Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިތް އެދުނަސް… (8)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
October 16, 2018 6 Mins Read
7 Comments

“ނަސީބަކުން ކަށިގަނޑަށް ކަމެއް ވެފައެތް ނެތް ދޯ” އެކްސްރޭ ބަލާލާފައި ޒައިން އަތަށް ދެމުން މިކްޔަން ބުނެލިއެވެ. އެ ގަޑިއަކީ އީނާލް ވެސް ބްރޭކަށް ދާން ވެގެން ނުކުތް ގަޑި އަށް ވުމާއެކު އީނާލް އަށް މިކްޔަން ދެއްކި ވާހަކަ ތައް ރަނގަޅަށް އަޑު އިވުނެވެ. އޭނާ އަށް ދެބުމަ އަރުވާލެވުނެވެ. އެހެންނަމަވެސް އިތުރަށް އެއްވެސް އެއްޗެއް ބުނާ ހިޔާލެއް އޭނާ ނުކުރިއެވެ. ނުކުތް އިނާލް ފެނި މިކްޔަން ހިނިތުންވެލިއެވެ. އަދި އެއަށްފަހު އޭނާ އީނާލް ގާތަށް ޖެހިލިއެވެ. އަދި އަތުން ޑޮކްޓާރސް ލައުންޖާ ދިމާލަށް އިޝާރާތް ކޮށްލިއެވެ. އީނާލް ވެސް ޒައިން އާ ދިމާލަށް ބަލާލާ ބޯ ޖަހާލުމަށް ފަހު ހިނިތުންވެލާ ކުރިއަށް ބަލަމުން ހިނގައިގަތެވެ. އެމީހުން ގޮސް ލައުންޖަށް ވަންނަން ލަނބާލަންދެން ޒައިން އެ ދިމާލަށް ބަލަން އިނެވެ.

އީނާލް ގޮސް ސޯފާގައި އިށީނެވެ. އޭނާ ގެ ކުރިމައްޗަށް ވާ ގޮތަށް މިކްޔަން ވެސް އިށީނެވެ. “ވަޓް ހެޕެންޑް ޑޮކްޓަރ މިކްޔަން… ކޭސް ގެ ވާހަކަ ބުނެލަދީ މިހާރު” އީނާލް ބުނެލިއެވެ. މިކްޔަން އޭނާ އާއި ކިތަންމެ ގާތް ކޮށް ވާހަކަ ދެއްކިޔަސް އީނާލް އެގޮތް ބޭނުން ނުވާފަދައެވެ.

“އެއީ ޑެންގީ ކޭސް އާ ބެހޭ ގޮތުން…” މިކްޔަން އަށް ބުނާނެ އެއްޗެއް ނޭނގި ބުނެވުނެވެ.

“އެ ކޭސް އާ ބެހޭ ގޮތުން ޑިސްކަސް ކުރީމެއްނު؟” އީނާލް ވަގުތުން ޖަވާބު ދިނެވެ.

“އޯހް… ކުރެވުނުތަ؟” މިކްޔަން ގެ މޫނުމަތިން ހާސް ކަން ފެނިގެން ދިޔައެވެ. ލަދުވތިކަން ވެސް ކޮންމެވެސް ވަރަކަށް ފެނުނެވެ.

“އެކަމަކުވެސް އަހަރެން ބޭނުން އެ ކޭސްގެ މައުލޫމާތު… އީނާލް ބެލީމެއްނު… ކިޔައިދީ ބަލަ މިހާރު ގޮސްފަ އޮތް ހިސާބު؟” ގެއަށް ދިޔަ އިރު ނަރުސްކުއްޖާގެ ފަރާތުން ފުރިހަމަ މައުލޫމާތު މިކްޔަން އަށް ލިބިފައި ވީނަމަވެސް އޭނާ ދެރަނުވާންވެގެން ވާހަކަ ދެއްކިއެވެ.

“ހޫމް… އޯކޭ.. އަންނާނަން ފައިލް ހިފައިގެން” އީނާލް ތެދުވެގެން ހިނގައިގަތީ ފައިލް ބަލައެވެ. އީނާލް ދިޔުމާއެކު މިކްޔަން އަމިއްލަ ބޮލުގައި ދެތިން ފަހަރަކު ޖަހާލިއެވެ. “ޔޫ ފޫލް” އޭނާ އަމިއްލަ ނަފްސަށް ބުނެލިއެވެ.

