Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނާށެ ލޯބި ނުވަނީހޭ (5)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 5, 2018 7 Mins Read
30 Comments

އައިކް ގޮވައިގެން ކާރަށް އަރައި ހަމަޖެހިލަމުން އަރްޒަން ހުންގާނުގައި އަތުން މަޑުމަޑުން ޖަހައިލިއެވެ. “ވައި އޭމް އައި ޑުއިންގް ދިސް؟ ހެހެހެ.” އަމިއްލަ ނަފުސާއި ސުވާލުކޮށްލަމުން އަރްޒަން ކުޑަކޮށް ހީލީ ހަގީގަތުގައިވެސް އޭނާއަށް ޔަނާލްގެ ދިރިއުޅުމާއިމެދުގައި ޝައުގު އުފެދި އެހުރިހަކަމެއް ކުރެވެންވީ ސަބަބެއް ނުވިސްނުމުންނެވެ. ޔަނާލްއާާއި ދިމާވިފަހުން އޭނާގެ ތަބީއަތަށް ބަދަލުތަކެއް އަތުވެއްޖެކަން ގައިމެވެ.

** ** **

ސްކޫލް ނިންމައިލުމަށްފަހު ގެއަށް އައިސްވަތް ޔަނާލްގެ މޫނުމަތިން ވަރުބަލިކަން ފާޅުވަމުންދިޔައެވެ. ސިޓިންގް ރޫމްގައިހުރި ސޯފާތަކުން ގޮނޑިއެއްގައި އިނށީދެލަމުން އަޅައިފައިވާ މަޑުނޫކުލައިގެ ޝޯލް ބޭލުމަށްފަހު ގާތުގައި ބާވައިލިއެވެ. ފުންނޭވާއެއްލަމުން ސޯފާގައި ހަމަޖެހިލުމަށްފަހު އޭނާގެ އަތްދަބަސް ތެރެއިން އަރްޒަންދިން ބިޒްނަސް ކާރޑް ނަގައި އޭގެއަށް ރަނގަޅަށް ބަލައިލިއެވެ.

“އާނއެކޭ ބުނަންވީބާ؟” ދެޚިޔާލެއްގައި އިނދެފައި އަމިއްލަ ނަފުސާ ހިތާހިތުން ޔަނާލް ސުވާލުކޮށްލީ ހަދާނެގޮތެއް ނޭނގުމުންނެވެ. “އެކަމަކު.. އޭރުން.. ނޫން.. ކަމްއޯން ޔަނާލް.. އެއީ މާޒީ. މިހާރު އޭގެފަހުން ކިތައް އަހަރު ފާއިތުވެގެން މިދިޔައީ. ގެޓް އޯވަރ އިޓް ނައު. އަބަދު މިހެން ފިރިހެނުންނާ ދުރަށް ނުދުވޭނު. އެކަމު.. އެދުވަސްތައް.. ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ.. އަރްޒަން.. ނޫން އަރްޒަން އެކަހަލަ މީހެއްފާޑެއް ނުޖަހާ. ހީވަނީ ވަރަށް ހިތްހެޔޮ މީހެއްހެން. ބަޓް. އައި ކާންޓް ޓްރަސްޓް ހިމް.. އައި ކާންޓް ޓްރަސްޓް އެނީވަން.” އެކަނި އިނދެގެން އަމިއްލަ ނަފުސާ ވާހަކަދައްކަމުން ދިޔަ ޔަނާލްގެ ހިތަށް އަރްޒަންއަށް ނޫނެކޭ ބުނަން އެތައް ފަހަރަކު އެރިއެވެ. ވަރަށް ހިތްވަރުކޮށްފަހި ފޯނު ނެގިވަގުތު އޭނާގެ ދެލޯ ކުރިމަތީގައި ހިނިތުންވެފައިހުރި އައިކް ސިފަވިކަހަލައެވެ. އެއާއެކު ޔަނާލްގެ ހަރަކާތްތައް ކުޑަ ހިނދުކޮޅަކަށް މަޑުޖެހުނެވެ.

“އައިކް. އައި ލަވް ހިމް.. މިގޭތެރެ ކިހާފަޅު. ކުޑަ ހިނދުކޮޅަކަށް ނަމަވެސް މިގެއަށް އައިކް އައިސްފިއްޔާ މިތަނުގެ ފަޅުކަންފިލާނެކަން ޔަގީން.. އަހަރެން ބޭނުން އައިކް މިގެއަށް ގެންނަން. އެކުއްޖާއާއެކު ގިނަވަގުތު ހޭދަކުރަން.. ހިތަށް ހަމަޖެހުންލިބޭ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް އަމިއްލަ ހިތާމަތަކުން ދުރުވޭ. އަހަރެންގެވެސް އެކަހަލަ ލޯބި ކުއްޖެއް.. އާނއެކޭ ބުނަންވީ ކަންނޭނގެ.” އަމިއްލަ ނަފުސާ އެއްބަސްވަމުން ޔަނާލް ކާރޑުގައިއިން އަރްޒަންގެ ނަމްބަރު ޖަހައިލަމުން ގުޅައިލިއެވެ. ފޯނު ރިންގްވާން ފެށުމާއެކު ޔަނާލްގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ.

