Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 12

almaa2004 Level 210 Stories100 Login
September 5, 2018 4 Mins Read
13 Comments

ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ސިޓިންރޫމަށް ބޯދިއްކޮށްލި ޒާއިފްއަށް މަރުހަބާކީ އަނދިރިކަމެވެ. ސިޓިންރޫމުގައި އިން ބޮކީގެ ފަނޑު އަލިކަން ފިޔަވައި އިތުރު އެއްވެސް އަލިކަމެއް އެތާކު ނުވެއެވެ. އެކި ދިމަދިމާ ހޯދަމުން ކުރިއަށް ހިނގައިގަންނަން އުޅުން ޒާއިފްއަށް ހުއްޓިލެވުނީ ފެން ޖަގެއް ހިފައިގެން ކޮޓަރިއާއި ދިމާލަށް އައި ޒިވާ ފެނިފައެވެ. ޒާއިފްއަށް ލުއި ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ޒިވާ ކޮޓަރިއަށް ވަނެވެ. ވާނުވާ ނޭނގޭ ހާލުގައި ހުރި ޒާއިފް އޭނާގެ ދެލޯ އުނގުޅާލިއެވެ. ހުވަފެނެއްތޯ ޔަގީން ކުރުމަށެވެ. އެއީ ހަަމަ ގައިމުވެސް ހުވަފެނެއް ނުވަތަ އޭނާއަށް ހީވި ހީވުމެއް ނޫންކަން ޒާއިފްއަށް ޔަގީންވިއެވެ. ޒިވާ އެ ގޮތަށް އެ ކަންތައް ކުރީ ކީއްވެބާއެވެ؟ ފޯނެއް އައިސްގެން ސިއްރު ސިއްރުން ކޮޓަރިން ނިކުތް މީހަކު ފެން ޖަގެއް ހިފައިގެން އަންނަން ޖެހުނު ސަބަބެއް ޒާއިފްއަކަށް ނުވިސްނުނެވެ. ޒިވާ އޭނާއަށް ކޮންމެސް ބޮޑު ކަމެއް ސިއްރު ކުރާހެން ޒާއިފްއަށް ހީވާން ފެށިއެވެ. އިރުކޮޅަކު އެތާ ހުރުމަށްފަހު ޒާއިފް އެނބުރި ކޮޓަރިއަށް ވަނީ މި ވާނުވާ ހޯދުމަށް ހިތުގައި އަޒުމް ކަނޑައަޅައިގެންނެވެ.

