ހުރިހާ ވާހަކަ ކިޔުންތެރިންނަށް މި ވާހަކައިގެ ފުރަތަމަ އެޕިސޯޑު އިންސާ ﷲ ވަރަށް އަވަހަށް އަޕްކޮށްދޭނެ ވާހަކަ ދަންނަވަމެވެ.
އަވަސް އަވަހާ ސިޑިމަތީ ފައި އަޅާލެވުނު ގޮތަކުން ވެއްޓެންދިޔަ ނޫރްއަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. “ނޫރް….” މާހިލްއަށް ސިޑިއާއި ހަމައަށް ދުވެފައި ދެވުނު އިރުވެސް މާލަސް ވެއްޖެއެވެ. ނޫރް ސިޑީގެ ހަރުފަތްތަށް މަތިން ފުރޮޅެމުން ގޮަސް ތިރީގައިޖެހުނީ ވަރަށް ބާރަށެވެ. މާހިލް ދުވެފައި ސިޑިންފައިބައިގެން ގޮސް ނޫރް ނަގާއުނގުގައި ބޭއްވިއިރުގައި ނޫރްގެ ހެއެއް ނެތެވެ. އަދި ނޫރްގެ ނިތްކުރި ފެޅި ލެއިއަންނަމުންދިޔައެވެ. “މަންމާ…..ބައްޕާ…..” މާހިލް ގޮވާއަޑަށް ގޭގެ އެންމެންކަހަލަގެ ގޮތަކަށް އެތަނަށް އައިސް ހުއްޓުނެވެ. އެންމެންގެ މޫނުމަތިންވެސް […]
ސާރާ! ސާރާ! ޕްލީޒް ނޫން! . ސިއްސައިގެންގޮސް ޔޫސުފް ހަތަރެސް ފައި ކޮޅައް ޖެހުނެވެ. ހަމަ މިރޭ ވެސް އެހުވަފެނެވެ. 7 އަހަރު ވީނަމަވެސް އެ މޫނު ހަންދާނެއް ނުނެތުނެވެ. ލާކޮންމެ ނޭވާ ޔަކާ، އަޅާ ކޮންމެ ފިޔަވަޅަކުންވެސް އިހުސާސްވަނީ އެމަންޒަރުތަކެވެ.އެތައް އަހަރެއް ފާއިތުވެ ދިޔަނަމަވެސް، އެކަންތައް އިއްޔެ ވީ ކަމެއްހެން އިހުސާސް ދަނީ ޔޫސުފްއައް ވަމުއްނެވެ .”ބޭބް އާޔޫ އޯކޭ؟”ޔޫސުފްއައް ތެދުވެވުމުން ކައިރީގައި އޮޔް އޭނާގެ އަންހެނުން ޝެނީ ތެދުވިއެވެ. ކަމެއްނުވާކަމައްބުނެ އަނެއްކާވެސް އޭނާ ނިދިއެވެ. […]
ވަގުތުތަށް ފާއިތުވަމުން ގޮސް ރޭގަނޑު އަށެއް ޖެހީއެވެ. ސާރާ އަރުޝްގެ އިންތިޒާރުގައި ހޮޅު އަށީގައި އިނެވެ. އަރުޝް ސާރާ ފަހަތުން އައިސް ސާރާގެ ލޯ މަތީ އަތް އެޅުމުން ސާރާ އަރުޝްއޭ ބުނެލިއެވެ. އަރުޝް އެ ހުރިގޮތަށް ހުރުމަށްފަހު ލޯ މަތިން އަތްނަގާ ރީތިކޮއް އިނުމަށްބުނެލިއެވެ. އަދި އެއަށްފަހު ސާރާގެ ބުރުގާ ދޮށަށް އަތް ލެއްވުމަށްފަހު ކަރުގައި ވަރަށް ރީތި ރިހި ފަށެއް އެޅުވިއެވެ. އެ އެޅުވުމަށްފަހު ފުރަގަހުން ސާރާގެ ކޮނޑަށް އަތްވައްޓާލާ ގެއަށް ގޮއްސަކަމަށް ބެލޭނީ […]
“މިޝޫ..މިޝޫ ..ކިހިނެތް ވެފަ ތީނީ؟؟ ތީ ކޮންހާ ލެޔެއް؟؟” ******** “ޒައިން.. އަހަރެން ބޭނުމެއް ނޫން ޒައިން ދޫކޮށްދާކަށް..” “ޝޫޝްޝްޝް.. އިޓްސް ގޮނަ ބީ އޯކޭ.. ނުވިސްނާ..” *********** ” އައިމް ވެރީ ސޮރީ..” ޑޮކްޓަރު އެތަނުން ނިކުމެގެން ދިޔައީ އެންމެންގެ ހިތްތަށް މާޔޫސް ކޮށްލާފައެވެ. ********** “މިޝޫ…” މުޅި ތަނުގައި ގުގުމާލީ ފިރިހެނެއްގެ ވޭނީ ރުއިމުގެ އަޑެވެ. ********* ” ލޯބިވާ.. އަހަރެން ދޫކޮށްފައި ނުދޭ..” “ނުދާނަން.. ފުރާނަ ހުރިހާ ހިނދަކު..” ********** އިންތިޒާރު ކޮށްލައްވާ!! 🙂
