“އީނާލް” ސާމިރާގެ އަޑަށް ހުވަފެނީ ދުނިޔެއަކަށް ގެއްލިފައި ހުރި އީނާލް އަށް ސިހުން ލިބުނެވެ. އޭނާ އަވަސް އަވަހަށް ކޮޓަރިން ނުކުމެގެން ކާ ކޮޓަރިއަށް ގޮސް ވަނެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް އަޔާން އަށް މަލަކް އާއި ބައްދަލު ވާ ގޮތެއް ނުވިއެވެ. އޭނާ އެކަމާ ވިސްނާވެސް ބޯ ގޮވާ ވަރު ވެއްޖެއެވެ. މަލަކް މިހާރު ގެސްޓް ހައުސް އަށް ދާކަން ވެސް އަޔާން އަށް އޮތީ އެނގިފައެވެ. އޭނާ އެކަމާ އުފާކުރެއެވެ. މަލަކް އަށް ވަޒީފާއެއް ލިބުމުން އޭނާގެ ހިތަށް ވެސް ހަމަޖެހުން ލިބުނެވެ. މަލަކް އާއި އޭނާގެ އާއިލާ އުޅޭ ނިކަމެތި ހާލު އޭނާ އަށް ވެސް އެނގެއެވެ.

ފާއިތުވެ ދިޔަ ހަފްތާގެ ތެރޭގައި އީނާލް އާއި ޒައިން ގެ ގުޅުން ވެސް ހީކުރި ވަރަށް ވުރެ އަވަހަށް ވަނީ ބަދަހިވެފައެވެ. ދެމީހުންގެ ވެސް މަސައްކަތް ހުންނަ ގޮތުން މާ ގިނައިން ވާހަކަ ނުދެއްކުނު ކަމުގައި ވިނަމަވެސް ވީ ވަރަކުން ދެމީހުން ވެސް އެކަކު އަނެކަކަށް ވަގުތު ހުސްކުރެވޭތޯ ބަލައެވެ.

އާދައިގެ މަތިން ޑިއުޓީ ނިންމާލާފައި ގެއަށް އައި މަލަކް ހުރީ ވަރުބަލިވެފައެވެ. އެހެންކަމުން ރޭގަނޑުގެ ވަގުތަށް ވިނަމަވެސް މަލަކް އައީ މަޑު މަޑުން ހިނގާލާފައެވެ. ރޭގަނޑު އެގާރަ ޖަހާ ބޮޑުވެފައި ހުރުމުން މަގުތަށް މަތިން މީހުން މަދުނަމަވެސް ދޭތެރެ ދޭތެރެއިން މީހަކު ފެނިލައެވެ. މަލަކް އަތް ދަބަސް ކޮނޑުގައި އަޅުވާލައިގެން ހުރިއިރު އެއްއަތުން ފޯން ހިފައިގެން ކުރިއަށް އައި އިރު ދޭތެރެ ދޭތެރެއިން އޭނާގެ ނަޒަރު ފޯނަށް ވެސް ދަތުރު ކޮށްލައެވެ. ހީވާގޮތުން ގަޑި ބަލާލަނީއެވެ. މަގުތައް މަތީގައި ޖަހާފައިވާ ލައިޓް ތަކުން މަގުމަތި އަލިވެފައި ވީނަމަވެސް ބައެއް ހިސާބުތަށް އަނދިރީ އެ ތަންތަނުގައި ޖަހާފައިވާ ލައިޓް ތައް އަނދާފައިވާތީއެވެ.

މަލަކް ގެ ބޮލުގައި ވެސް ދިޔައީ ރިއްސަމުންނެވެ. އޭނާ ގެ ހުންނަ މަގަށް އެޅި އިރު އެ މަގު ވެސް އޮތީ ފުދޭވަރަކަށް އަނދިރި ކޮށެވެ. ގެއާ ޖެހިގެން ހުރި ގެ އާ ހިސާބަށް ގޮސް ފައި މަލަކް ގެ ފިޔަވަޅުތަކަށް މަޑު ޖެހުމެއް އައެވެ. މީގެ ހަފްތާއެއް ކުރިން އެ ގަސް ދޮށުގައި ހިނގި ހާދިސާ ހަނދާންވެފައި އޭނާ އަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަދި ލޯ މަރާލީ އެ ހިޔާލް ތަކުން ދުރަށް ދެވޭތޯއެވެ. އޭނާ ދަބަސް ތެރެ ހާވާލުމަށްފަހު އޭގެތެރެއިން ކޮންމެވެސް އެއްޗެއް ނެގިއެވެ. އަދި އެއަށް ބަލާލިއެވެ. އަނދިރީގެ ތެރެއިންވެސް އޭގެ ދަޅަ ފާހަގަވެއެވެ.

މަލަކް އަށް ނޭނގުނު ކަމަކީ މިހުރިހާ އިރު މަލަކް ގެ ހަރަކާތް ތަކަށް ފާރަވެރިވެ އެހެން މީހަކު ހުރިކަމެވެ. އެމީހަކު ގެ ތުންފަތް މައްޗަށް ދެންމެ މަލަކް ގެ ހަރަކާތް ތަކުގެ ސަބަބުން ހިނިތުންވުމެއް ވެރިވިކަމެވެ. މަލަކް އެ އަތުގެ ތެރޭގައި އެ ބާއްވާލަމުން މުށް ކަވާލާފައި ހިނގައިގަންނަން އުޅުނު ވަގުތު މީހަކު އޭނާގެ އަތުގައި ހިފާ ކުރިން ވެސް ވެއްދި ގަސް ދޮށަށް ވައްދައިފިއެވެ.

“މިސް ޔޫ” އެމީހަކު މަލަކް ގެ ކަންފަތް ދޮށުގައި ބުނެލިއެވެ. އެއާއެކު މަލަކް އަށް އެ އަޑު ފާހަގަ ކުރެވުނެވެ. އޭނާ އަށް ފުންނޭވާއެއް އަނެއްކާވެސް ދޫކޮށްލެވުނެވެ. އަދި ބާރަށް ތެޅެމުން ދިޔަ ހިތާ ދިމާލުން މޭގައި އަތް އަޅާލެވުނެވެ.

“ކޮން ކަހަލަ ސަކަރާތެއްތަ ތީ؟” މަލަކް އަހާލިއެވެ. އެ އަޑުގައި ވަނީ ނުރުހުމެވެ. “މަލަކް އަކަށް ނޭނގޭތަ… އަހަރެންނަން ވެސް އެނގޭ މަލަކް އަށް ވެސް އަހަރެން މަތިން ހަނދާން ނައްތާ ނުލެވޭނެކަން… އެހެންނު؟ އަތުގައި ތި އޮތް އެތިން ވެސް އެކަން އެނގޭ” އެ ޒުވާނާ ބުނެލިއެވެ. އެ އަޑުން އޭނާވެސް ގޮތް ދޫ ކުރަން ބޭނުން ނުވާ ކަން އެނގެއެވެ. މަލަކް އެއްޗެކޭ ބުނަން އުޅުނު ވަގުތު އެ ޒުވާނާ މަލަކް ގެ ތުންފަތުގައި އިނގިލި ޖައްސާލުމަށް ފަހު އެހަށް މަޑު ކުރުމަށް އެދުނެވެ. “މަލަކް އެހެން ހެދީ ކީއްވެކަން ބުނެދީފާނަންތަ؟” އެމީހަކު އަހާލިއެވެ.

“ނޫޅެން ބުނާކަށް. ދެން މިހާރު ވެއްޖެއެއްނު އަހަރެން ފަހަތުން ދުވުން ހުއްޓާލަން ދޯ… އާން… މިއޮތީ” މަލަކް އޭނާގެ އަތުގައި އޮތް އެތި ބިންމައްޗަށް ވައްޓާލިއެވެ. އަދި ދުއްވައިގަންނަން އުޅުނެވެ. އެހެންނަމަވެސް އެ ޒުވާނާ ހުށިއާރު ކަމާއެކު މަލަކް ގެ އަތުގައި ހިފެއްޓިއެވެ. “މަލަކް މަޑު ކުރޭ” އޭނާގެ އަޑުގައި ވަނީ އަމުރުވެރިކަމެވެ. މަލަކް ގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔަ ނަމަވެސް އޭނާ މަސައްކަތް ކުރީ އެކަން ނުދައްކާވޭތޯއެވެ. އެހެންކަމުން އެ ޒުވާނާ އާއި ހަތަރު ކަޅި ހަމަ ނުކޮށްވޭތޯ މަލަކް މަސައްކަތް ކުރަމުން ދިޔައެވެ.

