Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވީމޭ ސިއްރު ސިއްރުން (16)

hattey Level 410 Stories100 Login100 Comments500 Login
August 3, 2018 4 Mins Read
18 Comments

ގިސްލަ ގިސްލާފައި ރޮމުން ގެންދިއަ ހަނާޝްގެ ރުއިން މައިތިރި ކުރެވޭޭތޯ ވަސީމާއަށް ކުރެވުނުހާ ކަމެއް ކުރަމުން ގެންދިއެވެ. އެއްފަހަރު ކުޅޭ އެއްޗެއް ދީގެން އަނެއް ފަހަރު ޓީވީއިން އަންނަ ކޮންމެެސް ޕްރޮގްރާމެއް ދައްކައިގެން ހަނާޝްގެ ރުއިމަށް ބަދަލެއް ގެނެވޭތޯ ވަސީމާ މަސައްކަތް ކުރިއެވެ. ނަމަވެސް ވަސީމާއަކަށް އެކަން ވާގޮތެއް ނުވިއެވެ. ކުޑަ ހިނދުކޮޅަަކަށް ވެސް އެއަޑު ކެނޑިިގެެނެއް ނުދެއެވެ. ހަނާޝްއަށް ކާއެއްޗެއް ދޭން އުޅެއުޅެ އެކަމެއް ވެސް ވަސީމާއަކަށް ނުވިއެވެ. ކުރާނީ ކީއްބާއޭ އޭނާގެ ހިތަށް އެރީ މަދު ފަހަރަކު ނޫނެވެ. ހަނާޝްގެ ރުއިމުގެ ސަބަބަކީ ދާނިޝްއޭޭ ވަސީމާގެ ދުލުން ބުނެވުނުު އަދަދެއް ވެސް ނޭނގެއެވެ. ހަނާޝްގެ ލޮލުން ވެއްޓުނު ކޮންމެ ކަރުނަ ތިއްކަކާއިއެކު ދާނިޝްދެކެ ވަސީމާ އައިރުޅި އިތުރުވެގެން ދިއެވެ.

