ހާސިލް ވުމަށް އެދި ހިތް ރޮނީ 18
އެވަގުތު ބޮލުގައި މީހަކު މާލޯބިން ފިރުމާލުމާލުމުން އެއޮތް ގޮތަށް އޮވެ ބަލާލިއިރު ކުރިމަތީގައި ހުރި މީހާ ފެނުމުން އީން އަށް ހައިރާންވެފައި ބަލަން ހުރެވުނެވެ.
**********
“ބައްޕާ!!” އެހާލަތުގައި ކުއްލިއަކަށް ބައްޕަ ފެނުމުން އޮޅުލައިގަންނަމުން އީން އަށް ރޮއެގަނެވުނީ އިޚްތިޔާރަކާ ނުލައެވެ.”ބައްޕާ..އަ..އަލް..ޔާން” އީން ވާހަކަ ދައްކަން އުުޅުމުން ދެއްކޭ ގޮތެއްވެސް ނުވިއެވެ.ހަމަ ގިސްލެވެނީއެވެ. “ދަރިފުޅާ..ބައްޕަ އަށް އިނގޭ ހުރިހާކަމެއް..ހުއްޓާލާ..ނުރޮއެ..” އަޝްރަފް އަށް އޭނާގެ ދަރިފުޅުގެ ހާލު ފެނި ފެންކަޅިވެފައިވާ ހުރެ ހުއްޓުމެއްނެތި ނިކަން ލޯބިން އީން ގެ ބޮލުގައި ފިރުމަމުން ދިޔައެވެ. އިރުގަނޑެއް ވަންދެން ރުއިމަށްފަހު އީން ހުއްޓާލުމުން އަޝްރަފް އޭނާގެ ދަރިފުޅު ކައިރީގައި ބައިންދައިގެން އިށީދެލަމުން ބައްޕަ ދައްކާ ވާހަކަ ވަރަށް ރަނގަޅަށް އަޑުއެހުމަށް ބުންޏެވެ.އަލްޔާން ގެ ބައްޕަ ގެ ހިއްސާ އޮންނަ ރިސޯޓެއްގައި ތޭރަ އަހަރު ވަންދެންް ޑައިވިން އިންސްޓްރަކްޓަރެއްެ ގޮތުގައި އޭނާ އަދާކުރަމުން އައި ވަޒީފާއިން އަލްޔާން ގެ ބައްޕަ ވަލީދު އޭނާ ވަކިކުރިވާހަކަ ބުންޏެވެ. އަދި އެހެންކަމުން ބައްޕަ ރަށަށް ދާންޖެހޭކަމާއި އަދި އީން މާލޭގައި އެކަނި ބަހައްޓަން ބޭނުން ނުވާ ވާހަކަ ވެސް ބުންޏެވެ. “ވަޓް!! އަލްޔާން ގެ ބައްޕަ އޭ!!ގަބޫލެއްވެސް ނުކުރެވޭ..ބައްޕާ އެކަމަކު އަހަރެން ގެ ކިޔެވުމޯ” ބައްޕަ ދެއްކި ވާހަކަ ތަށް އަޑުއިވުމުން ހައިރާންވީއިރު އެންމެ ފުރަތަމަ އީން އަށް ވިސްނުނީ ކިޔެވުމާ މެދުގައެވެ.”ކިޔެވުން އަދި އިހަށް މެދުކަނޑަން ޖެހުނަސް ހެޔޮ..މިވަރުގެ ތަނަކަށް އީން އެކަނި ދޫކޮށްފަ ބައްޕަ ނުދާނަން..ބައްޕައަށް އިނގޭ އެބުނާ ޒިން އަކީ ކިހާވަރެއްގެ މީހެއްކަން” ޒިން ގެ ވާހަކަ ބައްޕަ އަށް އެނގުނީ ކިހިނެތްބާއޭ އީން ގެ ހިތަށް އެރި ނަމަވެސް އިތުރަކަށް ސުވާލު ނުކުރެއެވެ.އަލްޔާން އާ ވަކިކޮށް ކިޔެވުން ހުއްޓާލުމަށް ފަހު އެގޮތަށް ނުގެންދިޔުމަށް އެދި އީން ބައްޕަ ކައިރީ އެތަށް އާދޭހެއް ކުރިއެވެ.އެންމެ ފަހަރަކު ބައްޕަ އަލްޔާން އާ ބައްދަލު ކުރުމަށާއި އަދި އަލްޔާން ގެ އެއްވެސް ކުށެއް ނެތްކަމާއި އީން އާ ކައިވެނި ކުރަން އަލްޔާން ބޭނުންވާ ވާހަކަ ވެސް އީން ބުންޏެވެ. ވަޒީފާ އިން ކަނޑާ ވާހަކަ ބުނުމަށް ގެންގޮސް އަޝްރަފު އާދިމާލަށް ވަލީދު ދެއްކި ވާހަކައާއި ކީ އެއްޗެހިން އޭނަ މި ދެކުދީން ގެ ގުޅުމަށް ދުވަހަކުވެސް އެއްބަސް ނުވާނެކަން އެނގި ހުރެވެސް އީން ކުރަމުން ދިޔަ އާދޭސް ތަކުގެ ސަބަބުން އަޝްރަފު ގޮތް ދޫކުރުމަށް ފަހު އީން އާ މެދު ގޮތެއް ނިންމުމުގެ ކުރިން އަލްޔާން އާ އެއްފަހަރު ބައްދަލުވުމަށް އެއްބަސްވިއެވެ.
*******
ބަރާބަރު ސާދަ ދުވަސް ދޫނިދޫ ޖަލުގައި ހޭދަ ކުރުމަށް ފަހު އަލްޔާން ގެ މައްޗައް ކުރި ދައުވާ ކްރިމިނަލް ކޯޓުން ބާތިލް ކުރުމާ ގުޅިގެން މިއަދު އަލްޔާން ގެންދެވެނީ މިނިވަން ކުރުމަށެވެ.ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ލޯންޗް މާލޭގެ ފަޅާ ގާތްވަމުން ދިޔަވަރަކަށް އަލްޔާން ގެ ހިތުގެ ހިނގުންވެސް ދިޔައީ އަވަސް ވަމުންނެވެ.ހަވީރުގެ އެހިތްގައިމު ވަގުތު ޖެހެމުން ދިޔަ ފިނި ވައިރޯޅީގެ ސަބަބުން ސިކުނޑިތާޒާވެ ޖިސްމަށް އުފާވެރިކަން ވެރިވެފައިވީ ނަމަވެސް ވަރުބަލިވެފައިވާ އެދެލޯ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ އޭނާގެ ހިތުގެ ވިންދުކަމުގައިވާ އީން ފެންނާނެ ވަގުތަކަށެވެ.ޖެޓީއާ ދިމާލަށް މީހުންތައް އެއްވެފައި ތިބިނަމަވެސް ހައްޔަރު ކުރި ދުވަހުތިބިވަރަށް މީހުން ނެތްކަން ނަސީބެކޭ އަލްޔާން ހިތަށްއެރިއެވެ. މަޑުމަޑުން ގޮސް ލޯންޗް ގާތް ކުރުމުން ފުލުސްމީހާ އަލްޔާން ކައިރީގައި ފޭބުމަށް އެދުނީ އަދަބުވެރިކަމާއެކީގައެވެ. އެންމެ ފުރަތަމަ ވެސް އަލްޔާން އަށް ފެނުނީ ގާތް އެކުވެރިޔާ އީތަން އެވެ.” ހެއީ..ވެލްކަމް ބެކް ބްރޯ” އީތަން ހެވިދިއްލިފައި ހުރެ އަލްޔާން ގައިގައި ބައްދާލީ ހަގީގަތުގައިވެސް އަލްޔާން މިނިވަންވުމުން ހިތަށްލިބުނު ހިތްހަޖެހުމެއްގެ ބޮޑުކަމުންނެވެ. “ކޮބާ އީން.ހައު އިޒް ޝީ..ކީއްވެ ނުގެނައީ މިތަނަށް..”އެތަށް ދުވަހަކަށް ފަހު އެކުވެރިޔާ ފެނުމުން އުފާވިނަމަވެސް އީން ފެންނަން ނެތުމުން އަލްޔާން ކަންބޮޑުވިއެވެ.އަލްޔާން ގެ ސުވާލަށް އީތަންއަށް ޖަވާބު ނުދެވިގެން އުޅެނީސް ކާރުންފޭބި ވަލީދު އައިސް ދަރިފުޅާއޭ ކިޔައި އަލްޔާން ގައިގައި ބައްދާލިއެވެ. ފަހަތުން އަލްޔާން މަންމަ އާޝިޔާވެސް އައިސް އަލްޔާންގެ މޭގައި ބޯއަޅާލިއެވެ.އެތަނުގައި ތިބި މީހުން ކޮންމެވެސް ވަރަކަށް ފޮޓޯވެސް ނަަގަމުން ދިޔުމާއެކު ވަލީދު އަވަސް އަވަހަށް އަލްޔާންެގޮވައިގެން ގޮސް ކާރަށް އެރިއެވެ.