“ހަލޯ.” އެކޮޅުން ފޯނުނެގުމާއެކި އިވުނު ފިރިހެންވަންތަ އަޑުން ޔަނާލްގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. “އަ..އައްސަލާމް ޢަލައިކުމް.” ވަރަށް ހިތްވަރުކޮށްފައި ޔަނާލް ވާހަކަ ދެއްކިއެވެ. “ވަޢަލައިކުމް ސަލާމް.” ސަލާމުގެ ޖަވާބުލިބުމާއެކު ދެލޯމަރައިލަމުން އަނެއްކާވެސް ޔަނާލް ވާހަކަދައްކަން ފެށިއެވެ. “އަރްޒަންތަ؟ މީ ޔަނާލް އިނގޭ.” ހާސްވެފައި އިން ނަމަވެސް އެކަން އަޑުން ނުދައްކައިވޭތޯ މަސައްކަތް ކުރަމުން ޔަނާލް ބުނެލިއެވެ. “އޯހް. ޔަނާލް. ޔެސް ޓެލް މީ. ޖަވާބެއްދޭންތަ ތިގުޅީ؟” އަރްޒަންގެ އަޑުން އޭނާ ޔަނާލްގެ ކޯލަކަށް އިންތިޒާރުކުރަމުން ދިޔަކަން އިނގި ހާމަވަމުންދިޔައެވެ. “ހޫމް. އަހަރެން އޯކޭ އައިކް އަށް ޓިއުޝަން ދޭން. އަންނަ ހަފުތާއިން ފެށިގެން ކޮންމެ ދުވަހަކު ހަވީރު ފަހަކުން ހަޔަކަށް މިގެއަށް ގެނޭ. އޯކޭތަ؟” ހާސްވެފައިހުރިވަރުން އެއްފަށްޗަކަށް ޔަނާލް އަމުނައިލިއެވެ. ޔަނާލްގެ ވާހަކަދެއްކުމުގައި އަވަސްއަރުވައިލައިފައި ހުރިގޮތުން އަރްޒަންއަށް ހެވުނެވެ. އެއާއެކު އޭނާގެ މޮޔަކަށް ހިތަށްއަރައި ޔަނާލްއަށްވެސް ހިނިތުންވެލެވުނެވެ. “ހެހެ. އޯކޭ” ފޯންކޯލް ކުރުކޮށްލަމުން އަރްޒަން ފޯނުބޭވިއެވެ. އެއާއެކު ޔަނާލަށް ފޯނު ކަންފަތާއި ދުރުކޮށްލަމުން އޭގެއަށް ބަލަހައްޓައިގެން އިނދެވުނެވެ. އޭނާގެ ނިންމުމާއިމެދުގައި ހިތްހަމަޖެހިފައިހުރެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތީ ފެންވަރައި ތާޒާވެލައިގެން އެއްޗެއް ކެއުމުގެ ނިޔަތުގައެވެ.

** ** **

“ޔެސް.” ފޯނު ބޭއްވުމަށްފަހު އަރްޒަން ހެވިދިލިފައިހުރެ ބުނެލިއެވެ. “ކިހިނެއްވީ؟ ހާދަ އުފާވެފަ؟” ކާކޮޓަރިން ފެންފުޅިއެއް ހިފައިގެން ނުކުތް ނިޝްޔާގެ ލޮލުގައި ހިނިތުންވެފައިހުރި އަރްޒަން އަޅައިގަތުމާއެކު އަހައިލިއެވެ. “އައިކް ޓިއުޝަންއަކަށް ގެންދަން މިއުޅެނީ.” ލައިގެންހުރި ފަޓުލޫނުގެ ޖީބަށް އަތްޖަހައިލަމުން އަރްޒަން އެހެން ބުނެލުމާއެކު ނިޝްޔާ ނިތްއަރުވައިލީ ކާކުގާތަށްތޯ އަހައިލާފަދަ ގޮތަކަށެވެ. “ޔަނާލް ގާތަށް. އައިކްގެ ފޭވްރިޓް އާންޓީ.” އެއްއަރިއަކަށް ހިނިތުންވެހުރެ އަރްޒަން ބުނެލިއެވެ. އެއާއެކު ނިޝްޔާގެހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. “އެކީކުރަން ދުރުމީހެއް ގާތަށް ގެންދަނީ؟ އަހަރެންވެސް މިހުރީނު. އަހަރެންވެސް އައިކްއަށް ޓިއުޝަން ދީފާނަން.” އަރްޒަން އެއްގޮތަކަށްވެސް އެހެން އަންހެންކުއްޖަކާއެކުގައި ވަގުތު ހޭދަކުރާކަށް ނީޝްޔާގެ ހިތް އެއްބަހެއް ނުވެއެވެ. “އިޓްސް އޯކޭ ނިޝް. ނިޝްވެސް އުޅެނީ ވަޒީފާގައެއްނު. އަނެއްކާ ގޭގަ އުޅޭ ވަގުތުތަކު ވީވަރަކުން އައިކްގެ ކަންތައްވެސް ކޮށްދެމެއްނު. އިތުރު ބުރައެއް ނިޝްއަށް ޖައްސާކަށް އަހަރެން ބޭނުމެއްނޫން.” އޯގާތެރި ހިނިތުންވުމަކާއެކު އެހެން ބުނެލަމުން އަރްޒަން އެތަނުން ދިއުމާއެކު ނިޝްޔާގެ ދެބުމަ ގޮށްޖެހުނެވެ.

ބާރު ހިނގުމެއްގައި އޭނާގެ ކޮޓަރިއާއި ދިމާއަށްދިޔަ ނިޝްނާ ފެނުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެހެން ހާޝިމާއަށް ހީވިއެވެ. ސިޑިން ފައިބަން ގަސްދުކޮށްފައިވެސް އެނބުރި ނިޝްޔާގެ ފަހަތުންގޮސް ހާޝިމާ އެކޮޓަރިއަށް ވަތްއިރު އެނދުގައި ދެފައިވަށްކޮށްލައިގެން ފުންވިސްނުމަކަށް ގެއްލިފައިކަހަލަ ގޮތަކަށް ނިޝްޔާ އިނެވެ.

“ދަރިފުޅާ ނިޝްޔާ. ކިހިނެއްވެފަ ތިއިނީ؟ ކަމެއްވީތަ؟” ދެތިންފަހަރު ގޮވައިލުމުންވެސް ނިޝްޔާގެ ސަމާލުކަން ނުލިބުމުން އޭނާގެ އަތުގައި ކޮށްޓައިލަމުން ހާޝިމާ ތަންކޮޅެއް ބާރަށް އަހައިލިއެވެ. އެއަޑަށް ސިހިފައި ނިޝްޔާ ހާޝިމާއަށް ބަލައިލިއެވެ. “ކީކޭ މަންމާ؟ މަންމަ ކޮންއިރަކު މިތަނަށްއައީ؟” ބޮލުގައި އަތުންފިރުމައިލަމުން ނިޝްޔާ ހަމަޖެހިލިއެވެ. “ސާބަސް ދަރިފުޅަށް. ކޮންކަމަކަށް ގެއްލިފަ ތިއިންނަނީ؟ މަންމަ ގާތު ބުނެބަލަ.” އޯގާތެރިކަމާއެކު ނިޝްޔާގެ އަތުގައި ފިރުމަމުން ހާޝިމާ އަހައިލިއެވެ.