“ދަރިފުޅާ…! ރީޝާ…! ދެން ތިހެން ނޯވެ ހިނގާ ސައިބޯންދާން…މަންމަ މިއައީ ސައި ތައްޔާރުކޮށްފަ…” ރީޝާގެ ކޮޓަރިއަށް ވަދެ އޯގާތެރި ކަމާއިއެކުު ރީޝާގެ ބޮލުގައި ފިރުމާލަމުން ޒުލޭޚާާ ބުންޏެވެ. އެނދުގައި އޮށޯވެލައިގެން އޮތްއިރު ޚިޔާލުތަކާއި ފިކުރުތަކުން ސިކުނޑި ފުރިފައި ވާއިރު ރޭ ގެއަށް އަައިއްސުރެން ރީޝާގެ ލޮލުން ކަރުނަ ނުހިކެއެވެ. ރޭގަނޑުގެ ކަޅު އަނދިރިކަން ފާއިތުވެ އާހެނދުނަކަށް އަލިވިލިގެން ދިއަ އިރުވެސް އެންމެ ލޮލުފިޔައެއް ވެސް ޖަހައި ނުލާކަން އޭނާގެ ރަތް ވެފައިވާ ލޮލުން ހާމަވާން ހުއްޓެވެ. “ރޭ ގެއަށް އައިއްސުރެން އަދިވެސް ދަރިފުޅު ތި އުޅެނީ ކާއެއްޗެއް އަނގައަށް ނުލައި…މިހާރު އެއޮތްގެން މެންދުރު ވަނީ…ދެން ތިހެން ނޯވެ ހިނގާ ސައިބޯން ދާން..” ޒުލޭޚާ އިތުރަށް ބުނެލިއެވެ. އެހެނަސް ރީޝާގެ ޒަމީރު އެކަމާއި އެއްބަސް ވާކަށް ނޭދުނެވެ. އެވަގުތު އެއްވެސް އެއްޗެއް ކާން ބޭނުން ނުވާކަމަށް އޭނާ ބުނެލިއެވެ. ވާނީވެސް އެހެންތާއެވެ. ހިތަށް ކޮށްފައިވާ އަސަރަަކުން ރުއިން ނޫން އެހެން ކަމެއް ކުރަން އޭނާގެ ނަފުސު އެއްބާރުލުމެއް ނުދެއެވެ. ކެއުންބުއިން މަތިން ފޫހިވެފައި ވާކަހަލައެވެ. ފިކުރުތަކުން ސިކުނޑި ބަރުވެފައިވާތީ ބޮލުގައި އަޅަމުންދިއަ ވޭން ވަނީ އިތުރުވެފައެވެ. “މަންމައަށް ވެސް އެނގޭ ދަރިފުޅު ދެރަވާނެކަން…ހަނާޝްއާއި ވަކިން ދަރިފުޅަށް އުޅެން އުނދަގޫވާނެކަން ވެސް މަންމައަށް ވިސްނޭ…އެކަމަކު…ތިހެން އޮވެ ދަރިފުޅުގެ ހާލު ދަށަށްދާާތަން ބަލަން ހުންނާކަށް މަންމައަކަށް ކުޅަދާނައެއް ނުވާނެ…އާދޭސް ކޮށްފަ ބުނަން…މަންމައަށްޓަކާ ވެސްް ހިނގާދާން…” ރީޝާގެ ލޮލުން ކައްސާލި ކަރުނަތިކި ފުހެލަމުން ޒުލޭޚާ ބުނެލިއެވެ. ޒުލޭޚާގެ އަޑުގައި ރިހުން އެކުލެވިފައިވިިއެވެ. ރީޝާއަށް އިތުރަށް ދެރަގޮތެއް މެދުވެރިވެދާނެއޭ ހިތަށް އަރުވާލުމާއިއެކު އޭނާގެ ލޯ ފުރި ބަންޑުން ވިއެވެ. މަންމަގެ ލޯ ތެމިގެން ދިއަަ މަންޒަރު ރީޝާއަކަށް ސިއްރެއް ނުވިއެވެ. އެ މަންޒަރުން އޭނާގެ ހިތުގެ ރިހުން އިތުރުވެގެން ދިއެވެ. ހަމަ އެވަގުތު ރީޝާގެ ހަނދާނަށް ރޭގެ މަންޒަރުތައް އައެވެ. ރީޝާ ގެއަށް އައި ވަގުތު ވަސީމާ އަށް ލިބުނު ހައިރާން ކަމާއި ރީޝާގެ ހާލަތު ހުރިގޮތް ފެނުުމާއި އެކު ހިތުގައިޖެހި އެ ލޮލުން ކަރުނަ އައި މަންޒަރު އާވިއެވެ. އެހެންކަމުން, ރީޝާ އަކަށް އޭނާގެ މަންމައާއި ދެކޮޅު ހަދާފައި އެ މަންމަގެ ހިތުގައި ޖައްސައިފައި އޮންނާކަށް ނުކެރުނެވެ. މަންމަގެ އާދޭސް ޤަބޫލު ކުރުމަށްވުރެ ރަނގަޅު ގޮތެއް ނެތޭ ހިތަށް އަރުވާލަމުން އެނދުން ތެދުވެ ރީޝާ އޭނާގެ މަންމައާއިއެކު ސައިބޯން ހިނގައިގަތެވެ.

