Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނަން އެކީ 2

Ayyrie Level 110 Stories
September 5, 2018 3 Mins Read
22 Comments

ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސީ ދަންވަރު 1:00 ހާއިރެވެ. އެކުދިން ބަލާގޮސް ހުރީ ޝީންގެ ބޭބެއެވެ. މާލެދެވުނީ 1:45 ވީހާއިރެވެ. މާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި ދުއްވަމުންގޮސް ޓެކްސީ މަޑުކޮށްލީ ބޮޑު،ރީތި ގެއެއްގެ ކުރިމަތީގައެވެ.

ޝީންގެ ބޭބެ ލަގެޖް ލައިދީފައި ދިޔައީއެވެ. ޢަލްޔާ އެދެކުދިންގެ އިންތިޒާރުގައު ހުއްޓެވެ. އޭނާ އެޕާޓްމެންޓް ދެކުދިންނަށް ދެއްކިއެވެ. ޢަލްޔާގެ ކޮޓަރި ޖެހިގެން ހުރީ އަރޫނާގެ ކޮޓަރި ކަމާއި ދެންހުރީ ޝީންގެ ކޮޓަރި ކަމަށް ބުންޏެވެ. އަދި ހުހަށް ހުރީ ޖީޒާންއަށް ހަމަޖެހުނު ކޮޓަރިކަމުގައި ބުންޏެވެ. ސިޓިންރޫމާއި ބަދިގެވެސް ކޮޓަރިތައް ފަދައިން ބޮޑެވެ. ދެކުދިންވެސް ތިބީ ޢަލްޔާ ފަދައިން ލިބުނު އެޕާޓްމަންޓާމެދު ހިތްހަމަޖެހިފައެވެ.

“އައިމް ލަވިން އިޓް!” އަރޫނާ ކުޑަކޮށް ހަޅޭއްލަވައިގަތެވެ. ޝީންއާއި ޢަލްޔާގެ ހިނިގަނޑު ހިފަހައްޓައެއްނުލެވުނެވެ.

ކޮލެޖްގެ ފުރަތަމަދުވަސް ވެގެންދިޔައީ ތަފާތު ދުވަހަކަށެވެ. ކޮންމެކުއްޖަކުވެސް ކުރިމަތިލާންޖެހުނީ އާ މޫނުތަކަކާއެވެ. ޢަލްޔާއާއި އަރޫނާ އެއް ކޮލެޖެއްކަމަކު ދެކިލާހެކެވެ. ޝީން ދަނީ އެހެން ކޮލެޖަކަށެވެ.

“ފުރަތަމަ ދުވަސްވީމަ އެކަނިވެސް ވާނެ ކުދިން. ހޭއި އާރ ޔޫ އަރޫ؟” އިންޓަވަލްގަޑީގައި ކެންޓީނުގެ މޭޒެއް ދޮށުގައި އަރޫނާ އިންދާ އައިސް އިށީން ފިރިހެންކުއްޖާ ވާހަކަދައްކަމުންގޮސް ކުއްލިއަކަށް އަހާލުމުން އަރޫނާ ދިޔައީ ސިހިގެންނެވެ. އެ ނުދަންނަ ކުއްޖާއަށް އޭނާ އެނގުނީތީއެވެ. އޭނާ އެކުއްޖާއަށް ބަލާލިއެވެ. ރީތިވެސް ކުއްޖެކެވެ.

“އާނ. އެކަމަކު ތިއީ ކާކުކަމެއް ނޭނގުނު؟”އަރޫނާ ހައިރާންވެފައި ވާހަކަދެއްކިއެވެ. އެކުއްޖާ ހީނގަތެވެ.

“ފުރަތަމަ ދުވަސްވީމަ ދެނެގަންނަން އުނދަގޫވާނެ. އެކަމަކު މަށަށް އެނގިއްޖެ. ގާލް ޑޯންޓް ޔޫ ރިމެމްބަރ މީ؟ މީ މަށޭ ހުމާމް. ދުވަސްތަކެއް ކުރިން ސޯޝަލްމީޑިއާގެ ތެރެއިން ވާހަކަދައްކަމެންނު. ފަހުން އަރޫ އޮން ވެސް ނުވޭ.” ހުމާމްއަށް ހެވުނީ އަރޫނާއަށް އޭނާ ނޭނގުމުންނެވެ.

