައިލީން ޖަވާބުގައި ބުނެލިއެވެ. ”ދެން ކޮބާ މައްސަލައެއް… ލެޓް ހިމް ޓެލް… އެއިން އެއްވެސް ކަމެއްގަ އައިލީގެ ފޯލްޓެއް ނެތެއްނު… ޚުދު ދިނާޖު ޔޫހާންއަށް ކިޔައިދިނީމަ މާ ރަނގަޅެއްނު… އެއްވެސް މިސްއަންޑަސްޓޭޑިން އެއް ނުއުފެދޭނެ އެއްނު… ” ހިތްހަމަ ނުޖެހިފައިވި ރާގެއްގައި މިފަހަރުވެސް ރިފްޝާ ވާހަކަ ދެއްކިއެވެ. ” ޕިސް… ރިފޫއަށް ހީވޭތަ ދިނާޖު އެ ހުރިހާ ވާހަކައެއް ކިޔައިދޭނީ ތެދުތެދަށްހެން… އޭނަ ދެންމެ ބުނަންވެސް ބުނި އުނިއިތުރު ގެނެސްގެނޭ އޭނަ ޔޫހާންއަށް ކިޔައިދޭނީ… އެހެން ނޫނަސް ދިނާޖު ތެދުތެދަށް ނުކިޔައިދޭނެކަން އިނގެއެއްނު… އޭނަ އަހަންނަށް ރަނގަޅަކަށް ކަމެއް ނުކުރާނެ… ދިނާޖު ބޭނުންވާނެއެއްނު އަހަރެންގެ ފަރާތުން ބަދަލުހިފަން… ކުރިންވެސް އޭނަ ބުންޏެއްނު އޭނަ އަދި އެނބުރި އަންނާނަމޭ… ބަދަލު ހިފާނަމޭ… އެހެން މީހެއްގެ ފަރާތުން ޔޫހާންއަށް އިނގިއްޖިއްޔާ މާ ހާޓް ވާނެ… އެހެންވެ އަހަރެން އަމިއްލައަށް ޔޫހާން މިކޮޅަށް އައިހާ އަވަހަކަށް އެކަން ހިއްސާކުރާނަން… އޭރުން އަހަރެމެން ދެމީހުންގެ ދެމެދުގަ މިސްއަންޑަސްޓޭންޑިން އުފެދޭނެ އިތުރު ރީޒަންއެއް ނޯންނާނެ… އެކަމަކު… ” އެނދުގައި އައިސް އިށީންނަމުން ވާހަކަ ދައްކަމުން ދިޔަ އައިލީން ވަކި ހިސާބަކުން ހުއްޓުނެވެ. ” އެކަމަކު ކިހިނެއްވީ އައިލީ… ” އައިލީންގެ ގާތު އެނދުގައި އައިސް އިށީންނަމުން ޝައުނާ އަހާލިއެވެ. ”އެކަމަކު… ދިނާޖު ނުބުނާނެ ކަމެއް ނޭނގެއެއްނު ޔޫހާން ގާތު… ދިނާޖުއަކަށް އިތުބާރެއް ނުކުރެވޭނެ… ” ކަންބޮޑުވުން އެކުލެވިގެންވީ ރާގެއްގައި އައިލީން ބުނެލިއެވެ. ” އެކްޒައިކްޓްލީ.. ދެން މިހާރު އައިލީ ބުނެބަލަ ޔޫން ގާތު… ” އުނަގަނޑުގައި ދެއަތް އަޅުވާލަމުން