ފިނިފިނި ވިއިރޯޅިތަކަށް ކިޔަމަންވެގެން ގަސްތަށް ދިޔައީ އެއް ރާގަކަށް ފަދައިން ނަށަމުންނެވެ. ވައިގަދަ ދުވަހެއް ނަމަވެސް މޫސުން ފުދޭވަރަކަށް އައްޔެވެ. އިރުގެ ރަން ދޯދިތަށް މޫދަށް އެޅިފައިވާލެއް ބަޔާން ކޮށްދެވޭ ވަރަށްވުރެ ފުރިހަމައެވެ. ” ކައެ މީ ވޯޓާ ޕްރޫފްއެއްތަ.” އެކުވެރިޔާގެ އައިފޯން އެކްސް ހާވަމުން ނިބާލް ބުނެލިއެވެ. އޭނާގެ އެކުވެރިޔާ ރިހާން ފޮނިވެލަމުން ބޯ ޖަހާލިއެވެ.” ހިނގާ ބަލާލަން މީގަ ހުރި ވޯޓާރ ޕްރޫފްކަމެއް” ލޯ ކުޑަކޮށްލަމުން ނިބާލް ދިމާކޮށްލިއެވެ. “އޭ ނޫން ކައެ އިއްޔަ […]