އެނބުރި ފައިލް ހިފައިގެން އީނާލް އައި އިރު އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔަ އަސަރުތައް ދެނެގަންނާކަށް މިކްޔަން އަކަށް ނޭނގުނެވެ. އެހެންނަމަވެސް އިނގޭހާވެސް އެއްޗަކީ އީނާލް އަށް ކޮންމެވެސް ކަމެއް ވެއްޖެކަމެވެ.

ފައިލް މޭޒުމަތީ ބެއިން ދުމަށްފަހު އީނާލް ފައިލްގައިވާ އެއްޗެހި މިކްޔަން އަށް ކިޔައިދޭން ފެށިއެވެ. އޭނާ ގެ ނަޒަރު އެންމެ ފަހަރަކުވެސް މިކްޔަން އަށް ނުހުއްޓެއެވެ. އެހެންނަމަވެސް މިކްޔަން ގެ ނަޒަރު ހުރީ އީނާލް އަށް ހުއްޓިފައެވެ. އޭނާ އަށް އީނާލް ކިޔައިދޭ އެއްވެސް އެއްޗަކަށް ސަމާލްކަން ދެވޭ ގޮތެއް ނުވެއެވެ.

މިކްޔަން ސިހުނީ އީނާލް މިކްޔަން އަށް ގޮވާލުމުންނެވެ. “އެގިލައްވައިފިތޯ؟” އީނާލް އަހައިލިއެވެ. އެއާއެކު މިކްޔަން ބޯޖަހާލިއެވެ. އޭރު އޭނާގެ މޫނުމަތިން ހަމަޖެހެން މަސައްކަތް ކުރަމުން ދިޔަ ކަމުގެ އަސަރުތައް ފެންނަމުން ދިޔައެވެ.

“ދެންމެ ޑޮކްޓަރަށް ދައްކަން އައި ކުއްޖާ ގެ ކަށިގަނޑަށް ކަމެއް ވެފަ އެތް ނެތްދޯ؟” ކުއްލިއަކަށް މިކްޔަން އަހާލިއެވެ. “ޔެސް ނެތް… ނަސީބެއްނު” އީނާލް އަށް ބުނެވުނެވެ. “ވެއިޓް… ޑޮކްޓަރ ކީއްވެތޯ ތި އަހާލީ” އީނާލް އަށް ދެވަނަ ސިކުންތުގައި ސިހިފައި ސުވާލު ކޮށްލެވުނެވެ.

“އެއީ މިއަދު އަހަހަރެންގެ ސައިކަލުން ޖެހިފަ އެކްސިޑެންޓް ވި ކުއްޖެކޭ” އަނގަޔަށް ގޮތެއް ހަދާލަމުން މިކްޔަން ބުނެލިއެވެ. “އޯހް” ލިބުނު ހައިރާން ކަމުގައި އީނާލް އަށް ހަމައެކަނި ބުނެވުނީ އެހެންނެވެ.

އީނާލް މިކްޔަން އަށް ބަލާލުމަށްފަހު އޭނާ އެއްޗެއް ކާން ބޭނުންވާ ކަމަށާއި އެއީ ބްރޭކް ގަޑި ކަމަށް ބުނެލިއެވެ. މިކްޔަން ވެސް ބޯ ޖަހާލުމަށްފަހު އިތުރަށް ސުވާލު ކުރުމެއް ނެތި އެތަނުން ދިޔައީއެވެ. މިކްޔަން ދިޔުމާއެކު އީނާލް ފުން ނޭވާއެއް ދޫކޮށްލަމުން ދެ ފަރާތަށް ބޯ ހޫރުވާލިއެވެ. މިކްޔަން ގެ ފަރާތުން ފެންނަ އަމަލް ތަކަކީ އޭނާ އެހާ ގަޔާވާ އަމަލް ތަކެތް ނޫނެވެ. އީނާލް މަސައްކަތް ކުރަން ފެށިފަހުން ވެސް ދެ ކުއްޖަކާ އެކު އީނާލް އަށް މިކްޔަން ވަނީ ފެނިފައެވެ. އެހެންކަމުން މިކްޔަން އާ މެދު އޭނާ ގެ ހިތަށް ވަނީ ފޫހިކަން ވެރިވެފައެވެ.

