ލޯތްބަކީ 18
އާދުވަހެއް ފެށުނީ ޝައިރާއާއި އަޔާންގެ ގުޅުން ފެށިގެން އެދެލޯބިވެރިންގެ ހަޔާތަށްވެސް އުފާވެރިކަން ގެނެސްދެމުންނެވެ. އުޑުމަތި ބަނަވެ ވައިގަދަކަމުން ހީވަނީ ދެންމެ ދެންމެ ވިއްސާރަވެހެދާނެ ކަމުގެ އިންޒާރުދޭހެންނެވެ. ހަމަ އެހެންމެ އެދެލޯބިވެރިންގެ ހަޔާތަށްވެސް ބަނަކަމެއް އަންނާންއުޅުނެއްކަމަކު އޭގެ އެއްވެސް ހިލަމެއް އެދެލޯބިވެރިންނަށް ލިބިފަކާނެތެވެ.
ރޭގަ ގެޔަށް މާލަހުން އައުމުން މަންމަ ހިންހަމަނުޖެހިފާ ހުރުމާއިއެކު ޝައިރާ އުޅުނީ މަންމަ ހިތްހަމަ ޖައްސާލަދޭން ފަތިހާ ބަދިގެޔަށް ވަދެ އެކަނިމާއެކަނި ސައިތައްޔާރުކޮށްލާށެވެ. އެކުޑަކުޑަ ތަންކޮޅަކީ ބަދިގެޔާއި އަދި ކާގެޔެވެ. ކުޑަ އައްޓެއްހެން ރާނާލާފައި އޭގައި އުނދުން ކޮއްޓެއް ހަދާލާފައި އިނީ ދަރުންކައްކާ އުނދުނެކެވެ. އެ އުނދުންކޮއްޓާދިމާ މަތީ އިނީ ދުމައްޓެއްހަދާ މަސްހިއްކަން އަޅާފައެވެ. އުނދުން ހުރި އައްޓާއި ދެތިން ފިޔަވަޅު ދުރުގާ އިންނަނީ މޭޒަކާއި ތިން ގޮނޑިއެވެ. އެއީ އަބަދުވެސް ޝައިރާގެ ކުޑަކުޑަ އާއިލާ އެކުގާ ކައިބޮއި ހަދާތީއެވެ. ކޮޓަރީގަ ފާހަނައެއް ހުއްޓެއްކަމަކު ބަދިގެއާއި ޖެހިގެން ހުރި ގިފިލީގަވެސް ހުރިހާކަމެއް ކުރެވެންހުރެއެވެ. އެ ކުޑަކުޑަ އާއިލާއަކީ އާދައިގެ ގޮތަށް ހަދާފަހުރި ތަނަކު އުޅޭ އާއިލާއެކެވެ. ނަމަވެސް ވަރަށްވެސް އުފާވެރި އާއިލާއެކެވެ.
ވިއްސަކަށް ރޮށިފިހެލުމާއިއެކު ދުމަށިމަތިން ވަޅޯ މަސްގަނޑެއްނަގާ އަވަސް އަވަހަށް މަސްހުނިކޮޅެއް މޮޑުމާއިގެން ޝައިރާއުޅުނެވެ. ޝިއުރާ އައިސް ބަދިގެޔަށް ވަތްއިރު ޝައިރާހުރީ ސައިކައްކަން އުދާގެން މަސްހުނި މޮޑެންށެވެ. ޝިއުރާ ހިންހަމަ ނުޖެހި ހުރި ދުވަހަކުވިއްޔާ އަބަދުވެސް ޝައިރާއަކީ އެހެންއުޅޭ ކުއްޖެކެވެ. އެދުވަހަކު އެއްވެސް ކަމެއް ޝިއުރާ ކުރިޔަކަނުދޭނެއެވެ.
ސައި ތައްޔާރުކޮށް ނިންމާފަ ގޭތެރެކުނިކަހާލާފަ ފެންވަރައިގެން ނުކުމެ ވަރުބަލި ފިލުވާލަން އޮށުވެތީ ފޯނުހިފައިގެންނެވެ. ފޯނު ހުޅުވާލިއިރު ރޭގަ އަޔާން ވިއްސަކަށް ފަހަރު ގުޅާފަ އެބައިނެވެ. މަންމަ ރުޅިއައިއްސަ ހުރުމުން އަވަހަށް ގެޔަށް އައިސް ޝައިރާ ނިދީމާ އަޔާން ގުޅިކަން ނޭނގުނީއެވެ. އަޔާން ގުޅާފާނެއޭ ހިތަށްވެސް ނާރާތީ އެކަމަށް މާބޮޑު ސަމާލުކަމެއްވެސް ނުދެވުނީއެވެ.
