ޓީޗަރު ގޮވާކަންވެސް ރެއަކާލީ އަދިކިރިޔާއެވެ. ޔުމްނާ ޓީޗަރުއާ ދިމާލަށް ބަލައިލުމުން އެންމެ ފަހަތުގައި ހުރި ކުއްޖާ އާއި ޖެހިގެން އިން ގޮނޑީގައި އިށީންނުމަށް ބުނެލިއެވެ. ޔުމްނާ މަޑުހިންގުމެއްގައި ގޮސް އިށީންނުމުން ޓީޗަރު އެވަގުތު ކުލާހުން ނިކުމެލިއެވެ. ތީޗަރު ދިޔުމާއެކު ޖެހިގެންހުރި ކުއްޖާ ޔުމްނާ އަށް ތައާރަފްވެލިއެވެ.”ހާއި އަހަރެންނަށް ކިޔަނީ ތޫބާ އެންޑް އައިއޭމް ފުރޮމް ހުޅުމާލެއް. އަމްމް… ޔޫ އަށް ކިޔަނީ ކޮން ނަމެއްތަ”؟ ތޫބާ ވާހަކަ ދައްކަން ފެށުމުން ޔުމްނާވެސް ވާހަކަދެއްކިއެވެ. އަދި ދެމީހުންނަށްވެސް ފްރެންޑްސް ވެވުނީ މިޖާޒު އެއްގޮތްކަމުންނެވެ. 15 މިނެޓްވަރަކަށް ފަހުން އެހެން ޓީޗަރެއް އަހެސް ކިޔަވާދޭންފެށިއެވެ. ޓީޗަރުގެ މޫނަށްވުރެ ބޮޑަށް ބެލުނީ އެނުދަންނަށް ފިރިހެން ކުއްޖާއަށްށެވެ. އެސްފިޔަ ޖަހާލަންވެސް ޔުމްނާ ހަދާންނެތްކަހަލައެވެ. ދޮންމޫނެކެވެ، ”ބުލޮންޑް”އިސްތަށިގަނޑެކެވެ، ނޫ ކަޅިރަވައެކެވެ. ”ވާވް” އެލަފްޒު ނިކުތީ ޔުމްނާގެ ހިތުންނެވެ. އެހެންއިންދައި އެޒުވާނާ އެބުރި ބަލައިލިއެވެ. އެވަގުތު މެއަށް ފިނިވެގެންދިޔައެވެ. އަދިއަވަސް އަވަހަށް ދުރުބަލަންފެށިއެވެ. މިހުރިހާ މަންޒަރެއް ތޫބާ އަށް ފެނުނެވެ. އޭނާ ހުރީ ތީޗަރު ހުރުމުން ހިނިގަނޑު މަތަކޮށްލާގެނެވެ. ތޫބާ މަޑުމަޑުން ޔުމްނާގެ އަތުގައި ކޮއްޓާލާފައި ބުނެލިއެވެ. ”ޔުމް އަޅައިގަތީ ދޯ؟ މި ކުލާހު ވަރަށް ގިނަ ކުދިން އުޅޭ އޭނާއާ ހެދި އެކަމަކު އޭނާ އަޅައެއްވެސް ނުލާ ލައިކް ހީއިޒް ނޮޓް އިންޓްރެސްޓް އޮން ގާލްސް ފިރިހެން ކުދިންގެތޭގައިވެސް ވަރަށް މަދުވާނެ އޭނަގެ އެކުވެރިން އަދި އޭނާގެ ނަމަކީ ޒެކް މީހާއާ އެއްވަރަށް ނަންވެސް ރީތި ދޯ؟ ޔުމްނާ އެއްވެސް ސުވާލެއް ނުކުރަނީސް ކިޔައިދިނުމުން ހުރެވުނީ ހިނިއަހެސްފައެވެ. އަދި މަޑުމަޑުން ޒެކް ގެ ނަން ކިޔާލިއެވެ. އެއްވެސް އިހްތިޔާރަކާ ނުލާ ޒެކްގެ ރީތި ކަމަށް ތައުރީފު ކުރެވުމުން ހުދު ޔުމްނާ އަށް ހައިރާންވެފައެވެ. ހުރިހާ ކުދިންވެސް ބޭރަށް ނިކުތީ ބުރޭކް ގަނޑިއެއް ލިބުމުން ކެންޓީނަށްގޮސް ކައިބޮއި ހަދާލުމަށްށެވެ. ތޫބާ އާއި އެއްކޮށް ޔުމްނާ ވެސް ކެންޓީނަސް ގޮސް އެއްޗެހި ގަތުމަށްފަހު ރުފިޔާ ދައްކާފައި މިސްރާބުޖެހީ އަށި ކައިރިއަށްށެވެ. އެތަނުގައި އެއްޗެހި ބެހެއްޓުމަށް ފަހު ހަމަޖެހިލައިގެން އެތާ އިށީންނުމަށްފަހު އޮލަ ވާހަކައިގައި ތިއްބާ އެއްލިކަޅިއަކުން ފެނުނީ ޒެކް ޔުމްނާ ހުރި ދިމާލަށް އަންނަނިކޮށްށެވެ. ޒެކް ކީއްވެބާ މިދިމާލަށް އެ އަންނަނީ؟ ޔުމްނާގެ ހިތުގައި ސުވާލު އުފެދުނެވެ. މިހުރިހާ ކަމެއް ދުރުގައި ބަލަން މީހަކު ހުރިކަމެއް އެކަކަށްވެސް ނޭންގޭ ކަހަލައެވެ. އެމީހާގެ ހިތުގައިވަނީ ހަސަދައިގެ އަލިފާން ރޯވެފައެވެ.
ރަތާއި ކަޅުގެ ފިނިފެންމަލުން ޖަރީ ކޮށްފައިވާ ބަގީޗާ އެއްފަދަ ދަރުބާރުގޭގައި ހިފާލައިފައިވަނީ ބިރިޔާނީގެ މީރުވަހެވެ. އެތަނަށް ވަންނަމުން ދިޔަ ކޮންމެ މީހެއްގެ އަތުގައި ބޮޑު ޕާރިސަލެއް ވެއެވެ. ނަމަވެސް މިއުފާވެރިކަމުގައި ބައިވެރި ނުވެ ރިޔާޝާ ހުރީ ފޭކް ހިނިތުންވުމެއްގައެވެ. ނަމަވެސް ޒައިންގެ އުންމީދުތައް ފުރިހަމަވުުގެ ސަބަބުން ޒައިންގެ މޫނުމަތިން ފެންނަމުން ދަނީ އުޖާލާކަމެވެ. އާދެ، މިއީ ޒައިން އާއި ރިޔާޝާގެ ކައިވެނި ހަފްލާއެވެ. އިރުކޮޅަކުން ރިޔާޝާގެ ދައްތަ އަރޫފާ އައިސްފޮޓޯ ނެގުމަށް ކިޔަން ފެށިއެވެ. އެހެންވެ، ފޮޓޯ […]
ނޫރްގެ ބަނޑުގައިއެއީ މާހިލްއާއި ނޫރްގެ ލޯބީގެ ނިޝާނެވެ. އެދެމަފިރިންގެ އަލަތު ދަރިފުޅެވެ. މާތް ﷲ ގެ އިރާދަފުޅުން މިލިބެން އުޅޭ ދަރިފުޅަށްޓަކައި ވެސް ނޫރްދެން ކެއްކުރާނެއެވެ. މުނާޒުވެސް ދެން ނޫރް ބަނޑުބޮޑުކަން އިނގުނީމަ އުދަނގުލެއް ނުކުރާނެއޭ ނޫރްގެ ހިތަށްއެރިއެވެ. މާހިލްއަށް ވެސް ނޫރް ބަނޑުބޮޑުކަން އިނގުނީމަ ހާދައުފާވާނެއެވެ. ނަމަވެސް އިސްވެ މާހިލްއަށް ގުޅާކަށް ނޫރްއަކަށް ނުކެރުނެވެ. އިތުރު އެއްވެސް ކަމެއްނެތުމުން ޑޮކްޓަރު ނޫރްގެއަށް ދޫކޮށްލިއެވެ. ޝެޒާ ނޫރްއާއި އެކުގައި ގެއަށްދިޔަ މަގުމަތީގައި ނޫރްއަށް މޭވާކޮޅެއްވެސް ގަނެލަދިނެވެ. ނޫރްގެ […]
