Skip to content
އެސްފިޔަ

ޔުމްނާ

އާރޓިފިޝަލް ބީޗުގެ ވެލިގަނޑު މަތީގައި އެޅެމުން ދިޔަ އަމިއްލަ ފިޔަވަޅުތަކަށް ބަލަމުން އަހަރެން ކުރިޔަށް ދިޔައީމެވެ. ގޮތް ހުސްވެ އެކަނިވެރިވެފައިވާ މީހެއް ފަދައިންނެވެ. ހަޔާތުގެ ހިތި ސަފުހާތަކުގެ ތެރެއަށް ގެނބެމުން ދިޔަ ވަރަކަށް ލޮލުގައި ފުރި ބާރުވެފައިވާ ކަރުނަތަށް ކޯތާފަތްމަތީގައި ބީހެން ފެށިއެވެ. ރޭގަނޑުގެ އެ ހިތްފަސޭހަ ވަގުތު ހަށިގަނޑުގައި ބީހެމުން ދިޔަ ފިނި ރޯޅިތަކަށް ވުރެ އެ ކަރުނަތަކުގެ ބީހުން މާ އަރާމެވެ.

ވެހެމުން ދިޔަ ބޯ ވާރޭގެ ހިތްގައިމު އަޑަށްވުރެ އަހަރެންގެ އަމިއްލަ ގިސްލުމުގެ އަޑުވެސް އަހަންނަށް މާ ހިތްގައިމު ވެއްޖެއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ. އަހަރެންގެ މި ބަލިކަށި ހިތަށް ތަސައްލީއެއް ލިބެނީ މިކަމުން އެކަންޏެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔައީ މި ދެލޮލުން އަންނަ ކަރުނައެވެ. ހިތުގެ އުދާސްތަށް ބޭރުކުރެވެނީ އެކަރުނަތަކުގެ ސިފައިގައި އެކަންޏެވެ. އަނގަބަހުން އެކަން ކުރެވޭނީ ކިހިނަކުން ހެއްޔެވެ. އަހަންނަކީ ވާހަކަ ދެއްކުމުގެ ނަސީބު ލިބިފައިވާ މީހެއް ކަމުގައި ނުވަމުއެވެ. މިކަމުގެ ސަބަބުން ދުނިޔެވީ މަލަމާތާއި ކުރިމަތި ލާން ޖެހުން އެއީ އަހަރެންގެ ކުށެއް ހެއްޔެވެ.

މިއީ އަހަރެންގެ ހަޔާތުގައި މިވީ އެކާވީސް އަހަރު ހިނގައިފައިވާ ކަންތައްތަކުގެ ކުޑަ ތަފްސީލެކެވެ. “ޓްރެއިލަރ” އެކެވެެ. އެންމެ ކުޑައިރުއްސުރެއްވެސް އަހަރެންގެ ދިރިއުޅެމުން އައީ މައިންބަފައިންނާއެކު ރަށުގައެވެ. ކުޑައިރު ކުރިމަތިލާން ޖެހުނީ ބައްޕަގެ އަނިޔާތަކާއެވެ. އިލޮށިފައްޗާއި ބިއްލޫރި ކޮޅުކޮޅުގެ އިތުރުން ބައްޕަގެ ބިޔަ ހަށިގަނޑުގެ ވޭނަށް ކެތްކުރަމުން އަހަރެންގެ އުމުރުގެ ވިހި އަހަރު ހޭދަކުރީމެވެ. އަމިއްލަ ބައްޕަ އަހަރެންގެ އިތްފަތް ފޭރިގަތީއެވެ. ދުނިޔެއިން ލިބެން ހުރި ހުރިހާ އުފަލަކުން ދުރުކުރީއެވެ. އަހަރެންގެ ހަށިގަނޑުގައިވާ ލަކުނުތަކަކީ އެ ބައްޕަ ދިން ހަދިޔާތަކެވެ. އަހަރެންގެ ހިތި މާޒީގެ ނިޝާންތަކެވެ. ދެތިން އަހަރުގެ ތެރޭގައި އެލަކުނުތަށް މި ހަށިގަނޑުން ފިލާފާނެއެވެ. ނަމަވެސް މިިހިތަކުން އެހަނދާންތަށް ނުފިލާނެކަން އެއީ ޔަގީންކަމެކެވެ.

