Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނަމޭ އުމުރަށް އެކީ ޔާރާ 1

shushy Level 1
October 11, 2018 3 Mins Read
17 Comments

ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަންތެރެ ފެންނަނީ ކުލަގަދަ ކޮށެވެ. މެރޫން ކުލައާއި ރަންކުލައިގެ ވެޑިން ވަރަށްވެސް ޝާހީއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. ރާއްޖޭގެ މަޝްހޫރު ހޮސްޕިޓަލު “ބެސްޓް އެއިޑް”ގެ ވެރިމީހާ ޑޮކްޓަރ އާދިލްގެ ހަގު ފިރިހެން ދަރީގެ ކައިވެނި ޕާޓީ ވިއްޔާއެވެ. މެރޫން ކުލައިގެ މާތަކާއި ރަންކުލައިގެ ބޮކިތަކުން މުޅި މާހައިލު ހިތްގައިމުކޮށްދީ ވިދާ ބަބުޅުން އިތުރު ކޮށްދެެއެވެ. މެރޫންކުލައިގެ ހެދުންތަކުގައި އަންހެންވެރިން ތިބިއިރު އޭގެތެރެއިން ގިނަބަޔެއްގެ ބޯ ރަންކުލައިގެ ޝޯލައަކުން ވަނީ ނިވާކޮށްފައެވެ. ފިރިހެންވެރިން އެބައިމީހުންގެ ފިރިހެންވަންތަކަން ދެގުނަ އިތުރުކޮށްދެނީ ކްރީމް ޖިންސު ފަޓޫލޫނާއި ހުދު ގަމީހުގެ އިތުރުން ޖީބަށް ޖަހާލެވިފައިވާ މެރޫން ކުޑަ މާކޯނިންނެވެ.

“އަނބި ގަބޫލުކޮށްފިން..” ޕާޓީ ފެށިގެން ދިޔައީ ގާޒީއަށް ޝާމިން ދިން ޖަވާބާއެކުގައެވެ. ކައިވެނި ޕާޓީ ފެށުނީ އެކަންޏެއް ނޫނެވެ. ބަހާރު މޫސުމެއް ގެނުވާ ޝާމިންއާއި ޔަލްވީގެ ހަޔާތުންވެސް އައު ބާބެއް ފެށިގެން ދިޔައެވެ. ގިނަބަޔެއްގެ ތައުރީފުގެ ބަސްތަށް އެދެމަފިރިންނަށް އޮހެން ފެށިއެވެ. ލަދިން އިސްތިރިކޮށްލައިގެން އިން ދާދިދެންމެއަކު ފަރިވެ ފޮޅު މަލެއް ފަދަ އަލަތު އަނބިމީހާއަށް ޝާމިން ބަލާލީ ލޯބީގެ ނަޒަރަކުންނެވެ. ކަންފަތް ކައިރީ ވެއްޓިފައި އިން ކުރު އިސްތަށިކޮޅު އެއްފަރާތްކޮށްލަމުން ޔަލްވީވެސް ޝާމިންއަށް ބަލާލިއެވެ. ހުދު ވެޑިން ޑްރެސްއެއްގައި ޔަލްވީ ކޮށްފައިވާ ލުއި މޭކަޕް ވަރަށް ފުރިހަމައެވެ. ހިނދުކޮޅަކަށް ނަމަވެސް ޝާމިންގެ ހިތް އޭގެ މަގާމުން ދޫވިއެވެ. ޔަލްވީގެ މައުސޫމް ސޫރައަކީ ދުވަހަކުވެސް އޭނާ ބަލާ ފޫހި ނުވާނެ ސޫރައެކެވެ. ޔަލްވީ ފެންނަ ކޮންމެ ފަހަރަކު އަލުން ފުރަތަމަ ނަޒަރުން ލޯބި ވެވޭކަހަކައެވެ.

ޔަލްވީ އެއްބުމަ އަރުވާލިއެވެ. ޝާމިން އޭނާގެ މަޑު އަތްތިލައިގައި ހިފާލިއެވެ. ފިނި ގަނޑުފެންކޮޅެއް ކަހަލަ އަތަށް ފިއްތާލަމުން މޭޒު ކައިރީ ތިބި އެންމެންނާ ކެމެރާތަކުގެ ކުރިމަތީގައި ޔަލްވީގެ ދޮން ނިއްކުރީގައި ބޮސްދިނެވެ. ޔަލްވީ ދެކެ އޭނާވާ މަތިވެރި ލޯބި ހުރިހާ އެންމެންގެ ލޯތަކަށް ހެކިކޮށްދެމުންނެވެ. ހިތަށް ލިބުނު ހަމަޖެހުމެއްގެ ބޮޑުކަމުން ޔަލްވީ ދެލޯ މަރައިލިއެވެ. ނަމަވެސް ދެވަނަ  ސިކުންތުގައި އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓިފައިވާކަން އިނގުމުން ހިސާބަކަަށް ލަދުގަތެވެ.