****
އީތަން ގުޅާފައި އަލްޔާން މިއަދު މިނިވަންވާ ޚަބަރު ދިނީއްސުރެ އީން ގެ ހިނިތުންވުން ފިލާ ނުދެއެވެ. އެތަށް ދުވަހަކަށް ފަހު ފުރާނަޔަށް ވުރެބޮޑަށް ލޯބިވާ އަލްޔާން އާ ދިމާވާން އުޅޭތީ އީން ގެ ހިތްވަނީ އުފަލުން ފޮޅިފައެވެ. މިއޮތް ހުރިހާ ދުވަހު ކުރި ހިތާމަތަށް ހިނދުކޮޅެއްގެ ތެރޭފިލާ ދިޔަކަހަލައެވެ. ރެޑީވެގެން ލޯގަނޑުން އަމިއްލަ މޫނަށް ބަލާލަމުން އީން ހިނިތުންވެލިއެވެ. “ނައިސް އެކަމަކު ކަޅުކުލައިގެ ޝޯލް އެޅީމަ ހީވަނީ މާ ހިތާމަ ވެރިހެން..މިއަދަކީ ވަރަށް އުފާވެރި ދުވަހެއް..ދިގު އިންތިޒާރެއްގެ ނިމުން..”ހިތާހިތާ އެހެން ކިޔާލަމުން އަޅާއިގެން ހުރި ކަޅުކުލައިގެ ޝޯލް ނެގުމަށްފަހު މަޑު ފިޔާތޮށިކުލައިގެ ޝޯލް އެޅިއެވެ. އަލްޔާން އަށް ފެންނަ އިރު މޫނުމަތި މިލާފަ ހުރިތަން ފެނިއްޖެ ނަމަ ދެރަވާނޭ ހިތަށް އަރާ އަލްކާ ގެންގުޅޭ މޭކަޕް ސާމާނު ނަގާ ފައުންޑޭޝަން ކޮޅެއްވެސް ލޯކައިރީހަކާލިއެވެ. ހިތްހަމަޖެހޭ ވަރަށް ތައްޔާރުވެ ނިމުނުން ފޯން ބަލާލިއެވެ. އީތަން ބުނިގޮތުން ނަމަ މިހާރު އަލްޔާން ހުންނަންވާނީ މާލޭގައެވެ. އެހެނަސް ނުުގުޅާތީ ދެރަވެފައި ހުރެ އަލްޔާން އަށް ގުޅިއެވެ. ފޯން ނިވާލާފައި އޮތުުމުން އަނެއްކާ އެމީހުން އަލްޔާން ނުގެންނަނީ އޭ ހިތާ އީތަން އަށް ގުޅިއެވެ. އަލްޔާން މާލެ ގެނެސްފިކަމާއި ގެއަށް ދިޔަ ޚަބަރު ލިބުމުން އީން ގެ ހިތަށް ބަޔާން ކުރަންދަތި ހަމަޖެހުމެއް ލިބި ތުންފަތުގައި ދަތް އަޅާލަމުން ހިނތުންވެވުނެވެ. ދެވަނަ ފަހަރަށް ވެސް އަލްޔާން އަށް ގުޅާލެވުނީ ފޯން ނަގާނެ ކަމުގެ ޔަގީން ކަން އޮތްވަރު ބޮޑުކަމުންނެވެ. އެހެނަސް ނިވާލާފައި އޮތުމުން ހިސާބަކަށް މާޔޫސް ވިއެވެ. “ކޮބާ ދަރިފުޅު ތައްޔާރު ވެއްޖެތަ؟ބައްޕަ ގުޅައިފީމޭ ޓެކްސީއަށްވެސް” ކުއްލިއަކަށް އައިސް ވަން ބައްޕަ ފެނުމުން އީން ހިނިތުންވަމުން އާއެކޭ ބުނެ ބޯޖަހާލި ނަމަވެސް އަލްޔާންގެ ފޯނަށް ނުގުޅެނީސް އެގެއަށް ބައްޕަ ގޮވައިގެން ދާން ވުމުން ޖެހިލުންވިއެވެ. އެކަމަކު ބައްޕަ މިރޭ ފުރަންވެސް ޖެހޭއިރު ހެދޭނެ އިތުރު ގޮތެއްވެސް ނެތުމުން ބައްޕަ ގޮވައިގެން އަލްޔާން އާ ބައްދަލުކުރުމަށް އެގެއަށް ދާން ނިކުތެވެ.
****
ވަލީދު އަލްޔާން ގޮވައިގެން ގޮސް ވަނީ އެމީހުން އުޅޭ ބަޔަށެވެ. ގެއަށް ވަން ވަގުތު އަލްޔާން އަށް މަރުހަބާ ކިޔުމަށް ދެފަރާތުގެ އާއިލާ މީހުން ގެ އިތުރުން ބައްޕަ ގެ ރައްޓެހިން ވެސް އައިސް ތިއްބެވެ. “ސަޕްރައިޒް..ދަރިފުޅު މިނިވަންވުމުގެ އުފަލުގަ ބައްޕަ ބާއްވާ ކުޑަ ހަފްލާއެއް މީ..ދާން ވީނު ކުޑަކޮށް ފްރެޝް ވެލައިގެން އަންނަން” އަލްޔާން ބޯޖަހާލަމުން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. ދޮރުލެއްޕުމަށް ފަހު އަވަހަށް ނިވިފައި އޮތް ފޯނުނަގާ ޗާރޖްކުރަން ފެށީ އީން އަށް ގުޅުމަށެވެ. އެވަގުތު ދޮރުގައި ޓަކިޖަހާލުމެއްވެސް ނެތި އައިސް ވަނީ ވަލީދުއެވެ. “ދަރިފުޅާ! ތިފޯނާ ފަހުން ކުޅެވިދާނެ..އެންމެން އެތިބީ ދަރިފުޅު ނައިސްގެން ނުފެށިފަ. ދޭބަލަ އަވަހަށް ތައްޔާރުވާން” ވަލިދު ކުރުނުކޮށް ކިޔަން ފެށުމުން ހިތްހަމަނުޖެހިފައި ހުރެ ނަމަވެސް އަލްޔާން ފާހާނާ އަށް ވަނެވެ.
އަލްޔާން މެންގެއަށް މިސްރާބު ޖަހާފައިވީ ކާރުގެ ތެރޭ ހުރި އިރު އީން ގެ ހިތުގެ ތެޅުން ވަނީ އަވަސް ވެފައެވެ. އަލްޔާން އާ ބައްދަލް ކުރާހިތުން ތެޅިފޮޅެމުން ދިޔަ އެހިތަށް ސިހުންވީ ފޯނަށް މެސެޖެއް އައުމުންނެވެ. އަލްޔާން ގެ ފޯން އޮން ކުރި ކަމުގެ އެލާރޓް އައުމާއެކު ހިނިތުންވަމުން އީން އެ ނަންބަރަށް ޑައެލް ކޮށްލިއެވެ.ރިންގް ވާން ފެށި އަލްޔާން ގެ ފޯނަށް ވަލީދު ބަލާލިރު ގުޅަމުން ދިޔަ ނަންބަރަށް އީން ގެނަން އަރާފައި އިން ތަން ފެނުމާއެކު ވަލީދު ފޯން ބިޒީ ކޮށްލިއެވެ. ހައިރާންވެފައި ހުރެ ފޯނަށް ބަލާލަމުން އީން އަނެއްކާވެސް ގުޅާލީ އެއި އަލްޔާން އޮޅިގެން ބިޒީކުރެވުނީ ކަމަށް ހިތައެވެ.އެއް ފަހަރު ބިޒީ ކުރުމުން އަދިވެސް ގުޅަނީ މީ ހާދަ ލަދުކުޑަ އަންހެންކުއްޖެކޭ ހިތަށް އަރައި ބުމަގޮތްޖަހާލަމުން ވަލީދު ދެވަނަ ފަހަރަށް ވެސް ފޯން ބިޒީކޮށްލަމުން އަވަސް އަވަހަށް މެސެޖެއް ލިޔެ އީން އަށް ފޮނުވިއެވެ.”ކީއްކުރަން މަށަށް ގުޅަނީ..ކަލޭގެ ހަގީގަތް ވަރަށް ރަނގަޅަށް އެގިއްޖެ..ތީ އަހަރެންގެ މުއްސަނދި ކަމާހެދި އުޅޭ އަންހެނެއް..މީގެ ފަހުން ނުގުޅާތި..އަހަރެން ބޭނުންވަނީ އަހަންނާ އެއްފެންވަރެއްގެ މައި ކަހަލަ ކުއްޖެއް ..ސޯ ލީވް މީ އެލޯން..” ވަލީދު އެއްމިޔަކަނުން ހީލަމުން އީން އަށް ފޮނުވި އެ މެސެޖާއެކު އީން ގެ ކޯލްތަށްވެސް ޑިލީޓް ކުރިއެވެ.އަލްޔާން ފާހާނާއިން ނިކުތުމުން ތައްޔާރު ވަންދެން ވަލީދު ކޮޓަރީގައިހުރީ ފޯނުގައި އަތްލިޔަ ނުދޭންވެގެންނެވެ.
