މި ވާހަކައިގައި އުޅޭ މީހުުންގެ ކުރު ޙުލާސާއެއް **************************** ސީން: މަޑު މުށި ކުލައިގެ ކަޅިރަވައެއް ލިބިފައިވާ ދޮން،ރީތި ލޫޅާފަތި އަންހެން ކުއްޖެކެވެ. ޒައިކް؛ އަޅިކުލައިގެ އިސްތަށިގަނޑަކާއެކު ނޫ ކަޅިރަވައެއް ލިބިފައިވެއެވެ. މަލްދާ:ސީންގެ ދައްތައެއް. ހަފްސާ: ސީންގެ ބޮޑު ދައިތަ. ******************************** ފުރާވަރުގައި ސީންއަށް ދިމާވި ބިރުވެރި ހިތްދަތި ހާދިސާ މި ވާހަކައިން ގެނެސްދެވޭނެއެވެ.
ޓީޗަރު ގޮވާކަންވެސް ރެއަކާލީ އަދިކިރިޔާއެވެ. ޔުމްނާ ޓީޗަރުއާ ދިމާލަށް ބަލައިލުމުން އެންމެ ފަހަތުގައި ހުރި ކުއްޖާ އާއި ޖެހިގެން އިން ގޮނޑީގައި އިށީންނުމަށް ބުނެލިއެވެ. ޔުމްނާ މަޑުހިންގުމެއްގައި ގޮސް އިށީންނުމުން ޓީޗަރު އެވަގުތު ކުލާހުން ނިކުމެލިއެވެ. ތީޗަރު ދިޔުމާއެކު ޖެހިގެންހުރި ކުއްޖާ ޔުމްނާ އަށް ތައާރަފްވެލިއެވެ.”ހާއި އަހަރެންނަށް ކިޔަނީ ތޫބާ އެންޑް އައިއޭމް ފުރޮމް ހުޅުމާލެއް. އަމްމް… ޔޫ އަށް ކިޔަނީ ކޮން ނަމެއްތަ”؟ ތޫބާ ވާހަކަ ދައްކަން ފެށުމުން ޔުމްނާވެސް ވާހަކަދެއްކިއެވެ. އަދި ދެމީހުންނަށްވެސް ފްރެންޑްސް ވެވުނީ މިޖާޒު އެއްގޮތްކަމުންނެވެ. 15 މިނެޓްވަރަކަށް ފަހުން އެހެން ޓީޗަރެއް އަހެސް ކިޔަވާދޭންފެށިއެވެ. ޓީޗަރުގެ މޫނަށްވުރެ ބޮޑަށް ބެލުނީ އެނުދަންނަށް ފިރިހެން ކުއްޖާއަށްށެވެ. އެސްފިޔަ ޖަހާލަންވެސް ޔުމްނާ ހަދާންނެތްކަހަލައެވެ. ދޮންމޫނެކެވެ، ”ބުލޮންޑް”އިސްތަށިގަނޑެކެވެ، ނޫ ކަޅިރަވައެކެވެ. ”ވާވް” އެލަފްޒު ނިކުތީ ޔުމްނާގެ ހިތުންނެވެ. އެހެންއިންދައި އެޒުވާނާ އެބުރި ބަލައިލިއެވެ. އެވަގުތު މެއަށް ފިނިވެގެންދިޔައެވެ. އަދިއަވަސް އަވަހަށް ދުރުބަލަންފެށިއެވެ. މިހުރިހާ މަންޒަރެއް ތޫބާ އަށް ފެނުނެވެ. އޭނާ ހުރީ ތީޗަރު ހުރުމުން ހިނިގަނޑު މަތަކޮށްލާގެނެވެ. ތޫބާ މަޑުމަޑުން ޔުމްނާގެ އަތުގައި ކޮއްޓާލާފައި ބުނެލިއެވެ. ”ޔުމް އަޅައިގަތީ ދޯ؟ މި ކުލާހު ވަރަށް ގިނަ ކުދިން އުޅޭ އޭނާއާ ހެދި އެކަމަކު އޭނާ އަޅައެއްވެސް ނުލާ ލައިކް ހީއިޒް ނޮޓް އިންޓްރެސްޓް އޮން ގާލްސް ފިރިހެން ކުދިންގެތޭގައިވެސް ވަރަށް މަދުވާނެ އޭނަގެ އެކުވެރިން އަދި އޭނާގެ ނަމަކީ ޒެކް މީހާއާ އެއްވަރަށް ނަންވެސް ރީތި ދޯ؟ ޔުމްނާ އެއްވެސް ސުވާލެއް ނުކުރަނީސް ކިޔައިދިނުމުން ހުރެވުނީ ހިނިއަހެސްފައެވެ. އަދި މަޑުމަޑުން ޒެކް ގެ ނަން ކިޔާލިއެވެ. އެއްވެސް އިހްތިޔާރަކާ ނުލާ ޒެކްގެ ރީތި ކަމަށް ތައުރީފު ކުރެވުމުން ހުދު ޔުމްނާ އަށް ހައިރާންވެފައެވެ. ހުރިހާ ކުދިންވެސް ބޭރަށް ނިކުތީ ބުރޭކް ގަނޑިއެއް ލިބުމުން ކެންޓީނަށްގޮސް ކައިބޮއި ހަދާލުމަށްށެވެ. ތޫބާ އާއި އެއްކޮށް ޔުމްނާ ވެސް ކެންޓީނަސް ގޮސް އެއްޗެހި ގަތުމަށްފަހު ރުފިޔާ ދައްކާފައި މިސްރާބުޖެހީ އަށި ކައިރިއަށްށެވެ. އެތަނުގައި އެއްޗެހި ބެހެއްޓުމަށް ފަހު ހަމަޖެހިލައިގެން އެތާ އިށީންނުމަށްފަހު އޮލަ ވާހަކައިގައި ތިއްބާ އެއްލިކަޅިއަކުން ފެނުނީ ޒެކް ޔުމްނާ ހުރި ދިމާލަށް އަންނަނިކޮށްށެވެ. ޒެކް ކީއްވެބާ މިދިމާލަށް އެ އަންނަނީ؟ ޔުމްނާގެ ހިތުގައި ސުވާލު އުފެދުނެވެ. މިހުރިހާ ކަމެއް ދުރުގައި ބަލަން މީހަކު ހުރިކަމެއް އެކަކަށްވެސް ނޭންގޭ ކަހަލައެވެ. އެމީހާގެ ހިތުގައިވަނީ ހަސަދައިގެ އަލިފާން ރޯވެފައެވެ.
ފަތިސްވަގުތެވެ.ޔުމްނާ އަށް ހޭލެވުނީ ފޯން އެލާމްވާ އަޑަށްށެވެ.މޫނު އުގުޅައިލުމަށްފަހު ފޯނު ނަގައި ގަޑި ބަލައިލިއިރު 5:15 ވެއްޖެވެ. މިއަދު މިއީ ޔުމްނާ ކޮލެޖް އަށްދާ ފުރަތަމަ ދުވަސް ކަމުން ބޭނުންވީ ގަނޑި އަށް ދާންށެވެ. އާއިލާގެ މީހުންނާ ވަކިވެ ޖަރްމަން އަށް އައުމުގެ މަގްސަދަކީ ހަމައެކަނި ކިޔެވުމެވެ. ފެންވަރާލާ ހަދައިގެން ނިކުމެ ކަކުލާ ހަމައަށް އަންނަ ނޫކުލައިގެ ލޭސް ފޮތީގެ ހެދުމެއް ލައިގެން ލޯގަނޑު ކައިރީ ހުއްޓެލިއެވެ. ޔުމްނާ އަކީ ބުރުގާ އަޅައި އުޅޭ ކުއްޖެއް ނޫންކަމުން އަސްތަށިގަނޑު އޮތީ ރަތްކުލަ ޖައްސާފައެވެ. ދަބަހަށް ދެތިން ފޮތެއް ލުމަށްފަހު އެންމެފަހު ވަގުތުު ތުންފަތުގައި މެރޫންކުލައިގެ މެޓް ލިޕްސްޓިކް ކޮށްގެން ނިކުތީ ބަހަށް ލައްވާލާތޯއެވެ. ނަސީބު ކަންދިމާކުރި ގޮތުން ބަހަށް އެރެވުނެވެ.6 މިނެޓް ފަހުން ބަސް ހުއްޓުނީ ޔުމްނާ ދާ ކޮލެޖް ކައިރިއަށްށެވެ.