Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް (ނުވަވަނަބައި)

InaaSh Level 210 Stories100 Comments
October 11, 2018 5 Mins Read
30 Comments

ނޫރްއަށް ބާރަށް އަހައިލެވުނު އިރުގައި ދެލޯ ބޮޑުކޮށްލެވުނެވެ.
“ލެޓްމީ ހެލްޕްއޭ….”
މާހިލް ތަކުރާރު ކޮށްލިއެވެ. ނޫރް ކުޑަކޮށް ވިސްނާލުމަށްފަހު އާއެކޭ ބުނެލީ އިތުރުއެހެން ގޮތެއް ނުވިސްނުނީމައެވެ. ނޫރް ފާހަނައިން ނިކުތީ ނިދަންލާ ހެދުންހިފައިގެނެވެ. ނޫރް އިސްޖަހައިލައިގެން އައިއިރުގައި ހުރީ ލަދުގަނެފައިކަން ނަގައިގަންނާކަށް މާހިލްއަށް އުނދަގުލެއް ނުވިއެވެ. ނޫރް އައިސް ހުއްޓުމުން ވެސް މާހިލްއަށް ހުރެވުނީ ބަލާށެވެ.
“ސޯ….ލޯމަރައިލައިގެންތަ ޗޭންޖް ކޮށްދެންވީ؟….އެކަމް ޓަޗް ނުކޮށް ނުވާނެ އިނގޭ…..”
މާހިލްގެ ޖުމްލައިން ނޫރްއިތުރަށް ލަދުގަތުން ނޫންކަމެއްނުވިއެވެ. ނޫރް ހަމައެކަނި މަޑުމަޑުން ހޫމް ލައްވާލީއެވެ. ނޫރް ލަދުގަނެފައި ހުންނަ އިރު މާހިލްއަށް ވަރަށް ކަމުދެއެވެ. ނަމަވެސް އިތުރަށް ނޫރް ލަދުގަންނަވާކަށް މާހިލްއަކަށް ނުކެރުނެވެ. މާހިލް ލޯމަރައިލަމުން ނޫރްއަށް އެހީވަންފެށިއެވެ. ވަރަށް އުދަގުލުން އެކަންވެސް ކޮށްނިމިއްޖެއެވެ. މާހިލް ލޯހުޅުވައިލީ ނޫރް ހުޅުވިއަސްހެވޭ ބުނީމައެވެ. އިރުކޮޅަކުން ދޮރުގައި ޓަކިޖެހި އަޑުއިވިގެން މާހިލް ގޮސް ދޮރުހުޅުވައިލި އިރުގައި ޝާމާ ޖޫސްތަށްޓެއް ހިފައިގެން ހެވިފައި ހުއްޓެވެ.
“އަހާ….ނިދަންތަ ތިއުޅެނީ….ދަރިފުޅު މިބޯލައިގެން ނިދާ އިނގޭ…..ރަގަނޅުތަ މިހާރު؟….”
ޝާމާއައިސް ނޫރްގެ ބޮލުގައި ފިރުމައިލީ އެހެންނާވެސް ފިރުމާލާހާ ލޯބިންނެވެ.
“މަންމަ މިހާރު އަޅުގަނޑަށްވުރެ ނޫރްދެކެ މާ ލޯބިވޭ ދޯ؟…”
މާހިލް ތުންދަމައިލަމުން ބުނެލިގޮތުން ނޫރްއާއި ޝާމާކައިރިއަށް ވަރަށް ހިނިއައެވެ.
“މަންމަގެ ދެކުދިން ދެކެވެސް މަންމަ ވަރަށް މޯބިވޭ….”