ނަފްސާނީ ބައްޔެއްގެ ޝިކާރައަކަށް އަހަރެން ވީ މައިގަނޑު ސަބަބަކީ އެ މާޒީއެވެ. މިއަދުވެސް އަދި މާދަމާވެސް އަހަރެންގެ ހުންނާނެ ހަމައެކަނި މީހަކީ  ދެގޮތެއް ނުވާ އެމީހަކަށްޓަކައި މުޅި އުމުރުވެސް އަހަރެން ފަޙުރުވެރިވާ މަންމައެވެ. ބައްޕަގެ އަނިޔާތަކާއި އަހަންނަށް ވުރެ ބޮޑަށް ކުރިމަތިލާން ޖެހުނީ އެ މަންމައެވެ. ބައްޕަގެ ކިބައިން އަހަރެން ސަލާމަތް ކުރަން މަސަތްކަތް ކުރި އެމަންމަގެ މަސަތްކަތަށް މިއަދު އަހަރެންގެ ސެލިއުޓް ކުަރަމެވެ. ނަމަވެސް މިއަދު ޖަލުގެ ކުޑަގޮޅީގައި އެ ބައްޕަ ވާތަން ދެކެން އަހަރުމެން ދެމައިން އުފާކުރެމެވެ. ދޮންބަޕައާއި މަންމައާއެކު އުފާވެރި ދިރިއުޅުމެއް ފެށިނަމަވެސް އަހަރެންގެ ހިތާއި ސިކުނޑީގެ ތެރެއިން އެ ހިތި މާޒީ ނެރެ އެއްލައެއް ނުލެވުނެވެ. އެ ހަނދާންތަށް ވަނީ މި ހަށިގަނޑު ތެރޭގައި ތާށިވެފައެވެ.

މިއީވެސް އަހަރެންގެ ހަޔާތުން ދުވަހެކެެވެ. ހުކުރު ދުވަހެެކެވެ. އަހަރެންގެ ހަޔާތުގައި އައު ބާބެއް ހުޅުވެން އުޅޭކަން ނޭނގި ހުރެ އެނދުން ތެދުވެލީމެވެ. ތައްޔާރު ވެލައިގެން ގޮސް ބަދިގެ ތެރޭގައި މަންމައަށް އެހީވެދޭން ފެށީމެވެ. ދޮންބައްޕައާއި ތިން މީހުން އެކުގައި ސައިބޯން ފެށީމެވެ. ކޮފީ ތަށީގެ ފުރަތަމަ ކޯވަރު ބޯލަމުން އަހަރެންގެ މަންމައަށް ބަލާލީމެވެ. “މިއަދު މެންދުރު ޑޮކްޓަރަށް ދައްކަން ދާން ތައްޔާރު ވައްޗޭ..” އިޝާރާތުގެ ބަހުން މަންމަ ބުނެލި އެތިން އަހަރެންގެ ސިކުނޑީގައި ސުވާލު އުފެދުނެވެ. “ކޮން ޑޮކްޓަރަކަށް…ކީއްކުރަން..” އަހަރެންގެ ބަހުރުވައިން ބުނެލީމެވެ.

“ސައިކޮލޮޖިސްޓަަކަށް..” މަންމަ ބުނެލިއެވެ. އަހަރެންގެ ކަރުއެލުވާލީމެވެ. ” އަހަރެންގެ ބަހުރުވަ އިނގޭ ސައިކޮލޮޖިސްޓެއް ނޫޅެއެއްނު..” އެއީވެސް ދޮގެއް ނޫނެވެ. ދެތުން ހަތަރު ސައިކޮލޮޖިސްޓުންނާ ވާހަކަ ދެއްކިފައިވާއިރު އަހަންނަށް ފަރުވާ ކުރުން ވެފައިވަނީ އެހުރިހާ އެންމެންނަށްވެސް ތަކުލީފަކަށެވެ. “ނޫން އެއީ އެ ބަހުރުވަ ދަސްކޮށްފަ ހުރި ޑޮކްޓަރެކޭ..” މަންމަގެ ވާހަކައިން އަހަރެންގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ.