ދެވަނަ ފަހަރަށްވެސް ގުޅުމުންވެސް އަލްޔާން ބިޒީ ކުރުމުން ހައިރާންވި އީން ގެ ހިތުގެ ތެޅުން ކުރިއަށް ވުރެ އަވަސްވީ އަލްޔާން ގެ މެސެޖް ފެނުމުންނެވެ. މެސެޖް ކިޔާނިމުނު އިރު ދެލޮލުން ހޯސްލާފައި ކަރުނަފާބައިގަތް އިރުވެސް އީން ހުރީ ހުއްޓުން އަރާގަބުވެފާ ދެލޯބޮޑުކޮށްގެން ފޯނާ ދިމާލަށް ބަލަހައްޓއިގެންނެވެ. ކުއްލިއަކަށް އީން އަށް ވީގޮތްފެނި ދަރިފުޅާ ކިހިނެތްވީހޭ ކިޔާ އަޝްރަފް އީން ކޮނޑުގާ ހިފާ ތަޅުވާލުމުން ހިޔާލީ ދުނިޔެއަކުން ބޭރުވާ މީހަކު ފަދައިން ތެޅިގެންފައި ލޮލުގައި ހުރި ކަރުނަ ފޮހެލިއެވެ. އެވަގުތު ޓެކްސީވެސް ގޮސް އެގޭ ދޮރުމައްޗައް މަޑުކުރިއެވެ. އީން އަވަހަށް ފައިބާ އަނެއްކާވެސް އެމެސެޖް ކިޔާލީ ގަބޫލް ކުރަން ދަތިވީމައެވެ.ދެވަނަ ފަހަރަށް އެމެސެޖް ގައިވީ ކޮންމެ ލަފްޒެއް ވަކިވަކީން ކިޔާ ނިމުނު އިރު އީންގެ ހިތް ހުއްޓުނުހެން ހީވިއެވެ.އަތުން ދޫވެގެން ބިއްމައްޗައް ފޯން ވެއްޓުނީ ކުއްލިއަކަށް ހަށިގަނޑުން ވަރު ދޫވާކަހަލަ އިހްސާސެއްވުމުންނެވެ. މެޔާދިމާލުން ފިތިބާރުވެ ނޭވާލާން އުނދަގޫވާހެން ހީވއިިރު މޭނުބައި ކުރަންވެސް ފެށިއެވެ. އަނގައިން ފުންކޮށް ނޭވާލުމުން ކުރިމަތީހުރި އަލްޔާން މެންގެއަށް ވަންނަން އީން ހިނގައިގަތީ ދެފަޔަށް ލެވުނުހާބާރެއްލާފައެވެ.
ހުޅުވާފައި ހުރި ގޭޓުން ވަންނަން ދިމާ ކޮށްލިތަނާ ކުރިމައްޗައް އައިސް ހުއްޓުނު ގާޑް އީން އަށް ވަނުން މަނާ ކުރިއެވެ.”ސޮރީ…މިވަގުތު އެެތެރޭގަ ޕްރައިވެޓް ޕާރޓީ އެއް ކުރިއަށްދަނީ” ބޭނުންވަނީ އަލްޔާން އާ ބައްދަލުކުރުމަށް ކަމަށް އީން ބުނުމުން ގާޑްމީހާ އިސްޖަހާލަމުން މޭމް އަޔަސް ވަނަ ނުދޭން އަންގާފައިވާ ކަމަށް ބުނެލިއެވެ.މީގެ ކުރީން ވެސް އެތަށް ފަހަރަކު އަލްޔާން އާއެކު އީން ފެނިފައިވުމުން އީން އަކީ އަލްޔާން ގެ ހާއްސަ ރައްޓެއްސެއްކަން ގާޑްއަށް ވެސް އިނގެއެވެ. ސީދާ އީން މިގެއަށް ވަނަ ނުދޭން އަންގާފައި އޮތްވާހަކަ ބުނުމުން އީން އަށް ހީވީ މޫނުގައި މީހަކު އެތިފަހަރެެެއް ޖެހިހެންނެވެ. އަނެއްކާ އެގޮތަށް އެންގީ އަލްޔާން ބާއޭ ހިތަށް އެރުމުން އީން ގެ މޭގަނޑު ގުޑާލިއެވެ.
ފަހަރަކު މީހަކު އައިސް އަލްޔާން ގައިގައި ބައްދާލާ ސަލާމްކޮށް ހަދަމުން ދިޔައިރު އަލްޔާން ހުރީ ސަލާމަތް ނުވެވިފައެވެ.ދޭތެރެއަކުން ދެމިގަނެގެން ފޯން ހިފައިގެން އަލްޔާން ބޭރަށް ނިކުތީ އީން އަށް ގުޅާހިތް އޮތްވަރު ބޮޑުކަމުންނެވެ.
ކުއްލިއަކަށް ދޮރުހުޅުވާފައި ނިކުތް އަލްޔާން ފެނުމުން އީން އަށް ދެލޯބޮޑުކޮށްފައި ބަލަން ހުރެވުނުއިރު ހިތް ތެޅިގަތްގޮތުން ހީވީ މޭ ފަޅާލާފައި ބޭރަށް ނިކުމެދާނެ ހެންނެވެ. “އަލްޔާން”މަޑު އާހަކާއެކު ވައި އަޑުން އީން އަށް އަލްޔާން ގެ ނަންކިޔާލެވުނީ ބޭއިޚްތިޔާރުގައެވެ.ކުޑަކޮށް ތުނބުޅި ފަޅަފައި ވީ އިރު އިސްތަށިގަނޑުވެސް އިުނަށް ވުރެ ތަންކޮޅެއް ދިގުހެން ހީވެޔެވެ. ހަށިގަނޑަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވީ ނަމަވެސް ެދޮން މޫނު ކޮންމެވެސް ވަރަކަށް ޓޭން ވެފައި ހުރިކަން ފާހަނގަވިއެވެ.އެވަގުތު ކުޑަކުއްޖަކު ގޮވައިގެން އައި އަންހެން ކުއްޖަކު އަލްޔާން އަތަށް އެކުޑަކުއްޖާ ދީފައި ތިންމީހުން ވެގެން ސެލްފީއެެއް ނަގަން އުޅެގަތެވެ. އަލްޔާން ވެސް އެކުޑަކުއްޖާ މޫނުގައި ލޯބިން ބޮސްދެމުން މަޖާވެލާފައި ފޮޓޯނަގަން އުޅުނު އިރު އެމަންޒަރު ބަަލަން ދުރުގައި ހުރި އީން ގެ ހިތް ކުދިކުދިވިއެވެ. ހަގީގަތުގައިވެސް އަލްޔާން އެހެރީ އުފަލުންނެވެ. އަތުގައި ފޯން ވެސް އެބައޮތެވެ. އެމެސަޖަކީ ސީދާ އަލްޔާން ފޮނުވި މެސެޖެއްކަމަށް ގަބޫލް ނުކުރެވިގެން އުޅުނު އީން އަށް ހުރިހާ ކަމެއް އެނގިސާފުވިއިރު އީން ގެ މުޅިދުނިޔެ ހުއްޓުނު ކަހަލައެވެ. ސިކުނޑީގެ ސްކްރީން ގައި ލޯބިވެޔޭ ކިޔައިގެން އަލްޔާން ދެއްކި އެކި ވާހަކަ ރީޕްލޭ ވަމުން ދިޔައިރު ޝަކުވާގެ ނަޒަރުން އީން އަށް ބަލަން ހުރެވުނީ ކުރިމަތިން ފެންނަމުން ދިޔަ އެ މަންޒަރަށެވެ.
އެއްލިކަޅިން އަލްޔާން އަށް ދުރުގައި ބަލަން ހުރި އީން ފެނުމުން ބަލަހައްޓައިގެން ހުރެވުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވީ އެވަގުތު ވަށައިގެންވީ ހުރިހާ ކަމެއް ހުއްޓުނުފަދައެވެ.އެތައް ދުވަހަކަށް ފަހު އީން ފެނުމުން ހިތް އުފަލުން ނަށައިގަތް އިރު ކަރުނައިން ފުރިގެންވީ އެދެލޯ ފެނުމާއެކު އަލްޔާން އީން އާ ދިމާލަށް ހިނގައިގަތީ ހައިރާންކަމާއެކުގައެވެ.އަލްޔާން އަންނަތަން ފެނުމުން އީން އަނބުރާލާފައި އައިކޮޅަށް ދުއްވައިގަތީ އަލްޔާން މެސެޖުން ބުނި ވާހަކަ ކަންފަތުންް އަޑުއަހާނެހާ ހިތްވަރެއް ނެތުމުންނެވެ.ޕޭވްމެންޓްކައިރީ މަޑުކޮށްގެންހުރެ ދެލޮލުގައި ހުރި ކަރުނަ އަތުގެ ނުފުށުން ފޮހެމުން ދިޔައިރު ޓެކްސީ އެއްލިބޭތޯ އިޝާރާތް ކުރަމުން ދިޔައެވެ. އީން ކުއްލިއަކަށް ރޮމުން ދުއްވައިގަތުމުން ވާނުވާ ނޭނގި ހުރެ ފަހަތުން ދުވެފައި ކަހަލަ ގޮތަކަށް ނިކުތް އަލްޔާން ގޮސް އީން ގެ އަތުގައި ހިފާ އަނބުރާލަމުން ނިކަން ބާރާށް ބައްދާލިއެވެ. ގިސްލެވެމުން ދިޔަ އީން އަލްޔާން ދުރުކުރެވޭތޯ މަސްކަތް ކުރަމުން ދިޔައިރު އެރުއިމުގައި އެތައްހާސް ޝަކުވާއެއްވިޔެވެ.”ލަދުކުޑަ ފިރިހެނާ..ހަމަމިހާރު އީން ގައިން ދޫކުރޭ!!” އަލްޔާން ގެ އަތް އީން ގަޔާ ދުރުކުރަމުން އަޝްރަފް ހަޅޭއްލަވައިގަތް އަޑަށް އަލްޔާން ނުފެނިގެން ބޭރަށް ނިކުތް ވަލީދު އެދިމާލަށް ދިޔައެވެ.އީން ގެ ފޯނު އަޝްރަފް އަތުގައި އޮތްއިރު އޭގައި ހުރި އަލްޔާން ގެ މެސެޖް ކިޔާފައި ހުރުމުން އަޝްރަފް ހުރީ ރުޅިއައިސް ރަތްވެފައެވެ.”މީ..މީ ދަރިފުޅު އެހާ ލޯބިވެ އިތުބާރު ކުރި މީހަކީ..މި ފިރިހެނާ އަށް ޓަކާ ދަރިފުޅު މަޑުކުރަން އުޅުނީ..”ރުޅިގަދަވެފައި ހުރެ އަޝްރަފް އީން އާދިމާލަށް އެހެން ބުނި އިރު އަލްޔާން ހުރީ އީން ގެ ބައްޕަ އެތަނުން ފެނުމުން ކުއްލިއަކަށް ހައިރާންވެފައެވެ. “ތީ އީން ގެ ބައްޕަ ތޯ” އަލްޔާން ވަރަށް އަދަބުވެރިކަމާއެކު އަހާލުމުން އަޝްރަފް ކަޅިއަޅަމުން ބަލާލިއެވެ.