ޝާމާ މާހިލްއާއި ނޫރްގައި ކުޑަކޮށް ބައްދާލަމުން ބުނެލިއެވެ. ދުވަސްތަށް ހަލުވި ކަމާއިއެކު ފާއިތުވަމުންދިޔައެވެ. ނޫރްގެ އަތްރަނގަޅުވުމުން މިހާރު ޕްލާސްޓަރ ވެސް ނަގައިފިއެވެ. މާހިލްވެސް އޮފީހަށް ނިކުންނަން ފެށީ ނޫރްގެ ހާލު އެއްކޮށް ރަގަނޅުވުމުންނެވެ. އެދުވަހު ހަބަރެއް ވީފަހުން މުނާޒްގެ އެއްވެސް ހަބަރެއްނުވެއެވެ. އެހެންވެ އެކަމާއި ދޭތެރޭގައި ނޫރްއެއް ނުވިސްނައެވެ. ކޮޓަރީގައި އެއްޗެހި ފަތްޖަހަން އިން ނޫރްގެ ފޯނު ރިންގުވުމުން ބަލައިލިއިރު ގުޅަނީ ރާއިންނެވެ.
“ދޮންތާ…..އަހަންނަށް ކޯސް ލިބިއްޖެ…..”
ނޫރްއަށް ހަލޯއޭވެސް ނުބުނެވެނީސް ރާއިން ވާހަކަ ދައްކަންފެށިއެވެ.
“އެހެންތަ….الحمد لله….ކޮންއިރަކުން ކޯސްފެށެނީ……”
ނޫރްވެސް ވަރަށް އުފާވިއެވެ.
“ނެކްސްޓް ވީކްގަ…..މޮމް މެންއެބަ ކިޔާ އެކޮޅަށް ޗޭންޖް ވާ ވާހަކަ ކޯސްނިމެންދެން…..އަހަރުމެން ދެމީހުން ނެތީމަ ވަރަށް ފަޅުވާނެއޭ ކިޔާފަ…”
“ތީ ވަރަށް ރަގަނޅު ގޮތެއް…މޮމްމެންވެސް ހިތްހަމަ ޖެހޭނެ އެއްނު އޭރުންދޯ….”
ވަރަށްގިނަ އިރު ވާހަކަ ދެއްކުމަށްފަހު ނޫރް ފޯނު ބޭއްވީ ވަރަށް ހިތްހަމަ ޖެހިފައި އިދެއެވެ. ނޫރް ފޫހިވާ ވަގުތު ތަކުގައި މިހާރު ކުރާކަމަކީ ޤްރުޢާން ކިޔެވުމެވެ. ހުސްވަގުތު ތަކުގައި ދަރުސްއެޑުއެހުމަކީވެސް މިހާރު އާދަވެފައި ވާކަމެކެވެ. ޝާމާއާއި އެކީގައި ގޭގެ އެކިކަންތައްތައް ކުރަންވެސް ނޫރް އުޅެނީ ނިކަންކުރާހިތުންނެެވެ. މިހާރު ޝާމާގެ މަސައްކަތުން ނޫރްއަށް ކުޑަކޮށް ކައްކަންވެސް ދަސްވެއްޖެއެވެ. ޝާމާ ހުންނަނީ ނޫރްއާހެދި ފިދާވާން ތައްޔާރަށެވެ.
“ޕޮއް….”
ކޮޓަރީގައި ސޯފާގައި އިން ނޫރް ސިއްސައިގެންގޮސް ބަލާލިއިރުގައި ޝެޒާބހެވިފައި ހުއްޓެވެ.
“ޝެޒް……”
ނޫރް ތެދުވިގޮތަށް ޝެޒާގައި ބައްދާލިއިރު އުފާވެފައި ވާވަރު މޫނުމަތިންވެސް ހާމަވަމުންދިޔައެވެ. ނޫރް މާހިލްއާއި އިންފަހުން ޝެޒާއާއި ދިމާމިވީ އަދިކިރިޔާއެވެ. ނޫރް އިންތަނާހެން ޝެޒާގެ ބައްޕަގެ ރަށަށް ދާންޖެހުނީއެވެ. ާއޭގެ ފަހުންއަދި މާލެއެއީއެވެ.
“ހެހެ….މިސްޑްޔޫ…..ސޯ ހައު އިޒް މެރިޑްލައިފް….ދެންމެ މަދާއިންލޯ އާ ދިމާވި…..ވާއު ވަރަށް ނައިސް އިނގޭ ރޫމް….”
ޝެޒާ އެކޮޓަރިއަށް އައީ އަލަށްކަމުން ކޮޓަރީގެ އެކިތަންތަނަށް ނަޒަރު ހުއްޓަމުން ވާހަކަ ކުރިއަށްގެންދިޔައެވެ.
“މާހިލް ރަގަނޅުތަ؟….ކަމެއް ވަންޔާ ޝެއާ ނުކޮށް ނުހުންނަށްޗޭ….އަމް އޯލްވޭސް އެވެއިލަބަލް އިނގޭ…..”