މެންދުރުގެ އަވިގަދަ ވަގުތެވެ. އަވިން ރައްކާތެރި ވުމަށްޓަކައި އަވިއައިނަކުން އަހަރެންގެ ދެލޯ ނިވާކޮށްލީމެވެ. މަންމަގެ ސައިކަލުގައި އޭ.ޑީ.ކޭ ހޮސްޕިޓަލަކީ އަމާޒެއްކަމަށް ހަދައިގެން ސައިކަލު ދުއްވާލީމެވެ. އުފާވެރި ކަމެއް ކުރިއަށް އޮތްކަމުގައި ބުނެ އަހަރެންގެ ހިތް ތަފާތު ގޮތަކަށް އެހެންމަަވެސް ހަލުވި ކަމާއެކު ތެޅެމުން ދިޔައެވެ.

ނަންބަރު ޖެހުމުން ކޮންސްޓަލްޓަންޓް ރޫމަށް ވަންނަން ދިޔައިރުވެސް އަހަރެންގެ ހިތް ހަމަ އެފަދައިން ތެޅެމުން ދިޔައެވެ. ކަންވީ ހީކުރި ގޮތަކަށް ނޫނެވެ. ކުރިމަތީގައި އިން ފިރިހެން ޑޮކްޓަރު ނީޝަމް އެންމެ ފުރަތަމަ ފެނިލުމުންވެސް އަހަރެންގެ ހިތް އަތުލައިފިއެވެ. ނަޒަރު ބަނދަލުވުމުން ހަށިގަނޑުގައި ކަރަންޓުގެ ރާޅުބާންޏެއް ދަތުރު ކޮށްލި ފަދައެވެ. ނީޝަމްގެ ފިރިހެންވަންތަ ހިނިތުންވުން މި ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ. އެހެންނަމަވެސް އަހަރެން އެވަގުތު އިން މަގާމު ހަނދާންކޮށްލަމުން ޖަޒުބާތުތަށް ކޮންޓްރޯލު ކޮށްލީމެވެ.

އެއީ ވަރަށް ރަނގަޅު މަޖާ އަދި އެހާމެ ހިތްހެޔޮ ޑޮކްޓަރެކެެވެ. ހަޔާތުގެ ސަފުހާތަށް އޭނާ ކުރިމަތީގައި ޖެހިލުމެއް ނެތި ހުޅުވާލެވުނީ އެހެންވެ ކަމަށްވެސް ވެދާނެއެވެ. އަހަންނާ އޭނާއާއި މުޢާމަލާތު ކުރުމުގައިވެސް ދަތި ކަމެއް ނެތެވެ.

ދުވަސްތަށް އޭގެ ހަލުވިމިނުގައި ފާއިތުވަމުން ދިޔައެވެ. ނީޝަމްއާއެކު ހޭދަކުރެވޭ ކޮންމެ ވަގުތެއް އަހަރެންގެ ހިތުގެ ކަނުގައި ފޮރުވަމުން ދިޔައީމެވެ. ނީޝަމްއާއި ދޭތެރޭގައި މިހިތުގައި އޮތް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔަ ޖަޒުބާތުތަށްވެސް ފޮރުވަން މަސަތްކަތް ކުރީމެވެ. ނީޝަމްގެ އޯގާތެރިކަމާއި ގާތް ކަމުގެ ސަބަބުން އަހަރެންގެ ހާލުވެސް ރަނގަޅުވަމުން ދިޔައެވެ. ކުރިން އަހަރެންގެ މޫނުމަތިން ފެންނަ ހިނިތުންވުމަށްވުރެ ފުޅާ ހިނިތުންވުމެއްވެސް މިތުންފަތް މަތިން މިހާރު ފެންނާނެއެވެ.

މިއަދުވެސް ސެޝަން ނެގުމަށްޓަކައި ހޮސްޕިޓަލަށް ދިޔައީމެވެ. ނީޝަމްގެ ރަސްމީ ގަޑިތަށް ނޫން އެހެން ގަޑިތަކުގައިވެސް އަހަންނަށް ވަގުތު ހުސްކުރާ ކަމަށްޓަކައި ޝުކުރުވެރިވަމެވެ.

