މައުސޫމާއަށް އިރުޝާދުތަކެއް ދިނުމަށް ފަހު ނަރުސްކުއްޖާ ނިކުންނަން ދިޔައީ ކުޑަ އިރުކޮޅެއް ފަހުން ޑޮކްޓަރު އަންނާނެ ވާހަކަ ބުނެލުމަށް ފަހުގައެވެ. ނަރުސްކުއްޖާއާއި ހިނިތުންވުމެއް ބަދަލުކޮށްލުމަށްފަހު މައުސޫމާ ބޯޖަހާލި އެވެ. އިންތިޒާރުގެ ވަގުތުތައް ގުނަމުން ދިޔަ ޒިވާން އޭނަގެ މަންމައަށް ގޮވާލި އެވެ. އެއާއެކު މައުސޫމާ އަވަސްވެގަތީ ޒިވާން ކަމަކަށް ބޭނުންވީއޭ ހިތާ އެކަމެއް ފުރިހަމަކޮށްދިނުމަށެވެ. އޭނަ ގޮސް ޒިވާން އޮތް އެނދު ކައިރިއަށް ހުއްޓިލުމާއެކު ޒިވާން އެދުނީ އެހީތެރިޔާގެ ގޮނޑީގައި އިށީނުމަށެވެ. ޒިވާންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލި […]
ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަންތެރެ ފެންނަނީ ކުލަގަދަ ކޮށެވެ. މެރޫން ކުލައާއި ރަންކުލައިގެ ވެޑިން ވަރަށްވެސް ޝާހީއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. ރާއްޖޭގެ މަޝްހޫރު ހޮސްޕިޓަލު “ބެސްޓް އެއިޑް”ގެ ވެރިމީހާ ޑޮކްޓަރ އާދިލްގެ ހަގު ފިރިހެން ދަރީގެ ކައިވެނި ޕާޓީ ވިއްޔާއެވެ. މެރޫން ކުލައިގެ މާތަކާއި ރަންކުލައިގެ ބޮކިތަކުން މުޅި މާހައިލު ހިތްގައިމުކޮށްދީ ވިދާ ބަބުޅުން އިތުރު ކޮށްދެެއެވެ. މެރޫންކުލައިގެ ހެދުންތަކުގައި އަންހެންވެރިން ތިބިއިރު އޭގެތެރެއިން ގިނަބަޔެއްގެ ބޯ ރަންކުލައިގެ ޝޯލައަކުން ވަނީ ނިވާކޮށްފައެވެ. ފިރިހެންވެރިން އެބައިމީހުންގެ ފިރިހެންވަންތަކަން […]
ނޫރްއަށް ބާރަށް އަހައިލެވުނު އިރުގައި ދެލޯ ބޮޑުކޮށްލެވުނެވެ. “ލެޓްމީ ހެލްޕްއޭ….” މާހިލް ތަކުރާރު ކޮށްލިއެވެ. ނޫރް ކުޑަކޮށް ވިސްނާލުމަށްފަހު އާއެކޭ ބުނެލީ އިތުރުއެހެން ގޮތެއް ނުވިސްނުނީމައެވެ. ނޫރް ފާހަނައިން ނިކުތީ ނިދަންލާ ހެދުންހިފައިގެނެވެ. ނޫރް އިސްޖަހައިލައިގެން އައިއިރުގައި ހުރީ ލަދުގަނެފައިކަން ނަގައިގަންނާކަށް މާހިލްއަށް އުނދަގުލެއް ނުވިއެވެ. ނޫރް އައިސް ހުއްޓުމުން ވެސް މާހިލްއަށް ހުރެވުނީ ބަލާށެވެ. “ސޯ….ލޯމަރައިލައިގެންތަ ޗޭންޖް ކޮށްދެންވީ؟….އެކަމް ޓަޗް ނުކޮށް ނުވާނެ އިނގޭ…..” މާހިލްގެ ޖުމްލައިން ނޫރްއިތުރަށް ލަދުގަތުން ނޫންކަމެއްނުވިއެވެ. ނޫރް ހަމައެކަނި މަޑުމަޑުން […]