ޝެޒާ ރަގަނޅަށް ކޮޓަރިއަށް ބަލާލުމަށްފަހު އައިސް ނޫރްކައިރީގައި އިށީނެވެ.
“الحمد لله…މާހިލް ކަހަލަގެ ފިރިއެއް ލިބޭނީ ވަރަށް ނަސީބުގަދަ މީހަކަށް….މިގޭ އެންމެންވެސް ވަރަށް ރަނގަޅު….”
ނޫރްގެ ބަސްމަގު ހުރިގޮތުން މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ނޫރްއަށް އައިސްފައި ހުރި ބަދަލު ޝެޒާއަށް ފާހަގަ ކުރެވިގެންދިޔައެވެ.
“އޯއެމްޖީ…..ނޫ ހާދަ ޖޭންޖްއޭ މިހާރު…..”
ޝެޒާއިނީ ގަބޫލުކުރަން ދަތިވެފައެވެ. ނޫރް ހިނިތުންވެލަމުން ހުރިހާ ވާހަކައެއް ޝެޒާއަށް ކިޔާދިނެވެ.
“އަމް ސޯހެޕީ ފޯޔޫ..”
ނޫރް ޝެޒާއަށް މުނާޒްގެ ވާހަކަވެސް ކިޔާދިނެވެ.
“އިހަށް މާހިލްއަށް އެއްވެސް ވާހަކަ ކިޔާދޭނެކަމެއް ނެތް….ހީ އިޒްއިން ޖެއިލް…އެވާނީ ނޫރް ބިރުގަންނަވާލަން އޭނަކުރި ކަމަކަށް…..އަޅާނުލާ….”
ޝެޒާދިޔައީ ނޫރްކައިރީގައި ވަރަށް ގިނައިރު ވާހަކަ ދައްކަންއިނުމަށް ފަހުގައެވެ. ނޫރް އިންތިޒާރު ކުރަމުންދިޔައީ މާހިލްގެއަށް އަންނާނެ އިރަކަށެވެ. އެހެންނާ އަބަދުވެސް ހަވީރު ގެއަށް އަންނަ މީހާ އިރުއޮއްސުނުއިރުވެސް ހަބަރެއްނުވެއެވެ. މާހިލްއަށް ގެއަށް އާދެވުނީ ރޭގަނޑު ދިހައެއްވެސް ޖެހިފަހުންނެވެ. ގެއަށް ވަދެގެން އައި މާހިލްގެ ދެލޯ ހޯދަމުން ދިޔައީ ނޫރްއެވެ.
“ތިވަރަށް ނުހޯދިއަކަސް އެބަ އެގެއޭ ކާކު ކަންތި ހޯދަނީ….ނޫރްވީ ކޮޓަރީގަ….ދަރިފުޅު އާދޭތޯ ވަރަށް އިންތިޒާރު ކުރި…..”
ކާގެއިން ނިކުތް ޝާމާއަށް މާހިލްފެނުމުން ބުނެލިއެވެ.
“މިއަދު ވަރަށްވެސް ބިޒީ ދުވަހެކޭ….އެހެންވެ ލަސްވީ….”
“އާދޭ ކާން ދަރިފުޅާ….”
ކާގޭގައި ކާންއިން އާމިނަތު މާހިލްއަށް ކާންގޮވީ މާހިލްއަދި ނުކާކަން އިނގޭތީއެވެ.
“ނޫނޭ ތިއްތާ….ފަހުންކާނީ….ތިއްތަ ކާލާ….”
ސިޑިންއަރައިގެން ދިޔަ މާހިލްއަށް ބަލާލަމުން ދެފަރާތަށް ބޯހޫރާލަމުން އާމިނަތު ކެއުމާއިގެން ކުރިއަށްދާންފެށިއެވެ.
“މަންމާ….ވެރީ ހަންގްރީ…..”
ނަވީލްކާގެއަށް އައިސްވަނީ މަޑުމަޑުން ބަޑުގައި އަތްހާކާލަމުންނެވެ.
“މަމް މީ ޓޫ…..”
ނުއުމާންވެސް އައިސް ކާމޭޒު ކައިރީގައި އިށީނެވެ.