ރިފްޝާ ބުނެލިއެވެ. ” ނޫން… ޔޫހާން މިކޮޅަށް އައިމަ ބުނާނީ… މިހާރު ޔޫހާން ކުރިއަށް އެ ގެންދާ ޕްރޮޖެކްޓް އެއީ ވަރަށް ބޮޑު އެހާމެ މުހިއްމު ޕްރޮޖެކްޓެއް… މީ ޔޫހާންގެ ފުރަތަމަ ޕްރޮހެކްޓް… ޔޫހާންގެ ބައްޕަ ޔޫހާންއަށް ހާދަ އިތުބާރުކޮށް އުއްމީދާއެކު އޭ އެހާ މަދު ދުވަސްކޮޅެއްގެ ތެރޭގަވެސް އެހާ މުހިއްމު ޕްރޮޖެކްޓެއް އެ ހަވާލުކުރީ… އެހެންވީމަ އަހަރެން ބޭނުމެއް ނޫން ޔޫހާންގެ މަސައްކަތަށް ބުރުއަރާ ފަދަ އެއްވެސް ވާހަކައެއް ދައްކާކަށް… ޔޫހާންގެ ފުލް ކޮންސެންޓްރޭޝަން އޭނަގެ މަސައްކަތަށް ދޭން މިވަގުތު އަހަރެން ބޭނުންވަނީ… ދިނާޖުގެ އުނދަގޫ އެގޮތަށް ފޯރާ ވާހަކަ ބުނެފިނަމަ ޔޫހާން އެކަމަށް މާ ބޮޑަށް ސަމާލުކަން ދޭނެ… މިކޮޅަށް އައިމަ އަހަރެން ޔޫހާންއަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން… ޔޫހާން އަންނަންދެން ދިނާޖު ކުރާ ކޮންމެ ކަމަކަށްވެސް އަހަރެން ޖެހޭނީ ކެތްތެރިވާން… އައި ވިލް ވެއިޓް ފޯ ހިމް… ” ސާބިތުކަމާއެކު އައިލީން ބުނެލިއެވެ. ޝައުނާ އައިލީންގެ ކޮނޑުގައި އަތްލުމަށްފަހު އައިލީންއަށް ބަލައިލީ އެކުވެރިޔާއަށްޓަކައި ފަޚުރުވެރިވަމުންނެވެ. ލޮއެބަށްޓަކައި އައިލީން ހުރީ ދިނާޖުގެ ކޮންމެ އަމަލެއްވެސް ބަރުދާސްތުކުރުމަށް ތައްޔާރަށެވެ. އެހެން ކަމަކަށްވުރެ ބޮޑަށް އައިލީން މިވަގުތު ބޭނުންވަނީ ޔޫހާންއަށް ކާމިޔާބު ލިބުމެވެ. ޔޫހާންގެ މަސައްކަތް ފުރިހަމަކަމާއެކު ނިންމާލުމެވެ. ”ސޮރީ އައިލީ… ތަންކޮޅެއް ރޫޑްކޮށް ވާހަކަ ދެއްކުނީމަ…” ރިފްޝާވެސް އައިސް އައިލީންގެ ކޮނޑުގައި ބޯ އަޅާލަމުން ބުނެލިއެވެ. ” ހެހެހެ… އިޓްސް އޯކޭ…” ލުއި ހުނުމަކާއެކު ރިފްޝާގެ މޫނުގައި ފިރުމާލަމުން އައިލީން ބުނެލިއެވެ.