“އޯހް. ހުމާމް ދޯ. ތިހެން ބުނީމަ ވައްތަރުވެއްޖެޔޭ.” އަރޫނާގެ މޫނުމައްޗަށް ވެރިވީ އުފާވެރިކަމެވެ.

“އައި ނެވާރ އިމޭޖިންޑް. މިގޮތަށް ބައްދަލުވެދާނެޔޭ. ކޯޗެއް ކިޔަވަނީ އަރޫ؟” ހުމާމްގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. އެކުވެރިޔާއާ އަލަށް ބައްދަލުވުމުގެ އުފާވެރިކަން ދެކުދިންނަށްވެސް ލިބިފައިވެއެވެ.

“އެކައުންޓިން. ހުމާމްއޯ؟” އަރޫނާ ސުވާލުކުރިއެވެ.

“ޓީޗިން. ބައިލޮޖީ ޓީޗަރަކަށް ވާން ބޭނުންވަނީ.” ހުމާމް ޖަވާބުދިނެވެ.

ޢަލްޔާ އައުމުން އަރޫނާ ހުމާމް ތައާރަފްކޮށްދިނެވެ. އެދެމީހުން ނުލާހިކު އަވަހަށް އެކުވެރިވެއްޖެއެވެ. އެކިވާހަކަތަކުގައި ތިބެފައި އެކުއްޖަކު އެކުއްޖެއްގެ ކްލާހަށް ދިޔައީ ގަޑިޖެހުމުންނެވެ.

ފުރަތަމަދުވަސް ހޭދަވެގެންދިޔައީ މިފަދަ ގޮތަކަށެވެ. އާކުދިންނާ ދިމާވެ ތައާރަފްވެވިގެންނެވެ. ޢަލްޔާއަކީ އެހެންމީހުންނާ ނުލާހިކު ގުޅޭ މަޖާ މިޒާޖެއްގެ ކުއްޖެއްކަމުން ވަރަށް ފަސޭހައިން އެކުވެރިންތަކެއް ހޯދައިފިއެވެ. ނަމަވެސް އަރޫނާއަށް ގިނަބަޔެއްގެތެރޭ ހުރުންވީ އުނދަގޫ ކަމަކަށެވެ. ކްލާސްކުދިންނާ މަދުމަދުން ވާހަކަދެއްކިޔަސް އޭނާ ގިނައިން ހުރީ ހިމޭނުންނެވެ. ސީޓްގައި ޖެހިގެންހުންނަ ކުއްޖަކީ ކޮލެޖްގައި އުޅޭ އެންމެ ރީތި، އެންމެ މުއްސަނދި އެއްކުއްޖާކަން އެނގުމުންވެސް އޭނާ ހުރީ އުނދަގޫވެފައިއެވެ. ކައިލްވެސް ރީއްޗެވެ. ނަމަވެސް ޖީޒާންގެ ރީތިކަމާވާދަ ނުކުރެވޭނެކަން ޔަގީނެވެ. އެހުރިހާކުދިންހެން ކައިލްގެ އެކުވެރިކަމަށް އެދިއެދި ތިބިއިރު އޭނާ ކުޑަމިނުން ބަލާވެސްނުލައެވެ. ހިސާބަށްވުރެ ފޮނީކަން ނޭނގެއެވެ. ކޮންމެއަކަސް އަރޫނާގެ މާބޮޑު ސަމާލުކަމެއް ކައިލްއަށް ނުދެވޭތީ އޭނާ އަޅައެއްނުލައެވެ.