އީނާލް ހިނގައިގަތީ ގަޑިއަށް ބަލާލަމުންނެވެ. ނުކުމެ ބަލާލިއިރު ޒައިން ފެންނާކަށް ނެތެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ ރޫމާ ދިމާލަށް ހިނގައިގަތީ މިކްޔަން އާ ހެދި ކެއުމުގެ މޫޑު ވެސް ދިޔުމުންނެވެ.

ހުކުރު ދުވަހެކެވެ. ހަވީރުގެ ހިތްގައިމު ވަގުތުގައި އީނާލް ވެސް އަތިރި މައްޗަށް ނުކުމެލީ ސަމާ އާއެކު ގައެވެ. އަތިރި މަތީގައި ހުރި ހޮޅު އަށި ތަކާ ދިމާލުގައި ހުރި އުނދޯލިތަކުން އުނދޯއްޔެއްގައި ދެމީހުން އިށީނެވެ. ސަމާ އަށް ފޯނެއް އައުމުން އޭނާ ތަންކޮލެއް ދުރަށް ޖެހިލި ވަގުތެވެ.

ސައިކަލުގައި މަޑު ކޮށްލައިގެން އިން މިކްޔަން އަށް އެއްލި ކަޅިއަކުން އީނާލް ލޮލުގައި އަޅައިގަތެވެ. އެއާއެކު އޭނާ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެތް ވެރިކޮށްލުމާއެކު އެދިމާލަށް ދުއްވައިލިއެވެ. އަދި ގޮސް އެ ޖޯލި ތަކާ ދިމާލުގައި މަޑު ކޮށްލިއެވެ. އަދި އީނާލް އަށް ގޮވާލިއެވެ.

ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން އުނދޯލީގައި އޮށޯވެގެން އޮތް އީނާލް ސިއްސައިގެން ދިޔައީ އޭނާ އަށް މީހަކު ގޮވާލި އަޑަށެވެ. ފޯން ތިރި ކޮށްލަމުން އޭނާ އެ މީހަކާ ދިމާލަށް ބަލާލިއެވެ. މިކްޔަން އަށް ވުމާއެކު އޭނާގެ ހިތަށް ފޫހިކަން ވެރިވެގެން ދިޔައެވެ. އޭނާ މިކްޔަން އަށް ބަލަލާ ހިނިތުންވެލިއެވެ.

އެދިމާލުން ސައިކަލުގައި ރައްޓެއްސެއް ފަހަތަށް އަރުވައިގެން ދިޔަ ނާޖިދު އަށް އީނާލް އާއި މިކްޔަން ލޮލުގައި އަޅައިގަތެވެ. އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

އީނާލް އާއި ވާހަކަ ދައްކައިލަން ހުރެފައި މިކްޔަން ދާން އަވަސް ވެގަތީ އެ ދިމާލަށް އައިސް ހުއްޓުނު ސަމާ ފެނިފައެވެ. އޭނާ ސަމާއަށް ވެސް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. “ހާދަ ސްމާޓޭ ދޯ އޭނަ” ސަމާ ބުނެލިއެވެ. އެއްވެސް އެއްޗެއް ބުނުމެތް ނެތި އީނާލް ސަމާ އާއި އެހެން ވާހަކަ އެއް ދައްކަން ފެށިއެވެ.