“މަންމާ. އަރްޒަން.. އަރްޒަން ދެކެނީ އަހަރެންމީ އަހައެކަނި އޭނަގެ ކޮއްކޮއެއް ގޮތަށް. މިހާރު އޭގެފަހުން ހަތަރު އަހަރު ފާއިތުވީ. އެކަމަކު އެނޫން ނަޒަރަކުން އޭނަ އަހަރެންނާ ދިމާއަށް ބަލައިވެސްނުލާ.” ތުންފަތުގައި ދަތްއަޅައިލަމުން ނިޝްޔާ ބުނެލިއެވެ. “އެކަމާތަ ދެރަވެފަ ތިއިނީ؟” އިރުކޮޅަކު ވިސްނައިލަން އިނދެފައި ހާޝިމާ އަނެއްކާވެސް އަހައިލިއެވެ. “ހަމައެކަނި އެކަމެއްނޫން. އަހަރެން. އަހަރެން ބިރުގަނޭ އަނެއްކާވެސް އެހިތުން އެހެން ކުއްޖަކަށް ޖާގައެއްދީފަނެތީ. ދެން އަލުން އެހިތާމަތަކެއް އަހަރެންނަކަށް ނުއުފުލޭނެ. އަރްޒަން އެހެންމީހެއްގެ ހައްގަކަށްވާތަން ބަލާކަށް އަހަރެންނަކަށް ކެތެއްނުވާނެ.” ހިތުގައިހުރި ހުރިހައި އުދާހެއް ހާޝިމާގެ ކުރިމަތީގައި ބަންޑުންކޮށްލެވުނުއިރު ނިޝްޔާގެ ޚިޔާލުގައިވީ ޔަނާލެވެ. އައިކްގެ ދުލުން އެނޫންނަމެއް ނުއިވޭއިރު އަރްޒަންވެސް ޔަނާލާއި މެދުގައި އެހެން ނަޒަރިއްޔާތަކުން ވިސްނާހެން ނިޝްޔާއަށް ހީވަނީއެވެ.

“ސާބަސް ދަރިފުޅާ. އަބަދު ތިހައި ނުބައިކޮށް ވިސްނާކަށް ނުވާނެ. މަންމަ ކިތައްފަހަރު ބުނާނީ ތިކަމާ ނުވިސްނާށޭ. އެއީ ދަރިފުޅު ކަންބޮޑުވާން ޖެހޭވަރުގެ ކަމެއްނޫނޭ. މަންމަ ހުރިހައި ހިނދަކު ދަރިފުޅުނޫން އެހެން ކުއްޖަކަށް އަރްޒަންގެ ހަޔާތަށް އަންނާކަށް ނުކެރޭނެ. އެއަށްވުރެ މަންމަ މާ ހުޝިޔާރުވާނެކަން ދަރިފުޅަށް އިނގެއެއްނު. އެހެންވީމަ ތިކަހަލަ ބޭކާރު ކަންތަކާ ދެން ނުވިސްނާ. މަންމަ އަބަދުވެސް ބުނަމެއްނު. މަންމަ ބުނާގޮތަށް ކަންތައްކުރީމަ ހުންނާނީ ރަނގަޅަށޭ. އަދި ވަގުތު ޖެހެންދެން ކެތްކޮށްލާ. އަރްޒަންވާނީ ހަމައެކަނި ނިޝޫގެ ހައްގަކަށް. އުފާވެއްޖެތަ މިހާރު؟” ނުލަފާ ގޮތަކަށް ހިނިތުންވެއިނދެ ހާޝިމާ ވާހަކަދައްކައި ނިންމައިލިއިރު ނިޝްޔާގެ ތުންފަތްމައްޗަށްވެސް ވަނީ ހިނިތުންވުމެއް ވެރިވެފައެވެ. ބޯޖަހައިލަމުން އުފާވެލައިފައި ނިޝްޔާ ހާޝިމާގެ ގައިގައި ބައްދައިލިއެވެ. ނިޝްޔާގެ ބޮލުގައި ބޮސްދިނުމަށްފަހު އަރާމުކޮށްލުމަށް ބުނެލަމުން އެތަނުން ހާޝިމާ ދިޔައެވެ.

“އޯ ޔެސް އަރްޒަން. ޔޫ އާރ މައިން. އޮންލީ މައިން.” ހުވަފެނީ ގޮތަކަށް ސީލިންގްއަށް ނަޒަރު ހުއްޓައިލައިގެންއޮވެ ނިޝްޔާ ހިތާހިތުން ބުނެލިއެވެ.

** ** **

އެނދުގެ އެއްފަރާތުގައި އިނށީދެލައިގެންއިން އަރްޒަންވަނީ ފުންޚިޔާލަކަށް ގެއްލިފައެވެ. ދާދި ދެންމެއަކު ޝިހާމާއި ވާހަކަދައްކައިފައި އައިފަހުން އޭނާގެ ހިތްވަނީ ނުތަނަވަސްވެފައެވެ. އަލުން ކައިވެނިކުރަން ނުވިސްނާތޯ ޝިހާމުއެހީ އޭނާއާއި މެދުގައި ކަންބޮޑުވާތީކަން އަރްޒަންއަށް އެނގެއެވެ. އެހެނަސް އިތުރު ކައިވެންޏަކަށް އޭނާ އަދި ތައްޔާރުނުވާކަމަށްބުނެ އަރްޒަން އެވާހަކަ އޮއްބައިލީއެވެ. އަދިވެސް ޔޫލީގެ ހަނދާންތައް އެހިތުގައި ވަކިހިއްޕައިފައިވާގޮތުން އެހިތުން އެހެން އަންހެންކުއްޖަކަށް ޖާގައެއްދޭން އުނދަގޫވާނެކަމަށް އަރްޒަން ގަބޫލުކުރެއެވެ. ކިތަންމެ ގިނަ ދުވަހެއްވި ނަމަވެސް އޭނާގެ އަލަތު އަނބިމީހާމަތިން އެހައި ފަސޭހައިން ހަނދާންނައްތައިލާނީ ކިހިނެއްހެއްޔެވެ؟ ޔޫލީދެކެ އޭނާއަށް ވެވުނީ އެއަށްވުރެ މާ މަތިވެރި ލޯތްބެއްކަން ގައިމެވެ.

އިންތަނުން ތެދުވަމުންގޮސް އެނދުގެ އެއްފަރާތުގައިހުރި ކުޑަ ކަބަޑު ހުޅުވައިލުމަށްފަހު އޭގައި އޮތް އަލްބަލް ނަގަމުން އަރްޒަން އެތަނުގައި އިނށީދެ އެހުޅުވައިލިއެވެ. މާޒީގެ އެކި ސޮފުހާތަށް ފަރުވާތެރިކަމާއެކުގައި ބަލަމުންދިޔަ އަރްޒަންގެ ދެލޯ ފެންކަޅިވެގެން ދިޔައީ ޚުދު އޭނާއަށްވެސް ނޭނގިހުއްޓައެވެ.