އެ ޒުވާނާ ގުދުވެލުމަށްފަހު ވެއްޓުނު އެތި ނަގާ މަލަކް ގެ އަތުގައި އަނެއްއަތުން ހިފައްޓާލިއެވެ. އަދި މުށްކަވާފައިވާ އަތް ނައްޓާލުމަށްފަހު އޭނާ އެ ނެގި އެތި މަލަކް ގެ އަތަށް ލައިދިނެވެ.

“މަލަކް މި ކެވެލި ކޮޅަށް ތިހެން ނަހަދާ… މަލަކް އަހަރެންނަށް އެހާ ނަފްރަތު ކުރަނީތަ؟” އެ ޒުވާނާ އަހާލިއެވެ. “އަޔާން” މަލަކް ގެ ދުލުން ބޭރުވިއެވެ.

އެހެންނަމަވެސް މަލަކް އަށް ހުއްޓުން އެރީ އަޔާން އޭނާގެ އަތް ދައްކާލާ މަލަކް ގާތު އިޝާރާތުން ހުއްޓާލަން ބުނުމުންނެވެ. އިތުރަށް އެއްވެސް އެއްޗެއް ބުނުމެއް ނެތި މަލަކް އަށް ވެސް އެއްޗެއް ބުނަން ފުރުސަތެއްނުދީ އަޔާން ގަސްތަކުގެތެރެއިން ނުކުމެގެން ދިޔައެވެ. އޭރު އޭނާގެ ލޮލުގައި ވެސް ކަރުނަ ބޮނޑި ވަމުން ދިޔައެވެ. ވާނީވެސް އެހެންތާއެވެ.

މަލަކް އަކީ އޭނާގެ ވެސް ފުރަތަމަ ލޯބި ވިއްޔާއެވެ. މަލަކް އެ ގުޅުން ނިންމާލި ފަހުންވެސް އޭނާ މަލަކް ގެ ފަހަތުން އުޅެނީ އަދިވެސް އެ ލޯބި ކާމިޔާބު ކުރެވޭތޯއެވެ. އެހެންނަމަވެސް އޭނާ އަށް މިހާރު މި ކުރެވޭ ކަމަކުން އެއްވެސް އެދެވޭ ނަތީޖާއެއް ލިބޭ ކަމަށް ނުފެންނަނީއެވެ.

އެންމެ ފުރަތަމަ އެތަކެއް ދުވަހެއް ފަހުން އޭނާ މަލަކް އާއި ދިމާކުރި ރޭ މަލަކް ގެ ފަރާތުން ފެނުނު އަމަލް ތަކުން އޭނާ އަށް ވެސް މަލަކް ގެ ފަރާތުން ކަންތައް ތައް އޮޅުން ފިލުވަން އުޅެވުނީއެވެ. މަލަކް އެރޭ ރުއި ރުއިމަކީ ހަމަގައިމުވެސް މަލަކް ކޮންމެވެސް ކަހަލަ ބޮޑު ވޭނެއް ތަހައްމަލު ކުރަމުން ދާ ކަމުގެ އިޝާރާތެކެވެ. އެހެންކަމުން އޭނާ މަސައްކަތް ކުރީ މަލަކް ގެ ނިންމުމުގެ ފަހަތުގައި ވަނީ ކޮން ކަހަލަ ހަގީގަތެއްތޯ ހޯދާށެވެ. އަދިވެސް މަލަކް ކަންތައް ކުރި ގޮތް ގަބޫލް ކުރަން ދަތިވަނީއެވެ. އޭނާ ގެ ހިތުގައި އަބަދުވެސް ވަނީ މަލަކް އެވެ. މަލަކް ނޫން އެހެން އެއްވެސް ކުއްޖެއް ދެކެ މި ގޮތަށް އޭނާ ލޯތްބެއް ނުވެއެވެ. މަލަކް އަށް އެދެވެނީ އެހެންވެއެވެ. އޭނާގެ ބަސްނާހާ ހިތަށް ވިސްނަދޭން ކުރަމުން ދިޔަ ހުރިހާ މަސައްކަތެއް ބޭކާރު ވަނީވެސް އެހެންވެއެވެ.

ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން އޭނާ ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. ބަނަކޮށް އޮތް އުޑުމަތިން އެއްވެސް އިންޒާރަކާ ނުލާ ވާރޭ އޮއްސާލީ ވެސް އެވަގުތުއެވެ. އެހެންނަމަވެސް ވާރޭން ސަލާމަތް ވުމަށް ދުއްވައިގަންނާކަށްވެސް އަޔާން މަސައްކަތެއް ނުކުރިއެވެ. އޭނާ ހުރި ގޮތަށް ހުރީއެވެ. މަޑު ފިޔަވަޅުތަކެއްގައި ހިނގަމުން ދިޔައިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ކޯތާފަތުން ތިރިއަށް ދިޔަ ކަމުގައި ވިނަމަވެސް އެކަން ފަރުދާވެގެން ގޮސްފައި ވަނީ ވެހެމުން ދިޔަ ވާރޭގެ ސަބަބުންނެވެ. އެ ހިތުގައި ވޭން ވެސް އަޅަނީއެވެ. މެއަށް ވެސް ތަދުވަނިއެވެ. އެހެންނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ މަލަކް އަކަށް އެއިން އެއްވެސް ކަމަކުން އަސަރެއް ނުކުރާނެއެވެ. މަލަކް ގެ ހިތްހަމަ އެހާ ހަރީ ހެއްޔެވެ؟

އަޔާން ދިޔަ އިރުވެސް އެތަނުން ހިރިލަން ނޭނގިފައި ހުރި މަލަކް ގެ ހިތް ވަނީ އެއަށް ވުރެ ބޮޑަށް ޒަހަމް ވެފައެވެ. ކިތަންމެ ފަހަރަކު ދުވެފައި ގޮސް އަޔާން ގެ އަތުގެ ހިމާޔަތް ހޯދަން ބޭނުންވެއެވެ. އެހެންނަމަވެސް އޭނާ އަށް މަޖުބޫރެވެ. މާޒީގައި ކޮންމެ ގޮތަކަށް ކަންތައް ހިނގާފައި އޮތް ނަމަވެސް މަލަކް އަށް އެއިން އެއްވެސް ކަމެއް އަޔާން ގާތު ބުނެވޭކަށް ނެތެވެ. މަލަކް ގެ މަޖުބޫރީގެ ހާލަތު އޭނާ ކިޔައިދޭނީ ފަހެ ކާކަށް ހެއްޔެވެ؟ ދަބަސް މޭގައި ޖައްސާލައިގެން ބޯ ވާރޭގެ ތެރޭގައި ހުރި އިރު މަލަކް ގެ ލޮލުން ވެސް ކަރުނަ ފައިބަނީއެވެ. މޭގައި އުފެދިފައިވާ ރިހުން މުޅި ހަށިގަނޑަށް ފެތުރި ދާނެހެން ހީވަނީއެވެ.

