ސައި ނިންމާލުމަށްފަހު އަރީފްއާއި ވާހަކަ ދައްކާލަން ދާނިޔަލް އިން އިރު އާލާ އިނީ ޝަޒިއްޔާ ގާތުގައެވެ. ޝަޒިއްޔާ އެކައްޗެކޭވެސް ބުނުމެއްނެތި އާލާގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއާއި ދިމާލަށް ދާން ހިނގައިގަތެވެ. ވާހަކައިގެ ފޯރީގައި ތިބުމުން އަރީފްގެ އިތުރުން ދާނިޔަލްއަށްވެސް އެކަމެއް ފާހަގައެއް ނުވިއެވެ. “މަންމާ ކިހިނެތް ވީތަ؟” ކޮޓަރިއަށް ވަތްގޮތަށް ޝަޒިއްޔާ ދޮރު ތަޅުލުމުންނާއި އޭނާ އާލާ ގޮވައިގެން އައި ގޮތުން އާލާ ސުވާލުކޮށްލިއެވެ. އެ ސުވާލަށް ޖަވާބުދިނުމެއްނެތި އާލާ ގޮވައިގެން ގޮސް ޝަޒިއްޔާ އެނދުގައި […]
“ނަސީބަކުން ކަށިގަނޑަށް ކަމެއް ވެފައެތް ނެތް ދޯ” އެކްސްރޭ ބަލާލާފައި ޒައިން އަތަށް ދެމުން މިކްޔަން ބުނެލިއެވެ. އެ ގަޑިއަކީ އީނާލް ވެސް ބްރޭކަށް ދާން ވެގެން ނުކުތް ގަޑި އަށް ވުމާއެކު އީނާލް އަށް މިކްޔަން ދެއްކި ވާހަކަ ތައް ރަނގަޅަށް އަޑު އިވުނެވެ. އޭނާ އަށް ދެބުމަ އަރުވާލެވުނެވެ. އެހެންނަމަވެސް އިތުރަށް އެއްވެސް އެއްޗެއް ބުނާ ހިޔާލެއް އޭނާ ނުކުރިއެވެ. ނުކުތް އިނާލް ފެނި މިކްޔަން ހިނިތުންވެލިއެވެ. އަދި އެއަށްފަހު އޭނާ އީނާލް ގާތަށް […]
މާއީއަށް ދޭން ތަށިބަރި ހިފައިގެން އައި މައުސޫމާއަށް ހުރެވުނީ ކޮޓަރީގެ ދޮރުހުޅުވަން ތަޅުގައި ހިފާލި ގޮތަށް ގަނޑުވެފަ އެވެ. އޭނަގެ ސަމާލުކަން ހުއްޓިފައިވީ އިވެމުން ދިޔަ ވާހަކަތަކަށެވެ. މާއީއާއި ޒިވާންގެ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތައް އަޑު އިވި އޭނަގެ ހިތަށް ނުހަނު އަސަރުކުރި އެވެ. އޭނަ އެންމެ ބޮޑަށް ދެރަވީ އެދެކުދިންގެ ހިތާމަތަކަށް ނިމުން ގެނެސްދިނުމުގައި އޭނަ ނުކުޅެދިފައިވާ މިންވަރު އިހުސާސުވެފަ އެވެ، ހަމައެއާއެކު ޒިވާންގެ އަޑުގައި ހުރި ވޭނުގެ އަސަރުތަކުން އޭނަގެ ލޮލުން ކަރުނަ […]
ފަތިހުގެ ހަމަހިމޭން ކަމަށް ހަލަބޮލިކަމެއް ގެނެސްދިނީ ދޫނިސޫފާސޫފީގެ ތުމުން ކުޅެލި މިއުޒިކީ ރާގުތަކެވެ. ފަތިހުގެ ތެތްފިނިކަން ވަނީ މުޅި ކޮޓަރިތެރެއަށް ވެރިވެފަ އެވެ. އެފިނި ކަމުގެ ތެރޭގައި ނިދީގެ ފޮނިމީރުކަން ޙާޞިލްކުރަމުން އައި އަހަރެން، ހޭލައްވާލީ ފޯނުގެ އެލާމެވެ. އަހަރެން ދެލޯ ހުޅުވާލުމަށްފަހު، އަވަސްވެގަތީ ފާހާނާއަށް ވަދެ، ފެންވަރާ ވުޟޫކޮށްލައިގެން ފަތިސްނަމާދު ޖަމާއަތުގައި ކުރުމަށް މިސްކިތަށް ދިޔުމަށެވެ. އަލީ ރަމީޒުގެ ހިތްޤައިމު އަޑުން ގޮވަމުން ދިޔަ ބަންގިއަށް ސަމާލުވެ ހުރެ، ހިނގަމުން ދިޔައީމެވެ. ހަލަބޮލި މާލޭގެ މަގުތަކުގައި […]
އެއީ ކޮންއެއްޗެއްކަން އިނގުނު މާހިލްގެ ލޮލުން ވެއްޓުނު ކަރުނަތިއްކެއް ކޯތާފަތްމަތިން ފިރުކިފައި ގޮސްއެގަނޑު މަށްޗަށްވެއްޓުނެވެ. މާހިލް އެގަނޑު ބޮޑިކޮށްލަމުން ފައިލުވެސް އެތަނަށް އެއްލާލީ ވީ ދެރައިންނެވެ. ކުއްލިއަކަށް މިވީ ކިހިނެއް ހެއްޔެވެ؟ މާހިލްއިނީ އަދިވެސް ގަބޫލު ނުކުރެވިފައެވެ. “ނޫރް….ކީއްވެ؟…ވައި އާރ ޔޫ ޑުއިންދިސް ޓު މީ؟….” މާހިލްއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. ހަޔާތުގާ ވެވުނު ފުރަތަމަ ލޯބި މިވީ ނާކާމިޔާބެވެ. ނޫރް މިހެން ހަދާފާނެ ކަމަކަށް މާހިލް ފަހަރެއްގައިވެސް ހީއެއްނުކުރެއެވެެ. މާހިލް ނޫރްދެކެ ރުޅިއައިސް ފޫހިވާން ބޭނުންވިއަސްވެސް އެކަމެއްވެސް […]
