Skip to content
އެސްފިޔަ

އަފާ

ފަތިހުގެ ހަމަހިމޭން ކަމަށް ހަލަބޮލިކަމެއް ގެނެސްދިނީ ދޫނިސޫފާސޫފީގެ ތުމުން ކުޅެލި މިއުޒިކީ ރާގުތަކެވެ. ފަތިހުގެ ތެތްފިނިކަން ވަނީ މުޅި ކޮޓަރިތެރެއަށް ވެރިވެފަ އެވެ.

އެފިނި ކަމުގެ ތެރޭގައި ނިދީގެ ފޮނިމީރުކަން ޙާޞިލްކުރަމުން އައި އަހަރެން، ހޭލައްވާލީ ފޯނުގެ އެލާމެވެ. އަހަރެން ދެލޯ ހުޅުވާލުމަށްފަހު، އަވަސްވެގަތީ ފާހާނާއަށް ވަދެ، ފެންވަރާ ވުޟޫކޮށްލައިގެން ފަތިސްނަމާދު ޖަމާއަތުގައި ކުރުމަށް މިސްކިތަށް ދިޔުމަށެވެ.

އަލީ ރަމީޒުގެ ހިތްޤައިމު އަޑުން ގޮވަމުން ދިޔަ ބަންގިއަށް ސަމާލުވެ ހުރެ، ހިނގަމުން ދިޔައީމެވެ. ހަލަބޮލި މާލޭގެ މަގުތަކުގައި އެއްޗެއް ދުއްވާތީ މި ވަޤުތު ފެންނަނީ ވަރަށް މަދުންނެވެ. އެވެސް މިސްކިތަށް ދާ މީހުން ކަންނޭނގެވެ.

މިހެން ބުންޏަސް މާއިރާ ތެދުވެ، ނަމާދު ނުކޮށް މާލެ ކުޑަކުރާ ކެނައިން ވެސް އުޅޭނެއެވެ.

ނަމާދުކޮށް ނިމުމުން، ގެޔަށް ގޮސް ކޮފީތަށްޓެއް ތައްޔާރުކޮށްލައިގެން ބޯލީމެވެ. ސޯފާގައި ޖައްސާލައިގެން ކުޑަކޮށް ނޫސްތަށް ބަލާލީމެވެ. އާ ޚަބަރެއް އޮތްތޯއެވެ.

އެއަށްފަހު ފިލްމެއް ބަލާލުމަށް ލެޕް ހުޅުވައިލާ ހަމަޖެހިލީމެވެ. ފިލްމު “މީ ލޯތްބަކީ” ބަލަން އަހަރެން އިނީ ވަރަށް ޝައުޤުވެރިކަމާއެކު އެވެ.

ވަޤުތު އަރައިގެން ދިޔަ ގޮތް ވެސް ނޭނގެއެވެ. ކުއްލިއަކަށް އަހަރެންގެ ސަމާލުކަމަށް ގެނުވީ ފޯނުގެ ދެވަނަ އެލާމެވެ. ޑިއުޓީ އެލާމެވެ. އަވަސް އަވަހަށް ތައްޔާރުވެލައިގެން ކޮޓަރިން ނުކުތީމެވެ.

އޭރު މަންމަ ހުރީ ސައި ވެސް ތައްޔާރުކޮށްފައެވެ. ޑިއުޓީ އިނީ 08:00 ގައެވެ. އަދި އެވީ 07:14 ވިއްޔާއެވެ. ހަމަޖެހިލައިގެން ސައި ބޮއެ ނިންމާލުމަށްފަހު، ދަބަސް އަޅުވަގެން ނުކުތީމެވެ. އަމީނީ މަގުން ހުރިގޮތަށް މިސްރާބު ޖެހީ ސީދާ “މިއަދުނޫސް” ގެ އޮފީހަށެވެ.

“ކުޅިވަރު އެކުވެނި” އާ އަރާ ހަމަވާން ކުޑަ ތަންކޮޅެއް ދުރެވެ. އަހަރެން އެއްލި ކަޅިއާއެކު ފެނުނީ ރީތި މަންޖެއެކެވެ. ލޯބި ހީލުމެކެވެ. އެ ލޯބި ހިނިތުން އަމާޒުވީ އަހަންނަށް ކަމުން، ނިތް އަރުވާލާ، ރައްދުގައި ހީލީމެވެ. އެވަޤުތުގެ އިޙްސާސްތަށް ޤަލަމަކުން ބަޔާން ކުރަން އަހަންނަކަށް ހަމަ ލާހިކެއް ނޫނެވެ. އެކަމެއް ނުވާނެއެވެ.