“އާން..ތީ ލާރި އާހެދި ބޫތުކައިފަ ތިބި ދެބަފައިން..ބައްޕަ ވަރަށް ރަނގަޅަށް ދަންނަން ތި އަޝްރަފް..ކަލޭ ކީއްކުރަން މިގެއަށް ތިޔައީ ދަރި ގޮވައިގެން ..ކޯއްޗެއް ހޯދަން” ފަހަތުން އައިސް އަރާ ހަމަކުރަމުން ވަލީދު ކީ އެއްޗެހިން އަލްޔާން ބުމަގޮތް ޖަހާލަމުން “ބައްޕާ”އޭ ކިޔާފައި ހަޅޭއްލަވައިގަތް އިރު އީން ގެ ރުއިން ވެސް ހުއްޓި ދެލޯބޮޑުކޮށްގެން ބަލަން ހުރެވުނެވެ. އިތުރަށް އެތާހުރެ އެއްވެސް ވަރަކަށް އެމީހުންނާ ޒުވާބުކުރަން އަޝްރަފް ބޭނުމެއް ނުވިއެވެ. އެހެން ކަމުން އެއްވެސް އެއްޗެކޭ ނުބުނެ އީން ގެ އަތުގައި ހިފައިގެން ހިނގާގަތުމާއެކު އަލްޔާން އަށް އީން ގެ އަނެއް އަތުގައި ހިފުނީ ބޭ އިހްތިޔާރުގައެވެ.”އީން މަޑުކޮށްބަލަ..ކިހިނެތްވީ؟” ވަމުން މިދަނީ ކީއްކަމެއް އަލްޔާން އަކަށް ރޭކާވެސް ނުލައެވެ. އީން ރޮނީ ކީއްވެކަމާއި..ބައްޕަ އެހެން ބުނީ ކީއްވެކަމާ..އީން ގެ ބައްޕަ އެހާ ރުޅިއައީ ކީއްވެކަމާ މިއިން އެކައްޗެއްވެސް ނޭނގި ހުރި އަލްޔާން ބޭނުންވީ ހުރިހާ ކަމެއް އޮޅުންފިލުވުމަށެވެ.”ހަބަރުދާރު..އަހަރެންގެ ދަރިފުޅު އަތުން ހަމަ މިހާރު ދޫކުރޭ..ނޫނީ މަގޭ ނުބައިކަން އަންގާލާނަން” އަޝްރަފް ހީވީ ރުޅިއައިސް ހުރިވަރުން އަލްޔާން ގައިގައި ހަމަދެންމެ ދެންމެ ޖަހާފާނެހެންނެވެ.”ދޫކޮށްލާ ދަރިފުޅާ ތިކަހަލަ ވިޔާނުދާ އަންހެނެއް އަތުގަ ހިފާނެ ކަމެއް ނެތް.. ހިނގާ” އެއްފަހަރު ބައްޕަގެ މޫނަށް އަނެއް ފަހަރު އަލްޔާން ގެ މޫނަށް ބަލަމުން އީން އަވަހަށް އަލްޔާން ގެ އަތް ފޮޅުވާލިއެވެ. “ވިޔާނުދަނީ ކަލޭއާ ކަލޭގެ ދަރި..ބުނަން އަލްޔާން ވަލީދު މީގެ ފަހުން މަގޭ ދަރިފުޅަށް ވައި އެޅިލިޔަސް ދުވަސްދުއްވާލާނަން” އަޝްރަފް އީން ގޮވައިގެން ހަރުކޮށް ހިނގާފައި ދިޔައިރު އަލްޔާން އަށް ހުރެވުނީ ދެލޯބޮޑުކޮށްގެން ބަލަހައްޓައިގެންނެވެ.ހިތާމަވެރި ނަޒަރަކުން ފަހުފަހަރަށް އަލްޔާން އާދިމާލަށް ބަލާލުމަށް ފަހު ލޮލުގައި ހުރި ކަރުނަ ފޮހެލާފައި އިސްދަށަށް ޖަހާލަމުން އީން ހިނގައިގަތީ ކުދިކުދިވެފައިވާ ހިތަކާގެންނެވެ.ލަފްޒުތަކަކުން ބަޔާން ނުކުރިކަމުގާ ވިޔަސް އެހިތަށް ކޮށްފައިވާ އަސަރު މޫނުން ފާޅުވެއެވެ.ދިރިއުޅުމުގައި މިހާތަނަށް ހަމައެކަނި ލޯބިވެވުނު އަންހެންކުއްޖާ އޭނާގެ ހަޔާތާ ވަކިކޮށްގެން ގެންދެވުނު އެމަންޒަރުބަލަން ގުޑިލަންވެސް ނޭނގި ގަނޑުވެފައި އަލްޔާން އަށް ހުރެވުނުއިރު އަތުގާ ހިފާ ގޭޓުން އެތެރެއަށް ވެއްދީ ވަލީދުއެވެ.
“ބައްޕަ..ކީއްވެ އީން ގެ ބައްޕަ އާ ތިހާ ހަޑިކޮށް ވާހަކަ ދެއްކީ..އީން އެއީ..ބައްޕާ އަހަރެން އެއަންހެންކުއްޖާ ދެކެ ލޯބިވެޔޭ..ވަރަށް ލޯބިވޭ..އެއީ ވިޔާނުދާ ކުއްޖެއްނޫން” އަލްޔާން އަށް އެހެން ބުނެވުނު އިރު ހިތަށް ކޮށްފައި ހުރި އަސަރުން ފެންކަޅިވިއެވެ.ހަމަ ލޯކުރިމަތީން އޭނާގެ މުޅި ދުނިޔެ ފަނާ ވެގެން ދިޔަ ފަދަ އިހްސާސެއް ކުރެވުނެވެ.”ދަރިފުޅާ އެއީ ރަނގަޅު ބައެއް ނޫން..އެއީ ފައިސާ އާ މުއްސަނދިކަމާ ހެދި އުޅޭ މަކަރުވެރި މީހެއްގެ ދަރި އެއް..ބައްޕަ ދަރިފުޅަށް އެއްވެސް ގެއްލުމެއް ވިޔަދޭކަށް ބޭނުމެއް ނޫން.” ވަލީދު ނިކަން މަކަރުވެރި ގޮތަކަށް އަލްޔާން އާ ވާހަކަ ދެއްކިއެވެ.”ނުވާނެ..ތީ..ތީ ބައްޕަ އަށް ހީވެގެން އުޅޭ އެއްޗެއް..އީން..އީން އެއީ އަހަރެންގެ ލޯބި..އަހަރެންގެ ފުރާނަ..ފައިސާ ބޭނުންވެގެން އުޅެންޏާ ދީ ..އެކަމަކު އަހަންނަށް އީން އާނުލާ ދިރިނޫޅެވޭނެ” އަރުތެރެ ބެދޭ ކަހަލަ އިހްސާސެއް ވުމުން އަލްޔާން ބާރުބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަނެވެ. އަނގައިން ފުން ނޭވާއެއް ދުކޮށްލަމުން ދެއަތުން ބޮލުގައި ހިފައްޓައިގެން ހުރެ އަލްޔާން ދެކޮޅަށް ހިނގަންފެށީ ކުއްލިއަކަށް މިއައި ވަރުގަދަ ތޫފާން ގެ ސަބަބުން އެކިކޮޅުކޮޅަށް އެނބުރިފައިވާ ސިކުނޑި ހަމައަކަށް އެޅޭތޯއެވެ. އެކަމަކު އީން ރޮވިފައި ބަލަން ހުރި މަންޒަރު ސިފަވުމުން ހިތުގައި ރިއްސައިގަތެވެ. އެއާއެކު ހިތާވީ ދިމާލުގާ މޭމަތީ ފިރުމަމުން ފޯން ނަގާ އީން އަށް ގުޅަން ފެށީ އިތުރަށް ކެތްނުވުމުންނެވެ.