އަޔާން ވެސް ހުކުރު ދުވަހަށް ވުމާއެކު ގޭގައި ހުންނަ ހިޔާލެއް ނުކުރިއެވެ. ހަވީރު ގެއިން ނައްޓާލީ އެކުވެރިކަންތަކަކާއެކު ފަރުމަސް ބާނަން ދިޔުމަށެވެ. މަސް ބާނައި ހަދައިގެން އެމީހުން ދިޔައީ ރަށް ކައިރީގައި އޮތް ފިނޮޅަކަށެވެ. ފިނޮޅަށް ގޮސް އެތަނުގައި މަސް ކޮށާ ހަދައިގެން ރަށާ ދިމާލަށް މިސްރާބުޖެހިއިރު އިރު އޮއްސެނީއެވެ. “އޭތް މިރޭ ރަނގަޅުވާނެ ބާބިކިއު އެއް ހަދަން… ދޯ” އެތަނުން އެއްކުއްޖަކު ބުނެލިއެވެ. އެ ކުއްޖާގެ ހިޔާލަށް އަޔާން ގެ އިތުރުން ދެން ތިބި ކުދިންވެސް ތާއީދު ކުރިއެވެ. ރަށުގެ ތުނޑިއާއި ދިމާލުގައި މަސްތައް ރީއްޗަށް އަތުރާލުމަށްފަހު ސައިކަލު ތަކުގައި އެކި މީހުން އެކި އެއްޗެހި ހޯ ދުމަށް ރަށުތެރެއަށް މިސްރާބުޖެހިއެވެ. “މި ވީ ގޮތުން އެކަކު ތާ މި ޖެހުނީ މިތާ މަޑު ކުރަން” އެތަނުން އެންމެ ބޮޑަށް ހުރި ޝާއިލް ބުނެލިއެވެ. “އަހަރެން މަޑު ކޮށްފާނަން… ދޭ ގޮސްލާފަ އަންނަން އޯކޭ އެއްނު” އެތަނުގައި އެކަނި ހުންނަން އިސްނެގީ އަޔާން އެވެ. “އޯކޭ ބްރޯ… މި އަންނަނީ…. އަހަރެމެން މާ ލަހެއް ނުވާނެ… ސައިކުގަ ވިއްޔަ މިއުޅެނީ” ޝާއިލް ބުނެލިއެވެ.

“އޯކޭ ޑަން ބަޑީ” އަޔާން ބުނެލިއެވެ. އޭނާ ތެމިފައި ހުރި އިސްތަށިގަނޑުން ފެންތައް ފޮޅާލުމުގެ ނިޔަތުގައި ދެފަރާތަށް ބޯ ހަލުވާލިއެވެ.

މަގުގެ ދެކޮޅު ބެލުމެއް ނެތި ކުރިއަށް ހިނގަމުނ ދިޔަ މަލަކް ގެ ނަޒަރު ހުއްޓިފައިވަނީ ރަށުގެ ތުނޑިއަށެވެ. އޭނާ މަޑު ހިނގުމެއްގައި ގޮސް މަޑު ކޮށްލީ ރަށުގެ ހޭޅިފަށުގެ ގަސްތައް ކައިރީގައެވެ. އުޑު މައްޗަށް ބަލާލާ މަލަކް ފުން ނޭވާއެއްލިޔެވެ. ކޮންމެވެސް ވަރަކަށް ވައި ޖެހެމުން ދިޔައީތީ މަލަކް ގެ ހެދުން ވެސް އެ ސަކަރާތުގައި ބައިވެރިވިއެވެ. އަޅާފައިވާ ޝޯލް ވެސް ވަޔާއެކު ވިހުރެމުން ދިޔައެވެ. މަލަކް ކުރިމަތިން ފެންނަމުން ދިޔަ މޫދާ ދިމާލަށް ނަޒަރު ހުއްޓާލިއެވެ. ހަނދުވަރުގެ އަލިން އެ ހިސާބު ޒީނަތް ތެރިވެފައި ވާއިރު ހަނދުގެ އަލި މޫދުގެ ލޮނުގަޑަށް އެޅިފައިވާ ހިތް ގައިމު ގޮތުންވެސް ބަލާ ފޫހިނުވާނެއެވެ. އޭނާ ގެ ކޯތާފަތަށް ތެތްކަމެއް އިހްސާސް ވުމާއެކު އަތުގެ ނުފުށުން ކަރުނަތައް ފޮހެލިއެވެ. އަދި އަނެއްކާވެސް މޫދުގެ ލޮނުގަނޑާ ދިމާލަށް ނަޒަރު ހުއްޓާލިއެވެ.