އަރައިގެން އައި އިރަށް ބަލަން އިން އާލާ އިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އޭނާ ކައިރީގައި އިތުރު މީހަކު އިންކަމެއްވެސް އޭނާއަށް ނޭނގޭފަދައެވެ. ވިޝާލްގެ މަތިން ހަނދާން ނައްތާލުމަށް އާލާ ކުރަމުންދާ މަސައްކަތަށް އެއްވެސް ވަރެއްގެ ކުރިއެރުމެއް ލިބޭ ހެނެއް ހިޔެއް ނުވެއެވެ. އޭނާއަށް ވިޝާލް ދެކެ ވެވިފައިވަނީ ހަގީގީ ލޯތްބެވެ. “ޕިސް ޕިސް….. އަޅެ ދެން ކިތަންމެ ވަރަކަށް އޭނަމަތިން ހަނދާން ކުރިޔަސް އޭނަ އަންނާނެތަ…….. އާލާ ތިހެން އުޅުނީމަ ހަމަ އާލާގެ ދިރިއުޅުން ދޯ ހަލާކުވާނީ……. މަ ބުނާނީ އާލާ ދެން އެހެން މީހަކާ ގުޅެންވީއޭ…… ކިތަންމެހާވެސް ރަނގަޅު ކުދިން މިހާރުވެސް އެބަ ތިބި އާލާގެ އިންތިޒާރުގަ….. އެހެން މީހެއްގެ ލޯތްބާއި އަޅާލުން ލިބިގެން ނޫނީ އާލާއަކަށް އޭނަ މަތިން ހަނދާން ނައްތައެއް ނުލެވޭނެ….. ތިމާއާއި ހެދި އެހާ ވަރަކުން ނޫޅޭ މީހެއްގެ ފަހަތުން އުޅޭކަށް ނުވާނެ…..” އާލާއަށް ވިސްނައިދެމުން ދިޔައީ އޭނާގެ ދެބެންގެ ދެދަރި ކުއްޖެއް ކަމަށްވާ ހަމްނާއެވެ. ހަމްނާއަކީ ހަމަ އާލާއާއި ދާދި އެއް އުމުރެއްގެ ކުއްޖެކެވެ. އެހެންކަމުން އާއިލީ ގުޅުމަށްވުރެ އެ ދޭމީހުންގެ މެދުގައިވަނީ ރަހުމަތްތެރިކަމެވެ. “އަހަންނަކަށް ނޫޅެވޭނެ ވިޝާލް ނޫން މީހަކާ އެއްކޮށްނެއް…. ލޯބިވެވޭނީ އެއްފަހަރު…. ޔޫ ނޯ ވަޓް؟ އައި ޑޯންޓް ނޯ ވައި، އަހަންނަށް އަބަދުވެސް ހީވަނީ ވިޝާލް އަދި އަންނާނެއޭ…… މީހުން ބުނޭ ހަގީގީ ލޯތްބަކީ ވަރަށް ބާރުގަދަ އެއްޗެކޭ…… އަހަރެން އިންތިޒާރު ކުރާނަން ވިޝާލް އަންނާނެ ދުވަހަކަށް… ހެހެހެހެ… ލީވް އިޓް…. ހިނގާ ދާން ދެން…. މަންމަ ހޯދާނެ މިހާރު….” އާލާ ވެލިގަނޑު މަތިން ތެދުވެ ހެދުމުން ވެލި ފޮޅަމުން ހިނގައިގަތެވެ. އަދި ލޮލުން ވެއްޓެން ދިޔަ ކަރުނަ ތިކި އަތުގެ ނުފުށުން ފޮހެލުމަަށްފަހު ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ.

ފަރުވާކުޑަ ގޮތަކަށް ފޯނުގެ ގެލެރީގައި ހުރި ފޮޓޯތައް ބަލަމުން ދިޔަ ވިޝާލް ސިހުނީ އާލާގެ ފޮޓޯއެއް އައުމުންނެވެ. ރީތި ގޮތަކަށް ހިނިތުންވެލައިގެން ހުރި އާލާގެ މޫނުމަތިން ފެންނަނީ މައުސޫމްކަމެވެ. އާލާ ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނެއޭ އޭނާގެ ހިތުގެ ކަނަކުން ގޮވަމުން ދިޔައީ ކީއްވެ ކަމެއް ޚުދު ވިޝާލްއަކަށްވެސް ނޭނގެއެވެ. ޒާރާއާއި ގުޅިގެން އުޅުނަސް ވިޝާލް އެއްވެސް ވަރަކަށް ޒާރާ ދެކެ ލޯތްބެއް ނުވެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނަ ޒާރާއި ރައްޓެހިވީ އާލަގެ މަތިން ހަނދާން ނައްތާލުމަށް އެއަށްވުރެ މޮޅުގޮތެއް ނެތްކަމަށް ގަބޫލުކުރެވުމުންނެވެ. އޭނާއަށް ނުވިސްނުނު ކަމަކީ އޭނައަށް ރައްޓެހިވެވިގެން މިއުޅެނީ އޭނާގެ ދިރިއުޅުމަށް ޒަހަރުލީ ފަރާތާއި ކަމެވެ. އާލާއަށްޓަކައި އޭނާގެ ހިތުގައި އޮތް ލޯބީގެ މައްޗަށް ރުޅިވެރިކަން އިސްކުރަމުން ވިޝާލް އޭނާގެ ފޯނުން އެ ފޮޓޯ ޑިލިޓް ކޮށްލީ އޭނާގެ ހިތް ރޮއެ ރޮއެ އޮއްވައެވެ.