******
އީން ގޮވައިގެން ގެއަށް ގޮސްވަން އަޝްރަފް އަށް އަލްޔާން ގުޅާތަން ފެނުމާއެކު ބިޒީ ކޮށްލަމުން އެނަންބަރު ބްލޮކް ކޮށްލިއެވެ.”ނަވާރަ އަހަރު އުމުރުން ވިޔަސް އީން ތީ އަހަރެންގެ ބެލުމުގެ ދަށުގަ ހުރި ކުޑަކުއްޖެއް..ދުވަހަކު ނުކިޔެވުނަސް މިތަނަށް އީން އެކަނި ދޫކޮށްފަ ނުދާނަން..ބައްޕަ އާ އެކު ދަންވަރު ފްލައިޓުން ފުރަން ތައްޔާރުވޭ!” ހިތާމާއިގެ ތަސްވީރެއްހެން އެނދުގައި އިށީދެގެން އިން އީން އަށް ބަލާލަމުން އޯގާތެރިކަމާއެކު އަޝްރަފް ބުނެލިއެވެ. ދުލުން ކިޔާ ނުދިނަސް އޭނާގެ ދެލޮލުގެ ކޮއިފަދަ ލޯބިވާ ދަރިފުޅުގެ ހިތަށް ކޮށްފައިވީ އަސަރުފެނި އަޝްރަފް ގެ ހިތުގައި ރިހެމުން ދިޔައެވެ. ކުޑައިރުއްސުރެ މިހާތަނަށް ހުރިހާ ހިތާމަތަކާ ތުރާ ތަކުން ރައްކާތެރި ކުރިފަދައިން މިހާރުވެސް އީންގެ ހިތާމަތަށް ދުރުކުރަން އަޝްރަފް ބޭނުންވިއެވެ. އެހެނަސް ހަގީގަތަކީ މައިންބަފައިން ކިތަންެމެ ދިފާއުކުރަން ބޭނުންވިޔަސް ކޮންމެ ދަރިއެއްގެ ތަގްދީރުގާވެސް ލިޔެވިފައިވާ ހިތާމަ އާއި ހިތްދަތިކަން އެކުއްޖަކު އުފުލަން ޖެހެއެވެ. އެކަމަކު އެފަދަ ވަގުތެއްގައި ދާންވީ ރަނަގަޅު މަގުދައްކާ އެހީތެރިވާނެ ލޯބިވާ މައިންބަފައިން ކައިރީގައި ތިބުމަކީ ލިބޭ ވަރަށް ބޮޑު ނިއުމަތެކެވެ.
******
އީން ގެ ފޯނަށް ގުޅޭގޮތް ނުވުމުން އަލްޔާން ހަދާނެ ގޮތް ހުސްވެ ބޯހާސްވިއެވެ.ކޮންމެ ގޮތެއްވިޔަސް ވީ ގޮތް އޮޅުންފިލުވާ އީން ގެ ބައްޕަ ރުއްސަން އަލްޔާން ބޭނުމެވެ.އެހެން ކަމުން، އިތުރުގޮތެއް ނެތުމުން އެގެއަށް ދާންވީ އޭ ހިތާ ތެދުވިއެވެ. އީން މެންގޭ ކައިރިއަށް ގޮސް އިރުކޮޅަކު ތިރީގައި ހުރުމަށްފަހު އަލްޔާން އެދިޔަ ގޮތަށް ދެވަނަ ފްލޯރ އަށް ގޮސް ބެލް ޖަހާލިއެވެ. އަޝްފާ ދޮރުހުޅުވާލުމާއެކު އަލްޔާން ފެނުމުން އެތެރެއަށް ވަންނަން ބުނެލިއެވެ.”އަޝްރަފްބޭ އައިސް އީން ގޮވައިގެން ހިގައްޖެ..އިރުކޮޅެއްކުރީން އެދިޔައީ ލަގެޖް ވެސް ހިފައިގެން..މިރޭ ދަންވަރު ފުރަނީ ރަށަށް.ބުނިން ފުރާ ގަޑި ޖެހެންދެން މަޑުކުރަންވެސް އެކަމަކުވެސް އެގަޑީގަ މިގޭގަ ތިބެފަ ދާންވީމަ އުނދަގޫވާނެޔޭ ކިޔާ ގޮއްސި..” އީން ގޮވައިގެން ދާން އަޝްރަފް ނިންމުމުން އަޝްފާ ހުރީ ވަރަށް ދެރަވެފައެވެ. އެހެން ކަމުން އަލްޔާން އަށް ހުރިހާ ވާހަކައެއް ކިޔާދެމުން ދިޔައީ ފަަހަރުގައި ވެސް އަލްޔާން ބުނެގެންވިޔަސް އީން މަޑުކުރޭތޯއެވެ.” އަޝްރަފްބޭ ވަޒީފާއިން ކުއްލިއަކަށް ވަކި ކުރީމަޔޯ ދިޔައީ.. އެކަމަކު ދޮންތަމެން އީން ގެންގުޅެނީ ހަމަ އަލްކާ އެކޭ އެއްގޮތަށް..ވަކިތަފާތެއް ނުކުރަން.ދޮންތަ ބުނީން ދުވަހަކު ލާރިއެއް ނުދިނަސް އީން ކިޔަވާ ނިމެންދެން މިގޭގަ ހުރެވޭނެޔޭ..އެކަމް ވެސް އަޝްރަފްބޭ އެކަމާ އެއްބަހެއް ނުވި” އަޝްފާގެ ވާހަކަ އަޑު އިވުމުން އަލްޔާން އިތުރަށް ބޮލުގައި ރިއްސިއެވެ.އެހެން ކަމުން އަލްކާ އަށް ގުޅީ އީން ވީތަނެއް އެނގޭތޯ އެހުމަށެވެ. ދެފަހަރު ފޯން ބިޒީ ކުރުމުން ތިންވަނަ ފަހަރު ގުޅަން ފެށުމުން އަލްކާ ރުޅިއައިސްފައި ހުރެ ފޯން ނެގިއެވެ.”ކީއްކުރަން ގުޅަނީ..ކުރެވުނު ވަރު އަދިވެސް ކުޑައީ؟” އަލްކާ ގެ ރުޅގަނޑު އަލްޔާން އަށް މާ ރަނގަޅަށް ވެސް އިނގޭތީ ހިންދިރުވާލަމުން ވަރަށް ރީތިކޮށް “ތިހިރީ ކޮންތާކުތޯ އަހާލިއެވެ”. އީތަން އާދެމީހުން މިތިބީ ރަސްފަންނުގައޭ ހަމަބުނާއިރަށް އަލްޔާން އޯކޭ އޭ ބުނެ ބޭއްވިއެވެ.
*****
ތަންކޮޅެއް ދުރުގައި ދޮންވެލިގަނޑުމަތީ އިށީދެލައިގެން ވާހަކަ ދައްކަން ތިބި އީތަން އާ އަލްކާ ފެނި އަލްޔާން އެދިމާލަށް ބާރުބާރަށް ހިނގާފައި ގޮސް އަލްކާ ކުރިމައްޗައް ހުއްޓި އީން ކޮބާތޯ އަހާލިއެވެ.”އަޖާއިބެއް ނުވާނެތަ! އަލްޔާން ކީއްކުރަންހޭ އީން ވީތަނެއް ބަލަނީ؟” އަލްކާ ތުން އަނބުރާލަމުން އަނެއް ފަރާތް ބަލާލިއެވެ. “ބްރޯ..މަ ހީކުރީ އަސްލުވެސް ކަލޭ އީން އާ ސީރިއަސް ކަމަށް…އީން އަށް މިހެން ހަދާނެ ކަމަކަށް އެކްޕެކްޓް ނުކުރަން އިނގޭ” އީތަންވެސް ނުރުހިފައި ހުރެ އަލްޔާން އަށް ބަލަމުން ދެއަތަކަށް ބޯހޫރާލިއެވެ.”ބަލ**އެއްނު އީތަން..މަ ކީއްތަ ކުރީ އީން އަށް ..ވެގެން އުޅޭ ގޮތް ރީއްޗައް ބުނަން ވެއްޖެ އެއްނު” އެދެމީހުން އަލްޔާން އަށް އެކިއުޒް ކޮށް ވާހަކަ ދައްކަނީ ކީއްވެކަމެއް ނޭނގި އައި ރުޅީން ބިންމަތީގައި ފައިން ޖަހާލުމުން ވެލިތަށް ބުރާގެން ދިޔައީ އިށީނދެ އިން އަލްކާގެ މޫނަށެވެ. “ހުއް..އައްޗީ..ކިހާ ދެރަ ކަމެއްތަ ދެން” ފުއްމައިގެން ތެދުވުނު އަލްކާ ރުޅިއައިސް ހުރެ ބިންމަތީން ވެލިމުށެއް ނަގާ އަލްޔާން އާ ދިމާލަށް އުކާލިއެވެ. އަލްކާގެ އެ ކުއްލި ހަރަކާތުން އަނގަމަތީ އަތްއަޅަމުން އީތަން ހޭންފެށީ ވަގުތުގެ ނާޒުކު ކަން ވެސް ނުވިސްނިއެވެ. “އަރަތެއް ތަ މީ؟..އަހަރުންތަ އަދިވެސް ވާނުވާ ކިޔާ ދޭންވީ..ބަލަ އަލްޔާން އެއްނު އީން ގުޅީމަ ފޯން ބިޒީކޮށް ދެން ތިމަންނައަށް ނުގުޅާށޭ ކިޔާފަ މެސެޖް ކުރީ..ދެން މިހާރު ކޮން އެކްޓެއް ތި ޖައްސަނީ..އަދި ބުނެފިއެއްނު ތިމަންނަ ބޭނުމީ ތިމަންނަ އާއި އެއްފެންވަރެއްގެ މީހެކޭ..ބަލަ އީން ފަހަތުން މޮޔަވެގެން އައްޑޫ އަށް ދިޔައިރު ބީތާވެފަތަ ހުރީ… އީން އަކީ މާލޭ ބޭފުޅެއް ނޫންކަން ނޭނގޭތަ އޭރަކު..