* * * * * * * *
ރޭގަ ޝައިރާއަށް ވީގޮތެއް ނޭނގި ކުއްލިޔަކަށް ދަނީކަމަށްބުނެ ދިޔަ މީހާގެ ހަބަރެއްނުވުމުން އެކަމާއި ވިސްނަންއޮވެފާ އަޔާންއަށް ނިދުނީވެސް ފަތިހު ފަތިސްނަމާދު ވެސް ކޮއްލާގެނެވެ. ބާރަޖެހިއިރުވެސް އަޔާން ނުހޭލާތީ އަޔާންގެމަންމަ ހަލީމާ އަޔާންއަށް ގޮވަންދިޔައިރު މިއަދު ވިއްސާރަ ދުވަހަކަށްވާތީ ކުޑަކުއްޖެއްހެން ވައްވެގެން އަޔާން އަދިވެސްއޮތީ ނިދާފައެވެ. އޭރުވެސް ވަރަށް ބޯކޮށް ވިއްސާރަވެހެމުންދެއެވެ.
“ދަރިފުޅާ މިއަދު ސައިވެސް ނުބޯ ދުވަހަކީތަ؟ ރޭގަ މާލަހުންނިދީ ދޯ. ކޮން ކަމަކާ ފިކުރުކުރަންއޮތީ ނުނިދާ؟ ދެން އުޅޭނީ ބޮލެއްގަ ރިއްސާތީ. ކީއްތަވާނީ މަންމަ ކައިރިވެސް ބުނިއްޔާ… މިހިރެގޭ ސަކީނާ ބުނާހެން މީހަކާއިނީމަ ތި ފިކުރުކުރުންތައް މަދުވެދާނެ. މަންމައަށް އެހީވާނެ ކުއްޖަކު ގެންނާނީ އަޅެ ކޮންދުވަހަކުން. މިހާރު އުމުރުން ތިރީސް އަހަރުވަނީ އޭ.. މުސްކުޅި ވީމާ އިންނާނެ މީހަކު ނުވެދާނެ… މަންމަ ހޯދަދެންތަ އިންނާނެ ކުއްޖެއް..” ހަލީމާ ހުރިހާއެއްޗެެއް އެއްފައްޗަކަށް އަމުނާލިއިރު އަޔާންއަކީ އެހާ ނިދިގަދަ ކުއްޖަކަށް ނުވާތީ ހަލީމާގެ އަޑުޖެހުންއިރު އަޔާންއޮތީ ހޭލައެވެ. އެހެންކަމުން ހަލީމާ ދެއްކި ހުރިހާ ވާހަކައެއް ސާފުކޮށް އަޑުއިވުނެވެ. އެކަމަކު އެއްވެސް އެއްޗެއް ނުބުނެ ނިދާކަމަށް ހަދައިގެން އޮތީއެވެ.