“މަންމަގެ ދެ ޕްރިންސް….ހިނގާ އަވަހާ ކާން…..”
ކޮޓަރީގެ ދޮރުހުޅުވާލި މާހިލްއަށް ލިބުނީ ކުށްލި ހައިރާންކަމެކެވެ. ހުޅުވާލި ދޮރު އެހާމެ އަވަހާ ލައްޕާލަމުން މާހިލް ހިނގައިގަތީ ތިރިއަށްދިއުމަށެވެ.
“މަންމާ…..މަންމާ…..”
“ހޫމް…..ކީކޭ…..”
“ކޮބާ ނޫރް؟…ކާކު ކޮޓަރީގަ އެހުރީ؟…ފަހަތުން ފެނުނީމަ ނޭންގުނު….ނޫރް ނެތް ފެންނާކަށް…..”
މާހިލް ދެއްކިވާހަކަ އަޑުއަހަންހުރި ޝާމާގެ ހިނިގަނޑު ފަޅައިގެންދިޔައެވެ.
ނުއުމާންއާއި ނަވީލްއަށްވެސް ހީގަނެވުނީ ކެއްނުކުރެވިގެންނެވެ.
“ކިހިނެއްވީ؟….ކީއްވެ އެންމެން ހެނީ…..”
މާހިލްހުރީ ވާނުވާ ނޭންގިފައެވެ.
“ސީރިއަށްލީ ދޮންބޭ ޔުއާ ސޯ ފަނީ……ކޮޓަރީގަ ހުރި ކުއްޖާއަށް އިނގޭނެ ދޮންބެދައްތަ ވީތަން….ގޮސް އަހާބަލަ…..”
ނުއުމާން އެވަރުންވެސް ކޮންމެހެން ބުނާކަށް ނޫޅުނެވެ. މާހިލް އެންމެންގެ މޫނަށް ބަލާލުމަށްފަހު އަނެއްކާވެސް މިސްރާބުޖެހީ ކޮޓަރިއާއި ދިމާއަށެވެ. ޝާމާ ވެސް ހީލަހީލަ ހުއްޓެވެ. މާހިލްގޮސް އަނެއްކާވެސް ކޮޓަރީގެ ދޮރުހުޅުވާލުމުން އެކުއްޖާ ފަސްއެބުރި ބަލާލިއެވެ. މާހިލްހުރީ ހައިރާންވިވަރުން ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. ނޫރްހުރީ ގަޔަށް ވަރަށްދޫ ގަދަފެހި ކުލައެއްގެ އަބާޔާ ހެދުމެއްގައެވެ. އިސްޓާކީންޔަށް ވެސް އަރާފައިވާއިރު ކަޅުކުލައެއް ޝޯލްއެއް ވަނީ އަޅައިފައިއެވެ. ނޫރް ހީވަނީ ހަމަ އަރަބިކުއްޖެއް ހެންނެވެ. ނޫރް މާހިލްއަށް ހިނިތުންވެލިއެވެ.
“މާޝަﷲ…..”
މާހިލްގެ ދުލުން ފުރަތަމަވެސް ބޭރުވީ މިބަހެވެ.
“މާޝަﷲ….”
އަނެއްކާވެސް މާހިލްއަށް ބުނެވުނެވެ. މާހިލްއައިސް ނޫރްގެ އަތުގައި ހިފައިލިއެވެ.
“މާޝަﷲ….މިހާރު އަހަރެންގެ ވައިފީ ހާދަ ލޯތްބޭ…..”
މާހިލް ބަލާވަރުން ނޫރްލަދުން އިސްޖަހައިލިއެވެ. މާހިލް މަޑުމަޑުން މާހިލްގެ އަތް ނޫރްގެ އުނަގަނޑުގައި ވަށައިލަމުން އަދިވެސް ނޫރްއާއި ކައިރިވެލިއެވެ. މާހިލް މަޑުމަޑުން ނޫރްގެ ކޯތާފަތުގައި ބޮސްދިނުމަށްފަހު ކޮށްލިކަމަކުން ނޫރްއަަށް ދެލޯމަރާލެވުނެވެ. އަދި ބޭއިހްތިޔާރުގައި މާހިލް ލައިގެންހުރި ގަމީސްއަތަށް ބޮޑިކޮށްލެވުނެވެ. މާހިލް ދުރުވެލުމުން ނޫރްލަދުން މާހިލްގެ މޭމަތީގައި ބޯއަޅައިލިއެވެ.