އަހަރެންގެ ކޮތާފަތް މަތިން ކަރުނަތަށް ފައިބަން ފެށިއެވެ. އަހަރެން ކިތަންމެވަރަށް ނުރޯން މަސައްކަތް ކުރިކަމުގައި ވިޔަސް މާޒީގެ ހަނދާންތަށް އާވެ ރޮވެނީއެވެ. މައިޝާ ދެކެ އަހަރެން ކިތަންމެ ރުޅިއައެއްކަމަކު އެއީ އަހަރެންގެ ފުރަތަމަ އަދި އަހަރެން ހަމައެކި ލޯބިވީ ކުއްޖާކަން އަހަންނަކަށް ބަދަލެއް ނުކުރެވޭނެއެވެ. ފޮޓޯގަނޑަށް ގެއްލިފައި އަހަންނަށް އެތަށް އިރެއްވަންދެން ހުރެވުނެވެ. މައިޝާއާއި އެކީ ހޭދަކުރި ދުވަސްތަށް އަހަރެންގެ މޫނު މަށްޗަށް ސިފަވަމުން ދާކަހަލައެވެ. އަހަރެންގެ ހިތް މައިޝާ ދެކެ މިއަދުވެސް ލޯބިވީނަ އަހަރެންގެ ސިކުނޑި […]
އާދުވަހެއް ފެށުނީ ޝައިރާއާއި އަޔާންގެ ގުޅުން ފެށިގެން އެދެލޯބިވެރިންގެ ހަޔާތަށްވެސް އުފާވެރިކަން ގެނެސްދެމުންނެވެ. އުޑުމަތި ބަނަވެ ވައިގަދަކަމުން ހީވަނީ ދެންމެ ދެންމެ ވިއްސާރަވެހެދާނެ ކަމުގެ އިންޒާރުދޭހެންނެވެ. ހަމަ އެހެންމެ އެދެލޯބިވެރިންގެ ހަޔާތަށްވެސް ބަނަކަމެއް އަންނާންއުޅުނެއްކަމަކު އޭގެ އެއްވެސް ހިލަމެއް އެދެލޯބިވެރިންނަށް ލިބިފަކާނެތެވެ. ރޭގަ ގެޔަށް މާލަހުން އައުމުން މަންމަ ހިންހަމަނުޖެހިފާ ހުރުމާއިއެކު ޝައިރާ އުޅުނީ މަންމަ ހިތްހަމަ ޖައްސާލަދޭން ފަތިހާ ބަދިގެޔަށް ވަދެ އެކަނިމާއެކަނި ސައިތައްޔާރުކޮށްލާށެވެ. އެކުޑަކުޑަ ތަންކޮޅަކީ ބަދިގެޔާއި އަދި ކާގެޔެވެ. ކުޑަ އައްޓެއްހެން ރާނާލާފައި […]
” އަހަރެން ރުޅިވީ މަލްކާގެ ކުށެށް އޮވެގެނެއް ނޫން.. އަހަންނަށް އެހެން ކުއްޖެއް ދެކެ ލޯބިވެވުނީ..” ޝަރްވާން ބުނެލިއެވެ. ” އެހެންތަ.. އެހެންވިއްޔާ ކޮބާ ވާން ލޯބިވި ކުއްޖާ.. ކީއްވެ އެކުއްޖާއާއި ނު ގުޅުނީ ދެން..” ޔާނާ އަހައިލިއެވެ. ” އެވާހަކަ އަހަރެން އަދި ކޮންމެެވެސް ދުވަހަކުން ޔާނާއަށް ކިޔައިދޭނަން..” ” ތިހެން ވިއްޔާ ވާން އެކުއްޖާ ދެކެ ވަރަށް ލޯބިވޭ ދޯ.. އެހެންވެތާ އަހަންނަށް އެކުއްޖާގެ ވާހަކަ ކިޔައިދޭން ފަސްޖެހޭނީ..” ޔާނާ ބުނެލިއެވެ. ” އަހަރެން […]