“މަންމަޔަށް އެނގޭ އަޔާން ތިއޮތީ ނިދާފަނޫންކަން. މީހަކާ އިންނަ ވާހަކަ ދައްކާއިރަށް އަޔާންއަށް ތިވަނީ ކިހިނެއް. އެއްފަހަރު ނިދާކަމަށް ހެދިއްޔާ އަނެއްފަހަރު ބޮލެއްގަ ރިއްސާފަ އެތަނަކުން ދެވޭތޯ ބަލާނެ ނޫނީ ބަނޑުހައިވާނެ ނޫނީ ފާހާނައަށް ދާންވާނެ. މިހާރު ތިއުމުރުގަ މީހަކާ ނީނދެއެއް މީހުނެއް ނުވެސް ތިބޭނެ. އަޅެފަހެ މަގޭ ދަރިޔަށް ކަމުދާ ކުއްޖެއްވެސް ހަމަނެތީތަ؟ މަންމަ ހާދަ އިންތިޒާރު ކުރާ ދުވަހެކޭ އެއީ. އަޔާނޫ ހަމަ މިހާރު ތެދުވާންވީ ބޮނޑިއެއް ނާޅަނީސް.” އެންމެ ފަހުން ހަލީމާ އެވަރަށް ވާހަކަ ދައްކަދައްކާވެސް އަނގައިން ނުބުނިތާ ނުތެދުވީމާ އަޔާންގެ ބޯ ދޮށުގައޮތް ބާލީސްދަމާގަތެވެ…
“މަންމާ…. ކުއްޖަކު ގެނެސްދޭނަމޭ ތިވަރު ނުކުރިޔަސް… މަންމަ އެހާ ދަނބިދަރިއެއް ބޭނުންވަނީ ކީއްވެތަ އޭ؟ އާނ މަންމަގެ އަންހެން ދަރިއެއް ނެތީމަ ދޯ. އެކަމަކު ދޮންބެވެސް މީހަކާ އިނދެފިއެއްނު އެވެސް ލިބުނީނު. އާނ ދޮންބެ އުޅެނީ ލަންކާއަށް ބަދަލުވެގެނޭ ދޯ. އަދި ކޮއްކޮ އެބަހުއްޓެއްނު. އޭނަ ވެސް ގެނެސްދޭނެނުން. އާނ އެސޮރަށް އަދި މިއަހަރުއޭ 18 ފުރޭނީ ދޯ..” ހަލީމާ އާއި ސަމާސާ ކޮއްލަން އަޔާން އެހުރިހާ އެއްޗެއް ކިޔާލީ ހަލީމާ ބަހެއްވެސް ބުނެލަން ފުރުސަތެއްވެސް ނުދީއެވެ.
އަޅޭ ލާނެތްކަމެއް ލިބިފަ ހުރި ދަރިޔެއްނު މީ. ދެން ތެދުވެގެން ދާންވީ ފެންވަރާން.” އަޔާންގާތު އެހެންބުނެ ހަލީމާ އަވަހަށް ދިޔައީ އަޔާން ފެންވަރައިގެން އަންނަންވާއިރަށް ސައިތައްޔާރު ކޮށްލާށެވެ. އަޔާންއަށް ފުރަތަމަވެސް ތެދުވެ ބަލާލެވުނީ ފޯނަށެވެ. ރޭގަ އެވަރަށް ގުޅީމާވެސް ޝައިރާ ފޯނު ނުނެގިތާ ވީކީއްތޯ ބަލާލަން ގުޅާވެސްނުލާ މެސެޖުގަނޑެއްވެސް ކޮއްނުލުމުން މާޔޫސްކަމާއިއެކު ދިޔައީ މަންމަ އަނެއްފަހަރު ލަސްވެގެން އަތުވެދާނެތީ ފެންވަރާށެވެ.
* * * * * * * * * *
އަޔާން އެވަރަށް ގުޅާފަހުރިއިރުވެސް ޝައިރާ، އަޔާންއަށް ނުގުޅީ ޝައިރާއާއި ބައްދަލްކުރަން ފިހާރަޔަށް އަޔާން އަންނާނެ ކަމަށް ހީކޮށެވެ. ވިއްސާރަކަމުން ނައީކަމަށް ބަލާފައި އަޔާންއަށް ގުޅާލަން ފޯނު ނަގާފަވެސް ފާޑަކަށް ލަދުގަނެ، ބިރުގަނެ، ބުނަން ނޭނގޭ އެތަށްގޮތެއް ހިތަށް ވަމުންދާތީ ގުޅާން ނުކެރުނީއެވެ.
މެންދުރު ނަމާދަށް ގޮވަންވާއިރަށް ޝައިރާ އަވަސް ކޮށްލާގެން ފިހާރަ ބަންދުކޮށް ކުޑަ ހިފާގެން ހިނގާގަތީ ގެޔަށް ދިއުމަށެވެ. ދިޔަ މަގުމަތީ ޝައިރާގެ ކުރިމަތިން ކުރިކަނޑާފަ ގޮސް ގޯޅިއަކަށް ވަތް އަޔާން ފެނިގެން ދުވެލާފަ ދިޔައީ އެބޯވާރޭގެ ތެރޭ ޝައިރާ ދުވެފަ އަންނަ އަޑުނީވޭނެކަން އެނގޭތީ އަޔާންއާއި އެއްހަމަކޮށްލާ އަޔާން ސިއްސުވާލުމުގެ ބޭނުމުގައެވެ.