ބަހުން ފޭބިއިރުއްސުރެ ޔުމްނާ ހުރީ ނުތަނަސްވެފައެވެ. ސަބަބަކީ ކުލާހު ކުދިން ބާކީކޮށްފާނެތީއެވެ. ކޮލެޖް އަށް ވަދެގެން ދާންފެށުމުން އެތައް ބައެއްގެ ލޯތައް ޔުމްނާއާ ދިމާލަށް ހުއްޓެމުން ދިޔައެވެ. ކުދިންތައް ބަލަން ފެށުމުން ޔުމްނީގެ ކޮލަށް ޖަންބުކުލަ އެރުމަށް ނެގީ މަދު ސިކުންތެކެވެ. ނޯޓިސްބޯޑު ބެލުމަށްފަހު ހޯދައިލީ ޔުމްނާގެ ނަން އިނީ ކޮން ކުލާހަކުތޯއެވެ. އެއަށްފަހު ކައިރިންލާފައި ދިޔަ ކުއްޖެއް ކައިރީ ކުލާސް އިންނަނީ ކޮންތާކުތޯއެހުމުން ބުނީ އެކުއްޖާ ކުލާސް އިންނަ މަގު ދައްކައިދިނެވެ. އެކުއްޖާބުނި ގޮތުގައި ވާނަމަ ޔުމްނާގެ ކުލާސް އިންނަނީ ކަނާއަތް ފަރާތަށް ވާގޮތަށް ކަމުގައެވެ. އެހެންކަމުން ޔުމްނާ އަވަސްވެގަތީ ކުލާސް ފެށުމުގެ ކުރިން ދިޔުމަށްށެވެ. އަވަހަށް ސިޑިއަށް އަރަން އުޅުމުގެ ތެރޭގައި ފައި އެޅުނު ގޮތަކުން ޔުމްނާ ވެއްޓެން ދިޔައެވެ. އެވަގުތު ބާރުގަދަަ އަތަކުން އުނަގަނޑުގައި ވަށާލުމުން ޔުމްނާއެއް ނުވެއްޓުނެވެ. ސުކުރު އަދާކުރުމަށްޓަކައި ބަލައިލިއިރު ކުރިމަތީގައި އެހުރީ ދުވަހަކުވެސް ނުދެކޭކަހަލަ ދޮން ރީތި މީހެކެވެ. ޔުމްނާ އަށް އެންމެ ބޮޑަށް އަޅައިގަތީ ނޫ ކަޅިިރަވައެވެ. އޭނާ ޔުމްނާގެ އުނަގަނޑުން އަތްދޫކޮށްލުމަށްފަހު ބީ ކެއަރފުލް އޭ ބުނުމަށްފަހު އެތަނުގައި މަޑުނުކޮށް ކުލާލަށްވަނެވެ. އެހެންނޫނީ މީގެ ކުރިން ފިރިހެނެއް ފެނުނަސް ނުވާފަދަ ގޮތެއް މިފަހަރުވުމުން ޔުމްނާ އަށް ހުރެވުނީ އެވަގުތު ހުއްޓުން އަރައިފައެވެ. ކުޑަ ސިކުންތުކޮޅަކު އެހެން ހުރުމަށްފަހު ކުލާހަށްވަނެވެ. އޭރުު ޓީޗަރު ހުރީ ކުލާސް ނަގައިދޭން ފަށައިފައެވެ. ކުލާހަށް ވަނުމުން ކުރިން ފަހަރު ބޭރުގައި ބަލަންތިބި ކުދިންވެސް ކުލާހުގައި ތިއްބެވެ. ޔުމްނާ ވަގުތުން އިސްޖަހައިލިއެވެ. ޓީޗަރަށް އެއީ އައު ކުއްޖެއްކަންއެނގުމުން ތައާރަފުވެލަން ބުންޏެވެ. ޔުމްނާ ގެ ނަން ކުދިންނަށް އަޑުއިވޭވަރަށް ބުނުމަށްފަހު ހުރިހާ ކުދިންނާ ދިމާލަށް ބަލައިލިއެވެ.ޔުމްނާ ސަލާމަތްކޮށްދިން ފިރިހެން ކުއްޖާ ހުރީ ޔުމްނާ އާއި ދިމާލަށް ބަލަހައްޓައިގެން ކަމުން ދެމީހުން ގެ ހަތަރުކަޅި ބައްދަލުވިއެވެ.
ހުރިހާ ވާހަކަ ކިޔުންތެރިންނަށް މި ވާހަކައިގެ ފުރަތަމަ އެޕިސޯޑު އިންސާ ﷲ ވަރަށް އަވަހަށް އަޕްކޮށްދޭނެ ވާހަކަ ދަންނަވަމެވެ.