އަވަސްއަވަހަށް ތެދުވެގެންގޮސް ދޮރުހުޅުވާ ބަލާލިއިރު ކުރިމަތީހުރި މަންމަފެނި ނިޝާހްގެ ދެބުމަގާތްވިއެވެ. “މަންމަ! ތަނެއްގަ ރޯވީތަ. މިދޮރު ވެއްޓިދާނެ ތިހާބާރަށް ތަޅަނިކޮށް.” ހިތްހަމަނުޖެހުނަސް ނިޝާހްއަކީ މައިންބަފައިންނާ ދިމާލަށް ބާރަށް އެއްޗެއް ބުނާކުއްޖަކަށް ނުވާތީ ރީތިކޮށް އެހެން ބުނިނަމަވެސް އަޑުގާ ނުރުހުމުގެ ކުލަވަރު ހުރިއެވެ. “ތިވަރަށް ބާރަށް ލަވަޖަހާއިރު ދޮރެއްނުވެއްޓޭނެދޯ. ނަމާދަށް ގޮވިއަޑުވެސް ނީވުނޭ. ހަމަ މިހާރު ނިވާލާފަ ނަމާދަށްދާންވީ. މިރަށަށްއައިފަހުން އަދި އެންމެ ފަހަރަކުވެސް ޖަމާއަތަށް މިސްކިތައްނާރައޭ މިކުއްޖާ. ވަކި ކަމެއް ނޫނޭ، ކޮންމެ ކަމެއްގަވެސް އެހާ ފަރުވާކުޑަ.” […]
އެހެންނަމަވެސް މަލަކް އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ފޯން ކަނޑާލީއެވެ. އޭގެ އަނެއްރޭގެ ވަގުތެކެވެ. ގަޑިން އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ރަށުގެ ތުނޑީގައި ހުރެލާފައި އަޔާން ގެއަށް ދާން ހިގައިގަތެވެ. “އޭތް” އަޔާން ސިހުނީ ކުއްލިއަކަށް އޭނާގެ ގަމީހުގައި ހިފާ މީހަކު ދަމާލުމުންނެވެ. އެމީހާ ދަމައިގަތް ލެއް ބާރުކަމުން އަޔާން ގެ ކަރަށް ވެސް ތަދުވިއެވެ. ވާނީވެސް އެހެންތާއެވެ. ޓީޝާޓް ވާންވީ ކަރަށް ވިއްޔާއެވެ. އަޔާން ގަދަކަމުން އެމީހެއްގެ އަތުން ވީއްލިގަތެވެ. އޭނާ ރަނގަޅަށް އެމީހަކަށް ބަލާލުމާއެކު […]
ޒަވީން އަންނާނެ އިރެއްގެ އިންތިޒާރުގައި ކެތްތެރިކަމާއެކު ވަގުތު ގުނަމުން ދިޔަ އެވްލީން މާޔޫސްވާން ފަށައިފިއެވެ. އެވްލީން އެހާ ގިނަ މެހެމާނުންގެ ތެރޭގައި ހުރުމުން ހާސްވެ ނޭވާލާން އުނދަގުވާ ގޮތްވިއެވެ. ނަމަވެސް އޭނަ އެހުރިހާ ކަމެއް ތަހައްމަލް ކުރަމުން ދިޔައީ ޒަވީންއަށް ޓަކައެވެ. ޒަވީންގެ ސޫރަ ނުފެންނަނީސް ދެން އެހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ” ލިމްނާ… ދޭބަލަ ޒަވީން ވީތަނެއް ބަލާލާފައި އަންނަން.. ” އެންމެ ފަހުން ނުހުރެވިގެން އެވްލީން އޭނަ ކައިރީގައި ހުއްޓިލައިގެން ހުރި ލިމްނާ ކައިރީގައި […]