މަޑު މަޑުން ގަސްތަކުގެ ތެރޭން ނުކުމެގެން ގޮސް ގޭގެ ތަޅުގައި މަލަކް ހިފާލިއެވެ. ދޮރު ހުރީ ތަޅުލާފައެވެ. އެހެންކަމުން ދަބަސް ތެރެއިން ތަޅުދަނޑި ފަތި ހޯދާ އެ ނެގިއެވެ. އަދި އެއަށް ފަހު ގޭގެ ތަޅު ހުޅުވާލަމުން ގެއަށް ވަނެވެ. ލަސްނުކޮށް ކޮޓަރިއައް ވަތް މަލަކް އަށް ދޮރު ލައްޕާ ލުމާއެކު ދޮރު ބުޑުގައި އިށީދެވުނެވެ. ދަބަސް ވެސް އަތުގެ ކޮޅަށް ހޫރާލުމާއެކު މަލަކް ގެ އަޑުވެސް މަޑު މަޑުން ގަދަވާން ފަށައިފިއެވެ. އަނގަމަތީގައި އަތް އެޅީ އަޑު ބޭރުވިޔަ ނުދިޔުމަށެވެ. ގިސްލާ ރޮވުނީ ހިތަށް ތަދު ވެފައިވާ ވަރުންނެވެ. އިތުރަށް ހިތްވަރު ކުރުމުގެ ގާބިލް ކަން މަލަކް ގެ ގައިގައި ނެތެވެ.

“އަޔާން ވައި؟” މަލަކް ގެ އަނގައިން މަޑު ހަޅޭކެއްގެ ސިފައިގައި އެ އަޑު ބޭރުވިއެވެ. މަލަކް އަށް ނޭނގުނު ކަމުގައި ވިނަމަވެސް އެވަގުތު އެ ކޮޓަރި ކައިރީގައި ހުރި މީހަކަށް އެ އަޑު އިވިއްޖެއެވެ. އެމީހެއްގެ ދެ އަތް މުށް ކެވިގެން ދިޔައެވެ. ރުޅިއައިސް ދެ ބުމަ ގާތް ވެގެން ދިޔައެވެ.

އީނާލް އާއި ޒައިން އާއި ދެމީހުން ވައިބާރ އިން ޗެޓް ކުރަމުން ދިޔައެވެ. ދުވަސް ހޭދަ ކުރި ގޮތް ކިޔައިދެމުން ދިޔައީ އެއްވެސް ފޫހިކަމެއް ނެތިއެވެ. އެއްވެސް ހިޔާލެތް ފިކުރެއް ނެތެވެ. “ނާލް… ކޮން އިރަކުންތަ އަހަރެމެންގެ ވާހަކަ ބުނާނީ؟” ޒައިން އޭނާ އަށް އުނދަގޫ ކުރާ ހިޔާލް އީނާލް އާއި ހިއްސާ ކޮށްލިއެވެ.

“ވަރަށް އަވަހަށް ތިކަމާ އެބަ ވިސްނަން” ދެމީހުން ވެސް ހަގީގަތުގައި މިހާރު ވިސްނަމުން ދިޔައީ އެކަމާއެވެ.

އެތަށް އިރަކު ދެމީހުން ވާހަކަ ދައްކަން ތިއްބެވެ.

ސާމިރާ އެނދުގައި އޮށޯވެގެން އޮތް އިރު އޭނާގެ ލޮލާ ނިދި ވަނީ ދުރުވެފައެވެ. އަޔާން އާއި މެދު ވިސްނަމުން ދިޔަ ސާމިރާގެ ހިތާ ސިކުނޑީގައި ރަސްކަން ކުރަމުން ދަނީ ކޮން ފަދަ ހިޔާލް ތަކެއް ކަމެއް ނޭނގެއެވެ.

ނާޖިދު އައިސް ވަނީ އޭނާ އެހެން އޮއްވައެވެ. “ހާދަ ލަސްވީ؟” ސާމރާ އަހާލިއެވެ. “އާނ… މި އަނީސް މެން ގާތު ވާހަކަ ކައިގައި އިދެވުނީ ވާރޭވެސް ވަރަށް ބޯ ކޮން އެބަ ވެހޭ ވިއްޔަ ކީކުރާނީ؟” ނާޖިދު ބުނެލިއެވެ.

ނާޖިދު ނިދަން ތައްޔާރުވުމުން ސާމިރާވެސް އައިސް އެނދުގައި އޮށޯތެވެ. އޭނާ އޮތް ގޮތުން ނާޖިދު ސުވާލުކޮށްލިއެވެ. “ކޮން ކަމަކާ ތަ ވިސްނަނީ ސާމީ”

“އަޔާން އާ ދޭތެރޭ… އެ ފަކީރު މީހަކާ އިންނަ ހިޔާލުވެސް ކުރަނީކީނޫން… އެކަމަކު ޒިންމާދާރު ކުރެވޭނީވެސް ދެން މީހަކާ އިނީމަހެން ހީވަނީ” ސާމިރާ އޭނާގެ ހިޔާލް ހިއްސާކޮށްލިއެވެ. “އާނ… ތިޔަ ކަން ވެސް އޮތީ ތިހެން ހެން އަހަންނަށް ހީވަނީ” ނާޖިދު ބުނެލިއެވެ.

“އީނާލް ގެ އުޅުމަށްވެސް ބަދަލް ތަކެތް އަތުވެއްޖެހެން ހީވަނީ… މިހާރަކަށް އައިސް ވަރަށް ގިނައިން ފޯނެއް އަންނަ ކަމަށް ފާހަގަ ކުރެވޭ… ހީވާގޮތުން ގުޅަނީ ވަރާށް ހާއްސަ މީހެއް. އެ ކޯލެއް އަންނަ ކޮންމެ ފަހަރަކު އިނާލް ގެ މޫނުމައްޗަށް އަރަމުން ދާ ކުލަވަރުން އެނގޭ އެކަން” ސާމިރާ ބުނެލިއެވެ. އާއެކެވެ. ދަރިއެއްގެ މިޒާޖަށް ބަދަލެތް އަންނަ ނަމަ އެ ކަން އެންމެ ފުރަތަމަ ފާހަގަ ކުރެވޭނީ މައި މީހާއަށެވެ.

“އެހެންތަ؟” ނާޖިދު ގެ ޖަވާބު ކުރުނަމަވެސް އޭނާ ގެ ތުންފަތް މައްޗަށް ވެރިވި މައުނަވީ ހިނިތުންވުމުން އޭނާ ހުރީ އެކަމާ ހިންހަމަ ޖެހިފައި ކަން އެނގެއެވެ.

“އަހަރެންނަން އެނގޭ ހެން ހީވަނީ ކާކާ ހެން އީނާލް ތި ވާހަކަ ދައްކަނީ؟” ނާޖިހު ވިސްނާލަމުން ޖަވާބުދިނެވެ.

“އެހެންތަ ކާކާ އަނެއްކާ؟” ސާމިރާ އަހާލިއެވެ. އެއާއެކު ނާޖިހު ހިނިގަނޑެއް ޖަހާލިއެވެ.

‘އީނާލް ބުނަން ދެން މަޑު ކޮށްލަމާ… އަހަރެން ކަންބޮޑުވޭ އީނާލް އަށް ވުރެ އަޔާން އާ މެދު… އެ ދަރި އަދިވެސް މީހަކާ އިންނަ ހިޔާލެތް ނުކުރޭ ވިއްޔާ… ހިތަށް އަރާ ކިހިނެތް ހަދައިގެން ބާއޭ އެ އަށް ވުރެ ޒިންމާދާރުވާނީ… ދުވާލު ދާ ހަތަރު ދަމު މޫދުގަ އުޅެފަ ވިއްޔަ ގެއަށް އަންނަނީ އެވެސް ރޭގަނޑު އެގާރަ ބާރަ ޖެހީމަ… މިރޭވެސް އަދި ނޭގެ ގެއަށް އައި ކަމަށް. ސާމިރާވެސް އަޔާން އާއި ވާހަކަ ދައްކައިލަން ވެއްޖެހެން ހީވަނީ… އަހަރެންނަށް ޔަގީން ކަން އެބައޮތް އަހަރެންގެ ދަރިއެއް ގޯސް މަގަކުން ނުދާނެކަމާމެދު. އެކަމަކުވެސް ރޭގަނޑު އެހާ ލަސް ވަންދެން ބޭރުގަ އުޅުމަކީ އެހާ ހިންހަމަޖެހޭ ކަމެއްނޫން… އަހަރެންވެސް ބަލާނަން އަޔާން އަށް ވިސްނަދެވޭތޯ” ނާޖިދު ވާހަކަ ދެއްކިއެވެ. ނާޖިދު ގެ ވާހަކައަށް ސާމިރާވެސް ބޯ ޖަހާލިއެވެ.

