Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ބުނާށެ ލޯބި ނުވަނީހޭ (ފަހުބައި)

Blackpearl Level 210 Stories100 Comments100 Login
October 11, 2018 14 Mins Read
53 Comments

” އަހަރެން ރުޅިވީ މަލްކާގެ ކުށެށް އޮވެގެނެއް ނޫން.. އަހަންނަށް އެހެން ކުއްޖެއް ދެކެ ލޯބިވެވުނީ..” ޝަރްވާން ބުނެލިއެވެ.

” އެހެންތަ.. އެހެންވިއްޔާ ކޮބާ ވާން ލޯބިވި ކުއްޖާ.. ކީއްވެ އެކުއްޖާއާއި ނު ގުޅުނީ ދެން..” ޔާނާ އަހައިލިއެވެ.

” އެވާހަކަ އަހަރެން އަދި ކޮންމެެވެސް ދުވަހަކުން ޔާނާއަށް ކިޔައިދޭނަން..”

” ތިހެން ވިއްޔާ ވާން އެކުއްޖާ ދެކެ ވަރަށް ލޯބިވޭ ދޯ.. އެހެންވެތާ އަހަންނަށް އެކުއްޖާގެ ވާހަކަ ކިޔައިދޭން ފަސްޖެހޭނީ..” ޔާނާ ބުނެލިއެވެ. ” އަހަރެން ކައިވެނި ކުރަން މިއުޅެނީ އަހަރެން އެންމެ ލޯބިވާ ކުއްޖާއާއި.. ދެން އެވާހަކަ ބާއްވާފަ ކައިވެނީގެ ވާހަކަ ދައްކަމާ.. ޔާނާ ބުނިހެން ޓައިމްއެއް ނެތޭ..” ޝަރްވާން އެހެން ބުނުމުން ޔާނާ އެކަމަށް އެއްބަސްވިއެވެ. ” އައި ނޯ ޔާނާ ބޭނުމެއްނުވާނެ ކަން ދެވަނަ ކައިވެނިވީމަ ޕާޓީ ބާއްވާކަށް.. އެކަމަކު އަހަރެން ބޭނުން ވަަރަށް ބޮޑުކޮށް ޕާޓީ ބާއްވަން.. އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ދުވަހަށް އެދުވަސްވާނެ ކަން ޔަގީން.. ދިގު އިންތިޒާރެއްގެ ނިމުމެއް.. ތީ އަހަރެންގެ މީހެއްކަން މުޅި ދުނިޔެއަށް އަންގަން އަހަރެން ބޭނުން.. ” އެތައް އިރެއްވަންދެން ދެމީހުން ކައިވެނީގެ ވާހަކަ ދައްކަން ތިއްބެވެެ. ޝަރްވާން ބޭނުން ކޮންމެ ގޮތެއް ޔާނާއަށް ކަމުދާނެކަމަށް އޭނާ ބުނަމުން ގެންދިޔައެވެ.

އޭގެ ދެތިން ދުވަސް ފަހެވެ. ރާޔާ ސުކޫލަށް ލައިފައި ޔާނާ ނިދަން އޮށޯތީ ބޮލުގައި ރިއްސާތީއެވެ. ނިދުނުތަނާހެން ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ. ގުޅަނީ ނުދަންނަ ނަމްބަރަކުންނެވެ. އޭނާގެ ނިދި ހަރާބުކޮއްލީ ކާކުތޯ ބަލަންވެގެން ފޯނުނަގައި ހަލޯ އޭ ބުނެލީ ވަރަށް ރުޅިއައިސްފައި ހުރެއެވެ. ” ހަލޯ.. މަލްކާ އޭ މީ އިނގޭ..” އެކޮޅުން ވާހަކަ ދެއްކީ މަލްކާއެވެ. މަލްކާގެ ނަން އިވޭ އިރަށް ޔާނާއަށް ތެދުވެ އެނދުމަތީ އިށީންދެވުނު ގޮތްވެސް ނޭންގުނެވެ. ” މަލްކާ..ކީއްކުރަން އަހަންނަށް ތިގުޅީ..” ފޫހި ރާގަކަށް ޔާނާ އަހާލިއެވެ. ” އަހަރެން ޔާނާއާއި ވާހަކަ ދައްކާލަން ބޭނުން.. އަންނަންވީނު ރާދްމެން ގެޔަށް..” މަލްކާ ބުނެލިއެވެ.

” މަލްކާ ތިހުރީ އެގޭގައިތަ.. ” ޔާނާ ބުނެލިއެވެ. މަލްކާ އާއެކޭ ބުނުމުން މިދަނީއޭ ބުނެ ފޯނު ކަނޑައިލިއެވެ. ” އޭނަ ދިރިއުޅެނީ އެގޭގައި ތަ މިހާރު.. އަހަރެން ކޮންމެ ދުވަހަކުވެސް ދާ އިރު އިންނަނީ އެގޭގައި .. މިއޮތް ހެނދުނާވެސް އެއުޅެނީ އެގެޔަށް ގޮަސްގެން.. އޭނަ އަހަންނާއި ދައްކަންޖެހޭ ވާހަކައެއް އޮންނާނެތަ.. ދެން ދިޔައިމަ އެނގިދާނެއެއްނު ޔާނާ.. ” އެވާހަކަތައް ވީ ޔާނާގެ ހިތުގައިއެވެ.

” ކޮން ތާކަށް ތިދަނީ .. ތީ ދެންމެ ބޮލުގައި ރިއްސާތީ ކެތްނުވެގެން އުޅުނު މީހާ.. ” ޔާނާ ރީތިވެލައިގެން ނިކުތުމުން އައިރާ ބުނެލިއެވެ. ” އަހަރެން މިދަނީ މަންމަމެން ގެޔަށް.. ރާދިންގެ ވާން އުޅޭ އަނބިމީހާ އަހަންނާއި ވާހަކައެއް ދައްކައިލަން ބޭނުމޯ.. ދާން ޖެހޭނެއެއްނު އޭނަ ދައްކާ ވާހަކައެއް ބަލާލަން..” ޔާނާ އެހެން ބުނެފައި ނިކުމެގެން ދިޔައީއެވެ.

*******************************

” ދެން ކިޔާބަލަ.. ކޮން ވާހަކައެއް ދައްކަން މާއަވަހަށް އަންނާށޭ ބުނީ..” ކޮފީ ޖޯޑުން އެތިކޮޅެއް ބޮއެލުމައްފަހު ޝަރްވާން ބުނެލިއެވެ. އޭނާ ވާހަކަ ދެއްކީ ކުރިމތީގައި ހުރި ޝަމީލްއާއި އެވެ.

” ވާންބެ ހަމަ އަސްލުކޮއްވެސް ޔާނާއާއި އިންނަންތަ ތިއުޅެނީ.. ” ޝަމީލް ސުވާލުކުރިއެވެ. ” ކިހިނެއްވީ ޝަމީލްއަށް ފަހަރި ކަމުނުދަނީތަ..” ޝަރްވާންވެސް ކޮއްލީ ސުވާލެކެވެ. ” ވާންބެ އެއީ އަހަރެންގެ ބެސްޓީގެ އެކްސް ވައިފް އޭ.. ވާންބެއަށް ހަމަ ރަގަނޅަށް އެކަން އެނގޭނެ.. ރާދް އަދިވެސް ޔާނާ ދެކެ ވަރަށް ލޯބިވޭ.. ރާދްއަށް އޭނާގެ ލޯބި ނުލިބުނީ އަހަރެންގެ ބޭބެއާއި ހެދިއޭ ހިތަށް އަރާފައި އަހަރެން މިހުންނަނީ ވަރަށް ލަދުން..”

” ޝަމީލް ތިދައްކަނީ ކޮން ކަހަލަ މޮޔަ ވާހަކައެއް.. ބޭބެއަށްވުރެ ޝަމީލްއަށް މުހިއްމީ އެކުވެރިޔާގެ އުފާތައްތަ.. ބަލަ އޭނައައްވުރެ މާބޮޑަށް އަހަރެން ޔާނާ ދެކެ ލޯބިވެޔޭ.. ޝަމީލް ރުހުނަސް ނުރުހުނަސް އަހަންނަށް ހެޔޮ.. އިރާދަކުރެއްވިއްޔާ ޔާނާއަކީ އަހަރެންގެ ހައްގަކަށް ހަދާނަން.. ” ޝަރްވާން ހިތްހަމަނުޖެހިފައި ހުރެ ވާހަކަ ދެއްކިއެވެ.

” ވާންބެ އެދެމީހުން އެކަކު އަނެކަކު ދެކެ އަދިވެސް ލޯބިވޭ.. ވާންބެ ކީއްކުރަން އެދެމެދަށް ވަންނަނީ.. ވާންބެ ޔާނަ ގާތު އިންނަން ނޭހިނަމަ އެދެމީހުން އަލުން ގުޅުނިސް ކަންނޭންގެ..” ޝަމީލް ބެލީ ޝަރްވާންއަށް ވިސްނައިދެވޭތޯއެވެ.

” ޔާނާ ބޭނުންވަނީ ރާދިންއެއް ނޫން.. ޔާނާ ބޭނުންވަނީ އަހަންނާއި އެކު އުޅެން.. އަހަރެން އޭނާއަށް މަޖުބޫރެއް ނުކުރަމެއްނު އެއްވެސް ކަމަކަށް.. ރާދިންއާއި އަލުން ގުޅޭކަށް ޔާނާ ބޭނުމެއްނޫން.. އެހެންނޫނަސް ރާދިން ކުރީކީ ޔާނާ މައާފުކުރާވަރުގެ ކަމެއްނޫން.. ”

” ރާދް ކޮންކަމެއް ކުރީ ޔާނާ.. އެދެމީހުން ވަކިވި ސަބަބެއް ރާދްއަކަށްވެސް ނޭންގެ.. ވާންބެއަށް ޔާނާ އެވާހަކަތައް ކިޔައިދިންތަ..” ޝަރްވަންއަށް ކަމެއް އެނގެހެން ހީވާތީ ޝަމީލް ސުވާލުކުރިއެވެ. ” މާޒީގެ ވާހަކަ ނުދައްކަމާ ދޯ ދެން.. ހުރިހާ ކަމެއްވެސް ވީ ރަގަނޅަކަށް ކަމަށް ބަލައިގެން ދިރިއުޅުމާއި ވެގެން ކުރިޔަށް ދިޔުން ނޫން ގޮތެއް އެބައޮއްތަ.. ޔާނައެއް ދެން އެރާދިންއަކަށް ނުލިބޭނެ.. އެއީ ހަމަ އެކަނި އަހަރެންގެ ހައްގެއް.. ޝަމީލްވެސް ދެން އަހަންނާއި ތިގޮތަށް ވާހަކަ ނުދައްކާތި.. އަހަރެން އުއްމީދުކުރަން އަހަރެންގެ އުފަލުގައި ޝަމީލް ބައިވެރިވާނެ ކަމަށް.. އަހަރެންގެ ހުރިހާވެސް އުފަލަކީ ޔާނާ.. އެހިތުގައި އެހެން މީހަކަށްޓަކައި ލޯބިވިޔަސް އަހަރެންގެ އެއްވެސް މައްސަލައެއްނެތް.. އަހަރެން ޔާނާ ދެކެ ވަރަށް ލޯބިވޭ.. ކޮންމެ ގޮތެއް ހަދައިގެން ވިޔަސް އަހަރެން ޔާނާ ހާސިލްކުރާނަން..” ޝަރްވާންގެ ހިޔާލު ބަދަލުނުކުރެވޭނެކަން އެނގުމުން ޝަމީލް އިތުރު އެއްޗެކެ ނުބުނެ އެތަނުން ދިޔައީއެވެ. އޭނާ ހީކުރިވަރުގެ ހަމަޖެހޭ މީހަކަށް އޭނާގެ ބޭބެ ނުވިއެވެ. ކައިވެނި ކުރަން އެއުޅެނީ ޔާނާ އެހެން މީހެއް ދެކެ ލޯބިވާކަން އެނގިހުރެ ވިއްޔާއެވެ.

