އާދައިގެ މަތިން އަހަރެން ހެނދުނު ހެނދުނާ ސްކޫލށް ދިޔައީމެވެ.އޭރު އަހަރެން އުޅުނީ ގްރޭޑް 4 ގައެވެ. ކޮންމެއަކަސް ކުލާހަށް ވަދެ އަހަރެން އަބަދުވެސް އިށީންނަ ގޮނޑީގައި އިށީނދެ ޓީޗަށް ސަމާލުކަން ދެވޭތޯ ބެލީމެވެ. ގަޑިއަކަށްފަހު ގަޑިއެއް ފާއިތު ވަމުން ގޮސް އިނގިރޭސި ގަޑިއާއި ޖެހިއްޖެއެވެ. “މިއަދު ހުރިހާ ކުދިން ވެސް އީމެއިލް ލިޔާނީ..” މިސް މިހެން ބުނެ ބޯޑުގައި އީމެއިލް ލިޔާނެ ސުވާލު ލިޔަން ފެށިއެވެ. ހުރިހާ ކުދިން ބޯޑުން ސުވާލު ނަގަން ފެށިއެވެ. އަހަރެން އީމެއިލްގެ މެދަކާ ހިސާބަށް ނިމިފަ އޮށްވާ ޖެހިގެން ހުރި ކުއްޖާ ގޮވާލިއެވެ. “ނިޝީ.. ރިސީވްޑްގެ ސްޕެލިންގ ބުނެބަ..” “އާރް އީ ސީ އައި އީ ވީ އީ ޑީ..” އަހަރެން ހަމަ އެހެން ބުނެލުމަާ އެކުހެން ޖެހިގެން ހުރި ކުއްޖާ ތި ސްޕެލިންގ ނުބައޭ ބުނެލިއެވެ. ހީވީ ހަމަ އަހަރެން އެހެން ނުބުނެގެން ހުރި ހެންނެވެ. “ރިސީވްޑްގެ ސްޕެލިންގ އަކީ އާރް އީ ސީ އީ އައި ވީ އީ ޑީ..” އެކުއްޖާ ބުނެލިއެވެ. އަހަރެން ހީކުރީ ރަނގަޅީ އަހަރެން ބުނި ސްޕެލިންގ ކަމަށެވެ. […]
“ޝައިލީ..އަވަހަށް އާދޭ ސައި ބޯން..މިހާރު އެއޮތް 8 ޖެހީ..” “އާނ މަންމާ މި އަންނަނީ އޭ.. ހޭލައޭ މިއުޅެނީ..” ޝައިލީ މިހެން ބުނެ އަވަހަށް ދަތް އުނގުޅާ ހަދާލައިގެން ނިކުތެވެ.އަދި ގޭ އެންމެނާ އެކު ސައިބޮއެގެން ޝާނާޔާ އެކު މެންދުރަށް ކައްކަން އުޅެގަތެވެ. ކިތަންމެ މުއްސަނދި ވިޔަސް ޝާނާ ނޯކަރެއް ނުގެންގުޅެއެވެ. އޭނާ އަބަދުވެސް އަމިއްލަ ކަންތައްތަ އަމިއްލަޔަށް ކުރުމުން މާހިތްހަމަ ޖެހޭނެ ކަމުގައި ބުނެއެވެ. “ދަރިފުޅާ.. މިއަދު މީ އެއްކަލަ ބައްޕަގެ ރައްޓެހި މީހުން އަންނަ ދުވަހެއްނު.. އެހެންވީމަ މިއއަދު ތަންކޮޅެއް ކުރިން ކައްކާވެސް ނިންމަން ޖެހޭނެ.. އެމީހުން އަންނާނެ 1 ޖަހާކަށް ހާ އިރު.. ބައްޕަ ދާނެ އެމީހުން ބަލާ އެއާޕޯޓަށް..” ޝާނާ މިހެން ބުނުމުން ޝައިލީ އޭނައަށް ބަލާލާފަ ކިތައް މީހުން އާދޭ ހެއްޔޭ އަހާލިއެވެ. “5 މީހުން އަންނަނީ.. ދަރިފުޅާ އެއްވަރުގެ އަންހެން ކުއްޖަކާއި ދޮންބެއަށ ވުރެ އެއް އަހަރުކަން ދެ އަހަރުކަން ނޭނގެ ބޮޑު ފިރިހެން ކުއްޖަކާއި އެއަށްވުރެ ތަންކޮޅެއް ކުޑަ ފިރިހެން ކުއްޖެއް.. ދެން ޒައިނަބްގެ ދެމަފިރިން..” މަންމާ އެއީ ކޮން ރަށެއްގެ ބައެއްތަ؟” “އެއީ މީދޫ ބައެއް..10 ދުވަހަށް