” ފިޒޫ އަހަންނަށް ޔަޤީންކަން ދިނީމެއްނު އެވްލީން މެންޓަލް އެސައިލަމް އިން ބޭރު ނުކުރެވޭނެކަމަށް…. ” ޖުނެއިނާ ބަގީޗާއަށް ނިކުންނަމުން ފިޒާޔާއަށް ގުޅާލިއެވެ. ” ޖޫން… އަހަރެންނަށް ނޭނގި މިފްޒާލް އައީ ހުރިހާކަމެއް ނިންމައިގެން… އަދި ނުވިތާކަށް ވަކީލަކުވެސް ހަޔާރ ކޮށްފަ ހުރީ… ” ފިޒާޔާ ބުންޏެވެ. ” ދެން ކިހިނެއް ހުރިހާ ކަމެއް ޕްލޭނާ އެއްގޮތަށް ދާނީ ؟ މިހާރު އެވްލީންއަށް ހާދަ ބޮޑު ބަދަލެއް އައިސްފިޔޭ…. ” ޖުނެއިނާގެ އަޑުގައިވަނީ ހާސްކަމެވެ. ” ހާސްނުވެބަލަ…. […]
މި ވާހަކައިގައި އުޅޭ މީހުުންގެ ކުރު ޙުލާސާއެއް **************************** ސީން: މަޑު މުށި ކުލައިގެ ކަޅިރަވައެއް ލިބިފައިވާ ދޮން،ރީތި ލޫޅާފަތި އަންހެން ކުއްޖެކެވެ. ޒައިކް؛ އަޅިކުލައިގެ އިސްތަށިގަނޑަކާއެކު ނޫ ކަޅިރަވައެއް ލިބިފައިވެއެވެ. މަލްދާ:ސީންގެ ދައްތައެއް. ހަފްސާ: ސީންގެ ބޮޑު ދައިތަ. ******************************** ފުރާވަރުގައި ސީންއަށް ދިމާވި ބިރުވެރި ހިތްދަތި ހާދިސާ މި ވާހަކައިން ގެނެސްދެވޭނެއެވެ.
ނޫރް ބިރުން ބަނޑުގައި އަތްއަޅައިލަމުން ފަހަތަށް ޖެހިލިއެވެ. ނޫރްގެ ހާސްވެ ހިތްތެޅެމުންދިޔައީ އޮބި ނޯންނަވަރަށެވެ. “މީ މިހާރު ހުރިހާވެސް ނުބަޔަކީ…..” މުނާޒް އިނގިލި ދިއްކޮށްލަމުން އިޝާރާތް ކުރީ ނޫރްގެ ބަނޑާއި ދިމާއަށެވެ. އެހެންކަމުން ނޫރްގަތީ އަމަށަކު ބިރެއްނޫނެވެ. ނޫރްއަށް ދެތިން ފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. ގޭގައި މިވަގުތު އެކަކުވެސް ނެތް ތާންގައި މުނާޒް ފޯނުވެސް ހަލާކު ކޮށްލައިފިއެވެ. “މުނާޒް ކުރާ ކަމެއް މަށަށް ކުރޭ…..މި ދަރިފުޅުގެ ކޮން ކުށެއްއޮތީ؟…” ނޫރްއަށް ރޮވެންފެށިއެވެ. “ބޭކާރު ވާހަކަ ނުދަށްކާ ހުރޭ…..ބަނޑުގައި […]