ޔާނާ ރާދިންމެން ގެޔަށް ދިޔައިރު މަލްކާ އުޅުނީ ޔަސީރާގެ ކޮޓަރީގައެވެ. އޭނާ ގޮސް ކޮޓަރިއަށް ވަން އިރު އެދެމީހުން ތިބީ ކޮންމެވެސް ވާހަކައެއް ދައްކާށެވެ. މަލްކާއާއި ޔަސީރާގެ ގާތްކަން ފެނި ޔާނާގެ ހިތުގައި ރިހުނެވެ. ” ހާއި.. މަންމަމެން ކޮން ވާހަކައެއް ތިދައްކަނީ މާ ފޯރީގައި..” ޔާނާ ކޮޓަރިއަށް ވަތްކަންވެސް އެދެމީހުންނަށް އިނގުނީ ޔާނާ ގޮވައިލުމުންނެވެ.

” މިދައްކަނީ ރާދްއާއި މަލްކާގެ ކައިވެނީގެ ވާހަކަ.. ވަރަށް ކުލަގަދަކޮއް ޕާޓީ ބާއްވަން މަލްކާ ބޭނުމޯ.. މަލްކާ ބުނި ދަރިފުޅުމެންވެސް އިންނަން ތިކިޔަނީ ހަމަ އެދުވަހުގައޭ.. މަންމައަށް ފެންނަނީ ދަރިފުޅުގެ ކައިވެނި އޭގެ އަނެއް ދުވަހަށް ނަމަވެސް ފަސްކޮއްލަން.. އެއްދުވަހަކު ދެކައިވެނި ކުރަންޏާ މަންމަމެން ކިހާ ވަރުބަލި ވާނެ.. އެއްތަނެއްގައި ކައިވެނި ކުރާކަށް ދަރިފުޅު އެއްބަހެއް ނުވާނެ ވިއްޔަ.. ދެކައިވެންޏަށްވެސް މަންމަމެން ދާން ޖެހޭނެއެއްނު..” ޔަސީރާ ބުނެލިއެވެ. ޔާނާ ބުނީ ޝަރްވާންއާއި ވާހަކަ ދައްކައިފައި ލަސްކުރާނެ ކަމަށެވެ.

” މަލްކާ ބުނީމެއްނު ވާހަކައެއް ދައްކަން ބޭނުމޭ.. ” އިރުކޮޅަކު ޔަސީރާއާއި ވާހަކަ ދައްކަން ހުރުމައްފަހު ޔާނާ ބުނެލިއެވެ. ” އާ ހިނގާ ދޯ އަހަރުމެން ސިޓިންރޫމް އަށް ދާން.. މަންމާ އަހަރެން ދެން ގެޔަށް ގޮސްލާނީ އިނގޭ ޔާނާ ކައިރީ ވާހަކައެއް ދައްކައިލުމައްފަހު.. މިރޭ އަދި އަންނާނަން..”

” ހަހް.. އިރުއިރުކޮޅާއި ޖެހޭތަ މިގެޔަށް އަންނަން.. މުޅި އުމުރަށް އަންނަން އުޅޭ އިރުވެސް އުޅޭ ގޮތް ބަލާބަލަ.. ތިވަރުން ނޫޅުނަސް ރާދިންއެއް ނުގެއްލޭނެކަން ނޭންގެ.. ވަރަށް ފޫހިވޭ..” ޔާނާގެ ހިތުގައިވިއެވެ.

” އަހަރެންވެސް އުޅުނީ މަންމަ އެބުނިހެން ޔާނާމެނެްގެ ކައިވެނި ލަސްކޮއްލަންވީނޫންހޭ ބުނަންވެގެން.. ދެން އަހަންނާއި އެކީ ވެޑިން ޑުރެސްއާއި އެއްޗެހި ބަލާލަން ދެވިދާނެތޯ އަހާލަން ވެގެން.. އަހަރެން އުޅުނީ ރާދްއާއި އެކީގައި ދާން ކަމަށް.. އެކަމަކު އޭނަ މިދުވަސްކޮޅު މާ ބިޒީވީމައި އަހަރެން ގާތު ބުނެފައި އޮތީ ރައްޓެއްސެއް ގޮވައިގެން ދިޔުމަށއ.. އަހަރެންގެ އެއްވެސް ރައްޓެއްސެއް މިކޮޅުގައެއް ނޫޅޭ.. އެހެންވެ އަހަރެން ބޭނުންވަނީ ޔާނާއާއި އެކީގައި ދާން.. ޔާނާ އަހަންނައް ހެލްޕްވާނަން ދޯ.. އަހަރެންގެ ރައްޓެއްސަކަށް ޔާނާ ވާނަން ދޯ..” މަލްކާގެ ވާހަކަތައް އަޑުއަހާފައި ޔާނާ ހައިރާންވިއެވެ.

” މަލްކާ ކީއްވެ އަހަންނާއި ރައްޓެހިވާން ބޭނުންވަނީ.. މަލްކާއަށް ނޭންގެނީތަ އަހަންނަކީ ކާކުކަން.. އަހަރެން މީ މަލްކާގެ ވާން އުޅޭ ފިރިމީހާގެ އެކްސް ވައިފް.. އަދި މަލްކާގެ އެކްސް ބޯއީފުރެންޑްގެ ވާން އުޅޭ ވައިފް.. ” ޔާނާ ބުނެލިއެވެ.

” އެއީ ޔާނާގެ މައްސަލައެއް ނޫނެއްނު.. މާޒީގެ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ.. މިއަދު ވާން އަކީ ޔާނާގެ މީހެއް އަދި ރާދްއަކީ އަހަރެންގެ މީހެއް.. އަހަރެން ޔާނާ ދެކެ ރުޅިއަންނަން ޖެހޭ އެއްވެސް ސަބަބެއްނެތެއްނު..” މަލްކާ އެހެން ބުންޏެއް ކަމަކު އެހިތުގައި ވަނީ އެހެން އެއްޗެކެވެ. ހަގީގަތުގައި އޭނާ ޔާނާ ދެކެ ވަރަށް ރުޅިއާދެއެވެ. ޔާނާއާއި މާ ރައްޓެހިވާނެ ވެގެން އެއުޅެނީވެސް ރާދިންއަށް ދެއްކޭށެވެ. ޔާނާއަކީ ރާދިންގެ ދަރިފުޅުގެ މަންމަ ކަމުގައި ވާތީއެވެ. ޔާނާއާއި ގާތްވެވިއްޖިއްޔާ ރާޔާއާއިވެސް ގުޅުން ބަދަހި ކުރެވޭނެއެވެ. އޭރުން ރާދިން އޭނާއާއި މެދު ވަރަށް ހިތްހަމަޖެހޭނެއެވެ. މަލްކާ ވަރަށް އާދޭސް ކުރުމުން ޔާނާ މަލްކާއަށް އެހީތެރިވުމައް އެއްބަސް ވިއެވެ.

މެންދަމުގެ ހަމަހިމޭން ވަގުތެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ހިތްގައިމު މަންޒަރަށް ބަލަންއިން ޔާނާގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ފާޅުވާކަށް ނެތެވެ. ފާއިތުވި ތިންހަފްތާ ދިޔައީ ވަރަށް ބިޒީކޮށެވެ. ކައިވެނީގެ ތައްޔާރީތައް ކުރުމުގައިއެވެ. ކައިވެނީގެ ވަގުތު ކައިރިވަމުންދާ ވަރަކަށް ޔާނާގެ ހިތުގެ ތެޅުން އަވަސްވެގެން ދެއެވެ. އިރުއިރުކޮޅާއި ގަޑިބަލައިލެވެއެވެ. މިއަދަކީ ރާދިންއާއި މަލްކާގެ ކައިވެނި ކުރެވޭ ދުވަހެވެ. މާދަމާއަކީ އޭނާއާއި ޝަރްވާންގެ ކައިވެނި ކުރެވޭ ދުވަހެވެ.

ޔާނާއެކޭ އެއްގޮތަށް ރާދިންވެސް ވަނީ އެރޭގެ އަރާމު ނިދިން މަހުރޫމްވެފައެވެ. ޔާނާ ނޫން މީހަކާއި އިންނާކަށް އޭނާ ހަގީގަތުގައި ބޭނުމެއްނުވެއެވެ. ނަމަވެސް ގަދަކަމުން ޔާނާގެ ލޯބި ހާސިލްނުކުރެވޭނެކަން އޭނާ ގަބޫލުކުރެއެވެ. ޔާނާ އޭނާ ދެކެ ލޯބިނުވާކަމަށް ނިންމައިގެން މަލްކާއާއި ކައިވެނި ކުރަން ނިންމިއެވެ.

ޔާނާ ދެކޭ ގޮތުގައި ރާދިން އޭނާ ދެކެ ލޯތްބެއްނުވެއެވެ. އަދި ރާދިންއަށް ހީވެފައިވަނީ ޔާނާ އޭނާ ދެކެ ލޯބިނުވަނީ ކަމަށެވެ. އެއީ އެއް ފަރާތުން ވެވޭ ލޯތްބެއް ކަމަށް ނިންމައި ދެމީހުންވެސް ހިތުގައިވާ ލޯބި ފޮރުވަމުން އާ ދިރިއުޅުމެއް ފަށަން ނިންމިއެވެ.