“ޔޫ. އައި ރިއަލީ މިސް ޔޫ. ހިތަށް އަރާ.. އަހަރެމެންގެ ދަރިފުޅު ބޮޑުވަމުން އަންނަތަން ދެކެން ޔޫ ހުރި ނަމައޭ. ވީ ބޯތް ލަވް ޔޫ އަ ލޮޓް.” އަލްބަމުގައިހުރި ޔޫލީގެ ތަސްވީރެއްގައި ލޯތްބާއެކު ފިރުމަމުން އަރްޒަން އެތަސްވީރާއި ވާހަކަދައްކަމުން ދިޔައެވެ. ބަދަލުގައި ޖަވާބެއް ނުލިބޭނެކަން އިނގުނުނަމަވެސްއެވެ. އެވަރުންވެސް އެހިތަށް ހަމަޖެހުންލިބެއެވެ.

“އިނގޭ އައިކްއަށް މަންމަ އެއްގެ ލޯބި ބޭނުންވާނެކަން. އެކަމަކު.. އަހަރެން ބިރުގަނޭ.. ދެން ކުރެވޭ ކައިވެންޏެއްގެ ސަބަބުން އަހަރެމެންގެ ލޯބި ދަރިފުޅަށް ގެއްލުމެއްވެދާނެތީ އަހަރެން ޖެހިލުންވޭ.” ކޮޓަރިއަށް ވެެރިވެފައިވާ ހަމަހިމޭންކަން ނެތިގެންދިޔައީ އަނެއްކާވެސް އަރްޒަން ވާހަކަދެއްކުމުންނެވެ. އެތައްއިރަކު އެގޮތުގައި ޔޫލީގެ އެކި ތަސްވީރުތަކާ ތަފާތު ވާހަކަ ދެއްކުމުގައި އަރްޒަން އިނެވެ. އަމިއްލަ ދުނިޔެއަކަށް ގެއްލިފައެވެ.

** ** **

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުންދިޔައީ އެއްބައެއްގެ ދިރިއުޅުމަށް ބަހާރު މޫސުމް ގެނުވަމުންނެވެ. އަނެއްބައެއްގެ ދިރިއުޅުމަށް ޚަރީފު މޫސުމް ގެނުވަމުންނެވެ. ދުނިޔޭގައި އެކި މީހުނަށް ދިމާވާނީ އެކިގޮތެވެ. އެއީ މިތަނުގެ އާދައެވެ. އެއްވެސް ކަމަކީ އަބަދަށް ދެމިއޮންނާނޭ ކަމެއް ނޫނެވެ. އެއްބައަކު މާޒީއިން ލިބޭ ފިލާވަޅުތަކުން އިބްރަތް ހާސިލްކޮށް ދިރިއުޅުމާއިގެން ކުރިއަށްދާން މަސައްކަތް ކުރާއިރު އަނެއްބައަކު ތިބެނީ އެހެން މީހުންގެ ދިރިއުޅުން ހަލާކުކޮށްލުމުގައި ފައިވިއްދައިފައެވެ. ކޮންމެ ހާލަކުން ނަމަވެސް އަމިއްލަ އުފާތައް ހާސިލްކުރަން އުޅޭ މީހުންވެސް މަދެއްނޫނެވެ. އެމީހުންގެ އަމަލުތަކުން އަނެކާއަށްވާނެ ގެއްލުމަކާއި ދެރައަކާމެދުގައި އެމީހުން ވިސްނަން ބޭނުންނުވާ ކަހަލައެވެ.

ޔަނާލްވެސް މަސައްކަތް ކުރަމުންދިޔައީ މާޒީގެ ލޯގަނޑަށް ބަލައި ކުރިމަގު އުޖާލާ ކުރެވޭތޯއެވެ. އޭނާގެ އައު ދިރިއުޅުމަށް ހޭނި އެދިރިއުޅުމަށް އިތުރު ފުރުސަތެއްދޭން އެހިތްވެސް ބޭނުންވެއެވެ. އެހެނަސް ހިތާމައަކީ މާޒީގެ ނާމާންކަމާއި ގުޅިފައިވާ އެކިއެކި ހުވަފެންތައް އޭނާއަށް އުނދަގޫކުރާކަމެވެ. އެތައް ރެއަކު ރޭގަނޑުގެ އަރާމު ނިދިން މަހުރޫމުވެފައި އޭނާއަށް އެކި ކަންކަމާމެދުގައި ވިސްނުން ހިންގަން އޮވެވެއެވެ. ހިތަށް ކިތަންމެ ތަދުވިނަމަވެސްއެވެ.

ސްކޫލްއިން ގެއަށް އައުމަށްފަހު ޔަނާލް ބުރަކޮށްލައިގެން އުޅުނީ އައިކް އައުމުގެ ކުރިން ގޭތެރެ ފޮޅައި ސާފުކޮށްލުމުގެ ނިޔަތުގައެވެ. ހުރިހައިކަމެއް އޭނާ ހިތްހަމަޖެހޭ ވަރަށް ތައްޔާރުވުމުން އަވަނަށް ލައިފައިހުރި ކަޕްކޭކް ތަށިތައް ނަގައި މޭޒުމަތީގައި އަތުރައިލައި އޭގައި ރީތިގޮތަކަށް އައިސިންގް ޖަހައިލިއެވެ. އޭރު މުޅިތަންވަނީ ކަޕްކޭކްގެ މީރުވަހުން އެއްވަސްވެފައެވެ.

ހުރިހައި މަސައްކަތެއްކޮށް ނިމުމުން އަވަސްއަރުވައިލައިފައި ފެންވަރައި ތާޒާވެލުމަށްޓަކައި ޔަނާލް އުޅެގަތެވެ. އޭނާއަށް ތައްޔާރުވެ ނިންމައިލެވުނީ ހަމަކިރިޔާއެވެ. ގޭގެ ބެލް ޖަހައިލި އަޑުއިވިފައި ޔަނާލްގެ ހިތްވެސް އާދަޔާ ޚިލާފަށް ބާރަށް ތެޅެންފެށިއެވެ. ފުންނޭވާއެއްލައި މީހާ ހަމައަކަށް އަޅުވައިލަމުން ޔަނާލް ގޭގެ ދޮރު ހުޅުވައިލިއެވެ. އޭރު ދޮރުކުރިމަތީގައި އަރްޒަންގެ އަތުގައި ހިފައިގެން އައިކް ހެވިދިލިފައި ހުއްޓެވެ.