ޝައިރާ ގޮސް އެގޯޅިއަށް ވަތްއިރު އެއްވެސް މީހަކު ފެންނަން ނެތުމުން ފަސްއެނބުރި ދާން ހިނގާގަތްއިރު އެދީމާ ހުރި ސީދަލަށް އަޔާން ދާތަން އަނެއްކާފެނި އަވަސް އަވަހަށް ދިޔައީ އަނެއްކާވެސް ގެއްލިދާނެތީއެވެ.
“ޕޮއް… ޔާން ނުވެސް…….” ފުރަގަހުން ގޮސް އަޔާންސިއްސުވާލަން ޕޮއްގޮއްވާލިއިރަށް އެޒުވާނާ ފަހަތަށް އެނބުރެ ބަލާލިއިރަށް ޝައިރާ ދައްކަން ފެށިވާހަކަވެސް ޝައިރާގެ ކަރުބުޑުގަ ތާށިވިކަހަލައެވެ. ކުރިމަތީ ހުރީ ޝައިރާ ނުވެސް ދަންނަ ޒުވާނެކެވެ. ގަތް ލަދުން ދެފަޔަށް ލެވުނުހާބާރެއްލާފާ ދުވެފާ ދިޔައީ އަތުގައިއޮތް ކުޑަޔަކާ ކުޑައެއް ކިޔާފައެވެ. ވަކި ހިސާބަކަށްގޮސް ހުއްޓެލީ އަތުގަ ކުޑަނެތްކަން ރޭކާލުމުންނެވެ. އޭރު މުޅި މީހާ ތެމިފަހުރުމުން އެތާ ހުރި ގެޔެއްގެ އަސްކަނި ދޮށުގަ މަޑުކޮށްލީ ވަރުބަލިފިލުވާލާ އިރުކޮޅަކުން ކުޑަ ހޯދަން ދާނީއޭ ހިތާއެވެ. ދެންމެ ކަންތައް ވީގޮތް ހިތަށް އެރުމުން ހީގަނެފަ ބޮލުގެ ފުއްކިބާގާ ޖަހާވެސް ލެވުނެވެ.
ޝައިރާއަށް އެހުރެވުނު ގެއިން ޖަހަންފެށި ލަވަޔަކުން ޝައިރާއަށް ހުރެވުނީ އެބޯ ވިއްސާރަގަނޑު ތެރޭވެސް އެލަވަ އަޑުއަހާލަން އެގޭ ކަންމަތީގައެވެ.
**************
“ސަހަރޯއޭ، ފެންނަހެން ހީވިޔަސް ސިއްސާގެން ދާހާވެޔޭ
ހީވޭ އިވޭހެން، ދާހާތާކުން ގޮވާހެން ހުރިހާ ލަވަޔެއް ކިޔާހެން
ނޫނޭވާ، ވަރުތަކެއް އެބަވެޔޭ ހިތްހުއްޓޭހެން ހީވެޔޭ
ނޭވާ ހާސްވޭ، ފެނިފާ ތިޔަ ހިނިތުންވުން
މީބާ އެބުނާ ލޯތްބަކީ ދާހާތާކުން ފެންނަހެން ހީވޭ މޮޔަވަނީބާ
ކީއްބާ މިވަނީ މިހިތަށްމަގޭ ތިހިޔާލުގަނޫން ވަގުތެއް ގައިމޭ ނުދޭ
އޯއޯއޯ ތިހިޔާލުގަނޫން ދުވަހެއް
***********
އަސްތާ އޭ، ހުވަފެނެއް އަސްލެއް ވަކިނުވާވަރު ވެއްޖޭ
އަޖައިބެއް މީ އިނގޭ، ބުނެދޭން ނޭނގޭ ޒާތުގެ އިހުސާސްތަކެއް ކުރެވޭ
ހުންވާ އައޭ، ހަނދާން އާވިޔަސް ސިފަވިޔަސް ހީބިހިނަގާގެން ދެޔޭ
މީވާ ކަމެއް އިނގޭ، ހާދަހާ ބޭނުންވެޔޭ
މީބާ އެބުނާ ލޯތްބަކީ ދާހާތާކުންފެންނަހެން ހީވޭ މޮޔަވަނީބާ
ކީއްބާ މިވަނީ މިހިތަށް މަގޭ ތި ހިޔަލުގަ ނޫން ވަގުތެއް ގައިމޭ ނުދޭ
އޯއޯއޯއޯއޯއޯ ތި ހިޔާލުގަ ނޫން ދުވަހެއް.