ގަޑިން 8 ޖަހަނީއެވެ. ޔާނާ ރާޔާ ރީތިކޮއްލުމައްފަހު އައިރާމެންނާއި ހަވާލުކުރީ ރާދިންގެ ކައިވެންޏަށް އޭނާ ދާން ބޭނުންނުވާތީއެވެ. ޝަރްވާންވެސް ޔަސީރާގެ އެދުމުގެ މަތިން ޕާޓީއަށް ދާން އެއްބަސްވިއެވެ. އެހެންކަމުން ގޭގައި މަޑުކުރީ ޔާނާ އެކަންޏެވެ. އައިރާމެން ގެއިން ނިކުތް އިރުވެސް ބޯކޮށް ވާރޭވެހެމުން ދިޔައެވެ.

ސޯފާގައި އިން ޔާނާގެ ދެލޯވަނީ ކަރުނުން ފުރިފައެވެ. 30 މިނިޓު ފަހުން ރާދިންގެ ކައިވެނި މަލްކާއާއި ކުރެވޭނެއެވެ. ރާދިން ހަމަ ޔާނާ ދެކެ ލޯބިނުވަނީތާއެވެ. ލޯބިނުވާއިރު ލޯބިވާކަމަށް ބުނީ ކީއްވެ ހެއްޔެވެ. ޔާނާއަކީ ކުރީގައި ހަމަ އެހާ ގޯސް މީހެއް ހެއްޔެވެ. ރާދިން އޭނާ ދެކެ އެހާ ފޫހިވޭ ހެއްޔެވެ.

” ތިނޫން މީހެއް ދެކެ އަހަންނަށް ދުވަހަކުވެސް ލޯތްބެއް ނުވެވޭނެ ޔާނާ.. މަލްކާއާއި ކައިވެނި ކުރިއެއް ކަމަކު މިހިތުން މަލްކާއަށް އެއްވެސް ޖާގައެއް ނުދެވޭނެ..” ލޯގަނޑުކުރިމަތިން އަމިއްލަ ސޫރައަށް ބަލަމުން ދިޔަ ރާދިންގެ ހިތުގައިވިއެވެ. ކޮޓަރީގެ ލައިޓްތައް ނިވުމުން ރާދިން ބޭރަށް ނިކުމެލިއެވެ. މުޅި މާލެއިން ކަރަންޓު ކެނޑުނު ކަން އެނގުނީ މީހަކު ބުނުމުންނެވެ. ރާދިން ހަނދާންވީ ޔާނާ މަތިންނެވެ. ޔާނާއަކީ އަދިރީގައި ހުންނަން ވަރަށް ބިރުގަންނަ މީހެކެވެ. މިވަގުތު އޭނާ ހުންނާނީ ގޭގައި އެކަނިކަން ރާދިންއަށް އެނގެއެވެ. އެކަމާއި ރާދިން ވަަރަށް ކަންބޮޑުވިއެވެ. ފޯނުން ގަޑި ބަލައިލިއިރު 8:30 ވަނީއެވެ. ކައިވެނި ކުރެވޭ ގަޑިވެސް ޖެހިއްޖެއެވެ. އޭނާއަށް ޔާނާ ކައިރިއަށް ދެވޭކަށް ނެތެވެ.

ކަރަންޓު ދިޔައިރު ޔާނާ އިނީ ސޯފާގައި ރޯށެވެ. ބިރުން އޭނާ ހަޅޭލަވަމުން ދިޔައެވެ. ފޯނު ނަގައި އުޅެއުޅެވެސް އޭގެ ލައިޓްއެއް ދިއްލޭ ގޮތެއް ނުވިއެވެ. ފޯނުގައި ޗާޖް ނެތީއެވެ. އަޑުން އަޑުނަގައި ޔާނާއަށް ރޮއެގަނެވުނެވެ. ގުގުރުމާއި އެކު ބޯކޮއް ވާރޭވެހޭތީ ޔާނާ އިތުރަށް ބިރުގަތެވެ. ކުއްލިއަކަށް މީހަކު ވަރަށް ބާރަށް ދޮރުގައި ތަޅަން ފެށިއެވެ. ” ޔާނާ އާރ ޔޫ އޯކޭ.. މި ދޮރު ހުޅުވަބަލަ..” ޔާނާއަށް އިވިގެން ދިޔައީ ރާދިންގެ އަޑެވެ. ޔާނާ އަވަސް އަވަހަށް ފާރުގައި އަތް ކާތަމުން ގޮސް ދޮރު ހުޅުވައިލިއެވެ. ދެވަނަ ސިކުންތުގައި އޭނާ ހުރީ ރާދިންގެ ގައިގައި ވަރަށް ބާރަށް ބައްދައިލައިގެންނެވެ. ” ޕްލީޒް.. މިތަން ތަންކޮޅެއް އަލިކޮއްދީބަލަ.. އަހަރެން ބިރުގަނޭ.. ” ޔާނާ ރޮއިގަތެވެ.

” މުޅި މާލޭން ކަރަންޓު ދިޔައީ.. ޔޫ އާރ ނޮޓް އެލޯން.. އަހަރެން މިހުރީނު ޔާނާ ކައިރީގައި.. އަހަރެން ޔާނާ އެކަނި ދޫކޮށް ނުލާނެކަން އެނގެއެއްނު..” ޔާނާ ގެންގޮސް ސޯފާގައި ބައިންދަމުން ރާދިން ބުނެލިއެވެ. ” ރާދް..” ހަތަރު އަހަރު ފަހުން ޔާނާ ރާދިންއަށް އެނަމުން ގޮވާލިމީ ފުރަތަމަ ފަހަރެވެ. ” ރާދްގެ ކައިވެނި ކުރެވުނީތަ މިހާރު.. މިތާގައި ކީއްކުރަނީ..” ޔާނާ ސުވާލުކޮއްލިއެވެ.

” ޔާނާ މިތާ އެކަނި ހުރެ ރޮނީކަން އެނގިހުރެ އަހަރެން ކިހިނެއް ހަމަޖެހިލައިގެން ހުރެ އެވަރުގެ ބޮޑުކަމެއް ކުރާނީ.. އެޔައްވުރެ އަހަންނަށް ޔާނާ މާ މުހިއްމު.. ” ޔާނާގެ ބޮލުގައި ފިރުމަމުން ރާދިނއ ބުނިއެވެ. ” ހުސް ދޮގު.. އަހަރެން ދެކެ ތިހާ ފޫހިވާ މީހަކު އަހަންނައްޓަކައި ކައިވެނި ކެންސަލް ކުރާނެ ތަ.. ”

” ކާކު ބުނީ އަހަރެން ޔާނާ ދެކެ ފޫހިވެއޭ.. އަހަރެން ޔާނާ ދެކެ ވަރަށް ލޯބިވޭ.. ޔާނާއަށް ހަމަ ރަގަނޅަށް އެކަން އެނގޭނެ..” ރާދިން ބުނިއެވެ. ” އަހަރެން ހީކުރީ ރާދިން އަހަރެން ދެކެ ލޯބިވާކަމަށް.. އެކަމަކު އަހަންނަށއ މިހާރު އެނގެއޭ ލޯބިނުވާކަން.. އިތުރަށް ދޮގު ހެދުމުގެ ބޭނުމެއް ނެތް.” ކަރަންޓު އައީ ހަމަ އެވަގުތު އެވެ. ” އަހަރެން ލޯބިނުވެއޭ ޔާނާ ތިބުނަނީ ކީއްވެތަ..” ރާދިން އަހައިލިއެވެ.

” ކަރަންޓު އެއައީ.. ދެން ރާދިން ދިޔަސް އޯކޭ.. ރާދިންގެ އިންތިޒާރުގައި މަލްކާ ހުންނާނެ މިހާރު..” ސޯފާއިން ތެދުވަމުން ޔާނާ ބުނެލިއެވެ. ” މިރޭ އަހަރެން ދާނީ އަހަރެން ކުރި ސުވާލުގެ ޖަވާބު ހޯދައިގެން.. ބުނެބަލަ އަބަދު އަހަންނާއި ދިމާއަށް ތިހެން ތިބުނަނީ ކީއްވެތަ.. އަހަރަން ޔާނާދެކެ ލޯބިވޭ.. ކުރިންވެސް އަދި މިހާރުވެސް އަހަރެން ލޯބިވަނީ ޔާނާ ދެކެ.. ކީއްވެ އަހަރެންގެ ލޯތްބާއި ދޭތެރޭ ތިގޮތައް ތި ޝައްކުކުރަނީ.. ލޯބިނުވަނީ ޔާނާ އެއްނޫންތަ.. ދެން ކީއްވެހޭ އަހަރެން ލޯބިނުވެއޭ ތިބުނަނީ..” ޔާނާގެ ދެކޮނޑުގައި ހިފައި ތަޅުވަމުން ރާދިން ވާހަކަ ދެއްކިއެވެ.

” އަހަންނަށްވެސް ގަބޫލުކުރަން ފަސޭހައެއް ނޫނޭ ރާދިން އަހަރެން ދެކެ ލޯބިނުވާކަމެއް.. އަހަންނަށް ހުރިހާ ކަމެއް އެނގުނު ގޮތެއް އެނގެން ބޭނުންތަ.. ރާދިން ހަމަ ހަނދާނެއް ނުވޭތަ..މިތާ މަޑުކުރޭ.. އަހަރެން ހަނދާން ކޮއްދޭނަން.. ” ޔާނާ އެހެން ބުނެފައި ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. ރާދިން އަނެއްކާވެސް ސޯފާގައި އިށީންދެލިއެވެ. ޔާނާ އެނބުރި އައީ ލެޕްޓޮޕެއް ހިފައިގެންނެވެ. ސޯފާ ކުރިމަތީގައި ހުރި މޭޒުމަތީ ލެޕްޓޮޕް ބޭންދުމައްފަހު އަތުގައި އޮތް ޕެން ޑުރައިވް ޖަހައިލިއެވެ. އެއައްފަހު އޭގައި އިން އޯޑިއޯ ޕުލޭކޮއްލިއެވެ. ރާދިންއަށް އެއީ ކޮން ދުވަހެއްގައި ރިކޯޑުކޮއްފައިވާ އޯޑިއޯއެއްކަން އެނގެއެވެ. ނޭންގުނީ ޔާނާއަށް އެލިބުނު ގޮތެވެ.