“ޔަނާ އާންޓީ. މީ ޔަނާ އާންޓީގެ ގެތަ؟” ޔަނާލްގެ ފައިގައި އޮޅުލައިގަންނަމުން އައިކް އަހައިލިއެވެ. ހެވިފައި އައިކް އުރައިލަމުން އޭނާގެ ސުވާލަށް ޖަވާބުދިނުމަށްފަހު އެތެރެއަށް ޔަނާލް ހިނގައިގަތެވެ. “އޯކޭތަ އައިކް ނިމެންދެން އަހަރެން މިގޭގައި މަޑުކޮށްލިއަސް؟” ޔަނާލްގެ ފަހަތުން އެތެރެއަށް ވަންނަމުން އަރްޒަން ކޮށްލި ސުވާލުން ޔަނާލް ހުއްޓުންއަރާގޮތްވިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި އަވަސް އަވަހަށް ބޯޖަހައިލަމުން އައިކް ގެންގޮސް މޭޒު ދޮށުގައިހުރި ގޮނޑިއެއްގައި ބައިނދަމުން ގާތުގައި ޔަނާލްވެސް އިނށީދެ ހަމަޖެހިލިއެވެ.

“ޔަނާ އާންޓީގެ ހައުސް ވަރަށް ތިއްތި ދޯ ބައްޕީ.” ހެވިފައި އެކި ދިމަދިމާ ބަލަމުންދިޔަ އައިކްގެ ތުއްތު އަޑުން އެތަނަށް ވެރިވެފައިއޮތް ހަމަހިގޭންކަން ނަގައިލިއެވެ. އައިކް ދޯދިނުމުން އަރްޒަންވެސް ހިނިތުންވެލަމުން ހޫމް ލައްވައިލިއެވެ.

ސިޓިންރޫމްގައި ހުރި ސޯފާއެއްގައި އައިކްމެން ފެންނާނެހެން އަރްޒަން އިނށީނެވެ. ޔަނާލާއި އެކުގައި އައިކް ކިޔަވަމުންދިޔަތަން ޝައުގުވެރިކަމާއެކުގައި ބަލަން އަރްޒަން އިނީ ހައިރާންވެފައެވެ. އެދެމީހުންގެ ދެމެދުގައިއޮތް ގުޅުމުގެ ވަރުގަދަކަން އެވަގުތު އޭނާގެ ހިތަށް އެރިއެވެ. ޔަނާލްގެ އޯގާތެރިކަމާއި އައިކްއާއި ގުޅިގެން އޭނާ މަސައްކަތްކުރަމުން ދިޔަގޮތްފެނި އައިކް ޔަނާލާއި އެހައި ގަޔާވާންވީ ސަބަބު އަރްޒަންއަށް ވިސްނުނެވެ. ކުޑަކުދިންގެ ޝައުގާއި ހިތް ދަމައިގަންނާނެގޮތް ޔަނާލް އަކިތަންމެ ރަނގަޅަކަށްވެސް އިނގޭކަމަށް އަރްޒަންއަށް އެއްބަސްވެވުނެވެ. ގަޔާވެފައި އެމަންޒަރު ބަލަން އިނދެވެނުވަރުން ވަގުތުދިޔަ ގޮތްވެސް އޭނާއަށް ނޭނގުނެވެ.

“ބައްޕީ.” އަރްޒަންގެ ގައިގައި އޮޅުލައިގަންނަމުން އައިކް ގޮވައިލުމާއެކު ޚިޔާލީ ދުނިޔެއިން އަރްޒަން އަށް ނުކުމެވުނެވެ. ލޯތްބާއެކު އައިކް ގައިގައި ބައްދައިލުމާއެކު އަރްޒަންއާ ދުރުވެލަމުން އަތުގައިއޮތް ކޮތަޅެއް އައިކް ދައްކައިލިއެވެ. “ތީ ކޮންެއެއްޗެއް؟” އެކޮތަޅަށް އިޝާރާތްކުރަމުން އަރްޒަން އަހައިލިއެވެ. “މީ ޔަނާ އާންޓި ދިން ހަދިޔާ އެއް. ކޮއްކޮއާ ބައްޕިއާ ދެކުދިންނަށް.” އައިކް ބުނެލިގޮތުން އެހަދިޔާއާއި މެދުގައި އޭނާ ހިތްހަމަޖެހިފައި ހުރިކަން އަރްޒަންއަަށް ނަގައިގަނެވުނެވެ. “އެހެންތަ. ދެން ޔަނާ އާންޓީއަށް ތޭންކްސް ބުނިންތަ؟” އަނެއްކާވެސް އައިކް ގަތުގައި އަރްޒަން އަހައިލިއެވެ. “ލައްބަ. ބުނިން.” އަތުގައިއޮތް ކޮތަޅާާއި ކުޅެމުން އައިކް ބުނެލިއެވެ.

ޔަނާލްއަށް ޝުކުރުއަދާކުރުމަށްފަހު އަރްޒަންމެން ދިއުމުން ގޭގެ ދޮރު ތަޅުލަމުން ވަރުބަލިވެފައިހުރެ ޔަނާލްއައިސް ކޮޓަރީގެ އެނދުގައި އޮށޯވެލިއެވެ. ނަމަވެސް އޭނާހުރީ އައިކްއާ އެކުގައި އެހޭދަކުރެވުނު ވަގުތުކޮޅުގެ ސަބަބުން ވަރަށް ހަމަޖެހިފައެވެ. އައިކްގެ މަޖާވާހަކަތަކުންނާއި ހަރްކާތްތަކުން އެހިތް ލޯބިން ފުރިބަންޑުންވާހައިވެއެވެ. މިކުޑަ ދުވަސްކޮޅުގެ ތެރޭގައި އައިކްވަނީ އެހެންކުދިންނަށްވުރެ ވަރުގަދަ ޖާގައެއް ޔަނާލްގެ ހިތުން ހޯދައިފައެވެ. އެގޮތުގައި އިރުކޮޅަކު އަރާމުކޮށްލުމަށްފަހު ޔަނާލް އަވަސްވެގަތީ ބަންގި ގޮވަންވާއިރަށް ނަމާދުކުރަން ތައްޔާރުވެލާށެވެ.