ޕާޓީ ފެށިގެން ކުރިއަށް ދިޔައީ މަޑު މިއުޒިކެއްގެ ރާގާއެކުގައެވެ. މެހެމާނުންނާ ސަލާންކުރަމުން ޔަލްވީއާއި ޝާމިންގެ ޖޯޑު ދިޔައެވެ. ޔަލްވީގެ ރީތިކަމަށް ތަޢުރީފް ކުރުމަށް ކިތަންމެ ހިތް އެދުނަސް މެހެމާނުންގެ ސަބަބުން އެކަން ކާމިޔާބެއް ނުވިއެވެ.

ކެއުމައިގެން އެންމެން މަސްއޫލުވާން ފެށިއެވެ. ސަލާން ކުރުމަށާއި ފޮޓޯ ނެގުމަށް އަންނަ މެހެމާނުންގެ އަދަދު މަދުވިއެވެ. ފުރުސަތަށް ބަލަބަލާ ހުރި ޝާމިންގެ އަތުގައި ނަސީބު ކޮއްޓާލިއެވެ. “ބޭބް.” ޔަލްވީގެ ފަހަތަށް ޖެހިލަމުން އޭނާގެ ކަންފަތްދޮަށަށް ގުދުވެ ޝާމިން ގޮވާލިއެވެ. ނޭނގޭ ކަމަށް ހަދާފައި ޔަލްވީ ހިނިތުންވެލިއެވެ. “ހޭ ޖޯޖަސް މަ އިގްނޯ ނުކޮށްބަ ދޯ..” ޔަލްވީގެ ފަރާތުން ޖަވާބެއް ނުލިބުމުން ޝާމިން ދެރަވާކަމަށް ހެދުނެވެ. “އުޑުގަ އިން ހަނދު ބިމަށް ފައިބައިފިކަން އިނގޭތަ..” ޝާމިން ދެންކޮށްލީ ސުވާލެކެވެ. “އޭންން އަސްލުތަ..ކޮބާ މަށަށްވެސް ދައްކާލައިގެން އުޅެބަލަ ދޫންޏާ..” ހައިރާންވެފައި ޑްރާމާ ކުޅެން ޔަލްވީ ވަރެއް ހަމަ ނެތެވެ. އެކަން ދެނެގަންނަމުން ޝާމިން ހިނިގަނޑެއް ޖަހާލިއެވެ.

“އެއީ ކޮބައިކަން ދައްކަންތަ..” ޖީބަށް އަތްކޮށްޕާލަމުން ޝާމިން އޭނާގެ ފޯނު ނެގިއެވެ. އޭނާ ކުރަން އުޅޭ ކަމެއް ހިލަމެއް ނުވެފައި ޔަލްވީ ހުރީ ބަލަހައްޓައިގެންނެވެ. ފޯނުގެ ކެމެރާ ހުޅުވާލަމުން ޔަލްވީއަށް އޭނާގެ މޫނު ޝާމިން ދައްކާލިއެވެ. “ލުކް ބޭބީ މީހިރީ މަބުނި ހަނދު ހަމަ އުޑުން ފޭބި ތަނާހެން މަގޭ ހައްގަކަށް މަ ހަދާލީ.. މަގޭ މޮޅު ދޯ” ޝާމިންއާ ވީ ފަޅިއަށް ޔަލްވީ އަނބުރާލަމުން ޔަލްވީ ބުނެލިއެވެ. އެހެން މީހުންނަށް ސަމާލުކަން ނުދީ ޔަލްވީގެ އުނަގަނޑުގައި ޝާމިން އަތްވަށާލިއެވެ. “ދެން ޝާމް..މީހުން އެބަ ބަލައޭ މޮޔަޔާ..” ޝާމިންގެ މޭގައި ޔަލްވީ އޭނާގެ އަތުގައި އޮތް މާބޮނޑިން ޖަހާލިއެވެ.