އަދި ކިރިޔާތަ ރޭކާލީ އެއީ ރާއްޖެތެރޭ އާދައިގެ ކުއްޖެއްކަން” އަލްކާ ރުޅިއައިސް ހަޅޭއްލަވަމުން ދިޔައިރު އަލްޔާން އަށް ހުރެވުނީ ދެލޯބޮޑުކޮށްގެން ބަލަންށެވެ. އަލްކާ ހަޅޭއްލަވަން ފެށުމުން އެތާ ކައިރީ ތިބި މީހުންވެސް ބަލަން ފެށިއެވެ. އެތަން ފެނި އީތަން ގޮސް އަލްކާ އަތުގާ ހިފަމުން ތަންކޮޅެއް ހަމަޖެހިބަލާށޭ ބުނެލީ މަޑުމަޑުންނެވެ. “ނުޖެހޭނެ ހަަމައެއް…ބަލަ މިހިރަ ފިރިހެނާ އަށްޓަކައި އެކުއްޖާ ވީވަރު ދެކުނީ އަހަރެންގެ މިދެލޮލުންނޭ..ގައިމު މީނަ ހައްޔަރު ކުރީއްސުރެ ނުނިދާ..ނުއެއްކައި..އެފަކީރު ދެލޮލުން ކަރުނަ ހިކޭ އިރެއް ނާދޭ..”އީތަން ގެ އަތް ފޮޅުވާލަމުން އަނެއްކާވެސް އަލްކާ އަލްޔާން އާ ގާތަށް ޖެހިލިއެވެ. “އަލްޔާން ދެކެ އީން ހިތާއި ފުރާނަ އިން ލޯބިވީމަ މީތަ ހަދަން އެނގުނު ގޮތަކީ..އަލްޔާން ގެ މަހުޖަނު ބައްޕަ އަޝްރަފްބޭ ވަޒީފާއިން ވަކިކުރީމަ އީން ގޮވައިގެން ވަގުތުން ރަށަށް ދާން އުޅުނު..އިނގޭތަ ކިހާ އާދޭހެއް ކުރިކަން އެންމެ ފަހަރަކު އަލްޔާން އާ ބައްދަލު ކުރަން އެދި..އީން ބޭނުންވީ އަސްލު މެރީވެސް ކުރަން ވީހާވެސް އަވަހަކަށް..އެކަމަކު” އަޑުތުރުތުރު ލާން ފެށުމުން އިސްޖަހާލަމުން އަލްކާ ވާހަކަ ހުއްޓާލީ އީން ހިތަށް ކުރާނެ އަސަރު ވިސްނި ދެރަވުމުންނެވެ. “އީތަން ..ކީ..ކީކޭތަ އަލްކާ ކިޔަނީ..އޭނަ މޮޔަވީތަ..އަހަރެން އީން ދެކެ ވާލޯބި ކަލެއަށް އިގޭނު..ކޮން މެސެޖެއްތަ..” އަލްޔާން އަށް ވާހަކަ ދެއްކުނީވެސް އަޅައަޅާއިގެންފައެވެ.” މޮޔަވެދާނެ މީހަކު…އަޅެފަހެ ޖަަލަށް ގެންގޮސް އެމީހުން މީނައަށް އިލެކްޓްރިކް ޝޮކްދީފަތަ މިހިރީ މިހާ އަވަހަށް ހަނދާން ނެތެން..ބަލަ މީ އަލްޔާން ވަލީދު މިއަދު ހަވީރު އީން އަށް ފޮނުވި މެސެޖެއް ނޫންތަ؟” ވައިބާ ހުޅުވަމުން އަލްޔާން ގެ މޫނާ ދިމާލަށް ފޯން ދިއްކުރަމުން އީން ފޮނުވާފަ އިން އަލްޔާން ގެ މެސެޖް ގެ ސްކްރީން ޝޮޓް އަލްކާ ދައްކާލިިއެވެ.ހައިރާންވެފައި ހުރެ އެ މެސެޖް އަލްޔާން އެތަށް ފަހަރަކު ކިޔެވެ. “ދިސް އިޒް ހިޒް އާންސަރ..ހީ ތްރިއު މީ އައުޓް އޮފް ހިޒް ލައިފް ލައިކް ޓްރޭޝް ..ދިސް ލަވް ސޮޓޯރީ އިޒް އޯވާރ..ނޯ ރީޒަން ފޯ މީ ޓު ސްޓޭ ބެކް” އޭގެ ފަހަތުން އީން ލިޔެފައި ހުރި މެސެޖްތަށް ކިޔާ ލުމުން އަލްޔާން ހިތަށް ހިވީ ތޫނު ހަންޖަރެއް ހެރުނުހެންނެވެ.”ދޮގު މީ ހުސް ދޮގު..ބޮޑު އޮޅުވާލުމެއް ..ޑޫޑް އަހަންނަކަށް ނުވިސްނޭ..އަހަރެން ނުފޮނުވަން މިމެސެޖް..ބިޒީވެސް ނުކުރަން އީން ގެ ކޯލް..އަހަރެން އީން ދެކެ އިންތިހާ އަށް ލޯބިވާއިރު އަހަ..ރެން ކީއްވެ އީން އާ ދިމާލަސް މިހެން ބުނަންވީ” އަލްޔާން އަވަސް އަރުވާލައިގެން ވާހަކަ ދައްްކަމުން ދިޔައިރު ފޯން ހިފަހައްޓައިގެން ހުރި އަތްވެސް ތުރުތުރުއަޅައެވެ. ނިތުގައި އަތް ހާކަހާކާ ހުރެ އަލްޔާން ހަނދާން ކުރަން އުޅުނީ ފޯން ޗާރޖަށް ޖެހިފަހުން އެހެން މީހަކު ފޯން ހޯދިތޯއެވެ..އެއާއެކު ކުއްލިއަކަށް މިއަދު ހަވީރު ބައްޕަ ދެއްކި ވާހަކަތަށް މަތީން ހަނދާންވިއެވެ.މެސެޖް ގައިވާ އެއްޗަކާ ބައްޕަ ދެއްކި ވާހަކަ އާ ދާދި އެއްގޮތަކަށް ހުރިކަން ފާހަނގަވެ އަލްޔާން ދުއްވައިގަތީ އަވަހަށް ގެއަށް ދިޔުމަށެވެ. އަލްޔާން ގެ ރިއެކްޝަން ފެނި އެއީ އަލްޔާން ފޮނުވި މެސެޖެއް ނޫންކަން އީތަން އަށް ޔަގީންވުމާއެކު އަލްކާ ކައިރީ ދަނީއޭ ބުނެ އަލްޔާން ފަހަތުން ދިޔައެވެ.
*****
“ބައްޕާ!!!އަހަރެން ގެ ފޯނުން އީން އަށް މެސެޖް ކުރީ ކީއްވެ؟ އީން ބައްޕަ ވަޒީފާ އިން ވަކިކުރީ ކީއްވެ؟ކޮބާތަ ބައްޕަ ގެ މައްސަލައަކީ؟އަހަންނާ އީން ދުރުކުރުވަން އުޅެނީ ކީއްވެ؟” ޔަގީންނުވާހާލު ޝައްކެއްގެ މަތީގައި ހުރެނަމަވެސް ގެއަށް ވަދެގެން ދިޔަ ގޮތަށް ގޮސް އަލްޔާން ހަޅޭއްލަވައިގަތެވެ. ވަލީދު ދެލޯ އަޅާއިގެން ބަލަން ހުރިއިރު މައިންބަފައިން ކުރިމަތީ އެފަދަ ހަރުއަޑުން ދުވަހަކުވެސް ވާހަކަ ދައްކާފައި ނުވާ އަލްޔާން އަށް ބަލަން އާޝިޔާ ވެސް ހުރީ ހައިރާންވެފައެވެ.”އެއީ އެ އަންހެންހެނާ އާއި އަލްޔާން ގުޅެން އަހަރެން ބޭނުން ނުވާތީ..އެއީ ރަނގަޅު ބައެއް ނޫންވީމަ” ތީގެ މާނައަކީ އަހަރެން ފޯނުން އަސްލުވެސް މެސެޖް ކުރީ ހަމަ ބައްޕަ އޭތަ؟” ބައްޕަ އެފަދަ ދަށުދަރަޖައިގެ އަމަލެއް ކޮއްފާނެ ކަމަަށް އަލްޔާން އަށް ހަގީގަތުގައިވެސް ގަބޫލްކުރަންވެސް ދަތިވިއެވެ.” އާނ..އަހަރެން ކުރީ.. ބަލަ އެކަހަލަ މީހުންގެ ފަރާތުން އަލްޔާން ސަލާމަތް ކުރުމަކީ މަގޭ ޒިއްމާއެކޭ…އަޝްރަފް އޭނާގެ ދަރިއާ އަލްޔާން ރައްޓެހިކުރުވީ ހަމައެކަނި އަހަރުމެންގެ މުއްސަންދިކަމުގެ ބޭނުމުގަ” ވަލީދުވެސް ހުރީ ރުޅިއައިސްފައެވެ. އެެހެންޏާ ރީތިކޮށް ވިސްނާ ދޭން އުޅެ އުޅެވެސް އަލްޔާން އަށް ނުވިސްނުނު ވިއްޔާއެވެ.”ހެވޭ އަހަންނަށް..ލާރިބޭނުމިއްޔާ ދޭނަން ބުނި ވަރަކަށް ..އެކަމް އަހަރެން އީން ދޫކޮށް ނުލާނަން..އަހަރެންގެ ބައްޕަ އަކީ ތިހާ ނުލަފާ، ގޮތްދޫނުކުރާ، ބޮޑާ މީހެއްކަމަކަށް ދުވަހަކުވެސް ހިއެއް ނުކުރަން” އޭނަޔާ އީން ދުރުކުރުވަން ބައްޕަ ކުޅުނުހާ ކުޅިވަރު އެނގުމުން އަލްޔާން ބައްޕަ މަތީން މުޅިން ފޫހިވިއެވެ. “ދަރިފުޅާ..ކިހިނެތް ތި ވާހަކަ ދައްކަނީ..އެއީ ދަރިފުޅު ބައްޕައޭ” އަލްޔާން ގެ ބަސްމަގު ހުރި ގޮތުން އާޝިޔާ ނުރުހުންވިއެވެ.”މަންމާ! ބައްޕަ ވެސް އެފެންވަރަށް ދިޔައީމަ ވާހަކަ ދެއްކޭނީ މިހެން..” އަލްޔާން މޫނު އަނެއް ފަރާތަށް އަނބުރާލަމުން އަސަރާއެކު ބުނެލި ގޮތުން ވަލީދު އިތުރަށް ރުޅިގަދަވިއެވެ. “ކޮންފެންވަރެކޭ ތަ ތިކިޔަނީ..އަހަރެން ގެ މިފެންވަރު ހުރީމަ އެއްނު އަލްޔާން އަށް ތިހެން ތިހާ އަރާމުގަ ތި އުޅެވެނީ..