** ** **

އައިކް ނިންދެވުމަށްފަހު އަރްޒަން ތިރިއަށް ދިޔައީ ސިޓިންގްރޫމްއިން މާބޮޑަށް ހީ ސަކަރާތްޖަހާއަޑު އިވުމުން ވެގެން އުޅޭގޮތެއް ބަލައިލުމުގެ ނިޔަތުގައެވެ. ސިޑިން ފައިބަމުން ދިޔަވަރަކަށް ސޯފާގައި އޭނާއަށް ފުރަގަސްދީގެން އިން ފިރިހެނެން އަރްޒަންގެ ލޮލުގައި އަޅައިގަތެވެ. ކާކުކަން ޔަގީންނުވެފައި އެދިމާއަށް އައި އިރު އޭނާގެ ކުރިމައްޗަށް ވާގޮތަށްހުރި ސޯފާގައި ހެވިފައި އިން ނިޝްޔާ އެމީހަކާ އެކިއެކި ވާހަކަދައްކަމުން ސަކަރާތް ޖަހަމުން ދިޔައެވެ.

މިއޮއް އައީނު ތިނުފެނިގެން އުޅޭ މީހާ. އަހަރެން މިއުޅެނީ އަދި އިރުކޮޅަކުން އަރްޒަން ބަލައި ދާންކަމަށް. ބަލައިލަބަލަ އަރްޒަން ހޯދަން އައިސް އިން މީހެއް.” ނިޝްޔާގެ އަޑުގައިހުރި އުފާވެރިކަމުން އެމީހަކީ އޭނާއަށްވެސް ވަރަށް ޚާއްސަ މީހެއްހެން ހީވެއެވެ. “ކާކުތަ؟” އެމީހާ އަޅައިވެސްނުލާ އިނުމުން އެމީހެއްގެ މޫނު ފެންނާނޭހެން ކުރިމައްޗަށް އަރަމުން އަރްޒަން އަހައިލިއެވެ. އެއާާއެކު އެމީހަކު އިސްއުފުލައިލަމުން އަރްޒަންއާާއި ދިމާއަށް ނިކަން ހެވިފައި އިނދެ ބަލައިލިއެވެ. ވަގުތުން އަރްޒަންގެ ދެލޯ ބޮޑުވެ މީހާ ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ.

“ހޭ މޭން. ޒާވް ތަ ތީ؟ ހާދަ ތަފާތޭ. އަހަރެން މިހުރީ ވަކިކުރަންވެސް ނޭނގިފަ.” ހިނިގަނޑެއް ޖަހައިލަމުން ސޯފާއިން ތެދުވި ޒާވިލްގެ ގައިގައި އޮޅުލައިގަންނަމުން އަރްޒަން ބުނެލިގޮތުން އެތަނުގައި ތިންމީހުންގެ ހުނުމުގެ އަޑު އަރުލައިގެން ދިޔައެވެ. “ޔެސް މޭން. އިޓްސް މީ. ހެހެ” އެކިވާހަކައިގައިތިބެ ސޯފާގައި އިނށީދެ ދެމީހުން ހަމަޖެހިލިއެވެ.

“ނޭނގޭނު. ތިހުރީ ތަފާތުވެފައިހުރި ވަރު. ބޭރުގައުމެއްގަ އުޅެފަ އައީމަ ހީވަނީ ހަމަ ފަރަންޖީއެއްހެން ވިއްޔަ.” ޒާވިލްއާ ދިމާކޮށްލާފަދަ ރާގަކަށް ބުނެލިއެވެ. “އޯކޭ އޯކޭ އޭ ތިހެން ބުންޏަސް. އަހަރެން ދެރައެއްނުވޭ.” ޒާވިލްވެސް އަރްޒަން އަށް ދޫދޭކަށް ގަސްދެއްނުކުރިއެެވެ. “ކައިވެނިކުރި ގޮތަށް އަންގާވެސްނުލާ ބޭރަށް ފުރީވިއްޔަ. ދަމުން ގުޅާލާނެ ނަމްބަރެއްހައި ހިސާބުވެސް ދިނީއެއްނޫން.” މޭޒުމަތީގައިހުރި ހެދިކާ ތަށިން ހެދިކާއެއްނަގައި އަނގައަށްލަމުން އަރްޒަން ބުނެލިއެވެ. “ކީކުރަން ދެނީ؟ ބެސްޓް ފްރެންޑްގެ ކައިވެންޏަށް ނުއަންނަ މީހަކަށް. ދޯ ނިޝް.” ނިޝްޔާވެސް ބޯޖަހައިލައިފައި އެއީ ތެދެކޭ ބުނެލީ ޒާވިލްގެ ވާހަކައާއި އެއްބަސްވެލުމުގެ ގޮތުންނެވެ. “ސޮރީ މޭން.. އަހަރެން މަސްއްކަތްކުރިން ދެވޭތޯ. އެކަމަކު އެރޭހަމަ ކުއްލިއަކަށް އޮފީހުގަ މުހިއްމު މީޓިންގްއެއް ބާވަން ޖެހުނީމަ ނުދެވުނީ.” އަރްޒަންގެ އަޑުގައި ކޮންމެވެސް ވަރަކަށް މާޔޫސްކަން އެކުލެވިގެން ދިޔައެވެ.

“އިޓްސް އޯކޭ. އައި އަންޑަރސްޓޭންޑް.” އަރްޒަންގެ ކޮނޑުގައި އަތުންޖަހައި ކޮށްޕައިލަމުން ޒާވިލް ބުނެލިއެވެ. ޒާވިލްއަކީ އެންމެ ކުޑައިރުއްސުރެވެސް އަރްޒަންގެ އެންމެ ގާތް އެކުވެރިޔާއެވެ.އަރްޒަންގެ އެކުވެރިކަމުގައި އެގެއަށްއައިސް އުޅުމުގެ ތެރޭގައި ނިޝްޔާއާއި ދެމެދުވެސް އެކުވެރިކަން އުފެދުނީއެވެ. ކުޑައިރުއްސުރެ އެކީގައި އެހައި ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން އަރްޒަންއާއި ޒާވިލް އާއި ެދެމެދުގައިވަނީ ވަކިނުކުރެވޭފަދަ ވަރުގަދަ ގާތް ގުޅުމެއް އުފެދިފައެވެ. އެކަކު އަނެކަކާ ދިމާވެއްޖެނަމަ ހީ ސަމާސާކޮށް ހެދުމަކީ ދެމީހުންގެވެސް އާދައެކެވެ. އަބަދުވެސް އެކަކަށްވުރެ ދެރަނުވާން އަނެކަކު މަސައްކަތް ކުރާނެއެވެ.

އިރުކޮޅަކު އެތަނުގައި ވާހަކަދައްކައިލަން އިނުމަށްފަހު އެދެއެކުވެރިންނަށް ވަގުތުދެމުން ނިޝްޔާ އޭނާގެ ކޮޓިރިއަށް ދިޔައެވެ. ކުޑައިރުގެ އެކިއެކި މަޖާ ވާހަކަ ދައްކަން ދެމީހުން އެތައް އިރަކު ތިއްބެވެ.