ގެއަށްދިޔައީ ޢަލްޔާ އާއި އަރޫނާ އެކުގައެވެ. އަރޫނާ ގެއަށްވަނދެ ފުރަތަމަވެސް އާރިފާއަށް ގުޅިއެވެ. ފޯންކޯލުގައި ހުރެ ވަގުތުދިޔަ ގޮތްވެސް ނޭނގުނެވެ. އޭނާއަށް ގަޑިންވީއިރުވެސް އެނގުނީ ޝީން އައިސް ގޮވުމުންނެވެ.

އަރޫނާ ނިކުތްއިރު ޝީންއާއި ޢަލްޔާ ސްޕެގެޓީ ކައްކައިގެން ކާންތިއްބެވެ.

“ގޮވިތާވެސް ކިހާއިރެއް. އަދިކިރިޔާ އެނިކުމެވުނީ. އަހަރެމެން ކައްކަން އުޅުނުއިރު ބައިވެރިވެލާކަށްވެސް ނޭނގުނެއްނު.” ޢަލްޔާ ނުރުހުން ފާޅުކުރީ އަރޫނާ ލަސްވުމުންނެވެ. އެކުވެރިޔާގެ ހުންނަ ފަރުވާކުޑަކަމުގެ ސިފައަކީ ޢަލްޔާ ވަރަށް ހިތްހަމަނުޖެހޭ ސިފައެކެވެ.

“ސޮރީ މަންމަމެނަށް ގުޅައިގެންހުރީމަ ލަސްވީ.” އަރޫނާގެ މޫނުމައްޗަށް ވެރިވީ ރަކި ހިނިތުންވުމެކެވެ.

“ހޫނ..ބޭކާރު ވާހަކަ ދައްކާނެކަމެއް ނެތޭ. ރަނިކަމަނާއަށް އެއިނީ ކާއެއްޗެހި ފަރީކުޅުވަން އަރުވާފަ. ދެންވެސް އިނށީދެބަލަ ކާން. އަރޫ ނެތީމަ ވަރަށް ފަޅޭ.” ޢަލްޔާ ދިމާކޮށްލަމުން ބުންޏެވެ. އަރޫނާގޮސް ގޮނޑިއަކަށް ވެއްޓިގަތެވެ.

“ހައު ވޯޒް ދި ފަސްޓް ޑޭ؟” ޝީން އިރުކޮޅަކު ހުރެފައި އެއްސެވެ.

“ދި ބެސްޓް. ވަރަށް ފްރެންޑްލީ ކުދިންނާ ޓީޗަރުން. ހުސް ގާލްސް ކުދިން ތިބެނީވެސް. ވަރަށް މަޖާ.” ޢަލްޔާ އުފާވެރި މޫޑެއްގައިހުރެ ކިޔައިދިނެވެ. އަރޫނާ މޫނަށް ޖައްސާލި ވައްތަރުން ޝީންއަށް ހެވުނެވެ.

“ސާބަހޭ އަރޫ. އަހަރެންވެސް ވަރަށް އެންޖޯއިބަލް މިއަދު. އަރޫއޯ؟” ޝީން އަރޫނާއަށް ބަލާލިއެވެ. އަރޫނާ ލޮލަށް ވައްތަރެއް ޖައްސާލިއެވެ.

“ކްލާސްކުދިންނާ ޓީޗަރުން އޯކޭ. އެކަމަކު އަހަރެން ހުންނަން ޖެހެނީ ވަރަށް ފޮނި ކުއްޖެއްގާތު. ކޮލެޖްގަ މިހާރު އުޅޭ އެންމެ ރީތި ފިރިހެންކުއްޖާޔޯ.” އަރޫނާ ކިޔައިދިނެވެ.

“އާޗާ. ރަނގަޅެއްނު. ކޮން ނަމެއްތަ ކިޔަނީ؟” ޝީން ހެވިލާފައި އެއްސެވެ.

“ކައިލް އެކޯ.” އަރޫނާ ތުންފިއްތާލައިގެން ހުރެ ބުންޏެވެ.”އެންމެން އޭނާޔާހެދި ހޭބަލިވެފައި ތިބޭއިރު އޭނާ ޖީޒާންއާ ކައިރިކުރާހާ ވަރަކަށްވެސް ރީއްޗެއް ނޫން.”