ނިކަތް ގައިން ދޫކޮއްލި އަމްރު އަނެއްކާ މައްޗަށް އަރައިގެން ހިނގައްޖެއެވެ. އަޖައިބެއް ކަހަލަގެ ކަމެކެވެ. ލޯމަރާ ތަގުޅި ކޮއްލައިގެން އިން ނިކަތު އެންމެފަހުން ތިރިއަށް ފައިބައިގެން ހިނގައްޖެއެވެ. ގެއަށް ވަން ނިކަތު އެންމެ ފުރަތަމަ ބަލާލީ ސާރާ ފެނޭތޯއެވެ. ސާރާގެ ހަބަރެއް ނުވުމުން ދެން އޭނާ ސޯފާއަށް އަރައި ދެފައި ވައްކޮއްލައިފިއެވެ. ފައިލަށް ބަލަންއިން ނިކަތު ކުރިމައްޗަށް ބަލާލީ އެތަނުގައި މީހެއްގެ ހިލަމެއް ވުމުންނެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެސްފިޔަ ޖަހާލަމުން ނިކަތު ތެދުވެ […]
ހުޅުވިގެން ދިޔަ ދޮރާއި ދިމާއަށް އެވްލީންއަށް ބަލާލެވުނީ ކުއްލިޔަކަށެވެ. ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެގެން އައި ދެމީހުން ފެނުމާއެކު އެވްލީންގެ މޫނަށް ރުޅިވެރިކަން ވެރިވެގެން ދިޔައެވެ. ” ދޭ މިތަނުން….. ” އެވްލީން މަސައްކަތް ކުރަމުން ދިޔައީ އޭނާގެ އަތުގައި އަޅުވާފައިވާ ޗެންޗޭނު ނެއްޓުމަށެވެ. އެވްލީން އެނައްޓަން ކުރަމުންދިޔަ މަސްއަކަތް އެއްގޮތަކަށްވެސް ކާމިޔާބު ވާގޮތެއް ނުވުމުން އެވްލީންގެ ރުޅި ދިޔައީ ގަދަ ވަމުންނެވެ. ” މީ އެވްލީން އަކީ…. މިހާރު 4 އަހަރު ވެދާނެ މިތަނަށް […]
” ދެން އަޅާނުލާ, އެކަންތަށް ނިމި, އާ ކަންތަކެއް ފެށުނީނު, އެެންމެފަހުން މިގޭގަ ހުންނަންވެސް ޖާގަ ލިބުނީ, ކިހާ މޮޅު އަހަރެންގެ އެކްޓިން” ފަޒީލް މިހެން ބުނުމުން ނަޢުހާ އެތަނުން ނުކުމެގެން ދިޔައެވެ. އޭރު ފަޒީލް އެއްޗެކޭ ކިޔަމުން ދިޔައެވެ. އެހެންނަމަވެސް އަޑު އިވޭ ކަމަށް ނަހަދާ ދިޔަގޮތަށް ކޮޓަރިއަށް ވަދެ ބަންލާފައި ދޮރު ޖެހިއެވެ. އޭރު ނަޢުހާ ކޮޓަރިއަށް ދަނިކޮށް ފަޒީލް ބުނި ބަސް ކަންފަތުގައި ގުގުމަމުން ދިޔައެވެ. ސާރާ ގެއަށް ދިޔަގޮތަށް ގޮސް ކޮޓަރިއަށް […]