ދުވަސްތައް އެ ގޮތުގައި ފާއިތުވަމުން ދިޔައެވެ. އެއްބައިމީހުން ހިތާމަ ކުރަމުން ދާއިރު އަނެއްބަޔަކު އެމީހުންގެ ދިރިއުޅުން އުފާވެރިކަމާއެކު ވޭތުކުރަމުންދެއެވެ. ލެޕްޓޮޕަށް ގެއްލިފައި އިން ޒާއިފް އޭގެން ނަޒަރު ވަކިކޮށްލީ އޭނަގެ ފޯނަށް މެސެޖެއް އައުމުންނެވެ. އެއީ ޒިވާގެ މެސެޖެކެވެ. އޭނާ މި ދަނީ މަންމަމެންގެ ގެއަށް ކަމަށާއި އާދެވޭނީ ތަންކޮޅެއް ލަހުން ކަމުގައި މެސެޖުގައި ލިޔެފައި އޮތެވެ. އޯކޭ ޖަހާލުމަށްފަހު ޒާއިފް މެސެޖްގެ ޖަވާބު ފޮނުވައިލިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ކުއްލިއަކަށް ޒާއިފްގެ ހިތް ބިރުގަންނަން ފެށިއެވެ. ކޮންމެވެސް ކަމެއް ވާން އުޅޭ ކަމަށް އޭނާގެ ހިތް އިންޒާރުދެމުން ދިޔައެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޒާއިފް އަނެއްކާވެސް އޭނާގެ މަސައްކަތައިގެން ކުރިޔަށް ދެވޭތޯ މަސައްކަތް ފެށިއެވެ.

ޒާރާމެންގެ ގެއިން ނުކުމެގެން ދިޔަ ވިޝާލްއަށް ނޭނގުނުކަމަކީ މި ދެވެނީ އޭނަގެ ފޯނު އެ ގޭގައި ބާއްވާާފައި ކަމެވެ. ވިޝާލް އެ ގެއިން ނުކުތްއިރު ޒާރާގެ އެންމެ ގާތް އެކުވެރިޔާ މިޝްޔާ އައިސް އެ ގެއަށް ވަންނަނީއެވެ. ވިޝާލް މިޝްޔާއަށް ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ސައިކަލަށް އަރައި ނައްޓާލިއެވެ. މަޖީދީ މަގަށް ނުކުތް ވިޝާލްއަށް މަގުގެ އެއްފަރާތުގައި ސައިކަލު މަޑުކޮށްލެވުނީ އެއްޗެއް ހަނދާން ވުމުންނެވެ. ޝާއިމް ކުޑަކޮށް ބަލިވެ އުޅޭތީ އޭނަ މިއަދު އޮފީހަކަށް ނުދެއެވެ. އެހެންކަމުން ގެއަށް އައުމުގެ ކުރިން ގުޅާލާފައި އައުމަށް ޝާއިމްވަނީ އެދިފައެވެ. ފަހަރުގައި އޭނައަށް ނިދިފައި އޮވެދާނެތީއެވެ. އޭރުން ދޮރު ހުޅުވާނެ މީހަކު ނުހުންނާނެއެވެ. “ޑޭމް އިޓް” އޭނާއަށް އެހެން ބުނެލެވުނީ ޒާރާމެންގެ ގޭގައި ފޯނު ބާއްވާފައި އާދެވުނުކަން ހަނދާންވުމުންނެވެ. އަނެއްކާ އޭނަ މިސްރާބު ޖެހީ ޒާރާ މެންގެ ގެއަށް ދިއުމަށެވެ.