ޓަކި ޖަހާލަން ހަނދާންނެއް ނެތެވެ. ތަޅުގައި ހިފާލި ގޮތަށް ދޮރު ހުޅުވާލީމެވެ. ދެލޯ ކުރިމަތީ ހިނގަމުން ދިޔަ ކަންތަކުގެ ސަބަބުން އަހަރެންގެ ހިތުގައި ކޫރުން އެޅެން ފެށިއެވެ. ނީޝަމްގެ އުނގުމަތީގައި އިން އަންހެން ކުއްޖާ އޭނާ ގައިގައި އޮޅުލާ ބައްދަމުން ދިޔަ މަންޒަރެވެ. އަހަރެން ދޮރުހުޅުވާލުމުން ނީޝަމް އަހަންނަށް ބަލާލިއެވެ. އަޅާވެސް ނުލަމެވެ. ކަރުނަތަށް ބޮނޑިވައިފައިވާ ލޮލަކާއެކު ސިޑިއާއި ދިމާލަށް ދުއްވައިގަތީމެވެ. ހޮސްޕިޓަލުގައި ތިބި ގިނަ ބަޔެއްގެ ނަޒަރު ހުއްޓިފައިވަނީ އަހަރުމެންނަށެވެ. “ޔުމް..ޔުމްނާ މަޑުކޮށްބަ…ޕްލީސް..” ފަހަތުން ނީޝަމްގެ އަޑު އިވުނަސް އަޅާނުލާ ޓެރަހަށް އެރީމެވެ.

ވަކި ހިސާބަކުން ނީޝަމްގެ އަޑު ކެނޑުމުން އޭނާ ދިޔައީ ކަމަށް އަހަންނަށް ހީކުރެވުނެވެ. ނުވަ ވަނަ ބުރި ތިރިއަށް ބަލާލަމުން އަމިއްލަ ނަފްސަށް ބުނެލީމެވެ. އަހަންނަށް މާފު ކުރާށެވެ. އަހަރެންގެ ހިތަކަށް ދެން ކެތެއް ނުކުރެވޭނެއެވެ. ދިރިއުޅުމުގައި ފެނުނު ހަމައެކަނި އުންމީދުގެ ހުޅުކޮޅުވެސް ނިވިއްޖެއެވެ. ދެން އަހަންނަށް އިތުރަށް ކެތެއް ނުކުރެވޭނެއެވެ. މިއީ މި ދުނިޔޭގައި ހޭދަކުރާ އެންމެ ފަހުވަގުތު ކޮޅުކަމަށް އަމިއްލަ ނަފްސަށް ވަޢުދު ވެލީމެވެ.

ރެއިންލިންގް މައްޗަށް އަރައި ފުންމާލަން އުޅުނު ވަގުތު ބާރުގަދަ އަތަކުން ފަހަތުން އަހަރެންގެ އުނަގަނޑުގައި ހިފައި ރެއިލިން މަތިން އުފުލާލަމުން ބިމުގައި ބެހެއްޓިއެވެ. ނީޝަމް އަހަރެން ހިފާއްޓަން މަސަތްކަތް ކުރިޔަސް އަހަރެން ގަދަ ހަދަން ފެށީމެވެ. މި ދުނިޔޭގައި އުޅެން ބޭނުންނުވާ ކަމަށް ބުނަމުންނެވެ.