ނަމާދުން ނިމިގެން އޭނަ އުޅޭ ގެސްޓު ހައުސްއަށް ދިޔުމަށް ޔޫހާން މިސްރާބު ޖެހިއެވެ. ކޮޓަރިއަށް ވަދެ އެންމެ ފުރަތަމަވެސް އެނދު މަތީގައި އޮތް އޭނަގެ ފޯނު ނެގިއެވެ. އޭރު އައިލީން ތިން ފަހަރު ގުޅާފާ އޮތެވެ. ޔޫހާން އައިލީންގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. ” ކާކުގެ ފޯނެއްގަ ހާދަ ގިނަ އިރު ހުރީ… ” އައިލީން ފޯނު ނެގުމާއެކު ޔޫހާން އަހާލިއެވެ. ” އެއީ… ދޮންބެ… ދޮންބެގެ ކޯލްއެއް… ” ވަރަށް އުނދަގުލުން ނަމަވެސް އައިލީން ޖަވާބު ދިނެވެ. މިވީހާތަނަށް އަދި އައިލީން ދުވަހަކުވެސް ޔޫހާންއަކަށް ދޮގެއް ނުހަދައެވެ. އެއްވެސް ކަމެއް އޮޅުވާލާފައެއްނުވެއެވެ. އެހެނަސް މިއަދު ޔޫހާންއަށް ރަނގަޅަކަށް އައިލީން އެކަންވެސް ސިއްރުކުރީއެވެ. ” މިއަދު އާޓިފިޝަލް ބީޗަށް ގޮސް ކީއްތަކުރީ އެންމެން… ” އެކިއެކި ވާހަކަ ދައްކަމުން ގޮސް ޔޫހާން އަހާލިއެވެ. ”މިއަދު… އައިސް ކްރީމް ކެއީ… ދެން އެތަނުގަ ވާާހަކަ ދައްކާލަން ތިބީ… ދެން ފޮޓޯވެސް ނެގިން… ޔޫހާންއަށް ފޮނުވިން… ފޮޓޯތައް ނުބަލަންތަ… ” އައިލީން ބުނެލިއެވެ. ” ބެލިން… މިދެން ހަމަ އަހާލީ އަހަރެން ނުލައި އެންމެން ކީއްކުރީތޯ… އިތުރު އެއްވެސް ކަމެއް ނުކުރަންތަ… ” ޔޫހާން ދެވަނަ ފަހަރަށްވެސް އަހާލިއެވެ. ” ހޫމް… ކިހިނެއްވީ… ކަމަކާ ހިތްހަމަނުޖެހިފަތަ… ” ޔޫހާންގެ ވާހަކަ ދެއްކުމުގައި ތަފާތުކަމެއް ވާހެން އައިލީންއަށް ފާހަގަކުރެވުމުން އަހަން ނާހަން ހުރެފައިވެސް އަހާލިއެވެ. ” ވަރަށް ބަނޑުހައިވެފަ މިހުރީ… ކާން މިދަނީ… ފަހުން ގުޅާނަން.. އޯކޭ… ” އައިލީން ކުރި ސުވާލަށް ޖަވާބު ދިނުމެއްނެތި ޔޫހާން ބުނެލިއެވެ. ” ޔޫހާން… އީޒް އެވްރިތިން އޯކޭ… ” އައިލީން ދެވަނަ ފަހަރަށްވެސް ބުނެލިއެވެ. ”އެވްރިތިން އީޒް އޯލް ރައިޓް އައިލީ… ލަވް ޔޫ ބާއި… ” ޔޫހާން މިހެން ބުނުމުން އައިލީންވެސް ލަވް ޔޫ ޓޫ އޭ ބުނެލިއެވެ. އެއާއެކު ޔޫހާން ފޯނު ކަނޑާލިއެވެ. ޔޫހާންގެ ވާހަކަ ދެއްކުން ހުރި ގޮތުން އައިލީން އަދިވެސް ހުރީ ސުވާލު އުފެދިފައެވެ. މާބޮޑަށް ބަނޑުހައިވެފައި ހުރުމުން ވީގޮތެއް ކަމަށް ބަލާ އައިލީން ހިތްހަމަ ޖައްސާލިއެވެ.