” ޔާނާއަށް ކިހިނެއް މި އޯޑިއޯ ލިބުނީ.. ” ރާދިން ސުވާލުކޮއްލިއެވެ. ” އަހަރުމެން ހަނީމޫންއިން އައި ދުވަހު ނޫން އަނެއް ދުވަހު ކޮންމެވެސް މީހަކު އަހަންނަށް ފޮނުވި އެއްޗެއް ތިއީ.. ސިޓީއެއްވެސް އޮތް.. އޭގައި އޮތީ ރާދިން އަހަރެން ދެކެ ލޯބިނުވާކަމަށް..އަހަރެން ހީކުރީ މީހަކު އަހަރުމެންގެ ދޭތެރެއަށް ވަންނަން ވެގެން އުޅުނީކަމަށް.. އެކަމަކު މި އޯޑިއޯކޮޅު އަޑުއިވުމުން އަހަންނަށް އެއީ ތެދެއްކަން އެނގުނު.. ރާދިން އަހަރެން ދެކެ އެހާ ފޫހިވޭތަ ހަމަ..” ޔާނާގެ ލޮލުން އަނެއްކާވެސް ކަރުނަ ފައިބަން ފެށިއެވެ.

” ތި އޯޑިއޯގައި އެވަނީ ދޮގެކޭ އަހަރެން ނުބުނާނަން.. އެކަމަކު އަހަރެން ޔާނާ ދެކެ ލޯބިނުވާކަމަކަށްވެސް ނުވާނެ.. ޔާނާ އެއީ އަހަރުމެން ރައްޓެހިވެސް ނުވަނިސް ދައްކައިފައި ހުރި ވާހަކައެކޭ.. ލޯބިވާ ކަމުގެ އެކްޓް ޖެއްސުމުގެ ތެރޭގައި އަހަންނައް ހަގީގަތުގައިވެސް ޔާނާ ދެކެ ލޯބިވެވުނު.. ޔާނާ ދެރަކުރަން ބޭނުންނުވާތީ އަހަރެން އެވާހަކަ ކިޔައިނުދިނީ.. އެންމެ ފަހަރަކު އަހަރެން ގާތު މިވާހަކަ އަހައިލިނަމަ އަހަރެން ތެދުތެދަށް ކިޔައިދިނީމުސް.. އަހަރެން ޔާނާއާއި ކައިވެނި ކުރީ ލޯބިވާތީ.. ކީއްވެ ކުރިން އަހަރެން ގާތު ނުބުނީ.. 4 އަހަރު އަހަރުމެން ދުރުގައި ހުރީ މިއޯޑިއޯގެ ސަބަބުން ތަ.. އަހަރެންގެ ދަރިފުޅާއި އަހަރެން ވަކިކުރީ މާކުރިން އަހަރެން ދައްކައިފައިވާ ވާހަކަތަކެއްގެ ސަބަބުންތަ.. ޔާނާ ބުނެބަލަ.. އަހަރެން ޔާނާ ދެކެ ލޯބިނުވާނަމަ މިވަގުތު މިތާގައި ޔާނާގެ ކައިރީގައި އަހަރެން ހުރިސްތަ.. އަހަރެން މަލްކާ ގާތުގައި ކައިވެނިކުރަން ބޭނުންނުވާ ކަމަށް ބުނެފައި މިއައީ ހަމައެކަނި ޔާނާއައްޓަކައި..ލޯބިނުވާތީ ތަ މިއީ” ރާދިންގެ ދެލޮލުވެސް އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. ޔާނާއަށް މާޒީގައި ކަންތައް ވެފައިވާ ގޮތާއިމެދު އަނެއްކާވެސ ްވިސްނާލެވުނެވެ. ރާދިން އޭނާ ދެކެ ލޯބިވާކަމަށް ގަބޫލުކުރެވުނެވެ. ވިސްނާނުލައި އޭނާއަށް ކުރެވުނު ކަންތަކާއިމެދު ދެރަވިއެވެ. 4 އަހަރު ލޯބިވާ މީހާއާއި ދުރުގައި އުޅެން މިޖެހުނީ އޭނާއަށް ވިސްނާނުލެވުނީމައެވެ. މާއަވަހަށް ރުޅިއާދެވުނީތީއެވެ. އެންމެ ފަހަރަކު ރާދިންއާއި އެވާހަކަ ދެއްކެވުނުނަމަ އެދުވަހު ހުރިހާ ހަގީގަތެއް އެނގުނީސްއެވެ. އެދެމީހުން އަދިވެސް އުޅުނީހީ އެކުގައެވެ. ނުހަނު ލޯބިންނެވެ. ނަމަވެސް މިހާރު ވަގުތު ފާއިތުވެއްޖެއެވެ. މާ ބޮޑަށްވެސް ލަސްވެއްޖެއެވެ.

“އައިމް ސޯ ސޮރީ ރާދް.. އަހަންނަށް ވިސްނާނުލާ މިކުރެވުނީ ކީއް..” ރާދިންގެ ދެއަތުގައި ހިފައިލަމުން ޔާނާ ބުނެލިއެވެ. ” އިޓްސް ނޮޓް ޓޫ ލޭޓް މައި ލަވް.. އަދިވެސް އަހަރުމެންނަށް އެއްކޮއް އުޅެވެން އެބައޮތް.. ޔާނާ ޝަރްވާންއަށް ހުރިހާ ވާހަަކައެއް ކިޔައިދީ..ބުނޭ ޔާނާ ލޯބިވަނީ އަހަރެން ދެކެ އޭ.. ” ރާދިން ބުނެލިއެވެ.

” ނޫން ރާދް.. އަހަރެން ވާންއަށް އެވަރުގެ ބޮޑު ދެރައެއް ނުދޭނަން.. ރާދް އެކޭ އެއްގޮތަށް ވާންވެސް އަހަރެން ދެކެ ވަރަށް ބޮޑަށް ލޯބިވޭ.. އަހަރެން ވާންއާއި އިންނަން އެއްބަސްވުމުން ވާން އެހުންނަނީ ވަރަށް އުފަލުން.. އަހަރެން ގާތު ބުނި އަހަރުމެންގެ ކައިވެނި ކުރެވޭ ދުވަހަކީ ވާންގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި ދުވަހޭ.. އަހަރެން ކިހިނެއް ވާންގެ އުފާތައް ފޭރިގަންނާނީ.. އެހަ ރަގަނޅު މީހަކަށް ހިތާމައެއް ދޭނީ ކިހިނެއް..”

” ޔާނާ ތިދައްކަނީ އެހެން މީހުންގެ އުފަތަކުގެ ވާހަކަ.. އެންމެ ފަހަރަކުވެސް އަހަންނާއި އަމިއްލަ މީހާއާއި ދޭތެރޭ ވިސްނައިލިންތަ.. މީހަކު ދޭތެރެ ޖައްސަން އެއްޗެއް ފޮނުވީމަ އަހަރުމެން ވަކިވެ ދިޔައީ.. އެކަކު އަނެކަކު ދެކެ ލޯބިވާއިރުވެސް ވަކިން އުޅެން ވީ.. އަހަރުމެންނަށް ލިބޭނީ ކޮން އުފަލެއް ދެން..” ރާދިން ޝަކުވާކުރަން ފެށިއެވެ.

” ރާދް އަހަރުމެންގެ ތަގްދީރްގައި ލިޔެވިފައި އޮތް ގޮތް ކަން ނޭންގެ މީ.. އެހާ ފަސޭހައިން ވަކިވެވުނީ އަހަރުމެން އެކީގައި އުޅެން ލިޔެވިފައިނުވާތީ ކަންނޭންގެ.. އަހަރުމެންގެ އުފާތަށް މީހަކުވަނީ ފޭރިގަނެފައި.. އަހަރެން އެމީހަކަށް ދުވަހަކުވެސް މާފެއް ނުކުރާނަން.. އަހަރެން ޝަރްވާންއަށް ހުރިހާ ވާހަކައެއް ކިޔައިދީފިއްޔާ އޭނަ އަހަންނާއި ދުރުވާނެކަން ޔަގީން.. އެކަމަކު އޭނަ ދެރަވާނެވަރު އަހަންނައް އެނގޭ.. އަހަންނަށް ފެންނަނީ ރާދްވެސް މަލްކާއާއި ވާހަކަ ދައްކައިގެން ކައިވެނިކުރަން އުޅެން..”

” ނޫނޭ އަހަރެން ދެން މަލްކާއަކާއި ނީންނާނަން.. އޭނަ އަހަންނާއި އިންނަން އުޅުނީ އަހަރެންގެ ފައިސާއާއި މުދަލުގެ ބޭނުމުގައި .. އަހަންނަށް އެކަން ވަރަށް ރަގަނޅަށް އެނގޭ.. ޔާނާ ބޭނުމިއްޔާ ޝަރްވާންއާއި ކައިވެނިކުރަންވީ.. އަހަރެން އަބަދުވެސް ޔާނާގެ އިންތިޒާރުގައި ހުންނާނަން.. ” ރާދިން އެހެން ބުނެފައި ނިކުމެގެން ދިޔައީއެވެ.
” އަހަންނަށްވެސް ގަބޫލުކުރަން ފަސޭހައެއް ނޫނޭ ރާދިން އަހަރެން ދެކެ ލޯބިނުވާކަމެއް.. އަހަންނަށް ހުރިހާ ކަމެއް އެނގުނު ގޮތެއް އެނގެން ބޭނުންތަ.. ރާދިން ހަމަ ހަނދާނެއް ނުވޭތަ..މިތާ މަޑުކުރޭ.. އަހަރެން ހަނދާން ކޮއްދޭނަން.. ” ޔާނާ އެހެން ބުނެފައި ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. ރާދިން އަނެއްކާވެސް ސޯފާގައި އިށީންދެލިއެވެ. ޔާނާ އެނބުރި އައީ ލެޕްޓޮޕެއް ހިފައިގެންނެވެ. ސޯފާ ކުރިމަތީގައި ހުރި މޭޒުމަތީ ލެޕްޓޮޕް ބޭންދުމައްފަހު އަތުގައި އޮތް ޕެން ޑުރައިވް ޖަހައިލިއެވެ. އެއައްފަހު އޭގައި އިން އޯޑިއޯ ޕުލޭކޮއްލިއެވެ. ރާދިންއަށް އެއީ ކޮން ދުވަހެއްގައި ރިކޯޑުކޮއްފައިވާ އޯޑިއޯއެއްކަން އެނގެއެވެ. ނޭންގުނީ ޔާނާއަށް އެލިބުނު ގޮތެވެ.