“ވަރަށް ލަސްވެސް ވެއްޖެ… ވަރަށް ވަރުބަލިވެސް ވެއްޖެ….މި މީހުންނާ ވާހަކައިގައި ޖެހުމުން ނޭނގޭނެ ވަގުތު ދާ ގޮތްވެސް ހިނގާ ނިދަމާ” ނާޖިދު ބުނެލިއެވެ. ސާމިރާވެސް ބޯ ޖަހާލިއެވެ. ރިމޯޓް ނަގާ ނިދާ ބޮކީގެ އަލި ފަނޑު ކޮށްލަމުން ނާޖިދުވެސް އޮށޯތެވެ.

އައިމަން ސްކޫލަށް ދާން ނުކުތް ވަގުތަކީ އީނާލް ވެސް ހޮސްޕިޓަލަށް ދާން ނުކުތް ވަގުތެވެ. އޭނާ އީނާލް އަށް ގޮވާލިއެވެ.

“ހައި އީން… ހޮސްޕިޓަލަށް ދަނީ؟”

“ޔާ… މިހާރު ދަނީ މި. މިއަދު ލަސްވެސް ވެއްޖެ…” އަތުގައި އޮތް ގަޑިއަށް ބަލާލަމުން އީނާލް ބުނެލިއެވެ. އަދި ހިނިތުންވެލިއެވެ. އައިމަން ވެސް ހިނިތުންވެލިއެވެ. އީނާލް ވެސް ހެދުނުގެ ސައި ކުޑަ ގޮތެއް ހަދާލައިގެން ތެދުވިއެވެ. އަދި ދަނީ ކަމުގައި ބުނެފައި އޭނާ ހިނގައިގަތެވެ.

އީނާލް ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި މިއަދުވެސް ޒައިން އާ ދިމާވިއެވެ. އާދައިގެ މަތިން ދެމީހުން ހިންހަމަ ޖައްސާލީ ދުރުން ބަލާލައިގެންނެވެ.

ހޮސްޕިޓަލަށް ވަންނަން ދިޔަ އީނާލް ގެ ލޮލުގައި ވެސް ނުކުންނަން އައި މިކްޔަން އަޅައިގަތެވެ. އޭނާ އާދައިގެ މަތިން މިކްޔަން އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. މިކްޔަން ވެސް ނުކުމެފައި އިނާލް އަށް ގޮވާލާ އީނާލް ގާތު މަޑު ކޮށްލިއެވެ. މިކްޔަން ބަލަން ހުރި ގޮތުން އީނާލް އަށް އުނދަގޫވިއެވެ. “ކިހިނެތްވީތޯ ޑޮކްޓަރ” އީނާލް އަހާލިއެވެ. އޭނާ އަށް މިކްޔަން ގެ ބެލުން ކަމު ނުދިޔައީއެވެ. “ކަމެއްނުނޭ އީން… ޑޮކްޓާރ އޭ… ހާދަ ދުރު ކޮށްލީ އަހަރެން މިހާރު.” މިކްޔަން ބުނެލިއެވެ. އޭނާ އީނާލް އާ ދިމާލަށް ބަލާލަމުން އެއްލޯ މަރާލިއެވެ.

“ގަޑި ޖެހެނީ” އަތުގައި އޮތް ގަޑިއަށް ބަލާލާ މިކްޔަން އަށް ބުނެލުމަށް ފަހު އެތެރެއަށް އީނާލް މިސްރާބުޖެހިއެވެ. މިކްޔަން ދެފަރާތަށް ބޯ ހޫރާލިއެވެ. އީނާލް ގެ ފަރާތުން މިކްޔަން ބޭނުންވާ ސަމާލް ކަމެއް ނުލިބެއެވެ. އެހެން އަންހެންކުއްޖެއްނަމަ މިކްޔަންގެ އެންމެ އިޝާރާތަކަށް މިހާރު ހުންނާނީ އޭނާގެ އަތުތެރޭގައެވެ. އެހެންނަމަވެސް އެ ހުރިހާ އެންމެންނާ އީނާލް ތަފާތެވެ. ކީއްވެހެއްޔެވެ؟. އޭނާ އަށް ވެސް އީނާލް ކަމުދެއެވެ. ރީއްޗެވެ. ފުރިހަމައެވެ.

ބޯ ކަހާލަމުން މިކްޔަން އޭނާގެ ސައިކަލު ޕާރކިން އޭރިޔާއިން ނަގައިގެން ގެއާ ދިމާލަށް ދިޔުމަށް ދުއްވާލިއެވެ.

މަސައްކަތް ކުރަމުން ދިޔަ ޒައިން މަގުގެ ދެކޮޅު ބަލާލަމުން މަގުމައްޗަށް ނުކުމެލީ ދުރުން އެމީހުން ކުރަމުން ދިޔަ މަސައްކަތް ބަލާލުމަށެވެ.

“ތި ފިލާގަނޑު އަދި ކުޑަކޮސް ކަނާއަތް ފަރާތަށް ޖައްސާލަބަލަ” ޒައިން ބުނެލިއެވެ. އެއާއެކު އެ ކުއްޖާ ޒައިން ބުނި ގޮތަށް ކަންތައް ކުރިއެވެ. ޒައިން ހުރީ އެ ގެންދަންވީ މިސްރާބު ކިޔައިދޭށެވެ. އޭނާ މަޑު މަޑުން ފަހަތަށް ޖެހެމުން ދިޔައެވެ. ޒައިން ގެ ސަމާލް ކަން މިހާރު ހުރީ ކުރިމަތިން ކުރެވެމުން ދިޔަ މަސައްކަތަށް ހުއްޓިފައި ކަމުން ޒައިން ގެ ސަމާލްކަން އެއްވެސް ވަރަކަށް މަގަށް މިހާރަކަ ނެތެވެ.

ފޯނަށް ކޯލެއް އައުމާއެކު ސައިކަލު މަތީގައި އިން މިކްޔަން ފޯން ނެގިއެވެ. އެއްއަތުން ފޯން ހިފައްޓައިގެން އަނެއްއަތުން ސައިކަލުގެ ހުންގާނުގައި ހިފައިގެން އިން މިކްޔަން ޖެހިގެން އޮތް މަގަށް އަނބުރާލިއިރުވެސް މަގަށް ދޭންވާ އެންމެ ފުރިހަމަ ސަމާލް ކަމެއް ނުދިނެވެ. އޭނާ އަށް ވެސް ކުރިމަތި ބަލާލެވުނު އިރު މަގުގެ މެދާ ހިސާބުގައި ހުރި ޒުވާނާ ފެނި ފޯން ވެސް އަތުން ދޫކޮށްލެވުނެވެ. ސައިކަލު އަނބުރާލަން އުޅުނު ކަމުގައި ވިނަމަވެސް އެކަން ކުރެވޭ ގިތެއް ނުވިއެވެ.

ޒައިން އަށް ވެސް ބަލާލެވުނު އިރު ސައިކަލު އައިސް އޭނާގެ ގަޔާއި ހަމަވީއެވެ. އެހެންނަމަވެސް އޭނާ އަށް ހަދާލެވުނު ގޮތުން ނަސީބަކުން ގައިގައި ނުޖެހި ސައިކަލު ކޮންޓްރޯލް ކުރެވުނެވެ. އެހެންނަމަވެސް ފައިގައި ޖެހިފައި ފައި ކޮންމެވެސް ވަރަކަށް މަށައިގެން ދިޔައެވެ.

“ތަންކޮޅެއް ރަނގަޅަށް މަގުމައްޗަށް ބަލާލައިގެން އުޅޭނަމަ ދޯ…” މިކްޔަން ގެ އަޑުގައި ވަނީ ނުރުހުމެވެ.