“ސާބަހޭ ސާބަހޭ ކޮޓަރިއަށް ދަންދެންވެސް ކެތް މަޑުނުކުރެވޭ ދޯ..ހާދަ ކެތްތެރިކަން ކުޑައޭ ޝާމިނޫ..މަށަށް ޔަގީން ޔާލްއަށް މީނަޔާ އިނދެގެން ކެތްނުކުރެވޭނެކަން..” ޝާމިންއާއި ޔަލްވީ ސިއްސައިގެން ދިޔައީ ދާދި ކައިރިން އާލިމްއާއި ރަޒާންގެ އަޑު އިވުމުންނެވެ. ޝާމިންގެ އެންމެ ގާތް އެ ދެއެކުވެރިން ތިބީ ލާނެއް ހިންޏެއް އައިސްފައެވެ. ޔަލްވީގެ ގައިން ޝާމިން ދޫކޮށްލަމުން އާލިމްމެންނާއެކު ފޮޓޯ ނަގަން އަވަސް ވެގަތެވެ.

“އާމް..ކައެވެސް ވާ ނޭނގެ..އަދި އައިރާޔާ އިންތާ..ދެއަހަރު ނުވާނެކަންނެއް ދަރިއެއް ހޯދައިގެން ތިއުޅެނީ..ދެން މިހިރީ އަނެކަކު މީހަކާ އިންނަ ހިޔާލުވެސް ނުކުރާ ގޮލައެއް..” އާލިމްއަށް ރައްދުދެމުން ރަޒާންގެ ކޮނޑުގައި ޝާމިން ޖަހާލިއެވެ. އަނގަޔަށް ވައްތަރު ޖައްސާލަމުން ރަޒާން ދެ ކޮނޑު އަރުވާލިއެވެ. “ކޮބާ އައިރާއެން ޝީން ބޭބީ.” ޔަލްވީ އެއްސެވެ. “އެބައުޅެ މަންމަ މެންނާއެއްކޮށް..ޝީން ރޯވަރުން އައިރާއަށް ނުވެސް ކެވޭ ވިއްޔަ..” އާލިމް ޖަވާބުދާރީވިއެވެ. “ދެން އެވަރުންވެސް ކަލޭ ނޫޅޭވިއްޔަ އެ މަންޖެ އުރާލަން ދާކަށް..އެކަމުވެސް ދެން މި ވަރުގެ ބައްޕައެއް ވާ ނެތޯ..” ޔަލްވީއާއެކު ސެލްފީއެއް ނަގާލަމުން ބަސްމަދު ރަޒާން ބުނެލިއެވެ.

” ހުއް..ބައްޕައެއްގެ ވާހަކަ ދައްކާއިރު ކަލޭ ރަނގަޅެއްނު ފުރަތަމަ މީހަކާ އިންނަން..” ރަޒާންގެ ފަން އިސްތަށިގަނޑު ހާވާލަމުން އާލިމް ޖެއްސުންކޮށްލިއެވެ. “އޭ ބުރޯ މަ އަންނާނަން މިގޮލާ ގޮވައިގެން މިތާ ތެރޭ ހިނގާލާފަ ފަހަރެއްގަ އޭރުން އިންނާނެ މަންޖެއެއްވެސް މީނައަށް ފެނިދާނެ..” ރަޒާންގެ އަތުގައި ހިފާ ދަމަމުން އާލިމް ބުނެލިއެވެ. “އާން..ވަރަށް ސަޅި ބިޓުން އެބައުޅޭ މިތާ..ދޭބަލަ ތި ޒާންގެ ހިތް މާގިނަ އިރެއް ނުވެ ވަގަށް ނަގާފާނެ..” ޝާމިންވެސް ކޮށްލީ އިތުރު ޖެއްސުމެކެވެ.

“ޝާމް..ސަޕްރައިޒް..” ފަހަތުން މީހަކު ކޮނޑުގައި އަތްލުމުން ސިހިފައި ޝާމިން ފަހަތް ބަލާލިއެވެ. އޭނާއާ ދެބެންގެ ދެދަރި ކޮއްކޮ ދުވަސްތަކަކަށް ފަހުފެނުމުން މިހާ ޙާއްސަ ދުވަހެއްގައި ފެނުމުން ވަރަށް އުފާވިއެވެ. ކުޑަ އިރުއްސުރެ އެކުގައި އުޅެ ބޮޑުވި އީވާންއާ ސަލާންކޮށްލަމުން ބައްދާލިއެވެ. “ކިޔަވާ ނިމުނީތަ..އެން ވާންއައިކަން އިނގޭތަ ގޭ މީހުންނަށް..” ޝާމިން އެއްސެވެ. “އާން..ޝާމް ނޫން އެހެން އެންމެންނަށް އިނގޭނެ..” އުމުރުން ފަންސަވީން އަހަރުގެ އީވާން ބުނެލިއެވެ. “ކޮބާތަ ޔޫގެ ރަނިކަމަނާ..ފޮޓޮއެއްވެސް ނުދައްކާ ވިއްޔަ..” އީވާން ބުނެލީ ލާނެއް ގޮތަކަށެވެ.

