Skip to content
އެސްފިޔަ

ރިސީވްޑް..

އާދައިގެ މަތިން އަހަރެން ހެނދުނު ހެނދުނާ ސްކޫލށް ދިޔައީމެވެ.އޭރު އަހަރެން  އުޅުނީ

ގްރޭޑް 4 ގައެވެ. ކޮންމެއަކަސް ކުލާހަށް ވަދެ އަހަރެން އަބަދުވެސް

އިށީންނަ ގޮނޑީގައި އިށީނދެ ޓީޗަށް ސަމާލުކަން ދެވޭތޯ ބެލީމެވެ. ގަޑިއަކަށްފަހު ގަޑިއެއް

ފާއިތު ވަމުން ގޮސް އިނގިރޭސި ގަޑިއާއި ޖެހިއްޖެއެވެ. “މިއަދު ހުރިހާ ކުދިން ވެސް އީމެއިލް

ލިޔާނީ..” މިސް މިހެން  ބުނެ ބޯޑުގައި އީމެއިލް ލިޔާނެ ސުވާލު ލިޔަން ފެށިއެވެ. ހުރިހާ ކުދިން

ބޯޑުން ސުވާލު ނަގަން ފެށިއެވެ. އަހަރެން އީމެއިލްގެ މެދަކާ ހިސާބަށް ނިމިފަ އޮށްވާ ޖެހިގެން ހުރި

ކުއްޖާ ގޮވާލިއެވެ. “ނިޝީ.. ރިސީވްޑްގެ ސްޕެލިންގ ބުނެބަ..” “އާރް އީ ސީ އައި އީ ވީ އީ ޑީ..”

އަހަރެން ހަމަ އެހެން ބުނެލުމަާ އެކުހެން ޖެހިގެން ހުރި ކުއްޖާ ތި ސްޕެލިންގ ނުބައޭ ބުނެލިއެވެ. ހީވީ ހަމަ

އަހަރެން އެހެން ނުބުނެގެން ހުރި ހެންނެވެ. “ރިސީވްޑްގެ ސްޕެލިންގ އަކީ އާރް އީ ސީ އީ އައި ވީ އީ ޑީ..”

އެކުއްޖާ ބުނެލިއެވެ. އަހަރެން ހީކުރީ ރަނގަޅީ އަހަރެން ބުނި ސްޕެލިންގ ކަމަށެވެ. އެހެންކަމުން

އަހަރެން ވެށް ދުލެއް ނުކުރީމެވެ. އޭނަ ކިޔާ އެކައްޗަކަށްވެސް  ދޫނުކޮށް ޒުވާބު ކުރީމެވެ.

އެންމެ ފަހުން ސާމީ [ސުވާލު ކުރި ކުއްޖާ] ބުންޏެވެ. “ދެން އެންމެ ރަނގަޅޭ.. އަހަރެން މިސް

ކައިރީ އަހާފާނަން..” މިހެން ކިޔާ މިސް ކައިރީ އަހާފިއެވެ. އޭރު އެގަޑި ނިމެން ބާކީ ހުރީ ފަސް މިނިޓެވެ.

“ރިސީވްޑްގެ ސްޕެލިންގ އަކީ އާރް އީ ސީ އީ އައި ވީ އީ ޑީ..” އަހަރެން ހުތް ވިއެވެ. އެގަޑިއަށް

ފަހު އަހަރެން އެދުވަހު އަނގައިން ވެސް ނުބުނަމެވެ.

އެދުވަހަށް ފަހު އަހަރެން އެއްވެސް ބަހެއްގެ ސްޕެލިންގ އަކާ އެއްވެސް ކުއްޖަކާއި ހަރި

ނުޖެހުމަށް އަމިއްލަ ނަފްސަށް ވަޢުދު ވީމެވެ.

Comments (16)

  1. floral queen

    hii everyone.. here is a short story from me. hope you all will like it..
    and “LOABI” category ah levifa einy neyngi..

  2. Shaya

    Nice

    1. floral queen
      Shaya

      thanks shaya..

  3. Kiyaa

    V. Reethi mi vaahaka?

    1. floral queen
      Kiyaa

      thanks kiyaa

  4. Riyaa

    Salhi ?

    1. floral queen
      Riyaa

      thanks riyaa

  5. kala123

    Floral Queen
    Are you from Addu or Fua Mulaku? Just curious.Look forward to your next
    story

    1. floral queen
      kala123

      im from Addu.. why??
      thanks for the comment

  6. kala123

    I made a guess, judging from your use of some words. Just wanted to see
    if the guess was accurate. Wish you success as I writer, if that is what you
    want to be!

    1. floral queen
      kala123

      ohh.. are you from addu??? and thanks

  7. ކަލާ123

    No, I’m not from Addu. But as someone who loves Dhivehi language
    and reads voraciously, sometimes it is not hard to make an educated
    guess about the origin of the writer from his or her choice of words. Nothing wrong with that. No offence intended. Please write as you do, as naturally as you can! All the best!

    1. floral queen
      ކަލާ123

      thanks kala

  8. someone

    hiii

  9. someone

    varh reethi mi vaahaka..

  10. floral queen

    hiii.. thanks some one..

Comments are closed.