“ނޫ….އަހަރުމެން މެރީ ކުރިތާ ވަންމަންތަށް ވުރެން ގިނަދުވަސް ވަނީ މި މިހާރު…މިވީ ދުވަސްކޮޅުގެ ތެރޭގައި ނޫއަށްބވަރަށް ޗޭންޖެސް އައިއްސި ކަން އިނގޭ….الحمد لله…..ނޫއަށް ހެއުވިސްނުން ދެއްވީތީ އަހަރެން ވަރަށް އުފާކުރަން….”
“ނޫގެ ހުރިހާކަމެއް ވަރަށް ގާތުންއަހަރެން ބެލިން….ނޫއަށް އައިއްސަ ތިހުރި ޗޭންޖެސް ފެނުނީމަ އަހަރެން ވަރަށް އުފާވޭ…..ނޫ އަބަދުވެސް ތިހެން އަހަރެން ގާތުގަ ހުރެދެއްޗޭ…..ދުވަހަކުވެސް ނޭދެން ވަކިވާކަށް…..”
މާހިލް ނޫރްގަޔާއި ދުރުކޮށްލަމުން ނޫރްގެ ނިތަށް ބޮސްދިނެވެ. ނޫރްގެ ދެލޯ ފެންކަޅިވެފައި ވާތަންފެނި އަނެއްކާވެސް މާހިލް ނޫރްގެނައިސް ގަޔާލައި ބޮޑިކޮށްލިއެވެ. މާހިލްގެ އަމަލުތަށް ހުންނަ ގޮތުން ނޫރްދެކެ ލޯބިވާހެން ހީވެއެވެ. ނުބުނި ކަމުގައި ވިއަސްވެސް ނޫރްއަށް ވެސް މާހިލްދެކެ ލޯބިވެވުނު ތާ ކިތަށްމެ ދުވަހެކެވެ. މާހިލް ނޫރްގެ ކަރުނަތަށް ފުހެލަދިނީ ނިކަން ލޯބިންނެވެ.
“މައި ކިއުޓް ވައިފީ….އައިހޭވް ގިވެންޔޫ ޓައިމް…..”
ދެން މާހިލް ބުނެލި ޖުމްލައިން ނޫރްގެ ފައިން ވާގިދޫނުވީހަމަ ކިރިޔާއެވެ. އެރޭގެ ބާކީ ވަގުތުތަށް ހޭދަވެގެން ދިޔައީ މާހިލްއާއި ނޫރްގެ މުޅި ދިރިއުޅުން ބަދަލުކޮށްލާފައެވެ. އާ ފެށުމަކާއި އާ ހަދާންތަކަކާއި އެކުގައެވެ. އާ އިހްސާސްތަކަކާއި އެކީގައެވެ. ހެދުނު ހޭލި ނޫރްގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ނޫރްކައިރީގައި ނިދާފައި އޮތް މާހިލްއަށް ނޫރް ބަލައިލީ ހިނިތުންވުމަކާއި އެކީގައެވެ. މާހިލް ހޭލަންވާއިރަށް ނޫރްގޮސް ސައިހަދާ ނިންމާލިއެވެ. ބަދިގެއަށް ވަދެގެންއައި ޝާމާވެސް ހައިރާންވީ ނޫރް ހުރިހާކަމެއް ނިންމާލައިފައި ހުރީމައެވެ.
“އަހާ ދަރިފުޅާ ހާދަ ބުރަކޮށްލާގެން…..”
“މަންމާ އާދޭ ސައިބޯން…..ބައްޕަ ކޮބާ ތޯ؟…”
“ބައްޕަ އެބައާދޭ…..ދަރިފުޅު ސައިނުބޯނަންތަ؟…”
“ލައްބަ މާހީ އާ އެކީގަ……”
ނަންބުނާއިރަށް އައިސްމިހިރީ…..”
ފަހަތުން އިވިގެންދިޔަ މާހިލްގެ އަޑާއިއެކު ނޫރް ލަދުން އިސްޖަހައިލިއެވެ.
“މޯނިން ލަވް…..”