އަންނަނީ..” ޝާނާ އޮޅުންފިލުވާ ދިނެވެ. މީދޫ ބުނުމުން ޝައިލީގެ ހިތް ތެޅިލިއެވެ. ހީވަނީ މީދޫ އާއި އޭނާއާ ކޮންމެވެސް ގުޅުމެއް ވަނި ހެންނެވެ. އިރުކޮޅކުން ޝާނިމް އައިސް ބަދިގެއަށް ވަދެ މަންމާ ބަނޑުހައި ވެއްޖެޔޭ ބުނެލިއެވެ. “މިއަދު ތިހާ ފަސޭހައިން ކާކަށް ނުލިބޭނެ އިނގޭ.. މިއަދު ބައްޕަގެ ރައްޓެހި މީހުން އައިމަ އެމީހުންނާއެކު ކެވޭނީ.. ދޭ ބައްޕަޔާއެކު އެމީހުން ބަލާ ދާން..” ށާނާ މިހެން ބުނުމުން ޝާނިމް މޫނަށް ފޫހި ވައްތަރެއް ޖައްސާލަމުން ދެންންން އޭ ކިޔާލިއެވެ. އަދި ޝައިލީއާ ދިމާލަށް ވައްތަރެއް ޖައްސާލަމުން ހިނގައިގަތެވެ. ޝައިލީވެސް ބާރަކަށް ހެއްލެ ބޮޅެކޭ ކިޔާ ވައްތަރެއް ޖއްސާލިއެވެ. މިއީ އަބަދުގެވެސް އާދައެވެ. މި ދެކުދިންނަށް އެކަކު އަނެކަކާ ނުބެހި އެންމެ ސިކުންތެއް ވެސް ހޭދަ ކޮށްލުމަކީ މަރުވުން ފަދަ ކަމެކެވެ.އެހާވެސް އެދެމެދުގައި ވާލޯބީގެ ބާރު ގަދައެވެ. “ދަރިފުޅާ… ދެން ދޭ އެމީހުން އަންނަން ވާއިރަށް ނަމާދު ކޮށްގެން ރީތިވެލަން.. މިހާރު ބައްޕަމެން ވެސް ހިނގައްޖެ އެމީހުން ބަލާ ގޮސް.. މަންމަވެސް މިދަނީ ކުޑަކޮށް ފްރެޝް ވެލަން..” ޝައިލީ ރީތި ވެގެން ނިކުތް އިރު ޝާނާ ސޯފާގައި އިނެވެ.ޝައިލީ ވެސް ސޯފާގައި އެމީހުންގެ އިންތިޒާރުގައި ޖައްސާލިއެވެ. މާގިނަ އިރުތަކެއް ނުވެ ގޭގެ ބެލް ޖަހާލި އަޑު އިވުނެވެ. ޝާނާ އަވަސް އަވަހަށް ގޮސް ދޮރު ހުޅުވާލިއެވެ. ފަހަރަކު މީހަކު ވަންނަމުން ގޮސް އެންމެ ފަހުން ވަން މީހާ ފެނުމާއެކު ޝައިލީގެ ހިތް ތެޅިގަތީ ވަކި ވަރެއް ބަލާފައެއް ނޫނެވެ. -ނުނިމޭ-
“ޝައިލީ.. ހަމަ މިހާރު ތެދުވަންވީ އިނގޭ.. މިހާރު ބަންގި ގޮވިތާ ކިތަންމެ އިރެއް.. ނުތެދުވަންޏާ މިހާރު މި ފެންޖަގު އޮއްސާލީ..”ޝާނާ އޭނާގެ 17 އަހަރުގެ ދަރިފުޅަށް ބިރު ދައްކާލިއެވެ. އެއާއެކު ކުޑަ ކުއްޖެއް ހެން ޝައިލީ ތުން ދަމާލާފައި މަންމާ މިތެދުވީއޭ ބުނެ ފާހަނާޔާ ދިމާލަށް ދުއްވާގަތެވެ.”އަވަހަށް ވުޟޫ ކޮށްގެން އާދޭ މަންމަ އާ އެކު ނަމާދު ކުރަން.. މިހާރު ދޮންބަި އާއި ބައްޕަ ވެސް ހިނގައްޖެ މިސްކިތަށް..އަވަސް އަވަސް..” “އާން މިދަނީ އޭ މަންމީ..”ޝައިލީ ޅަވެލިއެވެ. އަދި އަވަސް އަވަހަށް ދަތް އުނގުޅާގެން ވުޟޫ ކޮއްގެން މަންމަޔާ އެކު ނަމާދު ކޮށްގެންކުޑަކޮށް ޤުރުއާން ކިޔަވާ ލުމަށްފަހު އަނެއްކާވެސް އޮށޯތެވެ. -ނުނިމޭ-