” މަންމާ… އަޅުގަނޑަށް ހީވަނީ ވަރަށް އަވަހަށް މިގެއަށް އިތުރު ކުއްޖަކު އިތުރު ވެދާނެހެން… މިބުނީ ފާން ވަރަށް އަވަހަށް ފެމެލީއަށް ކުއްޖަކު އިތުރުކޮށްދޭނެ ހެން ހީވޭ ވަރަށް ފެންނަ މަންޒަރުތަކުން… ” ހާމިދު އާއެކު އައިސް ކާ މޭޒު ދޮށުގައި އިށީން އިފާންއަށް އެއް ލޯ މަރާލަމުން ލާނެއް ހިނިތުންވުމެއް ވެރިކުރުވަމުން އޭނަގެ ކުރިމަތީގައި އިން އިރުފާން ބުނެލިއެވެ. އިރުފާން އެހެން ބުނުމާއެކު އިފާންގެ ދެ ލޯ ދިޔައީ ބޮޑުވެގެންނެވެ. އޭރު އެންމެންގެ ނަޒަރުތައް ވަނީ އޭނައަށް ހުއްޓިފައެވެ. ” ފާން… ދޮންބެ އެ ބުނީ ތެދެއްތަ… ދޮންބެ ދައްތައަށް އަންގާވެސް ނުލަމެއްނު… ” އިފާންއަށް ބިއްލޫރި ތައްޓަކަށް ފެން އަޅަން ހުރެ ރައިފާ ބުނެލިއެވެ. ”ދަރިފުޅާ… ދޮންބެ އެ ބުނީ ތެދެއްތަ… ” އުފާވެރި މޫނަކާއެކު ނާޒިމާ އޭނަގެ ދަރިފުޅު ގާތު އަހާލިއެވެ. ”މަންމާ… ދޮންބެ… ދޮންބެ ކިޔާނެ އެކަހަލަ އެއްޗެހި… އަޅާނުލާ… ” ވާނުވާ ކަމަށް ހެދެމުން އިފާން ބުނެލިއެވެ. ” މަންމާ… އަޅުގަނޑު މި ބުނަނީ ތެދެކޭ… އަޅުގަނޑު ދެކުނީމޭ ފާން އެކުއްޖަކާއެކު މިއަދު އާޓިފިޝަލް ބީޗް އިން… ” އިރުފާން އިފާންއަށް ބަލާލަމުން ލާނެއް ހިނިތުންވުމެއް ވެރިކުރުވަމުން ބުނެލިއެވެ. އިފާންއަށް މިފަހަރުވެސް ދެ ލޯ ބޮޑުކޮށްލެވުނެވެ. ބައްޕަވެސް ދެކުނިން ކުރިން ރެއަކު ދަރިފުޅު ކޮންމެވެސް އަންހެން ކުއްޖަކާއެކު… ” ބައްޕަ ބުނެލި އެއްޗަކުން އިފާންއަށް ލިބުނު ސިހުން ދިޔައީ އިތުރުވެގެންނެވެ. އޭނައަށް ދެން ސަލާމަތެއް ނެތްކަން އިނގުމާއެކު ބޮލުގައި އަތް ހިނގާލެވުނެވެ. އެއާއެކު އެންމެންގެ ހިނިގަނޑު ދިޔައީ ފަޅާއިގެންނެވެ. ” ދަރިފުޅާ… އެހެންވީމަ ބައްޕައަށާ ދޮންބެއަށް މި ބުނެވުނީ ހަމަ ރަނގަޅަށް ދޯ… ކޮންއިރަކުންތަ ދަރިފުޅު އެކުއްޖެއް ބައްޕަމެނަށް ތަޢާރަފުކޮށްދޭނީ… ” ހިނިތުންވެލަމުން ހަމީދު އޭނަގެ ހަގު ދަރިފުޅާ ވާހަކަ ދެއްކިއެވެ. ކޮންމެ މީހަކުވެސް ރިފްޝާ އާއި ބެހޭގޮތުން އެކިއެކި ސުވާލުތައް ކުރަމުން ދިޔައެވެ. އިފާން އެމީހުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށްފަހު ވަރަށް އަވަހަށް ރިފްޝާ އެމީހުނާ ބައްދަލުކުރުވާނެ ކަމުގައި ބުނެލިއެވެ. ކޮންމެ މީހެއްގެ މޫނު މަތިންވެސް ފެންނަމުން ދަނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އެފަދަ އުފާވެރި މާހައުލެއްގައި ތިބެ އެންމެވެސް ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔައެވެ.