“މި މީހުންނާ ހެދި މަގެއް މަތިން ދުއްވާ އެއްޗެއް ދުއްވެނީ އެއްނޫން… ހިނގާ ބަޔަކަށް ހިނގެނީކީ ނޫން… ވާނީވެސް މިހެނެއްނު… ކިޔަވައިގެން ތިބި ބަޔެއްނޫން” މިކްޔަން ބުނެލިއެވެ. މިކްޔަން ބުނި ޖުމްލައަށް ޒައިން އަޅައެއްނުލިއެވެ. އޭނާ މާފަށް އެދިފައި ހިނގައިގަންނަން އުޅުނެވެ. އެހެންނަމަވެސް ފައިގައި ޖެހުނު ގޮތުން ފަޔަށް ތަދެއް ވެސް ހުރީ އަރާފައެވެ.

“އޭތް… ޝިމައްޓޭ… އާދެބަލަ…” ޒައިން ގޮވާލިއެވެ. ޝިމާހް އަށް ގޮވާލުމާއެކު އޭނާ ޒައިން ގާތަށް އައެވެ. ޖެހުނު ލެތް ބާރުކަމުން ހިނގާނުގަނެވިފައި ހުރި ޒައިން ވީ ގޮތް ބުނުމުން އޭނަގެ އެހީގައި ޒައިން ދިޔައެވެ. ގޮސް އެތަނުގައި ހުރި ގާތަށް މަތީގައި އިށީނެވެ. އަދި ފަޔަށް ރަނގަޅަށް ބަލާލިއެވެ. ފައިގެ ކަށިމަތި ހުރީ ވަރަށް ބޮޑަށް ދުޅަވެފައެވެ. “އޭތް ޒައިން މަށަށް ފެންނަނީ ކަލޭ ދާން… ހޮސްޕިޓަލަށް… ގޮތެއް ވެފަ ވެސް އިނދެދާނެއެއްނު” އެހެން ކުއްޖަކު އެދިމާލަށް އަންނަމުން ބުނެލިއެވެ. ރަނގަޅަށް ބަލާލުމާއެކެ މަށައިގެން ގޮސްފައިވާ ތަންވެސް ޒައިން އަށް ފެނުނެވެ. ފުދޭވަރަކަށް ބޮޑަށް މެށިފައިވެއެވެ. ދިލަ ނަގަނީ އެހެން މިހެން ނަކުން ނޫނެވެ.

“ގެއަށް ކަންނޭގެ ދާންވީ؟” ޒައިން ބުނެލިއެވެ. އޭތް ކަމާލް… ކަލޭ ދާންވީނު ޒައިން ގޮވައިގެން ސައިކުގަ އުޅޭ މީހާއަށް ފަސޭހަ ވާނެއެއްނު…” ޝިމާހް ބުނެލިއެވެ. އެއާއެކު ކަމާލް އާއެކޭ ބުނެ ޒައިން ގޮވައިގެން ދާން އަވަސްވެގަތެވެ.

ހިނގައިގަންނަން އުޅުމުން މިފަހަރުވެސް ޒައިން އަށް ދެވޭ ކަމަކަށް ނުވިއެވެ.

މިތަން ބަލަން ހުރި މިކްޔަން ދެފަރާތަށް ބޯ ހޫރާލިއެވެ. ޑޮކްޓަރަކަށް ވެ ހުރެ އެމީހުން އެ ގޮތަށް ދޫކޮށްލާފައި ދާން އޭނާގެ ހިތް ހަމައެއް ނުޖެހުނެވެ. އެހެންކަމުން ސައިކަލުގައި އެ ދިމާލަށް ކައިރި ކޮށްލާފައި އޭނާ ވާހަކަދެއްކިއެވެ. “އެކްސް ކިއުސް…” އެ ހުރިހާ އެންމެންގެ ސަމާލް ކަން މިކްޔަން އަށް ހުއްޓުނެވެ. މިކްޔަން ޒައިން ގާތު ގެއަށް ގޮސް ސާފުކޮށްގެން ހަދަންވީ ގޮތް ކިޔައިދިނެވެ. އަދި ހޮސްޕިޓަލަށް ގޮސް އެކްސް ރޭ އެއް ނަގަން ލަފާދިނެވެ.

ޒައިން ޝުކުރު އަދާ ކޮށްފައި ކަމާލް އާއެކު ގެއާ ދިމާލަށް މިސްރާބުޖެހީ ސައިކުގައެވެ. “އެއީ އެ އަނީސް ގެ ދަރި ދޯ” ޝިމާހް މިކްޔަން ދިޔުމާއެކު ބުނެލިއެވެ. “އާނ… ބޮޑާ ވެފަ ހުންނާނީ… އޭނާ ނޫން މީހަކަށް ނެތް ވިއްޔަ ޑޮކްޓަރުކަން ކިޔެވިފައެތް” އެތަނުން އެއްކުއްޖަކު އަނގަޔަށް ވައްތަރެއް ޖައްސާލަމުން ޖަވާބުދިނެވެ. ޒައިން ގޮސް ލޯ މަތިން އޮބާލުމާއެކު އެމީހުން އަނެއްކާވެސް މަސައްކަތް ކުރުމަށް އަވަސްވެގަތެވެ.

ޒައިން ގެއާ ހިސާބަށް ސައިކަލު މަޑު ކޮށްލިއެވެ. އަދި އެއަށްފަހު ޒައިން ސައިކަލުން ފެއިބުމަށްވެސް ކަމާލް އެހީތެރިވެދިނެވެ. އެއަށްފަހު އަތު ލަފި ކޮށްގެން ކަހަލަ ގޮތަކަށް ޒައިން ގެންގޮސް ގެއަށް ވެއްދިއެވެ. އޭރު ރާނިޔާ ވެސް ގޭތެރޭގައި އުޅެއެވެ. އޭނާގެ އަތުގައި ފިހިގަނޑެއް އޮތުމުން ތަން ސާފު ކުރަނީކަން އެނެގެއެވެ.

“ދަރިފުޅާ ކިހިނެތްވީ؟” ރާނިޔާ އަށް ޒައިން ފެނުމާއެކު ކަން ބޮޑުވެފައި އަހާލެވުނެވެ. އަދި ފިހިގަނޑު ބަހައްޓަމުން ޒައިން އާ ދިމާލަށް އައެވެ. ކަމާލް ގެ ވެސް އެހީއާއެކު ޒައިން އެތަނުގައި ހުރި ގޮނޑިއެއްގައި ބޭންދިއެވެ. “ދަރިފުޅާ ހޮސްޕިޓަލަކަށް ނު ދާންވީ… ކީއްވެ ގެއަށް އައީ؟” ރާނިޔާ ބުނެލިއެވެ.

“ދެން މިހެން ހުރެގެންތަ ހޮސްޕިޓަލަށް ދާނީ… ބޮޑަށް ފަޔަށޭ ތަދުވަނީ… އެ އޯކޭވާނެ ކަންނޭގެ މެށިފަ ހުރިތަން ނެތެއްނު މާ ބޮޑަކަށް… ދުޅަވެފަ ހުރީމަ އެ ތަދުވަނީ… ދެން ފެންވަރާ ހަދާލައިގެން ދިޔައިމަ އޯކޭ ވާނެއެއްނު” ޒައިން ބުނެލިއެވެ. އާނ… ހިނގާ އަވަހަށް ދެވޭތޯ އުޅެމާ” ރާނިޔާ ބުނެލިއެވެ. އަދި ފޮތިގަނޑެއް ހިފައިގެން އައިސް ޒައިން ގެ ހަލާކުވެފައި ހުރިތަންތަން ސާފުކުރުމަށް އަވަސްވެގަތެވެ.

“ޒައިން އޯކޭދޯ މަ ދިޔަޔަސް. ކަމަކު ބޭނުން ވެއްޖެއްޔާ ގުޅާލާ އަންނާނަން އެނގޭ” ކަމާލް ފޯން ނަގާ ގަޑި ބަލާލަމުން ވާހަކަ ދެއްކިއެވެ. ޒައިން ބޯ ޖަހާލުމާއެކު އޭނާ ދިޔައީ އަދިވެސް އެއްފަހަރު ކަމެއް ބޭނުން ވެއްޖެނަމަ ގުޅާލުމަށް ބުނެލާފައެވެ.