“ކިހިނެއް ތިހެދީ…؟ ކީއްވެތަ ހަމަ ކުއްލިއަކަށް ރީޝާ ވަރި ތިކުރީ…؟” ހައިރާންވެ އަންތަރީސް ވެފައިވާ ހާލުގައި ދާނިޝްގެ ކޮޓަރިއަށް ވަންނަމުން އަޒީލް އަހާލިއެވެ. ދާނިޝްގެ އެ ޢަމަލުން އަޒީލް ހުރީ ހިތްހަމަ ނުޖެހިފައެވެ. މީގެ ކުޑަ އިރުކޮޅެެއް ކުރިން އަޒީލްއަށް ގުޅާފައި ރީޝާ ވަރިކުރި ވާހަކަ ދާނިޝް ބުނުމުން ލިބުނު ސިހުމާއިއެކު ކަންވީގޮތް ރަނގަޅަށް އެނގެން ބޭނުންވާތީ ދާނިޝްގެ ކައިރިއަށް ނައިސް އޭނާއަކަށް ކެތެއްނުވިއެވެ. އަޒީލް އައިއިރު ދާނިޝް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ނިތުުގައި އަތް ބާއްވައިލައިގެން އޮތްއިރު ކުރެވުނު ކަންތަކާއި މެދު ފިކުރުބޮޑުވެެ މާޔޫސް ވެފައިވާކަން އޭނާގެ މިލާމޯޅިވެެފައިވާ މޫނުމަތިން ދޭހަވާން ހުއްޓެވެ. “އަހަންނަކަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނުނު…ކޮންކަމެއް ކޮށްގެންތަ ހަމަ ހުރެލާފަ ރީޝާ ވަރި ތިކުރީީ…؟އަޖައިބެއް…” ވާނުވާ ނޭނގޭ ހާލުގައި އަޒީލް އަނެއްކާވެސް ސުވާލު ކުރިއެވެ. ދާނިޝް ހުރީ އެވާހަކަ ފަށާނެ ގޮތެއް ނޭނގިފައެވެ. ކަންވީގޮތް އަޒީލްއަށް ކިޔައިދީފިނަމަ އަޒީލްގެ ނުރުހުންވުން ދެގުނައަށް އިތުރު ވެގެން ދާނެކަން ޔަޤީންވާތީ ދުލުގައި ތަޅުއަޅުވައިގެން ހުންނަން އޭނާއަށް މަޖުބޫރުވިއެވެ. އެހެނަސް އެގޮތުގައި ހުރެވޭނީ ކިހާއިރަކުބާއޭ އަމިއްލަ ނަފްސާާއި ސުވާލު ކޮށްލަމުން ދެން އިތުރަށް އަޒީލްއަށް ކަންތައްތަކެއް ސިއްރު ކުރުމަަށް ވުރެ ރަނގަޅުވާނީ ހާމަކުރުންްކަން ދާނިޝްއަށް ވިސްނުނެވެ. “ހިތަށް މިއަރަނީ އަހަރެންް މިވާހަކަ ފަށާނީ ކިހިނެއްބާއޭ… އަހަރެން…އަހަރެން މީ އަނިޔާވެރިއެކޭ ބުނާނީ ކިހިނެއްބާއޭ…” އެނދުގެ ބޯލާކޮޅުގައި ލެގިލަމުން ދާނިޝް ވާހަކަ ދައްކަންފެށިއެވެ. ދާނިޝް އެބުނިި އެއްޗެއް އަޒީލްއަކަށް ނުވިސްނުނެވެ. އެހެންކަމުން އެނދުގައި އިށީންނަމުން ދާނިޝް ބުނި ވާހަކައިގެ ތަފުސީލަަކަށް އެނދުނެވެ. “ހުރިހާ ކަމެއްވެސް ގޯހުން ގޯހަށް މި ދިއައީ އަހަރެންގެެ ސަބަބުން… އަހަރެންގެެ އަނިޔާވެރިކަމުގެ ސަބަބުން…އަހަރެންގެެ މި ދެއަތުން ރީޝާއަށް ކުރެވުނުު އަނިޔާގެ ސަބަބުން…” ދާނިޝް އޭނާގެ އަތަށް ބަލައިލިއެވެ. އެއާއިއެކު އެކިދުވަސް ދުވަހު އެކިފަހަރު މަތިންް ރީޝާއަށް ދެވުނު ހަމަލާތައް ސިފަވާން ފެށިއެވެ. ކޮންމެ މަންޒަރެއް ވަކިވަކީން ސިފަވަމުން ދިއައީ ދާާނިޝްގެ ލޯ ތެތްމަމުންދިއަަ ހާލުގައެވެ. “މިިހާރު ދާނިޝް ރީޝާއަށް އަނިޔާ ވެސް ކުރީތަ…؟ އެކަމަކު…އަހަންނަކަށް ޤަބޫލެއް ވެސް ނުކުރެވޭ… ތީހަމަ ދާނިޝްތަ…؟ ދާނިޝްގެ ދުލުންތަ ތިހެން ތި ބުނަނީ…؟” އަޒީލްއަށް އެވާހަކަ ޤަބޫލުކުރަަން ދަތިވިއެވެ. ދާނިޝްގެ ކިބައިގައި އެފަދަ ސިފައެއް ހުރެފާނެ ކަމަކަށް ފަހަރެއްގައި ވެސް އޭނާގެ ހިތަކަށް ނާރައެވެ. “ދާނިޝް ތީ މީހުންނަށް އަނިޔާކުރަން ބޭނުންވާ މީހެއް ނޫންް…ތީ އެކަމާ ނުލާހިކު ދެކޮޅު ހަދާ މީހެއް…ދެން ކީއްވެ ތިހެން ކަންތައް ތި ކުރީ…؟ އެވެސް އަދި ރީޝާއަށް… ދާނިޝް ހަނދާން ނެތުނީތަ…؟ރީޝާއެއީ ދާނިޝް އިންތިހާއަށް ލޯބިވި އިންސާނެއް…އިންތިހާއަށް ބޭނުންވި އިންސާނެއް…މީ ދޮގެއްތަ…؟ އަހަރެން ވެސް ޤަބޫލުކުރަަން…ރީޝާ ދާނިޝްއަށް ބޭވަފާތެރިވި… އޮޅުވާލިި…ދާނިޝްގެ ހިތުގަ ޖައްސާފަ ރޮއްވާލި… އެކަމަކު…ރީޝާ ކޮށްދޭ ހެޔޮކަންތަކެއް ދާނިޝް އަކަށް ނުފެނޭތަ…؟ ދާނިޝްގެ މަންމައާއި ދަރިިފުޅަށްް ބަހައްޓާ ރަޙުމާއި ކުލުނު ދާނިޝްއަކަށް ނުފެނޭތަ…؟ އެންމެ ފަހަރަކު ނަމަވެސް އެކަންތަކަށް ވިސްނާލިި ނަމަ…” ނުރުހުމާއި އެކު އަޒީލް ވާހަކަ ދައްކަމުން ގެންދިއެެވެ. އަޒީލްއަށް ދޮންކަޅު ވެސް އަންގައި ނުލައި ރީޝާއާއި ދޭތެރޭ ދާނިޝްގެ އަމަލުތައް ބެހެއްޓި ގޮތުން ހިތްހަމަ ނުޖެހިފައިި ހުރިވަރު އޭނާގެ މޫނުމައްޗަށް އަރަމުން އައި ކުލަވަރުން ހާމަވާން ހުއްޓެވެ.