“އައި އެމް ސޮރީ އަރްޒަން. ނިޝް ބުނި ޔޫލީ ނިޔާވި ވާހަކަ. ސޮރީ އަރްޒަން އެންމެ ބޭނުންވި ވަގުތު އަހަރެންނަށް އަރްޒަން ގާތުގައި ނުހުރެވުނީމަ.” އިރުކޮޅަކަށްފަހު ޒާވިލް ބުނެލިއެވެ. އެވާހަކައާއެކު ހިނދުކޮޅަކަށް އަރްޒަން ހިމޭންވިއެވެ. ޔޫލީގެ ހަނދާންތައް އޭނާގެ ހިތާއި ސިކުނޑި ގައިދުކޮށްލުމާއެކު އެހިތުގައި ރިހުމެއް އުފެދުނެވެ. “ސޮރީ މޭން.” އެއްޗެކޭ ނުބުނެ އަރްޒަން އިންނަން ފެށުމުން އަނެއްކާވެސް ޒާވިލް ބުނެލިއެވެ. “އިޓްސް އޯކޭ.” ފަނޑު ހިނިތުންވުމެއް ޒާވިލްއަށް ދެމުން މަޑުމަޑުން އަރްޒަން ބުނެލިއެވެ.

“ދެން އެވާހަކަ ނުދަައްކާ. ކޮބާ ޒާވްގެ ވައިފް؟ އަހަރެންނަށް ތައާރަފުވެސް ކޮށްނުދެމެއްނު. އޭރުވެސް ބައްދަލުކޮށްދެން ކިޔާކިޔާވެސް ނުކޮށްދިންވިއްޔަ ބިރުން، ކައިވެނިކުރާރެއިންނޭ ކޮށްދޭނީ ކިޔާފަ. ކީއްވާނީ މިގެއަށް އައި އިރު ފަހަރިވެސް ގޮވައިގެން އައިނަމަ.” ތަނަށްވެރިވި ނުތަނަވަސްކަން ފިލުވައިލަމުން އަރްޒަން ޒާވިލްއާ އަނެއްކާވެސް ދިމާކޮށްލިއެވެ.

“ޔޫ ލޮސްޓް ދަ ޗާންސް މޭން. އެހެންނޭވާނީ މީހުން ދައުވަތުދިނީމަވެސް ނުއަންނަންޏާ.. ހަހަ.” އަރްޒަންގެ ދިމާކުރުމުގައި ބައިވެރިވެލަމުން ޒާވިލްވެސް ބަދަލުގައި އަރްޒަންއާ ދިމާއަށް ބުނެލިއެވެ. “އެހެން އަދި ޗާންސެއް ނުގެއްލޭނެދޯ. ހުރޭ ފަހަރިއާ އަދި ބައްދަލުކުރާނަން. އަހަރެން ހިތަށްއަރާ ޒާވްއާ އެއްކޮށް އެކޮއިފުޅަށް ކެތްވާކަމޭ. އެހައިވެސް ނޯޓީ މީހެއްނު ތީ.” ހިނިގަނޑެއް ޖަހައިލަމުން ޒާވިލްއާ ދިމާއަށް އެއްލޯ މަރައިލަމުން އަރްޒަން އަނެއްކާވެސް ސަމާސަކޮށްލިއެވެ.

“ހެހެހެ. ކެތްނުކޮށް ކޮންތާކަށްތަ ދާނީ.” އޭނާގެ ވަރުގަދަ ފަން އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ޒާވިލް ބުނެލީ އެއްދިމާއަކަށް ގެއްލިފައި އިނދެއެވެ. “ހޫން. ތިއެއްނޫނޭ. މާދަންރޭ ވާނެ ތަންކޮޅެއްކުރިން މިގެއަށް އަންނަން. ފަހަރިވެސް ގޮވައިގެން. އިނގޭ.” ސީރިއަސްވެލަމުން އަރްޒަން އެހެން ބުނެލުމާއެކު ފާޑަކަށް އަރްޒަންއާ ދިމާއަށް ޒާވިލް ބަލައިލިއެވެ. “އައި ވިޝް. އެކަމަކު.. އަރްޒަން. އަހަރުމެން ވަރިވެފިން.. އެއީ.. އެއީ އަހަރެން ހީކުރިކަހަލަ ކުއްޖެއްނޫން. ޝީ އިޒް އަ ޗީޓް.” ދަތްކުނޑި ވިކައިލަމުން ޒާވިލް ބުނެލިގޮތުން އަރްޒަން ހައިރާންވިއެވެ. އެދެމީހުންނަކީ އަރްޒަން އަށް އެނގިފައިވާގޮތުންނަމަ ވަރަށް ލޯބިން ކައިވެނިކުރި ޖޯޑެކެވެ. ދެން މިވީ ކިހިނެއްހެއްޔެވެ؟

“އެވާހަކަ އަހަރެން ތަންކޮޅެއްފަހުން އަރްޒަންއަށް ކިޔައިދޭނަން. މިވަގުތު އަހަރެން އޭނަގެ ވާހަކަ ދައްކާކަށް ބޭނުމެއްނޫން.” އެއްޗެއްއަހަން އަނގަ ހުޅުވައިލި އަރްޒަން ފެނުމުން އަވަސް އަވަހަށް ޒާވިލް ބުނެލިއެވެ. އެއަޑުގައިވި ނަފުރަތުން ހަމަރަނގަޅަށްވެސް އަރްޒަން ހައިރާންވިއެވެ. އޭނާގެ ވާހަކަ ދެއްކިއަސް ޒާވިލްގެ ހިތް ނަފުރަތުން ފުރެއެވެ. އެނަން ގަންނަންވެސް އޭނާ ބޭނުންނުވާ ކަހަލައެެވެ. އެއްއިރެއްގައި އެހައި ލޯބިވި މީހެއްދެކެ އެދަރަޖައަށް ނަފުރަތު ކުރެވޭނީ ކޮންމެވެސް ބޮޑުކަމެއް ވެގެންކަން އަރްޒަންގެ ހިތް ބުނެލިއެވެ. އެހެނަސް ޒާވިލް އަމިއްލައަށް ފެނިގެން އެވާހަކަ ނުދައްކާހައި ހިނދަކު އޭނާވެސް އެވާހަކަ ނުދައްކަން އަރްޒަން ނިންމިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އިންތިޒާރުގައި ހުންނަމޭ ލޯބިން 38

Next

އިންތިޒާރު 12

Next
September 5, 2018

އިންތިޒާރު 12

Previews
September 4, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 38

30 Comments!

  1. Nau says:
    September 5, 2018 at 7:48 am

    Salaam guys.. Here is the fifth part. Hope u guys like this part too. Hehe.. Let me knw the miskates.. N enjoy reading all. Have a v v nice day.. Love u all my dear readers. ?❤

  2. Zaee says:
    September 5, 2018 at 8:19 am

    V nice story . I love it .. heekuran story nimeh dheh up kohdeyne kamah.. thanks u lot..??❤❤

    1. Nau says:
      September 5, 2018 at 8:24 am

      In sha allah i will.. Thanks my dear n ur mst wlcm❤

  3. Ap says:
    September 5, 2018 at 8:29 am

    Zaavil mee yanal ge X hus tha

    1. Nau says:
      September 5, 2018 at 8:58 am

      Hehe lets see dhw.. ?