“އަނހާ މިއޮތް ކަމެއް.” ޢަލްޔާ ހީގަތެވެ.

“ޖީޒްގެ ވާހަކަ ބުނީމަ..އަންނަ ހަފްތާގައި އޭނަ އެބަ އާދޭ. އާއިލާ އެއްބަސްވިއްޔޯ.” ޝީން ކުއްލިއަކަށް ދިން ހަބަރުން އަރޫނާގެ މޫޑް އޮފްވީ ކުއްލިއަކަށެވެ. އޭނާގެ ދެލޯ ބޮޑުވިއެވެ. ނިތްކުރީގައި އަތުން ޖަހާލީ އާދެވުނު ރުޅީގައެވެ.

“ވަޓް ދަ..” އޭނާއަށް ބުނެވުނެވެ.

މިއަދު އަރޫނާއަށް ހޭލެވުނީ އެހެންދުވަސްތަކާ ހިލާފަށް ލަހުންނެވެ. ޢަލްޔާ ނުގޮވީ ކީއްވެހޭ ހިތަށްއަރުވާލާފައި ތައްޔާރުވެލައިގެން ނިކުތްއިރު އެކަކުވެސް ފެންނާކަށްނެތެވެ. ގެއިންނުކުމެ ބަލާލިއިރު އުޑުމަތި ވަރަށް ބަނައެވެ. ޓެކްސީއެއް މަޑުކުރުވުމަށްފަހު އޭނާ ކޮލެޖަށް ދާން ދަތުރުފެށިއެވެ. ޢަލްޔާ މިއަދު އެހެދި ގޮތެއް ނޭނގޭތީ އޭނާހުރީ ހިތްހަމަނުޖެހިފައެވެ.

ކޮލެޖާހަމަޔަށް ފޯރިއިރު ތުނިކޮށް ވާރޭވެހެން ފަށައިފިއެވެ. ގަޑިޖެހުނެއްކަމަކު ކުދިން ވަރަށްމަދެވެ. ކެންޓީނުން ކޮފީތައްޓެއް ގަނެގެން އަރޫނާ ގޮސް ކްލާހަށް ވަންއިރު ކައިލް ފިޔަވާ އިތުރު ކުއްޖެއް ކްލާހުގައި ނެތެވެ. ޑެސްކްމަތީ ދަބަސްބާއްވާފައި ގޮސްކުޑަދޮރު ކައިރީ ހުއްޓުނު އަރޫނާއަށް ފާހަނގަކުރެވުނީ ކުރިން އޭނާއަށް ބަލާވެސްނުލާ ކައިލްގެ ނަޒަރު އޭނާއަށް ހުއްޓިފައިވާކަމެވެ. އޭނާހުރީ ނޭނގޭކަމަށް ހަދާލައިގެނެވެ. ނަސީބަކުން އިތުރުކުއްޖަކު އައިސް ވަނުމުން ކައިލް ކުރިންހުންނަހެން އިސްޖަހާލައިފިއެވެ. އިހްތިޔާރަކާނުލާ އަރޫނާއަށް ކައިލްއަށް ބަލާލެވުނެވެ. އޮރެންޖްކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޖީންސްގައި ކައިލް ހުތުރޭބުނާނެ މީހަކު ނުވާނެއެވެ.

“ހާދަ ކުދިން މަދޭ މިއަދު.” ވަން ކުއްޖާއަށް އަރޫނާ ބުނެލިއެވެ.

“ހޫމް.. މިއަދު ބައެއް ކްލާސްތަކުގެ ކިޔެވުން ނެތީޔޯ..” ޒިޔާނާ ގޮސް އޭނާގެ ސީޓްގައި އިށީދެއްޖެއެވެ. ޢަލްޔާގެ ހަބަރެއް ނުވީ ކީއްވެކަން އަރޫނާއަށް ވިސްނުނެވެ.

