‘ޕޮލިސް ކާރުގެ އަޑު…” އަނެއްކާވެސް ދަންނަ އަޑުއިވުމުން އަމްރު ލޯ ހަނިކޮއްލަމުން ލޯމަރާލައިގެން އަވަސްއަވަހާއި ނޭވާލާން އިން ނިކަތްގެ ބޮލުގައި ފިރުމާލިއެވެ. އެކަން އިހްސާސް ކުރެވުނު ނިކަތް ލޯހުޅުވާލަމުން އަމްރުގެ މޫނަށް ބަލާލިއެވެ. ޕޮލިހުންނ އެތަނަށް އަންނަން އޮތީ ދިހައެއް ޖަހާއިރު ކަމުގައިވިއަސް ކުރިން އައީ އަމްރުގެ މެސެޖްއަކަށެވެ. ނަމަވެސް އައިލެއް ތަންކޮޅެއް ލަހީއެވެ. ކާރުގެ ބަރުގޮން އިންޑިއާ މީހުން އިވޭވަރަށް ބާރުކޮއްގެން އައުމުން އެންމެނަށްވެސް އަޑު އިވޭނެއެވެ. ޕޮލިހުން އައިސް އެގެއަށް ވަނުމުން އަމްރު ތެދުވީ […]
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ފޯނަށް މެސެޖެއްއައި އަޑަށް ވިލްޝާ އަވަސް އަވަހަށް ފޯނުނަގައި މެސެޖް ކިޔާލިއެވެ. ” ފެރީ ޓާރމިނަލް ކައިރިއަށް އާދޭ ފައިސާ ބަލާ…” މެސެޖްގައި ލިޔެފައި އޮތެވެ. ވިލްޝާ އަވަސްވެގަތީ ކޮޓަރިން ނިކުތުމަށެވެ. ނަރުހުން ތިބުމަށް ޚާއްސަކުރެވިފައިވާ ބަޔާއި ފެރީ ޓާރމިނަލްއާއި ފުދޭވަރަކަށް ކައިރިވުމުން ފެރީ ޓާރމިނަލްއާއި ހިސާބަށް 5 މިނެޓްތެރޭގައި ދެވުނެވެ. ވިލްޝާ މުޅިތަނަށް ނަޒަރު ހިންގާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ވިލްޝާގެ ހިތް ބިރުވެރިކަމުން ވަށާލީ ފުރަގަހުން މީހަކު އައިސް […]
މެންދުރުއްސުރެ އުޑުމަތި ބައްދަމުންއައި ބޯކަޅު ވިލާތަކުން ވާރޭ އޮއްސައިގަތީ ކުއްލިއަކަށެވެ. ޖެހެމުން ދިޔަ ވައިރޯޅިވެސް ދިޔައި ބާރުވަމުނެވެ. ހީވަނި ގަސްތައް މުލުން ލުހެލައިފާނެހެންނެވެ. މުޅި ދުނިޔެ ހީވަނީ ކަޅުސާލެއް އޮޅައިލާގެން އޮފަދައެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަނީ އަނދިރިކަމެވެ. ވެހެމުން ދިޔަ ބޯވާރޭގަނޑު ތެރޭގައި ހުއްޓުންއަރަފައި ސަހަރާގެ ތެރޭގައި އެކަނި އަރްޒަމް ހުރީ އެތަނުންދާން ބޭނުންދުވެފައެވެ. ދާނީވެސް ކިހިނަކުން ހެއްޔެވެ؟ ދާދި ދެންމޭކު ކަށުކަމާކެމީގެ ކަންތައް ނިންމައިލުމަށްފަހު ބިމުގެ ތެރައާށްލައި ފަސްއެލެވުނީ އޭނާގެެ އަލަތު ލޯތްބެވެ. އުފަލާއި […]
ހޫނުފެނުން ނުހަނު ހަމަޖެހިގެން ފެންވަރާލައިގެން ނިކުން ނުމާލް ތައްޔާރުވަމުން ދަނީ ފަތިސް ނަމާދުގެ ބަންގީގެ ކުރިން މިސްކިތައް ދެވޭތޯއެވެ. ޢެއީ އޭނާގެ އާދައެވެ. ދުވަހުގެ ފެށުން ފަތިސް ނަމާދުން ފެށުމަށް ޚާއްސަ ސަމާލްކަމެއް ދެއެވެ. މަޑު ނޫކުލައިގެ އަތްދިގު ގަމީހާއި ކަޅުކުލައިގެ ފަޓުލޫނުގައި ފެންނައިރު ހިތްކިޔާނެ އަންހެންކުދިން މަދެކޭ ނުބުނެވޭނެ އެވެ. މޫނުމައްޗައް ވެއްޓިފައިވާ ތެތް އިސްތަށިކޮޅު ރީތިގޮތަކަށް އެއްފަރާތް ކޮށްލާ، ގަމީހުގެ އަތުކުރި އުޅަބޮއްޓާ ހަމައަށް އޮޅާލިއިރު ބަލާލި މީހަކަށް އެ މައުސޫމްކަން އިޙްސާސް ކުރެވޭނެއެވެ. […]