ދެތިން މިނެޓުގެ މަސަތްކަތަށް ފަހު ނީޝަމްއާ ވީ ދިމާލަށް އޭނާ އަހަރެންގެ އަނބުރާލިއެވެ. އަހަރެންގެ މޫނުގައި ބާރަކަށް ދެއަތުން އޭނާ ހިފާއްޓާލިއެވެ. ވަރަށް ލޯތްބާއެކު އަހަރެންގެ ކަރުނަތަށް ފޮހެލިއިރު އެނާގެ ލޮލުންވެސް އަންނަމުން ދިޔައީ ކަރުނައެވެ. އެ ކަރުނަތަށް ފޮހެލުމަށްޓަކައި އަހަރެންގެ އަތް އުފުލާނެހާ ހިތްވަރު ނެތިފައި ބުދެއްފަދައިން އަހަރެން ހުރީމެވެ. “ޔުމް އައި ލަވް ޔޫ..އިނގޭ ދެންމެ ފަނުނު މަންޒަރާ މި ބަހާ ތަފާތުކަންވެސް ބަޓް ޓްރަސްޓް މީ..އެ އަންހެން ކުއްޖާ މަގޭ ގައިގަ އޮޅުލަން ފެށީ..އަހަރެން އޭނާ ގައިގަ އިނގިލި ކުރިވެސް ނުަޖައްސަން…އެހެންވީމަ މިބުނީ..އެންމެ ފުރަތަމަ ނަޒަރުންވެސް މިހިތުގައި ރަނިކަން ކުރަން ފެށި ރާނީއަކީ ތީ..މުޅި ޢުމުރަށްވެސް ރަނިކަން ކުރާނީ ހަމަ ތި ޔުމްނާ..ޔުއާރ މައި ފަސްޓް ލަވް..ޔުމްގެ ކޮންމެ ނުކުޅެދުންތެރިކަމަކާއެކުވެސް އަހަރެން ޔުމް ބަލައިގަންނާނަން..” ވަރަށް ޔަގީންކަމާއެކު ނީޝަމް ބުންޏެވެ. އަހަރެންގެ ހިތް އުފަލުން ފުުރުނު ކަހަލައެވެ. މިވަގުތު މި ދުނިޔޭގައި ހުރި އެންމެ އުފާވެރި އަންހެން ކުއްޖާއަކީ އަހަރެން ކަމުގައި ހަދައިދެމުންނެވެ.

(ނިމުނީ)

 

Comments (22)

  1. kala123

    Loved your lyrical prose which captures the mood
    beautifully. A sad story lightened by a happy ending! Congrats! Wish you success as a writer, even as a hobby!

    1. black
      kala123

      thank you soo much ❤❤ same from me ingey. Wishing u a happy life dear ? thanks again ☺

    2. toxicdaisyy
      kala123

      no tf that was cringe

  2. black

    Hi everyone….☺☺☺☺this is my first story in a site like this..alhugandu ge dhigu vaahakehves mi site in varah avahah fenigendhaane insha allah ❤❤❤ konmme reader ehves stry kiyaalaafa stry aa medhu dhekey goii comment kohladhinumakee alhugandah libeyne vrh bodu kurierumeh ??????????I’ll reply to all comments insha allah ??

  3. Hudher

    Maasha allah v v v rythi…… whn next…..waiting…. luv ur stry????

    1. black
      Hudher

      Thank you so much hudher loabs ❤❤ dhis is a kuruvaahaka but my next is a dhigu vaahaka you’ll get to read the trailer today or tommorow insha allah ???

  4. Reader

    I expected this to be a dhigu vaahaka.. It would’ve been nice.. I mean like much better tho this one is amazing

    1. black
      Reader

      Hehe I also thought of bringing this as a dhigu vaahaka but first stry veema kuruvaahaka eh gothah genesdhey hihvee ❤❤❤❤ Btw thank you very much ???

  5. Lotus

    V nice.. wishing u all the best ????

    1. black
      Lotus

      Awwh thank you very much lotus dear ❤❤❤ n same to u too ingey ???

  6. sai

    thivaahaka countinue conbala pls

    1. black
      sai

      Alhey this is a kuruvaahaka eyy dear ❤❤❤ but you’ll get to read my
      dhigu vaahaka vrh avahah ?

  7. naash

    V nice maasha Allah…. Kn irakun dear ge ehn vaahak eh kiyanee libeny… Luv yah????

    1. black
      naash

      Aww sweet of u naash sis ❤❤❤ Thank so much ??? trailer mihaaru submit kohlaifin. I think miadhu or maadhan kiyaalan libeynehen ?? luv u more in loads loabs ???

  8. Hithun

    Nooney vaa reethi inge aslu aharen hekury eynage bappa ADK n fennaane kamah varah habeys

    1. black
      Hithun

      Ahah thank you very much ❤❤❤❤ ur imagination vrh kamudhey ???

  9. Aze

    V nice maashaa Allah

    1. black
      Aze

      Thank you very much aze dear ❤❤❤?

  10. Aakko

    It s very Nice story

    1. black
      Aakko

      Ayee thanks in loads aakko ❤?❤?

  11. Psenhi

    wonderful start dear. Masha Allah

    1. black
      Psenhi

      Thanks a lot psenhi dear ❤❤❤ ur one of ma favorite writers ???

Comments are closed.