“އަހަރެން ޤަބޫލު ކުރަން ކުށްވެރިއަކީ އަހަރެންކަން…އެކަމަކު…އަހަންނަށް މިގޮތަށް ކަންތައް ކުރެވުނީ ސިއްރުތަކެއްގެ ސަބަބުން… ރީޝާ ވަންހަނާ ކުރި ސިއްރު ތަކެއްގެ ސަބަބުން…ހިތަށްއަރާ އަހަންނަށް އެ ސިއްރުތައް ކުރިން އެނގުނު ނަމައޭ…އެކަމަކު…” ދާނިޝް އޭނާގެ ނަފުސު ކުށުން ބަރީއަަ ނުކޮށް އޭނާގެ ކުށް ޤަބޫލު ކުރިއެވެ. އެހެނަސް އެކުށަށް އަރައިގަނެވުނީ ކަންތައްތަކެއް އޭނާއަށް ސިއްރުވެފައި ވާތީ ކަމަށް ބުންޏެވެ. އެވަގުތު އެއީ ކޮންކަންތަކެއްހޭ އަޒީލް އަހާލުމުން ހަނާގެ ޑައިރީގެ ވާހަކަ އަޒީލްއާއި ދާނިޝް ޙިއްޞާ ކޮށްލިއެވެ. ދާނިޝްގެ ހަޔާތުން ރީޝާ ދުރަށް ޖެހިލި ސަބަބު އެ ޑައިރީގައި ވާކަމަށް ބުނެ އޭގެ ސަބަބުވެސް ހާމަކޮށްލިއެވެ. ހަމައެހެންމެ, އާދިލް އާއި ރީޝާާގެ ޙަޤީޤަތް ވެސް އެ ޑައިރީގެ އަލީގައި އަޒީލްއަށް ދާނިޝް ހާމަ ކޮށްދިނެވެ. “މަ ބުނީމެއްނު އޭރުވެސް ކޮންމެވެސް ކަމެއް އަހަރެމެންނަށް ފޮރުވިފަ އެބަވެޔޭ… އެކަމަކު…ދާނިޝް އެކަން ޤަބޫލެއް ނުކުރީމެއްނު…” ހަނާގެ ޑައިރީއިން ދާނިޝްއަށް އެނގިގެންދިއަ ޙަޤީޤަތް އަޒީލްއާއި ޙިއްޞާ ކުރުމުން އަޒީލް ބުނެލިއެވެ. “މަށަށް ވިސްނުނު އިރުވެސް ދާނިޝްއަކަށް ނުވިސްނުނުު…ދެންވެސް ރީޝާގާތު މަޢާފަށް އެދިފަ ތިކަން ޙައްލުކުރެެވޭތޯ އުޅެބަލަ…!” އަޒީލް ޚިޔާލުދިނީ ވަގުތު ބޭކާރު ނުކޮށް އަވަހަށް ރީޝާގާތު މަޢާފަށް އެދުމަށެވެ. “ހުރިހާކަމެއް ވެސް ޙައްލުކުރަަން އަހަރެންް ބޭނުން…ރީޝާގާތު މަޢާފަށް އެދެންްވެސް ބޭނުން…އެކަމަކު…ހިތަށް މި އަރަނީ ރީޝާ އަހަންނަށް މަޢާފު ކުރާނެބާއޭ…” ހިތުގައި ތެޅިފޮޅެެމުން އައި އުދާސްތައް ބޭރު ކޮށްލިއިރު ދާނިޝްގެ ލޯ ތެމިގެންދިއެވެ. ކުރެވުނު ކުށަށް ރީޝާގެ ފަރާތުން މަޢާފު ލިބޭނެ ކަމާއިމެދު އޭނާގެ ހިތުގައިވަނީ ޝައްކު އުފެދިފައެެވެ. “އެންމެ ފަހަރަކު ނަމަވެސް މަޢާފަށް އެދިބަލަ…އަހަންނަށް ޔަޤީން…ރީޝާ ދާނިޝްއަށް މަޢާފު ކުރާނެ…” ދާނިޝްއަށް ހިތްވަރު ދިނުމުގެ ގޮތުން އަޒީލް ބުނެލިއެވެ.