ޝާމާއިންދާ އެފަދަ ގޮތަކަށް މުހާތަބު ކުރުމުން ނޫރްއަދި މާބޮޑަށް ލަދުގަންނަ ގޮތްވިއެވެ. އެހެންވެ މާހިލްއާއި ދިމާއަށް ބަލައިލީ ދެލޯ ބޮޑުކޮށްލަމުންނެވެ.
“މޯނިން މަމް….”
މާހިލްއައިސް އިށީނީ ނޫރްއަށް ސަޅި ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހުގައެވެ. ޝާމާ އިނީ މާހިލްއާއި ނޫރްގެ ގާތް ގުޅުންފެނި ވަރަށް ހިތްހަމަޖެހިފައެވެ. އާއިލާގެ އެންމެން ހެން އެގަޑީގައި ސައިބޯން އައިސް އިށީނެވެ. އެންމެން އެކީގައި ސައިބޮއި ނިންމާލިއިރު ފެންނަނީ އުފާވެރިކަމެވެ. ކޮޓަރީގައި އޮފީހަށް ދާން ތައްޔާރުވަންހުރި މާހިލްގެ ނަޒަރު ސީދާވެފައި ހުރީ ސޯފާގައި ފޯނާ ކުޅެލަ ކުޅެލައި އިން ނޫރްއަށެވެ.
“ނޫ….މި ޓައި ރަގަނޅު ކޮށްލަދެން އާދެބާ ނިކަން…..މިކަން ވާގޮތެއް ނުވި މިއަދަކު….”
ނޫރް ފޯނުބާއްވާލަމުން އައިސް މާހިލްގެ ޓައިީ ރަގަނޅު ކޮށްލަދެން ފެށިއެވެ.
“ރާއިންމެން މާދަން ފުރާތީވެ އެބަ އާދޭ އަހަރެން ބަލާ…..އޯކޭ ދޯ ދިޔައަސް ވެސް؟….އެން މާހިލްއަށް ވެސް އިންވައިޓް ކުރާށޭ ބުނި ލަންޗަށް….އާދެވޭނެތަ؟….”
“ޔުއަރ ސޯ ކިއުޓް ލަވް…..ދެން ނޫގެ މަމްމެން ކައިރިއަށް ދާން ޕާމިޝަން ބޭނުންވޭތަ؟….ނޫ ހަމަ ބޭނުން އިރަކު ދާންވީ…..އިންޝާ ﷲ…ފޯ ލަންޗް އައިވިލްބީ ދެއާ…..”
“ބައިދަވޭ…..މާހިލްއޭ…..ގައިމު މިއަދު އަޑު އިވުނު ކުއްޖަކު މާހީއޭ ބުނި އަޑު….”
ނޫރް ލަދުން އިސްޖަހައިލަމުން ދާންހިނގާގަތެވެ. ނޫރްއަށް ހުއްޓެން މަޖްބޫރުވީ މާހިލް ފަހަތުން އައިސް އަތުގައި ހިފައިލުމުންނެވެ. މާހިލް ނޫރްގައި ފަހަތުން ބައްދާލަމުން ނޫރްގެ ކޮޑުގައި ދަތްދޮޅި އަޅުވައިލިއެވެ.
“ވަރަށް އުފާވި އިނގޭ ނޫ މާހީ އޭ ކީމަ…..އިޓް މީންސް ނޫއަށް ވެސް މި ރިލޭޝަން ވަރަށް ސްޕެޝަލް އޭ މިހާރު…..ތެންކިޔޫ ސޯމަޗް….ފޯ މޭކިން މީ ދަ ހެޕިއެސްޓް މޭން އިންދަ ވޯލްޑް….”
މާހިލް އޮފީހަށް ދިޔައީ ނޫރްގެ ގެއަށް ލުމަށްފަހުގައެވެ. ނޫރްހުރީ މަންމަ މެންނާއި ވަކިވާން ޖެހޭތީވެ ވަރަށް ދެރަވެފައެވެ. ރިޔާޒްއާއި ނާހިދާވެސް ފެންކަޅިވީ ނޫރްއާއި ދުރަށްދާން ޖެހޭތީއެވެ. ޢެދުވަހު މެންދުރުގެ ކެއުމުގައި މާހިލްވެސް ބައިވެރިވިއެވެ. އަނެއްދުވަހުގެ ފަތިހު މާހިލްއާއި ނޫރް ދިޔައީ ރިޔާޒްމެން ފުރުވަން އެއާޕޯޓަށެވެ. އަނިލްގެ އާއިލާވެސް އެއާޕޯޓަށްއައެވެ.