ރިޔާސާ އަދި ޒައިންް ގެ ކައިވެނި ކުރެވިގެންދިޔައެވެ. ނަފްރަތަކާ ލޯބީ ގެ ފެށުަމޭ މީހުންް ބުނެ އުޅެއެވެ. އެއީ ރިޔާސާ ގަބޫލުކުރާ ވާހަކައެެއް ނޫނެވެ ރިޔާސާ ޒައިން އަށް ކައިވެނި ކުރީ ލޮތްް ބަކުންް ނޫނެވެ. މަންމަގެ އެދުމުގައި ކޮޅު ފައިން ނުޖަހަން ވެއްގެންނެެެެވެ. ެއެއް ކައިވެނިި ކުރީ ނަމަކަށް ކަަަަން ރިޔާސާާ ވަނީ ބުނެފައެވެ. ޒައިން ރިޔާސާ ދެކެވާ ލޮތްްބެއްގެ ބޮޑު ކަމުން ކެތް ކުރިއެވެ މިވާހަކަށް އަށް އންތިޒާރު ކޮޮއްލަވާ!! މީ މި ވާހަކައިގައި […]
ޒީކްގެ ގައިގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށްޖެހިގެން ދިޔައެވެ. ހިތުގެ ހިނގުންވެސް ކުޑަވަގުތުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. ކުރިމަތީގައި ހުރި ޒުވާނާ އާއި ދިމާއަށް ކަޅިޖަހާވެސް ނުލައި ބަލަހައްޓައިގެން ހުރެވުނެވެ. ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ޖީންސެއްގައި ހުރިއިރު ހިތްގައިމުކަމުން އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްލަންވެސް ހަނދާންނެތުނެވެ. އޭނަގެ ހަޔާތުގައިވެސް ދެކެފައިނުވާފަދަ ފުރިހަމަ ރީތި ސޫރައެކެވެ. އިސްކޮޅުން ދިގުކަމާއިއެކު ހަމުގެ ކުލަ އައްޔެވެ. ޒީކްއަށް އެންމެ ކަމުދިޔައީ އެޒުވާނާގެ ބޮލުގެ އިސްތަށިގަނޑުގެ ސްޓައިލެވެ. ރީތިގޮތަކަށް ސްޓައިލްކޮށްލެވިފައިވާއިރު އެޒުވާނާގެ ބަލާލުމުގައި ހިތްދަމައިގަންނަ […]
“ޝައިލީ..އަވަހަށް އާދޭ ސައި ބޯން..މިހާރު އެއޮތް 8 ޖެހީ..” “އާނ މަންމާ މި އަންނަނީ އޭ.. ހޭލައޭ މިއުޅެނީ..” ޝައިލީ މިހެން ބުނެ އަވަހަށް ދަތް އުނގުޅާ ހަދާލައިގެން ނިކުތެވެ.އަދި ގޭ އެންމެނާ އެކު ސައިބޮއެގެން ޝާނާޔާ އެކު މެންދުރަށް ކައްކަން އުޅެގަތެވެ. ކިތަންމެ މުއްސަނދި ވިޔަސް ޝާނާ ނޯކަރެއް ނުގެންގުޅެއެވެ. އޭނާ އަބަދުވެސް އަމިއްލަ ކަންތައްތަ އަމިއްލަޔަށް ކުރުމުން މާހިތްހަމަ ޖެހޭނެ ކަމުގައި ބުނެއެވެ. “ދަރިފުޅާ.. މިއަދު މީ އެއްކަލަ ބައްޕަގެ ރައްޓެހި މީހުން އަންނަ ދުވަހެއްނު.. އެހެންވީމަ މިއއަދު ތަންކޮޅެއް ކުރިން ކައްކާވެސް ނިންމަން ޖެހޭނެ.. އެމީހުން އަންނާނެ 1 ޖަހާކަށް ހާ އިރު.. ބައްޕަ ދާނެ އެމީހުން ބަލާ އެއާޕޯޓަށް..” ޝާނާ މިހެން