އީނާލް ޑިއުޓީގައި އިންދާ އޭނާގެ ފޯނަށް މެސެޖެއް އައެވެ. އެހެންނަމަވެސް އެ ވަގުތު އޭނާ އިނީ ޕޭޝެންޓަކާ އެކު ކަމަށްވުމާއެކު އެ ފޯނަށް ބެލުމެއްނެތި އޭނާ ބޭސް ސިޓީ ލިޔެ ނިންމާލިއެވެ. އަދި އެއްފަހަހު ބަލި މީހާ އަތަށް ބޭސް ސިޓީ ދިނުމަށް ފަހު ފޯން ނަގާ ބަލާލިއެވެ. ޑޮކްޓަރު މިކްޔަން ފޮނުވާފައިވާ މެސެޖެކެވެ. “ހެއި އީން… މިރޭ ފްރީތަ… ނީޑް ޓް ޑިސްކަސް އަ ކޭސް ވިތް ޔޫ” މެސެޖުގައި ވިއެވެ.

“ޔެސް ޑޮކްޓަރ… އައި ހޭވް ސަމް ފްރީ ޓައިމް… ”

“އޯކޭ… އައި ވިލް މެސެޖް ޔޫ ދި އެޑްރެސް ލޭޓަރ” މިކްޔަން ދެން ފޮނުވި މެސެޖުގައި ވެއެވެ.

“ލެޓްސް މީޓް އެޓް ދި ހޮސްޕިޓަލް… އައި ތިންކް ދެޓް ވުޑް ބީ ބެޓާރ…” އީނާލް މެސެޖް ފޮނުވާލިއެވެ. އަދި މިކްޔަން ގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ. އެހެންނަމަވެސް ފަސް ވަރަކަށް މިނިޓް ވެގެން ދިޔަ އިރުވެސް އެކޮޅުން ޖަވާބެއް ނުލިބުނެވެ. އެހެންކަމުން އޭނާ ވެސް ފޯން މޭޒުމަތީގައި ބޭއްވުމަށްފަހު ޕޭޝެންޓެއްގެ ފައިލް އެއް ބަލަން ފެށިއެވެ. ޑެންގޫ އަށް ޕޮސިޓިވް ވި ޕޭޝެންޓް ގެ ހާލު ދަށް ކަމުން އީނަލް ހުރީ ކަންބޮޑުވެފައެވެ. އެ ޕޭޝެންޓާ ހަވާލުވީ އީނާލް ކަމުން ކަންތައް ތައް ރަނގަޅަށް ބަލާ މޮނިޓަރ ކުރަން ވެސް ޖެހެއެވެ. އޭނާ އެ މީހާ ބާއްވާފައި އޮތް ވޯޑަށް ވަންނަން ދިޔައެވެ. އޭނާގެ ފަހަތުން ނަރުސްކުއްޖަކުވެސް ދިޔައެވެ.

މިކްޔަން އޮށޯވެގެން އޮތް އިރު އޭނާގެ ސިކުނޑީގައި ކުރެހެމުން ދިޔައީ އީނާލް ގެ ސޫރައެވެ. “އީނާލް” މިކްޔަން އަށް ބުނެވުނެވެ. އޭނާ ގެ ތުންފަތް މައްޗަށް ހިނިތުންވުމެތް ވެރިވެގެން ދިޔައެވެ. އީނާލް ގެ ފަރާތުން އޭނާ އަށް އެއްވެސް ސަމާލް ކަމެއް ނުލިބެއެވެ. ހައިރާން ވަނީ އެހެންވެއެވެ. ދާ ކޮންމެ ތަނަކުން އަންހެން ކުދިންގެ ސަމާލް ކަން މިކްޔަން އަށް ހުއްޓެއެވެ. އޭނާ އެކަމާ ފަހުރުވެރިވެއެވެ. އެހެންނަމަވެސް އީނާލް ގެ ފަރާތުން އޭނާ އަށް އެ ފަދަ އެއްވެސް އަސަރުތަކެއް ނުފެނެއެވެ.

އަނީސް އާއެކު ކޮފީއެއްގައި  އިން ނާޖިދު އާއި ދެމީހުންގެ ދެމެދުގައި އެކި އެކި ވާހަކަ ތައް ދެކެވެމުން ދިޔައެވެ. ދެއްކެމުން ދިޔަ މައުލޫބަދަލް ވެ އެންމެ ފަހުން ކައިވެނީގެ މައުލޫއަށް ވާހަކަ ދެކެވެން ފެށުނެވެ.

“މިހާރު އަހަރެންގެ މިކްޔަން ވެސް ކައިވެންޏެއް ކުރާ ވަރު ވެއްޖެ… އެކަމަކު އަދިވެސް ހިޔެތް ނުވޭ އެކަމާ އުޅޭހެނެތް… ކީކޭ ބުނާނީ… އަހަރެން ވެސް ބޭނުންވާނެތާ ކާފަ ދަރިއެތް” ހިނިގަނޑެއް ޖަހާލަމުން އަނީސް ވާހަކަ ދެއްކިއެވެ. “ހޫމް ހޫމް… އަހަރެމެންނަކަށް ނޭނގޭނެ މިހާރު އެ ކުދިން ކޮންމެ ގަނޑެއް ގަތަސް…މީހަކާ ވާހަކަ ދެއްކިޔަސް.. އިންނަން އުޅެމުން ކަންނޭގެ އަހާނީ” ނާޖިދުވެސް އެއްބަސް ވެލިއެވެ.

“ހިތާ އަރާ ބައެއްފަހަރު ރަނގަޅު ކުއްޖަކު ހޯދާފައި މިކްޔަން ގާތު އަހަން ވެސް… މިހާރު އުމުރުން ވެސް ނުލާހިކު ބޮޑުވެއްޖެވިއްޔަ…ދެން މި ބުނީ މީހަކާ އިންވަރު ވެއްޖެއޭ… ކުރިން ބޭނުން ނުވީ ކިޔަވާތީ އެކަހަލަ ކަމަކާ އުޅެން… މިހާރު ކިޔަވާ ނިމި ސްޕްޝަލައިޒް ވެސް ވެއްޖެ… ދެން ދިރިއުޅުމެއް ވެސް ވާނެއެއްނު ފަށަން” ވިސްނަން އިނދެ އަނީސް ބުނެލިއެވެ.

“އަނީސް ބުންޏަކަށް ތީ ވަރަށް ބޮޑު ތެދެއް… އަނީސް ގެ ތި ހުންނަނީ ފިރިހެން ކުއްޖެއް. އަހަރެންގެ އެބަހުރި އަންހެން ކުއްޖެއްވެސް… އީނާލް… އީނާލް ވެސް ތި ކަމާ ހިޔާލް ކުރޭބާއޭ ބައެއްފަހަރު ހިތަށް އަރާ… ދެން ހުރީ އަޔާން… އޭނާގެ ހިތަށް ނާރާނޭ މީހަކާ އިންނަން ވެސް ހެހެ” ނާޖިދު ވެސް ބުނެލިއެވެ.

“އަހަރެންވެސް ވިސްނަނީ އަހަރެންގެ ދަރިއަކަށް ހެޔޮ ލަފާ ފިރިއެއް ހޯދަދޭން… މި ބުނީ އީނާލް އަށް” ނާޖިދު ބޭނުންވަނީ ދުރުދުރުން ކޮންމެވެސް އެއްޗެއް އަނީސް އަށް ވިސްނަދޭށެވެ.

“އާނ… އަންހެން ދަރިއާ މެދު މާ ބޮޑަށް ވިސްނަން ޖެހޭނެ ދޯ” އަނީސް ބުނެލިއެވެ.

އެކަހަލަ އެތަކެއް ވާހަކަ އެއް ދެއްކުމުގައި ދެމީހުން އެތައް އިރަކު ތިއްބެވެ. ސިޔާސީ ވާހަކައިން ފެށިގެން އަމިއްލަ ދިރިއުޅުމުގެ ވާހަކައަށް ދަންދެން ދެމީހުން ދެއްކިއެވެ.