އެއީ ކާކު ހެއްޔެވެ؟ ކޮންތާކު އުޅޭ، ކޮންނަމެއް ކިޔާ، ކާކުގެ ދަރިއެއް ހެއްޔެވެ؟ އެ ހީލުމުގެ މާނައަކީ ކޮބާ ހެއްޔެވެ؟ މި ސުވާލުތަށް ބޮލުގައި އެނބުރޭ ހާލު އޮފީހަށް ގޮސް ވަދެފީމެވެ.

“ބްރޯ މިއީ ވަޒީފާގެ މާހައުލް… ތި ހިޔާލުތަކާ އިހަަށް ދުރައްދޭ” އޮފީސް ތެރެއަށް ވަނުމާއެކު އެ ހިޔާލުތަކުން ބޭރު ވެވުނީ ހަމަ މީހެއްގެ އަމުރަކަށް ހެންނެވެ. އަހަރެންގެ މަސައްކަތް ފެށިއްޖެއެވެ. ޚަބަރަކަށް ފަހު، ޚަބަރެއް ލިޔަމުން ދިޔައީމެވެ.

– ވާހަކަ ނުނިމޭ…

އިތުރު ބައިތަށް އަންނަނީ…
އަފާ – 2
އަފާ – 3
އަފާ – 4
އަފާ – 5
އަފާ – 6
އަފާ – 7
އަފާ – 8

Comments (25)

  1. Zidhan /R. Vaadhoo

    Salaam Kiyuntherin!

    Vaahakaige Furathama Bai Kurukoh Genesdheefai Vee Namavess, Dhen huri baithah dhiguvaane kamuge yaqeenkan kiyuntherinnah aruvameve. Mi vaahakaige ithuru haiy baeh kiyuntherinnaa hisaabah genesdheveyne eve. Mee alhugandu dhigukoh liyaa furathama vaahaka eve. Liyumuga kusheh vaanama comment eh kollaafa bunedheysheve. IA rangalhu kuraanameve. Vaahaka ah comment kuri namavess zaathee evvess kamakaa gulhuvaigen comment kuraanama alhugandah javaabeh nudheveyne eve. Esfiyage Qavaidhah fethey kamah alhugandah qaboolu kurevey comment thakah ihuthiraamaa eku javaabu dheynameve. Vaahaka kamudhaane kamah ummeedhu kurameve.

    – Zidhan

  2. No one

    Nice starting.. when next part?

    1. Zidhan /R. Vaadhoo
      No one

      Next Monday

  3. Shai

    Kondhuvas thakehga up vaany..???

    1. Zidhan /R. Vaadhoo
      Shai

      Up Kureveynee Every Monday, Wednesday!

  4. @!/!♡♡??

    maasha allah
    nice story
    waiting for next part avahah upkohladhehcheyyyy zecku

    1. Zidhan /R. Vaadhoo
      @!/!♡♡??

      Ok

  5. @!/!♡♡??

    zecku ge story @!/!♡♡ ah vrh nice n vrh kiyaa hithunn abadhu vss kiyanyy….
    happy to see a long story from you thanks zecku

    1. Zidhan /R. Vaadhoo
      @!/!♡♡??

      Thankyou ! ?

  6. Afa???

    Hyvey nic vaanehen…afa dhw hehehe my name is also that..best of luck

  7. Sha

    Very nice. Waiting for next part

    1. Zidhan /R. Vaadhoo
      Sha

      Thankyou ?

  8. afffuu

    owwhhh wowwwwwwwww…..

    1. Zidhan /R. Vaadhoo
      afffuu

      Thankyou ?

  9. Jj

    Mee dhw kuraa kamakee.. mamma kairi nidhansheyy kiyaafa kotari ah vain meehaa ehnu thiulheny.. miah vannaathee balaalee

    1. jj
      Jj

      Afuu ah mibunee

    2. Jj
      Jj

      Mi comment aa zidhan akaa vs neih gulhumeh.. nues ahan dhw kaaku kan ngey hehyey.. offensive ehcheh inihyaa bolhu alhaalaafa dhahkabala

    3. Zidhan /R. Vaadhoo
      Jj

      ahaha bodu kameh! 😉

  10. Bakuru

    Vaahaka liyan dhaskuran feney..

    1. Zidhan /R. Vaadhoo
      Bakuru

      Bakuraa dhaskurumuga hama!?

  11. afffuu

    zidherrrrn…… why affu ge comment delet kury?

    1. Zidhan /R. Vaadhoo
      afffuu

      Afffuu your comment eyndheenu? 🙂

  12. naash

    MAASHA ALLAH… nice startng dear… keep up the gud work??????????❤❤❤❤❤

    1. Zidhan /R. Vaadhoo
      naash

      Thanks ingey! 🙂

  13. Anonymous

    niiiiiiiiiiiiiiiice storyyy

Comments are closed.