” ޔާނާއަށް ކިހިނެއް މި އޯޑިއޯ ލިބުނީ.. ” ރާދިން ސުވާލުކޮއްލިއެވެ. ” އަހަރުމެން ހަނީމޫންއިން އައި ދުވަހު ނޫން އަނެއް ދުވަހު ކޮންމެވެސް މީހަކު އަހަންނަށް ފޮނުވި އެއްޗެއް ތިއީ.. ސިޓީއެއްވެސް އޮތް.. އޭގައި އޮތީ ރާދިން އަހަރެން ދެކެ ލޯބިނުވާކަމަށް..އަހަރެން ހީކުރީ މީހަކު އަހަރުމެންގެ ދޭތެރެއަށް ވަންނަން ވެގެން އުޅުނީކަމަށް.. އެކަމަކު މި އޯޑިއޯކޮޅު އަޑުއިވުމުން އަހަންނަށް އެއީ ތެދެއްކަން އެނގުނު.. ރާދިން އަހަރެން ދެކެ އެހާ ފޫހިވޭތަ ހަމަ..” ޔާނާގެ ލޮލުން އަނެއްކާވެސް ކަރުނަ ފައިބަން ފެށިއެވެ.

” ތި އޯޑިއޯގައި އެވަނީ ދޮގެކޭ އަހަރެން ނުބުނާނަން.. އެކަމަކު އަހަރެން ޔާނާ ދެކެ ލޯބިނުވާކަމަކަށްވެސް ނުވާނެ.. ޔާނާ އެއީ އަހަރުމެން ރައްޓެހިވެސް ނުވަނިސް ދައްކައިފައި ހުރި ވާހަކައެކޭ.. ލޯބިވާ ކަމުގެ އެކްޓް ޖެއްސުމުގެ ތެރޭގައި އަހަންނައް ހަގީގަތުގައިވެސް ޔާނާ ދެކެ ލޯބިވެވުނު.. ޔާނާ ދެރަކުރަން ބޭނުންނުވާތީ އަހަރެން އެވާހަކަ ކިޔައިނުދިނީ.. އެންމެ ފަހަރަކު އަހަރެން ގާތު މިވާހަކަ އަހައިލިނަމަ އަހަރެން ތެދުތެދަށް ކިޔައިދިނީމުސް.. އަހަރެން ޔާނާއާއި ކައިވެނި ކުރީ ލޯބިވާތީ.. ކީއްވެ ކުރިން އަހަރެން ގާތު ނުބުނީ.. 4 އަހަރު އަހަރުމެން ދުރުގައި ހުރީ މިއޯޑިއޯގެ ސަބަބުން ތަ.. އަހަރެންގެ ދަރިފުޅާއި އަހަރެން ވަކިކުރީ މާކުރިން އަހަރެން ދައްކައިފައިވާ ވާހަކަތަކެއްގެ ސަބަބުންތަ.. ޔާނާ ބުނެބަލަ.. އަހަރެން ޔާނާ ދެކެ ލޯބިނުވާނަމަ މިވަގުތު މިތާގައި ޔާނާގެ ކައިރީގައި އަހަރެން ހުރިސްތަ.. އަހަރެން މަލްކާ ގާތުގައި ކައިވެނިކުރަން ބޭނުންނުވާ ކަމަށް ބުނެފައި މިއައީ ހަމައެކަނި ޔާނާއައްޓަކައި..ލޯބިނުވާތީ ތަ މިއީ” ރާދިންގެ ދެލޮލުވެސް އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. ޔާނާއަށް މާޒީގައި ކަންތައް ވެފައިވާ ގޮތާއިމެދު އަނެއްކާވެސ ްވިސްނާލެވުނެވެ. ރާދިން އޭނާ ދެކެ ލޯބިވާކަމަށް ގަބޫލުކުރެވުނެވެ. ވިސްނާނުލައި އޭނާއަށް ކުރެވުނު ކަންތަކާއިމެދު ދެރަވިއެވެ. 4 އަހަރު ލޯބިވާ މީހާއާއި ދުރުގައި އުޅެން މިޖެހުނީ އޭނާއަށް ވިސްނާނުލެވުނީމައެވެ. މާއަވަހަށް ރުޅިއާދެވުނީތީއެވެ. އެންމެ ފަހަރަކު ރާދިންއާއި އެވާހަކަ ދެއްކެވުނުނަމަ އެދުވަހު ހުރިހާ ހަގީގަތެއް އެނގުނީސްއެވެ. އެދެމީހުން އަދިވެސް އުޅުނީހީ އެކުގައެވެ. ނުހަނު ލޯބިންނެވެ. ނަމަވެސް މިހާރު ވަގުތު ފާއިތުވެއްޖެއެވެ. މާ ބޮޑަށްވެސް ލަސްވެއްޖެއެވެ.

“އައިމް ސޯ ސޮރީ ރާދް.. އަހަންނަށް ވިސްނާނުލާ މިކުރެވުނީ ކީއް..” ރާދިންގެ ދެއަތުގައި ހިފައިލަމުން ޔާނާ ބުނެލިއެވެ. ” އިޓްސް ނޮޓް ޓޫ ލޭޓް މައި ލަވް.. އަދިވެސް އަހަރުމެންނަށް އެއްކޮއް އުޅެވެން އެބައޮތް.. ޔާނާ ޝަރްވާންއަށް ހުރިހާ ވާހަަކައެއް ކިޔައިދީ..ބުނޭ ޔާނާ ލޯބިވަނީ އަހަރެން ދެކެ އޭ.. ” ރާދިން ބުނެލިއެވެ.

” ނޫން ރާދް.. އަހަރެން ވާންއަށް އެވަރުގެ ބޮޑު ދެރައެއް ނުދޭނަން.. ރާދް އެކޭ އެއްގޮތަށް ވާންވެސް އަހަރެން ދެކެ ވަރަށް ބޮޑަށް ލޯބިވޭ.. އަހަރެން ވާންއާއި އިންނަން އެއްބަސްވުމުން ވާން އެހުންނަނީ ވަރަށް އުފަލުން.. އަހަރެން ގާތު ބުނި އަހަރުމެންގެ ކައިވެނި ކުރެވޭ ދުވަހަކީ ވާންގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި ދުވަހޭ.. އަހަރެން ކިހިނެއް ވާންގެ އުފާތައް ފޭރިގަންނާނީ.. އެހަ ރަގަނޅު މީހަކަށް ހިތާމައެއް ދޭނީ ކިހިނެއް..”

” ޔާނާ ތިދައްކަނީ އެހެން މީހުންގެ އުފަތަކުގެ ވާހަކަ.. އެންމެ ފަހަރަކުވެސް އަހަންނާއި އަމިއްލަ މީހާއާއި ދޭތެރޭ ވިސްނައިލިންތަ.. މީހަކު ދޭތެރެ ޖައްސަން އެއްޗެއް ފޮނުވީމަ އަހަރުމެން ވަކިވެ ދިޔައީ.. އެކަކު އަނެކަކު ދެކެ ލޯބިވާއިރުވެސް ވަކިން އުޅެން ވީ.. އަހަރުމެންނަށް ލިބޭނީ ކޮން އުފަލެއް ދެން..” ރާދިން ޝަކުވާކުރަން ފެށިއެވެ.

” ރާދް އަހަރުމެންގެ ތަގްދީރްގައި ލިޔެވިފައި އޮތް ގޮތް ކަން ނޭންގެ މީ.. އެހާ ފަސޭހައިން ވަކިވެވުނީ އަހަރުމެން އެކީގައި އުޅެން ލިޔެވިފައިނުވާތީ ކަންނޭންގެ.. އަހަރުމެންގެ އުފާތަށް މީހަކުވަނީ ފޭރިގަނެފައި.. އަހަރެން އެމީހަކަށް ދުވަހަކުވެސް މާފެއް ނުކުރާނަން.. އަހަރެން ޝަރްވާންއަށް ހުރިހާ ވާހަކައެއް ކިޔައިދީފިއްޔާ އޭނަ އަހަންނާއި ދުރުވާނެކަން ޔަގީން.. އެކަމަކު އޭނަ ދެރަވާނެވަރު އަހަންނައް އެނގޭ.. އަހަންނަށް ފެންނަނީ ރާދްވެސް މަލްކާއާއި ވާހަކަ ދައްކައިގެން ކައިވެނިކުރަން އުޅެން..”

” ނޫނޭ އަހަރެން ދެން މަލްކާއަކާއި ނީންނާނަން.. އޭނަ އަހަންނާއި އިންނަން އުޅުނީ އަހަރެންގެ ފައިސާއާއި މުދަލުގެ ބޭނުމުގައި .. އަހަންނަށް އެކަން ވަރަށް ރަގަނޅަށް އެނގޭ.. ޔާނާ ބޭނުމިއްޔާ ޝަރްވާންއާއި ކައިވެނިކުރަންވީ.. އަހަރެން އަބަދުވެސް ޔާނާގެ އިންތިޒާރުގައި ހުންނާނަން.. ” ރާދިން އެހެން ބުނެފައި ނިކުމެގެން ދިޔައީއެވެ.

ރާދިން ނިކުމެގެން ދިޔައިރުވެސް ޝަރްވާން ހުރިގޮތަށް ފާރުގައި ލެގިލައިގެން ހުއްޓެވެ. ގޭގެ ދޮރު ހުޅުވައިފައި ހުރުމުން ރާދިންއާއި ޔާނާ ދެއްކި ހުރިހާ ވާހަކައެއް އަޑުއިވުނެވެ. ” ޔާނާ އަކީ އަހަރެންގެ މީހެއް.. އަހަރެން ޔާނާ ގެންގުޅޭނީ ވަރަށް އުފަލުން.. ހަގީގަތް އެނގުމުންވެސް ޔާނާ ބޭނުންވަނީ އަހަންނާއި އެކުގައި އުޅެން.. އަހަރެންގެ އުފަލައްޓަކައި.. ދެން ކީއްވެ އަހަންނަށް މި ކުއްވެރި އިހްސާސް ކުރެވެނީ.. ނޫން.. ޔާނާ އެބުނީ ރަގަނޅަށް.. ޔާނާގެ ތަގްދީރްގައި ވަނީ ރާދިންއެއް ނޫން.. އަހަރެން.. އަހަރެންގެ މީހަކައް ޔާނާ ހަދާނަން. މާދަމާ އަހަރެންގެ ދިގު އިންތިޒާރުގެ ނިމުން އަންނާނެ.” ޝަރްވާންގެ ހިތުގައިވިއެވެ.

ރާދިން ގެޔަށް ދިޔުމުން ރައިހާންއާއި ޔަސީރާ ވަރަށް ސުވާލުކުރިއެވެ. އެއްވެސް ކަމެއް ފޮރުވުމެއްނެތި ހުރިހާ ވާހަކައެއް ރާދިން އެމީހުންނަށް ކިޔައިދިނެވެ. އެދެމީހުންވެސް ބޭނުންވީ ރާދިންއާއި ޔާނާ އަލުން ކައިވެނިކުރާށެވެ. ނަމަވެސް ރާދިން ބުނީ ޔާނާއާއި އެވާހަކަ ނުދެއްކުމަށެވެ. އެއްވެސް ގޮތަކަށް ޔާނާއަށް މަޖުބޫރުކުރާކަށް އޭނާ ބޭނުމެއްނުވެއެވެ. ޔަސީރާ އެކަމަށް ބާރުއަޅައި ވާހަކަ ދައްކާކައްވެސް ރާދިން އެއްބަހެއްނުވިއެވެ.