ނުވިތާކަށް އެ މީހުންނަށް ބޭނުން ވަރަކަށް ފައިސާ ދޭނަމޭ ބުނާއިރު ކާކު ގެ ފައިސާއެއް ދޭނަމޭ ތިކިޔަނީ..ބަލަ މިގެއާ..މި ބިޒްނަސް މީ އަހަރެން ގެ ބުރަ މަސައްކަތޭ..އެއަންހެނާ އާއި ޖެހި މިއަދު ތި ޒުވާބު ކުރަނީ މި ހުރިހާ އުފަލެއް ހޯދަދިން ބައްޕަ އާ..ކިހާ ރީތި” ބައްޕަ ގެ ވާހަކަ އަޑު އިވުމުން އަލްޔާން އިތުރަށް ފޫހިވިއެވެ. “ބައްޕަގެ މުއްސަނދިކަން ބައްޕައަށް މަރުހަބާ..ބައްޕަގެ މުދަލާ، ގެއާ ފައިސާއިން އަހަރެން އެކައްޗެއްވެސް ބޭނުމެއް ނޫން..އަހަރެން މިދަނީ އީން ކައިރިއަށް..އަމިއްލަ ނަފްސަށް ވުރެ ބޮޑަށް އަހަރެން އީން އަށް އިތުބާރު ކުރަން..އެއީ ބައްޕަ ކަހަލަ ބައެއް ނޫން” ހަގީގީ ހިތްހަަމަޖެހުމަކީ ފައިސާއާއި މުދަލުން ގަނެވޭނެ އެއްޗެއް ނޫންކަންއޭނާގެ މައިން ބަފައިންނަށް ނުވިސްނުނީތީ އަލްޔާން ދެރަވިއެވެ.އެންމެ ދަރިއަކު ހުރި އިރު މުޅި އުމުރުގައިވެސް އޭނާގެ ހިތުގެ ހާލު އެއްފަހަރުވެސް ބަލާނުލެވުނެވެ. ވޮލެޓްގައި ހުރި ޖޮއިންޓް އެކައުންޓްސް ތަކުގެ ކްރެޑިޓް ކާރޑްތަކާއި..ކާރު އަދި ދެ ސައިކަލުގެ ތަޅުދަނޑިވެސް ނަގައި ސޯފާ މައްޗައް އެއްލާލަމުން ފަސްއެނބުރި ބަލާވެސް ނުލާ އަލްޔާން ނިކުމެގެން ދިޔައެވެ. *****
ބޭރުދޮރު ކައިރީ ހުރިހާ ވާހަކަ އެއް އަޑުއަހަން ހުރި އީތަން އަލްޔާން ނިކުތުމުން އޭނާގައިގާ ބައްދާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. “ބްރޯ..އިން ވީ ކޮންތާކު އައި ނީޑް ޓު މީޓް ހާ ގުޅާބަލަ..އަހަރެން ގެ ނަންބަރ ވެސް ބްލޮކް ކޮއްފި..” އަލްޔާން މާޔޫސީ ރާގެއްގައި އެހެން ބުނުމުން އީން ވާނީ މިހާރު ފުރަން ގޮސް ކަމުގައި އީތަން ބުނެލިއެވެ. ދެމީހުން އެކުގައި ސައިކަލުގައި އަވަހަށް ނައްޓާލީ އެއަރޕޯރޓަށް ދިޔުމަށެވެ.
ޗެކިން ކުރުމަށް ފަހު ވެއިޓިން އޭރިއާގެ ގޮނޑިބަރީގައި އިށީދެގެން ތިބި އިރު އަޝްރަފް އަށް އިރު އިރު ކޮޅާބެލެނީ އީން ގެ މޫނަށެވެ. “ހިނގާ ކޮފީ އެއް ބޯން..އަދި ވަގުތު ވެސް އެބަ އޮތް” އީން ގެ މޫޑް ބަދަލް ކޮށްލުމަށް ހިތާ އަޝްރަފް އަހާލިއެވެ. އެއްޗެކޭ ނުބުނެ އީން ދެއަތަކަށް ބޯ ހުރާލިއެވެ. ” ދަރިފުޅު ދެރަނުވެބަލަ..ބައްޕަ ރަށަށް ގޮސް މިހާރު އެއްކޮށްފަ ހުރި ލާރިން ވީހަވެސް އަވަހަކަށް އެހެން މަސައްކަތެއް ފަށާނަން..ކުޑަކޮށް ސްޓޭބަލް ވީމަ މަންމަ އާއި އާދީ އާ އީން ތިން މީހުން އެކީގަ މާލެ ބަދަަލް ކުރާނީ ކިޔަވަން..އެކަމަކު މިވަގުތު ދަރިފުޅުގެ ސަލާމަތްކަން ބައްޕަ އަށް މާ މުހިއްމު..އެމީހުން ކޮންމެފަދަ ކަމެއް ވެސް ކޮއްފާނެ” މިހާ ހިސާބަށް އައިސް ކިޔެވުން ހުއްޓާލަން ޖެހުމުން އީން ދެރަވާނެ ވަރު އަޝްރަފް އަށް ވިސްނުނެވެ.” ނޫން ބައްޕާ..ކޮލެޖާ ވަހަކަ ދައްކައިގެން ރަށު ކެމްޕަސް ގައި ހިންގާ ޑިޕްލޮމާ ކޯހަށް އަހަރެން ޖޮއިން ކުރާނީ.ދެން ފަހުން ޑިގްރީ ވެސް ހެދިދާނެނު ހަމަ ރަށުން..އަހަރެން ދެން ދުވަހަކުވެސް މިތަނަށް އެނބުރި އަންނާކަށް ބޭނުމެއް ނޫން..” މަޑުމަޑުން ވާހަކަ ދައްކަމުން ދިޔަ އީން ހިތަށް ސިހުން ލިބުނީ ޓާރމިނަލް ގެ ދޮރުން ވަދެގެން އައި އަލްޔާން އާއި އީތަން ފެނުމުންނެވެ.ހާސްވެފައި ހުރެ ދެކޮޅު ހޯދަމުން ދިޔަ އަލްޔާން އަށް އީން ފެނުމުން ހުއްޓެވުނީ ހަމަ ޖެހުމުގެ ނޭވާއެއް ލަމުންނެވެ. އެދެމީހުންގެ ހަތަރު ކަޅި ހަމަވުމާއެކު އަލްޔާން ހިނިތުންވެލިއިރު އީން ދުރަށް ބަލަމުން ބައްޕަގެ އަތުގައި ހިފާ އަންނާށޭ ބުނަމުން ތެދުވެ ހިނގައިގަތީ ބޯރޑިން ކުރުމަށް ޗެކިން ގޭޓާ ދިމާލަށެވެ. އަލްޔާން ބާރުބާރަށް ހިނގާފައި އެހިސާބަށް އާދެވުނު އިރު އީންމެން ފާސް ދެއްކުމަށް ފަހު އެތެރެއަށް ވަންނަނީއެވެ. “އީން!!!..ޕްލީޒް ޕްލީޒްް ވެއިޓް.އެއީ މިސްއަންޑަސްޓޭންޑިން އެއް..އައި ކޭން އެކްސްޕްލެއިން ޕްލީޒް ކަމް ބެކް” އެތެރެއަށް ވަނުމަށް ފަހު ނުނިކުމޭވެނެކަން އިނގޭތީ އީން ހުއްޓުވަން އަލްޔާން ތަންކޮޅެއް ބާރަށް އެހެން ބުނުމުން އެންމެންހެން އެދިމާލަށް ބަލަން ފެށިއެވެ. އީން އަޑުއިވޭކަމަށް ވެސް ނަހަދާ އެތެރެއަށް ވަދެގެން ދިޔައިރު އަޝްރަފް އަލްޔާން އަށް ކަޅި އަޅަމުން އީން ފަހަތުން ދިޔައެވެ.ބަލާކަށް ނުހުރެ އަލްޔާން އީން ފަހަތުން އެތެރެއަށް ވަންނަން ދިމާ ކުރުމުން އެތާ ތިބި ދެ އޮފިސަރުން އަލްޔާން ހިފެހެއްޓިއެވެ.”ޕްލީޒް ލެޓް މީ ގޯ…ވަރަށް މުހިއްމު ވާހަކަ އެއް ބުނަން..ހެޔޮނުވާނެ..އައި ލަވް ހާ އައި ނީޑް ޓު ސްޓޮޕް ހާ ޕްލީޒް!!” އަލްޔާން އެ އޮފިސާރ ކައިރީ އާދޭސް ކުރަންފެށިއެވެ. އެމީހުން އަލްޔާން ނުވައްދާނެ ކަން އެނގިހުރެ ފްލައިޓުން ޓިކެޓެއް ލިބޭތޯ އީތަން ދުއްވައިގަތީ ޓިކެޓް ކައުންޓަރާ ދިމާލަށެވެ. “ސޮރީ ކުރިއަށް އޮތް ފަނަރަ މިނަޓް ތެރޭ ފްލައިޓް ފުރާނެ..ޔޫ ކާންޓް ގޯ އިންސައިޑް” އޮފިސަރުގެ އެ ޖުމްލައިން އަލްޔާން މާޔޫސް ވީއިރު އީން އަށް އަޑުއިވޭނެ ކަން އިނގޭތީ “އައި ލަވް ޔޫ އީން އަޝްރަފް..ޕްލީޒް ކަމް ބެކް ޕްލީޒް” އޭ ކިޔާ ހަލޭއްލަވާގަތެވެ. ޗެކިން ކުރަން ކައުންޓަރުގާ ހުރި ކުއްޖާވެސް އީން އާ ދިމާލަށް ބަލާލަމުން ހިނިތުންވެލި އިރު ދެން އެތާ ތިބި އެންމެންހެން މަޖާވެފައި އެދިމާލަށް ބަލަން ތިބިއެވެ. އީތަން ގަތް ލަދުން އަވަހަށް ގޮސް އޮފިސާރ ކައިރީ ސޮރީއޭ ބުނެ އަލްޔާން އަތުގާ ހިފާ ދަމަމުން ކަހަލަ ގޮތަކަށް ދުރަށް ގެނައެވެ. “ބްރޯ ހަމަޖެހިބަލަ..ނެކްސްޓް ފްލައިޓް އިން ޖާގަ ލިބިއްޖެ އޭ..ހެނދުނު ފުރާނެ..”އީތަން ގެ އަތް ފޮޅުވާލުމަށް ފަހު ބޮލުގައި ދެއަތް އަޅަމުން ނިކުމެގެން އެދިޔަ ގޮތަށް ގޮސް އަލްޔާން ހުއްޓުނީ ޖެޓީ ކައިރީގައެވެ.އީން އާ ވަކިވެވޭ ކަމުގެ އިހްސާސް ކުރެވުމާއެކު ރޮއެގަންނަން އަލްޔާން ހިތް ބޭނުން ވިއެވެ. އެހެނަސް ކެތްކުރީ ކޮންމެ ފަދަ ގުރުބާނީއެއް ވެގެންވެސް އީން ހޯދުމަށް ހިތުގައި އަޒުމް ކަނޑައަޅަމުންނެވެ.ފްލައިޓަށް އަރާ ގޮނޑީގައި ހަމަޖެހިލަމުން އީން ބޭރު ބަލާލިއެވެ. މިފަސްގަނޑުން ލިބުނު ކެހިވެރިކަން ހިތަށް އެރުމާއެކު ފެންކަޅިވެފައިވާ ހާލު ލޯމަރާ ބާރުކޮށްލިއެވެ. އަލްޔާން ގެ ލޯބީގައި ދީވާނާ ވަމުން ދިޔަ އެހިތުގެ އިހްސާސްތަށް ކޮންޓްރޯލް ކުރެވޭތޯ ދެއަތުން މުއްކަވާ ބާރުވެސް ކޮށްލެވުނެވެ.