ބުނުމުން ޝައިލީ އޭނައަށް ބަލާލާފަ ކިތައް މީހުން އާދޭ ހެއްޔޭ އަހާލިއެވެ. “5 މީހުން އަންނަނީ.. ދަރިފުޅާ އެއްވަރުގެ އަންހެން ކުއްޖަކާއި ދޮންބެއަށ ވުރެ އެއް އަހަރުކަން ދެ އަހަރުކަން ނޭނގެ ބޮޑު ފިރިހެން ކުއްޖަކާއި އެއަށްވުރެ ތަންކޮޅެއް ކުޑަ ފިރިހެން ކުއްޖެއް.. ދެން ޒައިނަބްގެ ދެމަފިރިން..” މަންމާ އެއީ ކޮން ރަށެއްގެ ބައެއްތަ؟” “އެއީ މީދޫ ބައެއް..10 ދުވަހަށް އަންނަނީ..” ޝާނާ އޮޅުންފިލުވާ ދިނެވެ. މީދޫ ބުނުމުން ޝައިލީގެ ހިތް ތެޅިލިއެވެ. ހީވަނީ މީދޫ އާއި އޭނާއާ ކޮންމެވެސް ގުޅުމެއް ވަނި ހެންނެވެ. އިރުކޮޅކުން ޝާނިމް އައިސް ބަދިގެއަށް ވަދެ މަންމާ ބަނޑުހައި ވެއްޖެޔޭ ބުނެލިއެވެ. “މިއަދު ތިހާ ފަސޭހައިން ކާކަށް ނުލިބޭނެ އިނގޭ.. މިއަދު ބައްޕަގެ ރައްޓެހި މީހުން އައިމަ އެމީހުންނާއެކު ކެވޭނީ.. ދޭ ބައްޕަޔާއެކު އެމީހުން ބަލާ ދާން..” ށާނާ މިހެން ބުނުމުން ޝާނިމް މޫނަށް ފޫހި ވައްތަރެއް ޖައްސާލަމުން ދެންންން އޭ ކިޔާލިއެވެ. އަދި ޝައިލީއާ ދިމާލަށް ވައްތަރެއް ޖައްސާލަމުން ހިނގައިގަތެވެ. ޝައިލީވެސް ބާރަކަށް ހެއްލެ ބޮޅެކޭ ކިޔާ ވައްތަރެއް ޖއްސާލިއެވެ. މިއީ އަބަދުގެވެސް އާދައެވެ. މި ދެކުދިންނަށް އެކަކު އަނެކަކާ ނުބެހި އެންމެ ސިކުންތެއް ވެސް ހޭދަ ކޮށްލުމަކީ މަރުވުން ފަދަ ކަމެކެވެ.އެހާވެސް އެދެމެދުގައި ވާލޯބީގެ ބާރު ގަދައެވެ. “ދަރިފުޅާ… ދެން ދޭ އެމީހުން އަންނަން ވާއިރަށް ނަމާދު ކޮށްގެން ރީތިވެލަން.. މިހާރު ބައްޕަމެން ވެސް ހިނގައްޖެ އެމީހުން ބަލާ ގޮސް.. މަންމަވެސް މިދަނީ ކުޑަކޮށް ފްރެޝް ވެލަން..” ޝައިލީ ރީތި ވެގެން ނިކުތް އިރު ޝާނާ ސޯފާގައި އިނެވެ.ޝައިލީ ވެސް ސޯފާގައި އެމީހުންގެ އިންތިޒާރުގައި ޖައްސާލިއެވެ. މާގިނަ އިރުތަކެއް ނުވެ ގޭގެ ބެލް ޖަހާލި އަޑު އިވުނެވެ. ޝާނާ އަވަސް އަވަހަށް ގޮސް ދޮރު ހުޅުވާލިއެވެ. ފަހަރަކު މީހަކު ވަންނަމުން ގޮސް އެންމެ ފަހުން ވަން މީހާ ފެނުމާއެކު ޝައިލީގެ ހިތް ތެޅިގަތީ ވަކި ވަރެއް ބަލާފައެއް ނޫނެވެ. -ނުނިމޭ-