އާ ދުވަހަކަށް އިރު އަރައިފިއެވެ. ރޭގައި ޝަރްވާންއަށް އެއްގޮތަކަށްވެސް ނިދޭގޮތް ނުވުމުން އޭނާ އަދިވެސް އެބަލަނީ ނިދާލެވޭތޯއެވެ. މިއަދަކީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަހަށް ވާނޭ ކަމަށް އޭނާ ބުނި ނަމަވެސް އެހިތަށް ހަމަޖެހުމެއްނުލިބެއެވެ. ޔާނާއާއި ރާދިންގެ ވާހަކަތައް އަދިވެސް އޭނާއަށް އަޑުއިވޭ ފަދައެވެ. އޭނާގެ އުފަލައްޓަކައި ޔާނާ އެހުރީ ޔާނާގެ ލޯބި ގުރުބާން ކޮއްގެންނެވެ. އޭނާ އެކަންތައް ކުރަނީ ކިހިނެއް ހެއްޔެވެ.

ޔާނާ ރީތިކުރީ އައިރާއެވެ. އެބޮޑު ވެޑިން ޑުރެސް ޔާނާއާއި ވަރަށް ގުޅެއެވެ. ލުއި މޭކަޕުން ޔާނާގެ ރީތިކަން އިތުރުކޮއްފައިވެއެވެ. ” މާ ޝާ ﷲ ޔަންނު ހާދަ ރީއްޗޭ..” އައިރާ ޔާނާއަށް ތައުރީފުކޮއްލިއެވެ. ޔާނާ ލޯގަނޑުން އަމިއްލަ ސޫރަ ބަލައިލިއެވެ. ހިނިތުންވާން މަސައްކަތް ކުރަމުންނެވެ. ” އަވަހަށް ހިނގާ ދާން.. މިހާރު އެންމެން ތިބޭނެ ޔަންނު ނައިސްގެން.. ” އައިރާ އެހެން ބުނުމުން ޔާނާ އިންތަނުން ތެދުވެ އައިރާއާއި އެކު ޓެރަހަށް ދާން ހިނގައިގަތެވެ. ކައިވެނި ކުރަން ހަމަޖެހިފައިވާ ތަނުގައި ބައިވަރު މީހުން ތިއްބެވެ. ޔާނާމެން އެތަނަށް ނިކުތްއިރު ކޯޓުން މީހުން އައިސް މޭޒު ދޮށުގައި އިށީންދެގެން ތިއްބެވެ. ޝަރްވާންވެސް އެތަނުގައި ހުއްޓެވެ. ޔާނާ އައިސް ޝަރްވާން ކުރިމަތީގައި ހުއްޓިލުމުން ޔާނާގެ ރީތިކަމަށް ހިތާހިތުން ތައުރީފްކޮއްލެވުނެވެ. ނަމަވެސް ޔާނާއާއި އަނގައިން ބުނާނެ ހިތްވަރެއް ނުލިބުނެވެ. ދެމީހުން ގޮނޑީގައި އިށީންދެ ހަމަޖެހުމުން ގާޒީ އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދާން ފެށިއެވެ.

” އަނބި ގަބޫލުކުރައްވައިފިންތޯ..” ގާޒީ ސުވާލުކުރިއެވެ. ޝަރްވާނަށް ގާޒީ އެއްޗެކޭ އެހިކަންވެސް ނޭންގުނެވެ. އޭނާވަނީ އެޔަށްވުރެ މާބޮޑު ފިކުރެއްގައެވެ. ” އަނބި ގަބޫލުކުރައްވައިފިންތޯ..” ގާޒީ އޭނާގެ ސުވާލު ތަކުރާރު ކޮއްލިއެވެ. ޔާނާ ޝަރްވާންގެ ގައިގައި ކޮއްޓައިލައި އޭނާގެ ސަމާލުކަން ހޯދިއެވެ. ގާޒީ އަނެއްކާވެސް ސުވާލުކޮއްލިއެވެ.

” އަނބި ގަބޫލެއް ނުކުރަން..” ޔާނާގެ މޫނަށް ބަލައިލަމުން ޝަރްވާން ބުނެލިއެވެ. ޔާނާވެސް ހުރީ ޝަރްވާންގެ މޫނަށް ބަލަހައްޓައިގެންނެވެ. ސުވާލުން ފުރިފައިވާ ނަޒަރަކުންނެވެ. ” ޔާނާ އަހަންނަށް މިކައިވެނި ކުރެވޭކަށް ނެތް.. އައިމް ސޮރީ..” ކޮޅަށް ތެދުވެފައި ޝަރްވާން ބުނެލިއެވެ. ” ވާން ކޮން ކަހަލަ ސަމާސާއެއް ތިކުރަނީ..” ޔާނާވެސް ކޮޅަށް ތެދުވެ ބުނެލިއެވެ. ޝަރްވާން ޔާނާގެ އަތުގައި ހިފައިގެން އެތަނުން ނިކުތެވެ.

” ވާން ކިހިނެއް ވެގެންތަ ތިއުޅެނީ.. ” ޝަރްވާން ހިފަހައްޓައިގެން އިން އަތް ނައްޓުވައިފައި ޔާނާ އަހައިލިއެވެ. ” ޔާނާ އަހަރެން މީ ޔާނާގެ ކުއްވެރިއެއް.. ޔާނާގެ އުފާތައް ފޭރިގަތް ނުލަފާ މީހެއް.. ” އިސްދަށަށް ޖަހައިގެން ހުރެ ޝަރްވާން ވާހަކަ ދެއްކިއެވެ. ” ވާން ކީކޭތަ ތިކިޔަނީ.. ވާން އަހަރެންގެ ކޮން އުފަލަކަށް އަރައިގަތީ..” ޝަރްވާންގެ އަތުގައި ހިފައިލަމުން ޔާނާ ސުވާލުކުރިއެވެ.

” ޔާނާ އަހަންނައް ޔާނާ ދެކެ ލޯބިވެވުނީ ގޭތެރެއިން ފެނިގެނެއް ނޫން.. ފުރަތަމަ ޔާނާ ފެނުނު ދުވަހުވެސް އަހަންނަށް ޔާނާ ދެކެ ލޯބިވެވުނު.. ޔާނާއާއި ރާދިންގެ ކައިވެނި ޕާޓީން އަހަންނަށް ޔާނާ ފެނުނީ.. މީހެއްގެ އަންބެއްކަން އެނގިހުރެވެސް އަހަރެން ޔާނާ ހާސިލްކުރަން ބޭނުންވި.. އެދުވަހު ޕާޓީ ތެރެއިން ޝަމީލް އަހަންނައް ޔާނާއާއި ރާދިންގެ ވާހަކަ ކިޔައިދިން.. ރާދިން ޔާނާއާއި ފުރަތަމަ އުޅުނީ ލޯބިން ނޫން ކަމަށްވެސް ބުނި.. އެކަަމަކު ފަހުން ރާދިންއަަށް ޔާނާ ދެކެ ލޯބިވެވުނު ވާހަކަވެސް.. އަހަރެން ގަބޫލުނުކުރީމައި އޭނަގެ ފޯނުން އޯޑިއޯ ކޮޅެއް އަހަންނަށް އިއްވާލި.. ކޮންމެ ގޮތެއް ހަދާފައި އަހަރެން ޔާނާ ހާސިލްކުރަން ބޭނުންވި.. މޮޅު ހިޔާލެއް ލިބުމުން ޝަމީލްގެ ފޯނުން އެއޯޑިއޯ ކޮޅު އަހަރެންގެ ފޯނަށް އަޅައިލިން.. ޝަމީލްއަކަށް ނުވެސް އެނގޭނެ އެކަމެއް.. ޔާނާއަށް އެއެއްޗެހި ފޮނުވި މީހަކީ އަހަރެން.. އަހަރެން ބޭނުންވީ ޔާނާއާއި ރާދިން ދުރުކުރަން.. ޔާނާއަށް އަހަރެން އަބަދުވެސް ފާރަލަން.. ކޯޓަށް ގޮސް ވަރިވިކަންވެސް އެނގޭ.. އަހަރެން ހުރީ ރަގަނޅު ވަގުތެއްގައި ޔާނާގެ ކުރިމައްޗަށް އަރަން ކަމަށް.. އެހެން އުޅެނިކޮށް
އަހަރެން ވޯކްސޮޕަކަށް އިންޑިއާއަށް ދާން ޖެހުނީ.. އެނބުރި އައިއިރު ޔާނާ މާލެއަކު ނޫޅޭ.. ޝައުންއާއި ދިމާކޮށް އެކުވެރިވީވެސް ޔާނާ އުޅޭ ތަނެއް ހޯދަން ވެގެން.. 4 އަހަރު އަހަރެން ޔާނާގެ އިންތިޒާރުގައި ހުރިން.. އަހަރެން މީ ކިހާ އަމިއްލަ އެދުން ބޮޑު މީހެއް.. އަހަރެން ވިސްނީ ހަމައެކަނި އަހަންނާއި ދޭތެރޭ.. އެކަމަކު އެއީ ހަމަ ޔާނާ ދެކެ ލޯބިވާތީ..” ޝަރްވާން ހުރިހާ ވާހަކައެއް ޔާނާއަށް ކިޔައިދިނެވެ. ޔާނާގެ ދެލޯ ފެންކަޅިވެފައި ހުރި ކަމުގައި ވިޔަސް އެދެލޮލުން ރުޅިވެރިކަން ފާޅުވާން ހުއްޓެވެ

” ތި ދުލުން އަހަރެން ދެކެ ލޯބިވެޔޭ ދެން ނުބުނައްޗޭ.. ލޯތްބަކީ އަނެކާގެ އުފާތައް ފޭރިގަތުމެއް ނޫން.. އަނެކާގެ އުފަލަކީ ތިމާގެ އުފާ ކަމުގައި ދެކުން.. ޝަރްވާންއާއި ހެދި އަހަންނާއި ރާދިންގެ އުފާވެރި ދިރިއުޅުން ހަލާކު ވެގެން ދިޔައީ.. އަހަރެންގެ ދަރިފުޅަށް ބައްޕައެއްގެ ލޯބި ނުދެވި ހުރީ.. ރާދިންގެ އެއްވެސް ކުށެއްނެތި އަހަންނަށް އޭނައަށް އެވަރުގެ ބޮޑު އަދަބެއް ދެވުނީ.. އަހަރެން ހީޔެއްނުކުރަން އަހަރެންގެ ދިރިއުޅުން ހަލާކު ކޮއްލި މީހަކީ ޝަރްވާންއަށް ވެދާނެ ކަމަކަށް.. ހުރިހާ ވާހަކައެއް އަހަރެން ޝަރްވާން ގާތުގައި ދައްކަން.. ހަދަ އިތުބާރެއް ކުރީމޭ.. އަހަރެންގެ ހިތުގެ ހާލު އެންމެ ރަގަނޅަށް އެނގޭނީވެސް ޝަރްވާންއަށް..ތީ ލޯތްބެއްނޫން ޝަރްވާން. ޝަރްވާން ބުނިހެން ތީ އަމިއްލަ އެދުމުން ފުރިފައިވާ މީހެއް.. ” ޝަރްވާންގެ ކޯތާފަތްމަތީގައި ބާރަކަށް ޖަހައިލުމައްފަހު ޔާނާ ބުނެލިއެވެ.