މަލަކް ގެ ކޮންމެ ހަރަކާތަތަށް ފާރަވެރިވެގެން އިތުރު މީހަކު ހުރިކަމެއް މަލަކް ނުދަނެ ހުއްޓެވެ. ރޮވެގެން ރޮވެމުން ގޮސް އަޑު މަޑު ގިސްލުމަކަށް ބަދަލް ވެގެން ދިޔަ އިރުވެސް އެމީހަކު މަލަކް އަށް ސަމާލް ކަން ދެމުން ދިޔައެވެ. އެހެންނަމަވެސް މަލަކް ގެ ހިތްދަތި ވޭނީ ރުއިމުގެ އަޑު އިވިފައި އެ މީހަކަށް ކެތް ނުވީއެވެ. ކުއްލިއަކަށް މަލަކް ގެ ފަހަތުން އައިސް އެމީހަކާ ދިމާލަށް މަލަކް އަނބުރުވާލައިފިއެވެ.

މަލަކް ގެ އަނގައިން ހަޅޭކެއްގެ އަޑު ނުކުތެވެ. “އާހް…”

“މަލަކް… އިޓްސް މީ” އަޔާން ގެ އަޑު ޖެހުމާއެކު މަލަކް އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

“މަލަކް ވަޓް ހެޕެންޑް… ޓެލް މީ” އަޔާން ގެ އަޑުގައިވަނީ އޯގާތެރިކަމެވެ. އެކަމުގެ ސަބަބުން އިތުރަށް ރޮވުން ނޫން ކަމެއް މަލަކް އަކަށް ނުކުރެވުނެވެ.

“މަލަކް ޖަސްޓް ޓެލް މީ” އަޔާން ގެ އަޑު މަޑުވެފައި އެ އަޑުގައިވެސް ނޭނގޭ ބާރުވެރިކަމެއް ވެއެވެ. މަލަކް އާ މެދު އޭނާ ވިސްނާ ވަރު އެ އަޑުން އެކަނިވެސް ހާމަވޭވޭ ހުއްޓެވެ. މަލަކް އަށް ކަމެއް ވެދާނެތީ އެ ހިތް ބިރުގަނެފައިވާ ވަރު މަލަކް އަށް އިހްސާސް ކުރެވެއެވެ. “މަލަކް ޖަސްޓް ޓެލް މީ… އައި ކޭންޓް ސީ ޔޫ ލައިކް ދިސް” މަލަކް ގެ ފަރާތުން މާ އެދެވޭ ޖަވާބެއް ނުލިބޭނެކަން އެނގޭ އިރުވެސް އަޔާން އަހާލިއެވެ.

“އަޔާން ގެ ޖުމްލަ އާއެކު މަލަކް ގެ ބަޑި ފަޅައިގެން ދިޔައެވެ. އޭނާ އަޔާން ގެ ގައިގައި ބާރަކަށް ބައްދައިގަނެގެން ރޯން ފެށީއެވެ. މަލަކް އަށް ވީ ގޮތް ނޭނގި ހުރި އަޔާން ހުރީ މަލަކް ގެ ކޮނޑުގައި އަތް ޖައްސާލަން ވެސް ބިރުންނެވެ. މަލަކް އޭނާ އާއި ދުރުވާނެހެން ހީވަނީއެވެ. “އައި އެމް ސޮރީ” މަލަކް ގެ އަނގައިން ގިސްލަމުން ނުކުތް އެ ބަސް ތަކުގެ ސަބަބުން އަޔާން އަށް ވެސް ލޯ މަރާލެވުނެވެ. މަލަކް “ސޮރީ” އޭ ބުނީ ކަނޑައެޅިގެން ކީއްވެގެން ކަން ނޭނގުނު ކަމުގައިވިނަމަވެސް މަލަކް އަނބުރާ އޭނާގެ ގާތަށް އަތުވެދާނޭ ކަމުގެ އުންމީދެއް އަޔާން ގެ ހިތުގައި ވެއެވެ. އޭނާ މަލަކް ގެ ބުރަކަށީގައި މަޑު މަޑުން ފިރުމާލިއެވެ. މަލަކް ހުއްޓުވަން އިތުރަށް އެއްޗެއް ބުނާކަށް އަޔާން ނޫޅުނެވެ. އޭނާ ހުރީ މަލަކް ރޯ ވަރަކަށް ރޯން ދެން ފުރުސަތު ދީގެނެވެ. އެ ހިތުގައި ވާހާ އުދާހެއް ކަރުނައިގެ ސިފައިގައި މަލަކް ބޭރު ކުރާނެ ވަރަކަށް ބޭރު ކުރަން ދެނެވެ.