“ހިތް ހެޔޮ ކުރާތި އިނގޭ ރިޔާ…..”
އަނިލް ރިޔާޒުގައި ބައްދާލަމުން ބުނެލިއެވެ.
“ޑޯންޓް ވޮރީ އެބައުޓް ނޫރް…..އިންޝާ ﷲ….ނޫރް ރަގަނޅަށް ބަލާނަން….”
ޝާމާގެ ވާހަކަތަކުން ރިޔާޒުއާއި ނާހިދާ ވަރަށް ހިތްހަމަޖެހުނެވެ.
“ރާން….ބަސްއަހާގެން ރަގަނޅަށް ކިޔަވަށްޗޭ…..އަލް މިސްޔޫ…..”
“އަލް މިސްޔޫ މޯ ސިސީ…..”
ނޫރް ރާއިންގައި ބައްދާލިއިރުވެސް ދެލޯ ފެންކަޅިވާގޮތް ވިއެވެ. ރާއިންވެސް ހުރީ ވަރަށް ދެރަވެފައެވެ. ރިޔާޒްއާއި ނާހިދާގައި ބައްދާލި ނޫރްއަށް މިފަހަރު ރަގަނޅަށްވެސް ރޮވުނެވެ. ރިޔާޒްއާއި ނާހިދާ ނޫރްއަށް އެތަށް ނަސޭހަތެއް ދިނެވެ. ރިޔާޒްމެން ފުރުމުން ނޫރްއަދި މާދެރަވެ ރޮވޭގޮތްވިއެވެ. އެހެންކަމުން ގެއަށްދިއުމުގެ ބަދަލުގައި މާހިލްދިޔައީ ނޫރްގޮވައިގެން ކާރު ދުއްވައިލާށެވެ.
“ނޫ ތިހެންދެރަވެފަ އިންނަންޔާ އަހަރެންވެސް ކިހާ ދެރަވާނެ….ސްމައިލް ޕްލީޒް ލަވް…ޝެޒާ ކައިރިއަށް ގެންގޮސްދެންތަ….އޭރުން މޫޑް ރަގަނޅު ވެދާނެ…..”
“ނޫން އަހަރެން ފަހުން ހަވީރުގަޑީގަ ޝެޒްކައިރިއަށް އައިސްފާނަން…..އިހަށް ހިނގާގެއަށް…..ޑޯންޓް ވޮރީ…..”
“ލަވް ބޭނުން ގޮތެއް…..ހިނގާ ދަމާ އެހެންވީމަ…..”
ނޫރް ބޯޖަހައިލިއެވެ. އެދުވަހު ހަވީރު ނޫރް ޝެޒާގެ ގެއަށް ދިޔައީ ހިނގާލާއިފައެވެ. ޝެޒާގެ ގެ މާހިލްމެންގެ ގެއާއި އެހާދުރު ނޫންކަމުން ހިނގާލައިފައި ދިޔުން އެއީ މާބޮޑު ކަމަކަށް ނުވިއެވެ. ޝެޒާއާއި އެކީގައި ވަގުތުކޮޅެއް ހޭދަކޮށްލެވުމުން ނޫރްހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ނޫރް ގެއަށް ދާން ނިކުތީ ރޭގަނޑުވެސް ވީފަހުންނެވެ. ގެއަށް ދިއުމަށްޓަކާ ގޯޅިއެއް އަޅައިލި ނޫރް ފަސްއެބުރި ބަލައިލީ މީހަކު ނޫރްގެ ނަމުންގޮވާލިއަޑު އިވުނީމައެވެ. ނަމަވެސް ފަސްއެބުރި ބަލާލި ނޫރްދިޔައީ ސިއްސައިގެންނެވެ. ވަގުތުން މުޅި މީހާ ދާހިތްލާ ފޯވިއެވެ. މުނާޒުހުރީ ނޫރްގައި ޖެހޭ ނުޖެހޭ ހިސާބުގައި ނުލަފާ ގޮތަކަށް ހެވިފައެވެ.
(ނުނިމޭ)