” އަހަރެން ގަބޫލުކުރަން އަހަރެންނަށް ކަންތައް ކުރެވުނީ ވަރަށް ގޯސްކޮއްކަން. ރޭގައި ޔާނާމެންގެ ވާހަކަތައް އަޑުނީވުނުނަމަ އަހަންނަށް ދުވަހަކުވެސް އަހަރެންގެ ކުށް ގަބޫލެއް ނުކުރެވުނިސް ކަންނޭންގެ.. މިހާރު އަހަންނަށް ވިސްނިއްޖެ.. ލޯތްބަކީ ކޮބައިކަން އެނގިއްޖެ.. ޔާނާއަށް ހަގީގަތް މިކިޔައިދިނީ ޔާނާ ދެކެ ލޯބިވާތީ.. ޔާނާގެ އުފާތަކަށް އިތުރަށް ހުރަސް އަޅަން ބޭނުންނުވާތީ.. ޔާނާއަކީ ރާދިންގެ ހައްގެއް.. އަހަރެން އެކަން ގަބޫލުކުރަން މިހާރު.. އަހަރެން ރާދިންގެ ކިބައިންވެސް މައާފަށް އެދޭނަން..”

” ދެން ކޮންމެހެން މާ ހެޔޮވާން އުޅޭނެ ކަމެއްނެތް.. އަހަރެންވެސް އަދި ރާދްއެއްވެސް ޝަރްވާންއަށް މައާފެއް ނުކުރާނަން.. އަހަރެން ދަރިފުޅާއި މެދު ވިސްނައިލިޔަސް ޝަރްވާންގެ ނުބައިކަމަށް މައާފު ދެވޭކަށް ނެތް.. ” އިތުރަށް އެތަނުގައި މަޑުނުކޮށް ޔާނާ ދިޔައީއެވެ. މަގުމައްޗަށް ނިކުމެ ޓެކްސީއެއް ހޯދައިގެން ދާންވީތަން ޑުރައިވަރ ގާތުގައި ބުނެލިއެވެ. ޝަރްވާން އެތެރެއަށް ވަދެ އައިރާމެންނަށް އޭނާ ކުރިކަންތަކުގެ ވާހަކަތައް ކިޔައިދިނެވެ. ޝައުން އެންގީ ވީހާވެސް އަވަހަކަށް އެގެއިން އޭނާ ނިކުތުމަށެވެ.

ކޮޓަރިތެރެ އަދިރިކޮއްގެން މިރޭވެސް ރާދިން ހުރީ އެނދު ކައިރީގައި ތިރީ އިށީންދެލައިގެންނެވެ. ޔާނާއާއި އޭނާގެ ކައިވެނީގެ ފޮޓޯއެއް ހިފައިގެންނެވެ. މިހާރު ޔާނާއަކީ އެހެން މީހެއްގެ ހައްގަކަށް ވެދާނެއެވެ. ކޮޓަރީ ދޮރުހުޅުވުނު އަޑަށް ރާދިން ދޮރާއި ދިމާއަށް ބަލައިލިއެވެ. ނަމަވެސް އަދިރިކަމުން ދޮރުމަތީގައި ހުރި މީހެއް ނޭންގުނެވެ.

ކޮޓަރީގެ ބޮކިތައް ދިއްލައިލައިފައި ޔާނާ ގޮސް ރާދިންގެ ކުރިމަތީގައި ހުއްޓުނެވެ. ޔާނާ އެތަނުން ފެނުމުން ރާދިން ހައިރާންވެފައި ހުރިވަރު އޭނާއަށް ފާހަގަ ކުރެވުނެވެ. ” ރާދް ވިލް ޔޫ މެރީ މީ..” ރާދިންގެ މޭގައި ބޯއަޅައިލަމުން ޔާނާ ބުނެލިއެވެ. ރާދިން ޔާނާ އޭނާއާއި ދުރުކޮއްލުމައްފަހު ކިހިނެއް ވީ ހޭ އަހައިލިއެވެ. އޭރުވެސް ޔާނާ ހުރީ ކައިވެނީގެ ހެދުމުގައިއެވެ. ” ރާދް.. އަހަރެން ކައިވެނިކުރަން އުޅުނީ އަހަރުމެންގެ ދިރިއުޅުން ހަލާކުކޮއްލި މީހާއާއި.. ” ރާދިންއަށް ޔާނާ ބުނި އެއްޗެއް ސާފެއްނުވިއެވެ. ” އެއީ ޝަރްވާންގެ ކަމެކޭ..” ޔާނާ ރާދިންއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

” އަހަރެން ހީޔެއް ނުކުރަން ޝަރްވާންއަކީ އެހާ ނުބައި މީހެއް ކަމަކަށް.. ދެން އަޅާނުލައި އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް މީހަކަށް އަހަރުމެން ދެމީހުން ދޭތެރެއަކަށް ނުވަދެވޭނެ..” ޔާނާގެ ނިތްކުރީގައި ބޮސްދިނުމައްފަހު ރާދިން ބުނެލިއެވެ.

ތިން މަސް ފަސް

ޔާނާއާއި ރާދިންގެ ހަޔާތުގައި މިއަދަކީ އެންމެ އުފާވެރި ދުވަހަށް ވާނޭކަން ޔަގީނެވެ. 4 އަހަރު ފަހުން ދެލޯބިވެރިން އަލުން ގުޅެނީއެވެ. މިއަދަކީ ދެމީހުންގެ ކައިވެނި ކުރެވުނު ދުވަހެވެ. މިފަހަރުވެސް ދެމީހުންގެ ކައިވެނީގެ ހަފްލާ ވަރަށް ކުލަގަދަކޮށް ބޭއްވިއެވެ. އަދި ކުރީ ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް ކައިވެނީގެ ފުރަތަމަ ރޭ ދެމަފިރިން ހޭދަކޮއްލަން ނިންމައިފައިވަނީ ހޮޓެލް ޖެންގައެވެ.

” 2 ގަޑިއިރު ކޮޅަށް ހުރީމައި އަހަރެން މުޅިން ވަރުބަލި ވެއްޖެ..” ކޮޓަރިއަށް ވަތް ގޮތަށް ޔާނާ ބުނެލިއެވެ. ރާދިން ހަނދާންވީ އެދެމީހުންގެ އަލަތު ކައިވެނީގެ ރޭ މަތިންއެވެ. އެރޭވެސް ކޮޓަރިއަށް ވަތް ގޮތަށް ޔާނާ ބުނީ ހަމަ އެހެންނެވެ. ލާނެތް ގޮތަކަށް ހިނިތުންވެލާފައި ރާދިން ގޮސް ޔާނާގެ ގައިގައި ފުރަގަހުން ބައްދައިލިއެވެ. ޔާނާ ބުނާ އެއްޗެއް ބަލައިލަންވެގެންނެވެ. ” ރާދޫ އަހަރެން މިހުރީ ދާހިތްލައި ފޯވެފަ.. އަހަރެން އަންނަންތަ ފެންވަރައިލައިގެން ..” ޔާނާ އެހެން ބުނުމުން ރާދިން ވަރަށް ބާރަށް ހޭންފެށިއެވެ.

” ކީއްވެ ތިހެނީ.. ރާދް އަހަންނަށް މަލާމާތްކުރަނީ ތަ.. ” އުނަގަނޑުގައި ދެއަތުން ހިފައިލައިގެން އިނދެ ޔާނާ ބުނެލިއެވެ. ” އަހަރުމެންގެ ފުރަތަމަ ކައިވެނީގެ ރޭގައިވެސް ޔާނާ އުޅުނީ ތިހެންނޭ.. ހެވޭނެ އެއްނު ދެން.. އެކަމަކު މިރޭ ނުދެވޭނެ އިނގޭ.. އަނެއްކާ މިރޭވެސް އެ ޝަމީލްގަނޑު ގުޅައިފާނެ ޔާނާ ފެންވަރަންވަނީމަ.. އެނގޭތަ އެރޭ އަސްލު އަހަރެން ދިޔައީ ޝަމީލް ގުޅައިގެންނޭ.. މީހެއްގެ އަންބެއް ކައިރިއަށް ވަދެއޮތްވަ ބަސްޓުވެގެން އުޅުނީ.. އެކަކު ކައިރީވެސް ނުބުނާށޭ ބުނީމަ ބުނަން ނުކެރުނީ.. އެކަމަކު ދެން އަހަރެންގެ ލޯބިވާ ވައިފްއަށް އެއްވެސް ކަމެއް ސިއްރެއް ނުކުރާނަން.. އަނެއްކާ އަހަރެންގެ ލޯތްބާއި މެދު ޝައްކުކުރަން ފަށައިފާނެ ވިއްޔަ..” ޔާނާ ގެންގޮސް އެނދުމަތީގައި ބޭންދުމައްފަހު ރާދިން ވާހަކަ ދެއްކިއެވެ.

” އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް އަހަރެން ރާދްގެ ލޯތްބާއިމެދު ޝައްކެއްނުކުރާނަން.. ދެން ދުވަހަކުވެސް އެގޮތަށް މީހަކަށް އަހަރުމެން ދެމީހުންގެ ދޭތެރެއަށް ވަންނާކަށް ފުރުސަތެއް ނުދޭނަން..އައި ލަވް ޔޫ..ވަރަށް ވަރަށް ބޮޑަށް ލޯބިވޭ ” ރާދިންގެ ކޮނޑުގައި ބޯއަޅާލުމައްފަހު ޔާނާ ބުނެލިއެވެ.