މޯލްޑިވިއަންގެ ފްލައިޓް ރަންވޭ އިން ނައްޓާލި މަންޒަރު ބަލަން އަލްޔާންއަށް ހުރެވުނީ މާޔޫސް ކަމާއެކީގައެވެ.އެ ފްލައިޓް އެދަނީ އޭނާގެ ހިތުގެ ވިންދުކަމުގައިވާ އެންމެ ލޯބިވާ އީން ގޮވައިގެން ކަން ހިތަށް އެރުމާއެކު ކިތަންމެ ހިތްވަރު ކޮށްގެން ހުއްޓަސް އެލޮލުން ކަރުނަ ފޭބީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ.
********
ސްޓޫޑިއޯގެ ސޯފާގައި އަލްޔާން އޮށޯވެގެން އޮތީ ގެއަށް ނުދާންވެގެންނެވެ. ފުރާ ގަޑި ޖެހެންދެން ހުންނާނީ އެތަނުގައިކަމަށް ބުނެ އީތަން ކިޔާ ކިޔާ އެގެއަށް ދާންވެސް އަލްޔާން އެއްބަސް ނުވިއެވެ. ނިތްމަތީ އަތްބާއްވާގެން އޮތް އިރު މިވީ ވަގުތު ކޮޅު ތެރޭގައި ހިނގާދިޔަ ކަންތަށް ސިކުނޑީގައި ހިނގަމުން ދިޔައެވެ.ކަރުނަ ފޮހެލަމުން އެންމެ ފަހު ފަހަރަށް އޭނާ އާ ދިމާލަށް ބަލާލަމުން އީން އެ ދިޔަ ގޮތް ހިތަށް ސިފަ ވުމުން މަޑުމަޑުން ގިސްލެވެން ފެށިއެވެ.އެތަށް އާދޭހެއް ކުރުމުން ވެސް މަޑު ނުކޮށް އީން ދިޔުމުން އަލްޔާން ހިތުގާ ޖެހުނެވެ. އީން ދެކެ އިންތިހާއަށް ލޯބިވާއިރުވެސް “ހާލަތު” އޭނަޔާ އީން އަބަދުވެސް ދުރުކުރުވަނީ ކީއްވެކަމެއް އަލްޔާން އަށް ނުވިސްނުނެވެ. ގިޓާ ނަގައިގެން މިއުޒިކެއްގެ ކުޅެމުން އަލީރަމީޒް ގެ ރީތި ލަވަޔަކުން އަލްޔާން އެހިތުގެ ޖަޒުބާތުތަށް ބޭރުކުރަންފެށިއެވެ. އެއަޑަށް ކައިރީގައި އޮތް އީތަން ލޯ ހުޅުވާލަމުން ބަލާލިއެވެ.
ބުނެ ރޮވެނީއޭ ދަނީހޭ..
ފޮހެލާފާ ލޯ އިސްޖަހާލާ..
ލިބެ ތިޔެ އަނިޔާ ބަލި މިހިތަށް ..ކަލާ ހުންނަން މިއެދެނީ
ދެރަވޭ ދުރަށް ދިޔާއިމާ..ފޮހެލާފާ ލޯ އިސްޖަހާލާ…
ކުރިބިނާ ބިނާ ލޯބީގާ ނެތި ފަނާ ކޮށްލާފާ ..އާދޭހޭ ކުރެވޭ މީ ކަލާ ހިތް ރޮެއްވާފާ..
ހަނދާނުން ކަލާގެ ނަން ފޮހެވެން ނެތުމުން ޖެހެޔޭ ގިސްލާ ރޯން..
ވީ އުފާ ހަޔާތުން ގެއްލިފާ ދުނިޔޭގާ..
ބެދިފާވީ ހަފަރާތުން މަގޭހިތް ބުނެދޭންވީ ހުރި ހާލް…
ހަނދާނުން ކަލާގެ ނަން ފޮހެވެން ނެތުމުން ޖެހެޔޭ ގިސްލާ ރޯން..
****************************************
39 Comments
Comments are closed.
Yeyyy.❤❤Me first
???
Feeling ???
Wen nxt part.. waiting waiting
Awww
Sorry to inform inge hurihaa kudinnah may be next thankolheh las vedhaane emergency kameh dimaa vegen ulheythy…??
Ekms insha allah i wl make it up to u all soon.
Ma first dho
????
v salhi.. maa kuru ekam.. when is next part.
Alhey… Kuru tha☺️
Kuru noon..vvvv salhi.. alhey sifa kurun best.. rovey feeling eh vanee..vvvvvv reethi.. mk site ga mhr in enme best story
Owwww????
Thanx for the lovely comment ??
when Next? plx plx tankolhea avaha upkolha deeba plx plx
Alhey?? dear thankolheh las vaane next epi
mi part v touching.waiting for the next part
Thank you ???
Next Part Wednesday ah avas koladeeba plx plx dear
?? sorry dear
??❤Varah salhi
Thank you??
Mi vaahaka vv furihama… Anjal is the best writer.. maasha Allah.. v avahah dhen oiy part ves genes dhehchey pls dear..???
Thank you so mch dear?????
Asluves kiyaalaa hithun inthizaaru kureveynee mi vaahaka yah varah reethi
Thank you ☺️??
maashaa allah.varah reethi.alyan and leen duru nukurachey. waiting for next part. when next part is? how many parts are remaining now?
Thanks zeesh.. Balama dhw vaa gotheh ☺️☺️
vrh salhi mi paatuves?? vrh habeyeheyy hama ??love it??
Thanx zeek☺️
mi vahaka v reethi…. wat love…. so swyt of Alyan. varah happy vejje msg kuree kaakukan hama mi part ga enguneema.
?☺️☺️ thank you ????
Masha Allah mi partves vvvvvv reethi waiting next part
Thanx xaaan??
misunderstands avahah clear vaathy vrh salhi. Ehen hurihaa story eh ga heevaany hindi series eh kiyaahen
Vrh furihama mi part vex..Alhe alyaan and een dhuru nukuraathi…Eyrah story ge roohu gelleyne…Waitting for nxt…!!@
Thanks ikleel.. Next epi ga balama dhw vaa gotheh??
V reethi vaahakaeh
up vaanea duvahea buneaba dear
kiyaa hiyvaathi kuruvani.. vvv reethi mi story.. plz upload the next part soon.. abdhu beleye next part aadhey tho.. plz.. up load kurache..
kon iraku up kuranii??story is habeyys?????
Mivaahaka mihaaru kobaitha haadha lasvanee keeveyo plx next part
when Next dear? reply nukuranee keevea.up vaanea duvahea namaves bunealaba .haada intizaareakey mikurae veanee