މަލަކް ގެ ނަޒަރުވެސް ހުރީ އަތުގައި އޮތް ކެވެލި ކޮޅަށް ހުއްޓިފައެވެ. އޭނާ އަލުން އަތް މުށްކަވާލިއެވެ. އަދި ތިރި ކޮށްލިއެވެ. “މަލަކް އަށް އަދިވެސް އަހަރެންގެ މަތިން ހަނދާން ނައްތައެއް ނުލެވެއެއްނު… މަލަކް ކިތަންމެ ސިއްރު ކުރަން އުޅުނަސް އަހަރެންގެ ލޮލަށް ވެސް މަލަކް ތި އުޅޭ ގޮތް ފެނޭ…” އެންމެ ފަހުން އަޔާން އަށް ބުނެވުނެވެ. އޭނާ އަތް ސޯޓުގެ ޖީބަށް ކޮށްޕާލިއެވެ. ތެމިފައި ހުރި އަޔާން ގެ ގައިގައި މަލަކް ބައްދައިގަތް ގޮތުން […]
ހަވީރުގެ ވަގުތެވެ. ނިދިފައި އޮތް އެވްލީންއަށް ހޭލެވުނީ ކޮޓަރީގެ ދޮރުހުޅުވިގެން ދިޔަ އަޑަށެވެ. އެވްލީން އަވަސް އަވަހަށް ދޮރާއި ދިމާއަށް ބަލައިލިއެވެ. އެވަގުތު ކޮޓަރިއަށް ވަން ޒަވީން ފެނުމާއެކު އެވްލީންއަށް ބުނެދޭން ނޭނގޭ ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. ” މިއަދު ހެނދުނު އަހަރެން ބުނީމެއްނު އެވްލީން ގޮވައިގެން ބޭރަށް ދާވާހަކަ….. ” ޒަވީން އެވްލީން އަތުގައި އަޅުވާލާފައިވާ ޗޭން ނައްޓާލިއެވެ. އެވްލީން ޒަވީންގެ ފަހަތުން ހިނގައިގަތީ ކޮޓަރިން ބޭރަށް ނިކުތުމަށެވެ. އެވްލީން ކޮޓަރިން ބޭރަށް ފިޔަވަޅެއް […]
ރިޔާޝާއަށް ހޭލެވިގެން ގަޑި ބަލައިލިއިރު ހެދުނު ނުވައެއްޖަހާ ބޮޑުވެއްޖެއެވެ.ފާޙާނައަށް ވަދެ ފިނިފެނުން ފެންވަރަން ފެށުމުން ލިބުނު އަރާމާއިއެކު ދެލޯ މަރައިލެވުނެވެ.ފާހާނަށް އިން ނުކުތްއިރު ހަށިގަނޑުގައި ހިފާލާފައި ހުރީީ ސަވަރ ޖެލް މީރުވަހެެެެވެ.ހެއާ ޑްރަޔާއިން އިސްތަށިގަނޑު ހިއްކާލުމަށްފަހު ނޫކުލައިގެ ަޓީޝާޓަކާާއި ކަޅު ކުލައި ޖިންސެއްލިއެވެ. ޒައިން އަށް ހޭލެވުނީ މޫނު މައްޗަަށް ފެން ފުޅި އެއް، އޮއްސާލުމުންނެވެ. ޒައިން ތެދުވެ ބަލާލިއިރު އެތާ ހުރީ ޒަޔާންއެވެ. “ފަހަރި ބުނީ ގޮވާ ގޮވާ ނުއެއް ތެދުވިި އޯ. އެހެން ވެ […]
ރަށުގެ ހިތްގައިމު ތުނޑިމަތީ ލީޝާ އިނީ ފެންނަމުންދާ ޤުދުރަތީ މަންޒަރުތަކަށް ގެއްލިފައެވެ. އިރުއޮއްސެމުންދާ ވަގުތު އެފެންނަ އަޖައިބެއް ފަދަ ކުލަތަކަކީ ބަލާ ފޫހިނުވާ ކުލަތަކެކެވެ. ލީޝާ އިންތަނުން ތެދުވީ އިރު ދުނިޔެމަތިން ގެއްލުމުންނެވެ. މުޅި ހިސާބުގައި ވަނީ ހަމަހިމޭންކަމެވެ. ދުނިޔެމައްޗަށް ފެތުރިފައިވާ ރަންދަޅަތަކުގެ ކުލަ ފަނޑުވެ ކަޅު އަދިރި ކަމަށް ބަދަލު ވަމުން ދަނީއެވެ. ލީޝާ ހިނގަމުން ދިޔައީ އަތިރިމައްޗަށް ނުކުމެވޭ ގޮތައް ކޮށާފައިވާ ހަނި މަގަކުންނެވެ. މަގުގެ ދެފަރާތުގައި ވަނީ ބިޔަ ގަސްތަކެވެ. ލީޝާ ފަސްއެބުރި […]
” އެވްލީންއާ ބެހޭގޮތުން ކާއިލްއާ ސުވާލެއް ކޮށްލަން އެބައޮތް …. ” ކާއިލްއާ ދިމާއަށް ޒަވީން ބަލައިލިއެވެ. ” އާސްކް އެނީ ތިންގް… ” ކާއިލް ބުންޏެވެ. ” ކީއްވެ އެވްލީންގެ އާއިލާ މީހުން އެވްލީންއާއި ބައްދަލުކުރަން ނާންނަނީ ؟ ރިކޯޑްގައި ވާގޮތުން އެންމެފަހުން އެވްލީންގެ ބައްޕަ މިތަނަށް އައީ 2008 ގައި ” ޒަވީން ބުންޏެވެ. ” އެވްލީންގެ އާއިލާ މީހުން ފެނުމުން އެވްލީން ސަކަރާތްވާން ފެށުމުން އެވްލީންއާއި ބައްދަލުކުރުން މަނާކޮށްފަ އޮންނަނީ…. ހާއްސަކޮށް އެވްލީންގެ […]