މިއަދު ދެލޯބިވެރިނަށް ދުނިޔޭގެ ހުރިހާ އުފަލެއް އަނބުރާ ލިބިފައިވާ ކަހަލައެވެ. އިތުރަށް އެދޭނޭ އެދުމެއްނުވެއެވެ. ރާދިންގެ ލޯތްބާއި މެދު ޝައްކު ކުރެވުން އެއީ ޔާނާއަށް ހެދުނު އެންމެ ބޮޑު ގޯހެވެ. އޭނާ އެކަން ތަކުރާރު ވިޔަކަ ދެން ނުދޭނެއެެވެ. އިތުރަށް ރާދިންއާއި އޭނާގެ ގުޅުން ހީނަރުވިޔަކަ ނުދޭނެއެވެ. ކަމުގެ ހަގީގަތް ބަލައި ނުލައި ވިސްނައި ނުލައި ދެން ދުވަހަކުވެސް އޭނާ ގޮތެއް ނުނިންމާނެއެވެ. ކޮންމެ ކަމެއްވިޔަސް އޭނާ ދެން ރާދިންއާއި ހިއްސާކުރަން ވައުދުވިއެވެ. ޝައްކެއްގެ މަތީގައި ހުރުމައްވުރެ ޔަގީންކުރުން މާ ބުއްދިވެރިއެވެ. އުފާވެރި ހަޔާތެއް ބިނާކުރެވޭނީ ދެމީހުން އެކަކު އަނެކަކަށް އިތުބާރުކޮއްގެންނެވެ. އުފާވެރިކަމާއި އެކީ ހިތްހަމަޖެހިގެން ދިރިއުޅެވޭނީ އޭރުންނެވެ.

(ނިމުނީ)

Share Article

Follow Me Written By

Blackpearl

Level 210 Stories100 Comments100 Login

A girl who read to kill her boredom and write to entertain others ?? [email protected]

Other Articles

Previous

ޤުރުބާން(ޓްރެއިލަރ)

Next

ލޯތްބަކީ 18

Next
October 11, 2018

ލޯތްބަކީ 18

Previews
October 11, 2018

ޤުރުބާން(ޓްރެއިލަރ)

53 Comments!

  1. Nash says:
    October 11, 2018 at 9:43 pm

    V nice,vaahakaige nimmun v reethi

  2. Sham says:
    October 11, 2018 at 9:51 pm

    Woww….vvvv salhi…hope to see a new story from u

    1. Blackpearl says:
      October 11, 2018 at 11:15 pm

      Thank yuh so much Sham..
      Inshaa Allah alhuganduge new story eh adhi kiyaalan libeyne ??

  3. mar-hath says:
    October 11, 2018 at 10:21 pm

    story v reethi..one of the best story i have ever read..keep up the awesome work..

    1. Blackpearl says:
      October 11, 2018 at 11:17 pm

      Thank yuh so much
      mar-hath ??

  4. Siyah Inci says:
    October 11, 2018 at 10:53 pm

    I love the story and I love those sentences in the ending ❤️ Yaana reminds me of someone that I love. Hama ehaa goiy dhoo nukuraane adhi hama ehaa faseyhain rulhi gadha vaane ?? but she is my life and I will make her more happy in future In Sha Allah ?❤️

    1. Blackpearl says:
      October 11, 2018 at 11:33 pm

      Thank yuh so much ❤
      That someone loves yuh a lot ingeyh ?❤

  5. Twinkle? says:
    October 11, 2018 at 11:07 pm

    Masha allah??????hyves nukuraa kahala gothakah mi nimuny… aslu hykury hama yannu n waan dhn raadh n malka kamah marry kuraany… vrh dhera vi ehnve… ekm nasybakun twinkle beynunvi kahala gothakah stry nimuny vs… thq vvvv bodah❤❤❤ its amazing???

    1. Blackpearl says:
      October 11, 2018 at 11:35 pm

      Thank yuh so much dear..
      Twinkle ah story kamudhaiyaima varah ufaa vehje ???

  6. Ana says:
    October 11, 2018 at 11:55 pm

    Masha Allah ?? mihaa furihama vaahaka eh adhi nukiyey mi site akun. Ana beynunvi gothah vaahaka kuriyah dhiyaee. Blackpearlge new story eh kiyaalan libeyne dhuvakah wait kuraanan. Keep it up dear ??❤

    1. Blackpearl says:
      October 13, 2018 at 9:02 am

      Ana ?
      Thank yuh so much dear
      Inshaa Allah varah avahah alhuganduge new story eh kiyaalan libeyne ??

  7. Pooh says:
    October 12, 2018 at 12:02 am

    I guessed right dho ehnvyma. ?? molhu dho ? and also you are great igey ♥️♥️ Love you bodukoh ♥️

    1. Blackpearl says:
      October 13, 2018 at 9:03 am

      Yes Darling ??
      Thank yuh so much
      Love yuh more ??❤

  8. Thaashaa says:
    October 12, 2018 at 12:21 am

    Masha Allah ????vv reethi ❤???❤❤

    1. Blackpearl says:
      October 14, 2018 at 7:01 pm

      Thank yuh so much dear???

  9. Manje says:
    October 12, 2018 at 2:21 am

    Omg haadha reehchey nimunves vaahakaige.. speechless hama ??
    You are really talented dear ?❤

    1. Blackpearl says:
      October 13, 2018 at 9:12 am

      Thank yuh much dear ??

  10. Miraa says:
    October 12, 2018 at 2:50 am

    Masha Allah varah varah reethi ?❤

    1. Blackpearl says:
      October 13, 2018 at 9:13 am

      Thank yuh so much Miraa ??

  11. Ninni says:
    October 12, 2018 at 9:38 am

    Yeyyyyy.Raadhin and Yaana dhw hama enme fahun migulhuny ??? story hama habeys ❤❤ loved it ?❤

    1. Blackpearl says:
      October 13, 2018 at 9:15 am

      Thank yuh so much Ninni ??

  12. Lammu says:
    October 12, 2018 at 11:20 am

    Reethi..vrh reethi.. nimmun ekm ehaa kamaku nudhey.. adhi thankolheh nimmun dhigu kolli nama.. cuz edhe meehun happy koh ulhefa nd raayaa aai ekeega ves happy koh ulhey than kolheh genaa nama..

    1. Blackpearl says:
      October 13, 2018 at 10:36 am

      Thank yuh so much Lammu..ehn liyevunu nama story furihama vis kanneynge ???

  13. Faroo says:
    October 12, 2018 at 12:56 pm

    Mi storyves nimuny dhw ??? my favourite mee ???
    Regular koh story kiyan comment nukuriyas. Last part veema hama comment kohlaa hiyy v. Dear story vvvvv furihama ??❤ new story eh kiyaalan libeyne kamah ummeedhu kuran.. keep it up ?❤??

    1. Blackpearl says:
      October 13, 2018 at 10:39 am

      Glad to see a comment from yuh ??
      Thank yuh so much
      Inshaa Allah varag avahah new story eh kiyaalan libeyne ??

  14. Juvey says:
    October 12, 2018 at 1:39 pm

    Waah waah Amazing ?❤❤

    1. Blackpearl says:
      October 13, 2018 at 10:54 am

      Thank yuh so much juvey ??

  15. maya says:
    October 12, 2018 at 2:26 pm

    waa waaa masha allah..vv habeys..i will miss this story…finally dhemyhun gulhuny yo..as i thought hama ehen evi..vv habeys ..luv u dear

    1. Blackpearl says:
      October 13, 2018 at 10:55 am

      Thank yuh so much maya ?? lym ?

  16. Yaish says:
    October 12, 2018 at 3:05 pm

    Mashaa Allah vvvv reethi vaahakaeh ❤

    1. Blackpearl says:
      October 14, 2018 at 7:02 pm

      Thank yuh so much Yaish ?

  17. Kiara says:
    October 12, 2018 at 3:56 pm

    Finally dhemyhun gulhuny dhw..I am so happy I beynunvi gothah mi vee..story varah reethi ingey ❤❤❤

    1. Blackpearl says:
      October 13, 2018 at 10:56 am

      Heheh yeah finally gulhuny dhw
      Thanks a lot dear ??

  18. Rash says:
    October 12, 2018 at 4:53 pm

    WoW story hama varah hab… I love this story … N waiting for ur next story ❤️

    1. Blackpearl says:
      October 13, 2018 at 10:56 am

      Thank yuh so much Rash
      Keep waiting ??

  19. Isha says:
    October 12, 2018 at 5:59 pm

    Very nice ❤

    1. Blackpearl says:
      October 13, 2018 at 10:57 am

      Thank yuh Isha ?

  20. Isha says:
    October 12, 2018 at 6:00 pm

    Very nice story ❤

    1. Blackpearl says:
      October 13, 2018 at 10:57 am

      Thank yuh dear ??

  21. Gurey says:
    October 13, 2018 at 12:03 am

    Masha Allah story gendhiya goiy hama varah kamudhey ?❤

    1. Blackpearl says:
      October 13, 2018 at 10:57 am

      Thank yuh dear ??

  22. ? says:
    October 13, 2018 at 1:03 am

    Vrh reethi ..enme fahun hama Raadh aa dhw egulhuny ??
    Loved this story ❤❤

    1. Blackpearl says:
      October 13, 2018 at 10:59 am

      Thank yuh dear ??

  23. Shalook says:
    October 13, 2018 at 10:28 am

    Best Story Ever..
    keep It Up.
    Waiting For Ur Next Story..

    1. Blackpearl says:
      October 13, 2018 at 10:58 am

      Thank yuh so much Little Sister ??❤

  24. Shine says:
    October 13, 2018 at 3:15 pm

    Hama vrh reethi mi story maashaa allah…habbey…???

    1. Blackpearl says:
      October 14, 2018 at 7:03 pm

      Thank yuh so much dear ?

  25. Maii? says:
    October 13, 2018 at 6:19 pm

    Woww… luv this stry… blackpearl ge faraaathun ehen new stry eh fen naane kamah unmeedhu kuran???????

    1. Blackpearl says:
      October 13, 2018 at 9:01 pm

      Thank yuh so much Maii
      ??

    2. Blackpearl says:
      October 13, 2018 at 9:02 pm

      Inshaa Allah alhuganduge new story eh varah avahah kiyaalan libeyne ??

  26. Kudaa says:
    October 14, 2018 at 8:54 pm

    Masha allah…Keep it up luv? story v reethi..kudage fav writer??..

    1. Blackpearl says:
      October 23, 2018 at 10:39 am

      Thank yuh so much Kudaa ?❤❤

  27. kudaa says:
    October 14, 2018 at 8:57 pm

    Masha Allah… Kudage fav writer???..keep it up drln❤️❤️❤️

Comments are closed.


All Right Reserved!