“ގުޑްނައިޓް ލަވް،” މިހެންބުނުމުން އަރުޝް ސާރާގެ ކައިރިއަށް އައިސް އަތުގައި ބޮސްދިނެވެ. ސާރާ ލަދުން އިސްޖަހާލިއެވެ.،” ދެން ދޭ އަވަހަށް އަރުޝް އެހެން ބުނުމުން ސާރާ ހޫމް އަޅުވާލިއެވެ. “ޝާމިން” ސާރާ އެހެން ބުނުމާއެކު އަރުޝް އަނެއް ފަރާތަށް ބަލާލީ ކޮބާހޭ ކިޔާފައެވެ. އެހެންނަމަވެސް ކުއްލިއަކަށް ސާރާ އަރުޝް އަނެއްފަރާތަށް އެނބުރުމާއެކު ކޮލަށް ބޮސްދިނުމަށްފަހު ދުއްވައިގަތެވެ. ސާރާގެ މިއަމަލުން އަރުޝް ސާރާ ދިމަދިމާލަށް ބަލާލީ ހައިރާންވެފައި ހުރެއެވެ. އަދި ސާރާ ބޮސްދިންތަނުގައި އަތުން ފިރުމާލާ ހިނިތުންވެލިއެވެ. އެރޭގެ […]
“ޝައިލީ.. ހަމަ މިހާރު ތެދުވަންވީ އިނގޭ.. މިހާރު ބަންގި ގޮވިތާ ކިތަންމެ އިރެއް.. ނުތެދުވަންޏާ މިހާރު މި ފެންޖަގު އޮއްސާލީ..”ޝާނާ އޭނާގެ 17 އަހަރުގެ ދަރިފުޅަށް ބިރު ދައްކާލިއެވެ. އެއާއެކު ކުޑަ ކުއްޖެއް ހެން ޝައިލީ ތުން ދަމާލާފައި މަންމާ މިތެދުވީއޭ ބުނެ ފާހަނާޔާ ދިމާލަށް ދުއްވާގަތެވެ.”އަވަހަށް ވުޟޫ ކޮށްގެން އާދޭ މަންމަ އާ އެކު ނަމާދު ކުރަން.. މިހާރު ދޮންބަި އާއި ބައްޕަ ވެސް ހިނގައްޖެ މިސްކިތަށް..އަވަސް އަވަސް..” “އާން މިދަނީ އޭ މަންމީ..”ޝައިލީ ޅަވެލިއެވެ. އަދި އަވަސް އަވަހަށް ދަތް އުނގުޅާގެން ވުޟޫ ކޮއްގެން މަންމަޔާ އެކު ނަމާދު ކޮށްގެންކުޑަކޮށް ޤުރުއާން ކިޔަވާ ލުމަށްފަހު އަނެއްކާވެސް އޮށޯތެވެ. -ނުނިމޭ-
“އީނާލް” ސާމިރާގެ އަޑަށް ހުވަފެނީ ދުނިޔެއަކަށް ގެއްލިފައި ހުރި އީނާލް އަށް ސިހުން ލިބުނެވެ. އޭނާ އަވަސް އަވަހަށް ކޮޓަރިން ނުކުމެގެން ކާ ކޮޓަރިއަށް ގޮސް ވަނެވެ. ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް އަޔާން އަށް މަލަކް އާއި ބައްދަލު ވާ ގޮތެއް ނުވިއެވެ. އޭނާ އެކަމާ ވިސްނާވެސް ބޯ ގޮވާ ވަރު ވެއްޖެއެވެ. މަލަކް މިހާރު ގެސްޓް ހައުސް އަށް ދާކަން ވެސް އަޔާން އަށް އޮތީ އެނގިފައެވެ. އޭނާ އެކަމާ އުފާކުރެއެވެ. މަލަކް އަށް ވަޒީފާއެއް […]
އެވަގުތު ބޮލުގައި މީހަކު މާލޯބިން ފިރުމާލުމާލުމުން އެއޮތް ގޮތަށް އޮވެ ބަލާލިއިރު ކުރިމަތީގައި ހުރި މީހާ ފެނުމުން އީން އަށް ހައިރާންވެފައި ބަލަން ހުރެވުނެވެ. ********** “ބައްޕާ!!” އެހާލަތުގައި ކުއްލިއަކަށް ބައްޕަ ފެނުމުން އޮޅުލައިގަންނަމުން އީން އަށް ރޮއެގަނެވުނީ އިޚްތިޔާރަކާ ނުލައެވެ.”ބައްޕާ..އަ..އަލް..ޔާން” އީން ވާހަކަ ދައްކަން އުުޅުމުން ދެއްކޭ ގޮތެއްވެސް ނުވިއެވެ.ހަމަ ގިސްލެވެނީއެވެ. “ދަރިފުޅާ..ބައްޕަ އަށް އިނގޭ ހުރިހާކަމެއް..ހުއްޓާލާ..ނުރޮއެ..” އަޝްރަފް އަށް އޭނާގެ ދަރިފުޅުގެ ހާލު ފެނި ފެންކަޅިވެފައިވާ ހުރެ ހުއްޓުމެއްނެތި ނިކަން ލޯބިން އީން ގެ […]