އެދެމީހުންނަށް ފުރަގަސް ދީގެން މާ ބޮނޑިއާ ކުޅެން ހުރި ޔަލްވީގެ އަތުގައި ހިފާލަމުން އެދިމާލަށް އަނބުރާލިއެވެ. ޔަލްވީގެ މޫނު ކަޝްފުވުމުން އީވާންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. “ޔަލްވީ..” އޭނާއަށް ބުނެވުނެވެ. އޭނާ ލާން އުޅުނު ނޭވާވެސް ތާށިވި ކަހަލައެވެ.

(ނުނިމޭ)

Share Article

Follow Me Written By

shushy

Level 1

Other Articles

Previous

ނޭދެން ވަކިވާކަށް (ނުވަވަނަބައި)

Next

ހޯދޭތޯ މަންޒިލެއް… 3

Next
October 12, 2018

ހޯދޭތޯ މަންޒިލެއް… 3

Previews
October 11, 2018

ނޭދެން ވަކިވާކަށް (ނުވަވަނަބައި)

17 Comments!

  1. Ree says:
    October 11, 2018 at 10:03 pm

    Salhi feshumeh.. heekuran konme dhuvahaku vx up kohdheyne kamah.. keep it up!!

  2. Twinkle? says:
    October 12, 2018 at 8:56 am

    OMG… kihineh vaan baa eulheny??? Wow masha allah feshun vvv rythi… keep it up dear???❤❤❤???

    1. shushy says:
      October 12, 2018 at 1:02 pm

      Big big OMG dho twinkle ??? hmmmm lesseh wht happening ❤❤❤❤ thanks a lot ??

  3. Aalaa Salaam says:
    October 12, 2018 at 10:35 am

    Vrh reethi man and regular koh up kurachey ingey good luck ☺☺☺☺☺???????

    1. shushy says:
      October 12, 2018 at 1:00 pm

      Yeah thankew bro ❤❤❤ insha allah ????

  4. ur best bro says:
    October 12, 2018 at 12:31 pm

    furathama bai v salhi..k dhen konirakun next..ekam bunee meh nu dad ge vaahaka..ekan kihineh vy..???bro kiyaadhechey why alun feshii..gud luck bro

    1. shushy says:
      October 12, 2018 at 12:54 pm

      Ayee heskiyaaa thanks broski ❤❤?? dhen oii bai miadhu up kureveytho mi ulheny ?? aan dadu dho..vrh forget able ?? getu? Yeshhhh ??????

    2. Mad men says:
      October 13, 2018 at 10:36 pm

      Dad?? Story ge vaahaka eh tha ee ee?? I am getting really confused ?‍♀️

    3. ur best bro says:
      October 14, 2018 at 1:10 pm

      nop..shushy ge dad konmes ehcheh eyy…shushy ehbai kiyaadhee fa baakee bai nukiyaadhey thee i ask to explain..engijje thoa Mad men?if neynguniyya shushy buneba la mad men kaari..u can explain shushy bro

  5. Queen Dandelion says:
    October 12, 2018 at 3:22 pm

    Wow..☺❤?masha allah.. masha allah..???I am outta ofor words..??❤☺Next part avahah up kohdhehchey..OMG..?❤??dhn kihineh baa vaany..??????Dandelion ge sikundyga suvaalu maaku enburumuge kurin nxt part kiyaalan libeyne nama kon fadha eh dhw..☺????????hehehe..ly sis

  6. Leen says:
    October 12, 2018 at 5:25 pm

    Vv reethi ??

  7. maya says:
    October 12, 2018 at 7:32 pm

    v vv reethi first part..luv it..yalvy and eevan they know each other dhw,,,,waiting curiously

  8. QS says:
    October 13, 2018 at 12:56 am

    Photo nagaalumuge badhugai negun beynun kurinama varah furihama vees.
    Story varah reethi
    Waiting for the next part.

  9. . says:
    October 13, 2018 at 12:47 pm

    Reethi

  10. Miroo says:
    October 15, 2018 at 1:56 pm

    Kobaa part 2

  11. $#@!~~ says:
    October 16, 2018 at 6:00 pm

    Nice….Love it …Keep it up dear?????

  12. Riyaa says:
    October 27, 2018 at 9:24 am

    Kobaatha second part???

Comments are closed.



All Right Reserved!