ކޮލެޖުން ގެޔަށް ދެވުނުއިރު އެކެއް ޖަހައިފިއެވެ. އޭރުވެސް ބޯކޮށް ވާރޭވެހެމުން ދެއެވެ. ޓެކްސީއިން ފައިބައިގެން ދުވެލާފައިގޮސް ގެއާ ހަމަވީއިރު ތެމިފޯވެއްޖެއެވެ. ލިފްޓުން ހަތަރުވަަނަ ފަންގިފިލާއަށް އަރާފައި އެޕާޓްމެންޓްގެ ދޮރުގައި ހިފާލިއިރު ހުރީ ތަޅުނުލައެވެ. ޢަލްޔާއާއި ޝީންއަށް ގޮވަމުން ވަތް އަރޫނާ ސިހުނީ ސޯފާގައި އޮށޯވެލައިގެން އޮތް ފިރިހެންކުއްޖާ ފެނިފައެވެ. އޭރު ޖީޒާންގެ ނަޒަރުވެސް ހުއްޓިފައިވަނިީ އަރޫނާއަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ayyrie

Level 110 Stories

Other Articles

Previous

ޔުމްނާ

Next

ހިތް އެދުނަސް… (2)

Next
September 5, 2018

ހިތް އެދުނަސް… (2)

Previews
September 5, 2018

ޔުމްނާ

22 Comments!

  1. ? Unknown ? says:
    September 5, 2018 at 12:56 pm

    Me first dhw. V nice mi part vx. Keep it up dear.??

  2. Hudher says:
    September 5, 2018 at 1:11 pm

    Nyc stry maasha allah ??

    1. Aruu says:
      September 5, 2018 at 1:18 pm

      Thanks Hudher ?

  3. Hudher says:
    September 5, 2018 at 1:12 pm

    Me first dhw ?? yeahhhh

  4. riya says:
    September 5, 2018 at 1:25 pm

    masha allah aruu varah reethi <3

    1. Aruu says:
      September 5, 2018 at 1:25 pm

      Thanks?

  5. Story ga in kujje says:
    September 5, 2018 at 1:34 pm

    Vara reethi mashallah keep it up

    1. Aruu says:
      September 6, 2018 at 1:45 pm

      Thanks ?

  6. Reader says:
    September 5, 2018 at 1:35 pm

    Nice ❤️

    1. Aruu says:
      September 5, 2018 at 1:36 pm

      Thank ❤

  7. Reader says:
    September 5, 2018 at 1:35 pm

    Nice ❤️..avahah upload kohba

  8. Reader says:
    September 5, 2018 at 1:36 pm

    Also dhen faharakun miahvure dhigukoh geneveythoa try kohlaathi

    1. Aruu says:
      September 5, 2018 at 1:39 pm

      Yeah. Aslu kudakoh busy veema kurukoh liyevenee. I’ll try dhn faharaku inge?❤

  9. Hudher says:
    September 5, 2018 at 2:04 pm

    Hey Reader balaalaba cookie ge vaahaka innaane comment eh koffa rpl eh dheeba

  10. Reesh says:
    September 5, 2018 at 2:23 pm

    Aruuu wow

    1. Aruu says:
      September 6, 2018 at 1:46 pm

      Thanks reeshuu?

  11. unknown says:
    September 5, 2018 at 9:10 pm

    mi part vx v reethi. 🙂 whn next part?????? keep it up dear

    1. Aruu says:
      September 5, 2018 at 11:32 pm

      Maadhan up kureveytho mi balanee?❤ Thanks ingeyy

  12. Naju says:
    September 5, 2018 at 10:36 pm

    V nice mi partvx??? ??????

    1. Aruu says:
      September 5, 2018 at 11:33 pm

      Thanks❤

  13. Aru says:
    September 6, 2018 at 12:47 pm

    I love reading this story ❣️?

    1. Aruu says:
      September 6, 2018 at 1:47 pm

      Thanks??

Comments are closed.

Next Episodeވާނަން އެކީ 3←


All Right Reserved!