“ނުކުރާނަން…އަހަރެންް ދުވަހަކުވެސް ދާނިޝް އަކަށް މަޢާފެއް ނުކުރާނަން…” ރީޝާ މިހެން ބުނެލީީ ކައިރީގައި ހުރި އާދިލް ކުރި ސުވާލަށް ޖަވާބު ދެމުންނެވެ. ސޯފާގައި އިށީންދެލައިގެން ހުރެ, ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ދާނިޝްގެ ފަރާތުން ލިބުނު ވޭނާއި ކެކުޅުންތައް ފުރަތަމަ ފަހަރަށް ރީޝާ އާދިލްއާއި ޙިއްޞާ ކޮށްލިިއެވެ. އާދިލްއަށް ވެސް އެނގޭ ކަމަކީ ރީޝާދެކެ ދާނިޝް ރުޅިއަންނަަކަމެވެ. އިންތިިހާއަށް ނަފުރަތު ކުރާކަމެވެ. އޭގެ ސަބަބު އާދިލްއަށް އޮޅިފައި ނުވިޔަސް ދާނިޝްގެ އަނިޔާވެރިކަން ރީޝާ ތަޙައްމުލު ކުރަން ޖެހިފައި ވާކަމެއް އާދިލް ނުދެނަ ހުއްޓެވެ. އެންމެންނަށް ވެސް އެކަންވީ ފަރުދާ ވެފައެވެ. އެކަމުގެ ޝަކުވާ ރީޝާގެ މަންމަ ކުރިއިރު, އާދިލް ވެސް އެކަމުގެ ޝަކުވާ ކުރިއެވެ. އެނޫން ހުރިހާ ކަމެއް ރީޝާ އާދިލްއާއި ޙިއްޞާ ކޮށްފައި ވާއިރު އެކަން ހާމަ ނުކުރީތީ އާދިލް ހުރީ ހިސާބަކަށް ނުރުހުން ވެެފައެވެ. އެހެނަސް…އެއީ އެންމެ ރަނގަޅުގޮތް ނޫންކަމަށް ނިންމާލަމުން އާދިލް އޭނާގެ ރުޅިގަނޑު މައިތިރި ކޮށްލިިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hattey