ލޯތްބަކީ ކުށަކަށްވާނަމަ މިއަދު އަހަންނަށް މިވަނީ ވަރަށް ބޮޑު ކުށެއް ކުރެވިފައެވެ. ހިތުގައި ބިންވަޅުނެގިފައިވާ ހަނދާންތަކުން ދުރު ނުވެވެނީ ކީއްވެ ހެއްޔެވެ؟ އެއިޙުސާސްތަކާ ދުރަށް ނުދެވެނީ ކީއްވެ ހެއްޔެވެ؟ މިއަދު އަހަންނަށް ވެވިފައި މިވަނީ ކުށްވެރި ލޯތްބެކެވެ. އެހެންނަމަވެސް އެހަނދާންތަކުން ދުރަށް ނުދެވެނީ އެއީ އަހަރެންގެ އަމިއްލަ އިޚުތިޔާރުގައިވާ ކަމެއް ނޫނެވެ. އުމުރަށް ތި ލޯބި ހިތުގައި ފޮރުވާނަމެވެ. ކަނު އަނދިރިކަން ފިޔަވާ އިތުރު އެއްވެސް އަލިކަމެއް ނުވާ ކޮޓަރިތެރެއިން އިވެނީ މަޑު ގިސްލުމެއްގެ އަޑެވެ. […]
ހަނދު އޭގެ ވާޖިބު އަދާކުރުމަށްފަހު އިރަށް ފުރުސަތު ދެމުން ހަނާއަޅާލިއެވެ. ދުނިޔެމައްޗަށް އިރުގެ ރަންދޯދިތައް ވެރިވެފައިވާއިރު ވަރަށްވެސް ފުރިހަމައެވެ. ފިނިފިނި ވައިރޯޅިތައް އެއްވެސް ހުރަހެއްނެތި ގަސްތަކުގެ ފަތްތަކާއި ކުޅެލާއިރު ހިތަށް ލިބޭ ހަމަޖެހުން ބަޔާންކުރަންވެސް ދައްޗެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ﷲގެ ކުޅަދުންވަންތަކަމެވެ. ހަމަޖެހިލައިގެން އިނދެ ކާރުގައި ދާނިޔަލް ދުއްވާލައިފައި ދިޔައީ ޑިއުޓީއަށެވެ. ކާރު ޕާކުކޮށްލުމަށްފަހު ޑޮކްޓަރ ކޯޓު އަތުގައި އަޅުވާލައިގެން ދިޔަ ދާނިޔަލްއަށް ހޮސްޕިޓަލްތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު ހުރި ފިޔަވަޅުމައްޗަށް ގަނޑުވިއެވެ. އެއިރު […]
“އައްސަލާމް ޢަލައިކުމް.. ތި އާދެވުނީދޯ.. މިއީ ކޮން ބައެއްތަ ދާނިޔަލް؟ ބޭބެއަށް ތައާރަފް ކޮށޤދޭން ވާނެ އިނގޭ.. ހިނގާ އަވަހަށް އެތެރެއަށް ދަމާ.. މިތާ ތިބެގެން ވާހަކައެއް ނުދެއްކޭނެއްނު ..” އަރީފް ދާނިޔަލްމެންނަށް ހިނިތުންވެލަމުން ބުނެލިއެވެ. އެހެން ކަމުން އެ ތިން މީހުން އަރީފްގެ ފަހަތުން ގޮސް އެގެއަށް ވަނެވެ. އަރީފް އިސްވެ ކުރީގައި ހުރެ ހިނގަމުން ދިޔުމުގެ ސަބަބުން ފެންނަން ހުރީ އޭނާގެ ފުރަގަހެވެ . ތިން މީހުން ގޮސް ސޯފާގައި އިށީނދެލިއެވެ. އެވަގުތު އެންމެންނަށް […]