ފެންނަނީ ހިޔާލުގާ، ފެންނަނީ ހުވަފެންތަކުން
ސިއްސުވީ ތި ހިތުމަގޭ، ހާސްވަނީ ނޭވާމަގޭ
މީބާ އެބުނާ ލޯތްބަކީ ދާހާތާކުން ފެންނަހެން ހީވޭ މޮޔަވަނީ ބާ
ކީއްބާ މިވަނީ މިހިތަށްމަގޭ ތިހިޔާލުގަނޫން ވަގުތެއް ގައިމޭ ނުދޭ
އޯއޯއޯއޯއޯއޯ އޯއޯ ތިހިޔާލުގަ ނޫން ދުވަހެއް ގައެމޭ ނުދޭ”
*************
އެލަވަ ނިމުނީ ޝައިރާގެ އިހްސާސްތަކާ ވަރަށްވެސް ބޮޑަށް ކުޅެލާފައެވެ. އެލަވަޔެއް އަޑުއަހާ ނިމުންއިރު އަޔާން ދެކިލާހިތުންވެސް ހިތް ރޯވަރުން އަޔާންއަށް ގުޅަން ހިތަށް އެރިއެވެ. ކުއްލިޔަކަށް ހަނދާންވީ ވާރެޔާ ތެމިގެން އާދެވުނީ ފޯނުވެސް އަތުން ހިފާގެންކަމުން ބަލާލިއިރު ފޯނަށް އޮތީ ވާނެއެއްޗެއް ވެނިމިފައެވެ. ދެރަވި ވަރުން ކުޑަ މަތިންވެސް ހަނދާން ނެތެވެ. ގެޔަށް ދާން ހިނގާގަތް ހާއިރުން އެގޭ ތެރެއިން ނުކުތް މީހެއްގެ ގައިގާ ލައްވެފަ ދެމީހުން އެކީ އެތާ ހެދިފައޮތް ފެންގަނޑު ތެރަށް ވެއްޓުނެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.



Varah reethi. When next part
Thankyou… adi next part liyan nufashan. Liyevunhaa avahah up kohladheynan…
Haadha kurey
Sorry for that but vaguthu vaa varakun liyefa lany…
Masha allah… vvv rythi… ekm kaakubaa ae anekka??? Maaz kanneynge dhw…
Thankyou.. yeah. Kaakubaa eii.. maaz baa or ayaan baa or ………….. kiyaalamaa dhw next part eyrah engeyne. Wait kohlahchey…
I think it’s Raail dhw…
Lets see kn kujjakah thoa dhimaavany dhw.. ???
Mulhi mi part ga lava.. huh
Nooney thibuny mulhi akun thedheh nun. Mulhi part ga lavayeh nun liyuneekee. Well if u dnt like it than im sorry but almost every story ga lava genesdheyne so I dnt think ei ki mahsala eh kamaeh.
Every storyga lava genesdheny dhigukoh genesdheefa ey. theena kuda than kolheh liyefa furaa lava liyunyma kiyaane maa bodu thaneh noavey.
Well u dnt have to be rude. Mi part ga nun ehen ehves part eh ga eh lava eh genesdeefakaa nuves ihnaane. If u dnt like the way it is than im sorry. But i still dnt think it is a problem. Thankyou
kaaku baa ..i think ayaan..dhen dhenme kaaku thr e sihsuvaaaly…vv reethi..dhonthiiii luv u ..avahah nxt part up kohdhehchey…..
Ei kaakukan next part ga ingigen dhaane. Wait kohlahchey maya. ??Sihsuvaalee kaakukan ves adi engeyne kuriyah huri bai kiyaaleema. Thankyou dear. Dhonthiii luvs u too ?? next part up kohladheynamey liye ninmaalaafa dear.
Dhonthi is so fake mihaaru. story genes dheny garuneh fahun eves kuda than kolheh. partehga maa bodu haadhisaa ehves nuhingaa. miadhuves dhemyhun nidhaa heyli than kolhu genesdhin iru mi bai nimijje. So boring. mihaa kurukoh genes dheyiru daily koh up kuraa nama
I’m Soo sorry. But I was so busy. Miadhu aneh part submit kohladheynan.