  4. Reader says:
    September 5, 2018 at 8:56 am

    I think Zaavil and Yanaal ge konmes connection eh hunnaane kanne ??‍♂️. Varah reethi

    1. Nau says:
      September 5, 2018 at 8:58 am

      Hehe lets see. Thanks dear?

  5. lotus says:
    September 5, 2018 at 9:10 am

    This story is getting soo soo interesting.. soo mysterious.. curiously waitin fr the nxt part

    1. Nau says:
      September 5, 2018 at 9:25 am

      Hehe yah dhw.. Thanks dear❤

  6. maya says:
    September 5, 2018 at 9:19 am

    yey im second dhw……i love it….vvvreeeeeehchey nau..sifakurun vv reethi masha allah …anehkaa yanaal thr zaavil ge wife aki…mihaaru aneh part kiyaa hithun hurveni ki nun..alhe miadhu adhi 1 part up kohdhybaa..

    1. Nau says:
      September 5, 2018 at 9:25 am

      Hehee. Kyp waiting dear.. Lets see dhw.. Thanks dear loads❤

  7. ??? says:
    September 5, 2018 at 11:03 am

    Zaavul akiii yanaal ge x hux dwww E zaavil Yanaal ah aniyaakuranii dw??vaahaka vvv rythi??

    1. Nau says:
      September 5, 2018 at 11:15 am

      Hehee lets see dhw.. Thanks dear❤

  8. shannu says:
    September 5, 2018 at 11:27 am

    Anehka eyee kaakubaa dhw???… eynage wife akyy anehka yanaal baa??? Hahthahaaves javaab engen beynun suvaal thakeh…. kihineh vaanbaa dhw miulheny. .. anehbai kiyaahithun mihaaru hurevenykynun… v v ves interesting. .. ur the best writer’s. ..

    1. Nau says:
      September 5, 2018 at 6:37 pm

      Awwwn yah dhw.. Hehe so many questions.. Well it will get answered slwly.. Kyp waiting.. Thanks alot my dear❤

  9. ? Unknown ? says:
    September 5, 2018 at 12:08 pm

    Wow. V interesting..♥️♥️. Waiting for what will hpn next.?

    1. Nau says:
      September 5, 2018 at 6:37 pm

      Thanks alot dear❤

  10. Airah says:
    September 5, 2018 at 1:19 pm

    Vvv ves interesting.waithing for The next part.story hama v salhi

    1. Nau says:
      September 5, 2018 at 6:38 pm

      Awwn thanks alot dear❤

  11. Aesh says:
    September 5, 2018 at 1:26 pm

    Maa sha Allah.. Vrh Vrh Vrh furihama.. ☺️☺️☺️???? mihaaru ehcheh heevehje.. Ekam yageen eh noon.. Aesh ah heevany zaavil ge ex-wife aky yanaal hen.. Dhn emme fahun nishya aa zaavil gulhigen kanneynge ulheynee.. Dhn balamaa dhw.. ☺️?? good job dear.. Keep it up..???????????????????

    1. Nau says:
      September 5, 2018 at 6:39 pm

      Hehe yah dhw lets see thi hyvaagoi rangalhuthw or noon thw.. Thanks alot my dear❤

    2. Reader says:
      September 5, 2018 at 10:32 pm

      Oh no. Same, I was actually thinking like that… I wasn’t sure. Still I’m not.. Ehenve i didn’t mention seedhaa ehgothakah.. But I did say they have a connection ey…. Dis you read my mind lmao

    3. Aesh says:
      September 8, 2018 at 9:06 pm

      Hahahahaha.. Nope.. Definitely it’s a no… We haven’t meet or seen yet.. So how that would be possible? It’s just a coincidence… Hahaha.. ????????????

  12. Shaya says:
    September 5, 2018 at 3:07 pm

    Masha Allah…sorry for commenting too late!!..its bcx of tests..? BTW stry is awesome as usual..zaavilge ex hn heevanee yanaal akee…dhn kihineii baa vaanee??..waiting for nxt part..keep up the good work❤❤??????

    1. Nau says:
      September 5, 2018 at 6:40 pm

      Its ok my dear.. U shud concentrate more on studies ingey miadhuvaskolhu.. Give it ur best. N gud luck frm me.. ?.. Lets see dhw vaagotheh.. Hehe.. Thanks my dear so much❤?

  13. Xu hu says:
    September 5, 2018 at 5:04 pm

    Ummm nau kuda thankolheh rangalhu kohlan jehey ebw dhn anna baehga..nau iny eyge ah egothah ibaaraaiyy kohfa dhw bt rythi vaany n aslu innaanyy eah balan eah gehlifa egothah…. Hope u will accept…. N this is so interesting story… Love u nau keep it up….

    1. Nau says:
      September 5, 2018 at 6:42 pm

      Awwn thanks alot my dear.. V happy vey thigothah mistakes bunedheythy. It really helps to improve alot.. I really appreciate it.. In sha allah thibuni kanthah rangalhu kuran i will try my best.. Thanks again.. Love u too dear❤

    2. Xuhu says:
      September 6, 2018 at 7:25 pm

      Xuhu vx kuda error eh araigen adhi xuhu ge story eh public nukurevigen miulhenyy… Insha allah v avah fennaane… ❤?

  14. Unknown girlll.. says:
    September 5, 2018 at 9:34 pm

    V. Reethi ???mi part ves…eiy kaaku…yanaaltha.???..interesting..cant wait, keep up the good work??? luvya?❤?

    1. Nau says:
      September 5, 2018 at 11:05 pm

      Thanks alot dear.. Lets see dhw.. Hehe.. Love u too❤

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ (6)←


All Right Reserved!