އީނާލް ހޮސްޕިޓަލް ގައި އިންދާ ސިހުނީ ކޮޓަރި ދޮރު ހުޅުވާލާފައި ވަތް ޒައިން ފެނިފައެވެ. ޒައިން ގޮނޑީގައި އިށީނދެލިއެވެ. ރާނިޔާވެސް އެއްފަރާތުގައ ހުރި ގޮނޑީގައި އިށީނެވެ.

“ކިހިނެ… ކިހި… ކިހިނެތްތޯ ވީ” ޒައިން އާއި އެހާ ގާތުގައި އިންނަން ވުމުން އީނާލް އަށް ހިސާބެއްގެ ހާސްކަމެއް ލިބިފައި ވެއެވެ. އީނާލް ގެ އަނގައިން ބަސް ތައް ވެސް ނުކުންނަމުން ދިޔައީ ބުރި ބުރި ވެގެން ނެވެ. ހަމަ ހަގީގަތުގައިވެސް އޭނާ އިނީ ފިނިވެފައެވެ. އެވަގުތު ނަސީބަކުން ރާނިޔާ އަށް ފޯނެއް އައުމުން އޭނާ ބޭރަށް ނުކުތީ ޒައިންގެ ގެ ބުރަކަށީގައި މަޑު މަޑުން ޖަހާލާފައެވެ.

“ކިހިނެތްވީ ޒައިން؟” އީނާލް އަހާލިއެވެ. ކްލިނިކަލް އަކަށް އިން ކުއްޖާ ވެސް އެވަގުތު ފޯމް ހުސްވެފައި ހުރުމުން އެބަލާ ނުކުމެފައި ވުމުން އީނާލް އަށް ޒައިން އާއި ވާހަކަ ދައްކާލާނޭ ފުރުސަތެއްލިބުނެވެ.

“ކުޑަ އެކްސިޑެންޓެއް ވީ” މާ ބޮޑު ތަފްސީލެއް ޒައިން އެއް ނުދެއެވެ. “ފައި ދައްކާލަބަލަ” އީނާލް އެދުނެވެ. ޒައިން އޭނާގެ ދުޅަވެފައި އިން ފައި ދައްކާލިއެވެ. އީނާލް އަތަށް އަންގި ލައްވާލުމަށްފަހު ފައި ބަލާލުމަށް އުޅުނު ވަގުތު ޒައިން އީނާލް ގެ އަތުގައި ހިފެއްޓިއެވެ. އަދި އެއްލޯ މަރާލިއެވެ. “ޒައިން” އީނާލް އަށް ބުނެވުނެވެ. ވަގުތުން އޭނާގެ މޫނު ރަތްވެގެން ދިޔައެވެ. ކޯތާފަތަށް ޖަންބު ކުލަ ވެރިވެގެން ދިޔައެވެ.

“ކިހިނެތްވީ ލަދު ގަތީގަ؟” ޒައިން އަހާލިއެވެ.

“ދެން ޒައިން” އީނާލް ވަކިން ބޮޑަށް ރަކިވިއެވެ. “އެކްސްރޭ އެއް ނަގަން ޖެހޭނެ… ހީވަނީ ކަށިގަނޑަށް ގޮތެއް ވެފަ އިންހެން… ޔަގީންވާނީ ނެގީމަ ދޯ” އީނާލް ބުނެލިއެވެ. މި ހުރިހާ އިރު އީނާލް ގެ ހަރަކާތް ތަކަށް ފަރުވާތެރިކަމާއެކު ބަލަން އިން ޒައިން އަށް ސިހިފައި ކީކޭ ހޭ އަހާލެވުނެވެ. “މިބުނީ އެކްސްރޭ އެއް ނަގަންށޭ ޖެހޭނީ… ބަލައިގެން އުޅޭނީ އުޅޭއިރު… ހާދަ ބޮޑަކަށޭ ދުޅަވެފަ މިއޮތީ” އީނާލް ބުނެލިއެވެ. އިތުރަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް ރާނިޔާއާއި އަދި އެތަނުގައި އިންނަ ކުއްޖާ ވެސް އައިސް ވަނެވެ.

“ހީވަނީ ކަށިގަނޑަށް ވެފަ އިން ގޮތެއްހެން ބޮޑަށް. މިހާރު އެކްސްރޭ އެއްނަގާފަ ދައްކާލާނީ” އީނާލް ރާނިޔާ އިށީނުމާއެކު އޮޅުން ފިލުވާދިނެވެ. އަދި ހިނިތުންވެލިއެވެ.

“އިންޝާ ﷲ ރަނގަޅުވާނެ” އީނާލް ބުނެލިއެވެ. ރާނިޔާވެސް ހީލިއެވެ.

ޒައިން ތެދުވަން އެހީތެރިވެދިނީ ރާނިޔާއެވެ. ޒައިން މެން ނުކުމެގެން ދިޔުމާއެކު އީނާލް އޭނާގެ މެއާ ދިމާލުގައި އަތް އަޅާލިއެވެ. ކުއްލިއަކަށް ނުވެސް ބުނެލާ ޒައިން އެ ގޮތަށް އައުމުން އޭނާ އަށް ލިބިފައިވަނީ ބޮޑު ޝޮކެކެވެ. އަދވެސް އެ ހިތް ދިޔައީ ނޭނގޭ ބާރު މިނުގައި ތެޅެމުންނެވެ.

މިކްޔަން އޮތީ ވިސްނާށެވެ. އީނާލް އެއްބަހެއްނުވާނެއެވެ. އީނާލް އާއި ވާހަކަ އެއް ދައްކަން ވެއްޖެނަމަ އޭނާ ޖެހޭނީ ހޮސްޕިޓަލަށް ދާށެވެ. އެހެންކަމުން ފެންވަރާ ހަދައިގެން އޭނާ ތައްޔާރުވަމުން ދިޔައީ އީނާލް ގާތަށް ހޮސްޕިޓަލަށް ދިޔުމަށެވެ.

އަތްދިގު ހުދު ކުލައިގެ ގަމީހެއް ލާ އޭނާ ބެގީ ކޮށްލިއެވެ. އަދި އަތް ކުރި އުޅަބޮއްޓާ ހިސާބަށް އޮޅާލިއެވެ. އެއާއެކު އޭނާގެ އަތުގެ މުލައްދަނޑި ހާމަވެގެން ދިޔައެވެ. އެ ގޮތަށް އަތް ކުރި އޮޅާލުމުން އޭނާގެ ފިރިހެން ވަންތަކަން އިތުރަށް ހާމަވެގެން ދިޔައެވެ. ބޮލުގެ އިސްތަށިގަނޑު ސްޓައިލް ކޮށްލާފައި ވާ ގޮތުންނާއި ލާފައިވާ އޮފިޝަލް އެއްޗެހީގެ ސަބަބުން އެ ފިރިހެންވަންތަ ކަން ރީތިކޮށް ފާޅުވަމުން ދިޔައެވެ. އެނދުމަތީގައި ބާއްވާފައިވާ ފޯން ނަގާ ޖީބަށް ޖަހާލަމުން އޭނާ އަދިވެސް އެއްފަހަރު ލޯ ގަނޑު ކުރިމައްޗަށް ހުއްޓި އަމިއްލަ ސޫރައަށް ބަލާލިއެވެ. އަދި ހިނިތުންވެލިއެވެ. ހީވަނީ އަމިއްލަ ނަފްސަށް ލިބިފައިވާ ރީތިކަމާމެދު ފަހުރުވެރިވަނީހެންނެވެ. ކޮޓަރިން ނުކުންނަން ހިނގައިގަތުމުގެ ކުރިން އޭނާ ސައިޑް ކަބަޑް ގެ ވަތް ގަނޑު ހުޅުވާލާ އޭގެތޭރޭގައި އޮތް ވޮލެޓް ނެގިއެވެ. އަދި އެ ވެސް ފަހަތު ޖީބަށް ޖަހާލިއެވެ. ބޮލުގެ އިސްތަށިގަނޑުގައި ތެތްކަމެއް ހުރުމުން އިސްތަށިގަނޑުގެ ކުލަ ވެސް އިހުނަށް ވުރެ ކަޅުކަން ގަދަކަމަށް ދައްކައެވެ. ޑްރެސިންޓޭބަލް މަތީގައިއިން އަވި އައިނު ނަގާލަމުން އެ މެއާދިމާލަށް ލައްވާލިއެވެ. އަދި ފަހުރުވެރި ހިނިތުންވުމެއް ލޯ ގަނޑާ ދިމާލަށް ބަލާލާ އަމިއްލަ ނަފްސަށް ހަދިޔާ ކޮށްލިއެވެ. އެއަށްފަހު އޭނާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ގެއިން ނުކުމެ ސައިކަލަށް އަރާ ދުއްވާލީ ހޮސްޕިޓަލާ ދިމާލަށް ދިޔުމުގެ ބޭނުމުގައެވެ. އޭރު އޭނާގެ އަނގައިގައި ޗުއިންގަމެއް އޮތެވެ. އެ ހަފަމުން ހަމަޖެހިލައިގެން އިނދެ ދުއްވަމުން ދިޔައީ އީނާލް ގާތު ދައްކާނޭ ވާހަކަ އަކާމެދު ވިސްނަމުންނެވެ. ހަގީގަތަކީ އީނާލް އާއެކު ޑިސްކަސް ކުރަން ޖެހޭ އިތުރު ކޭސް އެތް ނެތެވެ. އޭނާ ބޭނުންވީ އީނާލް ދެކިލާށެވެ. އީނާލް ގެ އަޑު އަހާލާށެވެ. އެހެންކަމުން އީނާލް އާއި ބައްދަލު ކުރަން ދާން ބަހަނާއެއް ހޯދީއެވެ.