މަލަކް އާއި ކުރަން ބޭނުންވާ އެތަކެއް ސުވާލެއް ހުރުނަމަވެސް އެއިން އެއްވެސް ސުވާލަށް މި ވަގުތު ކުރާކަށް އަޔާން ބޭނުމެއް ނުވިއެވެ. މަލަކް އަށް އިތުރު ނުތަނަވަސް ކަމެއް ލިބެން ބޭނުން ނުވަނީއެވެ.

އެތައް އިރަކު އަޔާން ގެ އަތުގެ ހިމާޔަތުގައި މަލަކް ހުރުމަށްފަހު ބޯ ހިއްލާލާ އޭނާ އަޔާން އަށް ފުރަގަސް ދިނެވެ. އަދި އެއަށްފަހު އަތުން ދެލޯ ފުހެލިއެވެ.

ތުންފަތުގައި ދަތް އަޅާލީ އިތުރަށް ގިސްލުމުގެ އަޑު ބޭރުވިޔަ ނުދިނުމަށެވެ. އެހެންނަމަވެސް އިރު އިރު ކޮޅުން މަލަކް ގެ ތުންފަތް ފޫ އަޅުވާލައިފައި އެ ނުކުންނަ ވޭނީ “އާހް” ތަކުން އަޔާން ގެ ހިތަށް ވެސް ތަދުވެއެވެ. އެހެންނަމަވެސް ހަރަކާތެއްވެސް ކޮށްލަން ނުކެރިފައި އޭނާ އަށް ހުރެވުނީ މަލަކް ގެ އެ ގިސްލުމާއި ވޭނީ “އާހް” ތަކުން އޭނާގެ ހިތަށް ވެސް ނޭނގޭ ތަދެއް އިހްސާސް ވާތިއެވެ. މަލަކް އެ ގޮތަށް ރޯނީ ހާދަ ދެރަވީމައޭ އޭނާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް މަލަކް ގެ އަނގައިން މަލަކް  އެ ރޯ ސަބަބެއް ހޯދާނީ ކިހިނެތްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްކޮށް އަޔާން ވަރުބަލިވެއްޖެއެވެ.

“މަލަކް” މަލަކް އެއްޗެއް ނުބުނިތާ ނުވެސް އެނބުރި ގިނަ އިރުވާން ފެށުމުން އަޔާން ގޮވާލިއެވެ. “ހޫމް” މަލަކް އަނގައިން ހޫމް އެއް ލައްވާލިއެވެ. އެ އަޑު ވަނީ ކުރެހިފައެވެ. ވާހަކަ ދައްކާނެހާ ހިތްވަރުވެސް މަލަކް ގެ ގައިގައި ނެތީ ކަންނޭގެއެވެ.

“މަލަކް” ދެވަނަ ފަހަރަށް ވެސް އަޔާން ގޮވާލިއެވެ. އޭނާ މަޑު ކޮށްގެން ހުރީ އެއްފަހަރުވެސް މަލަކް އޭނާ އާއި ދިމާލަށް އެނބުރޭތޯއެވެ. އެހެންނަމަވެސް މަލަކް އެ ހުރި ގޮތަށް ހުރީއެވެ. އޭނާ ކުރިއަށް އެއް ފިޔަވަޅު އަޅާލާ މަލަކް ގެ އަތުގައި ހިފާލިއެވެ. އަދި އޭނާ އާއި ވީ ފަރާތަށް މަލަކް އަނބުރާލިއެވެ. އެއަށްފަހު ދެ އަތުން މަލަކް ގެ ކޯތާފަތުގައި ހިފައްޓާލާ އޭނާގެ ލޮލާ މަލަކް ގެ ލޯ ސީދާ ކުރުވިއެވެ. އަދި މަލަކް ގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެދިނެވެ. މަލަކް އިސްޖެހިގެން ދިޔައެވެ.