ޒިވާންއަށް އޭނަގެ ޖުމުލަ ފުރިހަމަ ނުކުރެވުނީ ކުއްލިޔަކަށް ކެއްސަން ފެށުމާއެކުގައެވެ. އެއާއެކު ނިކަން އަވަހަށް މާއީ ޒިވާންގެ މޭމަތިން ބޯހިއްލާލިއެވެ. އޭރު އޭނަގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. އޭނަ އަވަސްވެގަތީ ނަރުހަކަށް ގޮވުމަށެވެ. ނަމަވެސް އޭގެ ކުރިން ޒިވާން ވަރަށް ބާރަށް މާއީގެ އަތުގައި ހިފަހައްޓާލިއެވެ. ޒިވާންގެ އެހަރަކާތާއެކު މާއީގެ ހިތުގެ ވިންދު އަވަސް ވާން ފެށިއެވެ. ނޭވާ ވެސް ފުން ވެގެން ދިޔަ ހިނދު އޭނަގެ ހިތަށް ބިރުވެރިކަން ސަވާރުވެގެން ދިޔައީ ޒިވާންއަށް ކަމެއް ވާނީއޭ […]
ނޫރްއަށްވެސް މާހިލްފެނުމުން އެހެންދިމާއަކަށް ނަޒަރު ހުއްޓާލާކަށް ނޭންގުނެވެ. މާހިލް މިރޭހީވަނީ އަދި މާ ރީތިހެންނެވެ. ތައްޔާރުވެފައި ވާލެއް ވަރަށްވެސް ފުރިހަމައެވެ. ކަޅާއި ހުދުގެ ކޯޓުފަޓުލޫނާއިއެކު ބޯޓައިއެއް އަޅައިލައިފައިވާ އިރު ބޮލުގެ އިސްތަށިގަނޑަށް ވަނީ ނިކަން ހިތްގައިމު ގޮތެއް ހަދަައިލައިފައެވެ. ވަރަށް ޝާހީ ގޮތެއް ހުއްޓެވެ. ނޫރްއަށް ކަޅިޖަހާލަން ވެސް ނޭންގުނީ އެހެންވެއެވެ. “އުހުމް…..އުހުމް….އޭރުވެސް ކުޑަދޮން ވާނިންއެއް ދިނީމަވެސް ތިހިރީ ވީ ވަރު….މިރޭ އަދިފަހުން ނޭންގެ ވާނެގޮތެއްވެސް…..ދޮންބެ ފެއިންޓް ނުވަށްޗޭ އިނގޭ…..ހެހެހެ….” ނުއުމާން މާހިލްގެ ފޯނުނަގަމުން ދިމާކޮއްލިއެވެ. މާހިލް […]
“ކީއްވެ ތި ރޮނީ..ބުނީމެއްނު ޒިން އަކީ ނުލަފާ މީހެކޭ..ނުލަފާ ކަން ދައްކަން ވެގެންނޭ މިއުޅެނީވެސް”. އެވަގުތު އީން ކިޔަވާ މޭޒުމަތީ ހުރި ޕެން ހޯލްޑާރ ގައި ހުރި ކަޓަރު ފެނުމުން ފުއްމައިގެން ގޮސް ތެދުވެ ޒިން އެ ނެގިއެވެ.. އެމަންޒަރު ފެނި އީން ގެ ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. ކަޓަރު ނަގައިގެން އޭގެ ތޫނު ތިލަ ބޭރު ކުރުމަށް ފަހު ޒިން ބަލާލީ އިން އާ ދިމާލަށެވެ. އީން ހުރީ ބިރުންގޮސް ނޭވާ ލާންވެސް ނޭނގިފައެވެ. ޒިން […]
މާލޭގެ ބަނދަރުން ނައްޓާލި ފެރީ މަދު މިނެޓްކޮޅެއްގެ ތެރޭގައި ވިލިމާލޭޭގެ ބަނދަރަަށް ވަނުމާއިއެކު އެމީހަކާ އެމީހެއް ފެރީއިން ފައިބާންފެށިއެވެ. އެހެންމީހުންނެކޭ އެއްގޮތަށް ދާނިޝްއާއި އަޒީލް ފެރީއިން ފޭބިއިރު އަޒީލްގެ އެދުމަަަކަށްއައި އިޔާޒްއާއި އޭނާގެ އެންމެގާތް އެކުވެރިޔާ ވެސް ވިލިމާލޭޭގެ ފަސްގަނޑުުގައި ފައި ބީއްސާލިއެވެެ. އިނާޔާއާއި ޝިފްނާގެ އާދޭހާާއިއެކު އެ ދަތުރުގައި ރީޝާ ވެސް ޙިއްޞާވިއެވެ. އިނާޔާމެންނާއިއެކު މަޑުމަޑުން ރީޝާވެސް ފެރީއިން ފައިބައި އެެދަތުރުގެ މޭސްތިރި ކަމުގައިވާ އަޒީލްގެ ފަހަތުން ހިނގައިގަތެވެ. އަޒީލްގެ ޚިޔާލާއި އެއްގޮތަށް ރޭވިގެންދިއަ ދަތުރަށް […]