ރިޔާޝާ ހޫނު ކޮފީތަށްޓެއް ހިފައިގެން ސިޓިން ރޫމަށް ނުކުތީ ޒައިން ނުފެންނާތީ ވީގޮތެއް ބަލައިލުމަށެވެ.ކޮޓަރި އަށް ވަންއިރު ޒައިން އިނީ ކޮންމެސް މަސަތްކަތެއް ކުރާށެވެ.ޒައިން ލެޕުޓޮޕު ލައްޕާާލުމަަށް ފަހު ރިޔާޝާ ބޮލުން ފެށިގެން ފަޔަށް ބަަަަަަަލަލިއިރު އެދެލޮލުގައިވީ ކޮން ޝުއޫރެއްކަން ނޭގުނަސް ރިޔާޝާ އަށް އެއްލޯ މަރާލައިފިއެވެ. ރިޔާޝާ އާާއި ޒައިންގެ ގުޅުން އެއް ދުވަހަށް ވުރެން އަނެށް ދުވަހު އަންނަނީ ބަދަހިވުމުން ނެވެ. “ޒައިން… އައި ލަވް ޔޫ ސޯ މަޗް. ކީއްވެތަ އަހަރެން ދޫކޮށްލާފަ […]
އާދައިގެ މަތިން އަހަރެން ހެނދުނު ހެނދުނާ ސްކޫލށް ދިޔައީމެވެ.އޭރު އަހަރެން އުޅުނީ ގްރޭޑް 4 ގައެވެ. ކޮންމެއަކަސް ކުލާހަށް ވަދެ އަހަރެން އަބަދުވެސް އިށީންނަ ގޮނޑީގައި އިށީނދެ ޓީޗަށް ސަމާލުކަން ދެވޭތޯ ބެލީމެވެ. ގަޑިއަކަށްފަހު ގަޑިއެއް ފާއިތު ވަމުން ގޮސް އިނގިރޭސި ގަޑިއާއި ޖެހިއްޖެއެވެ. “މިއަދު ހުރިހާ ކުދިން ވެސް އީމެއިލް ލިޔާނީ..” މިސް މިހެން ބުނެ ބޯޑުގައި އީމެއިލް ލިޔާނެ ސުވާލު ލިޔަން ފެށިއެވެ. ހުރިހާ ކުދިން ބޯޑުން ސުވާލު ނަގަން ފެށިއެވެ. އަހަރެން އީމެއިލްގެ މެދަކާ ހިސާބަށް ނިމިފަ އޮށްވާ ޖެހިގެން ހުރި ކުއްޖާ ގޮވާލިއެވެ. “ނިޝީ.. ރިސީވްޑްގެ ސްޕެލިންގ ބުނެބަ..” “އާރް އީ ސީ އައި އީ ވީ އީ ޑީ..” އަހަރެން ހަމަ އެހެން ބުނެލުމަާ އެކުހެން ޖެހިގެން ހުރި ކުއްޖާ ތި ސްޕެލިންގ ނުބައޭ ބުނެލިއެވެ. ހީވީ ހަމަ އަހަރެން އެހެން ނުބުނެގެން ހުރި ހެންނެވެ. “ރިސީވްޑްގެ ސްޕެލިންގ އަކީ އާރް އީ ސީ އީ އައި ވީ އީ ޑީ..” އެކުއްޖާ ބުނެލިއެވެ. އަހަރެން ހީކުރީ ރަނގަޅީ އަހަރެން ބުނި ސްޕެލިންގ ކަމަށެވެ. […]
ދުވަސްތައް ފާއިތުވަމުންދެެވެ.ލީޝާއާއި ކިޔާންގެ ކައިވެންޏަށް ވެސް 3 މަސް ވީއެވެ.ކިޔާންގެ އަޅާލުމާއި އޯގާތެރިކަމުގެ ސަބަބުން ލީޝާ ހުންނަނީ އުފަލުން ފޮޅިފައެވެ. ކިޔާން އަށް ލީޝާ ފެނުނީ މީގެ އެއް އަހަރު ކުރިންނެވެ. ލީޝާގެ އެކުވެރިއެއްގެ ޕާޓީއެއްގެ ތެރެއިންނެވެ. ކިޔާންއަށް ލީޝާ ފުރަތަމަ ފެނިލުމުންވެސް ކަމުދިޔައެވެ. ހިތުގެ އެންމެ ފުންމިނުގައި ލީޝާގެ ނަން ބިންވަޅުނެގުނެވެ. ކޮންމެ ހާލެއްގައިވެސް ލީޝާ ހާސިލް ކުރުމަށް ކިޔާން ނިންމިއެވެ. ޕާޓީގެ ދެދުވަސް ފަހުން ލީޝާގެ ފޯނަށް ކޯލެއް އައެވެ. ކިޔާންގެ ކޯލެކެވެ. ލީޝާ […]