“މަލަކް… ލުކް އެޓް މީ” އަޔާން ބުނެލިއެވެ. އަޔާން ގެ އަޑުގައިވި އާދޭހުން މިފަހަރު އެ ދެލޮލާ ސީދާކުރުވަން މަލަކް ގެ އަމިއްލަ ނަފްސުވެސް މަޖުބޫރު ކުރުވައިފިއެވެ. އޭނާ މަޑުމަޑުން އަޔާން ގެ ލޮލަށް ބަލާލިއެވެ. ފަނޑު އަލިކަމުގެ ތެރެއިން ވެސް މަލަކް އަށް އަޔާން ގެ ލޮލުގެ ތޫނުކަން އިހްސާސް ކުރެވުނެވެ. އޭނާ ގެ މުށް ކަވާފައި އޮތް އަތަށް ބާރު ކޮށްލިއެވެ. އަދި ލޯ މަރާލިއެވެ. އަޔާން ގެ ނަޒަރު މަލަކް ގެ އަތަށް ހުއްޓޭކަށް މާކަ ގިނަ އިރެއް ނުނެގިއެވެ. އޭނާ މަލަކް ގެ އަތުގައި ހިފާލިއެވެ. އަދި އެ އަތް މައްޗަށް ނަގާ އެ މުށް ހުޅުވާލިއެވެ. ރޭގަނޑުގެ އަނދިރި ކަމުގެ ތެރެއިން އެ އަތުގެ ތެރޭގައި އޮތް ކެވެލި ކޮޅު ވިދާލިއެވެ. އަޔާން އަށް މަލަކް ގެ މޫނަށް ބަލާލެވުނެވެ. މަލަކް ގެ ނަޒަރުވެސް ހުރީ އަތުގައި އޮތް ކެވެލި ކޮޅަށް ހުއްޓިފައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ހޯދޭތޯ މަންޒިލެއް… 4

Next

ދުޢާ 29

Next
October 16, 2018

ދުޢާ 29

Previews
October 16, 2018

ހޯދޭތޯ މަންޒިލެއް… 4

7 Comments!

  1. Naju says:
    October 16, 2018 at 10:04 pm

    Alhey haadha kurey bt story v nice ?????

  2. Hi Mi says:
    October 16, 2018 at 10:24 pm

    Salaam. Heres the 8 th part. Sorry for the short chap. Just got free today. Thankyou for the support ingey. Jazakallah khairan.

  3. Love U ?? says:
    October 16, 2018 at 10:45 pm

    ވަރަށް ރީތި މި ޕާޓް

  4. Aysh says:
    October 17, 2018 at 4:41 am

    Vv Dalhousie mi part next part kikaahitun hureveny kenoon sifa kohdinuntah v furihama denvany kihinehbaa…. ????

  5. Lotus says:
    October 17, 2018 at 6:56 am

    Looking forward to the next part.. pls upload soon..
    Keep it up himi dear ?

  6. Pinky shifoo says:
    October 17, 2018 at 7:36 am

    Woww ???… Mi part vx hama superb ingey Hi Mi ???❤️❤️❤️.. V v v reethi ❤️❤️❤️??????????????????… Sifakurunthah hama obiness to the max ???❤️❤️❤️???… Heevany manzaruthah loa kurimathyga hingaa manzaruthakeh henn ??????… Keep up the good Hi Mi ???❤️❤️❤️?????????… Even it is short upkohla dhinyma v happy ???… Haadha curious kuruvaafa ey thi ninmaalee ???… Mihaaru vx next part kiyaalaahithun kehmadhuvehje ???… Alhe malak mifaharu bunaane nama dhw kihineh kann veee ???… Hi Mi ehaa bxy koh ulhemunvx Hi Mi story genesdheythy v happy ???… I really appreciate your hard work ???❤️❤️❤️???… Curiously waiting for the next part ???… Lots of love and take care my favourite writer Hi Mi ❤️❤️❤️??????????????????…

  7. Hi Mi says:
    October 17, 2018 at 5:01 pm

    In Sha Allah. Next ep on friday nyt. Tonyt bixi kamun type kohfa inas upload kuran timr nivedhaane thy. Will be out. Thats why. Hope u will all understand.

Comments are closed.

Next Episodeހިތް އެދުނަސް… (9)←


All Right Reserved!