Skip to content
އެސްފިޔަ

ވަކިވީ ލޯބިން 1

ފިނިފިނި ވިއިރޯޅިތަކަށް ކިޔަމަންވެގެން ގަސްތަށް ދިޔައީ އެއް ރާގަކަށް ފަދައިން ނަށަމުންނެވެ. ވައިގަދަ ދުވަހެއް ނަމަވެސް މޫސުން ފުދޭވަރަކަށް އައްޔެވެ. އިރުގެ ރަން ދޯދިތަށް މޫދަށް އެޅިފައިވާލެއް ބަޔާން ކޮށްދެވޭ ވަރަށްވުރެ ފުރިހަމައެވެ.

” ކައެ މީ ވޯޓާ ޕްރޫފްއެއްތަ.” އެކުވެރިޔާގެ އައިފޯން އެކްސް ހާވަމުން ނިބާލް ބުނެލިއެވެ. އޭނާގެ އެކުވެރިޔާ ރިހާން ފޮނިވެލަމުން ބޯ ޖަހާލިއެވެ.” ހިނގާ ބަލާލަން މީގަ ހުރި ވޯޓާރ ޕްރޫފްކަމެއް” ލޯ ކުޑަކޮށްލަމުން ނިބާލް ދިމާކޮށްލިއެވެ. “އޭ ނޫން ކައެ އިއްޔަ ގަންއެއްޗެކޭ ތީ.” ރިހާން އޭނާގެ އަޑާ ރާގު އާދޭހުގެ ރާގަކަށް ބަދަލުކޮށްލީ ނިބާލް ހުއްޓުވުމަށްޓަކައެެވެ. “ކެރެންޏާ އައިސްބަލަ.” ރިހާންގެ ފޯނު އަތުލައިގަނެގެން ނިބާލް ދުއްވައިގަތެވެ.

ދުވެފައި ދިޔަ ބާރުމިނުގައި ނިބާލް ފުންމާލީ ފާލަން މަތިން މޫދަށެވެ. ފާލަމާއި ހިސާބަށް ގޮސްފައި ރިހާންގެ ފިޔަވަޅުތަށް މަޑުޖެހުނީ ފުންމާލަން ނުކެރުމުންނެވެ. “ހައްހައް. ރިހާން ދަ ބޮޑު ފިނޑި ގޮލާ.” މޫދު އަޑިން ބޯ ނަގަމުން ނިބާލް މަލާމާތް ކޮށްލިއެެވެ. ބަލި ގަބޫލުކުރަމުން ރިހާންވެސް ވެލިގަނޑު މަތިން ހިނގާފައި ގޮސް މޫދަށް އެރުނެވެ. ތަފާތު ވާހަކަ ތަކުގައްޔާއި ވޯޓާރ ޕްރޫފް ފޯނުން ފޮޓޯ ނެގުމުގައި މަސްއޫލުވެ ތިބުމަށްފަހު އެދެއެކުވެރިން ނިންމީ ފަތާ ރޭހެއް ޖަހާށެވެ. އެއްގަމުގައި ބަހައްޓާފައި ހުރި އެމީހުންގެ ދަބަސް ތެރެއަށް ފޯނުލަމުން ގޮގުލުސް ލޮލަށް ހެޔޮވަރުކޮށްލާފައި ރޭސް ފެއްޓިއެވެ.

އެ ސަރަހައްދަކީ މީހުން އާންމުކޮށް މޫދަށް އެރޭ ސަރަހައްދުކަމުން ފުދޭވަރަކަށް މީހުން އެތާނގާއި ހަރަކާތްތެރިވަމުން ދިޔައެވެ. ޙާއްސަކޮށް މިއަދަކީ ހުކުރު ދުވަހަށްވުމުން މޫދަށް އެރެން އައިސް އުޅޭ މީހުންގެ އަދަދު ގިނައީއެވެ. ރަށުގެ ކުދި ބޮޑު އެންމެން ދިޔައީ ފޯރި ނަގައި މަޖާ ކުރަމުންނެވެ.