ކައިގެން އައިސް ލެޕްޓޮޕުން ޕްރޮޖެކްޓްގެ މަސައްކަތެއް ކުރަން އިން ޔޫހާން މޭޒު މަތީގައި އޮތް ފޯނަށް ވައިބާއިން މެސެޖެއް އައި އަަޑު އިވުމާއެކު ފޯނު ނަގައި ބަލައިލިއެވެ. ” އައިލީން އީޒް ޗީޓިން އޮން ޔޫ… ސީ ދަ ޕިކްޗާސް އައި ސެންޓް… އަދި ޔޫހާން ދިޔަތާ މިވީ ދެ ދުވަސް… އެހެރީ އައިލީން އުޅޭ ގޮތް… ޝީ ޑަޒަންޓް ލަވް ޔޫ… ޝީ އިޒް ހޭވިން އެފެއާރް ވިތް ސަމްވަން އެލްސް… މީ ޔޫހާންއަށް ހެޔޮ އެދޭ ފަރާތެއް ކަމަށް ހީކޮށްލާ… ” ކުރިންވެސް ފޮޓޯތައް އެ ފޮނުވި ނުދަންނަ ނަމްބަރުން ފޮނުވައިފައިވި މެސެޖު ވަރަށް ފަރުވާތެރިކަމާއެކު ޔޫހާން ކިޔާލިއެވެ. ޔޫހާން އެމީހަކު އޮން ލައިންގައި އިނުމުން އަވަސް އަވަހަށް އެ ނަމްބަރަށް ގުޅާލިއެވެ. އެހެނަސް އެކޮޅުން ފޯނު ކަނޑާލީއެވެ. ” އިފް ޔޫ ވޯންޓް ޓު ޓޯކް ޔޫ ކޭން ސެންޑް މެސެޖު… ގުޅާއިގެން ވާހަކައެއް ނުދެއްކޭނެ… ” ފޯނު ކަނޑާލުމަށްފަހު އެ މީހަކު ފޮނުވި މެސެޖުގައި ވަނީ އެހެންނެވެ. އެއަށްފަހު އޮފް ލައިން ވިއެވެ. ޔޫހާން އިނީ ވިސްނަންވީ ކީކޭ ކަމެއްވެސް ނޭނގިފައެވެ. އެމީހަކަށް ގުޅާއިގެން ވާހަކަ ނުދެއްކެންވީ ކީއްވެ ހެއްޔެވެ؟ މެސެޖު ކުރެވިދާނެ ކަމަށް ބުނެ އޮފް ލައިން ވުމުން ޔޫހާން އެމީހެއްދެކެވެސް ހިތްހަމަ ނުޖެހުނެވެ. ޔޫހާންގެ ސިކުނޑީގައި ތަފާތު ސުވާލުތައް އުފެދެމުންނެވެ. އެމީހަކަށް އޭނަގެ ނަމްބަރު ލިބުނީ ކިހިނެއްބާއެވެ. އޭނަގެ މަޢުލޫމާތު އެމީހަކަށް ލިބުނީ ކިހިނެއް ކަމާމެދު ވިސްނަން އިން ޔޫހާން ސިހުނީ އޭނަގެ އަތުގައި އޮތް ފޯނު ރިންގުވުމުންނެވެ. ގުޅަމުން ދަނީ އައިހަމް ކަމުން ވަރަށް ހަމަޖެހިލަމުން ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ. ” ހެލޯ ޔޫން… ކޮބާ ކިހިނެއްތަ… ” ފޯނު ނެގުމާއެކު އައިހަމް އަހާލިއެވެ. ” ރަނގަޅު.. ދޮންބެ ކިހިނެއް… ” އައިހަމްއަށް ޖަވާބު ދިނުމަށްފަހު އޭނަގެ ހާލު ކިހިނެއްތޯ ޔޫހާންވެސް އަހާލިއެވެ. ” ދޮންބެވެސް ރަނގަޅު… ކިހިނެއް އޮފީހުގެ ކަންތައްތައް… އައިލީ ބުނި މީގެ ހަތަރު ދުވަސް ކުރިން ގުޅާލީމަ ޔޫން ވަރަށް ބޮޑު ޕްރޮޖެކްޓަކާ ހަވާލުވެގެން އުޅޭ ވާހަކަ… ކިހިނެއް ދަނީ އެ މަސައްކަތް… ދޮންބެ މިދުވަސްކޮޅު ބިޒީކަމުން ގުޅާ ނުލެވެނީ… އައިލީއަށްވެސް އަދި އެއައަށްފަހުން ގުޅާ ނުލެވޭ… ” އައިހަމް ބުނި އެއްޗަކުން ޔޫހާންގެ ނިތަށް ރޫތައް ޖަމާވިއެވެ. ހަތަރު ދުވަސް ފަހުން ނުގުޅާ ކަމަށް އައިހަމް ބުނި އިރު މިރޭ އައިހަމް ގުޅި ވާހަކަ އައިލީން އެ ބުނީ ކީއްވެ ހެއްޔެވެ؟ އައިލީން އޭނައަށް ދޮގު ހެދީ ތާއެވެ. އެހެންކަމަށް ވާނަމަ އޭރު އައިލީން ގުޅާއިގެން އެ ހުރީ ކާކަށްބާއެވެ. މިފަދަ ޚިޔާލުތަކަށް ގެއްލިފައިވި ޔޫހާން ސިހުނީ އައިހަމް ގޮވާލުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ކުށަކާނުލާ -ފުރަތަމަބައި-