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ވަކިވީ ލޯބިން 1

Next

ލޯތްބަކީ އިއުލާން

Next
August 3, 2018

ލޯތްބަކީ އިއުލާން

Previews
August 3, 2018

ވަކިވީ ލޯބިން 1

18 Comments!

  1. Mee_a says:
    August 3, 2018 at 7:35 pm

    Hattey haadha dhuvas kohlaafa thi up kolly this story is awsome when is the nest???..♡

    1. Maii? says:
      August 3, 2018 at 9:41 pm

      Ebunaahen …. kn ireh mi stry ah faaralaathaa…. anywayss vrh vrh nice mi part ves… when is the next part?

    2. hattey says:
      August 5, 2018 at 10:16 am

      Upload kurun las kohlevunythy maafah edhen…In sha allah..17 vana bai 2 days therey up kohleveytho masahkaiy kohlaanan…

    3. hattey says:
      August 5, 2018 at 10:28 am

      Upload kurun las kurevunythy sorry….next part rangalhu vaane…yageen

  2. Hajja says:
    August 3, 2018 at 10:54 pm

    Alhey ehaa dhuvaskohffa haadha kurukoh thi genesdhinee

    1. hattey says:
      August 5, 2018 at 10:17 am

      Sorry…

  3. naash says:
    August 3, 2018 at 11:47 pm

    hatteyy….haadha dhuvax kohlaafa thi up kohlyy…missed this story a lot…..btw varah rythi storyy…but varah kuru….mi hithah aranyy reesha dhaanish ah maaf dheyne baaey…when next part???waiting…curiously….

    1. hattey says:
      August 5, 2018 at 10:23 am

      Upload kurun las kohlevunythy maafah edhen….In sha allah..17 vana bai 2 days therey up kohlaanan

  4. Swety says:
    August 4, 2018 at 6:38 am

    Hattey haadha duvaheh kohffa????miharu mi story kiyaa hithun ulhey tha kon dhuvaheh☺☺☺☺☺pls pls pls tahkolheh dhigukoh koh liyelab.avahaka liyaa gotah miharu heevanee kuru peregraph kiyaa a levey hen bt story hama habeyse

    1. hattey says:
      August 5, 2018 at 10:26 am

      Sorry…k…In sha allah..17 bai dhigu kohlaanan…

  5. No one says:
    August 5, 2018 at 1:17 pm

    Wooww.. vr nice mi part.. ekm adhivx aadhil aa reesha yaa erey ehaa dheravi sababeh nei genesdhyfakaa

    1. hattey says:
      August 9, 2018 at 1:04 pm

      Thanks….ekan ves adhi en’gigen dhaane

  6. Som says:
    August 7, 2018 at 7:57 pm

    Reethi

  7. Maa says:
    August 7, 2018 at 11:54 pm

    Haadha lahaydho vahaka uploàd kuran

  8. Ainth says:
    August 8, 2018 at 6:48 pm

    Vaahaka haadha update nuveyaaaa …. konirakuntho vaahaka update vaaney ….

    1. hattey says:
      August 9, 2018 at 1:03 pm

      Meege dhe dhuvas kurin 17vana bai submit kohfa innaany…upload nuvaa sababeh neyge

  9. Ainth says:
    August 10, 2018 at 11:55 am

    Key vegentha up nuvaney .???

    1. hattey says:
      August 10, 2018 at 7:16 pm

      Neege hama ehgothakah ves…pending ga hunnathaa 4 days vanee

Comments are closed.

Next Episodeލޯބި ވީމޭ ސިއްރު ސިއްރުން (17←


All Right Reserved!