ވަކި ހިސާބަކަށް ފަތާފައި ގޮސް ބިމުގައި ނިބާލްގެ ފައި ޖައްސާލީ ނޭވާ ކުރުވުމުންނެވެ. މޫދު އަޑިން ބޯ ނަގައި ބަލާލިއިރު އޭނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އޭނާގެ ކުރިމަތީގައި ގޮގުލްސް ބާލާލި އަންހެން ކުއްޖާގެ ސަބަބުންނެވެ. ހީވާގޮތުން އެކުއްޖާވެސް އެ އެރީ މޫދު އަޑިންނެވެ. ދެ ޒުވާނުންނަށް ތިބެވުނީ ނޭވާ އިހްސާސްވާހާ ކައިރީގައެެވެ.

ނޫކުލައަކަށް ދާ ލޮލަކާއި ގަދަ މުށިކުލައިގެ އިސްތަށުގަނޑެއްގެ ވެރި ފަތްމިންޏާ ދިމާލަށް ބަލަން ނިބާލްއަށް ހުރެވުނީއެވެ. މިއިީ ދުނިޔެމަތީގެ ކަމެއްބާއޭ ހިތަށް އެރިއެވެ. އެ އަންހެން ކުއްޖާގެ ދޮން ކަރުގައި އަޅާފައިވާ ފަށުގެ ފުލުގައި އިން ނަން ކިޔާލިއެވެ. “ހައިރާ.” މީހާއާ އެއްވަރަށް ރީތި ނަމެކޭ ނިބާލް ހިތާހިތުން ބުނެލިއެވެ.

ފިރިހެންވަންތަ އިސްތަށިގަނޑަކާއި ދޮން ހަނގަޑެއްގެ ވެރި ޒުވާނާ މާވަރަަކަށް ބަލަން ހުރުމުން ހައިރާއަށް އުނދަގޫވާގޮތްވިއެވެ. ދުރު ބަލަން މަސަތްކަތް ކުރިޔަސް އެކަން ކާމިޔާބެއް ނުވިއެވެ.

“ނިބާލޫ ކައެ ކިހިނެތްތަ ތިހެދީ މަގޭ ފަތަން ބަހައްޓާފަ ނައްޓާލީއޭ.” ފަހަތުން އައިސް ނިބާލްގެ ކޮނޑުގައި ޖަހާލީ ރިހާންއެވެ. ނިބާލްގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާ ފެނި ރީތި އަންހެންކުދިންނަށް މަރުދޭ ރިހާންގެ އަނގައިން ސޮނި ނުފޭބީ ކިރިޔާއެވެ. ފޭބި ނަމަ މަންޒަރު މާ ރީތި ނުވާނެކަން ޔަގީނެވެ.

“އޭނ. ހޫނ ހިނގާ ދެން ގެއަށް ދާން.” ހައިރާގެ ލޮލާ ނަޒަރު ވަކިކޮށްލަމުން އެއްގަމަށް އަރަންދާން ނިބާލް މިސްރާބުޖެހީ ވަރަށް ހާލުންނެެވެ. އިރުއިރު ކޮޅާ ފަސް އެނބުރި މޫދުގައި ބޯޅަ ކުޅެމުން ދިޔަ ހައިރާއަށް ބެލެނީ ، އޭނާ ނިބާލްގެ ހިތުގައި ޖެއްސި ޖާދޫގެ ސަބަބުން ކަންނޭނގެއެވެ.

( ނުނިމޭ)

Comments (13)

  1. Baby girl ❤

    Salhi..❤❤

    1. thuuuu
      Baby girl ❤

      thanks bb grl

  2. lau

    habeyx….keep it up

    1. thuuuu
      lau

      thank you lau dear

  3. eekko

    meika n William..nyyyc

    1. thuuuu
      eekko

      oh yeah..hehe thanks

  4. kwyn

    Mi part v.rythi keep it up dear waiting for the next episode

    1. thuuuu
      kwyn

      thanks..monday ah wait kohlachey

  5. Samm

    Whn nxt part….Btw nice stry❤?

    1. thuuuu
      Samm

      thank you samm..next prt on monday dear

  6. thuuuu

    hey guys im so late dhw.. anyways i hope you all like this stry..n komme friday monday
    + wednesday ehga new parteh genesdheynan insha allah

  7. yamikko

    thuuuu…..haadha las vany…School ga v v v busy dhw…hehehe

  8. aala

    vvvvv reethi vaahaka eh dhw???

Comments are closed.