އެކްސްރޭ އެއް ނަގައިގެން އެ ދައްކާލުމަށްފަހު ނުކުތް ޒައިން ގޮނޑީގައި މަޑުކޮށްލީ އެކުވެރިޔާ ސައިކަލުގައި ބަލާ އަންނަން ދެނެވެ. ރާނިޔާ ވެސް މަޑު ކޮށްގެން ހުރީ އެ ކުއްޖަކު އަންނަން ދެނެވެ. އޭނާ ދާނީ ހިނގާފައެވެ.

މިކްޔަން އެތެރެއަށް ވަތް އިރު ގޮނޑި ބަރީގައި ޒައިން އިންތަން ފެނި އޭނާ އެ ދިމާލަށް މިސްރާބުޖެހިއެވެ. “އެކްސްރޭ ނަގައިފިންތަ؟” މިކްޔަން އަހާލިއެވެ. “ޔާ” ޒައިން ޖަވާބުދިނެވެ. “ދައްކާލެވިދާނެތަ ބަލާލަން” މިކްޔަން އެދުނެވެ. ޒައިން އެކްސްރޭ ގަނޑު ދިއްކޮށްލިއެވެ.

“ނަސީބަކުން ކަށިގަނޑަށް ކަމެއް ވެފައެތް ނެތް ދޯ” އެކްސްރޭ ބަލާލާފައި ޒައިން އަތަށް ދެމުން މިކްޔަން ބުނެލިއެވެ. އެ ގަޑިއަކީ އީނާލް ވެސް ބްރޭކަށް ދާން ވެގެން ނުކުތް ގަޑި އަށް ވުމާއެކު އީނާލް އަށް މިކްޔަން ދެއްކި ވާހަކަ ތައް ރަނގަޅަށް އަޑު އިވުނެވެ. އޭނާ އަށް ދެބުމަ އަރުވާލެވުނެވެ. އެހެންނަމަވެސް އިތުރަށް އެއްވެސް އެއްޗެއް ބުނާ ހިޔާލެއް އޭނާ ނުކުރިއެވެ. ނުކުތް އިނާލް ފެނި މިކްޔަން ހިނިތުންވެލިއެވެ. އަދި އެއަށްފަހު އޭނާ އީނާލް ގާތަށް ޖެހިލިއެވެ. އަދި އަތުން ޑޮކްޓާރސް ލައުންޖާ ދިމާލަށް އިޝާރާތް ކޮށްލިއެވެ. އީނާލް ވެސް ޒައިން އާ ދިމާލަށް ބަލާލާ ބޯ ޖަހާލުމަށް ފަހު ހިނިތުންވެލާ ކުރިއަށް ބަލަމުން ހިނގައިގަތެވެ. އެމީހުން ގޮސް ލައުންޖަށް ވަންނަން ލަނބާލަންދެން ޒައިން އެ ދިމާލަށް ބަލަން އިނެވެ.

(ނުނިމޭ)

54

11 Comments

 1. Hi Mi

  October 15, 2018 at 6:17 pm

  Assalaam alaikum. vaahaka nugenesdhevi gina dhunas v kamahtakai himi enme furahamaves thiya enmehaa lobuvethi kiyuntherin ge arihun nihaayathah maafah edhen. himi kurin ves faahaga kuri gothah balive ulhunima mihaa las v. Alhamdhulillah. m very much better nw. nt completely fine though. will try my veru best to upliad the story daily. sorry to say this but from tomorow onwasrd the story will be uploaded at night. In Sha Allah. himi aa eki thibeethy adhi himi ge story ah inthixaar kureethy adhi kei therikamaweku thibe himi support dhinithy vodag shukuriyya. jazakallah khairan. vaahaka aa medhu dhekey goi konme kujjakuves hiyaalehge sifaigai comment kurumaki himi v bodah edhey kameh.
  Jazakallah Khairan. 🙂

 2. Twinkle

  October 15, 2018 at 6:32 pm

  It’s okay.. mi story ah inthizaaru kuri vareh ge adhadhu neyge.. komme dhuvahaku kahala gothakah up vefa inn thw balailaan. Adhi story nuves kiyan

 3. Kia

  October 15, 2018 at 6:59 pm

  Alhea nuves kiyaa mi comment kuri ????

 4. Pinky shifoo

  October 15, 2018 at 8:17 pm

  Wowww ???… Mi part vx v v v reethi ingey Hi Mi ❤️❤️❤️??????????????????… I was waiting for the story ???… Pinky ge guess correct dhw… Malak aa e meet kurany ayaan dhw ???… Malak n ayaan ge relationship haadha intresting ey ???… Mikyan dhw… Eenaal ge dad beynun vany eenaal n mikyan marry kuran henn pinky ah heevany… Some typing mistakes eba huri ingey Hi Mi… Story as usual v v v reethi ???❤️❤️❤️???… Hama superb ???… Keep up the good work ???… Curiously waiting for the next part ???… Lots of love from pinky ❤️❤️❤️??????????????????…

 5. floral queen

  October 15, 2018 at 8:46 pm

  haadha undhaguley Dhivehi type kuran..vaahaka liyan ulhefa ves type kuran undhagoo kamun huttaalaifin..hehehe..
  anyways mi story vvv nice ingey..

 6. mishka

  October 16, 2018 at 1:32 am

  Vvvvvvv reethi .. cover ga in firihen kuhjaaa varah nala?

 7. mary

  October 16, 2018 at 6:13 pm

  reethi

 8. annoying reader

  October 16, 2018 at 6:52 pm

  finally after a long wait. varah reethi but i think story ga big storm eh eba annahen. like i predicted mikyan wants enal too. i think last minute enal will b force to marry him instead of zain ? and ayan and malak dhuru kuruvi ayan ge dad hen varah heeve. plz hi mi zain and enal dhuru nukurache ?

 9. Naju

  October 16, 2018 at 8:07 pm

  Wow himi dear ??? vvvvvvvv rythi mi partvx n it’s ok dear lahun up kuriyas knme myhakuvx balivaane… anyways story is awesome hama… curioysly waiting for the next… ??????

 10. Aysh

  October 17, 2018 at 4:23 am

  V reethi ???

 11. aani

  December 30, 2018 at 9:14 pm

  v reethi ingey himi

Comments are closed.