“ނޫނޭ ވާ ޒާއަށް ސާބަސް ހަމަ…. ތި ކޮށްލި ކަމަކުން މަ މި ހުންނަނީ ހަމަ ހައިރާންވެފަ….. އެންޑް ވިޝާލް ބިލީވްޑް އިޓް؟…. ދެޓްސް ސްޓްރޭންޖް…..” އެ ގެއަށް އަންނަމުން ގެނައި ބަދަން ޕެކެޓުން ބައެއް އަނގައަށް އޮއްސާލަމުން މިޝްޔާ ބުންޏެވެ. “މަ ބުނިން ދޯ ކޮންމެ ގޮތެއް ހަދާފަ ވިޔަސް ވިޝާލް މަގޭ މީހަކަށް ހަދާނަމޭ… އެހެން ނޫނަސް އެ އާލާގަނޑަކާ ވިޝާލްއާ ނުވެސް ގުޅޭ…… މަ ފުރަތަމަ ހިޔެއް ނުކުރަން އޭނަ އެހާ ފަސޭހައިން އޭތި ފެނުނީމަ ގަބޫލުކުރާނެ ކަމަކަށް….. އެނީވޭޒް، މަށަށް ރަނގަޅުތާ….. އެ އާލާ އަދި މާވެފަ މަށާ ޖަދަލް ކުރިއެއްނު…. އެކަހަލަ މީހުންނަށް ވާނީ އެހެން….. ވިޝާލް ފެނިގެން އޭނަ ހުރީ އޭނަގެ ފެންވަރު އޮޅިފަ…… ވިޝާލް ދެން ބޭނުމެއް ނުވާނެ އޭނަގެ މޫނު ދެކޭކަށްވެސް…… ހަހަހަހަހަހަ…. އައި ފީލް ޕްރައުޑް އޮފް މައި ސެލްފް…..” އެނދުމަތީގައި ބަންޑުން އޮވެ ވާހަކަ ދައްކަމުން ހެމުން ދިޔަ ޒާރާއަށް އޭނާގެ ކޮޓަރި ދޮރުމަތީ ރުޅި އައިސް އަތް މުށްކެވިފައި ހުރި ވިޝާލްް ފެނި ހަށިގަނޑުގައިވި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ.

ގެއަށް ދިޔުމަށްޓަކައި ޒިވާ އޭނާގެ މަންމަމެންގެ ގެއިން ނުކުތްއިރު 11 ޖަހައިފިއެވެ. އޭރު މަގުމަތީގައި އުޅޭ މީހުންގެ އަދަދުވެސް ވަރަށް މަދެވެ. ބުނެދޭން ނޭނގޭފަދަ ބިރުވެރިކަމެއް އައިސް ޒިވާ ވަށައިލިއެވެ. ޒާއިފް ބަލައި އަންނަން ބުނުމުންވެސް އޭނައަށް އެކަމާ އިންކާރުކުރެވުނު މޮޔަ ހީވަމުން ދިޔައެވެ. ދަބަހުގައި ބާރަށް ހިފަހައްޓައިލައިގެން ކުރިއަށް ހިނގަމުން ދިޔަ ޒިވާ ގަނެފައި ހުރި ބިރު ދެގުނައަށް އިތުރުވީ އޭނާގެ ފަހަތުން މީހަކު އަންނަހެން ހީވުމުންނެވެ. ފަޔަށް ލެވުނުހައި ބާރެއްލާފައި ޒިވާ ހިނގައިގަތީ މަޖީދީ މަގު އަތުޖެހޭތޯއެވެ. އޭނާގެ ނަސީބުވެސް އެވަގުތަކު އޭނާގެ އަތަކު ނުހިފިއެވެ. އިސާހިތަކު އެމީހަކު އައިސް ޒިވާއާއި އަރާ ހަމަކުރިއެވެ. އަދި ޒިވާގެ އަނގައާއި ނޭފަތްމަތީގައި ފޮތިގަނޑެއް އެޅިއެވެ. ކުއްލިއަކަށް ބޮލަށް އެނބުރުން އަރައި މަންޒަރު ފުސްވާން ފެށިއެވެ. އެމީހާގެ އަތްދަނޑި މައްޗަށް ޒިވާ އުފުއްލާލީ ލުއި ފަތްކޮޅެއް ހެންނެވެ. އެމީހާ ޖަހާފައި ހުރި ސެންޓަކުން އެއީ ދަންނަ މީހެއްހެން ޒިވާއަށް ހީވިއެވެ. ނަމަވެސް ކާކުކަން ޔަގީން ވުމުގެ ކުރިން އޭނާގެ ހަބަރު ހުސްވިއެވެ.

ސިޓިންރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލައި ހުރި ޒާއިފް ހުރީ ހާސްވެެގެން ގޮސް ހަދާނެ ގޮތެއް ނޭނގިފައެވެ. ޒިވާ މި ދަނީއޭ ބުނިފަހުންވެސް މިހާރު އެއް ގަޑިއިރު ވެދާނެއެވެ. ޒިވާގެ ފޯނަށް ގުޅުނު އަދަދުވެސް ޒާއިފްއަކަށް ނޭނގެއެވެ. ނަމަވެސް ކޮންމެ ފަހަރަކު ބުނަނީ އޭނާގެ ފޯނު ނިއްވާލާފައި އޮތް ވާހަކައެވެ. ޒާއިފް ބިރު ގަންނަން ފެށިއެވެ. މީހާ ދާހިއްލައި ފޯވާން ފެށިއެވެ. މިހާ ލަސްވީމަ ޒިވާގެ މަންމަމެންނަށް ގުޅައިގެން އެމީހުން ހާސް ކުރުވާކަށް ޒާއިފް ބޭނުމެއް ނުވިއެވެ. ގެއިން ނިކުމެ ސައިކަލަށް އަރައި އޭނާ ދުއްވާލީ ޒިވާ ފެނޭތޯއެވެ. ނަމަވެސް މިއޮށް ބޮޑު މާލެެއިން އޭނާ ޒިވާ ހޯދާނީ ވަކި ކޮންތާކުން ހެއްޔެވެ؟ ޒާއިފްގެ ލޮލަށް ކަރުނަ ޖަމާވާންފެށީ އޭނާގެ އަމިއްލަ ނަފްސް ކުށްވެރި ކުރެވުމުންނެވެ. ސައިކަލުގެ ހުންގާނުގައި ގޮށްމުށުން ޖެހުމަށްފަހު އަނެއްކާވެސް ސައިކަލު ދުއްވާލަން އުޅުނު ޒާއިފް ލޮލުގައި އަޅައިގަަތީ ގެއެއްގެ ދޮރު ކައިރިއަށް ވެއްޓިފައި އޮތް ޒިވާގެ އަތްދަބަހެވެ. ސައިކަލު ޕާކް ކޮށްލުމަށްފަހު ޒާއިފް އެ ވީރާނާ ވާން ކައިރިވެފައިވާ 2 ބުރީގެ އެ ގެއާއި ދިމާލަށް ދުއްވައިގަތީ ޒިވާއަށް ދެރަ ގޮތެއް މެދުވެރި ނުކުރެއްވުމަށް އެދި ﷲ އަށް ދުޢާ ކުރަމުންނެވެ.

****ނުނިމޭ****

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

almaa2004

Level 210 Stories100 Login

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ (5)

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 13

Next
September 5, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 13

Previews
September 5, 2018

ބުނާށެ ލޯބި ނުވަނީހޭ (5)

13 Comments!

  1. reader says:
    September 5, 2018 at 12:46 pm

    Haadha kurey.Ekam v.reethi

  2. Reader says:
    September 5, 2018 at 1:30 pm

    Damn damnn daaaammnnnn… Haadha reehchey ?❤️… Avahah upload kohba.. Varah salhi ❤️

  3. Naju says:
    September 5, 2018 at 2:12 pm

    Alhey haadha kurey.. ekam ves mi part v reethi… next part ah waiting ❤

  4. Raani says:
    September 5, 2018 at 2:33 pm

    Waiting waiting haadha reechey ?

  5. Anonymous says:
    September 5, 2018 at 2:38 pm

    Omg. Next part avas kohdheche sis. Vrh salhi mi part vx.?

  6. Huvey says:
    September 5, 2018 at 2:38 pm

    Omg. Next part avas kohdheche sis. Vrh salhi mi part vx.?

  7. almaa2004 says:
    September 5, 2018 at 2:45 pm

    Thanks all❤❤

  8. Maya says:
    September 5, 2018 at 3:30 pm

    OMG. Dammmmm…. Plyxx ziva salamaih kurey????wishaal avahah dhey aalaa kairi ah. She is waiting for u????v reethi…. Thankolheh avahah up kohdhehchey.. ??☺️☺️

  9. naash says:
    September 5, 2018 at 3:31 pm

    Woohoo vvv nice… Maasha Allah…???

  10. Unknown girlll.. says:
    September 5, 2018 at 9:42 pm

    Mashallah ..v reethi when nxt

  11. almaa2004 says:
    September 5, 2018 at 9:52 pm

    Thankiu❤
    Next part varah avahah insha allah

  12. Ige Ehnnu ? says:
    September 6, 2018 at 1:38 pm

    Eyyy assah lwbi❤

  13. almaa2004 says:
    September 7, 2018 at 1:41 pm

    Thankiu?

Comments are closed.

Next Episodeއިންތިޒާރު 13←


All Right Reserved!