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

އެ ކޮޓަރީގެ ސިއްރު (06)

Next

ވާނަމޭ އުމުރަށް އެކީ ޔާރާ 1

Next
October 11, 2018

ވާނަމޭ އުމުރަށް އެކީ ޔާރާ 1

Previews
October 11, 2018

އެ ކޮޓަރީގެ ސިއްރު (06)

30 Comments!

  1. hajam says:
    October 11, 2018 at 9:35 pm

    Wow
    amaxing

    1. InaaSh says:
      October 11, 2018 at 9:36 pm

      Jazakillah khairan ?

  2. InaaSh says:
    October 11, 2018 at 9:35 pm

    Ahsalamu alaikum all So here is the ninth part…. next part saturdayga insha allah?

  3. Reader? says:
    October 11, 2018 at 9:38 pm

    Yay…munaz is back….cant wait for next part…. btw story hama v salhi igay ?

    1. InaaSh says:
      October 12, 2018 at 8:16 am

      Jazakillah khairan ?

  4. Munaz says:
    October 11, 2018 at 9:50 pm

    Hi noor lobi….did u miss me… ?

  5. mar-hath says:
    October 11, 2018 at 10:00 pm

    story hama v salhi..keep up the good work

    1. InaaSh says:
      October 12, 2018 at 8:17 am

      Jazakillah khairan ?

  6. Neyge says:
    October 11, 2018 at 10:08 pm

    V salhi igey. ….I want nxt part tomorrow. ..OK dhn Saturday vias I will wait

    1. InaaSh says:
      October 12, 2018 at 8:17 am

      Jazakillah khairan…yes insha allah saturdayga ?

  7. Meenage Eyna says:
    October 11, 2018 at 10:38 pm

    Maa sha allah meena haadha molhey
    ?? Ekam Saturday eyyy ? nuvaane thikameh, Heyo nuvaane maadhamaa up kohla dhee
    Noonyyy… ?

    1. InaaSh says:
      October 12, 2018 at 8:18 am

      Jazakillah khairan ? insha allah next part saturdayga

  8. No one says:
    October 11, 2018 at 11:48 pm

    Alhey.. inaash noor n maahil dhurukh nulahchey..
    BTW one of the best story I have ever read.. ❤❤❤

    1. InaaSh says:
      October 12, 2018 at 8:18 am

      Jazakillah khairan ?

  9. Noor says:
    October 12, 2018 at 12:59 am

    Nooney munaz aharen mihaaru thikahala myheh mathin handhaan kuraakah beynumeh noon. Alhamdhulillah ahannah heyo visnun dhehvaifi.. ?

  10. Munaz says:
    October 12, 2018 at 8:14 am

    Noor ah Heu wisnun dhehwias wes… aharenge nethey heu wisnuneh… ?

    1. eyna says:
      October 25, 2018 at 8:04 pm

      Visnun ragalhu kurey vaguthu faaithu nuvanys

  11. Amin says:
    October 12, 2018 at 8:15 am

    Story v habeys igay… waiting for next part ?

    1. InaaSh says:
      October 12, 2018 at 8:19 am

      Jazakillah khairan ?

  12. Jenna says:
    October 12, 2018 at 1:31 pm

    Alheyy Munaz ves hama evaguthu tha anan ves egunee?

  13. Eeko says:
    October 12, 2018 at 2:36 pm

    This is the best story .

    1. InaaSh says:
      October 12, 2018 at 6:10 pm

      Jazakillah khairan ?

  14. maya says:
    October 12, 2018 at 3:03 pm

    oh no???? mahil aadheba noor salaamaih kuran..this part is osm…luv it…vv curious nxt part kiyaahithun hureveniki nun mihaaru

    1. InaaSh says:
      October 12, 2018 at 6:10 pm

      Jazakillah khairan ?

  15. Shine says:
    October 12, 2018 at 8:31 pm

    Wow..hama vr reethi..saabas thi kuraa hiyy varakah..????? whn next part???

  16. zeesh says:
    October 12, 2018 at 9:15 pm

    noor and maahil durunukurachey ingey.
    maashaa allah story nice varah.can’t wait for next part. inaash keep it up ingey

    1. InaaSh says:
      October 13, 2018 at 3:44 pm

      Jazakillah khairan ?

  17. Yoosh says:
    October 13, 2018 at 3:45 pm

    Kobaatha ten vana part kiyahithun meenee mihaaru kehmaduvefaa

  18. InaaSh says:
    October 13, 2018 at 3:46 pm

    I’m so sorry readers… next part ehen dhuwahakun up kohladheynan insha allah..eeya aai miadhu varah wes busy wegen wahaka liyeve gotheh nuwi.. so sorry once again….insha allah l’ll upload it soon.. ?

  19. Shakko says:
    October 13, 2018 at 8:05 pm

    Can’t wait for the next part ?? v salhi

Comments are closed.


All Right Reserved!