Next

“ހިތް” ލޭ ކޮށެވިފައި……19

Next
August 4, 2018

“ހިތް” ލޭ ކޮށެވިފައި……19

Previews
August 4, 2018

ކުށަކާނުލާ -ފުރަތަމަބައި-

18 Comments!

  1. Stry Kiyaa Man says:
    August 4, 2018 at 1:58 pm

    Kiyaalafa comm eh kohlaanan.

    1. Anonymous says:
      August 4, 2018 at 2:07 pm

      Hurihaa kolahun vex bust viyy dhw.
      Masha allah stry v salhi.dhen kihineh baa vaane dhw.leen avahah e vaahaka kiyaa dhinun dhw ragalhu vaany.waiting 4 nw part.
      -salaam-???

    2. Ifoo ifoo says:
      August 6, 2018 at 4:31 pm

      Yahh… Hurihaa kolhakunvx bust vee ???… Thankyou so much ST Man ❤️❤️❤️?????????… Let’s see dhw vaagotheh ???… Now I have submitted the next part… Keep waiting dear ???…

  2. Navii says:
    August 4, 2018 at 2:21 pm

    Wow ??????… Hama Awesome….. Dhen vaany kihinei baa?… ????Curiously waiting for next and when next?

    1. Ifoo ifoo says:
      August 6, 2018 at 4:40 pm

      Navii ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… I’m glad that u liked it ???… Let’s see what happens next ???… Now I have submitted the next part… Keep waiting dear ???…

  3. Ifoo ifoo says:
    August 4, 2018 at 2:51 pm

    Salaam dear readers ???❤❤❤??????… Here is the 29th part ???… Hope all will like this part too… Im really sorry mi part ehaa lasvyma… Hama bxy kamun nuliyeveny… next part In Sha Allah mihaa gina dhuvas nukoh genesdheynan???… thankyou all for the support ❤❤❤??????…

  4. kiuntheriyaa says:
    August 4, 2018 at 4:27 pm

    dhen aily ehaa dhera nukohlahchey eyge 2 kudhin vaki nukuraathi maagina dhuvas nukoh thi jinaadh gandu bust kohlaathi vaahaka verah reethi waiting for next part

    1. Ifoo ifoo says:
      August 6, 2018 at 4:42 pm

      Kiyuntheriyaa ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… Let’s see what happens next ???… Now I have submitted the next part… Keep waiting dear ???…

  5. Someone says:
    August 4, 2018 at 6:42 pm

    Oooh nice as always..???v kiyaahithun kiyaalevunu..?????keep up the good work dear???watin for the next part???❤❤❤????

    1. Ifoo ifoo says:
      August 6, 2018 at 4:44 pm

      Someone ❤️❤️❤️… Haadha loabi colourful comment ekey ???❤️❤️❤️… Thankyou so much dear ❤️❤️❤️?????????… V v v ufaavehje story reethi v ma n kiyaahithun kiyaalyma ???… Now I have submitted the next part… Keep waiting dear ???…

  6. Naju says:
    August 4, 2018 at 9:25 pm

    Masha Allah vvvvvvvv furihama.. ❤❤❤❤ ifoo dear ur the best writer.. ???? I love it.. ???

    1. Ifoo ifoo says:
      August 6, 2018 at 4:46 pm

      Naju ❤️❤️❤️… Thankyou so much for the colourful Comment ❤️❤️❤️?????????… V v v v ufaavehje best writer ey bunelyma ??????❤️❤️❤️… I’m glad that u liked it ???… Thankyou so much for the support ???❤️❤️❤️… Now I have submitted the next part… Keep waiting dear ???…

  7. Shailaa says:
    August 4, 2018 at 9:36 pm

    Alhey that dhinaaj and naureen aa hedhi yoon and ailee ge life spoil vany dhw.
    So sad
    Aslu dhinaaj eii ailee nen rashah yoohaan men ai iru ailee rahtehi vegen ulhunu kuhja dhw
    Ekama dhw badhal hifan e ulheny
    Ailee yoon dheke loabi v ma
    Mee shailaa ah heevaagoiy
    Ailee ah dhera gothah nahadhahcheyvarah reethi mi part ves hama speechless
    When next part
    Curiously waiting

    1. Ifoo ifoo says:
      August 6, 2018 at 4:53 pm

      Shailaa ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… U might be right dear ???… Let’s see what happens… I have submitted the next part now… Keep waiting ???…

  8. Sima says:
    August 5, 2018 at 7:25 am

    Mashaa allah???

    1. Ifoo ifoo says:
      August 6, 2018 at 4:56 pm

      Sima ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… Now I have submitted the next part… Keep waiting dear ???…

  9. Lammi says:
    August 6, 2018 at 4:49 pm

    When is the next part dear??

    1. Ifoo ifoo says:
      August 6, 2018 at 4:58 pm

      Lammi ❤️❤️❤️… I have submitted the next part… Keep waiting dear ???…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 30←


All Right Reserved!